Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (7)

lai Level 110 Stories100 Comments
January 10, 2016 4 Mins Read
28 Comments

ބެލްކަނީގައި ވަނީ ފަނޑު ފަނޑު އަލިކަމެކެވެ. ދެލޯ މަރާލައިގެން ގިޓާހިފަހައްޓާލައިގެން އިން އައިރީން ރީތި ރާގަކަށް ލަވަކިޔަމުން ދިޔައެވެ. އައިރީންގެ އަޑު އިވުނު ކޮންމެ މީހެއް ލޯ ކަރުނުން ފުރޭނެކަން ޔަގީނެވެ. އެހާވެސް އަސަރު ގަދައެވެ. އެ އަޑުގައި މަޑު ރިހުމެއް ވިއެވެ.

ނޭދެން ވަކިވާކަށް .. ހޫމް ހޫމް ހޫމް ހޫމް ހޫމް …

ރޮއްވާލާފާ .. އެކަނި މަ ކޮއްފައި .. ދާ ހިތްވޭހެ ކަލާ ..

ކާކު އަހަންނަށް ވާނި އެހީއެއް .. ނެތްނަމަ މިއަދު ކަލާ …

ނޭދެން ވަކިވާކަށް ….

މަރުވާން ނޫނީ މަށެއް ނުދާނަން .. ދޫކޮއްލާފަ ކަލާ …

ތިޔަ ނޫން އަތަކަށް ދާން އަހަރެން ލާނޭހެ މިހިތް ދީލާ….

