Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހުވަފެނެއްބާ؟ (6ވަނަ ބައި)

Eyesh Level 210 Stories100 Comments
December 6, 2015 3 Mins Read
15 Comments

“އަ… އަހަރެން….. ޒިލާލް އަހަންނަށްފެނުނީ ހުވަފެނުގައި…..” ހަނާ ވާހަކަދެއްކީ އާގަންނަމުންނެވެ. އިރުޝާދު ހަނާއާއި އާބިދާއަށް ކިޔެވެލި ކިޔެވިވަގުތުގައި ވީހުރިހާކަމެއް ކިޔާދިނެވެ. ބިރުންގޮސް އާބިދާގެދެފައި ތުރުތުރު އަޅައިގަނެގެންދިޔައެވެ. “މާތްކަލާކޯ… ހަނާދެކެ… ލޯބިވާ ޖިންނިއެކޭ؟” އާބިދާގެއަޑު ކިރިޔާނިކުންނަ ކަމެވެ. “ހަނާ ކިޔައިދީބަލަ.. ހުވަފެނުގައި ޒިލާލް ކީތްތަކުރީ؟. ” އިރުޝާދު އިތުރަށް އެނގެން ބޭނުންވިޔެވެ. ހަނާ ކަމެއްސިއްރުކުރާކަން އިރުޝާދުއަށް އެނގުނެވެ. “އަހަރެން ހަނދާނެއް ނެތް ހުވަފެނުގައި ވީގޮތެއް.” ހަނާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ.
ހަނާއެކަނި ބާއްވަން ބޭނުންނުވާތީ އާބިދާވެސް ނިދީހަނާގެ ކޮޓަރީގައެވެ. ދަންވަރު ބާރަޖަހައި ބޮޑުވެއްޖެއެވެ. ހަނާއޮތީ އެނބުރެމުންދާ ފަންކާއަށް ބަލަހަށްޓައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އަވަހަށް ނިދަން އުޅޭށޭ ބުނުމަށްފަހު އާބިދާ ނިދައިފިއެވެ. ކޮޓަރިތެރޭގައި އިތުރުމީހަކު އުޅޭކަމުގެ އިހުސާސް ހަނާއަށް ވަމުންދިޔައެވެ. އަނެއްކާ ޒިލާލް އައީބާއެވެ…
ހަނާގެ ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން މަޑުމަޑުން ފިލައިގެންގޮސް ހަނާ ނިދިޖެހެންފެށިއެވެ.
*********************
ރެއަކީ ކަޅުފޮއި އަނދިރި ރެއެކެވެ. ރަށުގެ ތުނޑިމަތީގައި ހަނާއާއި ޒިލާލް އިށީނދެ ތިއްބެވެ. އޭރު ރާޅުޖަހާ ހިސާބުގައި ލޫޝިޔާން ވެއްޔާކުޅެއް އިނެވެ. “ކީއްވެތަ މޫނު ތިޔަފޮރުވަނީ؟” ޒިލާލް އިނީ މޫނުމަތީގައި އަތްއަޅައިގެންނެވެ. ހަނާ ޒިލާލްގެ އަތް މޫނުމަތިން ނަގިއެވެ. އެވަގުތު ހަނާގެމެޔަށް ހިވީ ހޫނު ފެންއެއްޗެއް އަޅައިލިހެންނެވެ. ޒިލާލްގެމޫނުގެ އެއްފަޅިވަނީ ވަރަށްބޮޑަށް ފިހިފައެވެ.
“ކިހިނެއްވެފަ މޫނަށް ތިހުރީ؟ ވަރަށް ދިލަނަގާދޯ؟” ޒިލާލްގެ މޫނުފެނުމުން ހަނާއަށް ރޮވޭގޮތްވިއެވެ.
“ދޮންއާދަނު ކިޔަވާފަ ހަނާގެމޫނަށް ފެންޖެހީމަ މިހެންވީ.. އޭރު އަހަރެންއޮތީ ހަނާގެ ހަށިގަނޑު ތެރޭގަ.. ހަނާ.. އެމީހުން އަހަރެން މަރާލާނެ.. ” ޒިލާލް އިނީ ވަރަށް ދެރަވެފައެވެ. ކޮންމެފަދަ ހަނގުރާމަ އަކާއި ކުރިމަތި ލައިގެންވިޔަސް ޒިލާލް ހަނަހޯދުމަށް މަސައްކަތްކުރާނެއެވެ.
“އަހަރެން…. އަހަރެންނަށް މާފްކުރޭ… ޒިލާލްއަށް ތިހެންތިވީ އަހަރެންގެ ސަބަބުން…” ހަނާ އޭނަގެ ނަފްސު ކުށްވެރިކުރިއެވެ.
“މިހެން މިވީ އަހަރެންގެ ސަބަބުން…. އިރުޝާދުއާއި އިންނަން ހަނާ ރަންކީވަގުތު އަހަރެން ވަރަށްމަސައްކަތްކުރިން ހަނާއަށް ފެންނަން. އަހަރެންގެ ބައްޕަ ބުނި އަހަރެންނަށް ހަނާއަށް ފެނެވޭނެޔޭ. އެކަމަކު ވަރަށް މަސައްކަތް ކޮށްގެންނޯ ވާނީ.. އެގަޑީގަ އަހަރެންނަށް ލެވުނު ބާރެއްގެ ވަރުގަދަކަމުން ހަނާ ވެއްޓުނީ…. ” ޒިލާލްއިނީ އޭނަގެ ސަބަބުން ހަނާއަށްވީގޮތުން ދެރަވެފައެވެ.
“އަހަރެން ދެން ދޮންއާދަނު ކިޔެވެލިފަތި ކިޔެވިޔަކަ ނުދޭނަން!” ޒިލާލްގެ މޫނު ފިއްސާލުމުން ހަނާ ދޮންއާދަނުދެކެ އައީކީ އަމަށަކު ރުޅިއެއްނޫނެވެ. “ޒިލާލް އަހަރެންނާ ޒިލާލްއާ ދުރުކުރަން އުޅޭ އެއްވެސް މީހަކާ އަހަރެން ގުޅުމެއް ނުބާއްވާނަން…. އަހަރެން ޒިލާލް ބޭނުން.. މުޅިއުމުރަށްވެސް ބޭނުން…”
އާބިދާއަށް ހޭލެވުނީ ހަނާ ނިދީގައި ވާހަކަ ދައްކާއަޑަށެވެ. “ހަނާ… ހަނާ…. ކީކޭތިކިޔަނީ….” އާބިދާ ހަނާއަށް ގޮވައި ހޭލެއްވިއެވެ. އަދި ހަނާލައްވާ ކުރުސި ކިޔުއްވައި ހަނާނިދުމުން ފަތިސް ވަންދެން އާބިދާ ޤުރުއާން ކިޔަވަން އިނެވެ.

