Skip to content
އެސްފިޔަ

ލޯބި އަހަރެން ވާނަމޭ.. (3)

އަނޫފުއާއި ޒަޔާލް އަންހެން ވެރިން ކައިރިއަށް ދިޔައެވެ. އަނޫފު ކަތި ނަޒަރަކުން ފިޔާ ކޮށަން އިން ޝައުނާއާއި ދިމާލަށް ބަލާލިއެވެ. ރައުނާ އަށާއި ސާނިޔާއަށް އެތަން ފެނި ދެމީހުން ދެމީހުންގެ މޫނަށް ބަލާލިއެވެ. “ދެން ތިކަހަލަ ނަޒަރުތަށް ދޭނެކަމެއް ނެތް ރީއްޗަށް ބުނަން ވީނު ޝައުނާ އިނީމައޭ މިއައީ…” ރައުނާ ސާނިޔާއާއި ދިމާލަށް ބަލާލަމުން އެހެން ބުނެލާއިރަށް ޝައުނާ އިސް އުފުލާ ބަލާލިއެވެ. އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. ނަމަވެސް އެކަން ފޮރުމުަށްޓަކައި އިސްޖަހާލައިގެން ފިޔާ ކޮށަމުން ދިޔައެވެ. އަނޫފު ބޯ ކަހާލީ ބުނާނެ އެއްޗެއް ނޭނގުނީމައެވެ. ހުރިހާ އަންހެން ވެރިން ހޭންފެށިއެވެ. އެ މީހުންނާއި ބައިވެރިވަމުން ޒަޔާލްވެސް ހޭންފެށިއެވެ. “ހޭނެ ކަމެއް ނެތް.. ޒަޔާލްވެސް ތިއައީ މިތާ އާނާ އިނީމައެއްނު.. މަސްބާނަން ނޭނގެޔޭ ކިޔާފަ މިތާ ތިބީމަ ދަސްވާނެތަ. ނޭނގޭތީކީވެސް ނޫނޭ.. އެދެމީހުންގެ ހިތް މިތާ ބައިންދާފާ ދާން ޖެހޭތީ އެއީ..” ސާނިޔާ އެހެން ބުނެލުމުން ހުރިހާ އަންހެން ވެރިން އެއްފަހަރާ ހޭންފެށިއެވެ. އޭރު ޝައުނާ ލަދުން ހަލާކުވަނީއެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް އާނާއަށް ނީވޭ ކަހަލައެވެ. މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. “މިތާ ނުތިބެ ދޭބަލަ މެންދުރު ކައްކަން ވާއިރަށް ދަރު ކޮޅެއް ހިފައިގެން އަންނަން..” ޝައުނާގެ ބޮޑުދައިތަ އާޒިފާ އެހެން ބުނެލުމުން އަނޫފުއާއި ޒަޔާލް އެތަނުން ދާން ހިނގައިގަތެވެ. އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން ތިބެއެވެ. އެމީހުން ވަކި ބުނާނީވެސް ކީކޭހެއްޔެވެ؟ އެއިން ކޮންމެ ބަހަކީވެސް ތެދު ހަޤީޤަތެވެ. އެމީހުން ދިޔުމުންވެސް އަންހެން ވެރިން ހޭއަޑު އިވެއެވެ.

“ބުރޯ.. ހާދަ ޑޭންޖަރަސް ބައެކޭ.. އަހަރެމެން އެމީހުން އަނގަ ގޮށްވާލަން ދިޔައީމަ އެމީހުން އަހަރެމެން ހުތް ކޮށްލީ އެގެން.. ހެހެހެ. އަސްލު އެ ބުނީވެސް ތެދެކޭ ދޯ..؟” އަނޫފު އެހެން ބުނެލުމުން ދެމީހުންވެސް އެއްފަހަރާ ހޭން ފެށިއެވެ. އެއަށްފަހު ވަލަށް ވަދެ ދަރު ހޯދަން ފެށިއެވެ. ދެމީހުންވެސް ފުދޭ ވަރަކަށް ދަރު ހިފައިގެން އަންހެން ވެރިން ތިބި ދިމާލަށް ދިޔައެވެ.

