
ދީފާ އުފާ -2
” ކޮބާ އަހަރެންގެ ގިފްޓް.. ” ޔުއާން ފޯނު ނެގުމާއެކު އާރާ އަހާލިއެވެ.
” ގިފްޓަށް އަދި ތަންކޮޅެއް އިންތިޒާރު ކޮށްލާ.. މާދަން މެންދުރުއެކެއް ޖަހާއިރު އަހަރެން ދާނަން އާރާ ބަލާ.. ރެޑީވެގެން ހުންނައްޗެ..” ޔުއާން ބުނެލިއެވެ. އާރާވެސް އާއެކޭ ބުނުމަށްފަހު ފޯނުބޭއްވިއެވެ. އަދި އެންމެން ދީފައި ހުރި ގިފްޓްތައް ކަނޑަން ފެށިއެވެ.
…………………………………………………………………………………………………
އެންމެން ހެނދުނު ނާސްތާއަށް އިންސާފު ކުރަން ތިބިއިރު އެތަނުން މަދުވަނީ ހަމައެކަނި ނަވާރަ އަހަރުގެ ރާކިންއެވެ. ރީހާންއާއި ރަޔާން އަނަސް އާ އެއްކޮށް އޮފީހަށް ދާން ތައްޔާރުވެގެން ތިއްބެވެ. އާރާވެސް ޕާނެއްގައި ބަޓަރު ޖައްސަން އިންއިރު މޫނުމަތިން ނިދީގެ އަސަރު ފެންނަން ހުއްޓެވެ.
” ބެންޖީ ދޭބާ ރާކިންއަށް ގޮވަން.. ކޮލެޖަށް ދާ ގަޑިވެސް ޖެހެނީ” އަނަސް ގަޑިއަށް ބަލާލަމުން ބުންޏެވެ. ބެންޖީ ކުރަންހުރި ކަންތައް ހުއްޓާލުމަށްފަހު ސިޑިން އަރައިގެން މައްޗަށް ދިޔައެވެ.
” ރާކިން ހޭލާނެތަ އެހާ އަވަހަށް.. ރޭގަ އަހަރެން ފެންފުޅިއެއް ބަލާ ތިރިރއަށް އައިއިރުވެސް އިވޭ ކޮންމެސް މީހަކާ ފޯނުން ވާހަކަ ދައްކާ އަޑު” މިޝަލް ބުނެލިއެވެ.
” ރާކިން ބިޓެއް ނެގީ ކަންނޭނގެއެއްނު” ރަޔާންވެސް މަޖާވެލާފައި ބުނެލިއެވެ.
” ރަޔާން މާ މަޖާވާނެ ކަމެއް ނެތް.. ކޮންއިރަކު ހަޔާ މިގެއަށް ގެންނާނީ.. އަނެއްކާ ތިއުޅެނީ އަހަރުމެންނަށް ދައްކާވެސް ނުލާ އިންނަންތަ” މިޝަަލް ބުނެލި ވާހަކައިން އެންމެންގެ ނަޒަރު ރަޔާންއަށް ހުއްޓުނެވެ.
” މަންމައާ ބައްޕަ ހުއްދަ ދީފިއްޔާ މާދަމާ މިގެއަށް ގެންނަންވީ” އަނަސްއާއި ނާއިލާއަށް ބަލާލަމުން ރަޔާން ބުންޏެވެ.
” ދަރިފުޅުގެ ނިންމުމަކަށް މަންމަމެން ދެކޮޅެއް ނުހަދާނަން.. ” ނާއިލާ ބުންޏެވެ.
” ބައްޕަގެ ޕްރިންސެސް ވެސް ކޮލެޖަށް ދާ ދުވަސްވެސް ކައިރިވަނީނު.. ދާންވާއިރަށް ހުރިހާ ކަމެއް ތައްޔާރު ކުރައްޗެ.. ” އަނަސް ހެވިލާފައި އިނދެ އާރާއަށް ބުންޏެވެ. އާރާ ހީލާފައި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
…………………………………………………………………………………………………..
