
ދުރުގައި ވިޔަސް… ( 9ވަނަ ބައި)
ކުރިމަތިން އައި ޒުވާނާގެ ގައިގައި ޖެހިފައި މާޔާ ފައިކައްސާލައި ވެއްޓެން ދިޔައެވެ. ލޯ މަރާލެވުނީ ގެންފައިހުރި ބިރެއްގެ ބޮޑުކަމުންނެވެ. އެޒުވާނާ މާޔާގެ އުނަގަނޑުގައި އަތް އަޅުވައި މާޔާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެ ޒުވާނާގެ ނަޒަރު ހުއްޓިފައި ވަނީ ސީދާ މާޔާގެ މޫނަށެވެ. މާޔާގެ ރީތިކަމާއިމެދު ތައުރީފްކުރަމުންނެވެ. މާޔާ ނުވެއްޓޭ ކަން އެނގުމުން ލޯ ހުޅުވާލިއިރު މާޔާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިޒުވާނާ ފެނިފައި މާޔާއަށް ދެލޯބޮޑުކޮށްލެވުނެވެ. އެޒުވާނާ މާޔާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މާޔާ އެ ޒުވާނާއާ ދުރަށް ޖެހިލިއިރު އެހިތުގެ ވިންދުވަނީ އެތަށް ގުނައަކަށް އަވަސްވެފައެވެ.
” ތޭންކްސް” މާޔާ ހިނިތުންވުމެއް ރައްދުކުރުމަށްފަހު ހިގައިގަތެވެ.
މާޔާ ގެއްެލެންދެން އެޒުވާނާއަށް ބަލައިގެންް ހުރެވުނެވެ. މާޔާގެ އެންމެ ފެނިލުމަކުން އެޒުވާނާގެ ހިތުގައި މާޔާއަށްޓަކައި ޖާގައެއް ކަށަވަރުވިކަހަލައެވެ.
…………………………………………………………………………..
” ހީ އިޒް ސޯ ސްމާޓް… ލައިކް އަ ރޯޔަލް… ” ހައިފާ އެދުގައި ދެފައި ވަށްކޮށްގެން އިނދެ މިއަދު ދިމާވި ޒުވާނާގެ ވާހަކަ ދައްކަމުން ދިިޔައެވެ. ކޮޓަރިއަށް ވަދެވުނު ފަހުން ހައިފާގެ ކަމަކީ ކޮންމެވެސް އެއްޗެއް ކިޔައި ގޮތްނޭނގެ ފަރާތުގެ ވާހަކަ ދެއްކުމެވެ.ބޭނުމަކީ މާޔާއަށް އުދަނގޫކުރުމެވެ. މާޔާ އުޅޭގޮތުން ހައިފާ ހުންނަނީ މާޖާވެފައެވެ.
” ސޯ ވަޓް… ” ހައިފާއަށް ބަލައި ބުމަ އަރުވަމުން މާޔާ ބުނެލީ ފަރުވާކުޑަ ރާގަކަށެވެ. ހައިފާ އުޅޭގޮތުން މާޔާ ކޮންމެވެސް ވަރަކަށް އުދަނގޫ ވެފައި ހުއްޓަސް އަޅައި ނުލާ ހުރީ ހައިފާގެ ގޮތް ރަގަޅަށް އެނގޭތީއެވެ.
” ސޯ…އިމޭޖިން…” ހައިފާ އަނެއްކާވެސް ވަހާކަ ކުރިއަށް ގެންދަން އުޅުނު އިރު ހީވީ ކުޑަކުއްޖަކު ވާހަކައެއް ކިިޔައިދޭން އުޅުނު ހެންނެވެ. ހައިފާގެ ވާހަކަ މެދު ކަނޑާލަން ޖެހުނީ މާޔާ އެއްލި ބާލިހުން ހައިފާގެ ބޮލުގައި ޖެހުމުންނެވެ.
” ހިޔާލީ ދުނިޔެއިން ނިކުމެބަ… ސްމާޓް ވިޔަސް ކީއް… ހީ އިޒް ނޮލް ހައިކް އަސް… ހީވަނީ ޗައިނާ ނޫނީ ތައިލެންޑް މީހެއް ހެން..ހަހަހަ… ވޭކް އަޕް ސްޓުޕިޓް ވުމެން…” މާޔާ ޖެއްސުންކޮށްލިއެވެ. ހައިފާ ބާލިހުގައި ބައްދައިގެން އޮށޯތީ ބޮލުގައި ފިރުމަމުންނެވެ.
