Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 30

Muthahhar Ibrahim (Mutha/S.Hithadhoo)
December 22, 2015
7 Mins Read
61 Views
8 Comments

ހެނދުނު ނާސްތާ ކުރިއަށް ދިޔައިރު ކާމޭޒު ދޮށުން ނުފެންނަނީ ހަމައެކަނި ޔޫޝައު އެވެ. މިހާރަކަށް އައިސް އޭނަ ގޭތެރެއިން ވެސް ފެންނަނީ މަދު ފަހަރަކުއެވެ.

އެހެން ދުވަސް ތަކާ ހިލާފަށް މިއަދު ކާމޭޒު ދޮށުގައި އެއްވެސް ވާހަކައެއް ދެކެވޭ އަޑެއް ނީވެއެވެ. އެތަނަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް ގެންނަމުން ދިޔައީ ތަށިތަކުގައި އުލާއި ސަމުސާ ތެޅޭ އަޑުންނެވެ. ޔަޝްމް ފަލަކްއަށް ނަޒަރެއް ދިންއިރު އެހިތުގައި ފަލަކްއަށްޓަކައި ވަނީ ހަމްދަރުދީ އުފެދިފައެވެ. އެހާދިސާއަށް ފަހު އޭނައަށް ފަލަކް ފެނުނު މީ ފުރަތަމަ ފަހަރެވެ. ވާހަކަ ދައްކަން ބޭނުންވިއެއް ކަމަކު ފަސްޖެހެވެނީ ފަލަކްއަށް އޭނަ ފެނުމުން އެމޫނަށް އަރައިގެންދާ ކުލަވަރުތައް ފެނިފައެވެ.

ނާސްތާއަށް ފަހު ރަސަލް އާއި އިޒްކާން ދިޔައީ އޮފީހަށެވެ. އޮފީހަށް ދިއުމުގެ ކުރިން އިޒްކާން ޔޫޝައުއަށް ގޮވަން އައެވެ. ޓަކި ދީފައި ޚަބަރެއް ނުވުމުން ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. އޭނަ އެތައް އިރެއް ވަންދެން ޔޫޝައުއަށް ގޮވުމަށް ފަހު ޚަބަރެއް ނުވުމުން ދިޔައީއެވެ.

އަންހެންވެރިން އެކަނި ވުމުން ބަލްޤީޝް ޔަޝްމްއަށް ބަލާލިއެވެ. އޭނަ ކަންބޮޑުވެފައި ވަނީ ޔަޝްމްއާއި އިޒްކާންގެ ގުޅުމަށް ހީނަރުކަމެއް އައިސްދާނެތީއެވެ.

”ޔަޝްމްގެ ކޯސް ފެށެނީ ކޮންދުވަހަކުންތަ؟…” މޭޒުދޮށުގައި ބާކީވެފައި އިނީ ފަލަކްއެވެ. އޭނަ އިނީ ރުޅިއައިސްފައެވެ. ރުޅިގަނޑު އޮއްބާލައިގެން އިނދެ ޕާންފޮއްޗެއް ކެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. މިއަދު މަންމަ ވެސް ނުފެންނާތީ އޭނަ ހައިރާން ވިއެވެ.

”އަންނަ ހަފްތާގަ….” ޔަޝްމް ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ. އޭނަގެ އަތްމަތި އަވަސްވެގެން ދިޔައެވެ. އޭނަ ބަލްޤީޝްއަށް ކުރި އިތުބާރު ގެއްލިގެން ދިޔަ ފަހުން ނޭގޭ ފޫހިކަމެއް ހިތުގައި އުފަންވެފައި ވެއެވެ. އަނދިރީގެ ތެރޭގައި އޭނަ ބަހައްޓަން މަސައްކަތްކުރާތީއެވެ. ”ނައިޓިންގޭލް” އިން އޭނައަށް ފެންނަނީ ހުސް ކެހިވެރި މޫނުތަކެކެވެ. ހިތްހެޔޮ ހިނިތުންވުންތަކުގެ ފަހަތުގައި މީހާގެ މަކަރުވެރިކަން ފޮރުވަން އުޅޭ މީހުންތަކެކެވެ.

”މިރޭ މަންމައާއެކު ބާޒާރަށް ގޮސްލަން ވާނެ އިނގޭ…” ބަލްޤީޝް ބުނެލިއެވެ. ބަލްޤީޝްއަށް ފާޅުގައި އިންކާރުކުރާކަށް ޔަޝްމްއަށް ނުކެރުނެވެ. އޭނަ މަޑުމަޑުން ބޯޖަހާލިއެވެ. އަދި ހިނިތުންވެލިއެވެ. އޮރެންޖް ޖޫސްތަށި ހުސްކޮށްލަމުން ދާންވެގެން ޔަޝްމް ތެދުވުނެވެ. ޔަޝްމްއާއެކުގައި ބަލްޤީޝް ވެސް ތެދުވުނެވެ. ފަލަކް މުޅިން ބާކީވެގެން ދިޔައީއެވެ.