އޭރު އެންމެން ވެސް ސައި ބުއިމުގައި އުޅެއެވެ. “އަން! މިހުރީ ދަރުތައް…. ޕިސް ޕިސް ރައުނައްތަ އަނެއްކާ އެމީހުންނަށް ބެހެއްޓިންތަ؟ އެމީހުން އަންނަން ވާއިރަށް ހުސްވެދާނެ..” ދަރުތައް ބަހައްޓަމުން ހޭވައްޓާލާފައި ކާން ތިބި އަންހެންވެރިންގެ ތެރެއިން ރައުނާއާއި މުހާތަބުކޮށް ޒަޔާލް ސުވާލުކޮށްލިއެވެ. “ދެންމެ ފައުޒާން އައިއްސަ އެ ދިޔައީ ހިފައިގެން އެމީހުންނަށް ވާވަރައް… އެމީހުންނަށް ނުދީ އަހަރެމެން ކިހިނެއް ކާނީ..” ރައުނާ އަނގަޔަށް ރޮށިކޮޅެއް ލަމުން ބުނެލިއެވެ. ދެން ޒަޔާލްގެ ނަޒަރު ހުއްޓުނީ އެކަނި މާ އެކަނި ކާން އިން ޝައުނާއަށެވެ. ހުރިހާ ދިމާލަކަށް ބަލައިލީ އާނާ ހުރިތޯއެވެ. ނަމަވެސް އާނާއެއް ފެންނާކަށް ނެތެވެ. އިރުކޮޅެއްކުރިން ހިނގި ކަންތަކުގެ ސަބަބުން އާނާގެ ކޮބައިތޯވެސް ސުވާލު ކުރާކަށް ނުކެރުނެވެ. ކައިރީގައި ހުރި އަނޫފް އާއި ދިމާލަށް ބަލައިލީ ކޮންމެވެސް އެހީ އެއް ލިބޭތޯއެވެ. ނަމަވެސް ކަޅި ޖަހައިނުލާ ޝައުނާއަށް ބަލަމުން ދިޔަ އަނޫފް އަކަށް ގޮވާލާކަށް ނުކެރުނެވެ. “އަހަރެމެން ލެވީމަތަ ދެމީހުންނަށް ކާން އިނގޭނީ.. ހެހެ އާދޭ ކާން ދެކުދިންވެސް.” ސާނިޔާ އެހެން ބުނެލުމުން ޒަޔާލްއާއި އަނޫފް ތަށިތަކާއި ދިމާލަށް ދިޔައެވެ

ޒަޔާލް ކައި ނިންމައިގެން ބަނޑުދަމާލަން އެންމެންނާއި ހިސާބަކަށް ދުރުގައި އޮތް ގަހެއްގެ ހިޔާ އެޅިފައިވާ ވެލިގަނޑު މަތީ އޮށޯވެލިއެވެ. ލޯ މަރާލެވުނީ ބޭއިހްތިޔާރުގައެވެ. އެއާއި އެކު ލޯ ކުރިމަތިން ފެންނަމުން ދިޔައީ އާނާއެވެ. ކުރީގެ އާނާއެވެ. އަދި މިހާރުގެ އާނާއެވެ. އެ ދެލޮލެވެ. ނުފެންނަ ކަހަލަ ދަމާ ބާރެއް ވާ ބޮޑު ދެލޮލެވެ. ކުރީގައި ހުންނަ ސާދާ ގޮތެވެ. މިހާރު ހުންނަ ގޮތް ނޭނގޭ ބާރުވެރި ގޮތެވެ.

މެދު މިންވަރަކަށް ފަލަ އަދި ކަޅުކަން ގަދަ އެ ބުމަ ވަނީ ގޮށްޖަހާލެވިފައެވެ. ލޯ މަރާލައިގެން އޮތެއް ކަމަކު އެތަކެއް ކަމެއް ޒަޔާލްއަށް ސިފަވަމުން ދިޔައެވެ. މޫނުމަތީގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

————————————————

“ޒަޔާލް…!!! އަހަރެން ސަލާމަތް ކުރޭ.. ޒަޔާލް.. އަހަރެން ދޫ ކޮށްލާފައި ނުދޭ.. ޒަޔާލް!!!!!!!!!”

