Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނިޔާ.. 11 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
December 17, 2015 7 Mins Read
16 Comments

އަހަރެން އެމީހާއަށް ޝުކުރު އަދާކުރުމަށްފަހު އެކޮޓަރިއަށް ވަނީމެވެ. އެތަނުގައި ހުރީ އެންމެ ހަތަރު ގޮޑިއެވެ. އިތުރު އެއްވެސް އެއްޗެއް އެތަނުގައި ނެތެވެ. އަހަރެން އެތަނުން ގޮޑިއެއްގައި އިށީދެލީމެވެ. ނަމަވެސް އިރުކޮޅަކު އެހެން އިނުމަށްފަހު އެކޮޓަރިތެރޭގައި ހިގަންފެށީމެވެ. އިރުއިރުކޮޅާ އަހަރެންނަށް ގަޑިބަލާލެވެއެވެ.

އަހަރެން އެހެން ކޮޓަރިތެރޭގައި ހިގާތާ ފަނަރަމިނެޓް ފަހުން ދޮރުހުޅުވާލާފައި އާދިލްސަރ ވަދެގެން އައެވެ. އާދިލްސަރގެ ފަހަތުން ހާނިމްސަރ އަދި ފާރިޝްވެސް އެތެރެއަށް ވަނެވެ. އަހަރެންގެ މޫނަށް ތިން މީހުން ބަލަހައްޓައިގެން ތިއްބެވެ. ފާރިޝްއަށް ވާން އުޅެނީ ކީއްކަން އެގޭކަހަލައެވެ. އެހެންވެ ބޯކަހާލަމުން އައިސް ގޮޑީގައި އެންމެ ފުރަތަމަ އިށީނީ އޭނައެވެ. “ކިހިނެއްވީ ޝާމް. މިހާ ކުއްލިއަކަށް ބައްދަލުވާން ތި އެދުނީ… އަނެއްކާ އާ މައުލޫމާތެއް ލިބުނީތަ” އާދިލްސަރ ހިތްހެޔޮކަމާއި އެކު ވާހަކަ ދެއްކިއެވެ. އަހަރެންގެ ރުޅި އިތުރުވިއެވެ. އަހަރެންނަށް އެމީހުންނާއި ބައްދަލުވުމަށްވެސް އާމައުލޫމާތެއް ބޭނުންވެއެވެ. އެހެންގޮތަކަށް އަހަރެންނަށް އެމީހުންނާއި ބައްދަލުވެސް ނުވެވެނީއެވެ. އެއީ އިންސާފެއް ހެއްޔެވެ. “އަޅުގަނޑުގެ ބައްޕަ މަރުވިއިރު ކޮންކަހަލަ މައްސަލައެއްގެ ހެކިވެރިއެއްގޮތަށްތަ ބައްޕަ ހުރީ” އަހަރެން ސުވާލު ކުރީމެވެ. ތިންމީހުންވެސް ބަލާލީ އެކަކު އަނެކަކުގެ މޫނަށެވެ. އަހަރެން އެސުވާލު ކުރުމާއި އެކު ފާރިޝްވެސް އިންތަނުން ތެދުވިއެވެ. ފާރިޝްގެ މޫނުމަތިންވެސް ފެނިގެންދިޔައީ ހާސްކަމެވެ. ހަމައެގޮތަށް ދެން އެތަނުގައި ތިބި ދެމީހުންގެ މޫނު މަތިންވެސްމެއެވެ. “ސޯ އަޅުގަނޑުގެ ބައްޕަ މަރުވީ އެމައްސަލައާއި ގުޅިގެންދޯ” އަހަރެން މަސައްކަތް ކުރީ އަހަރެންގެ ރުޅި ކޮންޓްރޯލް ކުރެވޭތޯއެވެ. އަހަރެން ތިންމީހުންގެ މޫނަށް ވަކިވަކިން ބަލާލީ އަހަރެން ޖަވާބު ބޭނުންވެގެންނެވެ. “ބައްޕަ މަރުވި ހަމަލާއަކީ ބައްޕައަށް ގަސްދުގައި ދިން ހަމަލާއެއް ދޯ” އަހަރެން ބޭނުންވީ ޔަގީން ކުރާށެވެ. ނަމަވެސް އެއްވެސް މީހަކު މިފަހަރުވެސް އެއްޗެކޭ ނުބުންޏެވެ. އަހަރެންގެ ރުޅި ކޮންޓްރޯލް އިން ނެއްޓިއެވެ. “ކިހާ ދެރަކަމެއް… ކޮންމެވެސް މީހަކު ޖަވަބު ދީބަލަ… އައި އޭމް ޓޯކިން ޓު ޔުއަރ ގައިސް” އައި ރުޅީގައި އެތަނުން ގޮޑިއެއް ނަގާ ވަރަށް ބާރަށް ބިންމަތީގައި ބަހައްޓަމުން އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. “ޝާމް” “ޕްލީޒް ފާރިޝް ނޮޓް ޔޫ.” ފާރިޝް ވާހަކަ ދައްކަން އުޅުމުން އަތްއުފުލާލަމުން އަހަރެން އެކަން މަނާ ކުރީމެވެ. އޭރު އަހަރެން މަޑުމަޑުން ތުރުތުރު ލަމުންދިޔައެވެ. މީހާ ދާހިތްލާ ފޯވެއްޖެއެވެ.