އެކަނިވުމާއެކު ފަލަކްއަށް އޭނަގެ އަތުގައި އޮތް ސަމުސަލަށް ބާރުކޮށްލެވުނެވެ. ހީވީ އެ ބަޅުކޮށްލަފާނެ ހެންނެވެ. އެދެލޮލުގައި ވަނީ ރުޅިވެރިކަމެވެ. އޭނަ އެތާނގައި އިންކަމަކަށްވެސް އެއްވެސް މީހަކު ހަދާނުލިއެވެ. ހުރިހާ ސަމާލުކަމެއް ދެވިފައި ވީ ޔަޝްމް އަށެވެ. ފަލަކްގެ އެތެރެހަށީގައި ހުޅުރޯވެގެން ދިޔަހެން ވެސް ހީވިއެވެ. އޭނަ އެތައް އިރެއް ވަންދެން އެތާނގައި އިންދާ ޔޫޝައު ކާކޮޓަރިއަށް ވަދެގެން އައި މަންޒަރު ފެނުނެވެ. ފަލަކް ފެނި ޔޫޝައު، އޭނަގެ ފިޔަވަޅުތައް އަނބުރާލައިފިއެވެ.

”ޔޫޝައު، ކާން ހަދަންތަ؟…” ފަލަކްއަށް ނީދެވިގެން ގޮވާލެވުނެވެ. ޔޫޝައުގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ހައިރާންކަމާއެކު އޭނައަށް ފަލަކްއަށް ބަލާލެވުނެވެ.

”މި މެރިއޭޖް ވޯރކްކުރަން އަހަރެން ބޭނުން، އެކަމުގެ ފަހަތުގައި ކޮންމެފަދަ ސަބަބެއް އޮތަސް، މިކަމުގައި ޔޫޝައުގެ އެއްބާރުލުން ވެސް ބޭނުންވާނެ…. އަހަންނަށް އެނގޭ ޔޫޝައުއަށް ކުރެވުނީ ކުށެއްކަން…. އެކަމަކު އެހާދިސާއަށް ފަހު ވެސް އަހަރެންގެ ހިތުގައި ޔޫޝްއަށްޓަކާ ވާ ލޯތްބަށް ބަދަލެއް ނާދޭ، ފުރަތަމަ ކޮޅު ރުޅި އައި، ރޯން ވެސް ރުއިން، ނަފްރަތުކުރަން ބޭނުންވި އަހަންނަށް އެހާ ބޮޑު އަނިޔާއެއް ދިނީމަ…. އެކަމަކު ހިތަށް ކެތްނުކުރެވުނު… ޔޫޝައުއަށް ބްލޭމް ނުކުރެވުނު، ހިތުގައިވާ ލޯތްބަށް ވެސް ބަދަލެއް ނައި…. އަހަންނަށް އެނގޭ ޔޫޝައުއަށް ކުރެވުނު ކަންތަކަށް މާފަށް އެދެން ބޭނުންވާކަން، އަހަރެން މިހުރީ ޔޫޝައުއަށް މާފްކުރަން ތައްޔާރަށް، ޔޫޝައުއާއެކު އުޅެން ތައްޔާރަށް…” ފަލަކް ގަދަކަމުން ލޮލަށް ކަރުނަ ގެންނަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. އެއީ ޔޫޝައުގެ ސަމާލުކަން އިތުރަށް ހޯދަން އޭނަ ކުރި ކަމެކެވެ. އޭނަގެ ބަސްތަކުން ޔޫޝައުގެ ހިތް އޭނައަށްޓަކައި ލަންބަވާލާށެވެ. ތަމްސީލުކުރަން ފަލަކްއަކީ ކުޅަދާނަ މީހެކެވެ. ކަރުނައިން ފުރިބާރުވެފައިވާ ދެލޮލާއެކު އޭނަ ޔޫޝައުއަށް ބަލަން އިނެވެ.

ޔޫޝައު ޤަބޫލުނުކުރެވިފައި ވާ ގޮތަކަށް ފަލަކްއަށް ބަލާލިއެވެ.

