Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި އަހަރެން ވާނަމޭ… (10)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 23, 2015 6 Mins Read
24 Comments

އާނާއާއި ޒަޔާލް ކާ ގެއަށް ގޮސް ކާން އިށީނެވެ. ރައުނާގެ ލޯ އަމާޒުވެފައި ހުރީ އާނާއަށެވެ. ކުއްލިއަކަށް އިނދެފައި ވެސް އާނާއަށް ކަމެއް ވެދާނެއަތީއެވެ. ނަމަވެސް ކަން ދިމާވީ އޭނާ ހީކުރިގޮތަކަށް ނޫނެވެ. އާނާއަށް އެއްވެސް ބަދަލެއް ނާދެއެވެ. ކައި ނިމެންދެންވެސް ރައުނާ  ހުރީ އެފަދަ ހާލެއްގައެވެ. އާނާވެސް މާ ބޮޑު ކަމަކަށް އެކަން ނަހަދައެވެ.

ރޭގަނޑެވެ. އެންމެން ސިޓިންގް ރޫމްގައި ތިބި އިރު ޝައުނާ އާއި އަނޫފް އަދި ޒަޔާލް ވެސް އެގޭގައި ތިއްބެވެ. ރައުނާގެ ހިތް ނުތަނަވަސްވެ އެކި ހިޔާލުތަށް ސިކުނޑިއަށް އަންނަން ފެށިއެވެ. އެހާ އަވަހަށް ޖިންނި އާނާ ދޫކޮށްލީބާއެވެ. ނޫނީ އާނާގެ ސިފައިގައި އައިސް މިތާ އިނީބާއެވެ. ނަމަވެސް އާނާގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުފެނެއެވެ. އާލިމްގެ މޫނުމަތިން ހިނިތުން ވުން ފެނުނެއްކަމަކު އެތެރޭގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ބޮޑެވެ. ޝައުނާ އާނާއާއި ވާހަކަ ދައްކަން އިން އިރު އޭނާގެ މޫނުމަތިން ހަމަޖެހުން ފެންނަމުން ދިޔައެވެ. އާނާ އާއި ވާހަކަދެއްކުން ވީ އޭނާގެ ހިތަށްް ލިބިފައި ނުތަނަވަސްކަން ނިމުމަކަށް ގެނުވައި ހަމަޖެހުން ލިބުނު ކަމަކަށެވެ. އެކަކުވެސް އިތުރަށް އެކަމާ ވާހަކަދައްކައެއް ނަހަދައެވެ. ޒަޔާލް އާއި އަނޫފް އެމީހުންގެ އަމިއްލަ ވާހަކައެއްގައި ތަންކޮޅެއް ދުރުގައި ތިއްބެވެ. އެވަގުތު ނައީމްއަށް އެތަނަށް އާދެވުނީ ވާން ޖެހޭ ތައްޔާރިތަކެއް ވެގެންނެވެ އަދި ގެންނަން ޖެހޭ ސާމާނުތައް ހިފައިގެންނެވެ. އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ އެތެރެއަށް ސަލާމް ގެ ޖަވާބާއި އެކު ވަދެގެން އައި ނައީމްއަށެވެ. ނަމަވެސް ނައީމްގެ ނަޒަރު ސީދާވެފައި ހުރީ ޒަޔާލްއަށެވެ.