“ޓެލް މީ ސަރ.. ޓެލް މީ ދަ ޓްރޫތް” އަހަރެން އާދިލްސަރގެ ކުރިމައްޗަށް އަރަމުން ބުނެލީމެވެ. “ޝާމް އަހަރެންނަށް” “އެނގޭ އެކަމަކު އަޅުގަނޑަށް ސިއްރު ކުރީ” އާދިލްސަރގެ ޖުމްލަ އަހަރެން ފުރިހަމަ ކުރީމެވެ. “ތި އެންމެންނަށްވެސް އެނގޭ… އެކަމަކު…. ކޮބާތަ ސިއްރު ކުރުމުގެ ބޭނުމަކީ… ޑޯންޓް އައި ޑިސާރވް ޓު ނޯ ދަ ޓްރޫތް” އަހަރެން އަނެއްކާވެސް ހަޅޭލަވައިގަތީމެވެ. “ޝާމް އަޑުއަހާބަލަ” ފާރިޝް އުޅުނީ އަހަރެންގެ ކޮނޑުމަތީގައި އަތްބާވާލާށެވެ. ނަމަވެސް އަހަރެން ފާރިޝްގެ އަތް ފޮޅާލީމެވެ. “އަހަރެން މިހުރިހާ ދުވަހު ކުރި ކަމަކީ އަޑުއެހުން… އަދި ކިހާ ދުވަހެއް ވަންދެން ފާރިޝް ބޭނުންވަނީ އަހަރެން އަޑުއަހަން ހުންނަންތަ… އަހަރެންގެ ހުރިހާ އެކުވެރިން ނިކުމެ ފަހަރަކު މީހަކު މަރަންދެންތަ” އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. “އަޅެ ކުރިން އެކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް މަށަށް ބުނެދިންނަމަ… ސަރ ނުބުންޏަސް ފާރިޝްއަށް ބުނެދެވިދާނެއެއް ނުންދޯ… އަހަރެންގެ ބައްޕަގެ މަރުގެ ހަގީގަތް އަހަރެންނަށް އެގޭކަން ނުޖެހޭނެތަ…” އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެކަން ފޮރުވުމަށް އަހަރެން އެމީހުންނަށް ފުރަގަސް ދިނީމެވެ. އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. “މިހުރިހާ ކަމެއް ވެސް މިދިމާވީ އަހަރެންނާއި ހެދި… އަހަރެންނަށް ކުރިން މިކަން ވިސްނެން ޖެހޭނެ… އަހަރެންނާއި ހެދި އަހަރެންގެ އެކުވެރިޔާ އެކަހަލަ އަނިޔާވެރިއަކަށް އެވީ… އަހަރުމެންނާއި ހެދި” އަހަރެން މަޑުމަޑުން ބުނީމެވެ. “ޝާމް” “މިއީ ތި އެންމެންގެ ކުށް. ކަލޭމެން އަހަރެން ކައިރީގައި މިކަންތަށް ނުބުނުމުން ވީގޮތް… ކަލޭމެންނާއި ހެދި އެކަހަލަ ރަނގަޅު ކުދިން ގޯސްވެގެންދަނީ” ފާރިޝް އަހަރެންނާއި ވާހަކަ ދައްކަން އުޅުމުން އަހަރެންގެ ރުޅި އިތުރުވިއެވެ. އައި ރުޅީގައި ވަރަށް ބާރަށް އެމީހުންނާއި ދިމާލަށް ހަޅޭލަވައިގަނެވުނެވެ. އަދި އަތުން ވަރަށް ބާރަށް ފާރުގައި މުންމުޅާފައި ޖެހުނެވެ. “އަޅުގަނޑަށް އިތުބާރު ނުކުރަނީތޯ.. ހީކުރީތޯ އަޅުގަނޑުގެ އެހާ ހިތްވަރެއް ނުހުންނާނެއޭ ތެދު އަޑުއެހުމުގެ…. އިތުބާރު ނުކުރަންޏާ ކީއްވެތޯ މިކަހަލަ ކަމަކަށް އަޅުގަނޑު އިހްތިޔާރު ކުރީ” އަހަރެން އަތުގައި ހިފަހައްޓައިގެން ހުރެ މަޑުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. ހަގީގަތުގައި ފާރުގައި ޖެހުމުން އަތަށް ވީތަދުން ރުޅި ކޮންޓްރޯލް ކުރެވުނީއެވެ.