”އަހަރެން މިހަދަނީ ދޮގެއް ނޫން، ޔޫޝައުއާ މެރީކުރަން ޖެހުމުން ސުއިސައިޑް ކުރަން ވެސް ހިތަށް އެރި، މަންމަ އެކަމަށް ހުރަސް އެޅުމުން އެކަން ވެސް ނުކުރެވުނީ…. ރޭ ތިކޮޓަރީގައި ވެސް އޮންނާކަށް ބޭނުމެއް ނުވި، ޔޫޝް އަހަންނަށް ހާޓްކޮށްފާނެތީ، އެކަމަކު ޔޫޝައު ދޫކޮށްފައި ދާން އަހަރެން ހިތް ދެކޮޅު ހެދި، އެވަގުތު އަހަންނަށް ރިއަލައިޒް ކުރެވުނު ޔޫޝް ދެކެ ލޯބިވާވަރު، އައި ނޯ އިޓް ސައުންޑްސް ކްރޭޒީ، އެހާދިސާއަށް ފަހު ވެސް އަހަރެންގެ ހިތެއް ބަދަލެއް ނުވޭ… ދުވަހަކުވެސް ނުވާނެ… އެނގޭ ޔޫޝްއަށް ވަގުތު ބޭނުންވާނެކަން، އަހަރެން މިހުރީ ވަގުތު ދޭން ވެސް ތައްޔާރަށް، އެކަމަކު އަހަރެން ދެކެ…. އަހަރެންދެކެ ނަފްރަތު ނުކުރައްޗޭ….” ފަލަކް ދެއަތުން މޫނު ފޮރުވާލިއެވެ. ކަރުނަތައް އެހިމަހޯލި އިނިގިލިތަކުގެ ތެރޭން ފިރުކެން ފެށިއެވެ. މިމަންޒަރު ފެނި ޔޫޝްއުގެ ހިތަށް އަސަރުކުރިއެވެ. ފަލަކްއަށް ދެވިފައިވާ އަނިޔާތައް ހިތަށް އެރުމުންނެވެ. އޭނަގެ ސަބަބުން އެއަންހެންކުއްޖާ އުޅުނީ އަމިއްލަ ފުރާނަ ނެތިކޮށްލާށެވެ. އޭނައަކީ ކުށްވެރިއެކެވެ. ފަލަކްއަށް އޮޅުވާލެވޭކަށް ވެސް ނެތެވެ. އެހިތަށް ދޮގު ހަދައިގެން ހަމަޖެހުމެއް ގެނެސްދެވޭކަށް ވެސް ނެތެވެ. އޭނަގެ ހިތް ދެވިފައިވަނީ ދީމްއަށެވެ. އެހިތަކީ ދީމްއަށް ހިބައިން ދެވިފައިވާ އެއްޗެކެވެ. އޭގައި ވިންދުޖަހަނީ ހަމެކަނި ދީމްއަށް ޓަކައެވެ. ދީމް އޭނައާ މެދު ކަންތައް ކުރި ގޮތަށް ފަހުވެސް އެހިތް ބަދަލެއް ނުވެއެވެ. އޭނަ ފަލަކާ ކައިވެނި ކުރީ ވެސް މަންމަގެ މަޖުބޫރީގެ ސަބަބުންނެވެ. ފަލަކްއަށް ދެރަގޮތެއް ވާން ޒަމީރު ދޮކޮޅުހެދުމުންނެވެ. އޭނަގެ ސަބަބުން އަންހެންކުއްޖަކަށް އެހާ ބޮޑު ނިކަމެތިކަމެއް ލިބުމުންނެވެ.

ވަގުތުގެ ނާޒުކުކަމާއެކު ޔޫޝައު ހިޔާރުކުރީ ހިމޭންކަމެވެ. އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭރު ފަލަކްގެ ގިސްލުމުގެ އަޑު މަޑުން ނަމަވެސް އިވެއެވެ. ފަލަކް ރޯއަޑަށް މަންމަމެން އައިސް ބޮޑު މައްސަލަގަނޑެއް ކުރިމަތިނުވަނީސް ހައްލުކުރަން އޭނަގެ ސިކުނޑި ބާރުއެޅިއެވެ. ލަސްފިޔަވަޅުތަކެއްގައި ގޮސް އޭނަ ފަލަކް އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑި ދަމާލަމުން އިށީނެވެ. އެވަގުތު ފަލަކްގެ ތުންފަތުގައި ދުވެލި މަކަރުވެރި ހިނިތުންވުން ޔޫޝައުއަށް ވަނީ ސިއްރުކުރެވިފައެވެ.

ޔޫޝައު ފަލަކްގެ ކޮނޑުގައި ހިފާލީ އޭނަގެ ހިތާއި ދެކޮޅަށެވެ. ކިތަންމެ ފަހަރަކު އަތް ދަމައިގަންނަން ވެސް ހިތަށް އެރިއެވެ. ފަލަކް އިނީ ޔޫޝައުގެ އަތް ބީހުނު ހިސާބުން ކަރަންޓް ބާނީތައް އުފެދޭވަރުން ނޭވާ ހިފަހައްޓާއިގެންނެވެ. ޔޫޝައު ވާހަކަ ދައްކާލާނެ އިރަކަށް އިންތިޒާރުކުރެވުނީ ކެތްތެރިކަމެއް ނެތިއެވެ.

”އައެމް ސޮރީ…” ޔޫޝައު ބުނިހާ ވެސް އެއްޗަކީ އެއީއެވެ. އޭނަ ދެން އެތާ މަޑުކުރުމެއް ނެތި ނުކުމުގެން ދިޔައީއެވެ.

