Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 23

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 17, 2015 7 Mins Read
25 Comments

ފެންއަރުވާ ވަޑާމުގެ ވަށައިގެން ރާނާފައިވާ ތިރި ފާރުމަތީ އިށީންދެލައިގެން އިން އިޒްކާން ފެނި މިޝްޔާގެ ހިތުގެ ތެޅުން ކުރިއަށް ވުރެ ބޮޑަށް ބާރުވެގެން ދިޔައެވެ. އޭނަ ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތަކަށް ވެސް ލަސްކަމެއް އަތުވެއްޖެއެވެ. ލަސްލަހުން ސިޑީގެ ހަރުފަތްތަށް ގިރާކުރަން ފެއްޓިއެވެ. މިޝްޔާ ފެނުމުން އިޒްކާން އޭނަ އިން ތަދުން ތެދުވުނެވެ. އަދި ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ މިޝްޔާ ގާތަށް ދިއުމަށް ހިނގައިގަތެވެ. އިޒްކާންގެ ތުންފަތުގައި ވި ހިނިތުންވުން އިތުރަށް ފުން ވެގެން ދިޔައެވެ. އޭނަ މިޝްޔާއާއި އަރާހަމަކޮށްލަމުން މިޝްޔާއަށް ފުން ނަޒަރެއް ދިނެވެ. މިޝްޔާގެ މޫނުމަތިން ލަދުރަކިކަން އިޒްކާންއަށް ފާހަގަ ކުރެވުނެވެ. އެއީ މިޝްޔާގެ އެންމެ ރީތި ސިފައެވެ. އެ ސިފައިން މިޝްޔާގެ ރީތިކަން އިތުރު ފުރިހަކަމެއް ގެނެސްދޭކަން އިޒްކާންއަށް އެނގެއެވެ.

”މިޝޫ ބްލަޝް ވީމަ ވަރަށް ރީތި…” އިޒްކާން ބުންޏެވެ. ދެޒުވާނުންގެ ދެމެދުގައި އިސްކޮޅުގެ ތަފާތު ހުއްޓެއްކަމަކު ވަރަށް ގުޅެއެވެ. އެހާ ބޮޑަށް އިސްކޮޅު އައިބުކަމަށް ދައްކަނީ މިޝްޔާ އަރައިގެން ހުރި އުސްފައިވާނުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

އިޒްކާންގެ ދުލުން އޮހުނު ތައުރީފުގެ ބަސްތަކުން މިޝްޔާގެ ތުންފަތާއި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ. އޭނަ ތުންފަތުގައި ދަތް އަޅާލީ ހިނިތުންވުން ސިއްރުކުރާށެވެ. ނަމަވެސް އެކަން އިޒްކާންއަށް ކަމަކުނުދިޔައެވެ. އޭނަ ބޮނޑުވާއިނިގލި ގެންގޮސް މިޝްޔާގެ ތިރީ ތުންފަތް މިނިވަން ކުރުވިއެވެ. އެއާއެކު އެތެރެއަށް ދަމާލި ނޭވާ ނޭވާ ހޮޅީގައި ތާށިވެގެން ދިޔަހެން މިޝްޔާއަށް ހީވިއެވެ. ހިތުގެ ހިމަ ނާރުތަކުގެ ތެރެއަށް ފޭދިގެން ދިޔައީ ފޮނި ޖަޒުބާތުތަކެކެވެ. އިސްއުފުލާލެވުމާއެކު ދެޒުވާނުންގެ ވެސް ހަތަރުކަޅި ގުޅިލާ މެހިގެން ދިޔައެވެ. އިޒްކާންގެ ލޮލުގެ ތެރެއަށް މިޝްޔާ ގެއްލުނެވެ. ”ލޯބި” މިލަފްޒުގައި އެކުލެވިގެންވާ ދަމާބާރު އޭނައަށް ތަޖުރިބާ ކުރެވެން ފަށައިފިއެވެ.

އިޒްކާން މިޝްޔާގެ ލޯ ކުރިމަތިން އަތް ހުރަސްކޮށްލިއިރު ލާނެއް ހިނިތުންވުމެއް ވެއެވެ. ކުޑަކޮށް ސިހިގެން ދިޔަ މިޝްޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ކުރެވުނު އަވަސް ހަރަކާތުން މިޝްޔާ އަރި އަޅާ ނުލީ ކިރިޔާއެވެ. އޭނައަށް އެވަގުތު ހިމާޔަތަކަށް އެދި އަތަށް ބޮނޑިކޮށްލެވުނީ އިޒްކާންގެ ޓީޝާޓެވެ. އޭރު ދެމީހުންގެ ދެމެދުގައިވާ ދާއިރާ ވެސް ހަނި ވެގެން ހިނގައްޖެއެވެ. އިޒްކާން ހުރީ މިޝްޔާއަށް ގެއްލިފައެވެ.

މިޝްޔާގެ މޫނަށް ފައިބާފައިވާ އިސްތަށިކޮޅު އެއްފަރާތްކޮށްލަ ދެމުން އޭނަ އަދިވެސް އެއްފަހަރު މިޝްޔާގެ ދެލޮލަށް ނަޒަރު ހުއްޓާލިއެވެ. އިޒްކާންގެ ތޫނުފިލި ދެލޮލަށް ބަލަން މިޝްޔާއަށް ނުކުޅަދާނަވާ ހިސާބަށް ދިޔައެވެ.

