
އަނިޔާ …
“ކާކު ގަބޫލު ކުރާނީ އޭނަ އެކަހަލަ ކަމެއް ކުރާނެކަމަށް” އަހަރެންގެ އެކުވެރިޔާ ވާހަކަ ދެއްކިއެވެ. އެހެންމީހެއް ކީކުރަންހެއްޔެވެ. އަހަރެންނަށްވެސް އޭނަ އެކަހަލަ ކަމެއް ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަހަރެން އޭނަ ނުލާހިކު ރަނގަޅަށް ދަންނަމެވެ. އޭނައަކީ އަހަރެންގެ އެންމެ ކުޑައިރުގެ ރަހްމަތްތެރިއެކެވެ. އަހަރެންނާއި އޭނަ ދިމާވެފައިވަނީ ސްކޫލް ދައުރުގައެވެ. އޭރުވެސް އޭނައަކީ މަޑުމައިތިރި އަހްލާގު ރަނގަޅު ބަސްމަދު ކުއްޖެކެވެ. ދެން މިއަދު އޭނަ ކުއްލިއަކަށް އެކަހަލަ ބޮޑު ކަމެއް ކުރާންވީ ކީއްވެ ހެއްޔެވެ. “އޭރުވެސް އަހަރެންނަށް އެގޭ އޭނަގެ އެތެރޭގަ ކޮންމެވެސް ގޯހެއް އިބަ އުޅޭކަން. އެހެންނޫންނަމަ އެހާ މަޑުން އިންނަންވީ ކީއްވެ.” އަނެއްކާވެސް އަނެއް އެކުވެރިއަކު ބުންޏެވެ. އަހަރެންނާއި އަހަރެންގެ އެކުވެރިންތިބީ ހޮޓަލެއްގައި ސައިބޯށެވެ. އެމީހުންގެ ވާހަކަ ތަކުން އަހަރެންނަށް ދިޔައީ އުދަގޫ ކުރަމުންނެވެ. އަހަރެން އެމީހުންގެ ވާހަކަ ގަބޫލެއް ނުކުރާނަމެވެ. އެއީ އޭނަ ކުރާނެ ކަމެއް ނޫނެކެވެ. އޭނަ އެކަހަލަ ކަމެއް ކުރަންވީ ކީއްވެ ހެއްޔެވެ. އޭނައަށް މަދުވަނީ ކޮންކަމެއް ހެއްޔެވެ. އޭނައަކީ ރަނގަޅަށް ކިޔަވައިގެން ހުރި ރަނގަޅު މޮޅު ވަޒީފާއެއްގައި އުޅޭ ކުއްޖެކެވެ. އަބަދުވެސް ނަމާދު ކުރާ ކުއްޖެކެވެ. “ޝާމްއަށްވެސް ނޭގޭދޯ އޭނަ އެކަހަލަ ކަމެއް ކުރިއިރުވެސް. އަދި އެންމެފަހަރަކުވެސް ނޫނޭ. ހަތަރުފަހަރު. އެހުރިހާ ކަމެއްކޮއްފަ އަދި އެއްބަސްވެސް ވެއްޖެއެއްނުން.” އަހަރެން ކައިރީގައި އިން އެހެން އެކުވެރިއެއް އަހަރެންނަށް ދިމާލަށް ބުނެލިއެވެ. “ބަލަ ޝާމްއަށް ކިހިނެއްތަ އެގޭނީ. އޭނަ އިންނަނީ އެހާ މަޑުން. މީހުން އަބަދުވެސް ބުނެއެއްނުން މަޑުން ހުންނަ ގުރާ ބާރަށް ދައިގަންނާނެއޭ” ކުރިން ވާހަކަދެއްކި އެކުވެރިއެއް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ކެތެއް ނުކުރެވުނެވެ. ބޮމުންގެއްދިޔަ ކޮފީތަށި ބެހެއްޓުމަށްފަހު އަހަރެން އެތަނުން ތެދުވީމެވެ. “އޭ ޝާމް ދަނީތަ” އަހަރެން ހިގައިގަތުމުން އެކުވެރިޔާ ގޮވާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އެތަނުން ނިކުމެގެން ގޮސް ސައިކަލަށް އެރީމެވެ. އަދި ގެއަށް ދިއުމަށް ސައިކަލު ދުއްވާލީމެވެ.
