Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 10, 2016 8 Mins Read
15 Comments

“ބައްޕަ ބުނެގެންތަ އަހަންނާ އިނީ؟” ނީނާ އަހާލީ ހަމައެކަނި އެހެންނެވެ.

ރާއިފް ޖަވާބެއް ނުދީ އިސް ޖަހައިގެން އިނެވެ.

“އަހަރެން ރާއިފް ކައިރީގައޭ މިއަހަނީ…” ރާއިފްއަށް ބަލާލަމުން ނީނާ ބުންޏެވެ.

“ފުރަތަމަ ބައްޕަ ބުނެގެން…” ރާއިފް ތެދަށް ބުންޏެވެ. އެވަގުތު ރާއިފް ނިންމީ ހުރިހާ ވާހަކައެއް ތެދަށް ނީނާއަށް ކިޔާދޭށެވެ.

“އެބުނި މުއްދަތަކީ ކޮބާ؟” ނީނާ ދެވަނަ ސުވާލެއް ކޮށްލިއެވެ.

“އެއީ… ހަތަރު މަސް…” ރާއިފް ތަފްސީލަށް ނުގޮސް ބުނީ ހަމަ އެކަނި އެހެންނެވެ.

“އެއީ އެފޮޓޯ ނެގި އިރު ދޯ؟” ނީނާ އަހާލިއެވެ. ރާއިފް ބޯ ޖަހާލިއެވެ.

އެއާއެކު ނީނާ މޫނުގައި އަތް އަޅާފައި ރޯން ފެށިއެވެ.

“އަހަރެން ބުނީމެއްނު ރާއިފް އަހަރެން ދެކެ ލޯތްބެއް ނުވާނެޔޭ…” ރުއިމުގެ ތެރެއިން ނީނާ ބުންޏެވެ.

“އޭރު އެހެން ވިޔަސް މިހާރު—” ރާއިފް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ނީނާ ރާއިފްއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދިނެވެ.

“އެފޮޓޯ ފެނިގެން ދޯ ބައްޕަ ރާއިފް ކައިރީ އަހަންނާ އިންނާށޭ ބުނީ؟” ނީނާ އަހާލިއެވެ.

މިފަހަރުވެސް ރާއިފް ދެކޮޅު ނަހަދާ ބޯ ޖަހާލިއެވެ.

“އަހަންނަށް އެނގޭ އޭރު ބައްޕަ އެހެން ބުނެގެންވެސް ރާއިފް އަހަރެން ދެކެ ރުޅި ކަން އަންނާނީ… އެކަންވެސް އަޅުވާނީ އަހަރެންގެ ބޮލުގަ ކަން” ނިނާ ބުންޏެވެ. ރާއިފް އެއްވެސް އެއްޗެއް ނުބުނެ އިނެވެ.

“އަހަރެން ހީކުރީ ރާއިފް ހަމަ އަސްލުވެސް…” ނީނާ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ.

“ބުނެބަލަ ރާއިފް… އޭރު ބައްޕަ ރާއިފް ކައިރީ އަހަންނާ އިންނާށޭ ބުނެގެންވެސް ރާއިފް އަހަރެން ދެކެ ރުޅިއެއް ނޫންތަ އައީ؟” ނީނާ ރާއިފްއަށް ބަލާލާފައި އަހާލިއެވެ.

ރާއިފް ހަމަ އެކައްޗެއްވެސް ނުބުނެ ހިމޭނުން އިނެވެ.

“އެއްޗެއް ނުބުނެ ތީނީ މިބުނީ ތެދަކަށް ވާތީ…” ނީނާ ބުންޏެވެ.

ރާއިފް ދެންވެސް އެއްޗެއް ނުބުންޏެވެ.

ނީނާއަށް ބާރަށް ރޮއެގަނެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

“އަހަންނަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ ރާއިފް އަހަންނާ އިން ސަބަބު، ހަގީގީ ސަބަބު ބުނެދީ… ދޮގު ނަހަދާ…” ނީނާ ލޯ ފޮހެލާފައި ރާއިފްއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

ރާއިފް ކަކުލުގައި އުޅަނބޮށި ވިއްދާލާފައި ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

“އެދުވަހު އަހަރެން ރުޅިއައި… ނީނާ ތިބުނިހެން އެކަން އެޅުވީވެސް ހަމަ ނީނާގެ ބޮލުގަ… ފުރަތަމަ ނީނާއާ ދިމާވި ދުވަހުން ފެށިގެންވެސް ބައްޕަ އަހަންނަށް ވުރެ އިސް ކަން ދެނީ ނީނާއަށް، އަހަރެން ދެކޮޅު ހަދަހަދާ ހުންނަ އިރުވެސް ކޮންމެ ކަމެއްވެސް ނިންމަނީ ނީނާއަށް ރަނގަޅު ގޮތަށް، ނީނާ ބޭނުން ވާނެ ގޮތަށް… އޭރު އެކަމާ އަހަރެން ވަރަށް ރުޅި އާދޭ… އެހެންވެ އެދުވަހު ބައްޕަ އެފޮޓޯގެ މައްސަލައިގަ އެހެން ބުނީމަ އަހަރެން ހިތަށް އެރި… އެފުރުސަތުގެ ބޭނުން ކޮށްގެން ނީނާއަށް ރަނގަޅު ފިލާވަޅެއް ދޭން… އަހަރެން އޭރު ބޭނުން ވީ އެމީހަކު ނުރުހޭ ގޮތަކަށް ކަންތައް ކުރުން އެއީ ކިހާ އުނދަގޫ ކަމެއް ކަން ނީނާއަށް އަންގަން…” ރާއިފް އިރުކޮޅަކަށް ވާހަކަ ދެއްކުން ހުއްޓާލާފައި ނީނާއަށް ބަލާލިއެވެ. ނީނާ އިން ގޮތުން ނީނާ ދެރަވެފައި އިން ވަރު ރާއިފްއަށް އިހުސާސް ކުރެވުނެވެ.

