ފޮހެވޭނޭ ބާއޭ… 36
”ޔަޝްމް…” އަސަރުން ފުރިގެން ވި އަޑަކުން ނަވްރަސް ގޮވާލިއެވެ. އެއަޑުން ޔަޝްމްގެ ލޯލިތައް ކޮޅަށް ގެނުވިއެވެ. ވަށައިގެން ވި މަންޒަރުތައް ގަނޑުވެގެން ދިޔަ ފަދައެވެ. ބަލަން ހުރެވުނީ ނަވްރަސްގެ ދެލޮލަށެވެ. ނަވްރަސް އޭނައަށް އެއްޗެއް ބުނެދޭން އުޅޭ ކަހަލައެވެ. ޔަޝްމްގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސް ވެގެން ދިޔައެވެ. އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން އެއަޑު އިވޭނެ ބާވައެވެ.
ނަވްރަސް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން ވެސް ފާއިތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ދުލުގައި ބަސްމޮށުން ތެރިކަމެއް ނެތްކަމުގައި ވިޔަސް ލޮލުން ކިތަންމެހާ ވެސް ގިނަ އެއްޗެހިތަކެއް ބުނެދީފިއެވެ. ހާމަކޮށްދީފިއެވެ. ޔަޝްމްގެ ހިތަށް ހަމަޖެހުމެއް ލިބުނުކަމުގައި ވިޔަސް ހިތުގައި އޮތް ބިރުވެރިކަން މިފަހަރުވެސް ކުރި ހޯދައިފިއެވެ.
”ނަވްރަސް އަހަރެން ދެކެ ލޯބިވާކަން އެދެލޮލުން ހެކިވޭ، އަހަރެން ތެދު ހާމަކުރުމުން ނަވްރަސް އަހަރެން ދެކެ ރުޅިއައިސްދާނެ ބާ؟… ނަވްރަސް… ނަވްރަސް، އަހަރެން ދޫކޮށްނުލައްޗޭ، އަހަންނަށް މިމަދު ދުވަސްކޮޅުގެ ތެރޭގައި ލޯތްބަކީ ކޮބައިކަން ވިސްނިއްޖެ، އޭގެ ފުރިހަމަކަން ވެސް އިހުސާސް ކުރެވިއްޖެ…. ދުވަހަކުވެސް ވަކިވާކަށް ބޭނުމެއް ނޫން، އެކަމަކު، އެކަމަކު……” ޔަޝްމްގެ ހިތް ތެޅިލައިފިއެވެ.
ނަވްރަސް ޔަޝްމްއަށް ބަލަން ހުރެފައި ހިނިތުންވެލިއެވެ. އަދި ދުރަށްޖެހިލައިފިއެވެ.
”ލެޓްސް ހޭވް އެ ވޯކް…. ޔަޝްމް ބޭނުންތަ މިޝްޔާގެ ވާހަކަ އަޑުއަހަން، ޔަޝްމްއަށް ކެތްކުރެވޭނެތަ؟…” ނަވްރަސް ބުނެލިއެވެ. ނަވްރަސްގެ ޖުމްލައިން ޔަޝްމްއަށް ލިބުނީ ހައިރާންކަމެވެ. އޭނައަށް ކެތްނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ އެހާ ވެސް ބޮޑު ހާދިސާއެއް ހިނގާފައި ވަނީ ހެއްޔެވެ؟ ޔަޝްމްއަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ.
”އަހަރެން ވަރަށް ދެރަވި މިޝްޔާއަށް އެހެން ދިމާވުމުން، ޝީ ވޯޒް އެ ކްލޯޒް ފްރެންޑް އޮފް މައިން…. ހިތަށް އެރި އަހަރެން އެހާ ބޮޑަށް މަސައްކަތްކުރީމަ ވެސް އޭގެ ނަތީޖާ ރަގަޅު ގޮތުގައި ނުފެނުނީ އަހަރެން ނާޤާބިލް މީހަކަށް ވީމައޭ…” ނަވްރަސް ބުންޏެވެ. އެއަޑު ވަނީ ބަދަލުވެފައެވެ. ޔަޝްމްއަށް އެކަން ފާހަގަ ކުރެވުނެވެ.
”ނަވްރަސް…” ޔަޝްމްއަށް ނަވްރަސްގެ އަތުގައި ހިފާލެވުނެވެ. ނަވްރަސް ހިތާމަކުރާތަން ދެކެން ނުކުޅަދާނަ ވީއެވެ.
”އަހަރެން މިހުރީ ތައްޔާރަށް….” ޔަޝްމް ޔަޤީންކަން ދިނެވެ. ނަވްރަސް އިރުކޮޅަކު ބަލަން ހުރުމަށް ފަހު ބޯޖަހާލިއެވެ. ދެޒުވާނުން ކުރިއަށް ހިނގައިގެންފިއެވެ. މިޝްޔާގެ މާޒީގެ ތެރެއަށް ފީނައިގަންނަމުންނެވެ. މައުސޫމް އަންހެންކުއްޖެއްގެ އުފާވެރި ހަޔާތް ވިއްސިވިހާލިވެގެން ދިޔަ އެކަޅު މާޒީ ޔަޝްމްއާއި ހިއްސާކުރަމުންނެވެ.