“ޝާމްއަށް އިތުބާރު ނުކުރަނީއެއް ނޫން” ހާނިމްސަރގެ އަޑު އިވުނެވެ. އަހަރެން ހާނިމްސަރ އާއި ދިމާލަށް ބަލާލީމެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހެޔޮކަމެވެ. ދުވަހަކުވެސް މީގެކުރިން ހާނިމްސަރ އެގޮތަށް ވާހަކަ ދައްކާފައެއް ނުވެއެވެ. “އަހަރުމެން އެންމެން ޝާމްއަށް އިތުބާރު ކުރަން…. ވަރަށް ބޮޑަށް… އެހެންވެ ޝާމްއަށް ތި މަސައްކަތް ހަވާލުކުރީ… ވީ އާ ސޮރީ ވީ ޑިޑިންޓް ޓެލް ޔޫ ދަ ޓްރޫތް… އައި އޭމް ސޮރީ އެބައުޓް ދެޓް” ހާނިމްސަރ ވާހަކަ ދެއްކިއެވެ. އަހަރެން ހާނިމްސަރ އާއި ދިމާލަށް ބަލާލީމެވެ. ހާނިމްސަރ ބޯޖަހާލިއެވެ. “އަހަރެންނަށް ޝާމްގެ ބައްޕަގެ އަދި ހުޝާމްގެ ބައްޕަގެ މަރުގެ ހަގީގަތް އެގުނީ ޝާމް އެގްރޫޕްއާއި ޖޮއިން ކުރި ފަހުން… އެއީ އާދިލްސަރއަށް ވެސް އެގުނު ވަގުތަކީ… ފާރިޝްއަށް އެކަން އެގޭނީ ވަރަށް ފަހުން… އެވާހަކަ އޭރުގަ ނުބުނީ ދެގްރޫޕް ދޭތެރޭގައި ހަމަނުޖެހުމެއް ހިގައިފާނެތީ… ސަބަބަކީ އެކަން ކުރީ އަނެއް ގްރޫޕްގެ މީހުން ކަމަށް ވާތީ… އެކަން އެމަރު ތަހްގީގް ކުރި މީހުންވަނީ ކަށަވަރު ކޮއްދީފަ…. އަހަރެންނަށް އެގޭ ޝާމްއަށް އެކަން އެގޭ ފަހުން ޝާމް ބޭނުންވާނީ އެމީހުންގެ ކިބައިން ބަދަލު ހިފަންކަން..” ހާނިމްސަރ އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. އަހަރެން ބަލަން ހުރީމެވެ. “ޝާމްއަށް އެގޭނެ ޝާމް ރުޅި އަތުވެއްޖެނަމަ ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެކަން… އަހަރުމެންގެ މި މިޝަން ކާމިޔާބު ވުމުގެ ކުރިން ނާކާމިޔާބު ވެދާނެ… އެމީހުންނާއި ޝާމް ދިމާކޮއްފިނަމަ” ހާނިމްސަރ ވާހަކަ ދެއްކިއެވެ. “ހު… ހުރިހާ ވާގުތެއްގަވެސް ސަރމެންގެ ވިސްނުން ހުންނަނީ ހަމައެކަނި މިޝަންއަށް ދޯ…. ދެން ހެޔޮ އަނެއްމީހާއަށް ކޮންމެ ފަދަ ކަމެއް ވިޔަސް” އަހަރެންނަށް ޗޮކެއް ކަޑާލެވުނެވެ.