ދުވަސްތަށް ވޭތުވަމުން ދިޔައީ ހަލުވި ކަމާއި އެކުގައެވެ. އެންމެ ފަހު އިމްތިހާނަށްފަހު ވިންޓަރ ބްރޭކް ލިބުމުން ހައިފާ ރާއްޖެ ދިޔުމުން މާޔާ އެކަނިވިއެވެ. މާޔާ އެފަހަރު ނުދިޔައީ މާޔާގެ މަންމަ ބަލިވެގެން އިންޑިޔާއަށް ބޭސްފަރުވާއަށް ދާން ޖެހުމުންނެވެ. އެހެންކަމުން މާޔާ ދުވަސްތަށް ވޭތުކުރަމުން ދިޔައީ ފޫހިވެރިކަމާއި އެކުގައެވެ. ފިނިކަމުން ބޭރަށް ނިކުންނަ ހިތްނުވާތީ ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރިތެރޭގައެވެ. އެއްވެސް އިރެއްގައި ބޭރަށް ގޮސް އުޅުމަކީ މާޔާ ކުރާހިތްވާ ކަމަކަށް ނުވާތީ އާއިވެސް އެކުގައެވެ. ކިތަންމެ ބުރަކޮށް އުޅިެންޖެހުނު ކަމުގައި ވިޔަސް ބަރާބަރަށް ފަސްވަގުތަށް ނަމާދުކޮށް ދީނީ އެހެންއަޅުކަންތަކަށް ފަރުވާތެރިވެވޭތޯ މަސައްކަތްކުރެއެވެ.
މާޔާ ފިޔަވަޅުތަަކަށް ސަމާލުވަމުން ހިނގާފައި ދިޔައީ ބޭނުންވާ ބައެއް ސާމާނުތަށް ހުރުމުން ފިހާރައަށެވެ. ފަޒާގައި އެކުލެވިފައިވާ ފިނިން މާޔާ ހީކަރުވަމުން ދިޔައިެވެ. އިރުއިރުކޮޅާ ލައިގެން ހުރި ރަތްކުލައިގެ ކޯޓު ގަޔާލާ ބޮލިކޮށްލަނީ ހޫނުކަން އިތުރަށް އިހްސާސް ވޭތޯއެވެ.
ތުނި ތުނިކޮށް ސްނޯ ފައިބަމުން ދިޔައިރު މަގުމަތީގައި ކޮންމެވެސް ވަރަކަށް މީހުން އުޅެއެވެ. މާޔާ އުޑަށް ބާލާލީއިރު އެތުނފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެފައި ވެއެވެ.
މާޔާ އަރިއަޅާލަން ދިޔައީ ކުއްލިއަކަށް ހިނގާފައި އައި މީހަކު މާޔާގެ ގައިގައި ޖެހުމުންނެވެ. އެމީީހަކު ނުހިފެހެއްޓިނަމަ މާޔާ ވެއްޓުނީސް ކަން ޔަޤީނެވެ. މާޔާ ޝުކުރުވެރިވާ ހާލު ބާލަލި އިރު އެއީ ކުރިން ދުވަހު ފެނުނު ޒުވާނާއެވެ. އެ ޒުވާނާގެ ދެލޯއަމާޒު ވެފައިވަނީ ސީދާ މާޔާގެ މޫނަށް ކަމުން މާޔާ ކޮންމެވެސް ވަރަކަށް ލަދުގަންނަ ގޮތްވިއެވެ.
” ތޭންކްސް އެގެއިން..” މާޔާ ހަމަހިމޭންކަން ފޫބައްދަން މަސައްކަތް ކުރަމުން ބުނެލިއެވެ.
” ބީ ކެއަރ ފުލް ވެން ޔޫ ވޯކް… އައި ޑޯންޓް ތިންކް އައިކޭން ކަމް ފޯ ޔުއަރ ރެސްކިއު އޯލް ދަ ޓައިމް..” އެ ޒުވާނާ މާޔާއަށް ހިނިތުންވުމެއް ރައްދުކުރަމުން ބުނެލީ ސަމާސާ ރާގެއްގައެވެ. މާޔަ ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ.
ތެދެކެވެ. ކޮންމެެ ފަހަރަކުވެސް މި ގޮތްނޭނގޭ ޒުވާނާއާއި ބައްދަލުވަނީ މިކަހަލަ ގޮތަކަށެވެ.
