Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދީފާ އުފާ – 1

az000
January 8, 2016
2 Mins Read
18 Comments

ނިދާފައި އޮތް އާރާއަށް ހޭލެވުނީ އުނދަގުވާ ކަހަަލަ އަޑެއް އިވޭތީއެވެ. ގަޑި ބަލާލިއިރު ގަޑިން މެންދަމު ބާރަ ޖަހަން ގާތްވަނީއެވެ. ލޯފޮހެމުން ގޮސް އާރާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. އަޑު އަންނަނީ ސިޓިންގް ރޫމުން ކަމަށްވާތީ ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ. މުޅިތަނަށް  އަނދިރިކަން ވެރިވެފާ ވާއިރު އަދިވެސް އެ އަޑު އިވެމުން ދިޔައެވެ.

” އިމީ.. ބެންޖީ..” އެގޭގާ މަސައްކަތް ކުރަން ގެންގުޅޭ ދެމަފިރިން ކަމަށްވާ އިމީ އާ ބެންޖީ އަށް އާރާ ގޮވަން ފެށިއެވެ. ނަމަވެސް އެމީހުންގެ ހަބަރެއް ނުވިއެވެ. އާރާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް މުޅިތަން އަލިވެ އެންމެން އެއްފަހަރާ ކަހަލަގޮތަކަށް އާރާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަންފެށުމުންނެވެ. އާރާ މޫނުމަތިން ހައިރާން ކަން ފިލައިގެން ގޮސް ހެވެން ފެށީ މަންމަ ނާއިލާ އާއި ބައްޕަ އަނަސް ކުރިއަށް ޖެހިލިތަން ފެނުމުންނެވެ.

” ދަރިފުޅަށް ދިގު އުމުރެއް ދެއްވާށި.. ދަރިފުޅުގެ އަށާރަވަނަ އުފަންދުވަހަށް މަރުހަބާ..” އަނަސް އޯގާތެރިކަމާއެކު އާރާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އާރާ ޝުކުރު އަދާކޮށް އަނަސްއާއި ނާއިލާ ގައިގާ ބައްދާލިއެވެ.

” މަންމަ އާއި ބައްޕައަށްތަ ހުރިހާ ލޯތްބެއް.. ދޮންބެމެންވެސް އެބަތިބިން” މިއަޑަށް އާރާ ފަހަތް ބަލާލިއިރު އާރާގެ ތިން ބޭބެ ކަމަށްވާ ރާކިން، ރަޔާން އަދި ރެހާންް ތިއްބެވެ. އެތިންބެއިންނަކީ އަނަސްގެ ކުރީގެ އަންހެނުން ރައިމާއަށް ލިބިފައިވާ ތިން ދަރިންނެވެ. ރީހާންއަކީ އެންމެ ބޮޑު ކުއްޖާ އަށް ވާއިރު ރަޔާންއަށް ވުރެ ރާކިން ކުޑަވާނީ އެންމެ ދެއަހަރެވެ.

” އަޅެ ތެންކިއު ދޮންބެ.. ތިއްތި.. އެންޑް ކުޑަބެ.. ” އާރާ ތިން މީހުންނަށް ވަކި ވަކިން ބަލާލަމުން ބުންޏެވެ. އާރާ އަކީ އާއިލާގަ ހުރި އެންމެ އަންހެން ކުއްޖަކަށް ވުމާއެކު އެންމެންވެސް އާރާދެކެ އިންތިހާއަށް ލޯބިވެއެވެ.

” ކޮބާ ދޮންބެދައްތަ” އާރާ ރެހާންއަށް މުހާތަބުކޮށް އަހާލިއެވެ. އެވަގުތު އާރާއަށް ގޮވާލިއަޑަށް ފަހަތް ބަލާލިއިރު ރެހާން ގެ އަންހެނުން މިޝަލް ކޭކެއް ހިފައިގެން ހުއްޓެވެ. މިޝަލް ކުރިއަށް ޖެހިލާ މެދުގައި ބަހައްޓާފަ ހުރި ކުޑަ މޭޒުމަތީގައި އެކޭކު ބައިންދާލިއެވެ، އަދި އެއަށްފަހު އާރާއާއި ކުރިމަތިލިއެވެ.