”ކޮބާތަ ޔޫޝައުމެން؟…” އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ގެއްލިގެން ހިނގައިދާނެތީ އިޒްކާން މިޝްޔާއާ ދުރަށް ޖެހިލިއެވެ. އިނބުލީހުގެ ވަސްވާސްތަކާ ދުރަށް ދާން އޭނަ ދިޔައީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.

އިޒްކާންގެ ޖުމްލަ އަޑު އިވުމާއެކު ހާސްކަމާއެކު މިޝްޔާއަށް ވަށައިގެން ހޯދާލެވުނެވެ. އެތަން ހުރީ ތަންކޮޅެއް ތިރިކޮށް ކަމަށް ވުމާއެކު ވަށައިގެން ބުރަކަށް އިންދާފައިވާ މާގަސްތަކުން އެހިސާބުގަނޑު ވަނީ ފޮރުވާލެވިފައެވެ. ސިއްރުން ބައްދަލު ކުރަން އެކަށީގެންވާ މާހައުލެކެވެ.

”އަމްމް، ބެންޗް ކައިރީ، މިހާރު ލަސްވެގެން އުޅޭނެހެން ހީވަނީ…” މިޝްޔާ ނިކަން އުނދަގުލުން ވާހަކަ ދެއްކިއެވެ. އޭނަ ހުރީ ފިނިވެފައެވެ. އިޒްކާން ހުރުމުންނެވެ. އިޒްކާން ފެނުނު ފުރަތަމަ ދުވަހު ވީވެސް އެވަރެވެ.

”އިރުކޮޅަކު މަޑުކޮށްލާފަ ދާނީ، އެހެންނޫނަސް އެދެމީހުން އަވަހަށް އަންނާނެ ހެނެއް ހިޔެއް ނުވޭ…” އިޒްކާން އޭނައާ އެކު އައުމަށް އެދެމުން މިޝްޔާގެ އަތުގައި ހިފާލުމުން މިޝްޔާއަށް ބަލާލެވުނީ އަތަށެވެ. ހަށިގަނޑުގެ ހުރިހާ ލޯލިތައް ވެސް ކޮޅަށް ޖެހިއްޖެއެވެ.

”ސޯ…” ދައްކާނެ ވާހަކައެއް ހަނދާނަށް އަންނަ ގޮތް ނުވުމުން ބޮލުގެ ފުއްކިބައިގައި އިޒްކާން އަތުން ފިރުމާލިއެވެ. އޭނަ އޭރު ވެސް ހުރީ މިޝްޔާގެ އަތުގައި ހިފައިގެންނެވެ. މިޝްޔާއަށް ކުރެވެމުން ދިޔަ އިހުސާސްތައް އިޒްކާންއަށް ރޭކާލާ ހެނެއް ހިޔެއް ނުވެއެވެ.

”އަންނަ މަހުގަ ކޮލެޖް ނިމުނީމަ ކޮންކަމެއް ކުރަންތަ މިޝޫ ޕްލޭން ކުރަނީ؟…” އިޒްކާން ވިސްނާލަން ހުރެފައި ބުންޏެވެ. ”މާލެއަށް ބަދަލުވާން… އެކޮޅުން ދެން ހޮސްޕިޓަލަށް އެޕްލައިކުރާނީ….” މިޝްޔާ ބުންޏެވެ. އޭނަ ދިޔައީ އަވަސް ނޭވާތަކެއް ލަމުންނެވެ. މަލުގެ ވަހަށް ވުރެ އިޒްކާންގެ ހަށިގަނޑުން ދުވާ ވަސް އޭނައަށް ކަމުދިޔައެވެ. ހަމަ އެފަދައިން އިޒްކާންއަށް ވެސް ކަމުދިޔައީ މިޝްޔާގެ ސެންޓްވަހެވެ. އަދި ހަމައެއާއެކު އެބުޅި އިސްތަށިގަނޑުން ދުވާ ލުއިލުއި މީރު ވަހުން ހިއްސުތަކާ ކުޅެލައެވެ. ވަކި ދުރުމިނެއް އެދެމުގައި ބެހެއްޓޭތޯ އިޒްކާން މަސައްކަތް ކުރިއެވެ.

”އަހަރެންވެސް، މަންމަ މިހާރުވެސް ހުންނަނީ ކޮލެޖް ނުނިމިގެން، އެކޮޅަށް ދެވޭ ދުވަސް ލަސްވެގެން… ޔޫޝްއާ އަހަރެން ދެމީހުން ޕްލޭން ކުރަނީ ބައްޕަގެ ވިޔަފާރީގައި އެހީވެދޭން….” އިޒްކާން ބުންޏެވެ.

”ދޮންތިއާ ޔޫޝް ވަރަށް ސީރިއަސް ހެން ހީވަނީ…” އަނެއްކާ ވެސް އެދެމެދަށް ވެރިވި ހިމޭންކަމަށް މިފަހަރު ނިމުން ގެނައީ މިޝްޔާއެވެ. މިޝްޔާ ބޭނުންވީ އިޒްކާން ހުއްޓާލުމެއް ނެތި ވާހަކަ ދައްކާށެވެ. އެއަޑު އަހަން މުޅި އުމުރަށް ވެސް ހުރެވިދާނެއެވެ.