”ޖަސްޓް ސޮރީ؟…” ފަލަކްއަށް ހަރަކާތެއް ވެސް ގެންނަން ނޭގުނެވެ. ޔޫޝައުގެ ފަރާތުން ފެންނާނެކަމަށް ދެކެވުނު ފޮނި އުއްމީދުތައް ވިއްސިވިހާލިވެގެން ދިޔައެވެ. އޭނަ ހީކުރީ ޔޫޝައު އޭނަގެ ކަރުނަތައް ފޮހެލަދޭނެކަމަށެވެ. ނަމަވެސް އޭނަގެ މޫނުގައި އަޅާލެވިފައިވާ ދެއަތް ވެސް އެންމެ ކުޑަމިނުން ދުރުކޮށްލަން އުޅުނީކީ ނޫނެވެ. މެޔަށް ލޮޅުންގަނޑެއް އަރައިގެން ދިޔައެވެ. މިފަހަރު ލޮލުން ހިލުނީ ހަޤީޤީ ކަރުނަތަކެވެ. އޭނަގެ ހިތް ރޯލިއެވެ.

ފަލަކް ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އޭނައަށް ގޮވާލުމުންނެވެ. އެއީ މަންމަގެ އަޑުކަން އޭނައަށް އެނގުނެވެ. އޭނަގެ އަތުގައި ހިފާ ކޮޅަށް ނެގިކަން ވެސް އެނގުނެވެ. އެއާއެކު ހަލުވި ހިނގުމެއްގައި މާހުތާބް މިސްރާބު ޖެހީ ބޭރަށް ނުކުތުމަށެވެ. މަންމަގެ މޫނު ފެނި ފަލަކްގެ ހިތް ބިރުން ގޮސް ރޫރޫއަޅައިގަތެވެ. މަންމަ އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން މަންމައަށް ގޮވާވެސް ލެވުނެވެ. އެއާއެކު މާހުތާބް ކަޅިއަޅާލިއެވެ. އޭނަ ގޮސް މަޑުކޮށްލީ ޖަނބުރޯލު ގަސްކައިރިއަށެވެ. މާހުތާބް ފަލަކްގެ އަތުން ދޫކޮށްލުމާއެކު އޭނައަށް އަތުގައި ފިރުމާލެވުނެވެ. އެހިސާބުގަނޑު ވަނީ ރަތްވެފައެވެ.

”ފަލަކް އަކީ ސިކުނޑި ހަމަނުޖެހޭ މީހެއްތަ؟…” ފަލަކްގެ ބޮލުގައި ޝަހާދަތްއިނގިލި ޖައްސާ ކޮއްޕާލަމުން މާހުތާބް ބުންޏެވެ. އޭނަގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ”ތިވިސްނުމުގެ ބޭނުން ނުހިފާނަމަ ގިނަ ދުވަހެއް ނުވެ ފޮށިތަންމަތި ބަނދެގެން މިގެއިން ނުކުމުގެން ދާން ޖެހޭ ދުވަސް އޮންނާނީ ބޯމަތިވެފަ، މަށަށް އިވުނޭ ފަލަކް ދެއްކި ވާހަކަތައް، އަދި މިއުޅެނީ ކައިވެންޏަށް އެއްދުވަސް ވެސް ނުވެގެން، މަ ބުނި ގޮތަށް ކަންތައް ކޮށްގެން ހުރިނަމަ މާރަގަޅެއްނު، އޭނައަށް މިހާރު ޝައްކުނުވިއްޔާ ވެސް ރަގަޅު، އެހާހިސާބަށް ދިއުމުގެ ކުރިން މަގޭ ލަފާ ހޯދުން ވެސް މުހިންމު ކަމަށް ނުވި ދޯ؟…. ގަމާރުވިޔަސް ތީ ދެން ބޮޑުވަރު…” މާހުތާބްގެ އަޑު މަޑެވެ. އެހެނަސް އަޑުގައިވާ ރުޅިވެރިކަން ސިއްރެއް ނުވެއެވެ.

”ބަލަ ޔޫޝައުއަށް ނޭގޭ ގޮތަށޭ މަ ވާހަކަ ދެއްކީ…” ފަލަކް ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުންޏެވެ. މަންމަ ހީކުރާހާ އޭނައަކީ ބޯގޯސް މީހެއް ނޫނެވެ. އޭނަ ނެތްނަމަ މަންމަގެ ރޭވުމުގައި ހަޤީޤީ ކުލަ ޖެހުމުގެ ފުރުސަތު ވެސް ހަނިވެގެން ދިޔައީސްކަން ކަށަވަރެވެ.

