Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާ ނުލާ…9

Marsha
January 9, 2016
7 Mins Read
102 Views
14 Comments

“ދޮންތާ، ރާއިފް އެބަ އުޅޭތަ؟” ނީނާ އެހިއެވެ.

“ގެޔަކު ނެތް. އޮފީހަކަށް ނުދޭތަ؟” ރިފާޝާ އަހާލިއެވެ.

“އާނ… ނާދޭ މިއަދަކު” ނީނާ ބުންޏެވެ.

“އެހެން ވިއްޔާ ނޭނގެ ދިޔަ ތަނެއް. ނާއިޝް ހޮޑު ލާތީ ލަތާ ގުޅީމަ އަހަރެން ގެޔަށް އައި އިރު ދޮންބެ ނޫޅޭ ގެޔަކު” ރިފާޝާ ބުނެދިނެވެ.

“ނާއިޝްއަށް ކިހިނެއްވީ؟” ނީނާ އަހާލިއެވެ.

“ނޭނގެ ވީ ގޮތެއް. މިދަނީ ޑޮކްޓަރަށް ދައްކަން ދާން. ނީނާ މިހާރު ނުވެސް އާދޭ ވިއްޔަ” ރިފާޝާ ބުންޏެވެ.

“ހުކުރު ދުވަހު ދާނަން އިނގޭ. ދޮންތާ، ދެން ބޭއްވީ އިނގޭ” ނީނާ ބުންޏެވެ. އަދި ފޯން ބޭއްވިއެވެ.

ރާއިފް ވީ ކޮންތާކު ބާއޭ ނީނާ ހިތަށް އެރިއެވެ. ނީނާ ހަނދާން ވީ ނީނާ ސަބަބު ނުބުނެ އޮފީހަށް ނައި ދުވަހު ރާއިފް އައި ރުޅިއެވެ. މިއަދު ރާއިފް އެކަން ހަނދާން ނެތީ ހެއްޔެވެ؟ ނީނާ ރާއިފްއާ ދިމާއަށް އެހެން ބުނެފިއްޔާ ރާއިފް ކިހިނެއް ހަދާނެ ބާއެވެ. ނީނާ އެހެން ހިތަށް އެރުމުން އެކަނި ހުރެވެސް ހިނި އައެވެ. ޔަގީނެވެ. ނީނާ އެހެން ބުނެފިއްޔާ ރާއިފް ކުރިން ނީނާ ދެކެ އައި ރުޅި އަނެއްކާވެސް އަންނާނެއެވެ.

އަނެއް ދުވަހުވެސް ރާއިފް އޮފީހަކަށް ނާދެއެވެ. އެކި ތަންތަނަށް ފޮނުވަން ހުރި ލިޔުންތަކެއް ވެސް ރާއިފް ނެތުމުން ނުފޮނުވިފައި ހުއްޓެވެ. މެންދުރުވީ އިރުވެސް ރާއިފް ނައުމުން އެންމެ ފަހުން ނީނާ ރާއިފްއަށް ގުޅިއެވެ.

“ކީއްވެތަ އޮފީހަށް ނައީ؟” ރާއިފް ފޯން ނެގުމުން ނީނާ އަހާލިއެވެ.

“ބަލިވެސް ވެދާނެއެއްނު؟” ރާއިފް ބުންނެވެ.

“ބަލި މީހުން ތިބޭނީ ގޭގަ، ބޭރަކަށް ނުދާނެ” ނީނާ ބުންޏެވެ.

“އަހަރެން ބޭރުގަ އުޅޭ ކަމެއް ނީނާއަށް ކިހިނެއް އެނގެނީ؟” ރާއިފް އަހާލިއެވެ.

“އަހަރެން އިއްޔެ ގެޔަށް ގުޅީމޭ… ރާއިފް ނެތް ގެޔަކު” ނީނާ ބުންޏެވެ.

“އަހަންނަށް ނުގުޅަން ވެގެން ގެޔަށްވެސް ގުޅީ ދޯ؟” ރާއިފް އަހާލިއެވެ.

“ދެން ބުނެބަލަ… ކޮން އިރަކުން އޮފީހަށް އަންނާނީ؟” ނީނާ އެހިއެވެ.

“ދާހިތެއް ނެތް” ރާއިފް ބުނެލިއެވެ.

“ރާއިފް ނެތީމަ ނުނިންމިފަ ހުރި ބައިވަރު ކަންތައް އެބަހުރި…” ނީނާ ބުންޏެވެ.

“ނީނާ ޖަވާބެއް ނުދީގެން އަހަރެންވެސް ނިންމަން ވެފަ ހުރި ކަންތައް ނުނިންމިފަ އެބަހުރި” ރާއިފް ބުންޏެވެ.