އެކަން އިހްސާސް ވުމާއި އެކު ޒަޔާލްގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. އާލިމް އިށީންނަން ދެއްކި ގޮނޑީގައި ނައީމް އިށީނދެލިއެވެ. އެންމެން ދައްކާނެ ވާހަކައެއް ނެތިފައި ތިބިއިރު އެމީހުންގެ ނަޒަރު ނައީމްއަށާއި ޒަޔާލްއަށް ދިޔައީ ދެމުންނެވެ. “ތީތަ ޒަޔާލް އަކީ؟؟” ނައީމް އެންމެ ފަހުން އެހެން އަހާލިއެވެ. ޒަޔާލް ސިހުނެވެ. އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ޒަޔާލްގެ ޖަވާބާއި އެކު ނައީމް އޭނަ އާއި ދިމާލަށް ދިޔައެވެ. ޒަޔާލް ކުޑަކޮށް ބިރުގަތެވެ ނަމަވެސް އެކަން ނުދައްކައެވެ. އެންމެންވެސް އެދިމާލަށް ބަލަން ތިބީ ހައިރާންވެފައެވެެ. “ދައްކަބަލަ ފައި” ނައީމް އެހެން ގޮސް އަހާލުމުން ޒަޔާލްގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަށް ވީ ދެގުނައެވެ. އާނާ ދެބުމަ ގޮށްޖަހާލައިގެން އިން އިރު އޭނާގެ ފަރާތުންވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ. އެންމެންގެ ހިތުގައި ސުވާލުތައް ފުރިގެން  ދިޔައެވެ. “ކޮން ފައެއް ތޯ ދައްކަންވީ” ޒަޔާލް އެހެން އަހާލި އިރު އަޑުގައި ތުރުތުރެއް އެކުލެވިފައި ވެއެވެ. ކައިރީގައި އިން އަނޫފް ހުރީ ނައީމްއާއި ދިމައި ބަލަހައްޓާށެވެ. “ކަނާތު ފައި” ޒަޔާލް ފަސްޖެހުނެވެ. ނަމަވެސް އޭނާ ފައި ދައްކާލީ ލައިގެން ހުރި އަޅި ޖިންސް ކުޑަކޮށް ކަހާލަމުންނެވެ. “ކިހިނެއްތޯ ވީ..” ޒަޔާލް އެހެން އަހާލީ ވަރަށް މާތް ބަހުންނެވެ. އޭނާ މި ދުނިޔޭގައި ވެސް އެންމެ ފޫހިވަނީ ފަންޑިތަ ހަދާ މީހުންދެކެއެވެ. ނަމަވެސް މިއަދު ކިތަންމެ ފޫހިވިޔަސް ފަންޑިތަވެރިއެއްގެ ބޭނުން ވަނީ ޖެހިފައެވެ. ހަމައެއާއި އެކު އެއީ ޒަޔާލްއަށް ވުރެ ބޮޑު މީހެއްތާއެވެ. އަދި ފަންޑިތަވެރިއެއްގެ ކުރިން ޒަޔާލް ފަދަ އިންސާނެއް ނޫންހެއްޔެވެ؟ ނައީމް އަށް ޒަޔާލްގެ ކަނާއަތު ފައިގައި އަޅާފައިވާ ކަޅު ރޮދި ފާޑު އެއްޗެއް ފެނި ޒަޔާލްގެ މޫނަށް ބަލާލިއެވެ.

“މީ ކާކު ދިން އެއްޗެއް..؟” ޒަޔާލް ގެ ހިތް ނެގި ނެގި ފައި ޖެހުނެވެ. “އަޅުގަނޑުގެ މަންމަ…” ޒަޔާލް ޖަވާބުދިނެވެ. އެންމެންގެ ނަޒަރު އޭރު ހުއްޓިފައި ތިބީ އެދެމީހުންނަށެވެ. “ކޮން އިރަކު..؟” ނައީމް އަހާލިއެވެ. “މަންމަ ނިޔާވުމުގެ ކުރިން.” ޒަޔާލް ޖަވާބުދިނެވެ. “ކީއްވެ؟؟” ނައީމް އެހިއެވެ. “އަޅުގަނޑު ސަބަބު އެހީމަ ބުނުއްވީ ރައްކަލަކަށޭ.. އެއަކުން މާ ބޮޑު އެއްޗެއް އަޅުގަނޑަކަށް ދޭހައެއް ނުވި….” ޒަޔާލް ޖަވާބު ދިން އިރު އޭނާ ގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. މަންމަ މަތިން ހަނދާންވާން ފެށިއެވެ. އިސްޖަހާލާ ފައިގައި އިން ރޮދި ކޮޅަށް ބަލާލިއެވެ. “އެހެން ވީމަ ޒަޔާލްއަކަށް ނޭނގޭ ދޯ ތީގެ ސިއްރެއް..” ނައީމް އެހެން އަހާލުމުން ޒަޔާލް އިސްއުފުލާލާ ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެންމެން ވެސް ހައިރާންވެފައި ބަލަން ތިބީއެވެ. “ކިހިނެއް ބައްޕަ މަރުވީ..؟” ނައީމް އެހެން އަހާލީ ސީދާ ޒަޔާލްގެ މޫނަށް ބަލަން ހުރެއެވެ. އެ މޫނުމަތިން ދާތިކިތަށް ވިދަން ފެށިއެވެ. ދެ ބުމަ ގޮށް ޖަހާލެވިފައި ވާއިރު އަވަސް ނޭވައި ތަކެއް އޭނާ ދިޔައީ ލަމުންނެވެ. “މީހަކު ހެދި ސިހުރެއްގެ ސަބަބުން…” ޒަޔާލް ހިތްވަރު ކޮށްލާފައި އެހެން ބުނެލިއެވެ. “ކޮން އިރަކު؟” ނައީމް އެހެން އަހާލިއެވެ. ޒަޔާލް ފުން ނޭވައެއް ލިއެވެ. “މަންމަ މަރުވިތާ އެއް މަސް ކުރިން…”‘ ޒަޔާލް އެހެން ބުނެލިއެވެ.

