Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި އަހަރެން ވާނަމޭ… (8)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 18, 2015 5 Mins Read
26 Comments

ރަށަށް ދެވުމާއި އެކުހެން އާލިމްގެ ކާރަށް އާނާ އަރުވައިގެން ގެއަށް ގެންދިޔައެވެ. އެންމެންވެސް ބަނދަރުމަތީ ކަންބޮޑުވެފައި ތިއްބެވެ. ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީ އާނާ އެ ނުރައްކަލުން ސަލާމަތް ވޭތޯއެވެ. ޒަޔާލްވެސް ނުގޮސް މަޑުކުރީ ގެއަށް ގޮސް ފެންވަރާ ތާޒާވެގެން އެގެއަށް ދިއުމުގެ ބޭނުމުގައެވެ. ޝައުނާ ކާރު ގޮސް އޮބާލަންދެން ފެންކަޅިވެފައި އެ ދިމާލަށް ބަލަން ހުއްޓެވެ. އޭނާއަށް ކުޅަދާން ވެގެން ވާނަމަ އެ ނުބައި ޖިންނި އޭނާ މަރާލާނެއެވެ. އޭނާ ގަބޫލު ކުރި ގޮތުގައި ޖިންނިން ނަކީ އިންސާނުން އެެއްވެސް ގޯނާއެއް ނުކުރަނިސް އެއްވެސް ކަމެއް ނުކުރާ މަހްލޫޤުން ކަމަށެވެ. ނަމަވެސް އާނާ ކުރީ ކީއްހެއްޔެވެ؟ އާނާ އެމީހުންނަށް ގޯނާއެއް ކުރީބާއެވެ.؟ ނުވަތަ އާނާ އާއި ޖިންނިއެއް އަޅައިގަތީބާއެވެ؟ އެހެން ހިތަށް އެރުމާއި އެކު ޝައުނާ ގެ ގައިން ހީބިހި ނަގައި ގަތެވެ. އަނޫފްގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. ޝައުނާ އަށް އެންމެ އުފާވެރި ދުވަސް ވެގެން ދިޔައީ އެންމެ ދެރަވާ ދުވަސް ވެސް ކަމުގައެވެ. ލޯބިވާ ކުއްޖާއި ލިބުމާއި އެކު އެންމެ ގާތް އެކުވެރިޔާ ޖިންނިއެއްގެ ސިކާރައަކަށް ވީއެވެ.

އާނާ އެންމެ ފުރަތަމަވެސް ގެއަށް ގެނެސް ބޭއްވުމާއި އެކު އާލިމް ނިކުމެގެން ދިޔައީ ރަށުގައި ނަން މަޝްހޫރު އެއް ފަންޑިތަވެރިޔާ ކަމަށްވާ ނައީމް ކައިރިއަށެވެ. އޭނާ ހުރީ ދަތުރު ދިޔަ އެއްޗެހީގައެވެ. އެ ދަތުރުގެ ވަރުބަލި ކަމާއި އެކުގައިވެސް މެއެވެ. އެއްވެސް ލަހެއް ފަހެއް ކުރާކަށް އޭނާ ބޭނުން ނުވާފަދައެވެ. އާލިމްއަށް އެގެއާއި ހަމާލަށް ދެވުނުއިރު އެގޭގައި ހައްދާފައި ހުރި ގަސްތަކެއް ކައިރީގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި ނައީމް އޮތްތަން ފެނެއެވެ. އެ މަންޒަރު ބޭރުގައި ހުރި މީހަކަށް ރަނގަޅަށް ވެސް ފެންނާނެއެވެ. ގެ ފެނުނު ގޮތުންވެސް ފަންޑިތަވެރިއެއްގެ ގެއެއްކަން އިނގޭނެއެވެ. ވާހަކަ ތަކުގައި ލިޔެފައި ވާ ގޮތަށް ފާޑަކަށް ފަޅު ގެއެއްގެ ވައްތަރު ޖަހައެވެ. އާލިމް ހުރި ހިސާބުން ގޭގެ ތެރެ ކުޑަކޮށް ފެނެއެވެ. އެހާ އަލި ގަޑިއެއްގައިވެސް އަނދިރި ކަމެއް އެ ގޭ ތެރޭގައި ވެއެވެ. ލޯމަރައިގެން ތުންތަޅުވަމުން ދިޔަ ނައީމްއާއި ދިމާ ބަލާލަމުން ބިސްމިން ކިޔާލުމަށްފަހު ގެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ނައީމްގެ ލޯ ހުޅުވުނެވެ. ކުޑަކޮށް ސިހުން ލިބުނަސް ހިތް ހަމަ ޖައްސާލީ އެއީ ފަންޑިތަވެރިއެކޭ ހިތާއެވެ. “އައްސަލާމް އަލައިކުމް” ކުއްލިއަކަށް ސަލާމްް ގޮވަން ހަދާންވީ ނައީމް ބަލަން އޮތް ގޮތުން ހިތުގައި ބިރުވެރި ކަމެއް އުފެދިގެންނެވެ. އޭނާ އަވަސްއަރުވާލާފައި ހުރުމުން އެކަންވެސް ހަނދާން ނެތުނީތީ އަމިއްލަ ނަފްސަށް މަލާމާތް ކޮށްލިއެވެ. “ވާލައިކުމް ސަލާމް..” ކުރު ގޮތަކަށް ނައީމް އެހެން ބުނެލުމުން އާލިމް އެތެރެއަށް ވަނެވެ.