ގިޓާކުޅެމުން ލަވަކިޔަމުން ދިޔަ އައިރީން ކުއްލިއަކަށް ލޯ ހުޅުވާލީ ފަހަތުން މީހަކު އަތްޖަހާ އަޑު އިވިގެންނެވެ. އަވަސްއަވަހަށް އެނބުރި ބަލާލުމާއިއެކު ފަހަތުގާ ހުރި ފާޒިލް ފެނުމުން އެ ހިތް ތެޅިލިއެވެ. ” ވާ .. ހާދަ ސަޅިއޭ ..ރޫ ގެ އަޑު އަދި މާ ސަޅި .. ” ފާޒިލް ދެ ޖީބަށް އަތް ޖަހާލަމުން އެހެން ބުނެލުމުން އައިރީން ގެ ދެބުމަ ގޮއްޖެހިގެން ދިޔައެވެ. ” ޔޫ .. އޯހް ޕްލީޒް .. ކާކު ކަލޭ މިގެއަށް ވެއްދީ .. އައި ޖަސްޓް ހޭޓް ޔޫ ފާޒިލް .. ތީ ފެންނަހާ އަންހެން ކުއްޖެއް ފަހަތުން ދުވާމީހެއް .. އެހެން ނޫނަސް އަހަރެން މިހާރު އެހެން ކުއްޖަކާ ރައްޓެހިވެގެން މި އުޅެނީ ..  ކާކު ފެންނަހާ މަލެއްގެ ފޮނި ބޮމުން ދުވާ މާބުރެއްގެ ފަހަތުން ދުވާނީ ..ހަހް މޮޔައެއް .. އަހަރެން ދުވަހެއްގެ ކޮޅުންވެސް ކަލެއަކާއި ރައްޓެއްސެއް ނުވާނަން .. ދުނިޔޭން ފިރިހެނުން ހުސްވިޔަސް ނުވާނަން .. ދެން ކޮންމެހެން އަހަރެން ފަހަތުން ދުވާނެކަމެއް ނެތް .. ނަސީބެއް ކަލޭގެ ހަގީގަތް އެރޭ އެނގުނުކަން .. ހަހް .. ޖަސްޓް ގެޓް ލޮސްޓް ” ” އައި ސެޑް ގެޓް .. ” ޖުމުލަ ފުރިހަމަ ނުކުރެވެނީސް އައިރީން އަށް ސިހުމެއް ގެނުވީ ކުއްލި ހަރަކާތަކާއި އެކު ފާޒިލް އޭނާގެ އިސްތަށިގަނޑުގައި ހިފައި ލުއްކެތް ޖެހުމުންނެވެ. ” އައްދޯއި ފާޒިލް ތަދުވެޔޭ .. ދޫކޮއްލަބަލަ ” ފާޒިލް އޭނާގެ އިސްތަށިގަނޑުގައި ހިފާފައިވާލެއް ބާރުކަމުން އައިރީން އަށް ރޮވެންފެށިއެވެ. ” އޭތް ކަލޭ ކަލޭ ކިޔައިގެން ވާހަކަ ނުދައްކައްޗޭ .. ޓޯކް ވިތް ރެސްޕެކްޓް .. ރޫ ގެ މަންމަ އަހަރެން މި ގެއަށް ވެއްދީ .. ވަރަށް ތަދުވޭދޯ އެބަ .. އަދި މިއަށް ވުރެވެސް ބޮޑަށް ތަދުކޮއްލަންވީތަ .. އަހަރެން ބުނާގޮތަށް ނަހަދަންޔާ އަދި މިއަށް ވުރެ ތަދު ވާނެ .. އަހަރެން ބޭނުމެއް ނޫން އެހެން ވާކަށް .. އަހަރެން ހާދަ ލޯތްބެއް ވެއޭ ރޫ ދެކެ .. އަހަންނަށް އިނގޭ ރޫ ވެސް އަހަރެން ދެކެ ލޯބިވާކަން .. އަހަންނަކަށް ދެން ރޫ އާ ދުރަކު ނޫޅެވޭނެ .. ހަމަ އެހާވެސް ލޯބިވޭ .. އަދި އެއްވާހަކަ .. ތި ރައްޓެހިވެގެން އުޅޭ ކުއްޖާއާ ހަމަ މިހާރުން މިހާރަށް ރުޅިވޭ .. އެހެންނޫނީ އަހަންނަށް ކަމެއް ކުރަން ޖެހިދާނެ .. އޭރުން މާކަށް ރީއްޗެއް ނުވާނެ .. ބަލައްޗޭ .. އަހަރެން އަދި ހުއްޓާލާނީ ރޫ ހާސިލް ކޮއްފަ .. އަދި ތި އުޅެނީ މި ފާޒިލް ގެ ގޮތް ނޭނގިގެން ” ކިޔާނެ އެއްޗެއް ކިޔާފަ ފާޒިލް އައިރީންގެ އިސްތަށިގަނޑުން އަތް ދޫކޮއްލުމުން ބޮލުގާ ފިރުމާލަމުން އައިރީން އަނގަޔަށް ގޮތެއް ހަދާލަމުން ފާޒިލް އާއި ދިމާއަށް ލޯ އަޅާލިއެވެ. އަދި މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ވާހަކަދައްކަން ފެށިއެވެ. ” ހަހަހަ .. ލޯބި؟ .. ހަހަހަހަ .. ވާއު .. ލޯތްބޯ ..  .. ޗި .. ތިއީ ލޯތްބެއް ނޫން .. ލޯބި ލޯބި ލޯބި .. ހަހް .. ލޯތްބަކީ ކޯއްޗެއްކަން ފާޒިލް އަށް އިނގޭތަ؟ .. ދުވަހަކުވެސް ކުއްޖަކު ދެކެ ފާޒިލްއަށް ހަގީގީ ލޯބި ވެވުނުތަ؟ .. އަހަންނަށް އިނގޭ ތި ޑައިލޮގް ފާޒިލް މި ރަށު ހުރިހާ ކުދިން ހެން ކައިރީގަ ހުންނާނީ ކިޔާފަ .. ސޭމް އޯލްޑް ޑައިލޮގް .. ބުނަންތަ ފާޒިލް ރަނގަޅުވާހަކަ އެއް .. ރަނގަޅުވާނީ މިގެއިން ދިޔައްޔާ .. ޖަސްޓް ގޯ .. އަހަރެން ބޭނުމުއް ނޫން ފާޒިލް އާ ވާހަކަ ދައްކާކަށް .. އާން އަދި އަހަރެން ކްލާހަށް ދެން ނުދާނެ ވާހަކަވެސް ބުނެލަން .. ދެން އެންމެ ރަނގަޅު ދިޔަޔަސް …އެންޑް އައި ޑޯންޓް ލަވް ޔޫ .. ނޯ ނެވާ .. ގެޓް ލޮސްޓް ފްރޮމް ހިއާ ” އައިރީން ފާޒިލް އާއި ދިމާއަށް އިނގިލި ދިއްކޮއްލައިގެން ހުރި އިރު އެ ދެލޮލުން އަލިފާން ކަނި ބުރާހެންވެސް ބައެއްފަހަރު ހީވެއެވެ. ނަމަވެސް ދެން ކުއްލިއަކަށް ފާޒިލް ކޮއްލި ކަމަކުން އައިރީން ގެ ސިކުނޑިވެސް އިރުކޮޅަކަށް މަސައްކަތް ކުރުން ހުއްޓާލިއެވެ. ބޭ އިޙްތިޔާރުގައި ދެލޯ މަރާލެވުމާއިއެކު ހިނދުކޮޅަކަށް ނަމަވެސް އައިރީންއަށް އެ އަމަލުގާ ބައިވެރި ވެވުނެވެ. ނަމަވެސް ހަމަހޭވެރިކަން ވުމާއިއެކު އައިރީން އަތުގާ ހުރި ބާރެއްލާފާ ފާޒިލްގެ މޭގާ އަތްއަޅާ ދުރަށް ކޮއްޕާލިއެވެ.

