Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝެރިން (29 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
December 23, 2015 5 Mins Read
14 Comments

ޝެރިން މަޑުމަޑުން އެތެރެއަށް ވަނީ މިތަން އިތުރަށް ބަލާލުމުގެ ބޭނުމުގަ އެވެ. މިއީ ކާކު އުޅޭ ތަނެއްބާ އެވެ؟ ބިންގަރާހެއްގައި މިފަދަ ފުރިހަމަ ކޮޓަރިއެއް ހުރީ ކީއްވެ ހެއްޔެވެ؟ ދެން ޝެރިންގެ ހަނދާނަށް އައީ ޔައިން ބުނި ބަސްތަކެވެ:

“މިއީ އަހަރެމެން ހައްޔަރު ކޮށްފަ ހުރި ތަނުން ފެށިގެން މިހާ ހަމައަށް ކޮނެފަ ހުރި ވަރު… މިތަނުން ފޭބީމަ ދެވޭނީ ބިންގަރާސް މަގުން… ފުދޭވަރަކަށް ދިގުވާނެ އެމަގު… އެހެންވީމަ ފުދޭވަރަކަށް ގިނަ ވަގުތު ހިނގަން ޖެހޭނެ…”

ޔައިން މިހެން ބުނިއިރުވެސް މިތަނުގައި ކޮޓަރިއެއް ހުންނަ ވާހަކައެއް ނުބުނެ އެވެ. ނޫނީ މިތަނުގައި މަސައްކަތްކުރާ ކުދިން ޔައިން ގާތު އެވާހަކަ ނުބުނީ އެވެ. މިއީ ކޮންފަދަ ސިއްރެއް ރައްކާ ކޮށްފައިވާ ކޮޓަރިއެއް ކަމެއްކަންވެސް އެނގެނީކީއެއް ނޫނެވެ.

މިގޮތަށް ބުދެއްހެން ހުންނަން ހަދައިގެން ގިނަ ވަގުތު ބޭކާރު ވެގެންދާތީ ޝެރިން އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. ބާވެފައިވާ އެދޮރު ލެއްޕުނު ވަގުތު އަނެއްކާވެސް ބާރު އަޑުފައްގަނޑެއް އިވުނެވެ. ޝެރިންގެ މިސްރާބު ހުރީ ކޮޓަރީގެ އެއްފަރާތެއްގައިވާ ލިޔާ މޭޒަށެވެ. އޭގެ މަތީ ފޮތެއް އޮތެވެ. ގަދަ ރަތް ކުލައިގެ ބޭރުގަނޑެއް ލާފައިވާ މި ކުޑަ ފޮތް އެންމެ ވައްތަރީ ޑައިރީ އަކާއެވެ. ނޫނީ ޖަރނަލް އަކާއެވެ. އެހެންކަމުން ޝެރިން ވަގުތުން އެފޮތް ނެގި އެވެ. އޭނާ އުޅުނީ ވީހާވެސް އަވަހަކަށް އެތަނުން ނިކުންނާށެވެ. ހަމަލާއެއް އަންނާނީ ކޮންއިރަކު ކޮން ދިމާލަކުންކަމެއް އެނގެނީކީއެއް ނޫނެވެ. ކޮޓަރީގައި ދެން އެހްނެ އިތުރު އެއްޗެއް ހުރިތޯ އަވަސް ގޮތަކަށް އޭނާ ބަލާލި އެވެ. ފަސްވަރަކަށް މިނިޓްގެ ތެރޭގައި އޭނާ އެތަން މިތަން ބަލައިފި އެވެ. ނަމަވެސް އޭނާ ބޭނުންވާ ފަދަ އެއްޗެއް އިތުރަކަށް ނުފެނުނެވެ. އެހެންކަމުން އޭނާ ހަލުވި ހިނގުމެއްގައި ގޮސް އެއްކަލަ ދަގަނޑު ދޮރުގައި ހިފާލި އެވެ. ދޮރު ހުޅުވުމަށްޓަކަ އެވެ. ނަމަވެސް ކަން ދިމާވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އެދޮރު ވަނީ ބޭރުން ތަޅުލެވިފަ އެވެ. ނޫނީ އެތެރެއިން މިދޮރު ނުހުޅުވެނީ އެވެ. ވަރަށް މަސައްކަތް ކޮށްގެންވެސް ނުހުޅުވެވުމުން ޝެރިން ވަރަށް ހާސްވި އެވެ. މިޖެހުނީ އަނެއްކާ އަނެއް ހަކަންތަކާ އެވެ. ކޮންމެ ފަހަރަކުވެސް އޭނާއަށް ލިބެނީ ލަނޑެވެ. މިފަހަރު މިތާ މިހެން ހުއްޓާ މިކޮޓަރީގެ ވެރިޔާ އަށް ކޮޓަރިއަށް ވަދެވިއްޖެއްޔާ އޭނާގެ ދުވަސް ދިޔައީ އެވެ.