“އަހަންނަކީ ނަކީލް… ކޮރެއާއިން… ” ނަކީލް އަމިއްލައަށް މާޔާ އަށް ތައާރަފް ވެލީ އިނގިރޭސި ބަހުންނެވެ.
” މާޔާ… ފްރޮމް މޯލްޑިވްސް…” މާޔާވެސް ކުރު ތަޔާރަފެއް ދިނެވެ.
“އަޑުއެހިން ރާއްޖެ އަކީ ވަރަށް ރީތީ ގައުމެއްގެ ވާހަކަ… އެެއްދުވަަހަކުން ކުއްޓީއެއް ހޭދަކޮށްލަން ވަރަށް ދާން ބޭނުން… އަމްްމް… ވަރަށް ފިނި ދޯ… މިހާ ފިނި އިރު ކޮންތާކަށް ތިދަނީ …އެވެސް އެކަނި… އަންހެން ކުދިން އެކަނި ބޭރުގައި އުޅެން ނުވާނެ..” ނަކީލް މާޔާއައި އެކުވެރިކަން ބަދަހި ކުރެވޭތޯ ބަލަމުން މާޔާއާއި އެއްހަމައެއްގައި ހިނގާފައި ދިޔައެވެ.
ފިރިހެން ކުދިންނާއި އެހާާ ވާހަކަ ދައްކައި ނޫޅުނެއްކަމަކު ނަކީލް އާއި ވާހަކަ ދެއްކެނީ ކީއްވެ ކަމެއް މާޔާއަކަށް ނުވިސްނުނެވެ.
” މިދަނީ މިތާ ކައިރީ ހުރި ފިހާރައަކަށް… އެކަނި ބޭރުގައި އުޅެން އަހަރެން ބިރެއް ނުގަނނޭ… ނަކީލް ބިރެގަނޭތަ..” މާޔާ މަޖާވެލަމުން ނަކީލްއާ ދިމާލަށް ބުނެލިއެވެ.
“ހުމްމްމް… ވަރަށް ބިރުގަނޭ… މިހާރު ނޭނގެ ހިގާފައި ދާ އިރު ކޮންމެވެސް އަންހެންކުއްޖެއްގެ ގައިގައި ޖެހި އެކުއްޖާ އަރު އަޅާލަޢި ވިއްޔާ…” ނާކީލް މާޔާއަށް އަމާޒުކުރަމުން ބުނެލީ ސަމާސާ ރާގެއްގައެވެ.
އެދުވަހަށް ފަހު މާޔާއާއި ނަކީލް ގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށ ބަދަހިވަމުން ނެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް މާޔާގެ ފޯނަށް ނަކީލްގެ ފަރާތުން ލިބެމުން ދިޔަ މެސެޖެތަށްވެސް ދިޔައީ ގިނަވަމުންނެވެ.
ހަރީފް މޫސުން ނިމި ބަހާރު މޫސުން ދުނިޔެއަށް މަރުހަބާ ކީ ނިދާފައިވާ ފަނިފަކުސާތަށްވެސް ހޭލައްވަމުންނެވެ. މާމެލާމެލީން މުޅިތަން ޒީީނަތްތެރިވެގެން ދިޔައީ ގުދުރަތީ ރީތިކަން ހާމާކުރަމުންނެވެ.ދުވަސްތަށް ވޭތުވަމުން ދިޔަ ވަރަކަށް ނަކީލްއާށް މާޔާމެދު ދެކެވޭ ގޮތްވެސް ދިޔައީ ބަދަލްވަމުންނެވެ.
އަބަދުވެސް ނަކީލްގެ ހިޔާލުތަކުގައި ރަނިކަން ކުރަމުންދަނީ މާޔާއެވެ. މާޔާ އެންމެ ފުރަތަމަ ދިމާވި ދުވަހެވެ. މާޔާގެ ހުނުގެ އަޑެވެ. މާޔާގެ ހުންނަ މަޑުމައިތިރި ކަމާއި ސަކަ މިޒާޖުގެ ސަބަބުން މާޔާ ދެކެ ނަކީލް ވަރަށް ގަޔާވެއެވެ .އެހިތުގައި މާޔާއަށްޓަކައި ލޯބި ފިޔަޖަހަން ފެށީ ކޮންދުވަހަކު ކަމެއް ނަކީލްއަކަށް ނޭނގެއެވެ. އެހެން ނަމަވެސް އެނގޭހާވެސް ކަމަކީ ނަކީލްއަށް މާޔާދެކެ ލޯބިވެވިއްޖެކަމެވެ.