“ދެން ސަކަރާތް ނުޖަހަބަލަ… އަންނާނަންތަ؟” ނީނާ އެހިއެވެ.

“އަހަރެން ސަކަރާތެއް ނުޖަހަމޭ، ނީނާ ބުނީމެއްނު އަހަރެން ސީރިއަސް ވީ ދުވަހަކުން ނީނާ ވިސްނާނަމޭ… ވަރަށް ސީރިއަސްކޮށް މި ބުނަނީ…” ރާއިފް ބުންޏެވެ.

“އަސްލުވެސް ރާއިފް އައިސްގެން ނޫނީ ނުނިންމޭނެ ކަންތައް އެބަހުރި… ތިހެން ހަދާކަށް ނުވާނެ” ނީނާ ބުންޏެވެ.

“އާނއެކޭ… އަހަރެންވެސް މި ބުނަނީ ތިހެން ހަދާކަށް ނުވާނެޔޭ…” ރާއިފް ބުންޏެވެ.

“ތިހެން މަސައްކަތް ހުއްޓުވާކަށް ނުވާނެއެއްނު…” ނީނާ ބުންޏެވެ.

“އޮފީހަށް ނުދިޔަޔަސް އަހަރެން މަސައްކަތް ކުރަމޭ… މިވަގުތު އަހަރެން ނިންމަން ހުރި މަސައްކަތް ކުރަން އަހަރެން ބޭނުން ވަނީ އަހަރެންގެ ލެޕް އެކަނި… މިހާރުވެސް މީނީ މަސައްކަތުގަ…” ރާއިފް ބުންނެވެ.

“ތިއަކުން ސޮއެއް ނުކުރެވޭނެއެއްނު؟ ވަރަށް މުހިންމު ލިޔުން ތަކެއް އެބަހުރި ރާއިފް ސޮއި ނުކޮށްގެން ނުފޮނުވިފަ… ނާންނަންޏާ ބުނޭ، އަހަރެން ނިޒާރުބޭއަށް ގުޅާފާނަން” ނީނާ ބުންޏެވެ.

“ބައްޕައަށް ގުޅާނެ ނަމަ އިއްޔެ ގުޅީހެއްނު؟ އަސްލުވެސް ދާންވީތަ؟” ރާއިފް އަހާލިއެވެ.

“އަހަރެން އާދޭސް ކޮށްފަ ބުނީމަތަ އަންނާނީ؟” ނީނާ އަހާލިއެވެ.

“އާދޭސް ނުކުރިޔަސް އަހަރެން ބޭނުންވާ ޖަވާބު ލިބެނިކޮށް ހެޔޮ… އެހެން ނޫނަސް އަހަންނެއްނު އާދޭސް މި ކުރަނީ؟” ރާއިފް ބުންޏެވެ.

“މިދަނީ އިނގޭ…” ނީނާ އެއްޗެއް ނުބުނުމުން ރާއިފް ބުންޏެވެ.

ރާއިފް އައި އިރު ނީނާ ހުރީ ރާއިފް ސޮއި ކުރަން ޖެހޭ ލިޔުންތައް ރާއިފްގެ މޭޒު މަތީ ބަހައްޓާފައެވެ. އޭގައި ރާއިފް ސޮއި ކުރުމުން ނީނާ އެ ލިޔުންތައް ހިފައިގެން ދާން އުޅެނިކޮށް ރާއިފް ނީނާގެ އަތުގައި ހިފެހެއްޓިއެވެ.

“އަދި ކިހާ ދުވަހަކުން ޖަވާބެއް ލިބޭނީ؟” ރާއިފް އަހާލިއެވެ.

“އިހަށް ހިނގާބަލަ މި މަސައްކަތް ނިންމާލަން، ފަހުން ތި ވާހަކަ ދައްކާނީ” އަތުގައި ހުރި ކަރުދާސްތައް ދައްކާލަމުން ނީނާ ބުންޏެވެ.

ރާއިފް ނީނާގެ އަތުން ދޫކޮށްލިއެވެ. ނީނާ ލިޔުންތައް ޝަހުދާއާ ހަވާލު ކޮށްފައި އައިސް އިށީނެވެ. އޭރު ރާއިފް އިނީ އޭނަގެ މަސައްކަތުގައެވެ.

ނީނާ ވިސްނާލިއެވެ. ރާއިފް އެއެދޭ އެދުމާ މެދު ސީރިއަސް ނުވާނަމަ ދެމަސް ވަންދެން އެގޮތަށް ނީނާގެ ޖަވާބެއް ލިބޭތޯ މަސައްކަތެއް ނުކުރާނެއެވެ. ނީނާގެ ހިތުގެ އެދުމަކީވެސް ރާއިފްއެވެ. ރާއިފްގެ ލޯތްބެވެ. ވީއިރު ހިތުގެ އެދުމާ ދެކޮޅު ހެދޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ނީނާ ގޮތެއް ނިންމިއެވެ.