“ހެޕި ބަރތްޑޭ ޕްރިންސެސް” އާރާގައިގާ ބައްދާލަމުން މިޝަލް ބުންޏެވެ.

” ވާއު.. އަހަރެންގެ ފެވަރިޓް އޮރެންޖް ކޭކެއް.. ތެންކިއު ދޮންބެދައްތާ..”  އާރާ އުފަލުން އަވަހަށް ވަޅި ނަގައިގެން ކޭކު ފަޅަން ދިމާކުރިއެވެ.

” އަހަރެން ނުލާތަ ކޭކު ފަޅަނީ” މިއަޑަށް އާރާ ބަލާލިއިރު ޔުއާން އާއި އޭނާގެ މަންމަ ސޮފާ ވަދެގެން އަންނަނީއެވެ. ސޮފާއަކީ ނާއިލާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ އިތުރުން އަނަސްގެ ބިޒްނެސް ޕާރޓްނަރެކެވެ. ނާއިލާއާއި ސޮފާއެކޭ އެއްގޮތަށް އެއްކޮށް ބޮޑުވަމުންއައި އާރާއާއި ޔުއާންއަކީވެސް އެންމެ ގާތް ދެރަހުމަތްތެރިންނެވެ.

” އާން ޔުއާންއަކަށް ނުދޭނަން އެންމެ އެތިކޮޅެއްވެސް.. ހުރިހާ ކޭކެއް އާރާ ކާލާނީ”  އާރާ ބުނެލިއެވެ.

” އެހެންވާން ލާހިކެއް ނޫނެއްނު” ޔުއާން މިހެން ބުނަމުން މޭޒުމަތީގައި ބަހައްޓާފައިހުރި ކޭކު ހިފައިގެން ދުއްވައިގަތެވެ. އާރާވެސް ޔުއާންގެ ފަހަތުން ދުއްވައިގަތެވެ. މަންޒަރު ބަލަން އެންމެންތިބީ ހެވިފައެވެ. އާރާ ވަރުބަލިވެގެން ހުއްޓުމުން ޔުއާން ގޮސްހުރިތާނގައި ކޭކު ބެހެއްޓިއެވެ.

” މިހާރު އެނގިއްޖެ ދޯ މަަށައްނުދީ ކޭކު ނުކެވޭނެކަން.. ” ޔުއާން މިހެން ބުނެލިއިރު އާރާ ހުރީ ތުންއަނބުރައިގެން ޔުއާންއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

” ކަމޯން ބަރތްޑޭ ގަރލް.. ދެން ތިހެން ރުޅި މޫނު ހަދައިގެން ނުހުރެ އަވަހަށް އާދެބާ ކޭކު ފަޅަން ” ޔުއާން އާރާގެ އަތުގައި ހިފައިގެން ގެނެސް ކޭކު ކައިރީގައި ބެހެއްޓިއެވެ. އާރާ ކޭކު ފަޅާފައި އެންމެ ފުރަތަމަވެސް ލެވީ އަނަސްއާއި ނާއިލާއަށެވެ، އެއަށްފަހު ސޮފާއަށެވެ. ރެހާން އަށް ކޭކު ލަވަން އުޅުމުން އާރާގެ އަތުގައި އޮތް ކޭކުކޮޅު އަތުލާފައި އާރާގެ މޫނުގައި އުނގުޅާލިއެވެ. އެއާއެކު އެންމެެންވެގެން އާރާގެ މޫނުގައި އުނގުޅަން ފެށިއެވެ. ކުދިންޖަހާ ސަކަރާތް ބަލަން ތަނކޮޅެއް ދުރުގައި ނާއިލާއާއި އަނަސްގެ އިތުރުން ސޮފާ ހުއްޓެވެ.

………………………………………………………………………………………………….

އާރާއަށް ކޮޓަރިއަށް އާދެވޭވަރުވީ މެންދަމުން އަނބުރާ ދޭއް ޖެހި ފަހުންނެވެ. ފެންވަރާލާއިގެން ފާހާނައިން ނިކުތްއިރު ޔުއާން ދެފަަހަރަށް ގުޅާފައި އޮތެވެ. އެނދުމަތީގައި ބަހައްޓާފައިހުރި ގިފްޓްތައް ބެހެއްޓުމަށްފަހު އާރާ އެނދުމަތީގައި އިށީނދެލިއެވެ. އަދި ޔުއާންއަށް ގުޅާލިއެވެ.