”މަށަށް އަޑު އިވުނޭ ފަލަކް ދެއްކި ވާހަކަތައް، މަށަށް މިހާ މޮޔަ ކުއްޖެއް ލިބުނީ ކީއްވެގެންތަ؟…” މާހުތާބް ދަތްކުނޑިވިކާލިއެވެ. ފަލަކްއާ ހެދި އޭނަ ކުރި އަގުބޮޑު މަސައްކަތްތަށް ފެނަށް ވެގެން ދާކަށް އޭނަ ބޭނުމެއް ނޫނެވެ. ޔޫޝައުގެ މުދާ ގަނޑާ ގާތަށް ދެވިފައިވާއިރު ފަލަކްގެ މޮޔަކަމާ ހުރެ ރޭވުން ނާކާމިޔާބު ވެދާނެތީ އޭނަ ބިރުގަނެއެވެ. އޭނައަށް އެހިސާބަށް އާދެވިފައިވަނީ ވެސް ބޮޑެތި ޤުރުބާނީތަކާއެކުގައެވެ.

”މަންމަގެ ކަންފަތުގައި މައްސަލަ ހުރިހެން މަށަށް ހީވަނީ، ޔޫޝައުއަށް އަހަރެން ދެއްކި ވާހަކަތަކުން އެއްވެސް ވަރަކަށް ޝައްކުވުމުގެ ފުރުސަތެއް ނޯންނާނެ، އަހަރެން މީ މޮޔައެއްތަ އެހާ ވަރުން ބޭނުންވި ކަންތައް ފުރިހަމަވުމުން ކަތި ފިޔަވަޅެއް އަޅަން؟…” ފަލަކް ދެލޯއަޅާލިއެވެ.

”ދެން ހުއްޓާލާ، ވެދިޔަ ކަމެއް ވެނިމުނީ، ދެން އެކަން ބަދެއްލެއް ވެސް ނުކުރެވޭނެ، މީގެ ފަހުން ވިސްނައިގެން އުޅޭނީ، ހެވިދިއްލިގެންނެއް ނޫން ގޭތެރޭގަ އުޅޭނީ…. ނިކަން ވިސްނުންތެރިކަމާއެކު އުޅެން ޖެހޭނީ، އެބަލްޤީޝް އަކީ ކޮންކަހަލަ މީހެއްކަން އެންމެ ރަގަޅަށް އެނގޭނީ މަށަކަށްނު، އޭނަ ފަލަކްއާއި ޔޫޝައުގެ ކައިވެނި ހަމަޖެއްސީ ކޮންމެހެން ފަލަކްގެ ހާލަތާ މެދު ހަމްދަރުދީވެގެންނެއް ނޫން، އަހަރެން ޔަޝްމްއަށް ހަޤީޤަތް ހާމަކޮށްފާނެތީ ބިރުން، އޭނައަށް މުހިންމީ ހަމައެކަނި އިޒްކާން…” މާހުތާބް ބުނެލިއެވެ.

****

ހަވީރު ވީއިރުވެސް ދީމް ކޮޓަރިން ނުނިކުންނާތީ ޖުވޭރިޔާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. އޭނަ ދީމްގެ ކޮޓަރީގެ ދޮރުގައި ޓަކިދޭން ހުއްޓާ ޔޫސުފްގެ އަޑުއިވުނެވެ. އޭނަ ފަސްއެނބުރި ބަލާލިއެވެ. އޭރު ޔޫސުފް ހަރުކޮށް ހިނގާލާފައި އެދިމާއަށް އާދެއެވެ. އެމޫނުމަތިން ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ.

”އަދިވެސް ކޮޓަރިން ނުނިކުންނަނީތަ؟…” ޔޫސުފް އެހިއެވެ. ޖުވޭރިޔާ ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލިއެވެ. ޖުވޭރިޔާއަށް ހުރީ ރޮވެން ކައިރިވެފައެވެ. ދީމްއަށް ކަމެއް ވެދާނެތީ އޭނަ ހުރީ އިންތިހާއަށް ބިރުގެންފައެވެ. އެހެނީ ދީމްގެ ސިއްރުތައް އެނގުނުފަހުން އޭނައަށް ހަމަޖެހިލައިގެން ނޭވާއެއް ލެވޭކަމަކަށް ނުވެއެވެ. އަބަދު ވިސްނެނީ ދީމްގެ ހާލާ މެދުގައެވެ.

”ދަރިފުޅާ، ދޮރުހުޅުވަބަލަ….” ޔޫސުފް ދޮރުގައި ޓައިދޭން ފެއްޓިއަޑަށް ނިދިމޫނަކާ އެކު އައިސް ދީމް ދޮރުހުޅުވާލައިފިއެވެ. އެދިގު އިސްތަށިގަނޑު ވެސް އޮތީ ހޭވިފައެވެ. ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. މޫނާއި ނޭފަތުގައި ރަތްކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ޖުވޭރިޔާގެ ހިތުގައި ރިއްސާލިއެވެ. ޔޫސުފް ދަރިފުޅުގެ މޫނަށް ބަލަން ހުރީ ފަރުވާތެރިކަމާއެކުގައެވެ. އެއްޗެއް ދެނެގެންނަން އުޅޭހެންނެވެ.