* * * *
”ޒޭން، އިރުކޮޅަކުން މިނިކުންނަނީ އިނގޭ، އެމަރޖެންސީއެއް ދިމާވެގެން މިއުޅެނީ…” ޑިއުޓީ ނިމިގެން ދިޔައިރު ވެސް މިޝްޔާއަށް މަސައްކަތުން ރެކިގަނެވޭ ގޮތެއް ނުވިއެވެ. އެމަރޖެންސީ ރޫމުން ބޭރަށް ނިކުންނަމުން ޔުނިފޯރމްގެ ޖީބުގައި އޮތް ފޯނު ނަގަމުން ފިރިމީހާއަށް ޖަވާބު ދިނެވެ. އެއަޑުގައި ހާސްކަން އެކުލެވިގެން ވިއެވެ.
”އަހަރެން އަންނަންތަ؟…” މިޝްޔާގެ އަޑު އިވުމާއެކު އިޒްކާން ބުންޏެވެ. މިޝްޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ސައިކަލު ޕާރކްކޮށްލަމުން އޭނަ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ”ހޫމްމް، ބޭރުގަ މަޑުކޮށްލައްޗޭ، އެންޑް ޕްލީޒް އެއްވެސް މީހަކާ ޒުވާބު ނުކުރައްޗޭ، އަހަރެން މިނިކުންނަނީ ޓެން މިނެޓްސް ތެރޭގަ، ލަވް ޔޫ…” މިޝްޔާ އެމަރޖެންސީ ރޫމަށް ވަންނަމުން ބުނެލިއެވެ.
މީހުންތަކުން ހޮސްޕިޓަލްގެ ގޯތި ތެރެ އޮތީ ފުރާލާފައެވެ. ކަންބަލަން އައިސް ތިބި މީހުންނާއި ރާއްޖޭގެ އެކި މީޑިޔާ ތަކުގެ ނޫސްވެރިންގެ އިތުރުން ދެން ތިބީ ފުލުހުންނެވެ. ދާދި ދެންމެއަކު ތިން މީހެއްގެ ގަޔަށް ވަޅި ހަރައި މާރާމާރީހެއް ހިންގައިގެން އެމީހުން ހޮސްޕިޓަލަށް ގެނެސްގެން ފަރުވާ ދެވެނީއެވެ. ހޮސްޕިޓަލް ތެރެ އެހާ ބޮޑަށް ހަލަބޮލި ވެފައި ވަނީ އެސަބަބާ ހުރެއެވެ. ޕާޓޭ މީހުން ފުލުހުންނާ ހަޑިހުރުތު ބަހުން ޒުވާބު ކުރާ އަޑު ވެސް އިވެއެވެ.
އެމަރޖެންސީ ރޫމް ތެރޭގައި ނަރުހުންނާއި ޑޮކްޓަރުން އެނބުރެނީއެވެ. ބަލި މީހުންގެ ހާލު ބޮޑުކަމުންނެވެ. ލިބިފައިވާ ފުން ޒަހަމްތަކުގެ ސަބަބުން އެކަކުގެ ހާލު ދެރަވަމުން ގޮސް ފަހު ނޭވާ ވަޅަށް އެޅިއްޖެއެވެ. އެމީހާ ފަހު ނޭވާ ދޫކޮށްލީ ހޭނެތް ހާލުގައެވެ. އެވަގުތު މިޝްޔާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ އެންމެ ހިތްދަތިވާ ވަގުތުކޮޅަކީ އެއީއެވެ. އެމީހާ ދުނިޔެ އަޅާ އެދިޔައީ ހާދަ ވޭނެއް ތަހައްމަލްކޮށްފައި ހެއްޔެވެ؟ މިޝްޔާއަށް ހަމަހޭވެރިކަންވީ އޭނަގެ ނަމުން ޑޮކްޓަރަކު ގޮވާލުމުންނެވެ. އޭނަ ދެން އަވަސް ވެގަތީ ޑޮކްޓަރު ގާތަށް ދިއުމަށެވެ.
ޑޮކްޓަރު ހުންނެވީ ނޫކަށިފުރައިގެ ޒުވާނަކު ބާއްވާފައި އޮތް އެނދެއް ކައިރީގައެވެ. އޭނައަށް މާބޮޑެތި ޒަހަމްތަކެއް ލިބިފައި ނެތަސް ހަށިގަނޑުން ފައިބަމުން ދިޔަ ލެއިން އެނދުގެ ޝީޓްތައް ވަނީ ކަޅިވެފައެވެ. ޑޮކްޓަރު ދެއްވި އިރުޝާދުތައް ކަނުލާ އަޑުއަހަން ހުރުމަށް ފަހު އޭނައަށް ހަވާލުކުރެވުނު މަސައްކަތާއިގެން މިޝްޔާ ކުރިއަށް ދިޔަ އެވެ. އޭރު ނިޔާވި މީހާގެ މޫނު ފޮތިގަނޑަކުން ނިވާކޮށްލި މަންޒަރު މިޝްޔާއަށް ފެނުނެވެ.