“ނޫން ޝާމް… އަހަރުމެން އަބަދުވިސްނަނީ މިޝަންއަކަށް ނޫން… ޝާމްގެ ސޭފްޓީއަށްވެސް ވިސްނަން… އެހެންވެ އަބަދުވެސް އަހަރެން ބަލަނީ ޝާމްއާއި އެކު އެހެން މީހަކު ބެހެއްޓޭތޯ… ޝާމް ދާހާތަނަކަށް އެހެންމީހަކު ފޮނުވޭތޯ… އެހެންވެ އަހަރުމެން ބުނެގެން ޝާމް ފަހަތުން ފާރިޝް އިންޑިއާއަށްވެސް ދިޔައީ… ކޮޒް ވީ ޑޯންޓް ވޯންޓް ލޫސް ވަޓް ވީ ހޭވް ބެސް” ހާނިމްސަރ އަހަރެންނާއި ކައިރިވަމުން ވާހަކަ ދެއްކިއެވެ. “ބަޓް އަހަރެން ކައިރީގައި ބުނެލިނަމަ…”އަހަރެންނަށް އަނެއްކާވެސް ބުނެވުނެވެ. “އެޓް ލީސް އައި ކޭން ސޭވް މައި ފްރެންޑް” އަހަރެން އިސްޖަހަލީމެވެ. ހަގީގަތުގަވެސް އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވެން ފެށުނެވެ. “އައި އޭމް ރިޔަލީ ސޮރީ އެބައުޓް ހިމް… ބަޓް މިހާރު އޭނަ އެއްބަސްވީމަ ޝާމްއަކަށް އެއްވެސް ކަމެއް ނުކުރެވޭނެ އެއްނުން….” ހާނިމްސަރ ބުނެލިއެވެ. އަހަރެން ހާނިމް ސަރ އާއި ދިމާލަށް ބަލާލީމެވެ. “އޭނަ ބުނި އޭނަ މެރި މީހުންގެ އިތުރަށްވެސް އެހެންމީހުން އެކަމުގައި ބައިވެރިވާ ވާހަކަ… އަހަރެން ބޭނުން އެމީހުން ހޯދަން” އަހަރެން ބޭނުންވީ އަހަރެންގެ ބައްޕަގެ މަރުގެ ފަހަތުގައި ތިބި އެންމެން ހޯދާށޭވެ. “އޯކޭ އައި ވިލް ހެލްޕް ޔޫ… އިން އެނީވޭ.. ބަޓް ޔޫ ހޭވްޓް ރިމެމްބަރ ދެޓް ޔޫ އަރ އިން އަ މިޝަން” ހާނިމްސަރ އަހަރެންނަށް ހަނދާންކޮއްދިނެވެ. “އަސްލު މިކަމުގައި އަހަރުމެންނަށް ކުރިން ނުލިބޭ ވަރަށް ކުރިއެރުން މިފަހަރު ލިބިއްޖެ…. މީގެ ކުރިން މިވަރެއްވެސް ނުވޭ…. އެތަށް ބަޔަކާއި ދެކޮޅަށް ހެކި ހޯދިއްޖެ…” ހާނިމްސަރ ވާހަކަ ކުރިއަށް ގެންދިޔައެވެ. ހާނިމްސަރ ދައްކަމުންދިޔައީ ތެދު ވާހަކައެވެ. އެކަމަކު އަހަރެންނަށް މިޝަންއަށް ވުރެއް ބައްޕަގެ ގާތިލް ހޯދުން މާ މުހިއްމެވެ. “އަހަރެންގެ މިޝަންއަށް އެއްވެސް ބުރުއެއް އެރިއަކަ ނުދޭނަން… އެކަމަކު އެކަންތައް އަހަރެން ބަލާނަން” އަހަރެން ބުނީމެވެ. “ފައިން… އައި އޭމް އޯކޭ… އައި ވިލް ހެލްޕް ޔޫ… އެންޑް ފާރިޝްގެ އެހީ އެއީ ޝާމްއަށް ލިބޭނެ އެއްޗެއްކަން އަހަރެންނަށް އެގޭ… އަދި އާދިލްސަރގެވެސް” އެހެންބުނުމުން އަހަރެންނަށް އާދިލްސަރ އާއި ދިމާލަށް ބަލާލެވުނެވެ. އޭރު އެމޫނުމަތިން ކޮންމެވެސް ވަރަކަށް ހާސްކަން ފާޅުވަމުންދިޔައެވެ. “ޔަ ޝުއަރ” ނަމަވެސް އެކަން ފޮރުވަމުން ހިނިތުންވެލަމުން އާދިލްސަރ ބުނެލިއެވެ. އަހަރެންގެ ހިތް ކުޑަކޮށް ނަމަވެސް ތެޅިލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. އޭރު ފާރިޝްވެސް އަހަރެންނާއި ދިމާލަށް ބަލާލީއެވެ. ފާރިޝްގެ މޫނުމަތިން އޭނައަށް އެކަން ނަގައިގަނެވުނުކަން އެގިގެން ދިޔައެވެ.