ރުޅި އައިސްގެން ގޮސް އައިރީންގެ ދޮން މޫނު ރަތްވެގެން ދިޔައިރު ފާޒިލް ހުރީ ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރި ކުރުވައިގެންނެވެ. އޭނާގެ މަގްސަދު ކާމިޔާބު ވުމުންނެވެ.އެ ހިސާބަށް އެރި އިޒްޔަން އައި ކޮޅަށް އެނބުރި ދިޔައިރު އެ މޫނުމަތިން ބަޔާން ނުކޮއްދެވޭފަދަ އެތަށް އަސަރުތަކެއް ފެންނަމުން ދިޔައެވެ. އޭނާ އެ ގެއަށް އައީ އެކަހަލަ މަންޒަރެއް އެއްގޮތަކަށްވެސް ފެންނާނެ ކަމަކަށް ނޫނެވެ. އޭނާ އެ ގެއަށް ވެސް އައީ މިފްޒާލް އާދޭސް ކުރާވަރުންނެވެ. އެހެން ނޫންނަމަ އޭނަ ހުރީ އެ ގޭގެ ތެރޭގައި ފައިގެ ކުރިވެސް ނުޖައްސަން ހިތު އަޅައިގެންނެވެ. ނަމަވެސް އެ ފެނުނު މަންޒަރަކުން އެ ހިތް ދެފަޅިވެގެން ދިޔައެވެ. އަނބުރާލާފަ ގެއަށް ދިޔައީ މިފްޒާލް އަށް ފަހުން ރަނގަޅު ބަހަނާއެއް ދައްކަން ނިންމައިގެންނެވެ.