ދައްކަން ކިތަންމެ ގިނަ ވާހަކަތައް ހުރިކަމުގައި ވިޔަސް ދުލާ ހަމައަކަށް ނާދެއެވެ. ދެމީހުން ކުރެން އެކަކަށް ވެސް އިސްނަގަން ނުކެރެނީ ކަމަށް ވެދާނެއެވެ. އިޒްކާން މިޝްޔާއަށް ބަލާފައި ހިނިތުންވެލާނެއެވެ. މިޝްޔާ ވެސް ހަމަ އެފަދައިން ޖަވާބު ދޭނެއެވެ. ދެން އެދެމެދުގައި ބަދަލު ކުރެވުނީ ލޮލުގެ އިޝާރާތުން ދެކެވުނު ވާހަކަތަކެކެވެ.

”އިޒްކާން…” މިޝްޔާއަށް ބުނެވުނެވެ.

”ޒޭން، ޒޭން ކިޔަސް އޯކޭ ވާނެ، އިޒްކާން ކީމަ ވަރަށް އޮޑް، އެހެން ކިޔާ ކޮންމެ ފަހަރަކު މަންމަ މަތިން ހަނދާން ވަނީ…” އިޒްކާން ސަމާސާ ރާގަކަށް ބުންޏެވެ.

”އޯކޭ.. ޒޭން، މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ…” މިޝްޔާ ބުންޏެވެ. އިޒްކާން ދާ ހިތް ނުވާ ގޮތަކަށް ހުރެފައި ވެސް މިޝްޔާ އެހާ ވަރަށް ބުނުމުން ދާން ހިގައިގަތެވެ. ދަމުން އެތަނުން މަލެއް ބިނދެލަމުން މިޝްޔާގެ އަތަށް ދިއްކޮށްލިއެވެ. މިޝްޔާ އޭގައި ހިފާ ވަސް ގަނެލީ އެވަހުން ހަށިގަނޑު ފުރާލަން ބޭނުން ވި ފަދައިންނެވެ. ދެން އޭނަ ގެނެސް އެމާ ޖެއްސީ ތުންފަތުގައެވެ.

”ތި ޝަރަފު މަލަށް ލިބުނީ ވަރަށް ޖެލެސް ވެއްޖެ…” އިޒްކާން ކުއްލިޔަކަށް ހުއްޓުމުން މިޝްޔާއަށް ވެސް ހުއްޓެން މަޖުބޫރުވިއެވެ. އޭނަގެ ސިކުނޑީގައި އޭރު އެނބުރެމުން ދަނީ އިޒްކާންގެ ޖުމްލަ އެވެ. އޭގައި ފޮރުވިފައިވާ މާނަ އޭނައަށް ނަގައިގަނެވުނެވެ. ހިތުގައި ފޮނި ރާގެއް ކުޅެލިއެވެ.

އިޒްކާން ހުރީ ބޯމަތިކުރަމުން ދިޔަ ކޮޅިގަނޑަށް ބަލަން މައްޗަށް މޫނު އުފުލާލައިގެންނެވެ. އެހެން ހުއްޓާ ދެވަނަ ފެންތިކި އައިސް މޫނުގައި ފިރުމާލައިފިއެވެ.

”ވާރޭ…” އިޒްކާންއަށް ބުނެވުނެވެ. އެއާއެކު ދެޒުވާނުންގެ ހިނގުން އަވަސް ވެއްޖެއެވެ. ސިޑީގެ ހަރުފަތަށް ގިރާކޮށް ނުލެވެނީސް އިންޒާރަކާ ނުލާ ވާރޭގެ ތޫނު ކަނިތައް އަމާޒުކޮށްލައިފިއެވެ. އެއްވެސް ރަހުމެއްނެތި މާތަކަށް ހަމަލާދޭން ވެސް ފަށައިފިއެވެ. އިޒްކާންއާއި މިޝްޔާ ތެމި ފޯވިއެވެ. ދެމީހުން ވެސް އެވަގުތު ހިމާޔަތަށް އެދުނީ އެތާ ހުރި ބިޔަ ގަހެއްގެ ފަރާތުންނެވެ.