“އާލިމް…..” ނައީމްއަށް އާލިމް އިނގުނީ ކިރިޔާ ކަންނޭނގެއެވެ. އޭނާގެ ނަން ކިިޔާލީ ކުޑަކޮށް ސިހިފައެވެ. އެހެނީ އާލިމް އަކީ ރަށުގައި ވަރަށް ގަދަރުވެރި އަދި އިހްތިރާމް ލިބޭ މީހެކެވެ. އޭނާއަށް މިއަދު ކުޑަ ކުޑަ ފަންޑިތަވެރި އެއްގެ ބޭނުން ޖެހުނީ ކީއްވެ ބާއޭ ހިތަށް އަރަމުންދިޔައެވެ. “ކިހިނެއްތޯވީ؟ ތިކަހަލަ ގަދަރުވެރި މީހަކަށް މިއަދު އަޅުގަނޑުމެން ކަހަަލަ ފަންޑިތަ ވެރިއެއްގެ ބޭނުން  ޖެހުނީމަ ހީވަނީ ވަރަށް ބޮޑު ކަމެއް ދިމާ ވީހެން.. އަނެއްކާ ބޮޑު ކަމެއް ދިމާ ވީތޯ؟” ނައީމްއަކަށް މަޑަކުން ނުހުރެވުނެވެ. ހިތުގައި އޮތް އެއްޗެއް ދުލައި ހަމާލަށް ގެނައީ ފަސޭހަކަމާއެކުގައެވެ. އޭނާ އާލިމް އާއި ވާހަކަ ދެއްކިީ މާތް ބަހުން ކަމުން އޭނާވެސް އާލިމްއަށް އިހްތިރާމް ކުރާވަރު ހާމަވެއެވެ. އާލިމް ގަދަކަމުން ހިނިތުން ވެލިއެވެ. “މިތާ އިށީންނަވަން ވީ ނުން ތޯ..” އާލިމް ކޮޅަށް ހުރުމުން ނައީމް އޭނާ ކައިރީ އިން ޖޯލި ދައްކާލިއެވެ. އާލިމް ގޮސް އިށީނެވެ. އަދި އޭނާއަށް އިނގޭ ވަރަށް އާނާ އަށް ވަމުން ދިޔަ ކަންތަށް ކިޔައިދެމުން ދިޔައެވެ.