ކަންކަށިމައްޗަށް އަރައިގެން ދިޔަ ތަދާއިއެކު ފާޒިލް އަށް ކޯތާފަތުގާ ފިރުމާލެވުނެވެ. ” ވަޓް ދަ ހެލް  … ހައު ޑެއާ ޔޫ … ހަމަ މިހާރު މިގޭން ނިކުމެގެން ދޭ .. މި ބުނީނު ދާށޭ .. އަޑެއް ނީވޭތަ … ދާށޭ ” ފާޒިލް ދެންމެ ކަންތަށް ކުރި ގޮތުން އައިރީން ހުރީ ރުޅިއައިސް ރަތްވެފައެވެ. ފާޒިލްވެސް އައިރީން އަށް ރުޅިވެރިކަމުން ފުރިގެންވާ ބެލުމެއް ދިނުމަށްފަހު ގެއިން ނިކުމެގެން ދިޔައެވެ. ފާޒިލް ހަމަ ދިޔުމާއިއެކު އައިރީން އެ އޮތް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބާގަތެވެ.ދުވެފާ ގޮސް ފާހާނާއަށް ވަދެ މޫނަށް ފެންބުރުއްސާލިއެވެ. އަދި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލެވުމާއިއެކު ކުއްލިއަކަށް ސިފަވެގެން ދިޔައީ ގެސްޓްހައުސްގައި ކުޑަދޮރުން ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާއެވެ. ސިހިފައި ލޯ ގަނޑު ކުރިމަތިން ދުރަށް ޖެހިލަމުން އައިރީން ފާހާނައިގެ ތަށިމުށިތަށް މަތީގާ މަޑު މަޑުން އިށީނދެލިއެވެ. އެއްފަހަރާ އެތައް ކަމެއް ބޮލުތެރޭގައި އެނބުރެން ފެށުމުން އައިރީން ބޮލުގާ ދެއަތުން ހިފަހައްޓާލަމުން ދެލޯ މަރާ ތަގުޅި ކޮއްލިއެވެ. އަދި އިރު ކޮޅަކު އެހެން އިނުމަށް ފަހު ދެލޯ ފުހެލަމުން އައިރީން ތެދުވެ އިސްކުރު ދޫކޮއްލަމުން އަދިވެސް އެއްފަހަރު އެ މޫނަށް ފެން ބުރުއްސާލުމަށްފަހު މޫނު ރީއްޗަށް ހިއްކާލިއެވެ. އަދި ހެދުން ރީތި ކޮއްލަމުން ފާހާނައިން ނިކުމެގެން ދިޔައީ އައިރީން ގެ ހިތުގާ ވަރުގަދަ އަޒުމެއް ކަނޑައަޅައިގެންނެވެ.

******* ******* ******** ********* *******

ކޮޓަރީގެ ދޮރު ހުޅުވާލި އީނާލްއަށް ކުރިމަތީގައި ހުރި ރަޔާން ފެނުމުން ގަދަކަމުން ހިނިތުންވެލިއެވެ. ކިތަންމެ ފޮރުވަން އުޅުނަސް އެ މޫނުމަތީގައިވާ ހިތާމަވެރިކަން އީނާލްއަށް ރަޔާންއަކަށް ނުފޮރުވުނެވެ. އެ ދެލޯ ދުޅަވެ ރަތް އަރާފާވާއިރު ގަދަޔަށް ރޮއެފާ ހުރިކަން ހާމަކޮއްދެއެވެ. ” އީން ކިހިނެތް ވެފަ ތިހިރީ .. ރޮއެފަތަ؟ ” ” ނޫން އެއީ .. އެއީ .. މި އުޅެނީ ރޯގާ ޖެހިގެން .. ރެން … އަހަރެން ބޭރަށް ގޮސްލިޔަސް އޯކޭތަ؟ ” އީނާލް ދޮގެއް ހަދާލުމަށްފަހު ރަޔާން ކައިރިން ބޭރަށް ދިޔުމުގެ ހުއްދަޔަށް އެދުނެވެ. އޭނާ ބޭނުން ވަނީ އެކަހެރިވެލާށެވެ. ބޭރަށް ގޮސްގެން ވިޔަސް އެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ” އީން .. ރޯގާ ޖެހުނީއޭ؟ .. އެކަމަކު މިއަދު ހަވީރުވެސް ޔޫ ވާ ޕާފެކްޓްލީ ފައިން  .. ކީއްވެ ނުބުނީ ؟ …. އީން ބޭރަށް އެކަނި ދާކަށް ނުދެވޭނެ ހުއްދައެއް .. އީން އަށް އަދި މިރަށް އާވާނެ … ގެއަށް އަންނަންވެސް ނޭނގިދާނެ …. އީން އަށް ދެވޭނީ އަހަންނާ އެއްކޮށް ” ރަޔާން އެހެން ބުނެލުމުން އީނާލް ހިތްހަމަނުޖެހޭ ގޮތްވިއެވެ. ” އައިމް ފައިން  .. ޕްލީޒް ރެން .. އަހަރެން އެކަނި ދިޔަ ދީބަލަ .. އަހަންނަށް އިނގޭނެއޭ އެކަނި އަންނަން .. އަހަރެން ބޭނުމީ އެކަނި ވެލަން .. ރެން އަންނާނެ ކަމެއް ނެތް .. އަހަރެންނަށް ކޮންމެ ގޮތެއް ވިޔަސް ރެން އަށް ކީއް ؟ .. ރެން އަކަށް ނުވާނެ އެއްވެސް ކަމެއް .. ވާނެ ގޮތެއް ވާނީ އަހަރެންނަށް .. ” އީނާލް ވާހަކަ ދެއްކި ގޮތުން ރަޔާން ހުރީ ހައިރާންވެފައެވެ. ވާނީވެސް އެހެންތާއެވެ. މި ނޫނީ އަދި ދުވަހަކުވެސް އީނާލް އެ ގޮތަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ދުވަހަކުވެސް މީހަކާއި ދިމާއަށް ބާރަށް އެއްޗެކޭ ބުނެފައެއް ނުވެއެވެ. މިރޭ އީނާލް އަށް ވެފަ އެ ހުރި ގޮތެއް ހުދު އީނާލް އަކަށް ވެސް ނޭނގުނެވެ.