އަހަރެންގެ ސިކުނޑީގައި އެބުރެމުން ދިޔަ ސުވާލުތަކުން އަހަރެންނަށް އުދަގޫ ވަމުންދިޔައެވެ. އޭނަ އެކަހަލަ ކަމެއް ކުރަންވީ ކީއްވެހެއްޔެވެ. އޭނަގެ މައްސަލައަކީ ކޮބާ ހެއްޔެވެ. އެވަރުގެ ކަމެއް އޭނަ ކޮއްފާނެ ހެއްޔެވެ. ނުކުރާ ކަމަށްވަންޏާމު އޭނަ އެކަމަށް އެއްބަސްވީ ކީއްވެ ހެއްޔެވެ. އަހަރެން ނޭވާ ހާސްވާން ފެށިއެވެ. އަހަރެންގެ ބޮލަށް ކޮންމެވެސް ގޮތެއް ވާކަހަލަ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ. ނަމަވެސް އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ގެއަށްދާށެވެ. ގެއަށްގޮސް އަރާމް ކޮއްލާށެވެ. ސިކުނޑިއަށް އަރާމެއް ލިބޭތޯ ބަލާށެވެ. ވަރަށް މަސައްކަތުން އަހަރެންނަށް ގެއާއި ހިސާބަށް ދެވުނެވެ. އަވަހަށް ސައިކަލު ޕާކްކޮއްލުމަށްފަހު ގެއަށް ވަދެއްޖައީމެވެ. ގެއަށްވަނުމާއި އެކު އަހަރެންނަށް ހުއްޓުންއެރިއެވެ. ޓީވީއިން ފެންނަމުންދިޔައީ ބެރޭކިން ނިއުސްއެވެ. ” މުހައްމަދު ހަމީދު މަރާލިކަމަށް އަހްމަދު ހުޝާމް އެއްބަސްވެއްޖެއެވެ. އަދި މީގެ އިތުރަށް އަހްމަދު ޝާފިއު، އިބްރާހިމް ނަވާރު، މުހައްމަދު ފައިޒަންވެސް މަރާލީ މުހައްމަދު ހުޝާމްކަމަށްވަނީ އެއްބަސްވެފައެވެ” ޓީވީގައި އިން ހަބަރު ކިޔާ ކުއްޖާގެ އަޑު އިވިގެންދިޔައެވެ. އޭރު ސިޓިން ރޫމްގައި އަހަރެންގެ ކޮއްކޮއާއި މަންމަ ޓީވީ ބަލަންތިއްބެވެ. “ހުޝާމްއަކީ އެހަކަހަލަ ކުއްޖެކޭ ކާކު ބުނާނީ.” މަންމަ ބުނި އަޑުއިވުނެވެ. އަހަރެން އިތުރަށް އެތަނުގައި މަޑު ކުރާކަން ބޭނުމެއް ނުވިއެވެ. ކޮޓަރިއަށް ދިއުމަށްޓަކައި އަހަރެން ހިގައިގަތީމެވެ. އެވަގުތު އަހަރެންގެ ކޮއްކޮއަށް އަހަރެން ފެނުނެވެ. “ދޮންބެ ކިހިނެއްތަ” ކޮއްކޮއަށް އަހަރެންނަށް ވެފައިވާވަރު އެގުނުކަހަލައެވެ. އަހަރެން ކޮއްކޮއާއި ދިމާލަށް ބަލާލުމަށްފަހު ހިނިތުންވީމެވެ. މަންމަ އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު އަނެއްފަރާތަށް މޫނު އަބުރާލިއެވެ. އަހަރެން އިސްޖަހާލުމަށްފަހު އަވަހަށްގޮސް ކޮޓަރިއަށް ވަދެއްޖައީމެވެ.