“އަހަރެންނަށް ހީވަނީ ހުޝާމް އިނަސެންޓްހެން” އަހަރެންގެ ރުޅި މަޑުވިއެވެ. އެހެންވެ އަހަރެން ބޭނުންވީ އަހަރެންގެ ވިސްނުން ޝެއަރ ކުރާށެވެ. “އެއީ ކީއްވެ ތިހެން ތިބުނީ” ފާރިޝްވެސް ޝައުގުވެރިވެލަމުން އަހާލިއެވެ. އަދި އެތަނުން ގޮޑިއެއް ދަމާލަމުން އިށީނެވެ. އަހަރެންވެސް ގޮޑީގައި ހަމަޖެހިލީމެވެ. ހާނިމްސަރ އަހަރެންނާއި އެކު އިށީނެވެ. އާދިލްސަރ އިށީނެއް ކަމަކު އިނީ ވަރަށް މަޑުންނެވެ. “ނޭނގެ… އައި ޖަސްޓް ގޮޓް އަ ގަޓް ފީލިން…” އަހަރެން ބުނެލީމެވެ. “މޭބީ އެއީ ޝާމްގެ ޕްރެންޑްއަކަށް ވީމަ ވާގޮތަކަށް ވެދާނެ އެން ނުން” ހާނިމްސަރވެސް އެވާހަކައިގައި ބައިވެރިވެލިއެވެ. “ވެދާނެ… އެކަމަކު ހުޝާމް ބުނި އޭނަ ވީޑިއޯ ކުރި ވާހަކަ” އަހަރެން ބުނީމެވެ.”ވީޑިއޯއޭ… އޭނަ މީހުން މަރާތަން އޭނަ ވީޑިއޯ ކޮއްފަ” މަލާމާތް ކުރާ އުސޫލުން އާދިލްސަރ ބުނެލިއެވެ. އަހަރެން ހިތްހަމަނުޖެހުނެވެ. އަހަރެންގެ ރުޅި އަނެއްކާވެސް ކޮންޓްރޯލްއިން ނައްޓަފާނެތީ އިށީދެގެން އިންގޮޑީގައި ހިފަހައްޓާލެވުނެވެ. “އޭނަ އެއީ އެކަހަލަ މީހެއް ނޫން… އަހަރެންނަށް ޔަގީން” އަހަރެން ބުނީމެވެ. “އެކަމަކު އޭނަ އެއްބަސް ވެއްޖެއެއް ނުން” އާދިލްސަރ އަނެއްކާވެސް ބުނެލިއެވެ. މިފަހަރު ބުނިގޮތުން ހާނިމްސަރވެސް ހައިރާން ކަމާއިއެކު އާދިލްސަރ އާއި ދިމާލަށް ބަލާލިއެވެ. “އެކަމަކު އެބުނާ ވީޑިއޯއެއް ބެލުމަކުން ގޯހެއް ނެތެއްނުން” ހާނިމްސަރ މިއަދު އަހަރެންނާއި އެއްކޮޅުވެފައި ހުރި ދުވަހެކެވެ. އާދިލްސަރއަށް ޖަވާބު ދިނީ ހާނިމްސަރ އެވެ. “ތި ވީޑީއޯ ހުރި ކޮންތާކު” އަނެއްކާވެސް އާދިލްސަރ ބުނެލިއެވެ. އަހަރެން ޖަވާބު ދޭކަން ބޭނުމެއް ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހަރެން ހާނިމްސަރ އާއި ދިމާލަށް ބަލާލީމެވެ. “ކޮންމެތާކު ހުއްޓަސް ތި ވީޑިއޯ ބަލާލުން ވަރަށް މުހިއްމު… އޭރުން ހުޝާމްގެ ކަންތައްވެސް އެގިދާނެ. ޝާމް ދާންވީނުން ތި ވީޑިއޯ ހުރިތަނެއް ބަލާލަން… ފާރިޝް ދޭ ޝާމްއާއި އެކު” ހާނިމްސަރ ހުރިހާ ކަމެއް ކުރަންވީގޮތް ކިޔައިދިނެވެ. ކުރުގޮތަކަށް ބުނާނަމަ އަހަރެން ސަލާމަތް ކޮށްދިނެވެ. އަހަރެންނަށް ހީލެވުނެވެ. ބޭއިހްތިޔާރުގައެވެ. އާދިލްސަރގެ މޫނުމަތިން ފެނަމުން ދިޔަ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ހާނިމްސަރ އެހެންބުނެލަމުން ތެދުވިއެވެ. އަހަރެންނާއި ފާރިޝްވެސް ތެދުވީމެވެ. “ގުޑް ލަކް” ހާނިމްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އަދި އާދިލްސަރ އާއި ދިމާލަށް ބަލާލީމެވެ. އާދިލްސަރވެސް އަހަރެންނާއި ދިމާލަށް ބަލާލަމުން ލުއި ހިނިތުންވުމެއް ރައްދުކޮއްލިއެވެ. އަހަރެންވެސް ހީލީމެވެ. ސަލާމް ކޮއްލަމުން އެމީހުން ނިކުމެގެން ދިޔައީއެވެ. އަހަރެންނާއި ފާރިޝް ނިކުތީ އެމީހުން ދިޔަތާ 10 މިނެޓް ފަހުންނެވެ.

