Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 33

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 23, 2015 7 Mins Read
2 Comments

”ނަވްރަސް!…” ޔަޝްމްގެ ދުލަކާ އަމައަށް އެލަފްޒުތަކެއް ނައެވެ. ޔަޝްމް ހުރީ ކުރިއަށް ހިނގައިގަންނަން ނޭގިފައެވެ. މީހާ ވަނީ ގަނޑުވެފައެވެ. މިއީ ހަޤީޤަތެއް ބާވައެވެ؟ ކުރިމަތިން ފެންނަން އެއިނީ ދެވަނަ މީހެއް ނޫނެވެ. އެއީ ޒޯޔާގެ ދޮންބެ އެވެ. ޔަޝްމްއަށް ހިންދިރުވާލެވުނެވެ. އެތަނުން ނުކުމެގެން ދާން ސިކުނޑި ބާރުއެޅިކަމުގައި ވިޔަސް އޭނަގެ ހިތް ބުނަނީ އެހެން އެއްޗެކެވެ. ޔަޝްމްއަށް ނޭވާލާން ހަނދާންވީ ވެސް އިރުކޮޅެއް ފަހުންނެވެ. ފުރަގަހުން ލެއްޕިގެން ދިޔަ ދޮރުން ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަން މުގުރާލައިފި އެވެ. އޭރު ޑރ.ނަވްރަސް އާއެކު އިން އެހީތެރިޔާ ވެސް ޔަޝްމްއަށް ބަލަން އިނީ ހައިރާންކަން މަތީގައެވެ. ޔަޝްމް ލަދުގަތެވެ. ނިކުމެގެން ދާން ކިތަންމެ ފަހަރަކު ބޭނުން ވިއެވެ.

ޔަޝްމްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭރު ތަކުރާރުކޮށް އެތަނުން ދިއުމަށް އޭނަގެ ސިކުނޑި ލަފާ ދިނެވެ. ނަމަވެސް އޭނަ އެހީ ހިތުގެ އަޑެވެ. ނަވްރަސްގެ ތޫނު ދެލޮލުން ހިތް ތޮރުފާ ކަހަލައެވެ. އެދެލޮލުގައި ވެސް ވަނީ ހައިރާންކަމެވެ. އޭނަ ފެނުމުން ކަމަށް ވެސް ވެދާނެއެވެ.

ނަވްރަސްއަށް ބަލާލެވުނީ އޭނަގެ އަތުގައި އޮތް ފައިލަށެވެ. އެއަށް ފަހު ބުމަ އަރުވާލަމުން ޔަޝްމްއަށް ނަޒަރު ހުއްޓާލިއިރު ކަންބޮޑުވުމުގެ އަސަރު އެދެލޮލުން ފާޅުވޭވޭ ހުއްޓެވެ. ޔަޝްމް ފިނިވެފައި ވާ ދެއަތް ޖޯޑުކޮށްލަމުން އައިސް އޭނައަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީންދެލީ ނަވްރަސް އެގޮނޑިއަށް އިޝާރާތް ކުރުމުންނެވެ. އޭރު ވެސް ނަވްރަސްގެ ނަޒަރު ޔަޝްމްގެ މޫނުން ވަކިވާ ގޮތެއް ނުވެއެވެ. މިކަމާހުރެ ޔަޝްމްއަށް އިސްއުފުލާލާކަށް ވެސް ނުކެރުނެވެ. އޭނަ އަތުގެ އިނގިލިތަކާ ކުޅެލަމުން ދިޔައެވެ. ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސް ވެފައެވެ.

ޔަޝްމްއަށް އެކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. ދެން އޭނަގެ ނަޒަރު އަމާޒުވެގެން ދިޔައީ އެހީތެރިޔާއަށެވެ. ނަވްރަސްއަށް ވިސްނުނީ ކަންނޭގެއެވެ. ޔަޝްމް އެއިނީ ޖެހިލުންވެފައިކަމެވެ. ލޮލުގެ އިޝާރާތުން އެހީތެރިޔާ ގާތު ދިއުމަށް ނަވްރަސް ބުންޏެވެ. ބޯޖަހާލަމުން އޭނަ ނިކުމެގެން ދިޔައީ ޔަޝްމްއަށް ވަގުތު ދެމުންނެވެ.