ކޮޓަރިއަށް ވަންގޮތަށް އަހަރެން އެނދުމައްޗަށް ވެއްޓެގަތީމެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލީމެވެ. އަހަރެންގެ ސިކުނޑި ހީވަނީ ބޮލުގެ ނާށިގަނޑު ފަޅާލާފައި ބޭރަށް ނިކުންނަށް އުޅޭހެންނެވެ. އަހަރެންނަށް މިހާރު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ހުޝާމް ހުރިހާ ކަމަކަށް އެއްބަސްވީއެވެ. އަހަރެން ބޭނުންވީ އޭނަ އެކަމުން ސަލާމަތް ކުރާށެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ދެލޯމަތީގައި އަހަރެން އަތްއެޅީ އަހަރެންނަކީ މިކަހަލަ ކަމެއްގައި ރޯމީހަކަށް ނުވާތީއެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހިއެވެ. އަހަރެންނަށް އެމީހެއްގެ ޓަކިޖެހުމުގެ ރާގެއް ނޯޅޭނެއެވެ. “ޓިކް ޓޮކް ޓިޓިކް ޓޮކް” އަހަރެން ހަމަ އެއޮތް ގޮތަށް އޮތީމެވެ. އެމީހެއް އިރުކޮޅަކު މަޑުކޮއްލުމަށްފަހު ދޮރުހުޅުވާލާފައި ކޮޓަރިއަށްވަނެވެ. އަދި އައިސް އެނދުމަތީގައި އިށީދެ އަހަރެންގެ އަތް އަހަރެންގެ ލޯމަތިން ނެގިއެވެ. ” ދޮންބެ” އެއީ އަހަރެންގެ ކޮއްކޮއެވެ. އަހަރެންގެ އެންމެ ލޯބިވާ ކޮންކޮއެވެ. އަހަރެންގެ އާއިލާގައި ތިބެނީ އަހަރެންނާއި އަހަރެންގެ ކޮއްކޮއެވެ. ދެން އަހަރެންގެ މަންމައެވެ. އަހަރެންގެ ބައްޕަވަނީ މީގެ ހަތް އަހަރު ކުރިން މަރުވެފައެވެ. ނޫނެކެވެ. މަރުވެފައެއް ނޫނެވެ. ބައެއްގެ ރަހުމުކުޑަ ހަމަލާއަކުން މަރާލެވިފައެވެ.
ކޮއްކޮފެނުމާއި އެކު އަހަރެންއެހާ މަސައްކަތުން ހިފަހައްޓައިގެން ހުރި ކަރުނަތަށް އޮހިގަތެވެ. ކޮއްކޮ ވަރަށް ލޯބިން އަހަރެންގެ ދިގުވެފައިވާ ބުޅި އިސްތަށިގަނޑުގައި ފިރުމާލިއެވެ. “މަންމަ އަދިވެސް އަހަރެންދެކެ ރުޅި އައިސްފަ” އަހަރެންނަށް ބުނީމެވެ. “ކީއްވެތަ މަންމަ އަހަރެންނަސް އިތުބާރު ނުކުރަނީ. އެންމެ ފަހަރަކުވެސް އަހަރެންނާއި ލޯބިން ވާހަކަ ދައްކާނަމަ. އަޅެ މަންމައަށް ނޭގޭތަ އަހަރެން ގޯސްކޮށްނެއް ނޫޅޭނެކަމެއް” އަހަރެން ހިތުގައިވާ ހުރިހާ ޝަކުވާއެއް ކޮއްކޮއަށް އިއްވާލަން ބޭނުންވިއެވެ. “ދޮންބެ މަންމައަށް ހުރިހާ އެއްޗެއް ކިޔައިދީބަލަ ހަގީގަތަށް ޕްލީޒް” ކޮއްކޮގެ އަޑުގައިވެސް ވަނީ ހިތާމައެވެ. ކޮއްކޮ އެހެންބުންޏަސް އެއީ އަހަރެންނަށް ވާނެ ކަމެއް ނޫނެވެ. އަހަރެންނަށް ކުއްލިއަކަށް އެނދުމަތިން ތެދުވެވުނެވެ. އަހަރެން މިގޭގައި މިކުރަނީ ކީންހެއްޔެވެ. އަހަރެން މިގެއަށް އައީ ކީއްވެ ހެއްޔެވެ. އަހަރެންނަށް