“ދެން…؟” އިސް ޖަހައިގެން އިން ގޮތަށް އިނދެ ނީނާ އަހާލިއެވެ.

އޭރު ރާއިފް ކަންތައް ކުރަން އުޅުނު ގޮތުގެ ވާހަކަ ނީނާއަށް އިތުރަށް ކިޔާދޭކަށް ރާއިފް ބޭނުމެއް ނޫނެވެ. މިހާރުވެސް ނީނާއަށް އަޑު އިވުނު ވަރުން ނީނާއަށް ވީ ގޮތް ފެނުމުން އިތުރަށް އަޑު އަހައިގެން ނީނާއަށް ވާނެ ގޮތް ރާއިފްއަށް އެނގޭތީ އެވާހަކަ ނުދައްކާ ވާނެ ގޮތެއް ރާއިފް ވިސްނާލިއެވެ.

“ދެން އެއްވެސް ކަމެއް ސިއްރު ކުރާނެ ކަމެއް ނެތް… ރާއިފް އަހަންނަށް ހަދަން އުޅުނު ގޮތް ވެސް ކިޔާދީ…” ނީނާ ބުންޏެވެ.

ދެންވެސް ރާއިފް އެއްޗެއް ނުބުނެ އިނީއެވެ.

“ރާއިފް ނުބުންޏަސް އަހަންނަށް އެނގޭ ދެން ރާއިފް ރާވާފަ އޮންނާނެ ގޮތްވެސް… އަހަރެން ރާއިފްގެ ބާރުގެ ދަށަށް ގެނެއްސަ އަހަރެންގެ ނުރުހުމުގަ ރާއިފްއަށް ކުރަން ކެރުނު ކަމެއް ކުރަން ދޯ؟ އަހަންނަށް އެއްވެސް މިނިވަން ކަމެއް ނުދީ، އަހަރެންގެ ހުރިހާ ކަމެއް ރާއިފް ނިންމަން… ކުރު ގޮތަކަށް ބުނާނަމަ ރާއިފް އަހަރެންގެ ކިބައިން ބަދަލު ހިފަން…” ނީނާ ރާއިފްއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

“އޭރު ތިހެން ހިތަށް އެރިޔަސް މިހާރަކު އަހަރެންގެ ހިތަކު ތިކަހަލަ އެއްވެސް އެއްޗެއް ނެތް… ހަމަ ތެދެއް މިބުނީ، ނީނާ ގަބޫލު ކޮށްބަލަ…” ރާއިފް ނީނާގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް ނީނާ އަތް ދަމައިގަތެވެ.

“އެ ހަތަރު މަހަކީ އަހަރެން ރުއްސަން ވެގެން…” ނީނާއަށް ބުނެވުނީ އެހިސާބަށެވެ. އޭރު ނީނާއާ ހެދި ރާއިފް އުޅުނު ގޮތް ހަނދާން ވުމުންނެވެ.

“އެ ހުރިހާ ދުވަހު އަހަރެންނަށް ގުޅާ، މެސެޖްކޮށް… ވާހަކަ ދައްކަން އުޅެ…” ނީނާ ރާއިފްއަށް ބަލާލީ ކަރުނައިން ފުރިފައިވި ލޮލަކުންނެވެ. “ހިތާހިތުން މަލާމާތް ކޮށް ހީފަ ހުންނާނެ ދޯ އަހަރެންގެ މޮޔަ ކަމުން…؟” ނީނާ އަހާލިއެވެ.

ރާއިފްއަށް ލޯ މަރާލެވުނެވެ. ނީނާ ދެރަ ވާނެ ވަރު ހިތަށް އެރުމުން ރާއިފްއަށް ހީވީ ބާރު ގަދަ އަތަކުން މޭގައި ހިފާ ފިތާލި ހެންނެވެ.

“ނޫން… އޭރު އެހެން ވިޔަސް މިހާރު އަހަރެން ނީނާ ދެކެ ލޯބި ވެޔޭ—” ރާއިފް އަނެއްކާވެސް ނީނާގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް މިފަހަރުވެސް ނީނާ އަތް ދަމައިގަތެވެ.

“ނުބުނާތި ދެން ތިހެން… ދެން ކޮން ދޮގެއް ހަދާކަށް؟” ނީނާ ބުންޏެވެ. އަދި ލޮލުން ކަރުނަ ފޮހެލިއެވެ. ނަމަވެސް އެ ކަރުނައަކަށް ހުއްޓުމެއް ނާދެއެވެ.

“އަހަރެން ރާއިފްއަށް ކީއްތަ ކުރީ؟ ތީގެން އެއްވެސް ކަމެއްގަ އަހަރެންގެ ކުށަކީ ކޮބާތަ؟ ރާއިފްގެ ބައްޕަ އެރަށަށް ދިޔުން އެއީ އަހަރެން ކުރި ކަމެއްތަ؟ އަހަރެންގެ ބައްޕަ ބަލިވުން އެއީވެސް އަހަރެންގެ ކުށެއްތަ؟” ނީނާ ސުވާލުތަކެއް ކޮށްލީ އޭގެން އެއްވެސް ކަމެއްގައި ނީނާއަށް ކުރެވޭނޭ ކަމެއް އޮތްތޯ އަމިއްލަ ނަފްސާ ހިތާހިތުން ސުވާލު ކުރަމުންނެވެ.