މިޝްޔާ ބަލިމީހާއަށް ފަރުވާދިނުމާއިގެން އުޅުނެވެ. ލޯހުޅުވާލައިގެން އޮތް ޒުވާނާ މިޝްޔާއަށް ފަރުވާތެރިކަމާއެކު ބެލިއެވެ. ހީވަނީ ބުޅަލެއް ރޯމަސްގަނޑަކާ ދިމާއަށް ބަލަނީ ހެންނެވެ. މިޝްޔާއަށް އުނދަގޫ ވެސް ވިއެވެ. އަދި ހަމައެއާއެކު އެޒުވާނާގެ ގައިން ދުވާ ވަހަކުން ނޯށަށް ދަމައި ނުގަތީ ވެސް ކިރިޔާއެވެ. މިޝްޔާ އޭނަގެ އަތްމަތި އަވަސްކޮށްލަމުން ދުރަށް ޖެހިލިއެވެ. އަދި އަތަށް އަރުވާފައިވާ އަންގީ ޑަސްބިނަށް ލަމުން އަތްދޮވެލިއެވެ. އެއަށްފަހު ޔޫނިފޯމް ޖީބުގައި އޮތް ފޯނު ނަގައި އިޒްކާންއަށް ގުޅާލިއެވެ.
”ހޭއި ޒޭން، މިނިކުންނަނީ…” މިޝްޔާ ބުންޏެވެ.
މިޝްޔާއަށް ނިކުމެވެވުމާއެކު ދުރުގައި ހުރި އިޒްކާން ފެނި ދުވެލާފައި ގޮސް ބައްދައިގަނެވުނެވެ. އިޒްކާންއަށް ކުއްލި ސިހުމެއް ލިބިގެން ދިޔަ ކަމުގައިވިޔަސް ލޯބިވާ އަނބިމީހާގެ ތުނި ހަށިގަނޑު އެބާރުގަދަ ދެއަތުން ވަށާލަމުން ގެނެސް އަތުތެރޭގައި ހައްޔަރުކޮށްލިއެވެ. އަދި މިޝްޔާގެ މޫނަށް ބޮސްދިނެވެ. މިޝްޔާ އެގޮތުގެ މަތީން އިޒްކާންގެ ގައިގައި ބައްދާލައިގެން ހުއްޓެވެ.
”ހޭއި…” މިޝްޔާގެ ޚަބަރެއް ނުވުމުން މިޝްޔާ އެހަށިގަނޑާ ދުރުކޮށްލަމުން އިޒްކާން ބުންޏެވެ. އޭނައަށް މިޝްޔާ ރޯކަން އެނގުނީ ދެނެވެ. އަވަސް އަވަހަށް ކަރުނަތައް ފޮހެލަދެމުން މިޝްޔާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. މިޝްޔާ އެރޮނީ ބަލިމީހަކަށް ބޮޑު ކަމެއް ދިމާވެގެން ކަން އިޒްކާންއަށް އެނގުނެވެ. ބޭރުތެރޭގައި ވެސް ދެކެވެނީ އެވާހަކައެވެ. އެއާއެކު މިޝްޔާގެ ހިތްހަމަޖައްސާލަދޭން އޭނަ މަސައްކަތް ފެށިއެވެ.
”ހަންގްރީ؟…” އިޒްކާން އެހިއެވެ.
މިޝްޔާ ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. ދެވަނަ ފަހަރަށް މިޝްޔާ ގެނެސް މޭގައި ފޮރުވާލަމުން އިޒްކާން ހިތްވަރުލައިދިނެވެ. ކޮންމެ ފުރާނައެއް ވެސް މަރާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އެހަޤީޤަތާ ދުރަށް ނުދެވޭނެކަމެވެ. އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭނެ ކަމަށާއި މަރަށް ނުފިލޭނެ ކަމަށެވެ.
އިޒްކާންގެ ލޯބި ފިރުމުންތަކުން މިޝްޔާ ހަމައަކަށް އެޅުނެވެ.
”މުޅި ގައިގަ މިހާރު ހުންނާނީ ޖަރާސީމު…” އިޒްކާން މިހެން ބުނާއިރަށް މިޝްޔާ އިޒްކާންގެ މޭގައި ބޮނޑިއެއް އަޅާލައިފިއެވެ. އެތެރެއަށް ނޭފަތް ދަމާލަމުން މިޝްޔާ ހިނިތުންވާން އުޅުނެވެ.
އިޒްކާން މިޝްޔާގެ އުނަގަނޑުގައި ހިފަހައްޓާލަމުން ހޮސްޕިޓަލުން ނިކުންނަން ދިޔަ އެވެ. އިޒްކާން ސައިކަލު ދުއްވާލަމުން މިސްރާބު ޖެހީ ރެސްޓޯރެންޓަކަށް ދިއުމަށެވެ. މިޝްޔާ އިނީ އިޒްކާންގެ މޭގައި ބައްދާލައިގެން އެބުރަކަށީގައި މޫނު ޖައްސާލައިގެންނެވެ. އެހަށިގަނޑުގެ މީރުވަހުން ވެސް އުދާސްތަކަށް ނިމުމެއް ގެނެސް ދެއެވެ. ދެހަށިގަނޑު ޖެހި ފިތި ބާރުވެފައި ވެއެވެ. ވައިރޯޅިއަކަށް ވެސް އެދެމެދަށް ވަދެވޭނެ ހެނެއް ހިޔެއް ނުވެއެވެ.