“ދެން އާސިފް މަރުވިފަހުން ފަޒުނާއަށް ވެސް ދިޔައީ އެތަކެއް އުނދަގޫތަކެއް ވަމުން… އަހަރެން ކައިރިއަށް އެހީ ހޯދަން އައި.. އަހަންނަކަށް އެކަމެއް ނުވި.. އެއަށް ވުރެ އެ ސިހުރު ވަރުގަދަ. އަހަރެން ކިތަންމެ މޮޅުކަމުގައި ވިޔަސް އަހަންނަށް ވުރެ އެތައް ގުނަ އެތައް އެއްޗެއް ދަންނަ މީހުން ތިބޭނެ.. ނަމަވެސް އަހަރެން ފިޔަވާ އެކަކުވެސް މިކަން އެހެން މީހުންނަށް ފައިދާ ހުރި ގޮތުގައެއް ބޭނުމެއް ނުކުރޭ… ރަށުގެ އެހެން ފަންޑިތަވެރިން މަސައްކަތް ކުރަނީ ގޯސް ނިޔަތުގައި.. ގޯސް ކޮށް.. އެހެންވެ އަހަރެން ކައިރިއަށް މީހުން ގިނައިން އަންނަނީ.. އަދި އޭރު އެއީ އަހަރެން ފަންޑިތަ ހަދަން ފެށި ދުަވަސް ކޮޅު.. މާ ބޮޑު ކަމެއް އަހަރެންނަކަށް ނުކުރެވުނު… ދެން ތިބި ފަންޑިތަވެރިންނަކީ ތި އާއިލާއަށް ސިހުރު ހެދުމުގައި އެހީވެ ދިން މީހުން… އެހެންވެ އެމީހުން ކައިރިއަށް ނުދިޔައީ…. އަހަރެން އެތަކެއް މަސައްކަތްތަކެއް ކުރަމުން ދިޔައިން އެކަމު އެކަމެއް ކާމިޔާބެއް ނުވި… ފަޒީނާ މި ދުނިޔެއިން ނިމިގެން ދިޔައީ އެ ސިހުރުގައި ޖެހި.. އޭގެ ކުރިން އަހަރެން ލައްވާ އިތުރު ތަވީދެއް ހަދުވައި ޒަޔާލްގެ ފައިގައި އެޅުވި…” ނައީމް ވާހަކަ ނިންމާލިއިރު ޒަޔާލް އިނީ ފެން ކަޅިވެފައެވެ. މަންމަ އެބުނި ހަށި ރައްކަލީ މީ ކަމެއް އޭނައަކަށް ނޭނގުނެވެ. ނައީމް އަނެއްކާވެސް ވާހަކަ ފެށީ ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލާފައެވެ. “އާލިމް ވާހަކަ ދެއްކިގޮތުން ޒަޔާލް އަތްލުމުން އާނާއަށް އަންނަ ބަދަލުގެ ސިއްރަކީ ތި ތަވީދު…” ނައީމް އެހެން ބުނެލުމުން އެންމެންވެސް ޒަޔާލްގެ ފައިގައި އަޅާލެވިފައި އޮތް އެ ރޮދި ފައްޗަށް ބަލާލިއެވެ.