ނަވްރަސް އާއި ޔަޝްމްގެ ދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ނަވްރަސް ދިޔައީ ޔަޝްމްގެ މޫނު ދިރާސާ ކުރަމުންނެވެ. ޔަޝްމް އިސްއުފުލާލުމާއެކު ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ޔަޝްމްއަށް އެދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ނަވްރަސް އެވިސްނަނީ އޭނައާ މެދު ހެއްޔެވެ؟ ނޫނީ ކޮންމެ ބަލިމީހަކާ މެދު ނަވްރަސް ވިސްނާ ހެއްޔެވެ؟ ޔަޝްމްއަށް ނޭވާލުން ވެސް ވެގެން ދިޔައީ އުނދަގޫކަމަކަށެވެ. ނަވްރަސް އޭނަ އިން ގޮނޑިން ތެދުވެލައިގެން އައިސް ޔަޝްމްއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އަދި އޭނަގެ ސަމާލުކަން ޔަޝްމްއަށް ހުއްޓާލިއެވެ.

”ބްރީތް…” ނަވްރަސް ބުންޏެވެ. ޔަޝްމް ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ.

”ނަވްރަސް…” ޔަޝްމްއަށް ހިތާހިތުން ބުނެވުނެވެ. ރީތި ނަމެކެވެ. މިހުރިހާ ދުވަސް ވަންދެން އޭނަ އެނގެން ބޭނުންވި ޒުވާނާގެ ނަން މިއެނގުނީ ކޮން ފަދަ ގޮތަކަށް ހެއްޔެވެ؟ ތަޤްދީރުގެ ރޭވުންތެރިކަން ނިކަން ދެކިބަލާށެވެ. ނަވްރަސް އާއި އޭނަ މިފަދަ ގޮތަކަށް ބައްދަލު ވެދާނެކަމަކަށް އޭނަ ހީވެސް ނުކުރެއެވެ. ނަމަވެސް މިއޮތީ ބައްދަލު ވެފައެވެ. އޭނަ އެނގެން ބޭނުންވާ ސިއްރުތަކާ ހަމައަށް ވާސިލް ވެވޭނީ ނަވްރަސްގެ އެހީއާ އެކުގައެވެ. ސުވާލަކީ ނަވްރަސް އޭނައަށް އެހީވާނެ ހެއްޔެވެ؟ ޔަޝްމް އަތުގެ އިނގިލިތަކާ ކުޅެލަމުން ދިޔައިރު އިސްއުފުލާލާނެ ހިތްވަރެއް ވެސް އޭނަގެ ނެތެވެ. ވާހަކަ ދައްކަން ބޭނުންވިއެއް ކަމަކު ދުލުގައި ހަކަތައެއް ނެތެވެ. ނުވީތާކަށް ނަވްރަސް އެހާ ގާތުގައި އިނުމުން އުނދަގޫތަކެއް ވިއެވެ. މިވަރުން އޭނަ އައި ބޭނުން ހާސިލް ވާނީ ކިހިނެއް ހެއްޔެވެ؟ މިޝްޔާގެ ޑޮކްޓަރަށް ނަވްރަސް ނުވިނަމަ މިހާ އުނދަގޫ ނުވީސްކަން ނޭގެއެވެ. ޖެހިލުންވުމެއް ނެތި އަހާލެވުނީސްކަން ނޭގެއެވެ.

ނަވްރަސް އިނީ ޔަޝްމްއަށް ވަގުތު ދީގެންނެވެ. އެގޮތުގެ މަތީން މިނެޓްތަކެއް ފާއިތުވެގެން ދިޔައެވެ. ޔަޝްމްއަށް އެހީވާން ނަވްރަސް ކިތަންމެހާ ވެސް ބޭނުމެވެ. ޔަޝްމް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ޔަޝްމްއަށް ހާއްސަ ސަމާލުކަމެއް ދެވިފައި ވެއެވެ. އެދުވަހުގެ ބައްދަލުވުމަށް ފަހު ޔަޝްމްއާ ބައްދަލުވާނެ ކަމުގެ އުއްމީދު އޭނަ ދުވަހަކުވެސް ކަނޑާ ނުލައެވެ. ޔަޝްމް އަކީ އެހެނިހެން އަންހެން ކުދިންނާ ތަފާތު އަންހެންކުއްޖެކެވެ. އޭނަގެ ހިތުން ޔަޝްމްއަށް ޖާގައެއް ދެވިއްޖެކަން ކަށަވަރެވެ. މިއަދު ކުއްލިޔަކަށް ޔަޝްމް އޭނަ ގާތަށް ފަރުވާއަށް އެދިގެން އައުމުން ހިތުގައި ރިއްސާލި ސަބަބަކީ އެއީއެވެ. ހިތަށް ކެތްނުވާނެ ވަރުގެ ސިއްރެއް ޔަޝްމްގެ ފަރާތުން ފާޅުވެގެން ހިނގައިދާނެތީއެވެ. ނަމަވެސް އޭނަ ކެތްތެރިވާނެއެވެ. ޔަޝްމްއަށް އެހީވެދޭނެއެވެ. ނަފްސާނީ މައްސަލަ ހުރުމަކީ މީހާ ބާކީކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ. އެފަދަ މީހުންނަށް ބޭނުންވާނީ ލޯތްބާއި އަޅާލުމެވެ. އެއްބާރުލުމެވެ.