”ބޭބް، ތިހެން އިނީމަ އަހަރެންގެ ފީލިންގްސްތައް ކޮންޓްރޯލް ނުކުރެވޭނެ އިނގޭ، ޔޫ ނޯ ވަޓް ޔޫ ޑޫ ޓު މީ….. ގެއަށް ދާން މަށަށް ފެންނަނީ، ދެން ފަހުން ދެމީހުން ވެގެން އެއްޗެއް ތައްޔާރުކޮށްލައިގެން ކާނީ…” ލާނެއް ރާގަކަށް އިޒްކާން ބުންޏެވެ. އެއާއެކު މިޝްޔާ އިޒްކާންގެ ބަނޑުގައި ވިކައިގަތެވެ. އޭނައަށް ރަގަޅަށް ވެސް ހެވިއްޖެއެވެ.
****
މެންދުރުގެ ވަގުތެވެ. މިޝްޔާ ހުރީ ޑިއުޓީއަށް ދާން ތައްޔާރު ވާށެވެ. އޭރު އިޒްކާން ފާޚަނާގައި އުޅޭ އަޑު އިވެއެވެ. މިޝްޔާ ތައްޔާރުވެ ނިމުމުން ގަޑި ބަލާލިއެވެ.
”ޒޭން އަވަސްކޮށްބަލަ….” މިޝްޔާ ރީތިވާ މޭޒުގެ ގޮނޑި ދަމާލަމުން އިށީނެވެ. އޭނަ ފޯނު ނަގައިގެން އެއާ ކުޅެން އިންދާ އިޒްކާން ފާޚަނާއިން ނުކުތެވެ. ”ޒޭން ޕްލީޒް އަވަސްކޮށްބަ، ގަޑި ޖެހެނީއޭ…” މިޝްޔާ ލޮލުގެ ހިމަކޮޅުން އިޒްކާންއަށް ބަލާލަމުން ބުންޏެވެ. އެއަށްފަހު އޭނަގެ ސަމާލުކަން ހުއްޓާލީ ފޯނަށެވެ. ނަމަވެސް މާގިނައިރަކު އެއަށް ސަމާލުކަމެއް ނުދެވުނެވެ. އޭނަގެ ނަޒަރު އިޒްކާންއާ ދިމާއަށް ދަތުރުކޮށްފިއެވެ. އިޒްކާން ފާޚަނާގެ ދޮރުކަނިއަށް ލެނގިލައިގެން ހުރެފައި މިޝްޔާ ބަލާއިރަށް ހިނިތުންވެލިއެވެ. އެތުންފަތުގައި ވަނީ ލާނެއް ހިނިތުންވުމެކެވެ. މިޝްޔާ ލަދުގަތް ކަމުގައި ވިޔަސް މޫނު ހަދާލިއެވެ.
”ދެން، ތިތާ ނުހުރެ ދޭބަލަ، ޓީޝާޓަކާ ޖިންސެއް އޮންނާނެ އިސްތިރިކޮށްފަ…” މިޝްޔާ އެނދަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އިޒްކާން ލަސް ފިޔަވަޅުތަކެއްގައި ގޮސް އެނދާއި އަރާހަމަކޮށްލަމުން އުނަގަނޑުގައި އަނދެފައި އޮތް ތުވާލި ހަށިގަނޑާ ވަކިކޮށްލައިފިއެވެ. ސިއްރުން އިޒްކާންއަށް ބަލަމުން ދިޔަ މިޝްޔާގެ މެޔަށް ފިނިވިއެވެ. އޭނަ ދެވަނަ ފަހަރަށް ނުބަލަން ހުވާކޮށްގެން އިންދާވެސް ހިތުގެ ގޮވާލުމަށް އިޖާބަ ދެވުނެވެ. އޭރު އިޒްކާން ހުރީ މިޝްޔާއަށް ބަލާށެވެ. ހީވަނީ މިޝްޔާ ތަޅުވަން އުޅެނީ ހެންނެވެ. ޖިންސްގެ ގޮށްތައް އަޅުވަމުން އޭނަ މިޝްޔާއަށް ބުމަ އަރުވާލިއެވެ.
”ޒޭން، ޕްލީޒް ސްޓޮޕް ދެޓް…” މިޝްޔާ ހަށަން ބަނދެލަމުން ބުންޏެވެ. އިޒްކާން އޭނަގެ މޫނަށް ހައިރާންކަން ގެނުވިއެވެ. ”އަހަރެން ކަމެއް އެބަކުރަންތަ؟…” ޓީޝާޓް ބޮލުން ވައްޓާލަމުން އިޒްކާން މިޝްޔާއާއި ކުރިމަތިލިއެވެ.
”ހޫމްމް، ހުއްޓާލާ، އެއްބަސްވެސް ނުވާނެ، މިރޭ ދޭނަން ރަގަޅު ލަނޑެއް…” އަތްދަބަސް ކޮނޑުގައި އަޅުވާލަމުން މިޝްޔާ ތެދުވުނެވެ. އިޒްކާން ބާރަކަށް ހީގަތެވެ. މިޝްޔާ ހުރީ ލޯއަޅާލައިގެންނެވެ.
”ތިހެން ބެލީމަ އަދި ވަކިން ރީތި….” އިޒްކާން ބުނެލިއެވެ. އޭނަ އައިސް މިޝްޔާއާއި އަރާހަމަކޮށްލަމުން މިޝްޔާގެ ކޯތާފަތަށް ބޮސްދިނެވެ. ކުރެވުނު ފޮނި އިހުސާސްތަކާއެކު މިޝްޔާއަށް ލޯމަރާލެވުނެވެ.
