
މަޑު ހިނގުމެއްގައި މަގުމަތިން ހިގާފައި ދިޔަ އީނާލް ހުރީ ދެއަތް މެޔާއި ދިމާލުން ހުރަސްކޮއްލައިގެންނެވެ. އެއީ ފަޅު ގެތަކެއް ހުންނަ މަގަކަށްވުމުން އެ މަގުން މީހުން ހިނގާބިނގާވެ އުޅޭތަން ވަރަށް ނުފެނެއެވެ. ރޭގަނޑު ގަޑީގައި ކަމުން އެ މަގުގައި ދިއްލާފައި ހުރި ދެތިން ހޮޅި ބުރީގެ އަލިފިޔަވާ އެ މަގުގައި އެހެން އަލިކަމެއް ނުވެއެވެ. މީހެއްގެ ހިލަމެއްވެސް ނުވާ އެ މަގުގައި އެއްވެސް ބިރެއް ފިކުރެއްނެތި ހިނގަމުން ދިޔަ އީނާލް ސިހިފައި ފަހަތަށް ބަލައިލީ މީހެއްގެ ހިލަންވިހެން ހީވުމުންނެވެ. ނަމަވެސް ފަހަތުގައި އެކަކުވެސް ނެތުމުން ދެކޮނޑު އަރުވާލުމަށްފަހު އީނާލް އަނެއްކާވެސް ހިނގައިގަތެވެ. ނަމަވެސް މިފަހަރުވެސް ހުއްޓެން މަޖުބޫރުވީ ކުރިން ކުރެވުނު އިހްސާސް އަނެއްކާވެސް ކުރެވުމުންނެވެ.
އެހެން އިރުކޮޅަކު ހުއްޓި ހުރުމަށްފަހު ކުއްލިއަކަށް ފަހަތަށް އެނބުރި ބަލައިލުމާއިއެކު ފަހަތުގާ ހުރި މީހާ ފެނުމުން އީނާލް ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކަޅު ކޯޓެއްލައިގެން ހުރި އިރު އަތަށްވެސް ހުރީ އަންގި ލައްވާފައެވެ. މޫނުމަތިވެސް ވަނީ އެއީ ކާކުކަން ނޭނގޭ ވަރަށް ފޮރުވާފައެވެ. އަތުގާ ބައި އިންޗި އެއްހާވަރުގެ ވަޅިއެއް އޮތް އިރު އެ މީހާ ދިޔައީ ފަހަރަކަށްވުރެ ފަހަރެއް އީނާލް އާއި ކައިރިވަމުންނެވެ. އީނާލް ގެ ހިތުގާ ބިރުވެރިކަން ވަށާލުމާއިއެކު ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން ގައިގެ ހުރި ބާރެއް ލައިފާ ދުއްވައިގަތެވެ. އޭރު ބިރުން ގޮސް އީނާލް އަށް ރޮވެމުން ދިޔައެވެ. ރަޔާން ގެ ބަސް އެހުނުނަމައޭވެސް އެވަގުތު އީނާލް ގެ ހިތަށް އަރަމުން ދިޔައެވެ. ދުއްވައިގަތް އީނާލް ގެ ފަހަތުން އެ ފިރިހެން މީހާވެސް ދުއްވައިގަތެވެ.