ރަޔާން އެ ހުރި ގޮތަށް ހުއްޓާ ކޮޓަރި ދޮރު ލައްޕާ ތަޅުލުމަށް ފަހު އީނާލް ގެސްޓް ހައުސް އިން ނިކުންނަން ދިޔައިރު ރަޔާން އާއި އެ ގޮތަށް ވާހަކަ ދެއްކުނީތީވެ އީނާލް ހިތާ ހިތުން ރޮމުން ދިޔައެވެ. ބޭރަށް ނިކުމެގެން ދިޔައިރު އީނާލްއަށް ކުރިމަތިވާން މި އުޅޭ ކަންތައްގަނޑުގެ ހިލަމެއްވެސް ނުވެއެވެ. އެކަމުގެ ކުޑަވެސް ހިލަމެއް ވިނަމަ އީނާލް އެ ގޮތަށް ނިކުމެގެން ނުދިޔައީހެވެ.

( ނުނިމޭ )

Share Article

Follow Me Written By

lai

Level 110 Stories100 Comments

Other Articles

Previous

އިތުބާރު ގެއްލުވާ ނުލާ…11

Next

އަލްމާޝް 15

Next
January 10, 2016

އަލްމާޝް 15

Previews
January 10, 2016

އިތުބާރު ގެއްލުވާ ނުލާ…11

28 Comments!

  1. lai says:
    January 10, 2016 at 2:48 pm

    hai all .. here is the next part .. enjoy reading 🙂

    1. nihaa says:
      January 11, 2016 at 8:56 pm

      V nice ….whn next part.. ….i luv this story….nice…..

    2. lai says:
      January 12, 2016 at 7:56 pm

      thanks nihaa .. next part tonight insha allah 🙂 😀

  2. Luyoona says:
    January 10, 2016 at 2:51 pm

    nice
    when next part

    1. lai says:
      January 11, 2016 at 4:05 pm

      thanks luyoona .. iraadhakurehviyya nxt part maadhan up kohdheynan:)

  3. mehemaan says:
    January 10, 2016 at 3:06 pm

    kia baath hei yaar. varah sundhar mi story.

    1. lai says:
      January 11, 2016 at 4:07 pm

      hehehehe thanks mehemaan .. i’m glad u liked it 😉 🙂

  4. naaanu says:
    January 10, 2016 at 3:14 pm

    haaadha kuru hen heeeveyyyy….alheyyyyy izyan fakeeeru..dhena laiiii e dhe myhun gulhuvaabala dheraveyey izyan roathy…ahcheeedi dhen faazil …yuck..why ?why?faazil ah keekuran e haggu dhiny…izyan ah jeheyny e haggu dheyn ??alhe dhen laiii nahadhaba ehn esorah …vvv reethi mi prt ves..luv you ?

    1. lai says:
      January 11, 2016 at 4:13 pm

      thanks naanu .. yah kuru dhw bt aneh bai dhigu kohlaanan .. hehehe adhi gulheyne e dhemyhun .. kehkohlaa .. 😉 🙂 .. love u too <3

  5. aireen says:
    January 10, 2016 at 3:16 pm

    what’s gonna happen next. aneh girl aa dhimaavejjiyyaa varah majaa vaane dhw. lol.