ވީ ކީއްކަން ވަގުތުން ކޮއްކޮއަށް އެގުނެވެ. “ޕްލީޒް ކުޑައިރުކޮއްޅެއް ވަންދެއް މަޑުކޮއްލަބަލަ” އަހަރެންގެ އަތުގައި ހިފަހައްޓާލަމުން ކޮއްކޮ ބުނެލިއެވެ. އަހަރެން ކޮއްކޮއާއި ދިމާލަށް ބަލާލީމެވެ. އަދި ކޮއްކޮ ކައިރީގައި އެނދުކައިރީގައި ކަކޫޖަހައިގެން އިށީދެލީމެއެވެ. “ކޮއްކޮ އަބަދުވެސް ގަބޫލު ކުރާތީ ދޮންބެ ކޮއްކޮދެކެ އަބަދުވެސް ލޯބިވާކަން އިގޭ. މަންމަ ކައިރީގަވެސް އެހެން ބުނެލަދީ” ވަރަށް ލޯބިން އަހަރެން ކޮއްކޮގެ މޫނުގައި ފިރުމާލީމެވެ. އަދި އަވަހަށް އަވަހަށް އެތަނުން ނިކުމެގެން ހިގައިގަތީމެވެ.
“އަހަރެން ޝާމާ ކައިރީގައި ނުބުނަންތަ އޭނައާއި ވާހަކަ ނުދައްކާށެކޭ” އަހަރެން ގެއިން ބޭރަށް އަޅައަޅާ ހުރި ފިޔަވަޅު ހުއްޓުން އެރީ އަހަރެންގެ ކޮއްކޮއާއި ދިމާލަށް މަންމަގެ ހަޅޭކުގެ އަޑުއިވުމުންނެވެ. “މަންމާ އަހަރެން” ކޮއްކޮ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. “ކޮންމެހެއް ޝާމާ ނުޖެހޭ އޭނައަށް ނަސޭހަތް ދޭކަށެއް. ބަލަ އޭނައެއީ މީހެއް ދައްކާ ވާހަކަ ގަބޫލު ކުރާމީހެއް ނޫނޭ. ދެން އެހެންނެއްނުން ބުނާނީ. މީގެ ކުރިން ކިހާ ރަނގަޅު ވަޒީފާއެއްގަ އުޅުނީ. އެކަމަކު މިހާރު ބަލާބަލަ މީހާ ޖަހާ ވައްތަރު. އިންސާނެއް ނުހުންނާނެ އެވައްތަރަކަށް. ކަންފަތް ތިން ހަތަރު ތަނުން ތޮރުވާފަ. ކަރުގައި ނާޅާކަށް ޗޭނެއް ނެތް. އެހުރި ބޮލެކޭ އިސްފިރޭނު ތަކެކޭ އެއްވަރު” މަންމަގެ ކޮންމެ ޖުމްލައެއް އަހަރެންގެ ކަންފަތަށް ވަދެގެންދަނީ ތޫނު ތީރުތަކެއް ފަދައިންނެވެ. ބުނެލާ ކޮންމެ ޖުމްލައަކުން ހިތުގައި އެޅެނީ ކޮންކަހަލަ ހަންޖަރެއްގެ ތިލައެއްކަމެއް ބުނެދޭންވެސް ނޭގެއެވެ. ނަމަވެސް އެއީ އަހަރެންގެ ސަބަބުން ވާގޮތްކަން އަހަރެންނަށް އެގެއެވެ. “މަންމާ ތިހެން ވާހަކަ ނުދައްކަބަލަ. މަންމައަށް އެގޭތަ ދޮންބެއަކީ” އަހަރެން މަޑުމަޑުން ގޭތެރެއަށް ބޯދިއްކޮއްލީމެވެ. އަހަރެން ހުއްޓިގެން ހުރީ ދޮރުކައިރީގައި ކަމުން އެއްވެސް މީހަކަށް ނުފެންނާނެއެވެ. ދޮރުފަތަކީ ބިއްލޫރި ޖަހާފައިވާ ދޮރުފަތެއްކަމުން އަދި ބޭރަށް ހުޅުވޭގޮތަށް ހުންނަ ދޮރުފަތެއްކަމުން އަހަރެން ބަލާލިއިރު ކޮއްކޮ ހުރީ އަހަރެން ފެނިގެން އަހަރެންނާއި ދިމާލަށް ބަލާށެވެ. އަހަރެން ބޮލުން ނޫނެކޭ ބުނީމެވެ. ކޮއްކޮގެ ލޮލުގައިވާ ކަރުނަ އަހަރެންނަށް ފެނުނެވެ. ކޮއްކޮ ބޭރަށް ބަލަހައްޓައިގެން ހުރުމުން މަންމަވެސް ބޭރަށް ބަލާލިއެވެ. ނަމަވެސް އޭގެ ކުރިން އަހަރެން ބޭރަށް ނިކުމެއްޖައީމެވެ. އަދި ބޮލުގައި އިން އަވި އައިނު އަޅައިގެން ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ.