އީނާލް އާއި އަރާ ހަމަކޮއްލަމުން އެ މީހާ އީނާލް ގެ އަތުގާ ހިފާ އެމީހާއާއި ދިމާއަށް ދަމައިގަތެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރި އީނާލް ގޮސް ޖެހުނީ އެ މީހާގެ މޭމަތީގައެވެ. އީނާލް ގެންގޮސް އެތާހުރި ފާރަކަށް ތަތްކޮއްލަމުން އެ މީހާ އީނާލް އާއި ދިމާއަށް ވަޅި ދިއްކޮއްލަމުން ވާހަކަ ދައްކަން ފެށިއެވެ. ” މަޑުން ހުރޭ .. މާ ހުޝިޔާރު ވާން އުޅެންޔާ މި ވަޅި ކަލޭ ގަޔަށް ހަރާލަން ޖެހިދާނެ .. ހަނދާން ކުރާތި.. ހީނުކުރާތި އަހަންނަށް ނުކެރޭނެޔޭ .. އަހަރެން ބުނާގޮތަށް ނަހަދަންޔާ މި ވަޅި ހަރާލާކަށް އަހަރެން ފަހެއްނުޖެހޭނަން ” އީނާލް ގެ އަނގަމަތީގައި އަތް އަޅާ ބާރުކޮއްލައިގެން ހުރެ އެ މީހާ އީނާލް އަށް އިންޒާރެއް ދިނުމަށްފަހު އަނގަމަތީގައި އަޅާފަ އޮތް އަތް ނެގިއެވެ. ” ތީ .. ތީ. ކާ.. ކާ..ކު؟ ” ވަރަށް އުނދަގުލުން ސުވާލު ކޮއްލިއިރު ބިރުން ގޮސް އީނާލް ގެ އަޑުވެސް ތުރުތުރު ލައެވެ. އީނާލް ސުވާލު ކޮއްލުމުން އެ މީހާ ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ” އޯހް ކަމޯން ބޭބީ .. އަހަރެން ހަމަ ނޭނގުނުތަ؟ ނޫނީ ހަމަ ނޭނގޭ ކަމަށް ހަދަނީތަ ؟ އޭން” ދަތްކުނޑި ވިކާލުމަށް ފަހު އެ މީހާ އީނާލް ގެ ކޮލުގާ ވަރަށް ބާރަށް ހިފަހައްޓާލިއެވެ. ތަދުވާން ފެށުމުން ބިރުން ވިރި ވިރި ހުރި އީނާލް އަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ.
_ _ _ _ _ _ _ _ _ _ _ _ _ _
އިޒްޔަން މެން ގެއަށް ދިއުމަށް ނިކުތް އައިރީން އެ ފަޅު ގެތަށް ހުންނަ ގޯޅިއަށް އަޅާލީ އިޒްޔަން މެން ގެއަށް ދެވެނީ އެމަގުން ލާފަ ކަމަށް ވާތީއެވެ. އެ ގޯޅީގެ ވަކި ހިސާބަކަށް ދެވުނު އައިރީން ގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އެ ގޯޅީގާ ދިއްލާފައި ހުރި ހޮޅިބުރިތަކުގެ ފަނޑުއަލިކަމުގެތެރެއިން ފެނުނު މަންޒަރަކުންނެވެ. ކަޅު ކޯޓެއް ލައިފާ ހުރި ފިރިހެނެއް ދިޔައީ ފާރުކައިރީގާ ހުރި އަންހެން ކުއްޖާއާ ބެހެމުންނެވެ. މަޖުބޫރު ވެފައިވާ މީހެއް ފަދައިން ހުރި އިރު އެ އަންހެން ކުއްޖާ ދިޔައީ ރޮމުން ނޫނެކޭ ކިޔަމުންނެވެ. އައިރީން އެނބުރި ދާން ހިތަށް އަރާފަވެސް އެ ހުރި ފިޔަވަޅުމަތީގައި ހުރެވުނީ އެ އަންހެން ކުއްޖާއަށް އެހީވާން ހިތް ގޮވާލުމުންނެވެ. އިރުކޮޅެއް ނުވެ އެ ފިރިހެން މީހާ އެ އަންހެންކުއްޖާއާއި ދިމާއަށް ދިއްކޮއްލި ވަޅި ފެނިފާ އައިރީން އަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނުވެ. ދެން ފެނުނީ ގަދަކަމުން ކަހަލަ ގޮތަކަށް އެ ފިރެހެން މީހާ އަންހެން ކުއްޖާ ގޮވައިގެން އެތާ ޖެހިގެން އިން ފަޅުގެތެރެއަށް ދެމިގަތްތަނެވެ.
