އޭނާގެ ސިލްވަރ ކުލައިގެ އެ ގިޓާގައި ވަނީ ޑިސްކޯ ފާޑަކަށް ޑިޒައިންކޮށްފައެވެ. ގިޓާގައި ފިޔާތޮށި ކުލައިން ‘ނީ’ ޖަހާފައިވާއިރު އޭގެ ތިރީގައި ނޫ ކުލައިން ‘ޝައިން’ ޖަހާފައި އިނެވެ. ބަލާލި ކޮންމެ މީހަކަށްވެސް އެ ލިޔުން ފާހަގަވާނެއެވެ. ނީރާގެ ވަނަން ކައިރި ޝައިން ޖަހާފައި އިނުމުން އޭނާގެ ދިރިއުޅުމުގައި ޝައިންގެ ނަން ނިސްބަތްވާ ކުއްޖާގެ މުހިންމު ކަން އިނގެއެވެ…………… …އިންތިޒާރު ކޮށްލައްވާ…
އެވަގުތު ކައިލްގެ ފޯނު ރިންގުވާން ފެށުމުން ބަލާލިއިރު އެއީ އޮފީހުން ކޮންމެވެސް ކަމެއް ޖެހިގެން އައި ކޯލެކެވެ. ނަމަވެސް ވަގުތުގެ ގޮތުން ކައިލް އެކޯލު ކަނޑާލި އެވެ. އާއިލާއަށް އެންމެ ފުރިހަމައަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް ހުއްޓާނުލާ ތިން ހަތަރު ފަހަރު ގުޅަން ފެށުމުން ކައިލަށް ވިސްނުނީ އެއީ ވަރަށް މުހިއްމު ކޯލެއް ކަމެވެ. އެހެންކަމުން ކޯލު ނަގައިގެން އެންމެނާއި ތަންކޮޅެއް ދުރަށް ދިޔަ އެވެ. ކަނޑުން ފެންނަ މަންޒަރުތަކަށް ބަލަމުން ކައިލް ވާހަކަދައްކަމުން ގެންދިޔަ […]
ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ލައިގަނެގެން އުޅޭދުވަސްކޮޅެވެ. ހެނދުނު އޮއްސާލި ވާރޭ މެންދުރު ވީއިރުވެސް ހުއްޓާނުލައެވެ. ނިޝާހުރީ އެނަ ދިރިއުޅޭގޭ ދޮރުމަތީގައި ވެހެމުން ދިޔަ ވާރޭއަށް ބަލާށެވެ. އެވަގުތު ނިޝާ ހިތަށް އަރަމުން ދިޔައީ ވާރޭ ވެހޭއިރު ފެންގަނޑަށް އެޖަހާ ތިކިތަކުން އުފެދޭބޮކިތަށް ހާދަ އަވަހޭ ފަޅައިގެން ދާލެެއް. އިންސާނާގެ ދިރިއުޅުމަކީވެސް ހަމަ މިކަހަލަ ކަމެއްކަމަށެވެ. ނިޝާ ސިއްސައިގެން ދިޔައީ ވަރަށް ބާރަށް މީހަކު ނިޝާގެ ނަމުން ގޮވާލުމުންނެވެ…… އަޅުގަނޑުގެ ފުރަތަމަ ވާހަކަ ވަރަށް އަވަހަށް […]
ރީޝާ ޖަވާބު ލިޔެލުމަށްފަހު އޮފް ވާން އުޅެނިކޮށް އޭނާ އަށް ފްރެންޑް ރިކުއެސްޓް އެއް ފޮނުވާފަ އޮތް ތަން ފެނުނެވެ. އޭނާ އެއީ ކާކުތޯ ބަލާލިއިރު އެއީ މައިޝަން އެވެ. އޭނާ އުފަލުން ފޮޅުނެވެ. މައިޝަން އަކީ ރީޝާގެ ސީކްރެޓް ކްރަޝްއެވެ. އެހެންކަމުން އެ ރިކުއެސްޓް ރީޝާ އެކްސެޕްޓް ނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާ އުފަލާ އެކީ އެ ރިކުއެސްޓް އެކްސެޕްޓް ކުރިއެވެ. ރީޝާ ވަރަށް އުފާވިއެވެ. އަނެއްކާ މައިޝަން […]