“ނައީމްބެ… މިއަދު އާނާ ހޭލިފަހުން އިތުރު އެއްވެސް ކަމެއް ނުވޭ… ބަދަލެއްވެސް ނާދެ… ” އާލިމް ނައީމްބެ އާއި ދިމާލަށް ބަލާލަމުން އެހެން ބުނެލީ ތަނުގެ ހިމޭންކަން ކަނޑުވާލަމުންނެވެ. ނައީމް ގެ މޫނުމަތިން ހައިރާންވި ކަމުގެ ކުލަވަރުތައް އެރިއެވެ. އެހެނީ އޭނާއަށް އިނގޭގޮތުގައި ޖިންނިން ނަކީ އެހާއަވަހަށް ގޮތް ދޫކުރާ ބައެއް ނޫނެވެ. އެއީ ކޮންމެސް ރޭވުމެކޭ އޭނާ ހިތަށް އަރަމުން ދިޔައެވެ. “އެކަމު އެހާ ފަސޭހައިން ގޮތް ދޫ ކުރާނެ ހެނެއް ހިއެއް ނުވެ..” ނައީމް އޭނާގެ ހިތުގައި އޮތް އެތި ބުނެލުމުން އެންމެންނަށްވެސް ތެޅިގަނެވުނެވެ. އާނާއާއި ދިމާލަށް ބަލާލެވުނީ އިހްތިޔާރަކާ ނުލައެވެ. “އެ ޖިންނި އާއި އެންމެ ފުރަތަމަ ވާހަކަ ދެއްކުން ރަނގަޅުވާނީ… އޭތި ގެންނަން ވީ…” ނައީމް އެހެން ބުނެލީ ފުން ވިސްނުމެއްގެ ތެރޭގައި އިނދެއެވެ. އެންމެންނަށް އެއްފަހަރާ ބަލާލެވުނީ ނައީމް އާއި ދިމާލަށެވެ. ކައިރީގައި އިން ޝައުނާ އާނާގެ އަތުގައި ހިފެހެއްޓިލެއް ބާރުކަމުން އޭނާ އާނާއަށް ކަމެއް ވުމެއް ނޭދޭކަން ހާމަވެގެންދިޔައެވެ.

ނައީމް އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އާނާ އެނދުމަތީ އޮތް އިރު ކައިރީގައި ނައީމް އޭނާގެ މަސައްކަތް ކުރަން އިނެވެ. ޒަޔާލްމެން އެންމެން ތަންކޮޅެއް ދުރުގައި ބަލަން ތިއްބެވެ.

އަނޫފް ހުރީ ހިސާބަކަށް މަޖާވެފައެވެ. މިކަހަލަ ކަމެއް ލޮލުން ބަލާލަން ލިބުމުގެ ފުރުސަތު ލިބުމުން އޭނާ ހުރީ އުފާވެފައެވެ. ނަމަވެސް ހިތުގެ ކަނަކުން ދުޢާ ކުރަމުން ދިޔައީ އާނާ އަށް އެއްވެސް ކަމެއް ވިޔަ ނުދިނުމަށެވެ. ޒަޔާލްގެ ހިތް ތެޅެމުން ދިޔައީ ވާނެ ގޮތް ނޭނގޭތީއެވެ. ދެން ތިބި މީހުންވެސް ތިބީ އެހާލުގައެވެ. ނައީމް ކިޔެވުމަށް ގެނައި ދެތިން މީހުން ހަތިމް ހިފައިގެން އައިސް ނައީމްގެ ފަހަތުގައި އިށީނދެލުމާއި އެކު ނައީމް ގެ މަސައްކަތް ފެށިއެވެ. ލޯ މަރައިގެން އިނދެ ތުންތަޅުވާލެއް އަވަސް ކަމުން އޭނާގެ ކުޅަދާނަކަން ހާމަވެގެން ދިޔަ ކަހަލައެވެ. ފަންޑިތަވެރިކަމާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭނގުނުކަމުގައި ވިޔަސް އެމީހުން ހިތާ ހިތުން ނައީމްއަށް ތައުރީފް ކުރިއެވެ.