އާނާ ޒަޔާލްއާއި ދިމާލަށް އަތް ދިށްކޮށްގެން އޮވެ ހަޅޭލަވަމުން ދިޔައެވެ. ބިންމަތީގައި އާނާ އޮތް އިރު ޒަޔާލް ހުރީ އޭނައާއި ދާދި ކައިރީގައެވެ. އާނާގެ ހަޅޭކުގެ އަޑު އޭނާއަށް އިވެމުން ދިޔައެވެ. ނަމަވެސް ޒަޔާލްއަކަށް ހުރިތަނަކުން ގުޑައެއް ނުލެވުނެވެ. ނުފެންނަ ފަރާތަކުން ޒަޔާލް ގެ ގައިގައި ހިފަހައްޓާފައި ހުރި ކަހަލައެވެ. ރޫހާނީ ބާރެއް ޒަޔާލްގެ ފިޔަވަޅުތަށް ހުއްޓައިފައި ހުރި ކަހަލައެވެ. ކިތަންމެ އެއްޗެއް ބުނަން ބޭނުންވިޔަސް އަނގައިން  އެންމެ ލަފްޒެއްވެސް ނުނިކުތެވެ. އެ ބާރުވެސް އޭނާ ގެ ހަށިގަނޑުގައި ނެތެވެ. މިއަދު އޭނާއަށް ޖެހޭނީ ކުރިމަތީ މަރަށް ތެޅޭހެން ތެޅި ތެޅި އޮތް އާނާއާއި ދިމާ ބަލާށެވެ. ނުބަލަން ލޯ މަރާލެވެންވެސް ނެތެވެ. އާނާގެ އަޑު މަޑުވަމުން ދިޔައެވެ. ނަމަވެސް އޭނާ އަށް ގޮވެނީ އެންމެ މީހަކަށެވެ. ކުރިމަތީގައި ނުފެންނަ ބާރަކުން ހައްޔަރު ވެފައި ހުރި ޒަޔާލްއަށެވެ.

“ޒަޔާލް!!!!!!!!!!!!!” އާނާ އަށް އެންމެ ފަހުންވެސް ބުނެވުނު އެއްޗަކީ އެއީއެވެ. އެއާއި އެކު އޭނާގެ އަތް ބިންމަތީ ޖެހުނެވެ. އަދި އެސްފިޔަތަށް  ކައިރި ވެ ލޯ މެރިގެން ދިޔައެވެ.

“އާނާ!!!!!!! ޒަޔާލްގެ އަޑު ނިކުތީ ދެނެވެ.