”ދަރިފުޅު ބަލިވީތަ؟…” ބައްޕަގެ ފަރާތުން ކުރިމަތިވެދާނެ ސުވާލަކަށް ކަންބޮޑުވެފައި ހުރި ދީމްގެ ހާސްކަމަށް އެސުވާލުން ނިމުން ގެނެސްދިނެވެ. ރޭ ވެސް އޭނަގެ ލޯރަތްވެފައި ހުރުމުން ބައްޕަ އެތަކެއް ސުވާލަކާ ކުރިމަތިލާން ޖެހުނެވެ. އެސުވާލުތަކުން ރެކިގަނެވުނީ މަންމަގެ އެހީއާއެކުގައެވެ.

”އާނ، ބޮލުގަ ރިއްސާތީ މިއުޅެނީ….” ދީމް ބުންޏެވެ. ޔޫސުފްގެ މޫނުގެ ކުލަވަރު ދީމްގެ ޖަވާބާއެކު ބަދަލުވެގެން ދިޔައެވެ. ”ބައްޕާ ބޭސްކަނިކޮށް ރަގަޅު ވެދާނެއޭ، ޔޫ ނޯ ދެޓް އައެމް އެ ސްޓްރޯންގް ގާރލް…” ފަނޑުހިނިތުންވުމަކާއެކު ދީމް ވާހަކަ ދެއްކިއެވެ. ޔޫސުފް ބޯޖަހާލި ކަމުގައި ވިޔަސް ދީމް ޑޮކްޓަރަށް ނުދައްކައި ހުރުމުން އޭނަ ހިތްހަމެނުޖެހުނެވެ. ފޯނު ނަގައި ޢާއިލީ ޑޮކްޓަރަކަށް އޭނަ ގުޅާލިއެވެ.

****

ރޭގަނޑުގެ ވަގުތެވެ. ބަލްޤީޝްއާއި ޔަޝްމް ދިޔައީ ބާޒާރުކޮށްލާށެވެ. ޔަޝްމްގެ އެދުމުގެ މަތިން ފަލަކް ވެސް ގެންނަން ބަލްޤީޝް އެއްބަސް ވިއެވެ. ބަލްޤީޝް އެއްގޮތަކަށް ވެސް ހިތްހަމަޖެހުނުކަމަކަށް އެކަން  ނުވިއެވެ. ޔަޝްމް އެހާވަރުން ބުނުމުން ދެކޮޅުހަދަން އޭނައަށް ނުކެރުނީއެވެ. އެހެންނޫންނަމަ އެމީހުން ދާ ތަނަކަށް ފަލަކް އައުމުގެ ހުއްދައެއް ވެސް އޭނަ ނުދިނީހެވެ.

ފަލަކް ބާކީ ވެފައި ހުންނަތަން ފެނި ޔަޝްމްގެ ހިތަށް އަސަރުކުރިއެވެ. ފަލަކްގެ ކުށެއްނެތި ނިކަމެތިކޮށްލެވޭތަން ބަލަން އޭނައަށް ކެތްނުކުރެވުނީއެވެ. ޔަޝްމް އަކީ ބޮޑު ހިތެއް ލިބިފައިވާ ކުއްޖެކެވެ. އެހެން މީހުންގެ އުފާތަކަށް އިސްކަންދޭ ކުއްޖެކެވެ. މީހުންނަށް އަޅާލާ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ.

ބާޒާރުކޮށްލަން ދެވުމުން ފަލަކް ހުރީ އުފާވެފައެވެ. އޭނަ ދިޔައިރު ދިޔައީ ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ހިފައިގެންނެވެ.

ޔަޝްމްމެން ދިޔައީ ހުޅުމާލޭގައި އަލަށް ހުޅުވި މޯލްއެއް ބަލާލާށެވެ. އެއީ ބޭރު ކުންފުންޏަކުން ހުޅުމާލޭގައި ހުޅުވި ތަނެކެވެ. އެތަނަށް ދެވުނުއިރު މީހުންތައް ގިނައެވެ. އެތަނުގެ ބޮޑުކަމާއި ފުރިހަމަކަމާ ހުރެ ޔަޝްމް އަޖައިބު ވިއެވެ. މާލެއިން ފެނުނު ތަންތަނަށް ވުރެ މިތަން ހާސްބައި ފުރިހަމައެވެ. ފިލްމުތަކުން ފެންނަ ފަދަ ބޮޑު މޯލް އެކެވެ.