“ޔެސް” ހަމަ އެކަނި އެހެން ޖަހާލާފައި ނީނާ ރާއިފްއަށް މެއިލްއެއް ފޮނުވާލިއެވެ. އަދި ފޯނުން މެސެޖް ކޮށްލީ މެއިލް ޗެކް ކޮށްލުމަށް އެދިއެވެ.

ނީނާގެ މެސެޖް ލިބުމުން ކިޔާލާފައި ރާއިފް ނީނާއަށް ބަލާލިއެވެ. އަދި އަވަސް އަވަހަށް މެއިލް ޗެކް ކޮށްލީ ވިންދު އަވަސް ވެފައިވާ ހިތަކާ އެކީއެވެ.

އެ މެއިލް ފެނުމުން ރާއިފްގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އަމިއްލަ އިހުސާސްތަކާ މެދު އެވަގުތު ރާއިފްގެ ހިތުގައި ސުވާލު އުފެދުނެވެ. ނީނާ ރާއިފްގެ އެދުން ގަބޫލު ކުރުމުން އެހާ ބޮޑު ހިތްހަމަ ޖެހުމެއް އިހުސާސް ކުރެވުނީ ކީއްވެ ބާއޭ ރާއިފް ހިތަށް އެރިއެވެ. އެއާ އެކު ހިތާހިތުން ހީލާފައި އެއީ ރޭވުން ކާމިޔާބު ވުމުން ލިބުނު އުފަލެއް ކަމުގައި ނިންމިއެވެ.

ރާއިފް ނީނާއަށް ބަލާލިއެވެ. އެވަގުތު ނީނާގެ ހިނިތުންވުން ފެނިފައި ރާއިފްއަށް ބަލަހައްޓައިގެން އިނދެވުނެވެ. ނީނާގެ ރީތި ކަން ކުރިން އެތައް ފަހަރަކު ފާހަގަ ކުރެވިފައި ވީ ނަމަވެސް އެވަގުތު އެ ރީތިކަމުން ރާއިފްގެ ހިތައް އަސަރު ކުރީ ކުރިން ކޮށްފައި ނުވާ ވަރަށެވެ.

 

ހަތަރެއް ޖެހުމުން ނީނާ ގެޔަށް ދާން ނިކުތެވެ. އޭރު ރާއިފް ވީ ބޭރަށް ގޮހެވެ. ނީނާ ގެޔަށް ދިޔަ ގޮތަށް ލަމްޔާ ގާތު އެދުވަހުގެ ހުރިހާ ވާހަކައެއް ކިޔާދިނެވެ.

“ރާއިފްއާ އެކީތަ ތިއައީ؟” ލަމްޔާ އަހާލިއެވެ.

“އަހަރެން ނިކުތް އިރު ރާއިފް އޮފީހަކު ނެތް… މީޓިންގ އަކަށް ގޮސްވީ” ބޯ ހަލުވާލަމުން ނީނާ ބުންޏެވެ.

ނީނާ ތެދުވީ ފެން ވަރާލަން ދާށެވެ. ކޮޓަރިއަށް ވަންތަނާ ލަމްޔާ ނީނާއަށް ފޯނެކޭ ކިޔާ ގޮވާލިއެވެ.

ނީނާ ދުވެފައި ގޮސް މޭޒު މަތީ އޮތް ފޯން ނެގިއެވެ.

“އަހަރެން އަންނަން ދެން މަޑު ނުކުރީ ކީއްވެ؟” ނިނާ ފޯން ނެގި އިރަށް ރާއިފް އަހާލިއެވެ.

“މަޑު ކުރާކަށް ނުބުނަމެއްނު؟” ނީނާ ބުންޏެވެ.

“އެހެންދޯ ވީ؟” ހީލާފައި ރާއިފް އަހާލިއެވެ. “މިރޭ ދާނަން އިނގޭ”

“ކިހާ އިރަކު؟” ނީނާ އަހާލިއެވެ.

“އެއިޓް އެހާ އިރު ދާނަން” ރާއިފް ބުންޏެވެ.

“އާނ…” ނީނާ ބުންޏެވެ.

“އިހަށް ބޭއްވީ” ރާއިފް ބުންނެވެ.

ނީނާ އާނއެކޭ ބުނެފައި ފޯން ކަނޑާލިއެވެ.

 

ރާއިފް ނީނާމެން ގެޔަށް ދިޔަ އިރު ލަމްޔާއާ އާޒިމް ސިޓިންގ ރޫމްގައި ތިއްބެވެ.