“އަދިވެސް ހިތްހަމަނުޖެހިފަތަ” ނިކުން ގޮތަށް ފާރިޝް އަހާލިއެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީމެވެ. އަދި އޭނަގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލީމެވެ. “އަދިވެސް ތިއުޅެނީ ބޭގް ހިފައިގެންތަ” އަހަރެންގެ އަތުގައި އޮތް ދަބަސް ފެނުމުން ފާރިޝް އަހާލިއެވެ. “ވާނީ އެހެންނެއްނުން… ކަމެއް ފާހަގަ ކުރެވިއްޖެނަމަ އުޅެނީ ފަޔަށް ހިނިއަރައިގެން އުޅޭމީހެއް ހެން ވިއްޔަ” ފާރިޝް ބުނެލިއެވެ. އަހަރެންނަށް ވަގުތުން ހެވުނެވެ. ފާރިޝް ބުނެލިގޮތުންނެވެ. “އާދިލްސަރ އެއްޗެއް ފޮރުވާހެން މަށައް ފަހާގަ ކުރެވުނު” އަހަރެން ބުނެލީމެވެ. “އާ މަށަށްވެސް ތިކަން ފީލްވި” ފާރިޝްވެސް އެއްބަސްވިއެވެ. “އަހަރެން ބޭނުންވަނީ އަހަރެން ކުރާ ކަންތައް ހަމައެކަނި ފާރިޝްއަށް އެގެން… އިތުރު މީހަކަށް އެގޭކަން ބޭނުމެއް ނޫން…” އަހަރެން އެއްވެސް މީހަކަށް އަހަރެން ކުރާ ކަމެއް އަންގާކަން ބޭނުމެއް ނޫނެވެ. “އެކަމަކު ސަރ ބުންޏެއްނުން އަންގައްޗޭ…” ފާރިޝް ބުނެލިއެވެ. “ފާރިޝް ކައިރީގައި އަހަރެންގެ ބައްޕަގެ މަރާއި ބެހޭގޮތުން ދައްކާ ވާހަކަ ޓީމުގެ އެއްވެސް މީހަކަށް އެގިއްޖެނަމަ އަހަރެން ހުރިހާ ކަމެއް ކުރާނީ އަމިއްލައަށް” އަހަރެން ބުނެލީމެވެ. “ދެން ތިވަރަށް ބިރު ނުދެއްކިޔަސް އަހަރެން އާދިލްސަރ ކައިރީގައި ނުބުނާނަން… އެކަމަކު ހާނިމްސަރ” “ހާނިމްސަރ ކައިރީގައި ބުނާކަހަލަ އެއްޗެއް ނަމަ އަހަރެން ބުނާނަން ބުނާށޭ… އަދި އާދިލްސަރ ކައިރީގައި ވެސް ބުނަން ވެއްޖެނަމަ އަހަރެން ބުނާނަން… އެކަމަކު އޭގެ ކުރިން އެކެއް ކައިރީގައިވެސް ނުބުނާތި” އަހަރެން ބުނީމެވެ. ފާރިޝް ބޯޖަހާލިއެވެ. އަހަރެން ފާރިޝްއަށް އިތުބާރު ކުރުމެވެ. ފާރިޝްގެ ސައިކަލު މަޑުކޮއްލީ ހުޝާމްގެ ގޭގައިރިއަށެވެ. އަހަރެން ފާރިޝްއާއި އެކު އެގެ ކައިރިއަށް ދިޔައީމެވެ.

ހުޝާމްގެ ގެއަކީ އަހަރެން ކުރީގައި ވަރަށް ގިނައިން އަންނަގެއެކެވެ. ހުޝާމްގެ މަންމަ ދުނިޔޭގައި ހުރި އިރު އަހަރެންނާއި ހުޝާމް ގިނައިން އުޅެނީ އެގޭގައެވެ. އެހެންކަމުން އަހަރެންނަށް އެގޭ ދޮރުމައްޗަށް އެރުމުން ކޮންމެވެސް ވަރެއްގެ އުދަގުލެއް އިހްސާސް ކުރެވުނެވެ. އަހަރެން ދަބަހުގެ އެއްސައިޑް އަކުން ނެގީ ކުޑަ ވަޅިއެވެ. ވަޅީގެ ކޮޅު އިނީ ވަރަށް ހިމަކޮށެވެ. އަދި ފާރިޝްއަތަށް ދިއްކޮށްލީމެވެ. “އަހަރެން ހީކުރީ ޝާމް އަތުގައި ތަޅުދަނޑި އޮތްކަމަށް” އަހަރެން ވަޅި ނެގިތަން ފެނުމުން ފާރިޝް ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އޭނަ ބޯހޫރާލިއެވެ. އަދި ވަޅީގައި ހިފިއެވެ. އެގޭގައި ހުންނަނީ އެޕޯލޯ ތަޅެކެވެ. ފާރިޝް އެއީ އެކަހަލަ ގޮތްގޮތަށް ތަޅު ހުޅުވުމަށް ނުލާހިކު ހުޝިޔާރު މީހެކެވެ. ފާރިޝް އޭނަގެ ސައިކަލު ތަޅުދަނޑި އަތަށް ލަމުން ވަޅި ތަޅަށް ޖަހާލިއެވެ. ދުރުން ބަލާމީހަކު ހީކުރާނީ ފާރިޝް ތަޅުދަނޑި ބޭނުންކޮށްގެން ހުޅުވަނީ ކަމަށެވެ. “އަހަރެންނަށް އެގޭ ފާރިޝް އަންނަ ކަމުގައިވަނީނަމަ ތަޅުދަނޑިއެއް ބޭނުމެއް ނުވާނެކަން… އާއްމުކޮށް ތިގޮތަށް ތަޅު ހުޅުވާ މީހެއްނުން ތީ… އެވެސް އަންހެން ކުދިން ކައިރިއަށް ވަންނަން” އަހަރެން ބުނެލީމެވެ. އެހެންބުނުމާއި އެކު ފާރިޝް އަހަރެންނާއި ދިމާލަށް ލޯ އަޅާލިއެވެ. އަހަރެން ހިނިތުން ވުމެއް ރައްދު ކޮށްލީމެވެ. ފާރިޝް ދޮރުހުޅުވާލީ ނުލާހިކު ފަސޭހަކަމާއި އެކުގައެވެ. ދޮރު ހުޅުވާލުމަށްފަހު އެއްފަރާތަކަށް ޖެހިލުމުން އަހަރެން އެތެރެއަށް ވަނީމެވެ.