މުޅި ރަށުތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. މަގެއްގެ މަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ފަނިފަކުސާގެ އަޑުފިޔަވައި އިތުރުއަޑެއް ނީވެއެވެ. ދޮންއާދަނު ދަމުނަމާދު ކޮށްލައިގެން ގެއާއި ދިމާލަށް މިސްރާބުޖެހީ ބާރު ހިނގުމެއްގައެވެ. ކުއްލިއަކަށް އަރައިގަތް ފަރުހަކިވަހުން މަޑުމަޑުން ޖެހެމުން ދިޔަވައިރޯޅި ތަކުގައި ވަސްހިއްޕާލިއެވެ. މީކީރަނގަޅު ކަމެއްނޫންކަން އެނގުމުން މަޑުމަޑުން ފަންޑިތައެއް ކިޔަވަމުން ދޮންއާދަނު ހިނގުން އިތުރަށް ބާރުކޮށްލިއެވެ. ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އެހެރަ ފާޅުވީ ބޮޑު ބިޔަ މީހެކެވެ. ދޮންއާދަނާއި އެއްފޫޓު ކައިރީގައިހުރި އޭތި ދިގުކަމުން އިސްކޮޅުގައި އަށްފޫޓު ހުންނާނެކަން ޔަގީނެވެ. ގައިގައިވާ ކިނބޫހަންގަނޑެއްފަދަ ކަޅުބޯހަންގަޑުގައި ކުދި ކަށިތަކެއް ފަޅައިފައިވެއެވެ. ބޮލުގައި ކަޅުކުލައިގެ ބޮޑުދެދަޅު ހުރިއިރު އެދެދަޅުވެސް އެހާމެބޮޑެވެ. ރަތްކަންގަދަ ބޮޑު ދެލޮލުން ރުޅިއައިސްފައި ދޮންއާދަނުގެމޫނަށް ބަލަންހުރިއިރު އެބޮޑު އަނގައިގެ ދެމިޔަކަނުން އޮލަކަންގަދަ ސޮނިތަކެއް ފައިބަމުން ދެއެވެ. އޭތީގެ މޫނުގެ އެއްފަޅިވަނީ ފިހިފައެވެ. ކެކިކެކި ހުރިތެޔޮ އެއްޗެއްފަދައިން ފިހިފައިހުރިތަނުން އޭރު ބޮކިޖަހާ ދުންއަރައަރާހުއްޓެވެ.
“ކަލޭ ހީކުރީ އަހަންނާ ހަނާ ދުރުކުރެވިދާނެ ކަމަށްތަ؟ ކަލެއަކަށް އެކަމެއްނުވާނެ.” ދޮންއާދަނު ބިރުގަނެފައި ހުރިލެއް ބޮޑުކަމުން ކިޔަމުންދިޔަ ފަންޑިތަވެސް އޮޅުނީއެވެ. ބިރުންގޮސް ތުރުތުރު އަޅަމުންދިޔައިރު އެފަކީރުހުރީ ދެކަމުހާޖަތަށް އެއްފަހަރާ ދެވޭވަރުވެފައެވެ.
“އަ… އަހަރެން…. ” ދޮންއާދަނަށް ވާހަކަ ދެއްކޭވަރެއްވެސް ނުވިއެވެ.
“ކަލޭ ހަނދާން ކުރާތި! މީގެފަހުން ހަނާއާއި އަހަރެންނާ ދޭތެރެއަށް ވަންނަން މަސައްކަތް ކޮށްފިއްޔާ ކަލޭގެ ދުވަސް ދުއްވާލާނަން.. ” މިހެންބުނެފައި އޭތި ގެއްލުނެވެ. ދޮންއާދަނު ހުރީ ބިރުން ހަލާކުވާވަރު ވެފައެވެ. އޭރު މުންޑަށް ލެވިފައިވާ ހީހުގެ ވަސް އޭނައަށްވެސް ދުވެއެވެ. ހިނގައި ނުގަނެވިފައި އިރުކޮޅަކު ހުރުމަށްފަހު ބާރަށް ދުއްވައިގަތީ އަނެއްކާވެސް އޭތި ފަހަތުން އައިސްދާނެތީއެވެ.