”އަޅެ، އަހަރެންގެ އަތްދަބަސް، އޭގެ ތެރޭގައި ފޯނު ވެސް އޮންނާނެ…” މިޝްޔާއަށް ބުނެވުނެވެ. ”ތެމިފައެއްނު މިތިބީ ދެން އެދިމާއަށް ދިޔަޔަސް ވާނެ ގެއްލުމެއް ނޯންނާނެ އެއްނު… ޔޫޝް މެން އެއްޗެއްހި ނަގާނެހެން ހީވަނީ…” ދެރަވެފައި ހުރި މިޝްޔާ ރުއްސާލަދޭން އިޒްކާން ބުންޏެވެ. ބޯކޮށްލި ވާރެއިން މުޅި ފަޒާ ވަނީ ފުސްކޮށްލާފައެވެ. މިޝްޔާއަށް ފިނިވިއެވެ. ދަތްދޮޅީގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. އިޒްކާން އަށް މި މަންޒަރު ފެނުމުން މިޝްޔާ ގާތަށް ޖެހުނެވެ. އެވަގުތު މިޝްޔާއަށް އިޒްކާންގެ ގައިގައި ބައްދާލެވުނީ މުޅި ފަޒާއަށް ނާމާންކަން ގެނެސް ދިން ގުގުރީގެ އަޑަށެވެ. ޖެހިޖެހިގެން ހަތަރު ފަހަރު އެނާމާން އަޑު އިވުނެވެ. މިޝްޔާ ހުރީ ގަދަޔަށް އިޒްކާންގެ ގައިގައި ބައްދާލައިގެންނެވެ. އިޒްކާން ވެސް ހުރީ މިޝްޔާއަށް ހިމާޔަތް ދީގެންނެވެ. ރޫރޫއަޅަމުން ދިޔަ އެނާޒުކު ހަށިގަނޑުން މިޝްޔާ ބިރުގަނެފައި ހުރިވަރު އޭނައަށް އަންދާޒާ ކުރެވުނެވެ. އެއާއެކު އެހިތުގައި ހަމްދަރުދީ އުފެދުނެވެ.

ކެނޑިނޭޅީ ގުގުރީގެ އަޑުއިވެން ފެށުމުން މިޝްޔާއަށް ރޮވޭ ގޮތް ވިއެވެ. ގުގުރީގެ އަޑަކީ އޭނަ އަބަދު ވެސް ބިރުގަންނަ އަޑެކެވެ. ވާރޭ ދެކެ ކިތަންމެ ލޯބި ވިޔަސް އެއަޑު އިވެން ފަށައިފިނަމަ އޭނަ ބިރުގަނެއެވެ. އިޒްކާން އޭނަ ގާތު ނެތް ނަމަ ބިރުގޮސް މަރުވީސްކަން ނޭގެއެވެ.

”ޝްޝްޝް، އެއީ ރޯންވީ ވަރުގެ ކަމެއް ނޫނޭ އަހަރެން މިހިރީއެއްނު…” އިޒްކާން ބުންޏެވެ. މިޝްޔާ މަޑުމަޑުން ބޯޖަހާލަމުން ދެލޯމަރާލިއެވެ. އިޒްކާން އެދެމެދުގައިވާ ދާއިރާ އިތުރަށް ހަނިކޮށްލިއެވެ.

”އައިމް ހިއާރ…” އިޒްކާން ތަކުރާރުކޮށްލި އެވެ.

”މިޝޫ… މިޝޫ…” ކުއްލިޔަކަށް އަޑު އިވިގެން ދިޔައީ ދީމްގެ އަޑެވެ. ވާރޭ ތެރޭން އެއަޑު އިވިގެން އަންނަނީ ވަރަށް މަޑުންނެވެ. އެހެންވުމުން އަޑު އަންނަ ދިމާ ދެނެގަންނަން ފަސޭހައެއް ނުވިއެވެ. އެއަޑަށް އިޒްކާންއާއި މިޝްޔާއަށް ދުރަށް ޖެހިލެވުނެވެ.

”މިޝްޔާ…” ދީމްގެ އަޑު ކުރިއަށް ވުރެ ކައިރިވަމުން އައިސް ދީމްއާއި ޔޫޝައު އެދިމާއަށް އަންނަ މަންޒަރު ފެނުނެވެ. ދީމް އާއި ޔޫޝައު ދުވެލާފައި އައިސް ގަހުގެ ހިޔަލަށް ވަނެވެ.

”ކިރިޔާއެއްނު ބިރުން ގޮސް ހާޓަކަށް ނުދިޔައީ…” މިޝްޔާގެ ކޮނޑުގައި ޖަހާލަމުން ދީމް ބުންޏެވެ. މިޝްޔާ ފެނި އޭނަގެ ހާސްކަމަށް ނިމުމެއް އަތުވެއްޖެއެވެ.

”ކޮބާ އަހަރެން ބުނީމެއްނު ދެމީހުން ތިބޭނީ އެކީގައޭ، އެކަމަކު ދީމްއަށް އަޑު އިވޭކަމަކަށް ނުވޭ، އަދި ޖެހިއްޖެ ވާރެއާ ތެމެން…” ވާރެއާ ތެމެން ޖެހުމުން ޔޫޝައު ހުރީ ހިތްހަމަ ނުޖެހިފައެވެ. މޫސުންތަކުގެ ތެރެއިން އޭނަ އެންމެ ފޫހިވަނީ ވާރޭ މޫސުން ދެކެއެވެ.

”ޔޫ އާރ ސޯ އަން ރޮމޭންޓިކް…” ދީމް ޔޫޝައުގެ އަތުގައި ވިކައިގަތެވެ. ”އައުޗް، މިހާރު މަ ދޯ އަންރޮމޭންޓިކް ވީ؟…” ޔޫޝައު އަތުގައި ފިރުމާލިއެވެ. އޭނަ ދީމް އަށް ބަލާލި ގޮތުން ދީމް ދުވެފައި ނިކުތީ ވާރޭ ތެރެއަށެވެ. ދެފަރާތަށް ބޯހޫރާލަމުން ޔޫޝައު ވެސް ދީމްގެ ފަހަތުން ދުއްވައިގެން ފިއެވެ. ދެމީހުން ހީހީފައި އުޅުނެވެ.