ސެންޓް ވިއްކާ ފިހާރައަކަށް ބަލްޤީޝްގެ ފަހަތުން ޔަޝްމް ވަނެވެ. ޔަޝްމްއަށް ކަމުދާ ފަދަ އެއްޗެއް ފެނޭތޯ ބެލުމަށް ބަލްޤީޝް އެދުނެވެ. ދެން އޭނަ ދިޔައީ އެތަނުގައި ހުރި އޭނަގެ ރައްޓެއްސެއްގެ ގާތަށެވެ. ދެމީހުން އިރުއިރުކޮޅާ ހިނިގަނޑު ޖަހާލާ އަޑު އިވެއެވެ. ސްޓޯލްތައް ކައިރިއަށް ހުއްޓެމުން ޔަޝްމް ސެންޓްފުޅިއެއް ނެގިއެވެ. އޭނަ ހުރި ހިސާބުން ބަލްޤީޝްމެން ނުފެނެއެވެ. ނަމަވެސް ހީގަންނަ އަޑު އިވެއެވެ.

”އޯހހހ، އައެމް ސޯ ސޮރީ…” ޔަޝްމް ސެންޓް ފުޅި ބަހައްޓަމުން އެނބުރުނު ވަގުތު އަންހެންކުއްޖަކު އައިސް އޭނަގެ ގައިގައި ބާރަކަށް ޖެހިގަތުމުން ހަށިގަނޑު ބެލެންސް ނުކުރެވި ވެއްޓިއްޖެއެވެ. އެއަންހެންކުއްޖާ އޭނަގެ އަތުގައި ހުރި ކޮތަޅުތައް ބިންމަތީގައި ބަހައްޓަމުން ޔަޝްމްއަށް އެހީވެދޭން އަވަސްވެގަތެވެ. ޔަޝްމްއަށް އެއަންހެންކުއްޖާގެ މޫނަށް އަވަސް ނަޒަރެއް ދެވުނެވެ. އެއީ އޭނައަށް ފެނިފައިވާ މޫނެކެވެ. ފެނުނުތަނެއް ހަނދާނަށް އަންނަ ގޮތެއް ނުވިއެވެ.

”އޯހް ގޯޑް ޔޫ އާރ ސޯ ހެވީ…” ހިމަތޮޅިހަށިގަނޑެއް ލިބިފައިވާ އެކުއްޖާ ބުންޏެވެ. ”ނީޑް އެ ހޭންޑް…” ފަހަތުން އިވިގެން ދިޔަ އަޑާއެކު ޔަޝްމްގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ. އޭނައަށް އެހިތްގައިމު އަޑުގެ ވެރިޔާއާ ދިމާއަށް ބަލާލެވުނެވެ. އެއީ ހަމަ އޭނައެވެ! އެޒުވާނާއެވެ! މިހާރު އޭނައަށް ސާފުވެއްޖެއެވެ. އެއަންހެންކުއްޖާއަކީ އެޒުވާނާގެ ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެވެ.

”އޯވވވ…. މައި ހީރޯ، ހެލްޕް ހާރ….” ތުއި އަޑަކުން އޭނަ ބުނެލިއެވެ. އަދި ޒުވާނާއަށް ބަލާލިއެވެ. އެއާއެކު ޔަޝްމްގެ ހިތަށް އުނދަގޫވިއެވެ. އެއައި ކުއްލި ބަދަލާ ހުރެ އޭނަ އަޖައިބު ވެސް ވިއެވެ. އެދެމީހުންގެ ދެމެދުގައި ކޮންމެ ފަދަ ގުޅުމެއް އޮތަސް އޭނައަށް ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް ހިތުގެ ޖަވާބު ތަފާތެވެ.

ޒުވާނާ ހިނިތުންވެލަމުން ދިއްކޮށްލި އަތުގައި ޔަޝްމް ހިފިއެވެ. އޭރު ނޭގޭ ތުރުތުރުލުމެއް އެހަށިގަނޑުގައި އުފެދިގެން ހިނގައްޖެއެވެ. ޔަޝްމްއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހިތުގެ ހިމަނާރާ ހަމައަށް ދުވެލި ޖަޒުބާތުތަކަށް ދޭނެ ނަމެއް ވެސް އޭނަގެ ވިސްނުމަކަށް ނައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

”ތޭންކްސް ބްރޯ، އަހަންނަށް ލިފްޓް ވެސް ނުކުރެވުނޭ، ގާރލް ޔޫ ނީޑް ޓު ލޫޒް ސަމް ވެއިޓް، އެނީ ވެއިސް، އިޓް ވޯޒް ނައިސް މީޓިންގް ޔޫ، އައެމް ޒޯޔާ…” ޒޯޔާ އަމިއްލައަށް ތަޢާރަފް ވެލިއެވެ. ޒޯޔާގެ ޖުމްލައިން ޔަޝްމްގެ ހިތަށް ސިހުން ގެނުވިއެވެ. ދެވަނަ ސިކުންތުގައި ހަމަޖެހުން ވެސް ގެނުވިއެވެ.

”ބްރާދާރ؟…” ޔަޝްމްއަށް ހިތާހިތުން ބުނެވުނެވެ. އެއާއެކު އޭނަގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބިގެން ދިޔައެވެ. ކީއްވެގެންކަމެއް ވިސްނައިގަންނަން މިފަހަރު ވެސް ނުކުޅަދާނަވިއެވެ. ޔަޤީނުންވުން އޭނަގެ މާޔޫސްކަމަށް ނިމުމެއް އަތުވެއްޖެއެވެ.