ޔަޝްމް ހިތްވަރުކޮށްލަމުން ވާހަކަދައްކަން އުޅުނެވެ. ހިމޭނުން އިނދެގެން އޭނަ އައި ބޭނުން ފުރިހަމައެއް ނުކުރެވޭނެ އެވެ.

”އައި ނީޑް ހެލްޕް، އަހަރެންގެ އެކުވެރިއަކަށް ވީ ގޮތް އޮޅުން ފިލުވަން ބޭނުންވަނީ… އެއީ ޑޮކްޓާރގެ ކުރީގެ ޕޭޝެންޓެއް… މިޝްޔާ ކިޔަނީ…. އައި ނީޑް ޓު ނޯ ވައި ޔޫ ޓްރީޓެޑް ހާރ…..” ޔަޝްމް ކުޑަކޮށް އަޅައިގަންނަމުން ބުންޏެވެ.

ނަވްރަސްއަށް ޔަޝްމްއަށް ބަލަން އިނދެވުނީއެވެ. ހައިރާންވެފައެވެ. ޔަޝްމް އޭނަ ގާތަށް އައީ އެސަބަބާ ހުރެ ހެއްޔެވެ؟ ޔަޝްމް ބުންޏަސް އެއީ އޭނައަށް ކުރެވޭނެ ކަމެއް ނޫނެވެ. ހޮސްޕިޓަލުގެ ޤަވާއިދުތަކާ އޭނައަށް ޚިލާފު ވެވޭކަށް ނެތެވެ. ބަލިމީހުންގެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަކީ މަނާކަމެކެވެ. ހަމައެއާއެކު ވަކިން ހާއްސަގޮތެއްގައި މިޝްޔާގެ އެވެ. ޔަޝްމް އެހާވަރުން މިޝްޔާގެ ވާހަކަ އޮޅުން ފިލުވަން އުޅުމުން ހިތުގައި ސުވާލު އުފެދުނެވެ.

”ވަރަށް ބޮޑު އުއްމީދަކާއެކު މިއައީ، އަހަރެން ބޭނުންވަނީ މިޝްޔާއަށް ޓްރީޓްކުރަން ޖެހުނު ސަބަބު އޮޅުން ފިލުވަން…..” ޔަޝްމް އާދޭހުގެ ރާގަކަށް ބުންޏެވެ.

ނަވްރަސް ގޮނޑިން ތެދުވެލިއެވެ. އެއާއެކު ޔަޝްމްއަށް އިސްއުފުލާލެވުނެވެ. އޭނަ ކުރި ސުވާލުން ނަވްރަސް ހިތްހަމެނުޖެހުނީކަމަށް ހީކޮށެވެ.

”މާފްކުރައްވާ، ބަލިމީހުންގެ މައުލޫމާތު ހިއްސާކުރުމަކީ ހޮސްޕިޓަލްގެ ޕޮލިސީއާ ޚިލާފުކަމެއް….” ނަވްރަސް ސާބިތު ކަމާއެކު ބުނެލިއެވެ. އެއާއެކު ޔަޝްމްގެ އުއްމީދުގެ ހުޅުކޮޅު ނިވުނުހެން ވެސް ހީވިއެވެ. ނުބައި ގޮތެއް ހިތަށް ވެގެން ދިޔައެވެ. އެހެންވާކަށް އޭނަ ނޭދެއެވެ. މިއީ ހަޤީޤަތް ހޯދަން އަލިއެޅުނު ހަމައެކަނި މަގެވެ. އެއަލިކޮޅު ނިވިގެން ދާކަށް އޭނަ ނޭދެއެވެ.

”ޕްލީޒް…” ޔަޝްމްގެ އަޑުގައި ވަނީ އާދޭހެވެ. ޔަޝްމް ނަވްރަސްއަށް ބަލާލި ގޮތުން އޭނަ އަށް އުނދަގޫ ވިއެވެ. ޔަޝްމްއަށް ފުރަގަސް ދެމުން ގޮސް އޭނަ ކުރިން ވެސް އިން ގޮނޑީގައި އިށީނެވެ. ޔަޝްމްގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ.

”ޕްލީޒް…” ޔަޝްމް އަނެއްކަ ވެސް ތަކުރާރުކޮށްލިއެވެ. އެދެލޮލުގައި ވެސް ވަނީ އާދޭހެވެ. ނަވްރަސްއަށް ޖެހުނީ އެކަންތައް ނުފެންނަ ކަމަށް ހަދާށެވެ.