“އަހަރެން ބޭނުން ތިބުނާ ފިރިހެން ކުއްޖާއާއި ބައްދަލު ކުރަން…” މިނެޓެއް ހާއިރު ވިސްނަން އިނދެ ނައީމް އެހެން ބުނެލިއެވެ. އޭނާގެ ނަޒަރު އޭރު ހުއްޓިފައި ހުރީ ދުރަށެވެ. “ކާކު.. ޒަޔާލް؟” އާލިމް އެހެން އެހީ ހައިރާން ކަމާއެކީގައެވެ. ޒަޔާލް އާއި ބައްދަލު ކުރަން ބޭނުންވީ ކީއްވެބާއޭ ހިތަށް އެރިއެވެ. ނައީމް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދިވެސް އޭނާ ވިސްނަމުން ދިޔައީ ކަންނޭނގެއެވެ. “މިކަމަށް ލަސް ކުރުން މީ އެހާ ރަނގަޅު ކަމެއް ހެނެއް ހިއެއް ނުވޭ…. އަހަރެން ތިގެއަށް ދާނަން އަސުރު ނަމާދު ކޮށްލައިގެން…” އެހެން ބުނުމަށް ފަހު އެތާ މަޑުކުރުމެއްވެސް ނެތި ނައިީމް ގޭގެ ތެރެއަށް ވަނެވެ. އަޖާއިބެއް ފަދަ މީހެކެވެ. އާލިމް އޭނާގެ އިސްތަށިގަނޑުގައި އަތް ހާކާލިއެވެ. އެއަށް ފަހު ގެއަށް ދާން ހިނގައިގަތެވެ.

“ކޮބާ އާނާ…” މޫނުމަތީ އަތް އަޅައިގެން އިން ރައުނާ ފެނި އާލިމް އެހެން އަހާލިއެވެ. ކުއްލިއަކަށް ރައުނާ އޭނާގެ އަތް މޫނުމަތިން ނަގާ އާލިމް ކައިރިއަށް ދިޔައެވެ. “ކީކޭ ނައީމްބެ ބުނީ..؟ ހުރިހާ ކަމެއްވެސް ރަނގަޅުވާނެތަ..؟” ރައުނާ އަވަސް އަވަހަށް ސުވާލު ކުރިއިރު އާލިމްގެ ސުވާލަށް ޖަވާބު ދިނުންވެސް މުހިއްމު ކަމަކަށް ނުވިއެވެ. ހާސްވީ ވަރުން ކަންނޭނގެއެވެ. އާލިމް ރައުނާ ކައިރި ނައީމް ދެއްކި ވާހަކަތަށް ކިޔައިދިނެވެ.

“ކޮބާ އާނާ ؟” އާލިމް އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. “ނުތެދުވެ އަދިވެސް… އަހަރެން ގޮވައިފިންމެ… އާލިމް… އާނާ ރަނގަޅުވާނެ ދޯ… އާލިމް..” ރައުނާއަށް ރޮވެން ފެށުނެވެ. އާލިމް ރައުނާގައިގާ ބައްދާލިއެވެ. “އިން ޝާ ﷲ.. ކެތްތެރިވޭ ރައު… ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…” އާލިމް އެހެން ބުނެލުމުން ރައުނާ ބޯ ޖަހާލިއެވެ. ނަމަވެސް އޭނާގެ ލޮލުން ކަރުނަ އައުމެއް ނުހުއްޓެއެވެ. އާލިމް ފެންވަރަން ދިޔުމުން ރައުނާ އެނދުގައި ޖައްސާލިއެވެ. އާނާ އާއި މެދު ވިސްނަމުން ދިޔައެވެ. އޭނާގެ ބޮލަށް އުނދަގޫވާން ފެށިއެވެ.