“އަދިވެސް ބުނާނަންދޯ ނީނާއަކީ ހަމަ ރައްޓެއްސެކޭ؟” ރާއިފް އިށީނުމުން އާޒިމް ދިމާ ކޮށްލިއެވެ.

“މިއަދު އެއްނު އަދި ތިކަން ބަދަލުވީ؟” ރާއިފް ބުންޏެވެ.

“އާނ… ތީ ތެދެއް؟” އާޒިމް ބުންޏެވެ.

“ލަމް، ނީނާ ކޮބާ؟” ރާއިފް އަހާލިއެވެ.

“އެބަ ގޮވަން…” ތެދު ވަމުން ލަމްޔާ ބުންޏެވެ. އަދި އެތެރެއަށް ވަނެވެ.

ކޮޓަރިން ނިކުތް ނީނާ ފެނުމުން ރާއިފް ނީނާއަށް ބަލަން އިނެވެ.

“ދެން އަހަރުމެން މިދަނީ އިނގޭ” ލަމްޔާ ބުންނެވެ.

“ކޮންތާކަށް ތިދަނީ؟” ނީނާ އަހާލިއެވެ.

“އާޒިމް ރަށަށް އެއްޗެހި ފޮނުވަން ވެގެން ކުޑަކޮށް ޝޮޕިންގ ކޮށްލަން މިދަނީ” ލަމްޔާ ބުންޏެވެ.

ލަމްޔާއާ އާޒިމް ނިކުންނަން ދެން ނީނާ ބަލަން ހުއްޓެވެ.

“އިށީނދެބަލަ!” ނީނާގެ އަތުގައި ހިފާލަމުން ރާއިފް ބުންޏެވެ. ނީނާ އިށީނެވެ.

“އަހަރެން ހީކުރީ މިއަދު އަހަންނާ އެކީ ކަމަށް ގެޔަށް އަންނާނީ” ރާއިފް ބުންޏެވެ.

“ރާއިފް ނެތީމަ އަހަރެން އައީ. އެހެން ނޫނަސް ރާއިފް ނުވެސް ބުނަމެއްނު އަހަރެން ގެޔަށް ގެނެސް ދޭނަމެކޭވެސް؟” ނީނާ ބުންޏެވެ.

“މިހާރު މި ބުނަނީ، ދެން ކޮންމެ ދުވަހަކުވެސް ނީނާ ގެޔަށް ގެނެސްދޭނީ އަހަރެން. މިހާރު ރަނގަޅުތަ؟” ރާއިފް އަހާލިއެވެ.

“އާނ، ދެން މަޑު ކުރާނަން” ނީނާ ހީލާފައި ބުންޏެވެ.

 

އެއީ ނީނާއާ ރާއިފްގެ ފުރަތަމަ ބައްދަލުވުމެވެ. އޭގެ ފަހުން ކޮންމެ ރެއަކުހެން ރާއިފް ނީނާ މެން ގެޔަށް ދެއެވެ. ދުވަސްތައް ދިޔައީ ހީވެސް ނުކުރާހާ ހަލުވި ކަމާ އެކީއެވެ.

ހަމަ އެއާ އެކު ރާއިފްގެ ހިތަށް ބަދަލު އައީ ވެސް ހީނުކުރާ ފަދަ ގޮތަކަށެވެ. ފުރަތަމަ ކޮންމެ ރެއަކުހެން ނީނާ މެން ގެޔަށް ގޮސް އެތައް އިރަކު ނީނާއާ ވާހަކަ ދައްކަން އިން ނަމަވެސް ނީނާއާ މާބޮޑު ގާތް ކަމެއް އުފައްދާކަށް ރާއިފް ނޫޅެއެވެ. ނަމަވެސް ފަހުން ފަހުން އައިސް ނީނާއާ ދުރުގައި ހުންނަން ރާއިފްއަށް އުނދަގޫ ވާން ފެށިއެވެ. އިތުރު އެއްވެސް ބަޔަކަށް އަދި އެ ގުޅުން އަންގަން ބޭނުން ނުވާތީ އޮފީހުގައި ދެ މީހުން އުޅެނީ ދުރުދުރުންނެވެ. ގޭމީހަކަށްވެސް ރާއިފް އެކަމެއް ނާންގައެވެ. ނިޒާރުވެސް ފަހުން އެކަމާ ރާއިފްއަކާ ސުވާލެއް ނުކުރެއެވެ.

ނަމަވެސް ރާއިފް އެކަން އެންމެންނަށް އަންގަން ބޭނުން ވިއެވެ. އޮފީހުގައިވެސް އެއްވެސް ފިރިހެން ކުއްޖަކު ނީނާއާ މާ ގާތްކޮށް ވާހަކަ ދައްކާ ތަން ފެނިއްޖެނަމަ ރާއިފް ރުޅި އާދެއެވެ. ރާއިފް ގުޅާއިރު ނީނާގެ ފޯން ކޯލް ވެއިޓިންގ ގައި ހުރެއްޖެ ނަމަ ހިތްހަމަ ނުޖެހެއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް ރާއިފް ނީނާ ގާތުގައެއް ނުބުނެއެވެ.