”އެނީތިންގް އެލްސް އައިކޭން ހެލްޕް ޔޫ ވިތް؟…” ނަވްރަސް ބުންޏެވެ. އެއާއެކު ނަވްރަސްގެ ފަރާތުން އެއްވެސް އެއްޗެއް ނޭގޭނެކަން ޔަޝްމްއަށް ނަގައިގަނެވުނެވެ. ފާޑެއްގެ ކޫސަނި ރުޅިގަނޑެއް ވެސް އަތުވެއްޖެއެވެ. އޭނަ ނަވްރަސްއާ ދިމާއަށް ބަލަން ހުރެފައި ބާރުބާރަށް ހިނގާލާފައި ގޮސް ނިކުމެގެން ދިޔައެވެ. ޔަޝްމް އޭނަ ދެކެ ހިތްހަމަނުޖެހިފައި ނުކުމެގެން ދިޔުމުން ނަވްރަސްގެ ހިތުގައި ރިއްސާލިއެވެ. ޔަޝްމްގެ ފަހަތުން ގޮސް ހުއްޓުވަން ނަވްރަސްގެ ހިތަށް އެރިއެވެ. ނަމަވެސް އޭނައަށް އެފުރުސަތު ނުލިބުނީ އިތުރު ބަލިމީހަކު ރޫމްއަށް ވަނުމުންނެވެ.

ޔަޝްމް ބާރުބާރަށް ހިނގާލާފައި ގޮސް ހޮސްޕިޓަލްގެ ޕޯޓިކޯއަށް ނިކުތެވެ. އޭނަ އައީ ހާދަ ފޮނި އުއްމީދުތަކާ އެކުގައި ހެއްޔެވެ؟ ނަމަވެސް ލިބުނީ ހިތި ނަތީޖާއެކެވެ. ނަވްރަސް ފާޅުގައި އިންކާރުކުރީއެވެ. އޭނަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރުޅިއައިސް އެތަނުން ނުކުމެވުމުން ފަހުން އެކަމާ މެދު ދެރަވެސް ވިއެވެ. ޔަޤީނެވެ. ނަވްރަސް އޭނަ ދެކެ ހުންނާނީ ފޫހިވެފައެވެ. ރުޅިއައިސްފައެވެ. އެޚިޔާލުން އެކަނި ވެސް ޔަޝްމްގެ ހިތަށް އުނދަގޫކުރިވިއެވެ. މިހެން ކަންތައް ވީ ކީއްވެގެން ހެއްޔެވެ؟ މިޝްޔާގެ ޑޮކްޓަރަށް ނަވްރަސް ނުވިނަމައެވެ. ހިތާހިތުން ޝަކުވާ ކުރެވުނު އަދަދެއް ނޭގެއެވެ. ނަމަވެސް އެހާ ފަސޭހައިން ބަލި ޤަބޫލުކުރާ ފަދަ ޚިޔާލެއް އޭނަގެ ނެތެވެ. އޭނަ ސިކުނޑީގައި ރޭވުމެއް ރާވާލައިފިއެވެ. އެކަމަކު އެރޭވުން ކާމިޔާބު ވެދާނެ ކަމާމެދު ހިތުގައި ޝައްކު އުފެދުނެވެ.

ޔަޝްމް ގެއަށް ދާން ހަނދާން ވީ ވެސް ގަޑިން ވީއިރެއް އެނގުމުންނެވެ. އެއާއެކު ބިރުވެސް ގަތެވެ. ބަލްޤީޝްއަށް ޝައްކު ވެދާނެތީއެވެ.

ޔަޝްމް ގެޔަށް ދިޔަ މަގުމަތީގައި ބަލްޤީޝްގެ ފޯންކޯލެއް އައެވެ. ލަސްވެގެންނެވެ. ބަލްޤީޝްގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.

”މަންމާ، މިހާރު ގެއަށް ދާ މަގުމަތީގަ މިހުރީ….” ޔަޝްމް ބުނެލިއެވެ. ބަލްޤީޝް ޔަޝްމްއާ ވާހަކަ ދައްކާލަމުން ފޯނު ބޭއްވިއެވެ. ގެއާ ހަމައަށް ދެވެން ދެން ޔަޝްމްއަށް ވިސްނުނީ ނަވްރަސްއާ މެދުގައެވެ. އަމިއްލަ ނަފްސާއި ޝަކުވާ ކުރެވުނު އަދަދެއް ނޭގެއެވެ.