އަހަރެންނާއި މާޒިން މާލެ އަންނަން ފުރީ އެރޭގެ ރޭގަނޑުގެ ފްލައިޓުންނެވެ. ނަމަވެސް އަހަރެންނަށް އާދެވުނީ ހަމައެކަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްއާއި ހަމައަށެވެ. ބޯޑުން ފޭބިއިރު އެއާޕޯޓްއަށް ވަންނަ ދޮރުމަތީގައި ދެތިން ޕޮލިހުން މަޑުކޮއްލައިގެން ތިއްބެވެ. އަހަރެން އެހާ ހިސާބަށް އަރާ ހަމަވާއިރަށް ހުއްޓުވިއެވެ. “މަޑުކޮއްލައްވާ އާދަމް ޝާމް” އެތަނުން ޕޮލިހަކު ގޮވާލިއެވެ. އަހަރެން ހުއްޓުމުން މާޒިންވެސް އަހަރެންގެ ފަހަތުން ހުއްޓުނެވެ. އޭރު މީހުން ބޯޓުން ފައިބައިގެން ދަމުން އެތަނުގައި ކުޅިވަރު ބަލަން މަޑުކޮށްގެން ތިއްބެވެ. “ކިހިނެއްވީ. ޝާމް […]
“އަހަންނަށް އެނގޭ ހަނާގެގައިގަ އެތަވީދުނެތްކަން. ހަނާއަށް ނޭނގުނަސް ތަވީދު ވީތަންވެސް އަހަންނަށް އެނގޭ. އެތަވީދުވީ މިރަށު ތުނޑީގައި ހުންނަ ނިކަގަހުގެބުޑުގަ ވަޅުލާފަ. ” ސޯލިހު ވަރަށް ޔަގީން ކަމާއިއެކު މިހެން ބުނުމުން ހަސަނާއި އާބިދާ ހައިރާންވެފައި ސޯލިހުގެ މޫނަށްބަލަން ތިއްބެވެ. “ހަނާ… ތަވީދު ގެއްލުނު ވާހަކަ ނުބުނަންތަ އިރުޝާދުކައިރީގަ؟” ހަސަނު ހައިރާންވެފައި އިނދެ މިހެންއެހިއިރު އިރުޝާދުގެ ހާސްކަން އިތުރުވަމުން ދިޔައެވެ. “އަހަރެން ހަނދާންނެތުނީ..” ހަނާއަދިވެސް ހުރީބިރުންނެވެ. އޭނާ އެހެން ބުނިނަމަވެސް އިރުޝާދުއަށް ހަނާގެ އުނަގަނޑުގައި ތަވީދު ނެތްކަން […]
“ކާކު ބުނީ އަހަރެން އޮފީހަކަށް ނުދާނެޔޭ؟” އީމަން ވާހަކަ ދެއްކީ އިނގިރޭސިންނެވެ. އީމަންގެ ހައިރާންކަން ފެނި އެމީހުންވެސް ފަސްޖެހޭ ގޮތްވިއެވެ. “މާން! އަހަރެން ގުޅާފަ ބުނީ!” އީމަންގެ ފަހަތުން އަރާ ހަމަވި ރީމް ބުނެލިއެވެ. “ރީމް؟ ކީއްވެ؟” އީމަން އޮޅުން ފިލުވަން ބޭނުންވިއެވެ. “މާން! އަހަރެންނަށް އެނގޭ އަހަންނަށް ޔާނާއާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް ރޫޑް ކޮށްކަން. އައި ވޯންޓް އަ ފްރެޝް ސްޓާރޓް!” ރީމް ތަފްސީލު ކޮށްދިނެވެ. އީމަން ހުރީ އަދިވެސް ވާނުވާ ނޭނގިފައި […]
ލުޔޫނާގެ އަތުގައި ހިފައިގެން މަޑު ހިނގުމެއްގައި ރަނާގެ ގެއިން ނުކުމެގެން ދިޔައިރު ރަނާގެ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސް ތަކެއް ކުރުވަމުންނެވެ. ޝިފާނާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ރަނާއަށް މިހެންވަނީ ކީއްވެކަން ޚުދު ރަނާއަކަށް ވެސް ނޭނގެއެވެ. ޝިފާން އެންމެ ފަހުން ވާހަކަ ދެއްކި ދުވަހު ކައިވެނިކުރަން ބޭނުންވާ ވާހަކަ ވަނީ ދައްކާފައެވެ. ނަމަވެސް އަދި މަޑުކޮށްގެން އެ ހުންނަނީ ސީމާއްތަ ވިހައިގެން ހަމަޖެހެން ދެނެވެ. އެ ދެ […]