ކިޔަވަން ފެށިތާ 5 މިނެޓްވެސް ނުވަނިސް ބައެއް އަލާމާތްތަށް ފެންނަން ފެށިއެވެ. ކޮޓަރިތެރެއަށް ހީވީ ނަގޫ ރޯޅި އެއް އައިހެންނެވެ. ޝައުނާ އަނޫފްގެ އަތުގައި ހިފައި ބާރުކޮށްލީ އަނގަމަތީ އަތް އަޅަމުންނެވެ. އެއްވެސް އަޑެއްލައްވަން އޭނާ ބޭނުން ނުވާފަދައެވެ. ރައުނާ އާލިމްގެ ގައިގައި ބައްދާާލައިގެން ހުރީ ދެލޯ މަރާ ތަގުޅިކޮށްގެންނެވެ. ރައުނާ އަޅައިގެން ހުރި ބުރުގާވެސް ހީވީ އެއްލާލަފާނެ ހެންނެވެ. ކިޔަވަން ތިބި މީހުން އެމީހުންގެ ކިޔެވުން ހުއްޓައެއް ނުލިއެވެ. އިރުކޮޅެއްނުވެ ކޮޓަރި ތެރެ ހިމޭންވިއެވެ. ދެންމެ އައި ވައި ރޯޅި ގެ ނިޝާނެއްވެސް ނެތެވެ. ކުއްލިއަކަށް އާނާ ތެޅެން ފެށިއެވެ. އޭނާގެ ހަށިގަނޑަށް ލޮޅުންތަކެއް އަރަންފެށިއެވެ. ޒަޔާލް އާނާގެ އެނދާާ ދިމާލަށް މިޝްރާބު ޖެހީ އާނާއަށް ވަމުން ދާގޮތް ބަލަން ކުޅަދާނަ ނުވެގެންނެވެ. ނަމަވެސް ނައީމް އަތުގެ އިޝާރާތުން މަޑުކުރުމަށް ބުންޏެވެ. ޒަޔާލް ފިޔަވަޅު ފަހަތަށް އަޅައި ގޮށް މުއްކަވާލައިގެން ހުއްޓެވެ. “އޭނާ އެހެރީ ލޯ މަރައިގެން ދެން ކިހިނެއް އިނގުނީ އެ ޒަޔާލް ދާކަން..” އަނޫފް ޒަޔާލްގެ ކަންފަތް ބުޑުގައި އެހެން ބުނީ އޭނާގެ ފޫޅަށްވެސް ނީވޭހާ މަޑުންނެވެ. “އެއީ ފަންޑިތަވެރިއެކޭ..” ޒަޔާލްވެސް އެހެން ބުނެލީ ވަރަށް މަޑުންނެވެ. އަނޫފް “އޯ” އޭ ބުނެލުމަށް ފަހު ނައީމް އާއި ދިމާލަށް ބަލަންފެށިއެވެ. ކުޅަދާނަ މީހެއްތާއޭ ހިތަށް އަރަމުން ދިޔައެވެ.

ނައީމް އާނާއާއި ތަންކޮޅެއް ކައިރިވެލާ އޭނާގެ ގައިގައި ހިފެހެއްޓިއެވެ. އާނާގަޔަށް އަރަމުން ދިޔަ ލޮޅުންތަށް ލަސްވަމުން ގޮސް އެއްކޮށް މަޑުވިއެވެ. ލޯ މަރައިގެން އޮތް އާނާ ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އެންމެންނަށް އެދިމާ ބަލާލެވުނެވެ. “ކީއްވެ އަހަރެން ތި ގެނައީ…؟” އާނާ ވާހަކަ ދެއްކިއެވެ. އައީ ފިރިހެން ބަރު އަޑެކެވެ. އަދި އާނާގެ އަޑުވެސް ކުޑަކޮށް އިވުނެވެ. އެ އަޑު އިވިފައި އެންމެންގެ ލޯލިތަށް ކޮޅަށް ޖެހުނެވެ. “ތީ ކާކު..؟” ނައީމް ހަމަ ޖެހިލާފައި އެ ސުވާލު ކުރިއެވެ. “އަހަރެންނަކީ ކާރިލް” ކާރިލް އެހެން ބުނެލީ ކުރިއަށް ވުރެ މަޑުންނެވެ. އޭނާއަށް މާ ބޮޑު ބާރެއް ނުދެއްކޭނެކަން އިނގޭތީ ކަންނޭނގެއެވެ. “މި އަންހެން ކުއްޖާ ދަންނަންތަ؟” ނައީމް ދެންވެސް އެހީ މަޑުމައިތިރި ކަމާއެކުގައެެވެ.. މައްސަލަ ގޯސްވެދާނެ ތީ ކަންނޭނގެއެވެ. ޒަޔާލް މެން އޭނާ ދައްކާ ވާހަކަތައް އަޑު އަހަމުން ދިޔައީ ހަމަ ހިމޭންކަމުގައެވެ. “އާނ…. މީ އާނާ…” ކާރިލް އެހެން ބުނެލިއެވެ. ޖިންނިއަކު އެހާ މަޑުަމައިތިރިކަމާއި އެކު ވާހަކަ ދައްކާތަން ނައީމްއަށް މިފެނުނީ އަލަށެވެ. މާ ބޮޑު ގަދަ ބާރެއް ނުދައްކާ ކާރިލް ނައީމްގެ ސުވާލުތަކަށް ޖަވާބު ދެމުންދިޔައެވެ.

“ކިހިނެއް ދަންނަނީ؟ ކޮންތާކުން ކާރިލްއަށް އާނާ ފެނުނީ..؟ ކީއްވެ އޭނާގެ ގައިގެ ތެރެއަށް ވަދެގެން އުޅުނީ..؟” ނައީމް ސުވާލުތަށް ކުރީ އެއްފަހަރާއެވެ. އެހެނީ އެްއވެސް ޖިންނިއަކަށް ބަރޯސާ ކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަން އޭނާ ގަބޫލުކުރާތީއެވެ.