****

ވިއްސާރަ ދުވަހެކެވެ. ވިއްސާރަވިލާތަކުން އުޑުމަތި ބައްދާލައި އަނދިރިކޮށްލާފައި އޮތެވެ. ހިމަފޮދު ވާރޭގެ ހަމަލާތައް އަމާޒުވަމުން ދިޔައިރު ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކަށް ނިމުމެއް ނެތް ފަދައެވެ. ހިމާޔަތެއްނެތިފައި ތިބި ގަސްތައް ވައިރޯޅީގެ ހަމަލާތަކަށް ކެތްނުކުރެވިގެން އުޅެއެވެ. އެކީއެކައްޗަކަށް ފަޒާގައި ގުގުމާލަމުން ދިޔައީ ރޯޅިތަކުގެ ބޫން އަޑުފަށްގަނޑެވެ.

ޔަޝްމްއަށް ކޮލެޖަށް ދެވުނު އިރު ވިއްސާރަ ބޯކޮށްލައިފިއެވެ. ކުޑައެއްގެ އެހީގައި އޭނަ ކްލާސްރޫމަށް ދާން މިސްރާބު ޖެހި ތަނާ ޒޯޔާ ގޮވާލިއެވެ. ޒޯޔާ ވެސް އޭރު ރަތް ކުލައިގެ ކުޑައެއްގެ ހިޔަލުގައި އެދިމާއަށް އާދެއެވެ. ވާރޭކޯޓްގައި ހުރި ނަވްރަސް ޔަޝްމްއަށް އެވަގުތު ފެނުނެވެ. ޔަޝްމްއާ ދެމީހުން ހަތަރުކަޅި ހަމަވީތަނާ ނަވްރަސް ސައިކަލު ދުއްވާލައިފިއެވެ.

ޔަޝްމްގެ މޫނު މިލައިގެން ދިޔަ ތަން ޒޯޔާއަށް ފެނި ސުވާލުކޮށްލިއެވެ. ޔަޝްމްގެ ޖަވާބަކަށް ވީ މޫސުމެވެ. ޒޯޔާ ވެސް މޫސުމާ މެދު ހިތްހަމަ ނުޖެހޭ ވާހަކަ ބުނެލިއެވެ.

ދެއެކުވެރިން ކްލާސް ރޫމަށް ދިޔައީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.

”ޔުމްއަށް އެނގޭތަ ދޮންބެ ވަރަށް ނުބަލާނެ ގާރލްސްއަށް، އެކަމާ ހުރެ އަހަރެން ވަރަށް ކަންބޮޑުވެފަ ހުއްޓާ ޔުމްއާ ބަދައްލުވީ ދުވަހު ދޮންބެއަށް އައި ބަދަލު ދުވަހަކުވެސް ފެނިފައި ނުވޭ، ޔޫ ނޯ ވަޓް؟… ދޮންބެ ޔުމްއަށް ބަލާ ގޮތުން ހީވޭ ވަރަށް ސްޕެޝަލް ހެން، ލައިކް ވެރީ ސްޕެޝަލް…..” ލުއި ހުނުމަކާއެކު ޒޯޔާ ބުންޏެވެ. ޔަޝްމްއަށް ޒޯޔާގެ މޫނަށް ބަލާލެވުނެވެ. އިވުނު ޖުމްލައަކީ ހީއެއްކަމަށް ހިތާއެވެ.

”އެހެންވެޔޭ ސިންގަލް ތޯ އެހީ ވެސް، އެވާހަކަ އިއްޔެގަ ދޮންބެ ގާތު ބުނީމަ އެހާ ވަރަށް ހިނިތުންވީ ވެސް، ހީޒް ރިއަލީ އިންޓު ޔޫ…” ޒޯޔާ ދިމާކުރާ ފަދަ ރާގަކަށް ބުންޏެވެ. ޔަޝްމް ހުރީ ހިނިތުންވާން ވެސް ނޭގިފައެވެ. ޒޯޔާގެ ޖުމްލައިން އުފާވެސް ވިއެވެ. އެހެނަސް ރޭ ހިނގި ހާދިސާއަށް ފަހު މަންޒަރު ބަދަލުވެގެން ހިނގައިދާނެތީ އޭނަ ބިރުގަތީއެވެ. އަދި އޭނަގެ ހަޤީޤަތް އެނގުމުން ނަވްރަސް އެފަދަ ނަޒަރިއްޔާއަކުން އޭނައަށް ބަލާނެހެއްޔެވެ؟ އެދުވަހަކުން އެގުޅުން ފެށުމުގެ ކުރިން ފަހު ނޭވާ ދޫކޮށްލާނެއެވެ.

ޔަޝްމްއަށް އެއްކަމެއް ޔަޤީނެވެ. އޭނަގެ ހިތުން ނަވްރަސްއަށް ހާއްސަ މަޤާމެއް ދެވިފައިވާ ކަމެވެ. އެއީ ލޯތްބަށް ވެދާނެ ހެއްޔެވެ؟ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލޯބި ވެވިދާނެ ހެއްޔެވެ؟ ދެމީހުންނަށް އަދި ރަގަޅަށް ވާހަކަ ދެއްކިފަކާ ވެސް ނެތެވެ.