”ނަޓްސް…” އިޒްކާން ބުންޏެވެ.

”ދެން ހިޔެއްނުވޭ ރޭވާއިރުވެސް ވާރޭހުއްޓާލާނެ ހެނެއް، ދެން ވެސް ތިތާ ނުތިބެ ގެއަށް ދާން އާދެބަލަ…” ޔޫޝައު ބުންޏެވެ.

އިޒްކާން އާއި މިޝްޔާ ވެސް ވާރޭ ތެރެއަށް ނިކުތެވެ. ދެމީހުން އެއްހަމައެއްގައި ހިނގާލާފައި ކާރާ ދިމާއަށް ހިނގައިގަތެވެ. އިޒްކާންމެންނަށް ދެވުނު އިރު ދީމްއާއި ޔޫޝައު ތިބީ ދެމީހުންގެ އިންތިޒާރުގައެވެ.

”އަންނާށޭ ބުނީމަ ޖެއްސުމަކަށް ދޯ ތިހާ ލަހުން ހިނގާފަ ތިއައީ؟ ތިދެމީހުން ރަގަޅުވާނެ ވާރޭ ސީންއަކަށް ކާސްޓް ކުރަން….” ޑްރައިވާރ ސީޓްގައި އިން ޔޫޝައު ބުންޏެވެ. ޔޫޝައު އުޅޭ ގޮތުން ގިނަ ފަހަރު ހީވާނީ އޭނައަކީ އިޒްކާންގެ ބޭބެ ހެންނެވެ.

”ޔޫޝް، ހާދަ މީންއޭ، އެއީ ޔޫޝްގެ ބޭބެ އެއްނު، ތިހާ ރޫޑްކޮށް ވާހަކަ ދައްކާކަށް ނުވާނެ…” ދީމް ބުންޏެވެ. ”އައި ލައިކް ބޮސިންގް އެރައުންޑް، އަސްލު މަށަށް ހީވަނީ ނަރުސްކުއްޖާއަށް އޮޅުނީހެން، ޒޭން ކަންނޭގެ ކުޑައީ، އެހެންވެ މަންމަ އެހާ ބޮޑަށް ޒޭން ދެކެ ލޯބި ވަނީ….” ޔޫޝައު ބުންޏެވެ. ކާރަށް އެރި އިޒްކާން ޔޫޝައުގެ ބޮލުގެ ފުއްކިބައިގައި މަޑުމަޑުން ޖަހާލިއެވެ.

”ބޮސީ ވާން ނޫޅެ ދެން ވެސް ކާރު ސްޓާޓް ކޮށްބަލަ…” އިޒްކާން އަމުރުކޮށްލިއެވެ. އެވަގުތު ދީމް އަޑުން އަޑު ނަގާފައި ހީގަތް އަޑު އިވުނެވެ.

”ދޮންތީ…” ދީމް އެހާ ބާރަށް ހޭން ފެއްޓުމުން މިޝްޔާއަށް ބުނެލެވުނެވެ. އެއާއެކު ދީމްގެ ހުނުމަށް ހުއްޓުމެއް އަތުވެގެން ދިޔައެވެ.

”އަން މިއޮތީ މިޝޫގެ ޕާރސް، އެންމެ ފުރަތަމަވެސް ކާރަށް އެރުވީ މީތި…” ދީމް މިޝްޔާގެ އަތް ދަބަސް ދިއްކޮށްލިއެވެ. މިޝްޔާ އެއަތުލަމުން އަތްދަބުގެ ތެރެއަށް އިޒްކާން ދިން މާ ލިއެވެ.

ގެއަށް ދިޔަ މަގުމަތީގައި ތަފާތު ވާހަކަތައް ބަދަލު ކުރެވުނެވެ. މިރޭ ދީމް ގޮވައިގެން ގެއަށްދާ ވާހަކަ ވެސް ޔޫޝައު ހާމަކުރިއެވެ. ދީމްއާއި ޔޫޝައު ވިސްނާފައި ވަނީ ކޮލެޖް ނިމުމާއެކު ކައިވެނި ކުރާށެވެ.

އޭނަ ކުޑަކޮށް ހާސްވެފައިވާކަމަށް ވެސް ޔޫޝައު ބުންޏެވެ.

”މަންމައަކީ ތިހާ ނުބައި މީހެއް ނޫނޭ، ދީމް ފެންނައިރަށް ޑޭޓް ފިކްސްކުރަން ކަންނޭގެ އުޅޭނީ…” އިޒްކާން ދިމާކޮށްލިއެވެ.