——————————————————————————————–

ކުއްލިއަކަށް އޭނާ ސިއްސައިގެން ގޮސް ލޯ ހުޅުވާ ބަލާލިއެވެ. އޭރު އޭނާ ވަނީ ދާ ހިތްލާ ފޯވެފައެވެ. ހިނދުކޮޅަކަށް ނަމަވެސް ފެނުނު އެ ހުވަފެނުން އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެން ފެށިއެވެ. މޭގައި އަތް އަޅާލެވުނީ ހިތުގެ ތެޅުން މަޑު ވޭތޯއެވެ. ހިތަށް އެތަކެއް ފަހަރު ވިސްނައި ދެމުންނެވެ. މައި ނޭވާ ތަކެއް ލަމުން ތެދުވި ޒަޔާލް އަނެއްކާވެސް ސިއްސައިގެން ދިޔައީ ކުރިމަތީ ހުރި އާނާ ފެނިފައެވެ. އެތަކެއް އަސަރުތަކަކުން ފުރިގެންވާ ބެލުމަކުން އާނާއާއި ދިމާލަށް ޒަޔާލް ބަލާލިއެވެ. ނަމަވެސް ކުރިންވެސް އާނާގެ މޫނުމަތިން ފެނުނު ބީރައްޓެހިކަމައި ލޮލުގައި އެއްވެސް އަސަރެއް ނެތްކަން ޒަޔާލްއަށް ފާހަގަވިއެވެ. އެ ރީތި ހިނިތުންވެން މިއަދު ފެނުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ.  ޒަޔާލްއަށް އާނާގެ އަތުގައި އޮތް ބޯޅައާއި ދިމާލަށް ބަލާލެވުނީ އޭގެ އެތަށް އިރެއް ފަހުންނެވެ.  އެއާއި އެކު އާނާ ފަސް އެނބުރި ދާން ހިނގައި ގަތެވެ. ޒަޔާލް ބޯކަހާލަމުން އާނާގެ ފަހަތުން ދިޔައެވެ. އިރުކޮޅަކުން ޒަޔާލް އަށް ފެނުނީ އަނޫފް މެން އަންހެން ވެރިން ގޮވައިގެން ކޮންމެވެސް ކުޅިވަރެއް ކުޅެން އުޅުނު ތަނެވެ. އާނާ އެއައީ ޒަޔާލް ބަލައިކަން އޭނާއަށް ވަގުތުން އިނގުނެވެ. ނަމަވެސް ނޭނގުނު އެއްޗަކީ ވާހަކަ ނުދެއްކި ސަބަބެވެ. އަންނާށޭ ނުބުނި ސަބަބެވެ. އެ ހިޔާލުގައި ޒަޔާލް ހުއްޓާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ އަނޫފް އައިސް ގޮވާލުމުންނެވެ. އަނޫފް އާއި ދިމާލަށް ބަލާލަމުން ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “އުޅޭ ކުޅެލަން.. ފައިގަ ތަޅާ..” އަނގައިގަ ހުރި ހުރިހާ ދަތްތައް ދައްކަމުން އަނޫފް އެހެން ބުނެލިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެއީ އަނޫފް އެންމެ ކުޅޭ ހިތްވާ ކުޅިވަރެވެ. އޭނާ ރޭވިގޮތުންނަމަ މިއަދުގެ އެންމެ ބޮޑު އެއްކަންތައް ނިންމަން ދައްކާ ބަހަނާއެވެ.

“ސާނިޔައްތަ އަށް އިނގޭތަ؟ ބުނިން ދޯ؟” އަނޫފް ގެ ކަންފަތް ބުޑުގައި ޒަޔާލް އެހެން ބުނެލީ ވަރަށް ވެސް މަޑުންނެވެ. “ހުމްމް ބުނިން.. ޝީ އިޒް އިން… ” އެއްލޯ މަރާލަމުން އަނޫފް އެހެން ބުނެލިއެވެ. “ގަދަ..!” ޒަޔާލް އަނޫފް ގެ ބުރަކަށީގައި ޖަހާލަމުން އެހެން ބުނެލިއެވެ. އަނޫފް އަންހެން ވެރިންނާއި ދިމާލަށް އެނބުރިލިއެވެ. އަދި ސާނިޔާ ބަލަން ހުރުމުން އެއްލޯ މަރާލިއެވެ. ސާނިޔާ އަތުން ބޮޑުވައި އިނގިލި އަނޫފްއަށް ދެއްކީ ރައުނާއާއި ވާހަކަ ދައްކަން ހުރި ޝައުނާއާއި ދިމާ ބަލާލަމުންނެވެ.

“ރައުނައްތަ.. އާނޫ އަދިވެސް ވާހަކައެއް ނުދައްކަ.. ފާޑަކަށް އެހުންނަނީ.. ކިހިނެއްވީތަ އެގެން؟” ޝައުނާ ރައުނާގެ އަތުގައި ހިފާލަމުން އެހެން ބުނެލީ އާނާއަށް އައި ބަދަލުގެ ސަބަބުން އޭނާ ދެރަވުމުންނެވެ. “ވެދާނެ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހުނީކަމަށް.. ދެން އާނާ ބަހައްޓާ… އަވަހަށް ކުޅެން ފަށާ” ރައުނާ ވެސް ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ. ނަމަވެސް ޝައުނާ ގެ މޫޑް ހަރާބު ވެދާނެތީ އޭނާވެސް ބެލީ އެވާހަކަ އަވަހަށް ހިންދާލާށެވެ. ރައުނާ އެހެން ބުނެލުމުން ޝައުނާ އެންމެ ރަނގަޅޭ ބުނެ ސާނިޔާ ކައިރިއަށް ގޮސް ކޮޅަށް ހުއްޓެލިއެވެ. ހަށަން ބަނދެލައިގެން ހުރި އިރު އެ ކަޅުކަން ގަދަ އަދި ބުޅި އިސްތަށިގަނޑު ވަނީ  އައްސާލެވިފައެވެ. ލައިގެން ހުރި ފިޔާތޮށި ޓީސާޓާއި ޖޭސްމިން ހަރުވާޅު ޝައުނާއާއި ވަރަށް ގުޅެއެވެ.