ކްލާސްތައް ކުރިއަށް ދިޔައިރު ޔަޝްމް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ކިޔަވައިދެވޭ އެއްޗަކަށް ސަމާލުކަން ދެވުނު ކަމަކަށް ނުވިއެވެ. އޭނަގެ ޚިޔާލުތަކަށް ވެރިވެފައި ވަނީ ނަވްރަސްއާއި މިޝްޔާ އެވެ.

”ޒޯ ނުބުނަމެއްނު ނަވްރަސް އަކީ ސައިކޭޓްރިސްޓެކޭ…” ޔަޝްމް ދުރުދުރުން ފެއްޓިއެވެ. ”ހެހެހެ، ބޯރިންގް ވެދާނެތީ ނުބުނަނީ….” ޒޯޔާ ބުނެލިއެވެ.

”ކިތައް އަހަރު ވެދާނެތަ އެފީލްޑްގަ މަސައްކަތްކުރާތަ؟….” ޔަޝްމް ލަސްލަހުން އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަމާޒާ ހަމައަށް ވާސިލް ވެވޭތޯއެވެ.

”ފަސް އަހަރު ވެދާނެ… ގޭގަ ވެސް ބައެއްފަހަރު ޓްރީޓްމެންޓް ދޭނެ، ހީވޭ ބައެއްފަހަރު ގޭގަ ކްލިނިކެއް ހުޅުވައިގެން އުޅޭހެން ވެސް، އަދި ހުންނާނެ ބޮޑު ސްޓަޑީ ރޫމެއް ވެސް، ރޭގަނޑުގެ ބޮޑުބައި ހޭދަކުރާނީ އެތާނގަ، އަހަރެން ހިތަށް އަރާ ފޫހިވެސް ނުވަނީހޭ….” ޒޯޔާ ބުނެދިނެވެ. މިފަހަރު ޔަޝްމް ބޭނުންވާ ވަރަށް މައުލޫމާތު ލިބުނެވެ. އަދިވެސް އިތުރަށް ކޮންނަން އޭނަ ބޭނުން ވިއެވެ.

”ސްޓަޑީ ރޫމް؟….” ޔަޝްމް ހައިރާންކަން އަޑަށް ގެންނަމުން އެހިއެވެ. ”ވެއާރ ހީ ޑޫ ހިޒް ހޯމްވޯރކް، ހީވާނީ ގޮނޑެއް ހެން، ފައިލުތައްވެސް ގިނަވާނެ…” ޒޯޔާ އެވާހަކަތައް ކިޔައި ދިން އިރު މޫނަށް ވައްތަރެއް ވެސް ޖައްސާލައިފިއެވެ.

”އޫޕްސް، ބައިވަރު މައުލޫމާތު ދެވިއްޖެ ދޯ ޔުމްއަށް…” ސަމާސާ ރާގަކަށް ޒޯޔާ ބުނެލިއެވެ. ޔަޝްމް ވެސް ހިނިތުންވެލިއެވެ. ދެފިކުރެއްގެ މަތީގައި ހުރެ ޔަޝްމް ޒޯޔާއަށް ބަލާލިއެވެ. މިޝްޔާގެ މައުލޫމާތެއް ޒޯޔާއަށް ލިބިފައިވާނެ ހެއްޔެވެ؟

”އާމްމް، ޒޯ، މިޝްޔާ ކިޔާ ކުއްޖަކާ ދިމާވިތަ؟ މިބުނީ ނަވްރަސްގެ ޕޭޝެންޓުންގެ ތެރޭން….” ނޭވާ ހިފަހައްޓާލައިގެން އިނދެ ޔަޝްމް އިއްވާލިއެވެ. އެސުވާލާއެކު ޒޯޔާއަށް ޔަޝްމްއަށް ބަލާލެވުނެވެ. ޔަޝްމްއަށް އިންތިޒާރުކުރެވެމުން ދިޔައީ ޖަވާބު ލިބޭނެ ވަގުތަކަށެވެ.

”މިޝްޔާ؟…” ޒޯޔާ ވިސްނާލިއެވެ. އެއާއެކު އޭނަގެ ސިކުނޑީގައި ދުރު ހަނދާނެއް ޓަކި ދިން ފަދައެވެ. އެއީ މީގެ ދެއަހަރު ކުރީގެ ހަނދާންތަކެކެވެ. މިޝްޔާ މަތިން އޭނަ ހަނދާން ހުރީ އެއީ ދޮންބެ ރަހުމަތްތެރިއަކަށް ވުމުންނެވެ. އޭނަ ހައިރާންކަމާއެކު ޔަޝްމްއަށް ބަލާލިއެވެ. މިޝްޔާގެ މައުލޫމާތު ޔަޝްމްއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟

”ޔުމް ދަންނަ ކުއްޖެއްތަ އެއީ؟….” ޒޯޔާ އެހިއެވެ.