“އާނާ ކޮންމެ ދުވަހަކު އިރުއޮއްސޭ ގަޑީގަ މޫދު ކައިރި އިންނަ ވަގުތު އަހަރެންވެސް ހުންނަން… އަހަރެންނަށް އާނާ ވަރަށް ރީތިވި.. އަހަރެންނަށް އިނގޭ މީ ވާނެ ކަމެއް ނޫނެއްކަން.. އެކަމު ނޭނގި ނަމަވެސް އަހަރެންނަށް އާނާ ދެކެ ލޯބިވެވިއްޖެ….” ކާރިލް އެހިސާބަށް ބުނުމާއި އެކު ޒަޔާލް އަށް އާނާއާއި ދިމާ ބަލާލެވުނެވެ. އޭނާ ގެ ހިތުގައި ރިއްސާލިއެވެ. ދެން ތިބި މީހުން ތިބީ އާނާއާއި ދިމާ ބަލަހައްޓައިގެންނެވެ.

“އަހަރެމެންގެ ވެސް އިހްސާސްތަކެއް ވޭ.. ކިތަންމެ ބާރުގަދަވިޔަސް އަހަރެންނަކަށް ލޯބީގެ އިހްސާސް އެއް ނުހިފޭއްޓެނެ.. އަހަރެން ވަރަށް ރުޅި އާދޭ ޒަޔާލް އާނާއާއި ކައިރީގައި އުޅޭތީ.. އަހަރެން ކުރިމަތީ އާނާއަށް އުނދަކޫތަކެއް ކުރަމުން އަންނާތީ.. އަހަރެން އެއްދުވަހެ އޭގެ ބަދަލުވެސް ހިފިން..” ޒަޔާލްއަށް ހަނދާންވީ  އާނާ ބޮލަށް ފެން އަޅާލުމަށްފަހު އޭނާ ދާން ހިނގައި ގަތް ވަގުތު ވެއްޓުނު ދުވަހެވެ. ފަހަތުން މީހަކު ކޮށްޕާލިކަން ހީވިއަސް ފަހަތަކު މީހަކު ނެތެވެ.އެހެންވީމާ އެއީ ކާރިލްތާއެވެ.

“އަހަރެން އިތުރަށް އަމިއްލަ އިހްސާސްތަށް ނުހިފެއްޓޭ ހިސާބަށް ދާާން ފެށި… އާނާ ޒަޔާލް ދެކެ ލޯބިވާން ފެށި.. އަހަރެން އެކަން ހުއްޓުވަން ކިތަންމެ ހާވެސް ބޭނުންވި. އެހެންވެ އަހަރެން އާނާގެ ގައިގެ ތެރެއަށް ވަނީ… އަހަރެން ބޭނުމެއް ނުވޭ އާނާއަށް އެއްވެސް ގެއްލުމެއް ދޭކަށެއް.. އެންމެ ފަހަރަކުވެސް ނީންނާނެ .. އަހަރެން ބޭނުން ވި ގަދަކަމުން އާނާ ގެ ލޯބި ހޯދަން.. އާނާގާތު އަހަރެން އެހެން ބުނިން.. ނަމަވެސް އާނާގެ ފަރާތުން ލިބެމުން ދިޔަ ޖަވާބުން އަހަރެންނަށް ހާމަވެގެން ދިޔައީ ޒަޔާލްދެކެ އޭނާ ވާ ލޯބި.. އަދި އާނާ ދެކެ ޒަޔާލް ވާ ލޯބި.. އަހަރެންނަށް ވިސްނުނު ގަދަކަމުން އާނާ ހޯދިޔަސް އަހަރެންނަކަށް އާނާއެއް ނުލިބޭނެކަން.. އަހަރެން އެހެންވެ އެކަން ހުއްޓުވަން މަސައްކަތް ކުރިން. އަމިއްލަ އިހްސާސްތަށް ހުއްޓުވަން މަސައްކަތް ކުރަން ފެށިން.. އަހަރެން ކިތަންމެ ދެރަވިޔަސް އާނާ ދެކެ ލޯބި ވިޔަސް މީ ދުވަހަކުވެސް ވާނޭ ކަމެއް ނޫން.. އަހަރެން އަބަދުވެސް ބޭނުމީ އާނާ އުފަލުގަ ބަހައްޓަން. އާނާގެ އުފަލަކީ ޒަޔާލް ކަމުގައި ވިއްޔާ ޒަޔާލްވެސް އާނާއަށް ދޭން ތައްޔާރު…” ކާރިލް އެހިސާބަށް ބުނިއިރު އޭނާގެ އަޑު ވަނީ މަޑުވެފައެވެ. އެންމެން ތިބީ ފެންކަޅިވެފައެވެ. އަދި މާތްﷲ އަށް ހަމްދުކޮށްލެވުނީ ކާރިލްއަށް ހެޔޮ ވިސްނުން ލިބުނީމައެވެ.