“މިހާރު ހިތަށް އަރާ ބައްޕަ ބަލި ވެގެންވެސް މާލެއަށް ނާދެވުނު ނަމައޭ… އައިސްގެންވެސް އެއްވެސް ކަމެއް ނުވި… އަހަރެން އެކަނިވީ… ރަށުގަ ހުރެވުނު ނަމަ މިއަދު…” ނީނާއަށް އަނެއްކާވެސް ބާރަށް ރޮވުނީ ރާއިފް ކަންތައް ކުރި ގޮތް ހިތަށް އެރުމުންނެވެ.

“ނީނާ، އޭރު އަހަރެން ވަރަށް ގޯސް. އެކަމަކު ނީނާއާ ރައްޓެހިވީ ފަހުން ހަމަ އަސްލުވެސް އަހަރެން—” ރާއިފް ނީނާއާ ކައިރިއަށް ޖަހިލާފައި ނީނާގެ މޫނުގައި އަތް ޖައްސާލިއެވެ.

“ދެން ހެޔޮ…” ދުރަށް ޖެހިލަމުން ނީނާ ބުންނެވެ. “ރާއިފް އެއްފަހަރުވެސް ހިތަކަށް ނޭރިތަ އަހަންނަކީވެސް އިންސާނެކޭ؟ ތިހުރިހާ ކަމެއް އަހަރެންގެ ބޮލުގަ އެޅުވި އިރު އެއްފަހަރުވެސް ވިސްނާލިންތަ އަހަރެންގެ ކުށެއް ހަގީގަތުގަވެސް އޮތްތޯ؟” ނީނާ އަހާލިއެވެ. އަދި ތެދުވިއެވެ.

ރާއިފްވެސް ތެދުވެ ނީނާ ގައިގައި ބައްދާލަން އުޅުނެވެ. ނީނާ އެނބުރިފައި ރާއިފް ކޮއްޕާލިއެވެ.

“ރޭގަވެސް… އެއީ ލޯތްބެއް ނޫން… އެއީވެސް ރުޅި… ބަދަލު ހިފުމުގެ އެއްބައި…” ރާއިފްގެ މޫނަށް ބަލާލާފައި ނީނާ ބުނެލިއެވެ.

“ރޭގަވެސް މިއަދުވެސް އަދި ކުރިންވެސް އަހަރެން ނީނާދެކެ ލޯބިވޭ” ރާއިފް ބުންޏެވެ. ނަމަވެސް އެއަޑު ނީނާއަށް އިވުނު ހެންވެސް ހީނުވެއެވެ. ނީނާ ހުރީ ރޭގެ ހަނދާން ތަކުގެ ސަބަބުން އިތުރަށް ދެރަވެފައެވެ.

“ދެން ކޮންކަމެއް އޮތީ؟ މިހާރު އަހަރެން މިހިރީ ރާއިފްގެ އަނތްބަކަށް ވެފަ، ދެން ކިހިނެއް ހަދަން ވިސްނީ؟” ނީނާ އަހާލިއެވެ.

“ނީނާ ޕްލީޒް… އަޑު އަހާބަލަ…” ރާއިފް ނީނާގެ އަތުގައި ހިފަން އަތް ދިއްކޮށްލަމުން ބުންޏެވެ. ނީނާ ފަހަތަށް ޖެހިލީ ރާއިފްގެ އަތުގައި ނުޖެހެން ވެގެންނެވެ.

“ކޯޗެއް ދެން އަޑު އަހަންވީ؟ އަހަރެން ކުރިންވެސް ބުނީމެއްނު އަހަންނަކަށް ގަބޫލެއް ނުކުރެވެޔޭ ރާއިފް އަހަރެން ދެކެ ލޯބި ވެދާނެ ކަމަކަށް؟ އެކަމަކު އަހަރެންގެ މޮޔަ ކަމުން ރާއިފްގެ ބަހަށް ހެއްލުނީ… އަހަރެންގެ ލޯބި ކާމިޔާބު ވެދާނެ ކަމަށް އަހަންނަށް ހީކުރެވުނީ…” ނީނާ ބުންޏެވެ.

އެއަޑު އަހާފައި ރާއިފްއަށް ލޯމަރާލެވުނެވެ. ނީނާ ރާއިފް ދެކެ ވާ ލޯބި ރާއިފްއަށް އިހުސާސް ކުރެވުނީ އެވަގުތުއެވެ. ރާއިފްގެ ސަބަބުން ނީނާ ދެރަވި ވަރު އެނގުމުންނެވެ.

“ނީނާ…” ރާއިފް އަނެއްކާވެސް ނީނާ ގައިގައި ބައްދާލަން އުޅުނެވެ. ނަމަވެސް ނީނާ ރާއިފްގެ އަތް ފޮޅުވާލާފައި ރޮމުން ދުވެފައި ގޮސް ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ.

ރާއިފް އެނދުގައި އިށީނދެ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ކަންތައް ވީ ގޮތުން ރާއިފް ދެރަ ވިއެވެ. މިހާރު ރާއިފް ނީނާ ދެކެ ހަގީގަތުގައިވެސް ލޯބި ވާކަން ނީނާއަށް އަންގާނެ ގޮތެއް ނުވިސްނުނެވެ. ތެދަށް ބުންޏަސް ދެން ނީނާ ގަބޫލެއް ނުކުރާނެ ކަން ރާއިފްއަށް އެނގެއެވެ. ވާނީވެސް އެހެންނެވެ. ކަންތައް ވީ ރާއިފް ތެދަށް ބުންޏަސް ނީނާ ގަބޫލު ނުކުރާނެ ގޮތަށެވެ.