އޮރެންޖް ކުލައިގެ ޖާރޒީއަކާއި ކަޅު ސޯޓެއް ލައިގެން ހުރި އަނޫފް އާއި ދިމާލަށް ޝައުނާ ބަލާލިއެވެ. ފަޅާފައި ހުރި ތުނބުޅިން އޭނާގެ ފުރިހަމަކަން އިތުރު ކޮށްލާފައި ވެއެވެ. ތުނިކޮށް ކޮށާލެވިފައިވާ އެ އިސްތަށިގަނޑު ވަނީ ކުޑަކޮށް ތެމިފައެވެ.  އަނޫފް އޭރު ހުރީ ޒަޔާލްއާއި ވާހަކަ ދައްކަން ކަމުން އޭނާއަކަށް އެކަމެއް ނޭނގެއެވެ.

ރަކި ހިނިތުންވުމެއް ދީގެން ހުރި ޝައުނާއާއި ދިމާލަށް ސާނިޔާ ބަލާލިއެވެ. އަދި ލުއި ހިނިތުން ވުމެއް ދިނުމަށްފަހު ދުޢާ ކޮށްލީ މިއަދު ރޭވި ގޮތަށް ހުރިހާ ކަމެއް ދާނެކަމަށް އުއްމީދު ކުރަމުންނެވެ.

ޒަޔާލް އާއި ވާހަކަދައްކަން ހުރި އަނޫފް އަށް ދެން ބަލާލެވުނީ ޝައުނާއާއި ދިމާލަށެވެ. ޝައުނާ ކުޑަކޮށް ސިހިފައި އެކި ދިމާލަށް އެނބުރި ލަމުން އިސްޖަހާލިއެވެ. އޭރު އޭނާގެ ހިތް ވަރަށް ބާރަށް ތެޅިލިއެވެ. އަނެއްކާ އަނޫފް ހިތަށް އަރާނީ ކީކޭ ބާއެވެ؟ އަނޫފް އެ ބެލީ ކީއްވެހެއްޔެވެ؟ ހިތުން އެތަކެއް ޝަކުވާތަކެއް ކުރަން ހުރި ޝައުނާ  ސިއްސައިގެންގޮސް ހަޅޭލަވައިގަންނަމުން ފަހަތަށް ޖެހި ލޯ މަރާލީ ފައިގަ އެއްޗެއް ޖެހުމުންނެވެ. ލޯ ހުޅުވާލާ ބަލާލިއިރު ކައިރީގައި ބޯޅައޮތެވެ. އަދި ދުރުގައި އަނޫފްއާއި ޒަޔާލް ހޭން ތިއްބެވެ. ޝައުނާ ލަދުން އިސްޖަހާލިއެވެ.