“އެކަމު އަހަރެން އަބަދުވެސް އާނާ އުޅޭ ނޫޅޭ ގޮތް ބަލާނަން… ޒަޔާލްނެއް ދުނިޔޭގައި ވެސް އަހަރެން އާނާ ހިމާޔަތް ކުރަން ހުންނާން.. އޭނާ ކައިރި… ނަމަވެސް އެއަށް ވުރެ އިތުރަކަށް އަހަރެން ގުޅުމެއް ނުބާއްވާނަން… އަދި ނުވެސް ވިސްނާނަން… އަހަރެން ފަރާތުން އެކަކަށްވެސް ގޯނާއެއް ނުލިބޭނެ.. ހާއްސަކޮށް އާނާއަށާއި ޒަޔާލްއަށް….” ކާރިލް އެހެން ބުނެލިއިރު ޒަޔާލް އަށް އާނާއާއި ދިމާ ބަލާލެވުނެވެ. އޭނާވެސް ވުރީ ފެންކަޅިވެފައެވެ. އިތުރު އެއްޗެއް ބުނުމެއް ނެތި ކާރިލް އެތަނުން ދިޔައެވެ. އެކަން އިނގުނީ އާނާގެ ހުޅުވާލެވިފައިވާ ދެލޯ މަރާލުމުންނެވެ. އަދި ނައީމް އޭނާގެ އިޝާރާތުން ކިޔެވުން ހުއްޓާލުމަށް ބުނުމުންނެވެ.

ކިޔަވަން ތިބި މީހުން ފަހަރަކު މީހަކު ވެގެން ކޮޓަރިން ނިިކުންނަމުން ދިޔައެވެ. އާލިމް އަވަސް ވެގަތީ ނައީމް އަށް އޭނާ ކޮށްދިން ކަމުގެ ބަދަލު ދިނުމުގެ ގޮތުން ރުފިޔާދޭށެވެ. އެހެން ކަމުން އޭނާ ކޮޓަރިން ނިކުމެގެން ދިޔައީ ނައީމް ގޮވައިގެންނެވެ.

“އަޅުގަނޑަކަށް ހިއެއް ނުވެ ކާރިލްގެ ސަބަބުން އިތުރު މައްސަލައެއް ދިމާ ވާނެހެނެއް… އެކަމަކު ކޮންމެ ކަމެއް ދިމާވިޔަސް އަޅުގަނޑު ގާތު ބުނެލަދޭތި..” ނައީމް ދަމުން އެހެން ބުނެލިއެވެ. އާލިމް ބޯ ޖަހާލުމަށްފަހު އެތެރެއަށް ވަދެގެން އައެވެ.

 

 

-ނުނިމޭ- 🙂

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފޮހެވޭނޭ ބާއޭ… 36

Next

ބަދަލު

Next
December 23, 2015

ބަދަލު

Previews
December 23, 2015

ފޮހެވޭނޭ ބާއޭ… 36

24 Comments!

  1. Ryn says:
    December 23, 2015 at 8:37 am

    hey guys hre is the nxt prt.. hope u all wil lyk this prt too.. 😉 thnks fr readin.. enjoy 😉

  2. nukko says:
    December 23, 2015 at 8:59 am

    Wooooooooowwwwww….
    Yayyyy Aana salaami v o….:D
    dhn annaany luv stry tha aana n xaayal ge..? 😛 😉 😉 hehe cant wait flower… avahah up kohdhechey… miss u…. tc… 🙂 🙂

    1. Ryn says:
      December 23, 2015 at 9:02 am

      hehehehe…. lts see dhw…. 😉 😉 hehe thnks nukko yrh in sha allah fri ga dhn in prt.. thnks alt 😉 😉

  3. aathi says:
    December 23, 2015 at 9:57 am

    Hey ryn… story is awsum.. its nice igey ryn darlx..heheh 😉

    1. Ryn says:
      December 23, 2015 at 9:59 am

      hey aathi.. awww thnks ingey 😉 😉 so swyt of u 😉 😉 thnks alt 😉 enjoyy

  4. afy says:
    December 23, 2015 at 10:31 am

    Mashaa allah v v reethi☺???.proude of u ryn. Ur the best writer….heevny hama real story eh hen.hehe