ޝެރިންގެ ހިތް އަވަސްވާން ފެށި އެވެ. ވަގުތެއް ނެތޭ އޭނާގެ ހިތް ގޮވަމުން ދިޔަ އެވެ. އެހެންކަމުން ހަމަޖެހިލައިގެން އެފޮތް ކިޔާލަން ފިލޭނެ ރަނގަޅު ތަނެއް ފެނޭތޯ ފަރާތްފަރާތަށް ކަޅި ހިންގަން ފެށި އެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ އަނެއްފަރާތުގައިވާ ބޮޑެތި އަލަމާރި ތަކެވެ. އެއިން އަލަމާރިއެއްގެ ތެރޭގައި ހަމަޖެހިލައިގެން އިނދެވޭނެ އެވެ. އެހާވެސް ބިޔަ އެވެ.

ހަރު ހިނގުމެއްގައި ގޮސް ޝެރިން އެތަނުން އެންމެ ކަނަށް ހުރި އަލަމާރީގެ ދޮރުފަތް ގަނޑު ހުޅުވާލި އެވެ. ތަޅު ނުލާ ހުރިކަމުން ޝެރިނަށް އުނދަގުލަކާއި ނުލައި އެތެރެއަށް ވަދެވުނެވެ.

އެއީ ބޮޑެތި އަންނައުނު ތަކެއް އަޅާފައިވާ އަލަމާރި އެކެވެ. އަންނައުނުތައް ގިނަ ކަމުން އެތަނުގައު ފަސޭހަ ކަމާއިއެކު ޝެރިނަށް ފިލާ އިނދެވުނެވެ. އަދި މިތަނުން ރައްކާތެރިކަން ވެސް ލިބުނެވެ. ހެދުން ތަކުގެ ފަހަތުގައި ބޮޑު ޖާގައެއް އޮތުމުން އުނދަގުލަކާއި ނުލާ ޝެރިނަށް އިނދެވުނެވެ. އަލަމާރި ތެރޭގައިވާ އުދާސްކަމުގެ ތެރެއިން ޝެރިން ކަރުހިއްކަންވެސް ފަށައިފި އެވެ. އޭރު އޭނާ ވަނީ ދާހިއްލާ ފޯވެފަ އެވެ. އިރުއިރުކޮޅަކާ ހެދުމުގެ ފަސްބައިން މޫނު ފުހެލަ އެވެ. އޭނާ މަޑުމަޑުން ދޮރުފަތް ލައްޕާލި ގަޑީގައި އިވުނީ އެކޮޓަރީގެ ދޮރު ވަރަށް ބާރަށް ހުޅުވުނު އަޑެވެ. އެވަގުތު ޝެރިނަށް ތެޅިގަނެވުނެވެ. އަޑެއް ބޭރުވެދާނެތީ ޝެރިން އިނީ ތުންފަތުގައި ދަތްއަޅައިގެންނެވެ. އޭނާ ސަލާމަތްވީ ހަމަ ކިރިޔާ ތާއެވެ. ހިލަ ތަކުން ސަލާމަތްވި ފަދައިން މިމީހުންގެ ކިބައިންވެސް ސަލާމަތް މިވީ ހަމަ ކިރިޔާތާ އެވެ.