އެކެއްޖަހަން ކައިރިވުމާއެކު އާރާ އަތުއޮތް އެންމެ ރިތި ހެނދުން ލައިގެން ޔުއާން އަންނަންވާއިރަށް ތައްޔާރުވާން ފެށިއެވެ. މިންޓް ގްރީން ކުލައިގެ ކަކުލާ ހަމައަށްދާ ހެދުމެއް ލައިގެން ހުރިއިރު އާރާ ޕަރީއެއްފަދައެވެ. ސިޜިންގްރޫމުން ޔުއާންގެ އަޑު އިވުމާއެއްކޮށް އާރާ ކޮޓަރިން ނިކުމެގެން ސިޑިމަތިން ދުވެފައި ކަހަލަ ގޮތަކަށް ފައިބާންފެށިއެވެ. އާރާފެނި ޔުއާން ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. އާރާއަކީ ރީތި ކަމުގެ އިންތިހާއޭ ޔުއާންގެ ހިތަށް އަރަމުން ދިޔައެވެ. ސްކޫލް ދައުރުއްސުރެ ޔުއާން އާރާދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އެކަން ފާޅުކުރަން ނުކެރެނީ ދެމީހުންގެ ދެމެދުގައި އޮތް ރަހުމަތްތެރި ކަމުގެ ގުޅުން ކަނޑާލަން ޖެހިދާނެތީއެވެ. އާރާ އައިސް ކައިރީގައި ހުއްޓުނުއިރުވެސް ޔުއާން ހުރީ ކަޅި ޖަހާވެސް ނުލާ އާރާއަށް ބަލަހައްޓައިގެންނެވެ.
“ހެލޯ..” ޔުއާންގެ މޫނުމަތީގައި އަތް ހުރަސްކޮށްލަމުން އާރާ ބުނެލިއެވެ. ޔުއާންއަށް ހޭވެރިކަމެއްވި ދެނެވެ.
” ރީތިތަ މިހެދުން ..” އާރާ ދެފަރާތަކަށް އެނބުރިލަމުން ޔުއާންއަށް ދައްކާލިއެވެ. ޔުއާން ގޮތަކަށް ބަލާލިއެވެ.
” ދެން ހަޑިއެއް ނޫންދޯ.. ” ޔުއާން ބުންޏެވެ.
” ވަޓް ޔޫ މީން ހަޑިއެއް ނޫނޭ” އާރާ ތުއިގޮތަކަށް ބުނެލިއެވެ.
” އޭގެ މާނައަކީ އެއްޗެއް ނެތްތާކަށް ރީއްޗޭ.. ދެނަ މާގިނައިން ވާހަކަ ދައްކަން ނުހަދާ ހިނގާބާ އަހަންނާއެއްކޮށް..'” އާރާ އިތުރަށް ރުޅިއަރުވާލުމަށް ޔުއާން ބުންޏެވެ. އަދި އާރާގެ އަތުގައި ހިފައިގެން ގެއިން ނިކުންނަން ހިނގައިގަތެވެ. އާރާ ރުޅިއައިއްސަ ހުރެ ޔުއާންގެ އަތް ފޮޅުވާލިއެވެ.
” އަަހަރެންމީ ކުޑަ ކުއްޖެއް ނޫނޭ އަތުގަ ހިފައިގެން ދާކަށް.. އަހަންނަށް އެނގޭ ހިނގަން” ކުރިއަށް ހިނގައިގަންނަމުން އާރާ ބުންޏެވެ. ޔުއާންވެސް ލާނެތް ގޮތަކަށް ހީލާފައި އާރާގެ ފަހަތުން ދާން ފެށިއެވެ.
ގޭގެ ޕޮޓިކޯއަށް ނިކުތްއިރު ފެނުނު އެއްޗަކުން އާރާގެ އަނގަމަތިގައި އަތް އަޅާލެވުނެވެ. ކުރިމަތީގައި ބަހައްޓާފާއި ހުރި ޔުއާންގެ ޑުކާޓެ ސްޓްރީޓްފައިޓަރ ސައިކަލާ ދިމާއަށް ދުއްވައިގަތްތަންފެނި ޔުއާން ހުރީ ހެވިފައެވެ.
” އަޅެ ސޮފާއްތަ ހުއްދަދިނީތަ މީތި ދުއްވަން.. އަޅެ ޔުއާން ހާދަ ރަނގަޅޭ..” ސައިކަލުގައި އަތް ހާކަމުން އާރާ ކިޔަންފެށިއެވެ.
” ޔެސް! ތީ އަރާގެ ބަރތްޑޭ ގިފްޓަކީ” ޔުއާން ބުނެލިއެވެ.
” މިއަދު އޮންނާނީ ތީގަ އާރާ ގޮވައިގެން ދުއްވުން.. އާރާ އަހަރެން ކައިރީގަ ބުނިކަމެއްް މިއަދު ކޮށްދޭނަން.. ސޯ ޓޭކް ޔޯ ޗާންސް” ހެލްމެޓް އަޅައިގެން ސައިކަލުގެ ކުރީގައި އިށިންނަމުން ޔުއާން ބުނެލިއެވެ. އާރާވެސް އުފަލުން ތެޅެމުން ފޮޅެމުން އައިސް ސައިކަލަށް އެރިއެވެ. ސައިކަލު ދުއްވާލިއިރުވެސް އާރާގެ ހުނުމުގެ އަޑު މުޅި ތަނުގައި ހަރުލާފައި ހުއްޓެވެ.