އެގުޅުމަށް އެއްމަސް ވީއިރު ނީނާ ދެކެ ލޯބި ވެވިއްޖެ ކަން ރާއިފްއަށް ޔަގީން ވިއެވެ. އަދި ކުރިންވެސް ރާއިފްގެ ހިތުގައި އެ އިހްސާސްތައް ވާކަން ވެސް ރާއިފްއަށް ވިސްނުނެވެ. އޭރު ނީނާގެ ސަބަބުން ދިމާވި ކަންތަކާ ހެދި ރާއިފްއަށް އެކަން ނުވިސްނުނީއެވެ. ނަމަވެސް ދެން ހަދާނެ ގޮތެއް ރާއިފްއަކަށް ނުވިސްނުނެވެ. މިވީހާ ތަނަށް ނީނާ ދެކެ ލޯބި ވެއެކޭ ރާއިފް އެއް ފަހަރުވެސް ނުބުނެއެވެ. އެހެން ނަމަވެސް މިހާރު ރާއިފް އެހެން ބުނަން ބޭނުން ވެއެވެ.

ރާއިފްއަށް ފަސް ޖެހެވެނީ ކޮން ސަބަބަކާ ހެދި ކަމެއް ރާއިފްއަކަށް ވެސް ނުވިސްނެއެވެ. އެކަމާ ކޮންމެވެސް މީހަކާ މަޝްވަރާ ކޮށްލަން ރާއިފް ބޭނުން ވިއެވެ. ފުރަތަމަވެސް ހިޔާލަށް އައީ ނަސްރުއެވެ. އެއާ އެކު ނަސްރު ބުނެފައިވާ އެއްޗެއް ރާއިފް ހަނދާން ވިއެވެ.

“އެންމެ ފަހުން ރާއިފް އޭނަ ދެކެ ލޯބި ކަންނޭނގެ ވާނީ…” އޭރު ރާއިފް ކަންތައް ކުރަން ރާވާފައި ވާގޮތް ކިޔާ ދިނުމުން ނަސްރު ބުނެފައި ވަނީ އެހެންނެވެ. ހަމަ ހަގީގަތުގަވެސް އެގޮތަށް ކަންތައް ވީ ކަން އެނގުމުން ނަސްރު ބުނާނީ ކީކޭ ބާއޭ ރާއިފް ހިތަށް އެރިއެވެ.

ނީނާ އޮފީހުގައި އިނދެފައި އަވަހަށް ގެޔަށް ދިޔަ ދުވަހެކެވެ. ނީނާ ގެޔަށް ލާފައި އައިސް ރާއިފް އޮފީހަށް ވަދެ ނަސްރުއަށް ގުޅާލިއެވެ. އަދި ވަރަށް އަވަހަށް އޮފީހަށް އައިސް ދިނުމަށް އެދުނެވެ.

ވިހި މިނެޓް ފަހުން ނަސްރު އައިސް ރާއިފްގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނެވެ.

“ކިހިނެއްވީ؟” ނަސްރު އަހާލިއެވެ.

“ވީ ގޮތްދޯ…؟” ބޮލުގައި އަތް ހާކާލަމުން ރާއިފް ބުނެލިއެވެ. “ނަސްރު، އައި ލަވް ހަރ…” ލޯ މަރާލާފައި ރާއިފް ބުންޏެވެ.

“ކާކު؟” ނަސްރު އަހާލިއެވެ.

“ކާކުހެން ހީވަނީ؟” ލޯ ހުޅުވާ ނަސްރުއަށް ބަލާލަމުން ރާއިފް އަހާލިއެވެ.

“ކާކުތަ؟” ވިސްނާލަމުން ނަސްރު ބުންޏެވެ. ރާއިފް އެއްޗެއް ނުބުނެ އިނެވެ.

“ނީނާތަ؟” ނަސްރު އަހާލީ ހައިރާން ކަމާ އެކީއެވެ. ރާއިފް ބޯ ޖަހާލިއެވެ.

“އަހަރެން ބުނީމެއްނު—” އިރުކޮޅެއް ފަހުން ނަސްރު އެއްޗެއް ބުނަން އުޅުނެވެ.

“އަހަންނަށް އެނގޭ ނަސްރު ބުނަން ތި އުޅެނީ ކީކޭ ކަން… ދެވަނަ ފަހަރަށް ނުބުންޏަސް ހަނދާން އެބަހުރި. ހަމަ ނަސްރު ބުނިހެން ވީ” ރާއިފް ބުންޏެވެ.