ހެނދުނު ހަތެއް ނުޖަހަނީސް އިރުޝާދު އާބިދާމެންގެ ގެއަށް އައެވެ. ހަނާކައިރީގައި ހުވަފެނެއް ފެނުންތޯ އަހައި އަހައިވެސް ހަނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. “މިރޭ ވެސް ޖެހޭ ކިޔެވެލިކިޔަވަން.” އިރުޝާދު ވާހަކަދެއްކީ ބަދިގެތެރޭގައި ކައްކަން އުޅުނު އާބިދާއާއެވެ. “އެކަކުވެސް އަހަރެން ކައިރީގައި ކިޔަވައިގެން ނުވާނެ..” އެއަޑަށް ހަނާއައިސް ވަރަށް ރުޅިއައިސްފައިހުރެ ބުންޏެވެ.
އިރުޝާދު ހަނާއަށް ވިސްނައިދޭން ވަރަށްމަސައްކަތް ކުރިއެވެ. ހަނާ ޒިލާލްއަށް އެއްވެސް އަނިޔާއެއްދޭކަށް ބޭނުމެއް ނޫނެވެ. އަދި އޭނާއަށް ވެގެންވަންޏާ އެއްވެސް މީހެއްގެ ފަރާތުންވެސް ޒިލާލްއަށް އަނިޔާއެއް ވިޔަކަ ނުދޭނެއެވެ.
އިރުޝާދުއަށް ގޮވަމުން ގޭތެރެއަށް ވަދެގެން އައި ހަސަނުގެ ދެލޯހުރީ ބޮޑުވެފައެވެ. “ދޮން އާދަނު ނިޔާވެއްޖެ. އޭނާ ހޭނުލައިގެން ބެލިއިރު އޮތީ ނިޔާވެފަ. ބައްޕަ މިއައީ އެގޭދޮށުން. ހިނގާބަލަ އެތަނަށް.” އިރުޝާދު ގޮވައިގެން ހަސަނު ދިޔައީ ދޮންއާދަނު ހިނަވާތަނަށެވެ. ހަނާގެ ހިތަށް ބިރުވެރިކަން ވަދެގެންދިޔައެވެ. އެއީއަނެއްކާ ޒިލާލްގެ ކަމެއްބާއެވެ. ޒިލާލް އެވަރުގެ ކަމެއްކޮށްފާނެބާއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (8)