****
އާދައިގެ މަތިން ޑިއުޓީ ފެށިގެން ކުރިއަށް ދިޔައެވެ. މިޝްޔާ ނަރުހުންގެ ޖަގަހައިގައި އިނދެފައި ވޯޑަށް ދިޔައީ އެކުވެރި ޒީޝަންއާ އެކުގައެވެ. އެވަގުތު ލިފްޓުން ނިކުމެގެން އައި ނަވްރަސްއަށް މިޝްޔާ ފެނި އަތުން ހާއި އެއް ޖަހާލިއެވެ. މިޝްޔާ ހިނިތުންވެލިއެވެ. މިޝްޔާ ހޮސްޕިޓަލާ ގުޅުނުފަހުން ނަވްރަސް ވެފައިވަނީ އޭނަގެ ގާތް ރަހުމަތްތެރިއަކަށެވެ.
ޒީޝަން ދިޔައީ އެހެން ވޯޑަކަށެވެ. މިޝްޔާ ވޯޑަށް ވަންއިރު ރޭގެ ހާދިސާގައި ޒަހަމްވި މީހުންތެރެއިން އެކަކަކު އެތާނގައި ބާއްވާފައި އޮތެވެ. ބަލިމީހާއާއެކު ތިބި މީހުން ފެނިފައި ވެސް އަނބުރާލާފައި ދާން މިޝްޔާގެ ހިތަށް އެރިއެވެ. ބޮލުގެ އިސްތަށްޓާއި ކަރާއި އަތުގައި އަޅާފައި ހުރި ދަގަނޑުބުރިތަކުން އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވަކިކުރެވޭ ކަމަކަށް ނުވެއެވެ.
އައިވީ ބަދަލުކޮށްދޭން މިޝްޔާ އެނދު ކައިރިއަށް ޖެހިލުމާއެކު އެއްބަޔަކު ތުނބުން ފުމެން ފަށައިފިއެވެ. އަތްމަތިއަވަސްކޮށްލައިގެން މިޝްޔާ އެވޯޑުން ނުކުތީ ދެން ދުވަހަކު ވެސް އެތަނަށް ނުވަންނާނެ ކަމަށް ހުވާކޮށްގެންނެވެ. ވީފުއްސާއި އައި ރުޅިން މޫޑު ވެސް ޚަރާބު ވެގެން ދިޔައެވެ.
”އޭއި، ކިހިނެއްވެފަތަ؟…” މިޝްޔާ އައިސް ނަރުހުންގެ ޖަގަހަޔަށް ވަނުމާއެކު އެކުވެރި ރޫޚާ އަހާލައިފިއެވެ.
”އެކޮންބަޔެއްތަ ރޭގަ އެމަރޖެންސީގަ ގެނައީ….” މިޝްޔާ އަހާލިއެވެ.
”މާލެތެރޭ އެނބުރޭ ގުރޫޕެކޯ، މަސްތުވާތަކެތީގެ މައްސަލައެއްގަޔޯ ވަޅި ހެރީވެސް…. ވަރަށް ފޫހިވާ ބައިގަނޑެއް…. މިއަދު ބޭސްގަނޑު ބަދަލުކުރަން ދިޔައީމަ ޒީޝަންއާ ވެސް ބެހިލައިފި، އޭނަ ރުޅިއައިސްގެން މެނޭޖްމެންޓަށް ވެސް މައްސަލަ ހުށަހަޅައިގެން އުޅެނީ… މިޝޫއާ ދިމާއަށް އެމީހުން އެއްޗެކޭ ބުނީތަ؟…” ރޫޚާ ފޫހިވެފައި ބުނެލިއެވެ.
”ނޫން، މަށާ ދިމާއަށް އެއްޗެކޭ ބުނާ ދުވަހަކުން މަޑަކުން ނުހުންނާނަން…” މިޝްޔާ ގޮތް ދައްކާލަމުން ބުންޏެވެ. ދެއެކުވެރިން ވާހަކައިގައި ތިއްބާ ރޫޚާގެ ޑިއުޓީ ގަޑި ނިމިގެން އޭނަ ގެއަށް ދިޔައީއެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޒީޝާންގެ ޑިއުޓީ ނިމިގެން އޭނަ ވެސް ދިޔައީއެވެ. މިޝްޔާ އިނީ އެކަނި ވެފައެވެ. އިޒްކާންއަށް ގުޅަން ހިތަށް އަރާފައި އެފުރުސަތު ނުލިބުނީ މީހަކު ކައުންޓަރުގައި އަތް އަޅުވާލިހެން ހީވުމުންނެވެ. މޭޒު މަތީ ފޯނު ބާއްވަމުން އޭނަ އިސްއުފުލާލިއެވެ.
”ބަޑީ ފާޚަނާއަށް ދާން ޖެހިގެން އައިވީ ނައްޓަން އާދެބަލަ….” މިޝްޔާއަށް ބަލަން ހުރެފައި ޒުވާނާ ބުނެލިއެވެ. ކުރިމަތީގައި ނުދާނަމޭ ބުނެފާނަމޭ މިޝްޔާގެ ހިތަށް އެރިއެވެ. ނަމަވެސް އެފަދައިން ކަންތައް ކުރެވޭކަށް ވެސް ނެތެވެ.