ދީމްއާއި ޔޫޝައު އެދެމީހުންގެ ވާހަކައިގެ ތެރެއަށް ގެއްލުމުން އިޒްކާން މިޝްޔާގެ އަތުގައި ހިފިއެވެ. އިޒްކާންގެ އެއަމަލުން މިޝްޔާ ސިހޭގޮތް ވިއެވެ. އިޒްކާންގެ ކޮންމެ ބީހުމަކުން ހަށިގަނޑަށް އެވާ އަސަރު ބަޔާނެއް ނުކުރެވޭނެއެވެ. އެއިން ކޮންމެ ބީހުމެއް އޭނަގެ ކޮންމެ ހިއްސަކާ ވަކިވަކިން ކުޅެލައެވެ. އޭނައަށް ބަލާލެވުނީ އިޒްކާންގެ ދެލޮލަށެވެ. އެދެލޮލުން ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުންވެފައިވާކަން ހާމަކޮށްދެއެވެ. މިޝްޔާ އިޒްތިޒާރު ކުރިއެވެ.

”އެގުޅަނީ ސަލްމާ ދައްތަ…” ފޯނު ރިންގްވާން ފެށުމުން މިޝްޔާއަށް ބުނެވުނެވެ. ސަލްމާއަކީ ޖުވޭރިޔާގެ ހުރި ހަމައެކަނި ކޮއްކޮއެވެ. ސަލްމާގެ ފިރިމީހާ ނޫހްގެ ވަޒީފާ ސިންގަޕޫރަށް ބަދަލުވުމާ ގުޅިގެން ސަލްމާ ސިންގަޕޫރަށް ބަދަލުވީއެވެ. ކޯސް ނިމެންދެން ދީމްއާއި މިޝްޔާ ސަލްމާގެ އަތްމައްޗަށް ޖުވޭރިޔާ ދޫކޮށްލީ އިތުބާރުކުރެވޭލެއް ބޮޑުކަމުންނެވެ. އަދި ސަލްމާ އެކުދިން ރަގަޅަށް ބަލާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އޮތުމާ އެކުގައެވެ.

”ދައްތާ ގެއަށް ދާ މަގުމަތީގަ މިތިބީ، ވާރޭގެ ސަބަބުން ލަސްވީ…” މިޝްޔާ ފޯނަށް ޖަވާބު ދިނެވެ.

****

ދީމްމެންގެ އިންތިޒާރުގައި ހުރެ ފެންޑާއަށް ނިކުންނަން ދިޔަ ސަލްމާގެ ހާސްކަމަށް ނިމުމެއް އައީ ފެންޑާއަށް މަޑުކޮށްލި ކާރު ފެނުމުންނެވެ. ދީމް އާއި މިޝްޔާ ކާރުން ފޭބުމުން އޭނަ ކާރުގައި ތިބި ދެޒުވާނުންނަށް ހައިރާންކަމާއެކު ބަލާލިއެވެ. ދީމް ޔޫޝައު ހުއްޓުވަމުން ސަލްމާއަށް ޔޫޝައު ތަޢާރަފް ކޮށްދިނެވެ. އަދި އިޒްކާން ވެސް މެއެވެ. ސަލްމާ ހިނިތުންވެލިއެވެ. އޭނަ އެދެޒުވާނުންނަށް އެތެރެއަށް އައުމަށް ދައުވަތު އެރުވި ކަމުގައި ވިޔަސް ލަސްވަނީކަމަށް ބުނެ އެޒުވާނުން ދިޔައީއެވެ.

ދީމް މެންގެ ފަހަތުން އެތެރެއަށް ވަން ސަލްމާ ގޭގެ މައިދޮރު ލައްޕާލިއެވެ.

”ދައްތައަށް ހީވަނީ ދީމް ކުއްޖަކާ ރައްޓެހިވުމުގެ ކުރިން މަންމަމެންގެ ލަފާ ހޯދަން ޖެހޭނެހެން…” ސަލްމާ އޭނަގެ ޚިޔާލު ފާޅުކުރިއެވެ.

”ދައްތާ މަންމަ ގާތު ވަރަށް ކުރިން ބުނެފަ ވާނީ، މަންމަވެސް އޯކޭ ވެއްޖެ… ދައްތައާ ބައްދަލުކުރުވަން އުޅޭތާ ވެސް ލައްކަ ގިނަ ދުވަސް ވެއްޖެޔޭ، ދައްތަ ޖޮބްގަ ބިޒީކޮށް އުޅޭތީ ބައްދަލު ނުކުރެވުނީ… ސޮރީ….” ދީމް ދަތްތައް ފެންވަރަށް ހީލިއެވެ.

”ދެން ވާހަކަ ނުދައްކާ އަވަހަށް އާދެބަލަ ތެތްއެއްޗެހި ބަދަލުކޮށްލައިގެން، ދައްތަ މިހުރީ ސައި ތައްޔާރުކޮށްގެންނޭ…” ސަލްމާ ބުންޏެވެ.

****

”މިއިން ކުއްޖަކުގެ ފޯނަށް ގުޅިޔަސް ޖަވާބެއް ނުލިބޭނެ، މިއޮއް ތޫފާނީ ދުވަހު ކޮންތާކު އުޅެފަތަ ތިއައީ؟… މަންމައަށް އަންގާލުމެއް ވެސް ނޯވޭ ދޯ، ކީއްވެ ވާރެއާ ތެމުނީ؟، ރޯގާ ޖެހިދާނެއޭ، ދޭ އަވަހަށް ތިހެދުންތައް ބަދަލުކޮށްގެން އަންނަން، ދެން އިޒްކާން ވެސް ނޫޅޭނެ ޔޫޝައުއަށް ނަސޭހަތް ދޭކަށް، ދެން ވެސް ނުތިބެ ދޭބަލަ ހެދުންތައް ބަދަލުކުރަން…” ތެމި ފޯވެގެން ތިބި ޔޫޝައުއާ އިޒްކާންއާ މުޙާތަބު ކުރަމުން ބަލްޤީޝް ބުންޏެވެ.