”އަހަންނަށް ކިހިނެއްތަ މިވަނީ؟… މޮޔަ ވަނީކަންނޭގެ… މީ ރަގަޅުކަމެއް ވެސް ނޫން…” ޔަޝްމްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އޭރު އޭނައަށް ފަރުވާތެރިކަމާއެކު އެޒުވާނާ ބަލަމުން ދިޔަކަމެއް ޔަޝްމްއަށް ރޭކާނުލިއެވެ.

”އަދިވެސް އެއްފަހަރު ސޮރީ، އަސްލު އަހަރެންގެ ކުށުން އެހެން އެވީ، ބަލައިގެން ދެވުނުނުނަމަ… ސޯ ވީއާރ ކޫލް ރައިޓް؟….” ޒޯޔާގެ މަޖާ މިޒާޖުން ޔަޝްމް ހެއްވާލުމުގައި ކާމިޔާބު ހޯދިއެވެ. ޔަޝްމް ބޯޖަހާލިއެވެ.

”ޔަޝްމް…” ޒޯޔާއާއި އެކުވެރިކަން ބަދަހިކުރަން ޔަޝްމްގެ ޒަމީރު ބާރުއެޅިއެވެ. ޔަޝްމް ދިއްކޮށްލި އަތުގައި ޒޯޔާ ހިފިއެވެ. އަދި ނުހަނު ގަޔާވެފައި ހުރެ ވާހަކަ ދެއްކިއެވެ. އެމަދު ވަގުތުކޮޅުގެ ތެރޭގައި އެކުވެރިކަން ވެސް ބަދަހިވެގެން ދިޔައެވެ. މިމަންޒަރު ބަލަން ޒުވާނާ ހުރީ ހިނިތުންވެލައިގެންނެވެ. ހަށަންބެނދެލައިގެން ހުރިއިރު ޔަޝްމްގެ މޫނަށް އެތޫނު ދެލޯ ހުއްޓިފައި ވެއެވެ.

”އޯހ، އެގުޅަނީ، މަންމަ، ލަސްވެގެން ކަންނޭގޭ، ދޮންބެ މި ކޮތަޅުތައް ނަގާބަ، އަހަރެންގެ ދެއަތް އައްސިވެފަ މިހުރީ….. ޕްލީޒް….” ޒޯޔާ އޭނަގެ ބޭބެއަށް ބަލާލަމުން ބުންޏެވެ. ޒޯޔާ ދަމުން ދިޔައީ ޔަޝްމްއަށް ހިނިތުންވެލަމުންނެވެ. އަދި އަތުން ”ބާއި” އޭ ވެސް ބުނެލިއެވެ.

”އަންޓިލް ނެކްސްޓް ޓައިމް، ޔަޝްމް…” ޒުވާނާ ދަމުން ބުންޏެވެ. އެރީތި އަޑު ޔަޝްމްގެ ކަންފަތުގެ ތެރެއަށް ވިރިގެން ދިޔައީ ހިތްގައިމު މިޔުޒިކެއް ފަދައިންނެވެ.

(ނުނިމޭ)

41
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Other Articles

Previous

ފޮހެވޭނޭ ބާއޭ… 29

Next

ފޮހެވޭނޭ ބާއޭ… 31

Next
December 23, 2015

ފޮހެވޭނޭ ބާއޭ… 31

Previews
December 22, 2015

ފޮހެވޭނޭ ބާއޭ… 29

8 Comments

  1. stardust says:
    December 22, 2015 at 11:35 pm

    muthaa, heyonuvaane haasaru kandhaafa vaahaka genesdybala, vaahaka mige zaathuga varah reethi, masalayaki haasaru ginakamun, plz consider this, alsu miharu konmeves clue eh deyn vehje eh nu izkaan ge past aa behey gothun, mutha u r talented, but plsss haasaru madhukohla dybala…

    1. vily says:
      December 23, 2015 at 2:03 am

      Yessss ure right my friend

  2. Z says:
    December 22, 2015 at 11:51 pm

    Mu prt ves v salhi…. dhn knme dhuhukuves 2 prt up kohdhehchey…… ???

  3. Anonymous says:
    December 23, 2015 at 12:15 am

    this is nonsense…. so boring

  4. zeyn says:
    December 23, 2015 at 12:17 am

    vayey bunyas vai vaaahaka eh meee…..

  5. nuhnu? says:
    December 23, 2015 at 1:05 am

    Haasaru eii koacheh tha????
    Story hama nice..?

  6. sadhaaa says:
    December 23, 2015 at 7:28 am

    Varah nice

  7. kamana says:
    December 23, 2015 at 11:52 am

    Nice ??

Comments are closed.

All Right Reserved!