ނީނާ ފާހާނާއިން ނިކުތީ ގަޑިއެއްހާ އިރު ފަހުންނެވެ. އޭރުވެސް ރާއިފް އެނދުގައި އިނެވެ. ނީނާ ނިކުތުމުން ރާއިފް ނީނާއަށް ބަލާލިއެވެ. ރޮއެރޮއެ ނީނާގެ ލޯ ހުރީ ރަތްވެ ދުޅަވެފައެވެ. އަދިވެސް ނީނާ އިރުއިރުކޮޅާ ލޯ ފޮހެލައެވެ.

ނީނާ ޑްރެސިންގ ޓޭބަލް ކައިރީގައި ހުއްޓުނެވެ. ރާއިފް ތެދުވެގެން އައިސް ނީނާގެ ފަހަތުގައި މަޑުކޮށްލިއެވެ. އަދި ނީނާގެ ކޮނޑުގައި ހިފާ ރާއިފްއާ ކައިރި ކޮށްލަން އުޅުނެވެ. ނަމަވެސް ނީނާ ރާއިފްގެ އަތުތެރޭން ނިކުތެވެ.

“އަހަންނަށް ހެޔޮ ރާއިފް އަހަރެންނަށް އަނިޔާ ކުރިޔަސް، އެއްޗެހި ކިޔަސް، އަދި އަހަރެން އަޅަކަށް ހެދިޔަސް… ރާއިފް ހިތްހަމަ ޖެހޭ ވަރު ވަންދެން އަހަންނަށް ބޭނުން ގޮތެއް ހަދާ، އަހަންނާ ހެދި ރާއިފްއަށް ތިހާ އުނދަގޫ ވިއްޔާ އަހަރެން ރާއިފް ބުނި ކޮންމެ ގޮތަކާ ރުހޭނަން، ޝަކުވާ އެއް ނުކުރާނަން، އެއްވެސް މީހެއް ކައިރިއަކުވެސް ނުބުނާނަން. ބަދަލު ހިފުނީމަ، ހިތްހަމަ ޖެހޭ ވަރު ވީމަ ބުނޭ…” ނީނާ ބުންޏެވެ.

“ނީނާ…” ނީނާ ދެއްކި ވާހަކައިގެ އަޑު އަހާފައި ރާއިފްއަށް ބުނެވުނެވެ.

“އެ ދުވަހަކުން އަހަންނަށް ކޮންމެ ގޮތެއްވެސް އެންމެ ރަނގަޅު… އެކަމަކު މިރޭ ރަނގަޅީ ރާއިފް އަހަންނާ ކައިރި ނުވިއްޔާ… މިރޭ އެކަނި އަހަރެން ދޫކޮށްލާ… ޕްލީޒް…” ލޯގަނޑުން ރާއިފްއަށް ބަލާލާފައި ނީނާ ބުންޏެވެ.

އިރުކޮޅަކު ރާއިފްވެސް ނީނާއާ ދިމާއަށް ބަލަން ހުރެފައި އެއްޗެއް ނުބުނެ ބެލްކަންޏަށް ނިކުތެވެ.

ރާއިފް ދިޔުމުން ނީނާ އެނދުގައި އޮށޯވެ ބާލީހުން މޫނު ފޮރުވާލިއެވެ. ބާރަށް ރޮވުނެވެ. ނީނާގެ ހިތް ކުދިކުދި ވެއްޖެއެވެ. ހީވެސް ނުކުރާ ގޮތަކަށް ކަންތައް ވެ ނިމުނީއެވެ. ރާއިފް އެފަދަ ގޮތަކަށް ނީނާގެ ހިތް ކަތިލާފާނެ ކަމަކަށް ނީނާ ހުވަފެނުގައިވެސް ދެކެފައެއް ނުވެއެވެ. ނީނާއާ ރާއިފް ކައިވެނި ކުރީ އެ ހިތުގައި ނީނާއާ މެދު ވާ ރުޅިވެރި ކަމެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ނީނާއަށް ހީކުރެވިދާނެ ހެއްޔެވެ؟ އެހާ ހިތްހަރު މީހުންވެސް ދުނިޔޭގައި އުޅޭ ހެއްޔެވެ؟

ބައްޕަ މަރުވި ދުވަހުވެސް ނީނާ މިހާ ދެރައެއް ނުވެއެވެ. އެދުވަހު އިތުރު އެއްޗެއް ނެތަސް ހިތުގައި ރާއިފްއަށް ޓަކާ ވާ ލޯބި އެކަނި ނަމަވެސް ނީނާގެ އަތުގައި އޮތެވެ. މިއަދު އެވެސް ބޭކާރު އެއްޗަކަށް ވީއެވެ.

އެތައް އިރެއް ވަންދެން އެ ހިޔާލުގައި ނީނާ ރޯން އޮތެވެ. ނިދުނު އިރެއްވެސް ނީނާއަކަށް ނޭނގެއެވެ.

ރާއިފް ކޮޓަރިއަށް ވަން އިރު ނީނާއަށް އޮތީ ނިދިފައެވެ. ރާއިފް ނީނާގެ ބޮލާ ދިމާލުން މުށިތައް މަތީ އިށީނެވެ. މަގަތަށް އެނބުރިގެން އޮތް ނީނާގެ މޫނުގައި އޭރުވެސް ކަރުނައިގެ ނިޝާން ހުއްޓެވެ. ނިދީގައިވެސް މަޑުމަޑުން ގިސް ލެވެއެވެ.