ހިތުގައި އުފެދިފައިވާ ލޯބި ކޮންމެވެސް ހިފައެއްގައި މާޔާއަށް ބާޔާންކޮށްދޭން ނަކީލް ބޭނުންވެއެވެ. އެހެންކަމުން ނަކީލް ދިޔައީ އެފަދަ ރަގަޅު ފުރުސަތަކަށް އިންތިޒާރުކުރަމުންނެވެ.
މުޅި މާހައުލުގައިވަނީ މިއުޒިކްގެ އަޑުން ގުގުމާފައެވެ. މިއުޒިކްގެ އަޑާއި އެއްވަރަށް ޑާންސް ފްލޯރ ގައި ނަށަމުން ދިޔަ އަންހެން ފިރިހެން ގޯޑްތަކަށް ތަރުހީބުދޭ އަޑުންނާއި އެކި މީހުންގެ އަޑުތަކުުން ޕާޓީއަށް ވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފައެވެ.
މިރެއަކީ ކްލެޖްއިން އިންތިޒާމް ކޮށްގެން ބޭއްވި ވެލްކަމް ނައިޓް ޕާޓީއަކަށް ވުމުން ކޮލެޖްގެ އެންމެހާ ސްޓާފުންނާއި ދަރިވަރުންނަށްވެސް ވަނީ ޕާޓީއަށް އައުމަށް ދައުވަތުއެރުވިފައެވެ. ރަސްމީ ސޫޓެއްގައި ހުރި ނަކީލްގެ ދެލޯ ހޯދަމުންދިޔައީ މާޔާ ފެނޭތޯއެވެ. ކޮންމެ ގޮތެއް ހާދާފައި ނަމަވެސް ނަކީލްގެ ހިތުގެ ހާލަތު މާޔާއަށް މިރޭ ބާޔާންކޮށްދޭން ނަކީލް ބޭނުންވެއެވެ.
ނަކީލްގެ ނަޒަރު ހުއްޓާލެވުނީ ހޯލުތެރެއަށް ވަދެގެން އައި ހައިފާ ފެނުމުންނެވެ. ހައިފާާ ޕާޓީއަށް އައިސް ފިރިހެން ކުއްޖަކާއި އެކީ ޑާންސް ފްލޯއަށް އެރިއެވެ. މާޔާގެ ނާންނާނެހެން ހީވާން ފެށުމުން ނަކީލް މާޔޫސް ވާގޮތްވިއެވެ. ކުއްލިއަކަށް ދޮރުން ވަތް މާޔާ ފެނި ނަކީލްއަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ.
ކަޅުކުލައިގެ ޕާޓީ ގްރައުންއެއްގައި މާޔާ ހުރި ހެދުމުން މާޔާގެ ހަށިގަނޑު ރަގަޅަށް ނިވާވެއެވެ. އެހެން ކުދިންނާއި ހިލާފާށް މާޔާ ހެދުން އަޅާފައި އުރުމުން މާޔާއަށް އެހިތުގައި ދެވިފައިވާ މަގާމް އިތުރުވިއެވެ. އިސްތަށިގަނޑު މިނިވަންކަމާއި އެކީ ދޫކޮށްފައވާއިރު މާޔާއާއި ނުހަނު ގުޅެއެވެ.ކޮށްފައިވާ މަޑު މޭކަޕްގެ ސަބަބުން އިތުރުފުރިހަމަ ކަމެއް ގެނެސްދެއެވެ.
ނަކީލް މާޔާ ކައިރިއަށް ދާން ނެނގި ފިޔަވަޅު ހުއްޓުނީ މާޔާ ކައިރީ ގައި ހުރި ޒުވާނާ ފެނުމުންނެވެ. ހިތަށް މާޔޫސްކަން ވެރިވެގެންދިޔައީ ހިތުގައި ފުނި ޖެހެން ފެށި ސުވާލުތަކުގެ ސަބަބުންނެވެ.
3 Comments!
Comments are closed.
beautiful! I don’t know, why I feel that I read this story before! :p
Nice mi part vex..bt haadha kurey ehaa dhuvas fahun up kury iruvx..
nice