“ދެން…؟” ނަސްރު އަހާލިއެވެ.

“ދެން ކީކޭ؟” ރާއިފްވެސް އަހާލިއެވެ.

“ދެން ކިހިނެއްހޭ ހަދަނީ؟” ނަސްރު އެހިއެވެ.

“ތީތާ ސުވާލަކީ… އަހަރެން ހިތަށް އަރަނީ ހުރިހާ އެއްޗެއް ނީނާއަށް ކިޔާދޭން ވިއްޔޭ. އެކަމަކު އޭރުން އޭނަ…” ރާއިފް އެހިސާބަށް ބުނެފައި ހުއްޓާލިއެވެ.

“ވަރަށް ދެރަ ވާނެ، ރުޅިވެސް އަންނާނެ” ރާއިފް ނުބުނެ ހުއްޓާލި ބައި ނަސްރު ފުރިހަމަ ކޮށްލިއެވެ.

ރާއިފް ބޯޖަހާލިއެވެ.

“ނުބުނާނީ؟ ރާއިފް ނުބުނިއްޔާ ނީނާއަކަށް ނޭނގޭނެއެއްނު؟ ދެން ކާކު ބުނާނީ؟” ނަސްރު ހިޔާލެއް ދިނެވެ.

“ތިހެން ހީވާނީ… ނޭނގޭނެޔޭ، އެކަމަކު އެނގެން ވެއްޖެއްޔާ ކޮންމެ ކަމެއްވެސް އެނގިދާނެ” ރާއިފް ބުންނެވެ.

“ތިހާ ހާސް ނުވެބަލަ. ކާކަށްތަ މިކަން ދެން އެނގޭނީ؟ ނުބުނީމަ ނިމުނީ” ނަސްރު ބުންޏެވެ.

“ތިކަން އެނގެޔޭ، އެކަމަކު ހިތަށް އަރަނީ ކޮންމެސް ގޮތަކުން ނީނާއަށް އެނގިއްޖެއްޔާ ދެން ކިހިނެއް ބާއޭ ވާނީ” ރާއިފް އަދިވެސް އިނީ ހާސް ވެފައެވެ.

“ނޭނގޭނެ… ހާސް ނުވޭ” ނަސްރުއަށް އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ.

ނަމަވެސް ރާއިފްއަށް ވިސްނެނީ ހަމަ އެކަމާއެވެ. ރާއިފް ބޭނުން ވަނީ ހުރިހާ އެއްޗެއް ނީނާއަށް ކިޔާދޭށެވެ. ނަމަވެސް ނީނާއަށް އެނގުމުން ދެން ވެދާނެ ގޮތަކާމެދު ވިސްނާފައި ރާއިފް ހާސް ވަނީއެވެ. ރާއިފް ކަންތައް ކުރި ގޮތް އެނގުމުން ނީނާ ރާއިފްއަށް މާފު ނުކުރާނެހެން ރާއިފްއަށް ހީވަނީއެވެ.

 

އެރޭ ރާއިފް ނީނާމެން ގެޔަށް ދިޔަ އިރު ނީނާ ވީ ކޮޓަރީގައެވެ.

“އެބަ އަންނަން ގޮވާފަ” އާޒިމް ކައިރީ އިނދެފައި ތެދުވަމުން ލަމްޔާ ބުންޏެވެ.

“ލަމް… އަހަރެން ދަންތަ؟” ރާއިފް އަހާލިއެވެ. ލަމްޔާ ބޯޖަހާލާފައި އިށީނެވެ.

ރާއިފް ކޮޓަރިއަށް ވަން އިރު ނީނާ ހެދުންތަކެއް ފަތް ޖަހަން އެނދުގައި އިނެވެ.

“ހާދަ އަވަހަކަށް މިރޭ ތިއައީ؟” ރާއިފް ފެނުމުން ނީނާ އަހާލިއެވެ.

“އަވަސްތަ؟” ނީނާ ކައިރީ އިށީނދެފައި ރާއިފް ބުންޏެވެ.

ނީނާ ފަތްޖެހި އެއްޗެހިތައް އަލަމާރިއަށް ލާފައި އައިސް އަނެއްކާވެސް އިށީނެވެ.

“ލަމްމެން މެރީ ކުރަން އުޅެނީ، އެނގޭ ދޯ؟” ނީނާ އަހާލިއެވެ.

“ނޭނގެ، ކޮން އިރަކު؟” ރާއިފްއަށް އެކަން ނޭނގޭތީ އަހާލެވުނެވެ.

“ދޮޅު މަހެއްހާ ދުވަސް ދެން އޮތީ” ނީނާ ބުންޏެވެ.