———

“އާނާ.. އަހަރެން އާނާ ދެކެ ވަރަށް ލޯބިވެ….. އެންމެ ފުރަތަމަ އާނާ ފެނުނު އިރުން ފަށައިގެންވެސް… އާނާ… އަހަރެންނަށް އިނގޭ ޖިންނިންނާއި އިންސާނުންނަކަށް އެކު އެކީގައި އެއް ނޫޅެވޭނެކަން.. އެކަމު އަހަރެންނަށް އެކަމާމެދު ވިސްނާ ވަރަށް ވުރެ ލޯބިވޭ އާނާ ދެކެ..” އާނާ ހުރީ އަނދިރި ކޮޓަރިތެރެއެއްގައެވެ. އަނދިރިކަމުން މީހަކު އޭނާގެ ލޮލަށް އިނގިލި ކޮށްޕާލިޔަސް ނޭނގޭނެއެވެ. އާނާއަށް އިވެމުން ދިޔައީ އަޑެކެވެ.. ފިރިހެން އަޑެކެވެ. ވަރަށް ބަރު އަޑެކެވެ. އެ ތަނުގައި އެކޯ ވެގެން އެ އަޑު އަންނަ އިރު ވަރަށްވެސް ބިރުވެރިއެވެ. އާނާ ކަންފަތުގައި އަތް އަޅާލިއެވެ. “ނޫން ނޫން….” އާނާ ހަޅޭލަވަން ފެށިއެވެ. އާނާގެ އަޑުވެސް އެކޯ ވެގެން ދިޔައެވެ. “އާނާ.. ބިރުނުގަނޭ.. އަހަރެން އާނާއަކަށް އެއްވެސް ކަމެއް ނުކުރާނަން… އަހަރެން އާނާ ދެކެ ވަނީ ތެދުވެރި ލޯބި.. އާނާ އަހަރެން ދެެކެ ބިރުނުގަނޭ..” އަނެއްކާވެސް އެއަޑެވެ. އެއަޑުގައިވާ އަސަރުން އެމީހަކު ނުވަތަ މަހްލޫގަކު އެ ހަދަނީ ތެދުކަން އިނގެއެވެ. އެ އަޑުގައި އާދޭހެއް އެކުލެވިފައި ވެއެވެ. އާނާ ކުޑަ އިރުކޮޅަކަށް ނަމަވެސް އެ އަޑުގައިވާ އަސަރާއި މެދު ވިސްނާލިއެވެ. އަނެއްކާވެސް “ނޫން ނޫން..” އޭ ގޮވަން ފެށިއެވެ. އޭނާއަށް އިތުރު އެއްޗެއް ބުނާކަށެއް ނޭނގޭ ކަހަލައެވެ.

“އާނާ… އެންމެ ފަހަރަކު ވިސްނާލަބަލަ.. އަހަރެން ކޮންމެ ގޮތެއް ހަދާފަވެސް އާނާ ހާސިލް ކުރާނަން.. ގަދަކަމަކުން ބޭނުމެއް ނޫން އެކަމުވެސް އެއީ އެންމެ ފަހު ގޮތްނަމަ އެކަންވެސް ކުރާނަން.. އާނާ އަހަރެންނާއި އެކު ވަރަށް އުފަލުގައި އުޅެވޭނެ… އިންސާނުންނަށް ވުރެވެސް އަހަރެމެން ބާރުގަދަ ވާނެ.. އަހަރެން އާނާ އުފަލުގައި ބަހައްޓާނަން.. ލޯބި ދޭނަން..” އަނެއްކާވެސް އެނާ ވާހަކަ ދެއްކިއެވެ. އާނާ މިފަހަރު ކުޑަކޮށް ވިސްނާލިއެވެ. މިފަހަރު އޭނާ ވާހަކަ ދައްކަން ބޭނުން ވާ ކަހަލައެވެ. އެ ވާހަކަ ދައްކާ މީހަކު އާނާއަށް އެއްވެސް ގޯނާއެއް ނުކުރާނޭ ހިތް ބުނާކަހަލައެވެ. “އުފަލުގައި ބެހެއްޓުނަސް އަހަރެން އުފަލެއް ނުވާނެ… އަހަރެން ލޯބިވާ މީހަކާއިއެކު އުޅުނީމަ ނޫނީ އެއްވެސް އުފަލެއް ނުވާނެ… ގަދަކަމުން ލޯބި ހޯދުމަކީ އަދި ލޯތްބެއްނޫން… ތިއަކަށް ނުކިޔާނެ ލޯތްބެއް… ގަދަކަމުން ހޯދާ އެއްޗެއްސަކީ ތިމާގެ މިލްކެއް ނޫން.. އަދި އެ އެއްޗެއްސެއް ދުވަހަކުވެސް ދާއިމަކަށް ތިމާގެ އަތުގައި ނޯންނާނެ.. އެއީ ދުނިޔޭގެ ގަވާއިދެއް.. ޖިންނިއަކަސް އިންސާނަކަސް…” އާނާ ފަހު ޖުމްލަ ބުނީ ގޮށް މުއްކަވާލަމުންނެވެ. އާނާ ކައިރިއަށް ކުޑަކޮށް ރުޅިއައެވެ. “ގަދަކަމުން ވިޔަސް އަހަރެންނަށް އާނާ ލިބެނިކޮށް ނިމުނީ… ޒަޔާލް އިނގޭތަ…ހަހަހަހަ” އެ އަޑު މުޅި ތާ ގުގުމައިގެން ދިޔައެވެ. ހޭ އަޑު އިވުމާއި އެކު އާނާގެ ލޯލިތަށް ކޮޅަށް ޖެހުނެވެ. އަނެއްކާ ޒަޔާލްއަށް ކަމެއް ކުރަން އުޅެނީ ބާއޭ އޭނާ ހިތަށް އަރަމުން ދިޔައެވެ.