ދޮރު ހުޅުވާލުމާއި އެކު ބޭރަށް ނިކުމެގެން ދިޔައީ ހޫނު ވައިއެވެ. ގޭތެރެ ފެންނަމުން ދިޔައީ އަދިރިކަމެވެ. އަދި ހިރަފުހުގެ ވަސް މުޅިގޭތެރޭގައި ފެތުރިފައިވެއެވެ. އަހަރެން ލައިޓް ޖައްސާލީމެވެ. އެވަގުތު އަހަރެން ސިހިގެންދިޔައީ ފާރިޝްގެ ވަރުގަދަ ކިބިހީގެ އަޑަށެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. އޭރު ފާރިޝް ނޭފަތް ފޮޅަމުން އެތެރެއަށް ވަންނަނީއެވެ. “ކިހާ ދުވަހެއް ވެއްޖެތަ މިތަން ނުހުޅުވާ ހުންނަތާ” ފާރިޝް އަހާލިއެވެ. ގޭތެރޭގައި ހުރި ހުރިހާ ފަރުނީޗަރެއްގެ މަތީގައި ހުރީ ފޮތިގަނޑުތަކެއް އަޅާފައެވެ.  “ނޭނގެ.. ކުރިން ގޭތެރެ ސާފު ކުރަނީ ކޮއްކޮ… މިހާރު ވަރަށް ދުވަސް ވެއްޖެ ކަންނޭގެ ކޮއްކޮ ސާފު ނުކުރާތާ… އަހަރެންނަކަށް ނޭނގޭ ފާރިޝް ތީ ތިކަހަލަ އަންހެނެއްކަމެއް… ހިރަފުހަށް ބަލި” އަހަރެންގެ ހިނިގަނޑު އެތެރެއަށް ހިންދާލަމުން ބުނެލީމެވެ. “އެއީ އެ..ހެން… ވީ ކަމެއް ނޫ..ނޭ.. އަހަރެން” ފާރިޝްއަށް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް ވަރުގަދަ ކިބިހީގެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. އަހަރެންނަށް ހީގަނެވުނެވެ. އަދި މަޑު ކުރުމެއް ނެތި ހުޝާމްގެ ކޮޓަރިއާއި ދިމާލަށް ހިގައިގަތީމެވެ. ފާރިޝް އަހަރެންގެ ފަހަތުން ހިގައިގަތެވެ. އަހަރެން އެކޮޓަރީގެ ދޮރުހުޅުވަލީމެވެ. “ބުނަން ހުޝާމް ތިކަހަލަ ކަންތައްތަކާއި ދޭތެރޭގައި ނުވިސްނަބަލަ ދެން… އެއީ އެމީހުންގެ މައްސަލައެއްނުން…. ހުޝާމް ކީއްވެ ތިވަރަކަށް ތި ވިސްނަނީ” އަހަރެން އިނީ ހުޝާމްގެ އެނދުމަތީގައި އިށީދެލައިގެންނެވެ. “ޝާމްއަށް ތިހެން ބުނެވުނަސް އަހަރެންނަކަށް ތިހެންބުނެފަ ހަމައެއް ނުޖެހެވޭނެ… އަހަރެން ހިތަށް އަރާ އޭގެން މީހަކު މަރާލަފާނަމޭ” ހުޝާމް ހުރީ އެކޮޓަރީގެ ކަބަނޑުން އެއްޗެއް ނަގާށެވެ. “ތިވަރު ތިވަނީ އެކުއްޖާއަށް އެހެން ހެދީމަތަ” އަހަރުމެން ވާހަކަ ދައްކަމުން ދިޔައީ އަންހެއްކުއްޖެ ރޭޕްކުރި މައްސަލައާއި ބެހޭގޮތުންނެވެ. “އެކުއްޖާ އެއީ މީހެއްގެ ދަރިއެކޭ.. މީހެއްގެ ކޮއްކޮއެކޭ… މީހެއްގެ ދައްތައެކޭ”  ހުޝާމް ހުރީ ހިތްހަމަނުޖެހިފަކަން ކިތައްމެ ރަނގަޅަކަށްވެސް އޭނަގެ އަޑުން އެގިގެން ދިޔައެވެ. “އެއީ ޝާމްގެ ކޮއްކޮއަށް ވިނަމަ ހަމަތިހާ މައިތިރިކޮށް ޖަވާބު ދެވޭނެތަ. މާދަން މީހަކު މަށަށް ހަމަލާދީފިނަމަ ޝާމް ތި މޫޑުގައި ހުންނާނަންތަ..” ހުޝާމް އަހާލިއެވެ. އަހަރެން ހުޝާމްއާއި ދިމާލަށް ބަލާލީމެވެ.