އެމީހުން ޝެރިނަށް ނުފެނުނަސް އެމީހުންގެ އަޑު އޭނާއަށް އިވެ އެވެ. ހީވާގޮތުން އައީ ދެމީހުންނެވެ. މިތަނުގައި އުޅޭ ހުރިހާ އެންމެންނެކޭ އެއްފަދައިން މީނާވެސް ހުރީ ކޮންމެވެސް ކަމަކާއި ނުހަނު ބޮޑަށް ރުޅިގަދަ ވެފަ އެވެ.

“އޭރުވެސް އަހަރެން ބުނިން އެބަ އުޅެޔޭ ކޮންމެވެސް ނުބައެއް… މި އަލާރިކް އެއް އަހަރެންގެ ޕާސަނަލް އެސިސްޓަންޓަކަށް ނުބެހެއްޓޭނެ…! ތެދެއް މިބުނީ ހަމަ އެއް ކަމެއްވެސް ރަނގަޅަކަށް ކުރެވޭ ކަމަކަށް ނުވޭ! ކުރީ ދުވަހުވެސް އަހަރެން ބުނި ފައިލު ތަކެއް އަހަންނާ ހަމައަކަށް ނުގެނޭ… އަހަންނެއް ނުބުނަން މިތާ އުޅޭ ކުދިން މަރާށެކޭއެއް. އެމީހުންނަށް އަދަބު ދިނީމަ އެނިމުނީ. އެކަމަކު މީގެ ތިން ހަތަރު މަސް ކުރިން އައި ދެކުދިންގެ ނަމެއް މި ފައިލަކު އެއް ނެތް. އެދެކުދިން މަރާލިކަންވެސް މިއެނގުނީ މިއަދު!”

“ސަރ… އަޅުގަނޑުމެން ބެލިން ވަރަށް ވިސްނައި ދެވޭތޯ އެކަމަކު އޭރު އޭނަ ހުރީ ހަމައިގައެއް ނޫން… އެދެކުދިން ވެސް އޭރު އުޅުނީ މަސައްކަތުން-”

ކައިރީގައި ހުރި މީހާގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ބޮޑު މީހާގެ ގުގުރިއެއް ފަދަ ބަރު އަޑުންނެވެ.

“ޚަބަރުދާރު ދެން އެންމެ ލަފްޒެއްވެސް ބުނެގެން ނުވާނެ! ފްރާންޒަށް އެނގޭނެ އަހަރެން މިމަސައްކަތް މިކުރަނީ ވީހާވެސް ކުޑަ ޚަރަދަކުން މިކުންފުނީގެ ކަންތައް ބަލަހައްޓަން ކަން… އަދި ކުދިން ލިބެނީވެސް ކިހާ އުނދަގުލުންކަން… ކަލޭމެންނަށް އެކައްޗެއްވެސް ނޭނގިގެންތަ އެގޮތަށް ކަންތައް ކުރީ؟؟”

ފްރާންޒް ހުރީ އިސްޖަހާލައިގެންނެވެ. އޭނާއަށް ފުރަގަސްދީގެން ހުރި ކުންފުނީގެ މެނޭޖަރު މިސްޓަރ ރޮބިންގެ ދެލޯ އޭރު ހީވަނީ ރަތްކަމުން ދެއަލިފާން ގުޅަ ހެންނެވެ.