”ހޫމްމްމް…… ބުނެބަލަ އެއްފަހަރުވެސް ޒޯ އާ ބައްދަލުވިތަ؟…” ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ޔަޝްމް އެހިއެވެ.

”ހޫމްމް، އެދޮންބެގެ ޕޭޝެންޓެއް އެންޑް އެ ފްރެންޑް، ވަރަށް ކްރިޓިކަލް ކޭސްއެއް އެއީ…. މިޝްޔާއަށް ދޮންބެ ޓްރީޓް ކުރި ވަރަށް ގިނަ ދުވަސް ވަންދެން، ފަހުން ނޭގޭ ވީ ގޮތެއް، ކުއްލިޔަކަށް އިވުނީ މިޝްޔާއަށް އެކްސިޑެންޓެއް ކުރިމަތިވި ޚަބަރު، ސަބަބެއް ނޭގޭ…. ދޮންބެ އެރޭ ވަރަށް ދެރަވެފަ ހުރީ، އެހެންވެ އަހަރެން ސުވާލެއް ނުކުރަން… ދެން ބުނެބަލަ ޔުމްއަށް ކިހިނެއްތަ މިޝްޔާ އެނގުނީ؟….” ޒޯޔާ ބުންޏެވެ. އަދިވެސް ޔަޝްމް އޭނަގެ ސުވާލަށް ޖަވާބު ނުދެއެވެ.

”އަހަރެންގެ ކުރީގެ ކްލާސްމޭޓެއް އެއީ، ވަރަށް އެކުވެރިކޮށް އުޅުނީ، ދެން މިޝްޔާމެން މާލެ ބަދަލުވުމުން އެކުވެރިކަމަށް ވެސް ހީނަރުކަމެއް އައީ…. ދެން އިވުނީ މިޝްޔާއަށް އެކްސިޑެންޓް ކުރިމަތިވި ޚަބަރު، އެކަމަކު ނޭގުނީ އެކަން މެދުވެރިވާން ޖެހުނު ސަބަބު، ސަމްތިންގް އިޒް ފިޝީ… އަހަރެން ބޭނުން އެރީޒަން ހޯދަން……..” ޔަޝްމް ބުންޏެވެ. އޭނަ ވާހަކަ އަތުރާލަމުން ދިޔައީ ޒޯޔާއަށް ޝައްކުނުވާ ފަދަ ގޮތަކަށެވެ. ޒޯޔާއަށް އެއީ ދޮގުކަން ނަގައިގަންނަން އުނދަގޫވިއެވެ. އެހާވެސް ޔަޝްމްގެ ވާހަކަތައް ފަށުވި އެވެ.

”ދޮންބެއާ ސުވާލުކޮށްލަން ޖެހޭނީ، އަހަންނާ މިޝްޔާއާ ބައްދަލު ވި އެކަމަކު ޓްރީޓްމެންޓް ހޯދަން އައި ސަބަބެއް ނޭގޭ…. މޭއި ބީ ޑިޕްރެޝަން، މޭއި ބީ ސަމްތިންގް އެލްސް….” ޒޯޔާ އޭނައަށް އެނގިފައިވާ މިންވަރަށް ކިޔައިދިނެވެ. އޭނައަކީ ނަވްރަސްގެ މަސައްކަތަށް ސަމާލުކަން ދޭ ކުއްޖެއް ނޫނެވެ. ”އަހަރެން ސުވާލުކުރަންތަ ދޮންބެއާ، ހީ ކޭން ހެލްޕް ޔޫ….” ޒޯޔާ އެކުވެރިޔާއަށް އެހީވުމުގެ ނިޔަތުގައި ބުނެލިއެވެ.

”އަހަރެން ޓްރައި ކުރިން، އެންޑް ހީ ޑިނެއިޑް…” މިފަހަރު ޔަޝްމްއަށް މަޖުބޫރުވީ ތެދު ހާމަކުރުމަށެވެ. ސަބަބަކީ ޒޯޔާ ޚިޔާރު ކުރި މަގުން ކުރިއެރުމެއް ނުލިބޭނެކަން އޭނައަށް އެނގޭތީއެވެ. އޭނަ އެފަދައިން ކަންތައްކޮށްފިއެވެ. އެކަށީގެންވާ ފަދަ ނަތީޖާއެއް ނުނެރެވުނެވެ.