އަހަރެން ސިހިގެން ދިޔައީ ފާރިޝް އައިސް އަހަރެންގެ ކޮނޑުގައި ވަރަށް ބާރަށް ޖެހީމައެވެ. ވީތަދުންނާއި ސިހިގެން ދިޔަވަރުން އަހަރެންނަށް އަތްދޯއި އޭ ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. “އަތްދޯތް އޭ އެބަ ކިޔަ އެއްނުން… އަހަރެން ގޮވާތާ މިހާރު ކިހާ އިރެއްވެއްޖެ… ލޯހުޅުވާއިގެން ޖަހާފަ ހުންނަ ބުދެއްހެން އާވާރާފެވަ ތި ހުންނަނީ… ކޮން އެއްޗެއް ފެނުނީތަ… ޖިންނި އަވަލީތަ” ފާރިޝް ހަޅޭލަވައި ގަންނަމުން ކޮޓަރިތެރެއަށް ވަނެވެ. އަދި ލައިޓް ޖައްސާލިއެވެ.

ނުނިމޭ…

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ދަރިފުޅު (2)

Next

Loabivaa mammaa magey

Next
December 17, 2015

Loabivaa mammaa magey

Previews
December 17, 2015

ދަރިފުޅު (2)

16 Comments!

  1. Fantasy says:
    December 17, 2015 at 8:33 am

    mi baives hurihaa kudin nah kamudhaane kamah heekuran 🙂 hurihaa kudinge hiyaalu thakah maruhaba 🙂

  2. maaya says:
    December 17, 2015 at 9:27 am

    Varah reethi. Alhe haadha kurey. Varah inthizaaru kurevey mi vaahaka ah. ☺

    1. Fantasy says:
      December 17, 2015 at 10:55 am

      maaya dear hama kuru tha mi varu.. dhen anna dhuvahaku dhigu kohleveytho balaanan igeu dear .. thnks v bodah 🙂

  3. nukko says:
    December 17, 2015 at 10:13 am

    Wowww…. varaaaaaaaaaah rythi….. hama bst…. fantasy ur deem bst… thnks… cnt wait fr de nxt part… adhi vs dhigu kohlachey inge plx… take care dear

    1. Fantasy says:
      December 17, 2015 at 10:56 am

      v bodah thnks nukko 🙂 v hapy vejje thihaa lobi coment eh kohleema 🙂

  4. Tulip says:
    December 17, 2015 at 10:45 am

    Wowww fantasy..? ur story is best n best.

    1. Fantasy says:
      December 17, 2015 at 10:57 am

      thnks tulip bodu koh dear 🙂

  5. maalu says:
    December 17, 2015 at 10:48 am

    Vrh vrh vrh reethi….when is the next part??? ……waiting….

    1. Fantasy says:
      December 17, 2015 at 10:57 am

      thnks maalu 🙂 maadhan iraadha kureviyya up koh dheynan igey 🙂

  6. aal says:
    December 17, 2015 at 12:02 pm

    mihaaru esfiya ga in enme reethi vaahka..knme dhuvahaku mi vaahaka up veythoa innanee balabalaa ehaa vx reethi mi vaahaka..avahah next part up kohdhehchey..?

  7. hehehehe says:
    December 17, 2015 at 1:34 pm

    އަތްދޯތް އެއް ނޫން…… އައްދޯއި

  8. Sanu says:
    December 17, 2015 at 2:13 pm

    Masha allah Varah reethi… Maadhamaa ge part miahvureves dhigukohlahchey ingey…

  9. mee says:
    December 18, 2015 at 10:21 am

    hey,mi part vex v rythi.. koba aneh part???

  10. maaya says:
    December 18, 2015 at 11:55 am

    Dear fantasy. Koba miadhu ge part? Please up kohla dheeba avahah.

  11. mee says:
    December 18, 2015 at 6:28 pm

    hey fantasy, koba aneh part?? waitingggg.. don’t keep us waiting for this fantastic story 🙂

  12. Faxoo says:
    December 21, 2015 at 9:13 pm

    wow varah reethi 😀

Comments are closed.


All Right Reserved!