“ހަމަ މިހާރު ދޭ އެފައިލު ހިފައިގެން އަންނަން…! މިމަހުގެ ރެކޯޑު ލިޔެ ނިމުނަސް ނުނިމުނަސް ހެޔޮ. އަހަންނާ ހަމައަށް އެފައިލު ގެނެސްދީ!” އަނެއްކާވެސް ރޮބިންގެ އަޑު މުޅި ކޮޓަރީގައި ގުގުމާލި އެވެ. ޝެރިންވެސް އެއަޑު އިވެ ކޮންމެ ފަހަރަކު ދަނީ ސިއްސަ ސިއްސައިގެންނެވެ. ރޮބިން މިހެން ބުނުމާއިއެކު ހީވީ ބުޅަލެއްގެ ފައިބުޑުގައި ނާށްޓަކުން ޖެހިހެންނެވެ. ކައިރީ ހުރި މީހާ ވައިސޫރިއެއް ހެން ގޮސް ކޮޓަރިން ނިކުމެއްޖެ އެވެ.

އެމީހުން އެދައްކަނީ ކޮން ފައިލެއްގެ ވާހަކަ ބާ އެވެ؟ އެމަރާލި ދެކުދިންނަކީ ޔައިން ދުށް ދެކުދިންބާ އެވެ؟ ޔައިން ވަނީ އޭނާ އެކުދިންގާތު ހުރި ދުވަސްކޮޅު އެތަނުގައި ދެކުދިން މަރާލާފައި އޮއްވައި ފެނުނު ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ރޮބިންއަށް މާ ބޮޑު ކަމަކަށްވީ ކީއްވެބާ އެވެ؟ އޭނާއަކީ ކުޑަކުދިން ލައްވާ ބޮޑެތި މަސައްކަތްތައް ކުރުވައި، އަދި އެވަރުން ނުވެގެން އެކުދިންނަށް އަނިޔާވެސް ކުރާ މީހެކެވެ. ނަމަވެސް ދެކުދިން މަރާލި ޚަބަރު ލިބުމުން އެކަމާ މާ ހާސްވެގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި އޭނާގެ ޚާއްޞަ އެސިސްޓަންޓް، އަލާރިކް މަޤާމުން ވަކިކުރަން އެބުނީ ކޮން ކަމެއް ވެގެންބާ އެވެ؟ އަނެއްކާ އެހެން ސިއްރެއްވެސް މިކުންފުނީގައި ފޮރުވިފައި ވަނީ ހެއްޔެވެ؟

ކުއްލިއަކަށް ހަނދާންވި އެއްޗަކުން ޝެރިންގެ މޭގަނޑު އަނގަޔަށް އައި ކަހަލަ އެވެ. އޭނާގެ އަތުގައި އޮތް ރޮބިންގެ ފޮތް އެމޭޒުމަތީ ނެތްކަން އެނގިއްޖެއްޔާ އެ ޖެހުނީ ކަންތަކާ އެވެ. މިކޮޓަރިން ނެރޭނީ ޝެރިންގެ ފުރާނަނެތް މަސްގަނޑު ކަންނޭނގެ އެވެ. މިހެން ހިތަށް އެރުމާއިއެކު ޝެރިނަށް ވާންވީ އުފާ ކަމެއް ނޫނީ ގަންނަންވީ ބިރުކަމެއް ނޭނގުނެވެ. އޭނާ އުފާވީ، އޭނާ މަރުވެއްޖެއްޔާ ދެން އިތުރަށް މިކެކުޅުމުގައި ދުވަސްތައް ހޭދަ ކުރަން ނުޖެހޭނެތީ އެވެ. އަދި އޭނާ ބިރުގަތީ އޭނާ މަރުވިޔަސް، އޭނާގެ ބޭބެމެންނަށް ލިބޭނެ ވޭން ދެގުނައަށް ބޮޑުވެދާނެތީ އެވެ. ނަމަވެސް މިފޮތް އެތަނުން ނެގުނު ކަމުގެ މޮޔަކަން އެވަގުތު ޝެރިނަށް ވިސްނުނެވެ. އިރުކޮޅަކުން އިވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑެވެ.