    1. Ryn says:
      December 23, 2015 at 2:59 pm

      awwwww thnkyou so much afy.. u made my day. seriously heheh thnks fr tht 😉 😉 😉 asluthr? hehehe.. 😉 thnks fr readin… enjoy 😉 😉 😉

  5. Maalu says:
    December 23, 2015 at 11:13 am

    Wowwww vrh vrh reethi…when is the next part???..love this story…

    1. Ryn says:
      December 23, 2015 at 3:01 pm

      thnks mal… nxt rt friday ga 😉 😉 once again thnk u.. 😉 enjoy 😉

  6. kaisa says:
    December 23, 2015 at 1:28 pm

    Not bad. But the last part was more better.

    1. Ryn says:
      December 23, 2015 at 3:12 pm

      owhhh.. evn i felt tht this prt is nt soo soo.. hehe anyways thnks fr readin.. n tellin too thn only i cn imprve.. 😉 thnks enjoy 😉

  7. lai says:
    December 23, 2015 at 1:59 pm

    v reethi mibaivess .. hama v rythi .. gud luck n keep it up ryn ..finally aanu salaamaiy vy dhw .. hehe .. ryn 🙁 ..

    1. Ryn says:
      December 23, 2015 at 3:22 pm

      aww thnks lai…. thnks alt.. heheh yrh dhw? alheyy i think i knw whts nxt to tht emooo.. bt ryn nubuniyas inge ehnu dhw wht i wil say nxt hehe.. tc 😉 😉 😉 n wanna tlk to u…

  8. miloo says:
    December 23, 2015 at 7:02 pm

    Varah reethi mi part ves.. Dhn vaane gotheh visnaa visnaa boa halaaku vaan ulhenikoh thi up kury.. Anehka Dhn oi part ga vaane gotheh visnany mi..

    1. Ryn says:
      December 23, 2015 at 7:07 pm

      aww thnks milu.. hahahahah ehnthr? nasybehnu up kurevunukn milu bw halaakuvgn nudhanis.. hehehe… 😉 😉 thnks fr readin.. enjoy 😉 😉

  9. kennukbee says:
    December 23, 2015 at 8:11 pm

    Wow lyynuu. First i thought mire aku nueh nidheyne ey. Bt nw ooooooh. ☺ nasybeh kaaril ah visnun kan other wise it vl b a big prob for him and for others.

    1. Ryn says:
      December 23, 2015 at 9:45 pm

      oh my.. my.. kaakuthr e cmmnt eh kury… vrh wait kuri cmmnt eh mii ingey K Dh… hehehe ehnthr…. dhn ehn ehn nunidhiyaka nudheyne ehnu lynu eh dhw hehehehe.. yrh dhw.. nasybeh… 😉 😉 miss u alt. tc

    2. kennukbee says:
      December 24, 2015 at 9:57 am

      Hehehe yesterday kiyaalan libuny. N comment ves kohly. Btw missd u a lot

  10. Shyhaa says:
    December 23, 2015 at 8:59 pm

    V v v v v salhi…..This stry is awsum…..Waiting 4 nxt prt….Keep it up….

    1. Ryn says:
      December 23, 2015 at 9:47 pm

      awww thnks shyhaa… 😉 😉 thnks alt.. 😉 enjoy

  11. misty says:
    December 23, 2015 at 11:13 pm

    Nice

    1. Ryn says:
      December 24, 2015 at 8:09 am

      thnks misty ;);)

  12. Immy says:
    December 25, 2015 at 2:13 am

    heyy rynn….. yahh nukko ebuni gothah aanaa salaamai v yw…. yayyyy…..
    n hama asluvx dhn onnaanee aanaa n xayaal ge luv stry dhww…..
    vrh yageen dhn mivaahaka miulhenee nimenhen….
    n btw vrhh reethi mi prt vx…. soo miadhu dhww up kurnee nxt prt….
    gud luck dear…. n tc…. miss ya….. :P:P:P:P:P:D :D:D:D

    1. Ryn says:
      December 25, 2015 at 7:42 am

      hey immu… hehe yrh dhw 😉 😉 hehee neynge nw up khfin.. 😉 😉 n yrh ei nw lst prt mi up kury… n thnks…. yrh miadhu.. 😉 😉 thnks alt.. tc miss u mre n tht emoo hehhe 😛 😛 😛 😛 😛 😉 😉

Comments are closed.


All Right Reserved!