އާނާ ހިން ދިރުވާލިއެވެ. “އަހަރެންނަށް އިނގޭ އާނާ ލޯބިވަނީ ޒަޔާލް ދެކެ ކަން…. އެކަމު ޒަޔާލް އަށް އެއްވެސް އުފަލެއް ނުދެވޭނެ. އޭނަ އަކީ ޔަތީމް ކުއްޖެއް… މިހާރު އޭނާ އަށް ފައިސާ ލިބެމުން ދިޔަޔަސް ފަހުން ވާނެ ގޮތެއް ނޭނގެ އެއްނު ދޯ… އަހަރެންގެ އަތުގައި މި ބާރު އޮންނާނެ ދާއިމަށް.. ވިސްނޭތަ އެބަ…” އެ ވާހަކަ ދައްކަމުން ދިޔަ މަހުލޫގު ވަރަށް ހިތްހަމަ ނުޖެހުނުކަން އާނާއަށް އިނގުނެވެ. ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. ކޮންމެ ފަދަ ގޮތެއްވެސް ވެދާނޭ ހިތަށް އެރިއެވެ. ނަމަވެސް ހެވެވެ. އާނާ މަރުވިޔަސް މި މަހްލޫގް ކުރުވަން އުޅޭ ކަމަކަށް ދުވަހަކުވެސް އެއްބަހެއް ނުވާނެއެވެ. “ޒަޔާލް އަތުން ފައިސާ ހުސްވިޔަސް އުޅޭނެ ބޮޑު ގެއެއް ނެތަސް މަގުމަތީ އުޅެން ޖެހުނަސް އަހަރެން ދެކެ ލޯބިވާނެ.. އަހަރެން ހިމާޔަތް ކުރާނެ.. އަހަރެންނަށް ދެރަ ގޮތެއް ވިޔަކަ ނުދޭނެ.. އަބަދުވެސް އަހަރެންނާއި އެކު ވާނެ.. ކިތަންމެ މުއްސަނދި ވިޔަސް އަދި ފަޤީރު ވިޔަސް ޒަޔާލް ހިތް ދުވަހަކުވެސް ބަދަލެއް ނުވާނެ.. ވާވަރުން އަހަރެން އުފަލުގައި ބަހައްޓަދޭނެ.. އެއީ ތަފާތަކީ ކަލޭމެންނާއި އިންސާނުންނާއި.. އިނގިއްޖެތަ؟؟؟؟ އަހަރެމެންނަށް ލޯބި އެ ލަފްޒަކީ ވަރަށްވެސް ބޮޑު އެއްޗެއް.. ކަލޭމެންނަށް ކިތަންމެ ކުޑަޔަސް… ހަނދާން ބަހައްޓާތި އަހަރެންނާއި ބެހުނަސް ޒަޔާލް އާއި ވައިވެސް ނޭޅޭތި..” އާނާ އަށް ބުނެވުނު އެއްޗާއި މެދު ވިސްނާލެވުނެވެ. އާނާއަކީ ބިރުކުޑަކުއްޖެކެވެ. ހިތްވަރުގަދަކުއްޖެކެވެ. ނަމަވެސް މިވަރު ވެދާނޭ އޭނާ ހިތަށް ވެސް ނާރައެވެ. ދެވަނަ ސިކުންތުގައި ބުނެވުނު އެއްޗާއި މެދު ފަހަރު ވެރިވެލިއެވެ.