Next

މިއީ ތަޤްދީރު ހޭ؟ (ހަތަރުވަނަ ބައި)

Next
December 6, 2015

މިއީ ތަޤްދީރު ހޭ؟ (ހަތަރުވަނަ ބައި)

Previews
December 6, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (8)

15 Comments!

  1. mice says:
    December 6, 2015 at 10:35 pm

    nice

    1. Eyesh says:
      December 7, 2015 at 12:58 am

      Thnx mice ?

  2. Muru says:
    December 6, 2015 at 10:37 pm

    Salhi…??

    1. Eyesh says:
      December 7, 2015 at 12:58 am

      Thnx ?

  3. Ahmed Ammu says:
    December 6, 2015 at 11:27 pm

    Varah Reethi. ?

    1. Eyesh says:
      December 7, 2015 at 12:57 am

      Thanx ?

  4. rish says:
    December 7, 2015 at 9:44 am

    wow nice story..

    1. Eyesh says:
      December 7, 2015 at 9:54 pm

      Thnx rish ?

  5. beauty queen says:
    December 7, 2015 at 11:30 am

    Haadha kurukoshey this genesdhenee

    1. Eyesh says:
      December 7, 2015 at 9:55 pm

      Yeah dhw.. aslu ehen vanee konme dhuvahaku dhe vahaka liye upload kuraathee ? amyway, thnx for reading my stories

  6. nuhnu says:
    December 7, 2015 at 11:55 am

    Vrh reethi

    1. Eyesh says:
      December 7, 2015 at 9:56 pm

      Thnx dear nuhnu ?

  7. alex Sander says:
    December 7, 2015 at 2:26 pm

    V. Reethi

    1. Eyesh says:
      December 7, 2015 at 9:55 pm

      Thanx alex ?

  8. LoVelY gIrL says:
    September 17, 2019 at 5:08 pm

    Salhi-

Comments are closed.

Next Episodeހުވަފެނެއްބާ؟ (7ވަނަ ބައި)←


All Right Reserved!