މިޝްޔާ ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދަނިކޮށް ފޯނު ރިންގްވާން ފަށައިފިއެވެ. އޭނަގެ ކުރީގައި ހުރެ ހިނގަމުން ދިޔަ ޒުވާނާ އެއަޑަށް ފަސްއެނބުރި ބަލާލިއެވެ.
”ހޭއި ޒޭން، ކައިފިންތަ؟…” މިޝްޔާ ފުރަތަމަ ވެސް ކޮށްލީ އެސުވާލެވެ.
”އާނ، މިޝޫ ކައިފިންތަ؟، އައިމް މިސިންގް ޔޫ… އޮފީހަށް ދެވުނުނަމަ މިހާ ބޮޑަށް މިސް ނުވީސްކަންނޭގެ…” އިޒްކާންގެ އަޑު އިވުނެވެ.
”އަދި ނުކަން، އިރުކޮޅަކުން ދާންކަމަށް، ދެން ވެސް މިޝޫ ގޮވީމަ ހޭލަން ހަނދާން ކުރާތި…” މިޝްޔާ ހިނިތުންވުމަކާއެކު ބުންޏެވެ. މިޝްޔާއަށް އޭނަ ދައްކަމުން ދިޔަ ވާހަކަތަކަށް ޒުވާނާ ސަމާލުކަން ދީގެން ހުރިކަމެއް ނޭގުނެވެ. އޭނަ ހުރީ ޒުވާނާއަށް ފުރަގަސް ދީގެންނެވެ.
”ރޭގަ އެހާ ލަހުން ނިދުނީމަ ވާނީ އެހެންނު… ކަމް ސޫން ބޭބީ ގާރލް… އައި ހޭވް އެ ސަޕްރައިޒް ފޯރ ޔޫ…” އިޒްކާން ބުންޏެވެ. މިޝްޔާ ފޯންކޯލް ކުރުކޮށްލަމުން ފަސްއެނބުރުނުއިރު އޭނައަށް ބަލަން ހުރި ޒުވާނާ ފެނި ބުމަކައިރިކޮށްލެވުނެވެ. އޭނަ ފިޔަވަޅުތަށް ބާރުކޮށްލަމުން ގޮސް ވޯޑަށް ވަނެވެ.
ޔަޝްމްއަށް ވޯޑުން ނިކުމެވުނު އިރު އޭނަގެ ފަހަތުން މީހަކު އަންނަހެން ހީވެގެން ބަލާލެވުނެވެ. އޭނަ ދިޔައީ ސިއްސައިގެންނެވެ. އޭނަ އާއި ތަންކޮޅެއް ދުރުގައި ހުރީ ތަންމަތިކުރެވިފައި އޮތް ބަލިމީހާއެވެ.
”އަދި ޑޮކްޓަރު ހުއްދައެއް ނުދެއްވާ ގިނައިރު ވަންދެން ކޮޅަށްހުރުމަށް، ފާޚަނާކޮށް ނިމުނީތަ؟…..” ޒުވާނާ ބަލަން ހުރި ގޮތުން މިޝްޔާ ބިރުގަތް ކަމުގައި ވިޔަސް އެބިރު ފޮރުވާލަމުން ބުނެލިއެވެ.
”އޭއި ރާކިން ކައޭ އާދެބަލަ މިކޮޅަށް…” އެކަކު ގޮވާލިއަޑަށް ރާކިން ބަލާލައިފިއެވެ.
ލިބުނު ފުރުސަތުގެ ބޭނުން ހިފަމުން މިޝްޔާ ގޮސް ކެންޓީނަށް ވަނެވެ. ހިތުގެ ތެޅުން ހަމައަކަށް އަޅުވާލަމުން އަތުގައި އޮތް ރުމާކޮޅުން މޫނު ފޮހެލިއެވެ.
****
މިޝްޔާ އެދުވަހު ހުރީ ޑިއުޓީ ނުނިމިގެންނެވެ. އޭނައަށް ތަނެއްގައި ހަމަޖެހިލައިގެން އިނދެވޭ ކަމަކަށް ނުވެއެވެ. ކޮންމެ ވެސް ސަބަބަކާ ހުރެ ރާކިން އޮތް ވޯޑަށް ދާން ޖެހެއެވެ. އެންމެ ފަހުން ދިޔަ ފަހަރު މިޝްޔާ އަޑުލާފައި އައުމުން އެމީހުން ޖެހީ ޖެއްސުމުގެ ހިނިގަނޑެކެވެ. ނުވީތާކަށް ރާކިން މިޝްޔާގެ އަތުގައި ހިފާލުމުން އަތް ފޮޅުވާލެވުނީ ވިހަގަދަ ސޫއްޕެއް އަތަށް ހަށިހެރުމުން ވާ ފަދަ ގޮތެއް ވުމުންނެވެ. މިހާރު އެއަތްތިލަ ދޮވުނު އަދަދެއް ނޭގެއެވެ. އެންމެފަހުން ގޮސް އަތް ރަތް ވެއްޖެއެވެ. އޭނަ ހުރީ ރުޅިއައިސް އަނދައަނދާއެވެ. ރުޅިއާއި އެއްވަރަށް ހިތުގައި ބިރުވެރިކަން ވެސް އުފަންވެގެން ދިޔައެވެ. އެކަނި ހުންނަން ވުމުންނެވެ. ޕާޓެންނާ ޖަދަލުކުރަން ވުމުންނެވެ. ރާކިން އޭނައަށް ބަލާ ގޮތުންނެވެ.