ރާއިފް އަތް އުފުލާ ނީނާގެ މޫނުގައި އަތް ޖައްސާލިއެވެ. ނިދީގައިވެސް ނީނާއަށް ރާއިފްގެ އެ ބީހުން އިހުސާސް ކުރެވުނެވެ. ދުރަށް ޖެހިލީ ރާއިފްގެ އެ ހަރަކާތާވެސް ދެކޮޅު ހަދަން ކަންނޭނގެއެވެ.

ނީނާގެ ހިތަށް އެވަގުތު ކުރާނެ އަސަރު ރާއިފްއަށް އެނގެއެވެ. ނީނާގެ ހިތުން އެ ޝައްކު ފިލުވާލަން ރާއިފް ބޭނުމެވެ. ނަމަވެސް އެކަން ކުރާނެ ގޮތެއް ރާއިފްގެ ހިޔާލަކަށް ނައެވެ. އިރުކޮޅެއް ވަންދެން ނީނާއަށް ބަލަން އިނދެފައި ރާއިފް ތެދުވެގެންގޮސް އެނދުގެ އަނެއް ފަރާތުގައި އޮށޯތެވެ. ނަމަވެސް ފަތިސް ވީއިރުވެސް ނުނިދުނެވެ.

 

އަނެއް ދުވަހު ނީނާއަށް ހޭލެވުނު އިރު ރާއިފް ކޮޓަރިއަކު ނެތެވެ. ހޭލެވުމާއެކު ރޭގެ ހުރިހާ ކަމެއް ހަނދާނަށް އައެވެ. އެއާ އެކު ނީނާއަށް ރޮވުނީއެވެ. އެއީ ހުވަފެނަކަށް ވާނެ ނަމައޭ ނީނާ ހިތަށް އެރިއެވެ. ނަމަވެސް ހަގީގަތެއް ހުވަފެނަކަށް ނުވާނެއެވެ. އެކަން ނީނާއަށްވެސް އެނގެއެވެ.

ހަތެއް ޖެހި ތަނާ ނީނާ ކޮޓަރިން ނިކުތް އިރު ރާއިފް ނޫން އެންމެން ސައި ބޯން ތިއްބެވެ.

“ރާއިފް ނުހޭލަނީތަ އަދި؟” ނީނާ ފެނުމުން ނިޒާރު އަހާލިއެވެ.

“އަހަރެން ހޭލި އިރު ރާއިފްއެއް ނެތް” ނީނާ ބުންޏެވެ.

“މިހާ ހެނދުނާ ކޮންތަނަކަށް އެދިޔައީ…؟” ނިޒާރު އަހާލިއެވެ.

“ނޭނގެ… ނުބުނޭ…” ނީނާ ބުންޏެވެ.

ކާމޭޒު ކައިރީ ސައިބޯން އިށީން ނަމަވެސް ނީނާއަކަށް ސައެއް ނުބޮވުނެވެ. ހަމަ އެކަނި ސައިތައްޓެއް ބޯލައިގެން ނީނާ ތެދުވެ އޮފީހަށް ދާން ތައްޔާރު ވާށޭ ބުނެ އަވަހަށް ކޮޓަރިއަށް ވަނެވެ.

އޮފީހަށް ދާން ތައްޔާރު ވީ ނަމަވެސް ނީނާ އެއްގޮތަކަށްވެސް އޮފީހަށް ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދިޔައީ އެއްވެސް މީހަކު އެކަމާ ސުވާލު ކޮށްފިނަމަ ދޭން ޖަވާބެއް ނުވިސްނޭތީއެވެ. ކައިވެނި ކޮށްފައިވެސް ވަޒީފާއަށް ދާން ބޭނުން ކަމަށް ނީނާ ވަނީ ބުނެފައެވެ.

އެއްވެސް މީހަކަށް ނޭނގި، ހަތްގަޑި ބައި ވީއިރަށް ނިނާ ނިކުތީ ރާއިފް ނީނާ ބަލާ އައިސްދާނެހެން ހީވާތީއެވެ. ރާއިފްއާ އެކީ ދާން ބޭނުން ނުވާތީއެވެ.

ނީނާ އޮފީހަށް ވަން އިރު އަށެއް ޖަހަން ފަނަރަ މިނެޓް ހުއްޓެވެ. އޭރު އަދި އެކަކުވެސް ނާދެއެވެ. މީހަކު ނަޔަސް އަށެއް ޖަހަން ފަނަރަ މިނެޓަށް ވުމުން ރޭގަނޑު އޮފީހުގެ ބޭރުގައި ޑިޔުޓީއަށް ހުންނަ ބޭރު މީހާ އޮފީސް ހުޅުވާނެއެވެ.

ނީނާ އެތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް ރާއިފްގެ ކެބިންގެ ދޮރު ހުޅުވާލިއެވެ. ނަމަވެސް އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ހުއްޓުނެވެ.

 

ރާއިފް ހެނދުނު ހެނދުނާ ނަސްރުއަށް ގުޅާފައި އޮފީހަށް އައިސް ދިނުމަށް އެދުނީ ކުރީރޭ ކަންތައް ވީގޮތާ، އެރޭ އެއް ގޮތަކަށްވެސް ނުނިދި ކުރެވުނު ޚިޔާލުތަކުގެ ވާހަކަ ނަސްރުއާ ހިއްސާ ކޮށްލުމަށެވެ.

ނަސްރު އައުމުން ރާއިފް ހުރިހާ ވާހަކައެއް ނަސްރުއަށް ކިޔާދިނެވެ.

“ދެން ހަދަން ވީގޮތެއް ބުނެބަލަ… ނަސްރުއެއްނު ބުނީ ނީނާއަށް އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެޔޭ…؟ އަހަރެން މިހާރު ވިސްނާ ވިސްނާ ބޯ ގޮވަން ކައިރި ވެއްޖެ…” ރާއިފް ބުންޏެވެ.