”ވަޓް؟…” ޒޯޔާ ހައިރާންކަމާއެކު ސުވާލުކުރިއެވެ. ދޮންބެއާއި ޔަޝްމް ބައްދަލުވީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ނޭގި ދެމީހުންގެ ދެމެދުގައި ސިއްރުގުޅުމެއް ހިނގަނީ ބާވައެވެ. ޒޯޔާ ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. އެއާއެކު ޔަޝްމް ޒޯޔާގެ ކޮނޑުގައި ޖަހާލިއެވެ.

”ޒޯ ތިހީކުރާ ކަހަލަ ކަމެއް ނުވެޔޭ… ދެން ބުނެބަލަ އިތުރު ގޮތެއް އޮންނާނެތަ؟…” ޔަޝްމް ކެތްތެރިކަން ކުޑަ ރާގަކަށް ބުންޏެވެ.

”ހިޒް ސްޓަޑީ، އެކަމަކު އެތާ ވަރަށް ގިނަ ފައިލްތައް ހުންނާނެ…” ޒޯޔާ ވިސްނާލަމުން ބުންޏެވެ. ”ދެމީހުން އެކީގަ ހޯދާނީ، އޭރަށް ފެނިދާނެ….” ޔަޝްމް އަވަސް އަވަހަށް ބުންޏެވެ. އެވެސް ހުޅުވިގެން ދިޔަ ދޮރެކެވެ.

”އެކަމަކު ބަސްޓް ވެއްޖެއްޔާޔޯ؟… ދޮންބެ ރުޅިއަންނާނެ، ތިބުނީ ޔުމް އެހީމަވެސް ނުބުނި ވާހަކަ…. ދެން ޔުމް ފެމިލީ މީހުން ފޮނުވާނެތަ؟….” ޒޯޔާގެ ސުވާލުން ޔަޝްމްއަށް ވިސްނާލަން މަޖުބޫރުވިއެވެ. މިފަހަރު އޭނަ ބަލްޤީޝްއަށް ދައްކާނީ ކޮން ބަހަނާއެއް ހެއްޔެވެ؟ އޭނަ ވިސްނާލަމުން ދަނިކޮށް ޚިޔާލެއް އަތުވެއްޖެއެވެ. ނަމަވެސް އެހާ ގިނައިން އޮޅުވާލާނަމަ ބަލްޤީޝްއަށް ޝައްކު ވެދާނެކަމާމެދު ސިކުނޑި އިންޒާރު ދިނެވެ.

”މީ އެންމެ ފަހު ފަހަރު….” ޔަޝްމް އޭނަގެ ހިތަށް ވިސްނައިދިނެވެ.

”ހޫމްމް، ކޮންއިރަކުތަ ނަވްރަސް ޑިއުޓީ ނިމޭނީ؟….” ޔަޝްމް އަހާލިއެވެ.

”މިއަދު އަވަހަށް ނިމޭނެ…” ޒޯޔާ ބުނެލިއެވެ. ”ޓައިމް؟…” ޔަޝްމް އޭނަގެ ސުވާލުތަކުރާރުކޮށްލިއެވެ. ”ހަތަރެއް ޖަހާއިރު…” ޒޯޔާ ހަނދާންކޮށްލަމުން ބުންޏެވެ.

”ޕާރފެކްޓް، އެހާއިރަށް ނިންމާލެވިދާނެ…” ޔަޝްމް ބުނެލިއެވެ. އަދި ޒޯޔާއަށް ބަލާލީ އެކަމުގައި އޭނައަށް އެއްބާރުލުން ދޭށޭ ބުނާ ފަދަ ގޮތަކަށެވެ. މިޝްޔާގެ ސިއްރު ހޯދުމުގައެވެ.

”އޯކޭ، ކޮލެޖް ނިމުނީމަ އަހަރެން ބުނާނަން ދޮންބެ ބަލާނަޔަސް ރަގަޅޭ…….” ޒޯޔާ އެއްބައިވެލިއެވެ. ދެން ދެއެކުވެރިން އިންތިޒާރުކުރީ ކޮލެޖް ނިމޭނެ ވަގުތަކަށެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ފޮހެވޭނޭ ބާއޭ… 32

Next

ފޮހެވޭނޭ ބާއޭ… 34

Next
December 23, 2015

ފޮހެވޭނޭ ބާއޭ… 34

Previews
December 23, 2015

ފޮހެވޭނޭ ބާއޭ… 32

2 Comments!

  1. Sanmu says:
    December 23, 2015 at 3:03 am

    Nice

  2. faathun says:
    December 23, 2015 at 10:40 am

    V v nice.tiya kurahvaa maskatah hama saabun

Comments are closed.


All Right Reserved!