ރޭގަނޑުގެ ހިމޭންކަމުގެ ތެރެއަށް މާހައުލު ގެނބިގެން ދިޔައެވެ. ޑިއުޓީ ނިމުމާއެކު އަތްދަބަސް ހިފައިގެން މިޝްޔާ ދިޔައީ ހޮސްޕިޓަލުން ނިކުންނާށެވެ. ހިތްހަޖެހުމުގެ ކުލަވަރުތައް މޫނުމަތިން ފާޅުވެއެވެ. އޭނަ އިންތިޒާރުގައި ހުއްޓާ އިޒްކާން އައެވެ. އިޒްކާން ފެނި މިޝްޔާގެ ހާސްކަމަށް ނިމުމެއް އަތުވެއްޖެއެވެ. މިޝްޔާ ދުވެލާފައި ގޮސް އިޒްކާންއާއި އަރާހަމަކޮށްލިއެވެ.
”ސޯ އިމްޕޭޝެންޓް…” މިޝްޔާ ސައިކަލު ފަހަތަށް އެރުމާއެކު އިޒްކާން ސަމާސާ ރާގަކަށް ބުންޏެވެ. މިޝްޔާ ޖަވާބު ދިނުމުގެ ބަދަލުގައި ހަމައެކަނި އިޒްކާންގެ ބިޔަ ހަށިގަނޑުގައި ބައްދާލިއެވެ. ރައްކާތެރިކަމާއި ހިމާޔަތް އިހުސާސް ކުރެވުމާއެކު މިޝްޔާ ހުރިހާ ކަމެއް މަތިން ހަނދާން ނެތުނެވެ.
އިޒްކާން މެން ދިޔަ ދިމާއަށް ބަލަހައްޓައިގެން މީހަކު ހުއްޓެވެ. އޭނަ ބޮމުން ދިޔަ ސިނގިރެޓުގެ ދުންގަނޑު ފަޒާގެ ތެރެއަށް ދޫކޮށްލައިފިއެވެ. ފުރަތަމައަށް ޖެހުނު ގޯޅިން ސައިކަލު އަޅާލުމާއެކު އޭނަ ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލައިފިއެވެ.
****
އެތައް ހާސް ސައިބޯނި ބޮކިތަކުން ފުރާލާފައި އޮތް ބިލިގާ ތެރޭގައި މިޝްޔާއާއި އިޒްކާން އަރާމުކަމާއެކު ތިއްބެވެ. މިޝްޔާ އޮތީ އިޒްކާންގެ މޭގައި ބޯއަޅާލައިގެންނެވެ. އިޒްކާންގެ އަތުގެ ފިރުމުންތަކާއި ބުނަމުން ދިޔަ ލޯބި ބަސްތަކުން މިޝްޔާގެ ހިތް ފުރާލަމުން ދިޔައެވެ. އެއިން ކޮންމެ ވަގުތަކީ ދެހިތުގައި ވާ ލޯބި އިތުރަށް ފުންވެގެންދާ ކަމެކެވެ. އިޒްކާން މިޝްޔާގެ އަތްތިލައަށް ބޮސްދޭން އުޅުނު ހިނދު ރަތްވެފައިވާ އަތުގެ ކުޑަހުޅުފެނި ހުއްޓުންއެރިއެވެ. އޭނަ ވަގުތުން ސުވާލުކުރިއެވެ. އޭނައަށް އެކަން ފާހަގަ ކުރެވުނީ އަދި ކިރިޔާއެވެ.
”ދޮރުގަ ޖެހިފަ. ދެން އެއީ އެވަރު ކަމެއް ނޫނޭ…” މިޝްޔާ ބޯ ހިއްލާލަމުން އިޒްކާންގެ ކޮލުގައި ހިފާލިއެވެ. އަދި ބޮސްދިނެވެ. އިޒްކާން ކަންބޮޑުވުން ފާޅުކުރި އެވެ.
”ޒޭން ބޭބީއެއް ބޭނުން ނުވޭތަ؟…” މިޝްޔާ ޚިޔާލަކަށް ގެއްލިފައި އޮވެ ބުންޏެވެ. ”ބޭނުން، އެކަމަކު މިހާ އަވަހަށް؟ އަދި މެރިއޭޖްއަށް ވީ ސިކްސް މަންތް އެއްނު…” އިޒްކާން މިޝްޔާގެ ރާޅުބާނީ އިސްތަށިގަނޑާ ކުޅެލިއެވެ.
”އެމައްސަލައެއް ނޫނޭ، އަހަރެން ވަރަށް ބޭނުން ބޭބީއެއް…” އިޒްކާން އާއި ހަތަރުކަޅި ހަމަކޮށްލަމުން މިޝްޔާ ބުންޏެވެ.
”ސޯ، ލެޓްސް މޭކް ސަމް ބޭބީސް…” މިޝްޔާގެ ކޯތާފަތުގައި ފިރުމާލަމުން އިޒްކާން ލާނެއް ރާގަކަށް ބުންޏެވެ. އިޒްކާން މިޝްޔާގެ ބަނޑުގައި ކޮށްޓާލުމާއެކު މިޝްޔާގެ ހުނުމުގެ އަޑު އިވިގެން ދިޔަ އެވެ.