” ކޮބާ އަހަރެންގެ ގިފްޓް.. ” ޔުއާން ފޯނު ނެގުމާއެކު އާރާ އަހާލިއެވެ.

” ގިފްޓަށް އަދި ތަންކޮޅެއް އިންތިޒާރު ކޮށްލާ.. މާދަން މެންދުރުއެކެއް ޖަހާއިރު އަހަރެން ދާނަން އާރާ ބަލާ.. ރެޑީވެގެން ހުންނައްޗެ..” ޔުއާން ބުނެލިއެވެ. އާރާވެސް އާއެކޭ ބުނުމަށްފަހު ފޯނުބޭއްވިއެވެ. އަދި އެންމެން ދީފައި ހުރި ގިފްޓްތައް ކަނޑަން ފެށިއެވެ.

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

az000

Other Articles

Previous

ލޯބިވާ މަންމާ މަގޭ.. 9

Next

މިއީ ތަޤްދީރު ހޭ؟ (ފަނަރަވަނަ ބައި)

Next
January 9, 2016

މިއީ ތަޤްދީރު ހޭ؟ (ފަނަރަވަނަ ބައި)

Previews
January 8, 2016

ލޯބިވާ މަންމާ މަގޭ.. 9

18 Comments

  1. Jenny says:
    January 8, 2016 at 6:14 pm

    Reethi

  2. Jenny says:
    January 8, 2016 at 6:15 pm

    M first dhw yey

  3. Jenny says:
    January 8, 2016 at 6:16 pm

    Raf this part is awesome..i loved it

  4. rau says:
    January 8, 2016 at 6:19 pm

    luv stry eh .wow.
    1 prt ix awsome…
    hope other prt thahvx mihaa reethivaanekamah…..
    :);)

  5. muxoo says:
    January 8, 2016 at 6:24 pm

    shali vaane hen hyve.. watting 4 nxt part.. kon irkun nxt part up kurany

  6. Niz says:
    January 8, 2016 at 6:32 pm

    Reethivaane hen v hyvey..insha allah…wating for next..

  7. naax says:
    January 8, 2016 at 7:02 pm

    Mi Part v rythi.. masha allah.. n hurihaa perteh vx rythivaanekamah ummydhukuran
    . N next part avahah up kohladhecchey ingae..

  8. kael says:
    January 8, 2016 at 7:15 pm

    good…. haadha Hindi type story eh henn heevey… thujey lamby umar dhey puhthar…. haha…

  9. shine says:
    January 8, 2016 at 7:34 pm

    Masha Allah,.. mi part v v rythi… kuriah oiy part thahvx rythi vaane kamah unmeedhu kuran.. …
    Kn irakun nxt part up kurany.,…,,
    V avahah up kohdhehchey….,…..,..,

  10. Ahmed Ammu says:
    January 8, 2016 at 8:38 pm

    Varah Reethi feshumeh

  11. Mar Sha Marsha says:
    January 8, 2016 at 8:50 pm

    Nice start.. rythi vaane hen varah hyvey mi story.. pic feenunu irah like vejje.. i like zoya n asad n their fights.. hyvany yuaan n aara ves egothah fight kuraanehen.. waiting for more Rafa. ☺

    1. lovely says:
      January 10, 2016 at 2:07 pm

      heheheehe

  12. Rafaa says:
    January 8, 2016 at 9:03 pm

    Wow..its amazng…. waitng for the nxt prt…

  13. nihaa says:
    January 8, 2016 at 11:03 pm

    V ñnice hingey…..v reethi feshun……uhmeedhu kuran nxt part vx hama ehaa reethi vaane kamah..,,…..

  14. lui says:
    January 9, 2016 at 2:35 am

    wow… mi vahaka varah kiyaahiyvey… coz my daughter name is olso rafa………

  15. rayaan says:
    January 9, 2016 at 3:24 pm

    Kaleynne miothy vaa rayaan eh knme dhe vahakayn ehvahakayga ulhene rayaan eh ???

  16. lovely says:
    January 10, 2016 at 2:05 pm

    vv reethi vaahakaeh

  17. Ninthu says:
    January 15, 2016 at 3:23 pm

    Heevey varah asarugadha vaaney henn.

Comments are closed.

All Right Reserved!