“ކޮބާ ކުޅެން އުޅޭ ދެން ތި ލޯބީގެ ބޯޅަތަށް ނޫކަ…” ޝާހާ އެހެން ބުނެލުމުން އަނޫފް ކުޑަކޮށް ހިމޭންވެ ބޯ ކަހާލިއެވެ. އެންމެން ހޭން ފެށުމުން ރަކި ހިނިތުން ވުމެއް ޝައުނާއަށް ދެމުން އަވަހަށް ކުޅެން އުޅޭށޭ ބުނެލިއެވެ. “ކޮންބައެއް ކުޅެނީ؟؟” އަނޫފް އެހެން އެހުމުން ރައުނާ ސާނިޔާ ޝާހާ ގެ އިތުރުން އާޒިފާ އަދި ޝައުނާއާއި ދެބެންގެ ދެދަރި ފަނާ ކޮޅަށް ތެދުވިއެވެ. “އާނާ..!” ރައުނާ އެހެން ބުނެލީ އާނާ އިން ގަސްބުޑާއި ދިމާލަށް ދަމުންނެވެ، “ހިނގާ ކުޅެލަން..” ރައުނާ އެހެން ބުނެލުމުން އާނާ ރައުނާއާއި ދިމާ ބަލާލިއެވެ. އަދި އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލާލިއެވެ. “މަންމަމެން ކުޅޭ އަހަރެން އިންނާނަން މިތާ… އާލާ ކައިރި ވެސް ބުނޭ ކުޅޭށޭ އޭނާ އެބައިން ވަރަށް ފޫހިވެފަ.. އާލާ ގާތު ބުނާތި ބަލައިގެން ކުޅޭށޭ.. ވެލިގަނޑުމަތީ އެބަހުރި ތޫނު އެއްޗެހި.. އެ އެއްޗެހި އެއްފަރާތް ކުރާތި” ދުރު ބަލަން އިންގޮތަށް އިނދެ ރުންކުރު ގޮތަކަށް އާނާ އެހެން ބުނެލުމުން ރައުނާ ކުޑަކޮށް ސިހުނެވެ. މިއަދު އޭނާގެ ލޯބިވާ ދަރިފުޅަށް ވެފައި އޭނީ ކިހިނެއް ހެއްޔެވެ؟ ދެން ރައުނާގެ ނަޒަރު ހުއްޓުނީ ވެލިގަނޑުމަތީ ދަނޑިކޮޅަކުން ކުރަހަން އިން ރައުނާގެ ކޮއްކޮގެ ދަރި އާލާއަށެވެ. އޭނާގެ ނަން ހާއްސަ ކުރީ ކީއްވެހެއްޔެވެ.؟ މި ވަނީ ކީތްހެއްޔެވެ؟

“ރައު… އާދޭ ބާރަށް” ސާނިޔާ ރައުނާއާއި ދިމާލަށް ހަނާ އަޅާލަމުން ގޮވާލިއެވެ. ރައުނާ އާނާ އާއި ދިމާލަށް ބަލަން އިނުމަށްފަހު ލަސް ފިޔަވަޅުތަކެއްގައި ސާނިޔާއާއި ދިމާލަށް ދިޔައެވެ. ރައުނާ ކަމަކާ ފިކުރު ކުރާކަން ސާނިޔާއަށް ހީވިއެވެ. އެހެން ކަމުން ރައުނާ ކައިރި އަހާލަން އަނގަ ހުޅުވިތަނާހެން އަނޫފް އެންމެންނަށް ގޮވިއެވެ. އެހެންކަމުން ސާނިޔާ އަވަސްވެގަތީ ރައުނާ ގޮވައިގެން އެ ދިމާލަށް އަންނާށެވެ. “އާލާ… އާދޭ ކުޅެން..!” ރައުނާ އެހެން ގޮވާލީ އެއްފަހަރު އާނާއާއި ދިމާލަށް އަދި އަނެއްފަހަރު އާލާ އާއި ދިމާލަށް ބަލާލަމުންނެވެ.

-ނުނިމޭ (:-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Ryn

    hey guys.. here is the nxt prt.. hope u all wil lyk it.. n ryn ge mi stry up kuraany knme sunday wednesday n friday ga in sha allah… so b ready fr nxt wednsday.. 😉 thnks fr readin.. enjoy.. 😉

  2. suhu

    Yey..I’m the 1st to comment…ryn v salhi ingey vaahaka…thankolheh avahah up khdhehche plx plx

    1. Ryn
      suhu

      hey. hehe congrts…. n thnks… i hope wednsday is nt too late 😉 btw thnks fr readin.. n enjoy.. 😉

  3. Eyesh

    V v rythi mi story. . Mi part ves v salhi ingey.. ? waiting for the next part

    1. Ryn
      Eyesh

      aww.. thnks eyesh.. 😉 enjoy.. 😉

  4. nunnu

    name thah gina kamun v olhey. ehvahtharu kamun. shauna rauna aalaa aanaa shaahaa saaniyaa aazifaa zayaal.. foohi ehenve. kiyaalan faseyha eh nuvi hama ehgothakah ves 🙁

    1. Ryn
      nunnu

      owh.. if so m really really sry dear 🙁 thnks fr readin..