“ގެނޭ މަގޭ އަތަށް..” ރޮބިންގެ ބަރު އަޑު އިވިގެން ދިޔަ އެވެ. މަންޒަރުތައް ބެލުމަށްޓަކައި ޝެރިން އަލަމާރީގެ ދޮރުފަތް ކުޑަކޮށް ހުޅުވާލި އެވެ. އެވަގުތު ރޮބިން އިނީ އޭނާގެ އެނދުގަ އެވެ. އޭނާގެ ކުރިމަތީގައި އަބަދުވެރި ކަމާއިއެކު ތަންކޮޅެއް ދިގު ހިކި މީހެއް ހުއްޓެވެ. އެމީހާގެ ބޮލުގެ ދެއަރިމަތި ވަނީ ތުނިކޮށް ކޮށާ މެދުގަ ޖެލް ލާފައި އުފުލާލާފަ އެވެ. ރޮބިން ހުރީ އާދައިގެ ރޮނގު ދެމި ގަމީހެއް ލައިގެންނެވެ. އޭނާގެ ރަން ކުލައިގެ ރާޅުބާނީ އިސްތަށިގަނޑު ހީވަނީ ދުވަހަކު ފުނާ ނާޅާ ހުރިހެންނެވެ.

ރޮބިން އޭނާގެ އަތުގައި އޮތް ފައިލް ހުޅުވާލައި، އޭގައިވާ ގަނޑުތައް ބަލަމުން ދިޔައިރު ކައިރީގައި ހުރި ފްރާންޒްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ނުތަނަވަސް ކަމެވެ. މިކަން އޭނާގެ މޫނުމަތިން ފާލުވަމުން ދިޔަ ދާތިކި ތަކުންވެސް ދޭހަވެ އެވެ.

“މަރުވި ދެކުދިން ނުލާ ދެން އަހަރެންގެ ކުންފުނީގައި މަސައްކަތް ކުރަނީ ބާވީސް ކުދިން.. އެކަމަކު މިމަހުގެ އެޓެންޑެންސްގައި މިހުރީ އެންމެ ވިހި ކުދިންގެ ސޮއި. މިމަހު ނަވާރައިން ފެށިގެން.” ފައިލުގައިވާ އެޓެންޑެންސް ބައިގެ ކުދިން ސޮއި ކުރާ ބައިގައި މެއި މަހުގެ ނަވާރަ ވަނަ ދުވަހުން ފެށިގެން ދެކުދިންގެ ސޮއި މަދެވެ. “ކޮބާ އެދެކުދިން؟؟” ރޮބިންގެ އަޑު ފައްގަނޑު އިވިގެން ދިޔަ އެވެ.

“ބައްލަވާ… އަޅުގަނޑު-”

“ކަލޭމެން ކަންކަމަށް ފަރުވާ ބަހައްޓާ މިންވަރު ފުދި ހާމަވެއްޖެ… ތިނޫނީ ނެތް މަސައްކަތަށް ފަރުވާ ބަހައްޓާ ބައެއް.” ރޮބިން މަޑުމަޑުން މިހެން ބުނެލި އެވެ. އޭނާ ހުރީ ދެދަތްޕިލަ ޖައްސާ ބާރުކޮއްގެންނެވެ. އެމޫނުމަތީގައި ވަނީ ގަދަ ފިޔާތޮށި ކުލަ އެވެ. ފުއްޕާ ހަމެއް ހެންނެވެ. ހީވަނީ ދެންމެ ދެންމެ ފަޅައިގެން ގޮސްދާނެ ހެންނެވެ. ރޮބިން ވާހަކަ ދެއްކީ މަޑުމަޑުން ނަމަވެސް، ދެން އައި ސިކުންތުގައި ކުއްލިއަކަށް ފްރާންޒާއި ދިމާއަށް ފައިލު އެއްލާލި އެވެ.