”މަންމަވެސް ދެން ކުރާ ސުވާލު ތިހުރީ، ކޮލެޖުގަ އުޅެފަޔޭ މިއައީ، ފޯނަށް ޖަވާބު ނުދެވުނީ ސައިލެންޓްގަ އޮތީމަ…” ޔޫޝައު ބެލީ މަންމަގެ ސުވާލުތަކުން ރެކިގަނެވޭތޯ އެވެ. އޭނަ ދެން ބެލީ ކޮޓަރިއާ ހަމައަށް ދެވޭތޯ އެވެ. އެއާ ޚިލާފަށް އިޒްކާން މަންމައާ ވާހަކަ ދައްކަން މަޑުކުރިއެވެ.

”ދަރިފުޅުވެސް ދެން ދޭބަލަ ތެތްއެއްޗެހި ބަދަލުކުރަން…” ބަލްޤީޝް ބުންޏެވެ.

ހުނުފެނުން ފެންވަރާލައިގެން ނިކުތް އިޒްކާން ޓީޝާޓަކާއި ސޯޓެއް ލަމުން އައިސް އެނދަށް ވެއްޓިގަތެވެ. ދެން އޭނަގެ ފުރިހަމަ ސަމާލުކަން ހުއްޓުނީ ފޯނަށެވެ. އޭނަ މިޝްޔާއަށް މެސެޖްކޮށްލިއެވެ. މެސެޖްކުރިތާ ދިހަ ސިކުންތު ނުވަނީސް އެއަށް ރައްދު ވެސް ލިބުނެވެ.

މިޝްޔާ އިނީ އިޒްކާންގެ މެސެޖެއް ނައިސްގެންނެވެ. ސައިބޯން އިން އިރުވެސް ސިއްރުން އޭނަ ކުރަމުން ދިޔައީ އެމަސައްކަތެވެ. އެއްވެސް މީހަކަށް ޝައްކުނުވާ ފަދަ ގޮތަކަށެވެ.

”ދަރިފުޅުމެން ދިޔައީމަ ދައްތަ ހާދަ އެކަނި ވާނެޔޭ…” ދެރަވެފައި ވާ ރާގަކަށް ސަލްމާ ބުންޏެވެ. ކައިވެންޏަށް ވިހި އަހަރު ފުރުނުއިރުވެސް ކުއްޖަކު ލިބުމުގެ ނަސީބެއް ނޫހްގެ ދެމަފިރންނަކަށް ނުލިބުނެވެ. ބޭސްކުރެވުނު ކަމުގައި ވިޔަސް އެކަށީގެންވާ ފަދަ ނަތީޖާ އެއް ނުނެރެވުނެވެ. ދެމަފިރންގެ ވެސް މައްސަލަ ހުރީއެވެ. ދެރަވިކަމުގައި ވިޔަސް މާތްﷲއަށް ވަކީލުކޮށްގެން ދިއިރުޅުމާ ކުރިމަތިލީ އެވެ. ދެމަފިރިން ވެސް ބޭނުންވީ އުމުރުގެ ބާކީ ދުވަސްތައް އެކުގައި ހޭދަކުރާށެވެ. ދީމްއާއި މިޝްޔާ އައުމުން ގެއަށް ވެރިވެފައިވާ ފަޅުކަމަށް ވެސް ނިމުން އަތުވެއްޖެއެވެ.

”އަހަރުމެން އަންނާނަމޭ، ޔޫ އާރ އަވާރ ސެކަންޑް މަމް…” މިޝްޔާއާއި ދީމް އެއްފަހަރާ ބުންޏެވެ. ސަލްމާ ގަދަކަމުން ހިނިތުންވިއެވެ. އޭނަ މިދުވަހަށް ތައްޔާރު ވަމުންދާ ފަދައިންނެވެ.

****

”ސޯ މިރޭ މިޝޫ އަންނާނަންތަ؟…” އިޒްކާން މިޝްޔާއަށް ގުޅާލިއެވެ. މިޝްޔާއަށް ނިޔަފަތީގައި ދަތް އަޅާލެވުނެވެ. އޭނަ ހުރީ ކުޑަދޮރުގެ ދާރު މަތީ އިށީންދެލައިގެންނެވެ. ދޭތެރެއަކުން ތެތްފިނިކަން އެކުލެވިގެން ވާ ރޯޅިތަކުން އެރީތި މޫނުގައި ބޮސްދިނުމުގެ ޝަރަފު ހޯދައެވެ. ވާރޭ ތިކިތައްވެސް މޫތިތަކެއް ފަދައިން މޫނާއި ތުންފަތުގައި ހަރުލާފައި ވެއެވެ. މިޝްޔާ އަކީ ރީތިކަން ހުސްކޮށްލާފައިވާ ކުއްޖެކެވެ.