“އެހެންނޭ ވާނީ ޕްލޭން ކޮށްފަ އެޕްލޭން ފޮލޯ ނުކުރީމަ… ނީނާ ދެކެ ލޯބި ވާކަށް ޕްލޭންއެއް ނުކުރަމެއްނު؟” ނަސްރު ބުނެލިއެވެ.

“ހެޔޮ ނުވާނެ… ސީރިއަސް ވެބަލަ! މިކަހަލަ ކަމެއް ނަސްރުއަށް ދިމާވި ނަމަ ނަސްރު ހަދާނީ ކިހިނެއް؟” މިއަދު ނަސްރުގެ އެ މިޒާޖު ރާއިފްއަކަށް ކަމަކު ނުދިޔައެވެ.

“ތެދަށް ބުނަންޏާ… އަހަންނަކަށް ނޭނގެ ދެން ކަންތައް ކުރަންވީ ގޮތެއް” ރަހުމަތްތެރިޔާގެ ހާލު ފެނިފައި ނަސްރު ސީރިއަސް ވިއެވެ.

“ޕްލީޒް… ހެލްޕް މީ…” ރާއިފް ބުންޏެވެ.

“ނީނާއާ ވާހަކަ ދައްކަން ޓްރައި ކޮށްބަލަ… ކޮންމެ ގޮތަކުން ވިޔަސް ރާއިފް އޭނަ ދެކެ ލޯބި ވާކަން ޕްރޫވް ކޮށްދީ” ނަސްރު ބުންޏެވެ.

“ކިހިނެއްތަ؟ ދެން އަހަރެން ދައްކާ ވާހަކައެއް ނީނާ އަޑެއް ނާހާނެ… ނުކުރާނެ ގަބޫލެއް” ބޮލުގައި އަތް ހާކާލަމުން ރާއިފް ބުންޏެވެ.

އެ ވަގުތު ދޮރު ހުޅުވުނު އަޑަށް ރާއިފްގެ މޭޒު ކައިރީގައި ވާހަކަ ދައްކަން ތިބި ރާއިފްއާ ނަސްރު ބަލާލިއެވެ.

“ހެލޯ ނީނާ…” ރާއިފްއަށް ބަލާލާފައި އަލުން ނީނާއަށް ބަލާލަމުން ނަސްރު ގޮވާލިއެވެ.

ނީނާ ހީލާފައި އެތެރެއަށް ވަދެ ނީނާގެ މޭޒު ކައިރީ އިށީނެވެ.

“އޯކޭ… ދެން އަހަރެން ދަނީ. އެހެން ފަހަރަކުން އަނެއްކާވެސް ތިކަމާ ވާހަކަ ދައްކާނީ” ތެދުވަމުން ނަސްރު ބުންޏެވެ.

ރާއިފް ބޯ ޖަހާލީ ނީނާއާ ދިމާއަށް ބަލަން އިނދެއެވެ.

“އަހަރެން ދަންދެން މަޑުކޮށްލި ނަމަ… އަހަރެން ހުރީ ނީނާ ބަލާ ދާން ވެގެން، އަދި ގަޑި ޖެހެން ކައިރިވެސް ނުވެއެއްނު؟” ނަސްރު ދިޔުމުން ރާއިފް ބުންޏެވެ.

“އަޅާ ނުލާ… ހިނގާލާފަ އަންނާކަށް އުނދަގުލެއް ނޫން” އިސް ޖަހައިގެން އިނދެ ނީނާ ބުންޏެވެ.

އެދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. ނީނާ އެއްގޮތަކަށްވެސް ކެބިން އިން ބޭރަކަށް ނުނިކުމެއެވެ. ރާއިފް އެއްޗެއް ބުނިއްޔާ ނޫނީ ނީނާ ރާއިފްއާ ވާހަކައެއް ނުދައްކައެވެ. މެންދުރުފަހު މީޓިންގ އަކަށް ގޮސްފައި ނިމޭ ގަޑިއަށް ރާއިފް އޮފީހަށް އައީ ނީނާ ބަލައެވެ. އޭރު ނީނާ ދާން ނިކުންނަނީއެވެ.

ރާއިފް އައުމުން ނީނާ ގެޔަށް ދިޔައީ ރާއިފްއާ އެކީއެވެ. ރާއިފް ތަންކޮޅެއް ލަސްވި ނަމަވެސް ނީނާ ހިނގާފައި ދިޔައީހެވެ. އިރުކޮޅަކަށްވެސް މަޑު ނުކުރީ އެކަނި ދާނެ ފުރުސަތު ހޯދަން ވެގެންނެވެ. ނަމަވެސް ހެނދުނު ވީގޮތުން ރާއިފް އަވަހަށް އައީ ނީނާ ގޮސްދާނެހެން ހީވާތީއެވެ.

އެދުވަހު ނީނާ ވިސްނީ ތިންދުވަސް ފަހުން އޮތް ދަތުރު ކެންސަލް ކުރާނެ ގޮތަކާ މެދުއެވެ. އެދަތުރަކީ ހަނީމޫނެއް ގޮތަށް ނީނާމެންނާ ލަމްޔާމެން އެކީ ލަމްޔާގެ ރަށަށް ދާން ހަތަރު މީހުން އެކީ ރޭވި ދަތުރެކެވެ. ނަމަވެސް މިހާރު ނިނާ އެއްގޮތަކަށްވެސް އެދަތުރުގައި ބައިވެރި ވާހިތެއް ނެތެވެ.