“ހަމަ މިހާރު އެ ފިލި ދެކުދިން ހޯދާ! ދެން އަހަރެންގެ ކުރިމައްޗަށް އަންނާނީ އެދެކުދިން ގޮވައިގެން!! އަޑު އިވިއްޖެތަ؟” ރޮބިން މިހެން ބުނުމާއިއެކު އާދޭހޭ ބުނެފައި ފްރާންޒް އެތަނުން ދިޔައިރު އޭނާ ހުރީ ބިރުން ގޮސް ހަލާކުވެފަ އެވެ. ޝެރިންގެ ހާލަކީތޯ އެވެ؟ އޭނާވެސް އިނީ ކުރާނެ ކަމެއް ނޭނގިފަ އެވެ. އެފިލީ ކޮން ދެކުދިންނެއްބާ އެވެ؟ އަނެއްކާ އެއީ ޔޫކޯ އާއި މިޒޫކީބާ އެވެ؟ އެދެކުދިން މަތިން ޢޭނާ ވަރަށް ހަނދާންވި އެވެ. އެކުގައި އުޅުނު ދުވަސްކޮޅު ހާދަ މަޖަލެވެ. ނަމަވެސް އެ ހޭދަ ކުރެވުނު ދުވަސްކޮޅުވެސް އެކުދިންނަށް ލިބުނު ވޭން ލުއި ވަނީ އެއްކުއްޖަކު އަނެއް ކުއްޖަކަށް ދޭ ހިތްވަރުގެ ބަސްތަކުންނެވެ. އެހާވެސް އެކުދިން އެއްބައިވަންތަ އެވެ. ހާދަ ހެޔޮ ކުދިންކޮޅެކެވެ. މިހާރު އެކުދިންގެ ޙާލަކީ ކޮބައިބާ އެވެ؟ ޝެރިނަށްވުރެން ހެޔޮ ޙާލެއްގައި އެކުދިން ވުމަށް ޝެރިނަށް އެދެވުނެވެ.

ޝެރިން އަދިވެސް އިނީ ދޮރުފަތުގެ ދޭތެރެއިން ރޮބިންގެ ހަރަކާތް ތަކަށް ބަލާށެވެ. އޭރުވެސް ރޮބިން އިނީ އޭނާގެ އެނދުގަ އެވެ. ބޮލުގައި ހިފަހައްޓާލައިގެން އިންއިރު އެމޫނުމަތިން ފާޅުވަނީ މުޅި ދުނިޔޭގައިވާހައި ހާސްކަމެކޭ ހީވާ ފަހަރުވެސް އާދެ އެވެ. އޭނާ ވަނީ އެހާވެސް ހާސްވެފަ އެވެ.

ވަގުތު ލިބުމުން ޝެރިން އަލަމާރީގެ ތަންކޮޅެއް ބިއްދޮށަށް ޖެހިލި އެވެ. އެތަނަށް ފުދޭވަރަކަށް އަލިވެ އެވެ. އެހެންކަމުން ކިޔަން އުނދަގުލެއް ނުވި އެވެ.

ފުރަތަމަ ޞަފްޙާ ހުޅުވާލި އެވެ. އޭގައި އިނގިރޭސި ބަހުން ލިޔެލާފައި ވަނީ މި ޢިބާރާތް ކޮޅެވެ.