“އާނާ ހާސިލް ކުރުމަށްޓަކައި ޒަޔާލް މަރާލަން ޖެހުނަސް އަހަރެން ފަހެއް ނުޖެހޭނަން… އަހަރެން…….” “ނޫން…ޒަޔާލް………” އާނާއަށް ބާރަކަށް ހަޅޭލަވައިގަނެވުނެވެ. އެއާއި އެކު އޭނާއަށް އެނދުން ތެދުވެވުނެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އެންމެ ފަހުން ބުނި ޖުމްލަ އޭނާގެ ކަންފަތުގައި އަދިވެސް ހަރުލާފައި ވެއެވެ. އާނާއަށް ރޮވުނެވެ. ކަންފަތުގައި އަތް އަޅައިގަތީ ދެން އެ ޖުމްލަ އަޑު އިވެން ބޭނުން ނުވާތީއެވެ. ނަމަވެސް ސިކުނޑިއަކު ނުހިފޭއްޓޭނެތާއެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެކަމެވެ. “ނޫން.. މަންމާ..” އާނާ ބާރަކަށް ހަޅޭލަވައިގަތެވެ.

ރައުނާ އޭރު ސިޓީންގް ރޫމްގައި އާލިމް އާއި އެކު އިނީ ނައީމް އަންނާނެ އިރަކަށެވެ. ނައީމް އެ ގެއަށް އެޅި ފުރަތަމަ ފިޔަވާޅާއި އެކު އިވުނީ އާނާގެ އަޑެވެ. “މަންމާ…… މަން…މާ… ޒަޔާލް.. ނޫން..” އާނާގެ ހަޅޭކުގެ އަޑު އިވުމާއި އެކު އާލިމް އާއި ރައުނާ ނައީމް އާއި ދިމާލަށް ބަލާލުމަށްފަހު އެދިމާލަށް ދުއްވައިގަތެވެ. ނައީމްވެސް އެމީހުންގެ ފަހަތުން ހަލުވި ހިނގުމެއްގައި ދިޔައެވެ.

 

-ނުނިމޭ (: –

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފޮހެވޭނޭ ބާއޭ… 23

Next

ކުށުގެ އިހްސާސް

Next
December 18, 2015

ކުށުގެ އިހްސާސް

Previews
December 17, 2015

ފޮހެވޭނޭ ބާއޭ… 23

26 Comments!

  1. Ryn says:
    December 18, 2015 at 8:13 am

    hey guyss hre is the nxt prt hope u al wil lyk it.. n tel me if thr is any mistake spclly hama nujehey prts.. n dhn in prt sun ga in sha allah ??thnks fr readin.. enjoy ????

  2. mice says:
    December 18, 2015 at 8:30 am

    very very nice! vaahaka reethi v ma dhiya goeh vex neangun.. adi kuda thankolhe dhigu koladheefaanan tha??

    1. Ryn says:
      December 18, 2015 at 8:56 am

      awww thnks… hehe ehnthr.. ok.. dhn huri prts in sha allah dhigu khlaanan miah vure.. thnks fr tellin me… n thnks fr readin.. enjoy 😉

  3. ina says:
    December 18, 2015 at 8:42 am

    wowwwwwwwwwwwwwwww…..rynnnnnnnn.this part is also v v v v v nice.poor aana….hope she will get rid of that ghost soon…..m really enjoying ur story.nice.kyp it up……..waiting 4 next part………………

    1. Ryn says:
      December 18, 2015 at 8:58 am

      hehehe…. thnks dear…. yrh dhw poor grl hehehe.. 😉 n thnks again.. 😉 enjoy miss u 😉

  4. ina says:
    December 18, 2015 at 8:43 am

    yayyyyyyyy. me second………………….