އަމިއްލައަށް ނުދާނަމޭ ބުނެގެން ދަތުރު ހުއްޓުވާކަށް ނީނާ ބޭނުމެއް ނޫނެވެ. ލަމްޔާއާ އަދި އެހެން މީހުންވެސް ސަބަބު އަހާނެތީއެވެ. ވީގޮތް އެއްވެސް މީހެއް ގާތު ބުނާކަށް ނީނާ ބޭނުމެއް ނޫނެވެ. ނަމަވެސް އެވަރުގެ ބޮޑު ސިއްރެއް ހިތުގައި ފޮރުވައިގެން އުޅުމުންވެސް ނީނާއަށް ލިބެނީ އިތުރު ހިތްދަތި ކަމެކެވެ.

ގެޔަށް އައި ގޮތަށް ފެންވަރައިގެން ރާއިފް ދިޔައީ ބޭރަށެވެ. ގޭގައި ހުއްޓަސް ނީނާ ވާހަކަ ނުދައްކާނެ ކަން އެނގޭތީއާ ގޭ މީހުންނަށް އެއްވެސް ކަމެއް އަންގަން ބޭނުން ނުވާތީއެވެ.

ނުވައެއް ޖެހި އިރުވެސް ރާއިފް ގެޔަކަށް ނާދެއެވެ. ނީނާ ކޮޓަރިއަށް ވަދެ ސޯފާގައި އޮށޯވެ ޓީވީ ބަލަން އޮއްވާ ނިދުނު އިރެއްވެސް ނޭނގެއެވެ.

ރާއިފް ގެޔަށް އައިސް ކޮޓަރިއަށް ވަން އިރު ނީނާ ސޯފާގައި ނިދާފަ އޮއްވާ ފެނުމުން އިރުކޮޅަކު ބަލަން ހުއްޓެވެ. ރާއިފްއަށް ހީވީ ރާއިފްއާ އެކީ އެނދުގައި ނުނިދަން ވެގެން ނީނާ ސޯފާގައި ނިދީ ކަމަށެވެ. ނީނާއަށް ގޮވާލަން އުޅެފައިވެސް ރާއިފް އޮށޯތީ ނީނާއަށް އުނދަގޫ ނުކުރަން ވެގެންނެވެ. އަނެއް ރޭ ނީނާއަށް އެނދު ދީފައި ރާއިފް ސޯފާގައި ނިދަން ނިންމައިގެންނެވެ.

ހެނދުނު ނީނާއަށް ހޭލެވުނު އިރު ރާއިފް ނިދާފައި އޮތެވެ. ރާއިފް ހޭލުމުން ސައި ބޮއެގެން ދެމީހުން އޮފީހަށް ދިޔައީ އެކީގައެވެ. އެދުވަސްވެސް ދިޔައީ ކުރީ ދުވަހެކޭ އެއްގޮތަށެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ.

ހަވީރު ނީނާއާ ރާއިފް ގެޔަށް އައި އިރު ލަތާ ރޯން އިނެވެ. ލަތާ ކައިރީގައި ރިފާޝާއާ ރިއުފާއާ ނިޒާރުވެސް ހުއްޓެވެ.

“ކިހިނެއްވީ؟” ރާއިފް އަހާލިއެވެ.

“ލަތާގެ ދަރިފުޅު އެކްސިޑެންޓެއް ވެގެން ދެންމެއަކު ގުޅީ…” ރިފާޝާ ބުންޏެވެ.

“ބައްޕާ، ލަތާ ރަށަށް ފޮނުވަން ވީނު ލަސް ނުކޮށް…” ރާއިފް ނިޒާރުއަށް ބަލާލާފައި ބުންޏެވެ.

“އާނ… ތިކަން ހަމަ ޖައްސައިފިން މިހާރު. މާދަމާއަށް ޓިކެޓްވެސް ލިބިއްޖެ” ނިޒާރު ބުންޏެވެ.

“ލަތާ ދެން ދެރަ ނުވޭ… އެއްވެސް ކަމެއް ގޯހެއް ނުވާނެ އިރާދަ ކުރެއްވިއްޔާ…” ނީނާ ލަތާ ކައިރީ އިށީނދެފައި ބުންޏެވެ.
އަނެއް ދުވަހު މެންދުރު ލަތާ އިންޑިޔާއަށް ފުރިއެވެ. ނާއިޝް ކައިރީ ހުންނާނެ މީހަކު ނެތުމުން އެދުވަހު ރިފާޝާ ހުރީ ގޭގައެވެ. އެދުވަހު ނީނާ ބޭނުންވި ފުރުސަތު ނީނާއަށް ލިބުނެވެ.

ހަވީރު ނީނާއާ ރާއިފް ގެޔަށް އައި އިރު ރިއުފާއާ ރިފާޝާ ސިޓިންގރޫމްގައި ވާހަކަ ދައްކަން ތިއްބެވެ. އެދެމީހުންވެސް ތިބީ ކޮންމެވެސް ކަމަކާ ހާސް ވެފައެވެ.

“ކޮންކަމަކާ ތިހާ ކަން ބޮޑުވެފަ ތިތިބީ؟” ނީނާ އެމީހުން ކައިރީ އިށީންނަމުން އަހާލިއެވެ.

“ލަތާ އަންނަން ދެން ގޭގަ ހުންނާނެ މީހަކު ނުވެގެން މިއުޅެނީ، ބޭރު މީހަކުވެސް ނުލިބުނު… އެހެންވެ މިއަދު ޗުއްޓީއަށް އެދުނީ. އެކަމަކު ސްކޫލްގެ އެހެން ދެ ޓީޗަރުން މިހާރު ޗުއްޓީގަ ތިބީމަ އަހަންނަށް ޗުއްޓީވެސް ނުލިބުނު… އެހެންވެ ހަދާނެ ގޮތެއް ނުވިސްނިގެން މިއުޅެނީ” ރިފާޝާ ބުންޏެވެ.