  5. nukko

    Varaaaaaaah nala… im luvin it dude…. cant wait fr Wednesday… miss u….. take care nd gudu laku hahah…

    1. Ryn
      nukko

      thnks nukko.. miss u more… n tvgc… thankoooo 😛 hehehe.. luv ya.. once again thnks. 😉

  6. elsa

    shauna n anoof ge prt kiyaafa hama hini annany , hehehe , vr vr vr vr salhi jst wow , keep it up mom , so curious to knw , wat happens nxt , aanoo ah dhera gotheh nahadhahchey , earun xayaal fakyru moya vedhaane. hahaha

    1. Ryn
      elsa

      hehehe m happy tht u enjoyd ely.. n thnkyou soo much… heheh dhn aanoo ah vaa goii balan hingaaba dhw.. n in luv n war evrythin is fair 😛 so xayaal vx kudakh moya khlan jeheyne.. 😛 thnks fr readin 😉 miss u

  7. aanaa

    vaahaka vrh reethi. waiting for next part. vaahaka medhu kandaa nulaa maa las nukoh kuriyah gendhahchey plxxxx…

    1. Ryn
      aanaa

      thnks dear. in sha allah ryn mi vaahaka stp eh nukuraanan n wil cntinue… 😉 once again thnks fr readin.. enjoy 😉

  8. Shabee

    aaahthaaaaaa mi prt vx vrh vrh vrh vrh vrh reeethii 😉 vrh interesting..story ah ummmmmmwah eh 😛 nxt prt avahah up khdhechey…. all da bst 🙂

    1. Ryn
      Shabee

      aww thnks shaby… n shaby ah vx umwwwahxx eh.. hehehe.. in sha allah wednsday ga up khla dheynan.. thnks fr readin… enjoy 😉

  9. Naxoo

    Helo…ryn miee biruveri vaahakaey tha?? Hehe vaahakaige baey thah thah kolhu kiyaaly ma heevany…ryn ge furathama story mi kiyaalany adhi…heekuran mivaahaka akee ves shaugu veri kamaa eku kiyaaleveyne vaahaka ey kamah..so best of luck… 🙂 🙂

    1. Ryn
      Naxoo

      hey naxoo.. yrh mii horror stry eh.. owh hehe… in sha allah i will try my bst to make it nyc.. n thnks. n enjoy 😉

  10. Mish

    hey ryb oops ryn hehehe .. story v v v nicee ingeyyy .. i just love this story .. dhn kon oh wednesday ga dhw .. hmm waiting waiting .. v v v reethi .. horror veema adhi vakin reethi .. hithah araa dhn kihineh baaey vaany ..gud luck n keep it up ryb oops ryn hehe.. miss u luv u .. <3 🙂 🙂

    1. Ryn
      Mish

      hey mosh oops mish.. hehehe.. thnks ingey… yrh tmrw in sha allah.. n thnks thnks thnks hehehe 😛 owhh ehnvyma mi stry biruveri nukurn v dhw 😛 😛 n thnks fr readin mosh oopss mish.. luv ya miss u mre.. 🙂 😉

  11. Naxoo

    hehe…yeah..biruganey biruveri vaahaka kiyan…specialy dhivehi…ehenve ahaaly kudakoh ehn heevaathyve…aanaa ah vaa goi gothun… 🙁 🙂

    1. Ryn
      Naxoo

      owhh.. alhey.. ekm vx mi faharu dhn kiyaalaa.. cx mi stryga maa biruveri prts eh nuhunnaane its actually bsd on a luv stry with smal smal horror prts.. 😉 hehehe.. ekm tbh biruveri prts biruveri vaane.. 😛 😉

Comments are closed.