    1. Ryn says:
      December 18, 2015 at 9:01 am

      hehehe yayy cngrts 😀 😀 😀

  5. milooo says:
    December 18, 2015 at 8:49 am

    Varah reethi mi part ves.. Haadha kiyaa hiy veyey eba.. Adhi mice buni hen kuda than kolhe dhigu kohdheefaanan tha??

    1. Ryn says:
      December 18, 2015 at 9:06 am

      aww thnks milu… yrh ofcrse.. dhn in prt dhigu khla dheynan.. thnks fr tellin n readin too hehe.. enjoy 😉 😉

  6. Inaa says:
    December 18, 2015 at 10:39 am

    v reethi. Next part avahah Up koh dheh chey, pls,…

    1. Ryn says:
      December 18, 2015 at 3:40 pm

      thnks inaa.. in sha allah nxt sun ga up kuraanan.. thnks fr readin.. enjoy 😉

  7. Luvna❤ says:
    December 18, 2015 at 10:58 am

    Aaawwnnn.. Alheyy.. Xayal haadha dhera vaane ey dw.. Even i vs dhera vaane ehaa handsome boy eh sad vanyaa..????.. Hehe.. Hmm e jinn loves àana right.. ??.. LOVE.. pis pis..??.. Hehw??.. Even this part is really booooooootiphull..???.. Aslu enme intresting hisaabun ninmaalyma sad vi..????.. Ma sha allah ninny.. I just cant stop loving xayal and this story..????.. Next part varaaah avahah upload kohdhehchey..???.. Varah excited to know what’s next.. Please avahah up kohdhey chey inge..?????.. Miss yew and lurvv you lotss.. Bye bye.. Take care..

    1. Ryn says:
      December 18, 2015 at 3:48 pm

      ??????? xayaal dheravnya mimmy vx dheravey dhw ????? yrh jin aanaa dheke luv vany o???? hehe ehnthr.. sryy ????.. hahahaha dhn dnt stp luvin him mimmy.. ?? n luv me tooooo ???? hrhe ehnthr okayxxx dhn in prt sun ga up kuraanan.. in sha allah ?? n miss u mre n luv u furaa ?? bye tvgc.. ??

  8. maalu says:
    December 18, 2015 at 12:19 pm

    Vrh vrh vrh reethi……..waiting for the next part….love this story….

    1. Ryn says:
      December 18, 2015 at 3:41 pm

      hehe. thnks mal… 😉 miss u… thnks fr reain enjoy 😉

  9. lai says:
    December 18, 2015 at 12:40 pm

    wowwwwwwwwwwwwwwwww… sooo nice … alheyy kiya kiyaa indhaa enme reethi hisaabun e nimunyy 🙁 … anehbai v kiyaa hiyy vey eba .. kobaa anehkaa vess ehly cmmnt eh .. uhun mifaharu vahtaaly ? 😛 … hey ryn super boy ah gotheh nahadhahcheyy.. lai v dhera vaane super boy ah kameh vehjehyaa .. hehehehe.. n e jinni gandu dheke v foohi vey .. v veganegn dhw.e jinni e.ulheny .. adhi varugadha bondi eh libeyne hehehehehehehehe…varaaaaaaaaaaah reethi ingey ryn ❤.. neynge bunaane ehcheh vess ..ryn ehka ehka.magun rckt kairiah dhevun tha.? .. hahaha.. n ryn ah kiyaane nameh hoadhaifymo ekm nueh bunaanan .. nukereyne bunaakah ??.. aneh bai sunday ga dhw .. alheyy nw kiyaa hithun hureveny eb noon .. hehe waiting waiting ??.. love u n miss u alottttttttttttttttttttttttttttttt rynnnnnnnnnnnnnnnn ???… hehe kobaa mifaharu kanfathah kihineh vy ??..? tc of ur self ingey .. bye ?????❤❤❤❤❤