“އެމީހުން މެރީ ކުރީމަ ނީނާ އެކަނި ވާނެދޯ؟” ރާއިފް އެހިއެވެ.

“އާނ… އެކަމަކު އެހެނޭ ކިޔާފަ ލަމް މެރީ ނުކޮށް މަޑު ކުރާށެކޭވެސް ނުބުނެވޭނެއެއްނު؟” ހީލާފައި ނީނާ ބުނެލިއެވެ.

އެވަގުތު ރާއިފް ނީނާގެ އަތުގައި ހިފާ ނީނާ ރާއިފްއާ ކައިރި ކޮށްލިއެވެ. ނީނާ ރާއިފްގެ މޫނަށް ބަލާލިއެވެ.

“ހިނގާ އަހަރުމެން ވެސް މެރީ ކުރަން…” ރާއިފް ބުންޏެވެ.

ރާއިފް ނީނާއާ މެދު ދެކޭ ގޮތް ނީނާއަށް ޔަގީންވީ އެވަގުތުއެވެ. އޭގެ ކުރިން ނީނާމެން ގެޔަށް އައިސްވެސް މަދު ފަހަރަކު ނޫނީ ރާއިފް ނީނާއާ މާގާތް ނުވާތީ އެކަމާ ނީނާގެ ހިތުގައި ސުވާލު އުފެދެއެވެ. ހިތާ ހިތުން ޝަކުވާވެސް ކުރެވެއެވެ. ނަމަވެސް އެވަގުތު ނީނާއަށް އެއްކަމެއް ޔަގީން ވިއެވެ. ހަގީގަތުގައިވެސް ރާއިފް ނީނާއާ ގުޅެން ބޭނުން ނުވާ ނަމަ ކައިވެނީގެ ވާހަކައެއް ނުދެއްކީހެވެ.

އެހެން ނޫނަސް ފަހަކަށް އައިސް ރާއިފް ކޮންމެވެސް ކަމަކާ ކަން ބޮޑުވެފައި ހުންނަހެންވެސް ނީނާއަށް ހީވެއެވެ. އެއް ދުވަހު ނީނާ ރާއިފްއާ އެކަމާ ބެހޭ ގޮތުން ސުވާލުވެސް ކޮށްލިއެވެ. ނަމަވެސް ރާއިފް ވަކި ޖަވާބެއް ނުދެއެވެ.

“ކީއްވެ އެއްޗެއް ނުބުނީ؟” ނީނާ އެއްޗެއް ނުބުނެ އިނުމުން ރާއިފް އަހާލިއެވެ. ހަމަ އެއާއެކު ނީނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ރާއިފްގެ ހިތް ތެޅިގަތީ ނުހަނު ބާރަށެވެ.

“ކުއްލިއަކަށް ރާއިފް ތިހެން ބުނީމަ ދޭނެ ޖަވާބެއް ނުވިސްނިފަ މީނީ” ނީނާ ބުންޏެވެ.

“އާއެކޭ ބުނޭ…” ރާއިފް ބުނެލިއެވެ.

“ލަމްމެން މެރީ ކުރާ ވާހަކަ ބުނީމަތަ ރާއިފް ތިހެން ތިބުނީ؟” ނީނާ އަހާލިއެވެ.

“އަސްލު އެހެން ހިތަށް އަރާތާ ދުވަސް ކޮޅެއް ވެއްޖެ، އެކަމަކު މިރޭ މި ބުނީ ތިކަން އެނގުނީމަ… ނޭނގުނު ނަމަވެސް އަހަރެން ކޮންމެސް ދުވަހަކުން ބުނާނެދޯ އެހެން…” ރާއިފް ބުންޏެވެ.

“އަހަރެން ހިތަށް އަރަނީ އަދި މާ އަވަހެއް ނޫން ބާއޭ…” ވިސްނާލާފައި ނީނާ އެހެން ބުނެލީ ރާއިފް ބުނާ އެއްޗެއް ބަލާށެވެ. މިވަގުތުވެސް ރާއިފްގެ އަނތްބަކަށް ވާކަށް ނީނާ ޖެހިލުމެއް ނުވާނެއެވެ.

“ނީނާ ބޭނުމިއްޔާ އަދި މަޑު ކުރެވިދާނެ. އެކަމަކު ލަމް ދިޔައިމަ ނީނާ އެކަނި އުޅެން ޖެހޭނެތީ އަހަރެން ބޭނުން ވަނީ އަވަހަށް އިންނަން” ރާއިފް ބުންޏެވެ.

“އެކަމަކު—” ނީނާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ރާއިފް ނީނާގެ ތުންފަތުގައި އިނގިލި ޖައްސާލާފައި ނީނާ ހުއްޓުވިއެވެ. އަދި ނީނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

“އައި ލަވް ޔޫ…!” ފުރަތަމަ ފަހަރަށް ރާއިފް ނީނާ ދެކެ ލޯބި ވާ ވާހަކަ ނީނާ ގާތު ބުންޏެވެ.