    1. lai says:
      January 11, 2016 at 4:14 pm

      hehehe neynge dhn lets see dhw .. thanks fr reading 😉 🙂

  6. ina says:
    January 10, 2016 at 4:32 pm

    Laitukuriiiiiiiiiiiiiii……wowwwwwwwwwwwwww…….hama rovijje………vrhvvrh vrh nice mi part………i haté that faazil…dhn ulhey gotheh dhw…hehehe….ixyan vx e dhiyaee dhera vegen viyya…..so sad…….enaal ah anekka kihineh baa vaany???faaxil dhn dhimaa kurany eenal ah kanneynege dhw…hehehe vrh nice mi part…ekm vrh kiyaa hithun hutta thi nimmaaly…laitukuriiiii….when iz nxt part????miss u n luv u…….

    1. lai says:
      January 11, 2016 at 4:17 pm

      inathuuuuuu.. hehe thanks inaa.. neynge lets see hehehe ehentha? .. next part iraadhakurehviyya tmrw … hehehe fake crying 😛 ..love u n miss u too inathuuuu 🙂 😉

  7. elsa says:
    January 10, 2016 at 5:08 pm

    lailaaaaaaaaaaaa , this amazing , wow wow wow , poor airyn , gud luck lailaa , cant wait 4 nxt part

    1. lai says:
      January 11, 2016 at 4:19 pm

      thanks elyyyyyyyyy … next part iraadhakurehviyya tmrw upload kuraanan .. yah poor airyn .. hehe bt fahun hurihaa kemh vess ranaglhu vaane .. 🙂 😉

  8. maalu says:
    January 10, 2016 at 11:30 pm

    Wow wow wow vrh vrh vrh reethi ????..laitukuriii eh faaaxil dhw eenal ah kameh kurany ………story is awsome????…u r the best latukuriii??? love this storyyyy???????
    ????????????????????????????????????????????????

    1. lai says:
      January 11, 2016 at 4:22 pm

      thankss mal ..uhun malyathuu.. no maalitukuriiii hehe 😛 …neynge dhw hehehe .. hehe thanks once again 😉 🙂

  9. ninth says:
    January 11, 2016 at 7:41 am

    hah

    1. lai says:
      January 11, 2016 at 4:22 pm

      thanks fr reading ninth 😉 🙂

  10. kamana says:
    January 11, 2016 at 9:22 am

    i guess faazil aileen ah kommess kameh kuran eulhenee.. may br rape kollan… stry v v nice…. but too short… my best wishes

    1. lai says:
      January 11, 2016 at 4:24 pm

      yah hehe maybe …thanks kamana .. owh next prt dhigu kohlaanan 🙂 😉

  11. Immy says:
    January 11, 2016 at 2:41 pm

    heyy laii…. axlu enal akee aileen dhww… stry s prfct…. ?? m jxt luvin it?????
    except its a lil shrt??
    dhnn vaanee kihinh baa…. tnkolheh avahah up kh dhehcheyyy….. cnt waitt??
    n immy ge faraathu lyk eh…???

    1. lai says:
      January 11, 2016 at 4:25 pm

      hey immy .. yah aileen e ee .. aneh bai dhigu kohlaanan .. yah tmrw up kohdheynan iraadhakurehviyya .. hehe thanks immy 😉 🙂

  12. Immy says:
    January 11, 2016 at 2:42 pm

    faraathun*

  13. ifu says:
    January 11, 2016 at 3:05 pm

    woww its just an amazing story but hyve thankolheh kuruhen ?????

    1. lai says:
      January 11, 2016 at 4:26 pm

      thanks ifu .. yah kru dhw mi bai .. dhn oiy bai dhigu kohlaanan 😉 🙂

  14. zaa says:
    January 11, 2016 at 6:45 pm

    Nice 🙂

    1. lai says:
      January 12, 2016 at 7:55 pm

      thanks zaa 🙂 😀

Comments are closed.


All Right Reserved!