“އަހަރެންވެސް ބަލައިފިން ޗުއްޓީ ލިބޭތޯ، އެކަމަކު އަހަރެންގެ އިނީ ދުވަސް ހަމަ ވެފަ” ރިއުފާ ބުންޏެވެ.

“އަދިވެސް ބަލާބަލަ ގޭގަ ހުންނާނެ ބޭރު މީހަކު ވޭތޯ” ރާއިފް ބުންޏެވެ.

“ނުލިބުނޭ ދޮންބޭ… އަހަރެން މިއަދު އެކީ މި އުޅުނީ ތިކަމާ، ހަމަ އެއްގޮތަކަށްވެސް ނުވި” ރިފާޝާ ބުންޏެވެ.

އެވަގުތު ނީނާއަށް ރަނގަޅު ގޮތެއް ވިސްނުނެވެ.

“އަހަރެން ބުނަންތަ ގޮތެއް ދޮންތާ؟” ނީނާ އަހާލިއެވެ.

“ކޮން ގޮތެއް؟” ރިފާޝާ އަހާލިއެވެ.

“އަހަރެން މަޑުކޮށްފާނަން ނާއިޝް ކައިރީ… ލަތާ އަންނަން ދެން އަހަރެން އޮފީހަށް ނުގޮސް މަޑު ކުރާނީ” ނީނާ ބުންޏެވެ.

“އެކަމަކު އޭރުން ނީނާމެންގެ ދަތުރު…” ރިފާޝާ ބުންޏެވެ.

“ފަހުންވެސް ދެވިދާނެ، އިހަށް ލަމްމެން ކައިރީ ބުނާނީ އެމީހުން ދާށޭ… އަހަރުމެން ތަންކޮޅެއް ފަހުން ދާނީ” ރާއިފްއަށް ނުބަލާ އިނދެ ނީނާ ބުންޏެވެ. ރާއިފްގެ މޫނު ނުފެނުނު ނަމަވެސް އެވަގުތު ރާއިފްއަށް ވާނެ ގޮތް ނީނާއަށް ވިސްނުނެވެ.

“ތެދެއްތަ ދޮންބޭ؟” ރިފާޝާ ރާއިފްއަށް ބަލާލާފައި އެހިއެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކަނޑު ފުރޭތަ (2)

Next

ލޯބިން އެކީގަ ވާނަމޭ.. (7)

Next
January 10, 2016

ލޯބިން އެކީގަ ވާނަމޭ.. (7)

Previews
January 9, 2016

ކަނޑު ފުރޭތަ (2)

15 Comments!

  1. Mar Sha Marsha says:
    January 10, 2016 at 7:27 am

    މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން. ކޮމެންޓްސްއަށް މަރުޙަބާ… ބާރަ ވަނަ ބައި މާދަމާ އަޕްކޮށްދޭނަން.

  2. shine says:
    January 10, 2016 at 7:53 am

    Alheyy.. haadha sad ey… dhn neena raaif ge vaahaka gaboolu kuraany kn irakuntha..??? Nd edhemyhun dhuru nukurahchey… plxx plxx plxx….. ehn vejje nama v v v sad vaane….
    nd this part vx v v v v v v v rythi… Waiting 4 nxt part.. avahah up kurahchey….

    1. Fathun says:
      January 10, 2016 at 3:57 pm

      V reethi

  3. zaa says:
    January 10, 2016 at 9:09 am

    V v salhi.

  4. Depika says:
    January 10, 2016 at 9:15 am

    V reethi

  5. Anonymous says:
    January 10, 2016 at 9:51 am

    Marsha mivaahaka liyefa in vaahaka eh vejjiyaa vv dhigu koh up kohdheveyne dhoa? Hama copy paste! Marasha he blog open kohdheefaanantha?anyway, mi story ga inanny total kithah part that??

  6. Loyoona says:
    January 10, 2016 at 9:53 am

    Thedheh Marsha blog open koh dheeba. Aslu only problem is liyefa in vaahaka eh maa kurukoh upp kohdheythy ve

  7. shaya says:
    January 10, 2016 at 10:18 am

    Wow Miadhuves adhi ithuru parteh kiyaalaa hiyvvey varah

  8. cute_smiley16 says:
    January 10, 2016 at 10:25 am

    Marsha! Story book gannan vegen varah bookshop thah balaifin but i cudnt find..

  9. xaa says:
    January 10, 2016 at 10:43 am

    alhe im feeling sad about neena

  10. mehemaan says:
    January 10, 2016 at 10:53 am

    rangalhu mi vaahaka. 6 out of 10 mivaahakayah. good luck.

  11. misty says:
    January 10, 2016 at 11:56 am

    Wowww.. Varah salhi

  12. Yooha says:
    January 10, 2016 at 11:58 am

    shine emme fahu paatu ga neena raaif ge vaahaka gabool kuraany. thedheh marsha miahthure dhigu kohdheeba! I know wat will happen in this story! and yeah I read this story brfore but you are very ….. whatever! thankolheh dhigu kohdheeeba plxplxplxplxplx!!!!!1

  13. Mar Sha Marsha says:
    January 10, 2016 at 6:13 pm

    thnx all… will upload 12 in a little while…
    @cute smiley.. try round one near hiriya…

  14. cute_smiley16 says:
    January 10, 2016 at 11:23 pm

    Marsha i went there.. Chandelier vs vhecked.. Dhen mulhin ehen vaahaka eh gathy..

Comments are closed.


All Right Reserved!