“އަދި އެއް ފަހަރު…” ފުރަތަމަ ފަހަރަށް ރާއިފް ނީނާ ދެކެ ލޯބި ވާ ވާހަކަ ބުނުމުން ނީނާއަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އަދިވެސް އެއަޑު އަހާލާ ހިތުން ރާއިފްގެ އަތުގައި ހިފަހައްޓާލަމުން ނީނާއަށް ބުނެވުނެވެ.

“އައި ލަވް ޔޫ… ވަރަށް ލޯބިވޭ ނީނާ ދެކެ…” ރާއިފް ބުންޏެވެ. އަދި ނީނާގެ މޫނު ރާއިފްއާ ކައިރި ކޮށްލާފައި ނީނާގެ ތުންފަތުގައި ބޮސްދިނެވެ.

“ނީނާ އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟” މިނަޓެއް ހާއިރު ފަހުން ރާއިފް އަހާލިއެވެ.

“ވޭ…” ނީނާ ބުނެލީ ހަމަ އެކަނި އެހެންނެވެ.

“ކިހާ ވަރަކަށް؟” ރާއިފް އަހާލިއެވެ.

“ވަރަށް ބޮޑަށް… ވަރަށް ވަރަށް ބޮޑަށް” ނީނާ ޖަވާބު ދިނެވެ.

ރާއިފް ހީލާފައި އަނެއްކާވެސް ނީނާގެ މޫނާ ކައިރިވެލިއެވެ.

“ދެން ލެޓްސް ގެޓް މެރިޑް…” ނީނާ ގައިގައި ބައްދާލަމުން ރާއިފް ބުންޏެވެ.

ނުނިމޭ

100
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

މިއީ ތަޤްދީރު ހޭ؟ (ފަނަރަވަނަ ބައި)

Next

ިއިތުބާރު ގެއްލުވާ ނުލާ…10

Next
January 9, 2016

ިއިތުބާރު ގެއްލުވާ ނުލާ…10

Previews
January 9, 2016

މިއީ ތަޤްދީރު ހޭ؟ (ފަނަރަވަނަ ބައި)

14 Comments

  1. Marsha says:
    January 9, 2016 at 6:25 am

    މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަން، ދިހަވަނަ ބައި މާދަމާ ގެނެސްދޭނަން.

  2. ninth says:
    January 9, 2016 at 7:10 am

    wow… varah salhi mi story…

  3. story_lover ^_^ says:
    January 9, 2016 at 7:18 am

    Wow avahah up kuraathi nxt prt luv this story :-*??

  4. story_lover ^_^ says:
    January 9, 2016 at 7:18 am

    Yey me 2nd

  5. Aroo says:
    January 9, 2016 at 7:46 am

    oh… finally… v v v v reethi stry… avahah next part uplod kohdhehchea..

  6. dhon says:
    January 9, 2016 at 8:33 am

    Wow! Interesting. But fahun varah dhera vaane. Neena ah ingeyne raaif ge plan eh kan. Eyru raaif ah loabi vevifa hunnaany! So sad

  7. Shyhaa says:
    January 9, 2016 at 9:08 am

    OMG!!! reethi kan…varah habeyxxx

  8. zaa says:
    January 9, 2016 at 9:15 am

    Wow v v salhi

  9. misty says:
    January 9, 2016 at 10:50 am

    Varah salhi… Can’t wait till the next part

  10. shine says:
    January 9, 2016 at 10:55 am

    Masha Allah.. v v v rythi.. nxt part kn iarakun.. …. kiyaa hithun indheveny ehvx noon… v avahah up kohdhehchey… Waiting 4 nxt part…

  11. fareeeaaa says:
    January 9, 2016 at 11:25 am

    Nafrathakee loabee ge feshun.magey life aa vvv gulhey story eh.hehe

  12. Ira says:
    January 9, 2016 at 1:44 pm

    Oh first kiss Dw hehehe O:) story awesome waiting 4 nxt prt :*

  13. Mizzy says:
    January 9, 2016 at 5:09 pm

    ♡♥♡♥♡♥

  14. Marsha says:
    January 9, 2016 at 5:48 pm

    ވާހަކަ ކިޔާލި ހުރިހާ ކުދިންނަށް ޝުކުރިއްޔާ! ވަރަށް އުފާވޭ ކިޔުންތެރިންގެ ކޮމެންޓްތައް ފެނުނީމަ. އަދިވެސް އެއްފަހަރު ޝުކުރިއްޔާ

Comments are closed.

All Right Reserved!