=ލޯބިވާ މައިކަލް އަށް…

ބައްޕަ ދަރިފުޅުގެ މަރުގެ ބަދަލު ހިފާނަން… އަހަރެން މި ޖަރނަލް ގައި މިލިޔަނީ އަހަރެންގެ ހަޔާތުގެ ވޮއް ކަމަށްވާ އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ލޯބިވި، ދަރިފުޅު މައިކަލްގެ ހަނދާނުގަ. މި ޖަރނަލް ލިޔުމަށް އަހަންނަށް މަޖުބޫރުވީ ދުވަހަކު ހަނދާން ނުނެތޭނެ ކަންތައްގަނޑެއް އަހަރެންގެ ދިރިއުޅުމަށް ކުރިމަތި ވުމުން… އެދުވަސް އަހަރެންގެ ހަނދާނަކުން ނުފުހެވޭނެ. އެދުވަސް ވަނީ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފަ…

ބައްޕައަށް މާފް ކުރޭ.=

ޝެރިން ދެން ނަޒަރު ހިންގާލީ އެބާބުގެ އެންމެ ތިރީ ކަނުގައި ލިޔެލާފައިވާ ތާރީޚަށެވެ. އޭގައިވަނީ 23 ޖުލައި 1980 އެވެ. މިއީ 2010 ވަނަ އަހަރުކަމުން ޝެރިން ހިތު ހިސާބެއް ހަދާލި އެވެ. މީގެ ތިރީހަކަށް އަހަރު ކުރި އެވެ. ކޮންމެއަކަސް ވަރަށް ކުރީގެ ކަމެކެވެ. ރޮބިންގެ ދަރިފުޅުގެ ވާހަކަ އައިސްފައި އޮތުމުން ޝެރިން ވަރަށް ކިޔާ ހިތްވި އެވެ. އަނެއްކާ މިއީ ކޮން ކަމެއް ހެއްޔެވެ؟ ރަބިން އެއީ ކުޑަކުދިން ދެކެ އެހާ ރުޅި އަންނަ މީހަކަށް ވާއިރު، އޭނާގެ ދަރިފުޅުގެ ހަނދާނުގައި ފޮތެއް އެލިޔަނީ ކީއްވެގެން ހެއްޔެވެ؟ މިފަދަ ޖަވާބު ބޭނުން އެތަކެއް ސުވާލެއް ޝެރިންގެ ބޮލުތެރޭ އެނބުރިގަތެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ބަދަލު

Next

ދުރުގައިވިޔަސް…

Next
December 23, 2015

ދުރުގައިވިޔަސް…

Previews
December 23, 2015

ބަދަލު

14 Comments!

  1. Mee says:
    December 23, 2015 at 9:20 pm

    Wow!!! Mee first… Yay!!!

    1. Faxoo says:
      December 23, 2015 at 9:30 pm

      thanks Mee 😀

  2. Zeek says:
    December 23, 2015 at 9:37 pm

    Me first. V v nice. When next part. Waiying waiting

    1. Faxoo says:
      December 25, 2015 at 7:33 pm

      thankx Zeek 😉 mihaaru innaane up koffa 😉

  3. havvu says:
    December 23, 2015 at 9:40 pm

    Nice

    1. Faxoo says:
      December 25, 2015 at 7:34 pm

      thankx Havvu ?

  4. Jeesh says:
    December 23, 2015 at 9:42 pm

    Finally kiyaalan libijje…story is awesome igey

    1. Faxoo says:
      December 25, 2015 at 7:35 pm

      aww thanks Jeesh! ? thats so sweet of you for waiting ?

  5. Faxoo says:
    December 23, 2015 at 10:17 pm

    thanks all <3

  6. mice says:
    December 23, 2015 at 10:25 pm

    nice but too short

    1. Faxoo says:
      December 25, 2015 at 7:36 pm

      as always, right? ? anyways thanks sooooo much Mice! ?

  7. XEISHA says:
    December 23, 2015 at 11:30 pm

    Nice…. Up kuraa laiy vrh lass… N too short…

    1. Faxoo says:
      December 25, 2015 at 7:32 pm

      sorry Xeisha… will try to make it long next time… 🙁
      🙂 🙂 🙂 😉

  8. Faxoo says:
    December 25, 2015 at 7:37 pm

    next part up koffa innaany mihaaru ? thankz alllllll

Comments are closed.


All Right Reserved!