    1. Ryn says:
      December 18, 2015 at 3:58 pm

      awwwwwww thnks lailaa ????? ehnthr ekm ryn mifaharu hykury lai ehka ehka magun ehka ehka gwthun fonuvaalaany kamah ?? ekm vx dhn rangalhu thaa dhw… ? laaeee supr boy o. dhera vaanro ehnvihya e boy ah ehkameh vx kuraakah nukereynr lai vihya dhn ekm supr boy ge supr kn filuvaalaany ???? hahaha maa bwdah vx fwni vefa.. ahahahha bondi ekw o ???? lai dheke birun vx e jin kameh kuraa hiyy nuvedhaane aanaa mn ah lolxx ??n thnkyou lai… yrh dhevunu rkct aai hamaalah hahaha… ehnthr ehnvihya vaane dhimaa khln knme hn vx eyrunnu buneveyny nw i wnt knw my name hahah..yrh sun ga… hahah dhn mifaharu hurelaa… luv u mreee n miss u mre thn u do.??.. hahaha kanfaii rangalhu v kurin iny gwvaafa bt nw ok v egn kuhliakah hahaha.. tc byeee ?????

  10. Immy says:
    December 18, 2015 at 12:48 pm

    awwnnn…… ryyyynnnnnnnn……..kiya kiyaa ndhaa emme intrst v hisabun e ninmaalee……. maaaaaaaaaaa shoooooooooooort…….. toooooooooooo shooooooooooort…… hehe hpe vrh avahah nxt prt vx up kuraane kmh…… :P:P:P:P:P:P:P:P:P:P:P:P:P:P:P:P:P:P :D:D:D:D:D:D:D:D:D:D:D:D:D:D ;);) 😉 😉 😉 luv ya….. <3

    1. Ryn says:
      December 18, 2015 at 3:42 pm

      hehehhe sry fr tht immu.. dhn in prt dhigu khlaanan… maaaaaaaaaaaaaa looooooooooooong.. 😛 hehehe… thnks ingey.. luv u mre.. 😉 <3

  11. Shabee says:
    December 18, 2015 at 1:41 pm

    hey ryn…hey HG 😉 mi prt vx vrh vrh vrh vrh habeysss….. mxt prt vx avahah dhogu kh up khdhehchey 😀
    🙂 all da bst 🙂

    1. Shabee says:
      December 18, 2015 at 1:42 pm

      ooops dhigu kh….. 😉 😉 😉

    2. Ryn says:
      December 18, 2015 at 3:43 pm

      **nxt** 😉 hey shaby. hey SG ;).. hehe.. aww thnks… n in sha allah dhigu kh nxt prt up kuraanan.. thnks fr readin.. enjoy. miss u luv ya 😉

  12. nukko says:
    December 18, 2015 at 1:47 pm

    Wowwwwwwwwwwww
    haaaaaaaaaaaaadha ryyyyyyyythi eyyyyy……. awwwwww ryyn ur de bst….. alheyyyy poor poor anna….miss u take care mayn… gudhu laku….. 😀 😀 😀 🙂 🙂 🙂 🙂

    1. Ryn says:
      December 18, 2015 at 3:44 pm

      hehehe.. thnkssss nukkooo…. poor grl dhw hehehe.. miss u mre n tc DUDE.. mayn wil alwys tc ey 😛 😛 hehehe.. thankoo 😛 luv ya 😉

  13. elsa says:
    December 18, 2015 at 6:00 pm

    o god , my zayaa . omg aanoo , omg omg kihineh mi vany , story vr vr vr rythi . m speechless , hykuri varah vure ves rythi vamun dhany , gud job mom , missed u a lot , love yaa

    1. Ryn says:
      December 18, 2015 at 11:38 pm

      hehehehe…. my xayaa o,,,, hehehe… awwww thnks doc… 😉 miss u n missd u alt n alt …. luv u mre.. 😉 tc… 😉

Comments are closed.


All Right Reserved!