………………………………………………………………………………………………..
ބާރުމުނުގައި އޮފީހުން ނިކުމެގެން އައި ސޮފާއަށް ހުއްޓެވުނީ ކަރުން ފޭބި އަނަސްގެ ކުރިމައްޗަށެވެ.
” މާއަވަހަށް ކޮންތާކަށް ދާން ތިދަނީ..” ސޮފާ އަވަސް އަރުވާލައިގެން އުޅޭތަންފެނި އަނަސް ސުވާލުކުރިއެވެ.
” އަހަރެންގެ ރައްޓެއްސެއްގެ ދަރިއެއް މިއަދު އެބައާދޭ.. އަހަރެން ބޭނުންވޭ ޕަރސަނަލީ އޭނަ ރިސީވް ކުރާންދާން..” ސޮފާ އަވަސް އަވަހަށް ޖަވާބު ދިނެވެ.
” ސޮފާ ނުގޮސް ޔުއާން ފޮނުވަންވީނު..” އަނަސް ބުންޏެވެ.
” ޔުއާން ވެއްޖެ އާރާއާ އެއްކޮށް ދުއްވާލާން ގޮސް.. އާރާގެ އުފަންދުވަސް ވިމަ ސްޕޮއިލް ނުކޮށްލަންވެގެން..” ސޮފާ ކިޔައިދިނެވެ.
” އެކަމަކު ސޮފާ ނެތިއްޔާ ކިހިނެއް ބޯރޑް މީޓިންގ ކުރިއަށް ގެންދާނީ.. ސޮފާ ޔުއާންއަށް ގުޅާފައި ބުނެބާ.. އެކުދިންނަށް ވިސްނޭނެ” އަނަސްގެ ޖުމްލައިން އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ސޮފާ ފޯނު ނަގާފައި ޔުއާންއަށް ގުޅާލިއެވެ.
……………………………………………………………………………………………………
” އޯކޭ މަންމާ” ޔުއާން ފޯނު ބާއްވާފައި ސައިކަލު ފަހަތުގައިން އާރާއަށް ބަލާލިއެވެ.
” އާރާ ވަރަށް ބޮޑަށް ސޮރީ.. މަންމަ ބުނެގެން ކުއްލިއަކަށް އެއަރޕޯރޓަށް މަންމަގެ ރައްޓެއްސެއްގެ ދަރިއެއް ރިސީވް ކުރަން ދާން ޖެހިއްޖެ” ކުށްވެރިއަކު ފަދައިން އިސްޖަހައިގެން އިނދެ ޔުއާން ވާހަކަ ދެއްކިއެވެ.
” ސޯ ވަޓް.. އަހަރެން ގޮވައިގެން ދެވިދާނެއްނު.. އެކަމަކު ޖެެހޭނެ ބަރގަރ ކިންގުން އަހަންނަށް ކާންދޭން.. ” އާރާގެ ޖަވާބުން ޔުއާންއަށް ހީލެވުނެވެ. އަދި ހުޅުލޭ ފެރީއާ ދިމާއަށް ދާން ދުއްވާލިއެވެ.
” ބައިދަވޭ ރިސީވްކުރާން މިދާ ކުއްޖާއަށް ކިޔަނީ ކޮން ނަމެއްތަ” އާރާ އަހާލިއެވެ.
” މާޒް…” ޔުއާން ޖަވާބު ދިނެވެ. އެވަގުތު ވައި އަޑުން އާރާއަށް އެނަން ކިޔާލެވުނެވެ.
15 Comments!
Comments are closed.
nice maasha allah
vrah reethi.. whn nxt part
pritty ;-P
v reethi avahah upkohdhechey
V v nice… whn nxt part dear…????
Yes; v salhi I like..
mihaavarun dhanyaa 50 part furunas mivaahaka nimeyne henneh hiyeh nuvey. haha. what a story. not that bad.
Pis pis pis haadha kurey bt v nice
vaaahaka v salhi ekam vaahakaige cover v boring…chnge kohfiyya v rangalhu ☺☺☺
Aslu ves rafa ur story is super
Alhey uaan a aaraagelen dw thiulheny……….uaange dreams fens v anyway ey. ….haada deraey dw. …….v v reethi St. ….I like it
Sooooo short?but nice?
Haadha kuree.. Next part varah dhigukoh up koh dhechey… BTW story is nice
i love this story
Wowwww vrh nice mi part vx…laa pic thah v v v beautiful…..zoya,asad n ayaan v ma…….stry vrh nice..kyp it up..wen iz nxt part????