”އަމްމް، ނޭގޭ…” މިޝްޔާ ވިސްނަން އިނދެފައި ބުންޏެވެ.

”އިޓް ވިލް ބީ ނައިސް އިފް ޔޫ ކަމް…” އިޒްކާން ބުންޏެވެ. އޭނަ ފޯނުން ވާހަކަދައްކަމުން ކޮޓަރި ތެރޭ އެނބުރެނީއެވެ.

”ޓްރައި ކުރާނަން…” މިޝްޔާ ދާހިތް ވިއެވެ. އިޒްކާންއާއި ބައްދަލު ކުރަން ބޭނުންވެފައި ހުރި ވަރުންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ކަނޑުފެން (ވިހިވަނަ ބައި) KanduFen P-20

Next

ލޯބި އަހަރެން ވާނަމޭ… (8)

Next
December 18, 2015

ލޯބި އަހަރެން ވާނަމޭ… (8)

Previews
December 17, 2015

ކަނޑުފެން (ވިހިވަނަ ބައި) KanduFen P-20

25 Comments!

  1. Mutha/ S.Hithadhoo says:
    December 17, 2015 at 10:10 pm

    Hey all, mutha ah ingey vaahakaige past genesdey thi kiyuntherin hinhama nujehei kan, ehenve thankolheh avahah past ninmaalan konme duvahaku 2 parts genesdeynan… mi baithakakives vaahakaige maigandhu haadhisaa ah varah muhinmu baithakeh… unmeedukuran kamudanekah, adhi kiyaanekamah 🙂 dhen vaahaka nimigen daairu hurihaa kameh ves saafu vaane… It’s my first attempt to write a suspense thirller…

  2. Inaa says:
    December 17, 2015 at 10:18 pm

    Nice… next part avahah up koh dheh chey….

    1. Inaa says:
      December 17, 2015 at 10:19 pm

      Yay.. me 1st dhw…

  3. inayaa says:
    December 17, 2015 at 10:20 pm

    Salhikamaaeve

  4. sharu says:
    December 17, 2015 at 10:20 pm

    Salhi mi part ves

  5. ken? says:
    December 17, 2015 at 10:27 pm

    thanks…..dn ehenveema 3 dhuvas fahun mi story kiyanee..eyrah 6 part eifahraa kiyeyne…hehhebtw its a good attempt n i think u r already succeeding to ur goal..

  6. kamana says:
    December 17, 2015 at 10:28 pm

    Awww muthaa ur the best ??

  7. SARA says:
    December 17, 2015 at 10:30 pm

    Aslu v salhi mi vaahaka.. v v.. foohi nuva gothah upload kohdheythy shukuriyyaa.. vaahaka gina dhuvasvyma handhaannethey kury bai.. ekam migothah v salhi.. mi vaahakaige dhen oiy bai vx avahah upload kohdheyne kamah ummeedh kuran.. i really love this story..

  8. dark princess says:
    December 17, 2015 at 10:32 pm

    story is awesome.. n intresting… good to hear that i can read 2 parts per day.. thanks muthaa.. keep up your good work

  9. ina says:
    December 17, 2015 at 10:32 pm

    this part is also v v v v nice.mutha kyp it up.when is nxt part???avahah up kodhdhechchey.

  10. Luvna❤ says:
    December 17, 2015 at 11:14 pm

    Boootiphull?????. Dont do this to ix and mishu??????.. Waiting for the next part..???

    1. Luvna❤ says:
      December 17, 2015 at 11:16 pm

      ???? BTW thanks for uploading so soon.????

  11. maalu says:
    December 17, 2015 at 11:39 pm

    Wowwwwww vrh vrh reethi….and thanks for uploading is so soon …..love this story

  12. naxoo says:
    December 17, 2015 at 11:44 pm

    nice n interesting…waiting for the next part…n plx avahah upload kohladheychey…like ur stories..so keep up the grt work.. 🙂 🙂

  13. ZZ says:
    December 18, 2015 at 12:07 am

    Interesting

  14. aroo says:
    December 18, 2015 at 5:38 am

    Past ey mihaaru ingen beynumy 😀

  15. mice says:
    December 18, 2015 at 8:12 am

    very nice! waiting for the next part

  16. vily says:
    December 18, 2015 at 10:05 am

    Vvvvv nice… vvvv kiyaaa hiyveyyyyyy

  17. Reesh says:
    December 18, 2015 at 10:11 am

    V reethi mi vaahaka keep it up waiting for next part

  18. sadhaaa says:
    December 18, 2015 at 11:12 am

    Varah interesting. …??????

  19. Meera says:
    December 18, 2015 at 11:30 am

    Maazee v salhi ey. Describe kofa huna goi v intresting.

  20. MarSha says:
    December 18, 2015 at 11:36 am

    Interesting story.. like this very much

  21. Immy says:
    January 9, 2016 at 3:40 pm

    l th try???????

  22. Immy says:
    January 9, 2016 at 4:38 pm

    vrhhh vrhhh reethi…….. jxt luvin ittt……. ???????????????????????????????????????????????????????????????????????????????????????????????

  23. Immy says:
    January 9, 2016 at 4:42 pm

    ???????????☀☔:(:P:D:);)^_^^_^

Comments are closed.


All Right Reserved!