****
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ރާކިންގެ އުނދަގޫ މިޝްޔާއަށް ބޮޑުވާން ފެށިއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އޭނަ އިޒްކާންއަކަށް ނާންގައެވެ. އެންމެ ފަހުން އެވޯޑަށް ދާން ފެށީ ރޫޚާ އެވެ. ރޫޚާ ދިޔުމުން ރާކިން ހިތްހަމަޖެހުނުކަމަކަށް ނުވިއެވެ. އޭނަ ބޭނުންވަނީ މިޝްޔާ އޭނަގެ ކުރިމައްޗަށް ގެންނާށެވެ. ހިތުގައި އަޅައިގެން ހުރި ސުވާލުތައް ކުރުވާށެވެ. އެފަދަ ފުރުސަތެއް ނުލިބުމުން އޭނަ ރުޅި އަންނަން ފެށިއެވެ.
ރާކިން ހޮސްޕިޓަލުން ދޫކޮށްލި ދުވަހަކީ މިޝްޔާއަށް ހިތްހަމަޖެހުން ގެނެސްދިން ދުވަހެކެވެ. އުފަލުން ގޮސް ކުޑަކޮށް ނަށާ ލެވުނެވެ. ނަމަވެސް މިޝްޔާއަށް ނޭގުނީ އެހާ ފަސޭހައިން އޭނަ ދޫކޮށްލާ ފަދަ ޚިޔާލެއް ރާކިންގެ ނެތްކަމެވެ. މިޝްޔާ ހާސިލުކުރަން އޭނަ ބޭނުންވެފައިވާ މިންވަރެވެ. މޮޔައެއް ފަދައިން އޭނަ މިޝްޔާ ދެކެ ލޯބި ވާ ކަމެވެ. މިޝްޔާއާއި އިޒްކާން ފެނި އޭނަގެ ލޭ ކެކިއަރައިގެން ދާ ކަމެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމެވެ.
މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވާ މިޝްޔާ ދިޔައީ އިޒްކާން އާއެކު ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އޭނަގެ ހަޔާތަށް އެޅެމުން ދިޔަ ހިޔަނީގެ ހިލަމެއް ވެސް ނުވާ ހާލުގަ އެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.




v salhi v ufaa vejje mihaa ginain up koffa hureeema v reethi mihaaru gendhaa goi thanks
woww! varah varah reethi! awsom!! each n evry part was greate! waiting impatiently fo the nxt part! love this stry!
hurihaa ehcheh kiyaa nimunyma eyna wife ey bunan tha alhe thi bahattany, esoru kihaa dhera vaane eyrun, everyone deserves their own happiness ennu….please yashmu ah ragalhu gotheh hadhacche.
Gud
migothah avahahhh past vesz kuriahhh gen dhaathi eyrun kiyaahiyvaanee
a touching stry
Wowwwww vrh vrh reethi….so happy that u uploaded so many parts…u r the best muthaa..love ur stories…
Mutha ur the best…. Waiting for the next part…
Varah reethi alhe muthaa e raakin gadu maraalabala 😉 😉 heheheh dhen kondhuvahakun nxt prt
Vrh vrh salhi…
Mihaa gina bai up kuri iru es neygunu
Wowwww varah reethi varah furihama vaahaka
v.reethi
V v v v v reethi vaahakae……. V v v ufaavege mihaa Gina part genesdhineethy…… ?????❤❤
Tnxs a lot muthaaa…… Mihaa Gina part up kohdhineethy……. Aamukoh esfiya ga vara Gina dhuvas kohfa Gina liyuntherin vaahaka up kuraneee…. Ehnvaathy kurin kiyaafa Hunan part thakuga vefa hunan goe hadhaan nethey….. Ekm muthaa ehn nei nahadha…. Ehnve v v v ufaavey…… Story hama habeys….❤❤❤❤❤❤❤❤❤❤❤❤❤❤
Koahcheh tha alhe fahe mee dhnnnn
duh… dhen nukiyabala, no one is presurising you to read it… mutha just ignore this Ira, nd carry on with the novel, u r doing fine
Oh god mihaaru mi Ira ves smiley use kuran feshi dhen kiyaa bodu kameh
awwwwwwww, enme reethi vaahaka 🙂 love this now… mi story aky mihaaru mi site ga genes dey enme reethi story, keep it up
Thanks muthaa ehaa ginabai ehfaharaa up kohdhinyma. V v v reethi vaahaka. Keep it up..
Story v v nala. Im proud of u muthaaa . Thigothah avas avahah up kuraathi. Thank u. ?
Vvvvvvvvvvvv reeeeethi kon irakun nxt part v avas kohlache
❤❤❤❤❤??????????????
Very nice story. Keep it up. Next part avahah up kohladhehchey☺☺☺☺☺☺
kobr thr nxt part
yasm n izkaan gulhuvadheebala plxxx
V rivethi story…n thnk u…impatiently waiting for the next part…so plx upload sooonn.. 🙂 🙂
Alheyyyyy haadha lahey…muthaaaaaaa kohbaa next part………cant wait to read it
next part koba
Where is the next part.. so much waiting… plxx avahah up kohdhyba..
waiting 4 the nxt part.story v nice.I like it….
V salhi.hama habeys.avah up kohdhyy muthaaaa.