ފުރަތަމަ ވާހަކަވީމަ ހުންނާނެ މިސްޓޭކްތަށް ބައިވަރު.. ޕްލީސް ކިއުންތެރިންގެ ހިޔާލު ވަރަށް ބޭނުން ******** އެކަނި މާއެކަނި އިން ނިޝާއަށް ވިސްނެމުން ދިޔައީ އޭނާގެ އެއްމެގާތް އެކުވެރިއާ ކަމުގައިވާ ނަޒްލާއާ ދޭތެރޭގައެވެ. ނަޒްލާ އަކީ ކޮލެޖް އިން ނިޝާއާއި ރަހުމަތްތެރިވި ކުއްޖެކެވެ. ނިޝާ އަށް ނަޒްލާއާއި ދިމާވީއްސުރެ ދެކެމުން އަންނަނީ އެއްބަނޑު އެއްބަފާދައްތައެއްގެ ގޮތުގައެވެ. ދެމީހުން ވެސް ކިޔަވަނީ ނާރސިން އެވެ. ނަޒްލާ އަކީ ބަސްމަދު މަޑުމައިރި ކަމަށްލޯބިކުރާ ކުއްޖެކެވެ. ނަމަވެސް ނިޝާ އަކީ މީގެ އިދިކޮޅެވެ. […]
ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ލައިގަނެގެން އުޅޭދުވަސްކޮޅެވެ. ހެނދުނު އޮއްސާލި ވާރޭ މެންދުރު ވީއިރުވެސް ހުއްޓާނުލައެވެ. ނިޝާހުރީ އެނަ ދިރިއުޅޭގޭ ދޮރުމަތީގައި ވެހެމުން ދިޔަ ވާރޭއަށް ބަލާށެވެ. އެވަގުތު ނިޝާ ހިތަށް އަރަމުން ދިޔައީ ވާރޭ ވެހޭއިރު ފެންގަނޑަށް އެޖަހާ ތިކިތަކުން އުފެދޭބޮކިތަށް ހާދަ އަވަހޭ ފަޅައިގެން ދާލެެއް. އިންސާނާގެ ދިރިއުޅުމަކީވެސް ހަމަ މިކަހަލަ ކަމެއްކަމަށެވެ. ނިޝާ ސިއްސައިގެން ދިޔައީ ވަރަށް ބާރަށް މީހަކު ނިޝާގެ ނަމުން ގޮވާލުމުންނެވެ…… އަޅުގަނޑުގެ ފުރަތަމަ ވާހަކަ ވަރަށް އަވަހަށް […]