ނުނިމޭ…
24 Comments!
Comments are closed.
މި ވާހަކަ އަކީ މީގެ ކުރިން ޕަބްލިޝް ކޮށްފައިވާ ވާހަކައެއް.. މި ސައިޓްގައިވެސް މި ޕްބްލިޝް ކުރަނީ ހުރިހާ ކިޔުންތެރިންނަށް ކަމުދާނެކަމަށް ވިސްނާފައި.. ހުރިހާ ކިޔުންތެރިންގެ ހިޔާލު ތަކަށްވެސް މަރުޙަބާ ކިޔަން… 🙂
kon site aku mi wahka kurin publish kury? Pls name bunebala
wow vrh interesting.. nyc one.. i m curiously waitin to knw wht will happn nxt.. 😉 gud luck.. n i jxt luv it…
thnks Ryn… 🙂
Woooohooooo. Fantasy is back??????
thnks barbie 🙂 happy to be back 🙂
Mi kurin kiyaafa oyy v reethi vaahaka ehh. Alunn kiyaalan libunythy v ufaa vehjje. Ummydhu kuran avahahh upload kohh dheyne kamahh. Nimen dhen genesdhehcchey. ??????
iraadha kureviyya v avahah up koh dheynan igey hoody 🙂
v. reethi and waiting for the next part!! ^_^
thnks faxooo 🙂
Kon site akutha publish koffa othy? Pls buneladheefaanantha
araamag ga up kury.. ekam mihaaru hiyeh nuvey evaahaka in heneh dear 🙂
woh prison break ga ulheyy michael dhw pic ga eynyy .. v v v v salhi .. when next part??
yes no one.. eiy michael .. maadhan iraadha kureviyya up kuraana 🙂
Yayy fantasy is bakk…. im so happy…. v v v rythi ingeyy mi part…. can’t wait fr de nxt part
thanks nukko 🙂 fantasy ves v happy vejje nukko ge lobi comment fenunyma 🙂
Alhey! Dhen ekamaku komme dhuvahaku publish kohdheynantha?fantasyyyy?
iraadha kureviyya maadhan kondheynan aneh bai igey 🙂
alhey!! athoo ge fav vaahaka mee .. thankooo fansay.. athoo ah varah loabi kuhjje cover ga eyni,… varah loabi inge cover :*
thnks athoo.. 🙂 cover pic ge huruhaa credit eh libeny nishan ah athoo 😛 fantasy ah ves v lobi kujjeh eiy 😛
wohooooo nice ingey…vrh vrh vrh salhi…waiting for nxt part
thnks rau v bodah 🙂
CID EH KANNEYGE E BRO AKI
މި ވާހަކަ ޕްރިންޓް ކޮށް، ގަންނަން ލިބޭގޮތް ހަދާދީބަލަ.