_ _ _ _ _ _ _ _ _ _ _ _ _ _ _
އީނާލްގެ ގައިމައްޗަށް ޖެހިގަނެގެން އޮތް ނުބައި ނުލަފާ އިންސާނާ ދިޔައީ އީނާލް ގެ ފަރާތުން އޭނާގެ ބޭނުން ފުއްދަމުންނެވެ. ނަމަވެސް އެ މީހަކަށް ނޭނގުނީ އޭނައަށް މި އަރައިގަނެވުނީ ކުށެއް ނެތް އޭނާ ނުވެސް ދަންނަ އަންހެން ކުއްޖެއްގެ އަބުރަށްކަމެވެ. އިރުކޮޅެއް ނުވަނީސް ބޮލަށް އަރައިގެން ދިޔަ ތަދާއިއެކު އީނާލް ގެ ގައިމަތީގައި އޮތް ނުލަފާ އިންސާނާ ކައިރީގާ ހުރި ހުއިތަކު މައްޗަށް ވެއްޓުނެވެ. އޭރު ދަނޑި ގަނޑެއް ހިފައިގެން ހުރި އައިރީން އެ ދަނޑިގަނޑު އެއްލައިލަމުން ބިންމަތީގާ އޮތް އަންހެން ކުއްޖާއަށް ބަލާލިއެވެ. ނަމަވެސް އެތަން އަނދިރިކަމުން އެ ކުއްޖާގެ މޫނުފެންނަ ގޮތެއް އައިރީންއަކަށް ނުވިއެވެ. ރޮއެ ރޮއެ ގޮސް ހަލާކުވާން ކައިރިވެފާވާ އީނާލް ތެދުވެ ވީދިފައިވާ އަންނައުނުން ގައި ފޮރުވާލަމުން ދުވެފައި ގޮސް އެ ތާނގަ ހުރި އަންހެން ކުއްޖާގެ ގައިގާ ބައްދާލިއެވެ. އޭރު އީނާލް ހުރީ ބިރުން ގޮސް ހޭ ނެތޭ ވަރުވެފައެވެ. އެވަގުތު ދެމީހުންނަށް އެކަކު އަނެކަކުގެ މޫނު ނުފެނުނަސް ތަފާތު އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ.
” ޕްލީޒް ސޭވް މީ ” އީނާލް ގެ އަޑު އައިރީންގެ ކަންފަތުގައި ހަރުލައިގެން ދިޔުމުން ބޭއިޙްތިޔާރުގައި އައިރީންގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. މިތަނުން ނިކުންނަން ހިނގާށޭ ކިޔާފަ އައިރީން އީނާލް ގޮވައިގެން ދާން އެޅި ފިޔަވަޅަށް ހުއްޓުމެއް އައީ އެ ފިރިހެން މީހާ ތެދުވެ ކުއްލިހަރަކާތަކާއިއެކު އީނާލް ގެ ބުރަކައްޓަށް ވަޅިހަރާލުމުންނެވެ. އެވަގުތު އީނާލް ގެ ވޭނީ ހަޅޭކުގެ އަޑު މުޅި ފަޒާގައި ގުގުމައިގެން ދިޔައެވެ.އެ ކަންތަށް ހިނގީ މަދު ސިކުންތު ކޮޅެއްގަ ކަމުން ވެއްޓެމުން ދިޔަ އީނާލް ފެނުމުން އައިރީން އަށްވެސް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ސިކުނޑި މަސައްކަތް ކުރަން ފެށުމުން އައިރީން ރޮއެގެންފައި އިށީނދެ އީނާލް ގެ ބޯ އުނގަށް ލައިގެން އިނދެ ލޯ ހުޅުވާށޭ ކިޔާފަ ގޮވަންފެށިއެވެ. އައިރީން އަށް ފޯނު ނުލައި އާދެވުނުކަން އިނގުނީވެސް އެވަގުތެވެ. ގޮތް ހުސްވެފައި ދެ ކޮޅު ބަލައިލުމާއިއެކު ދުރުގައި ވެއްޓިފައި އޮތް ފޯނެއް ފެނުމުން އަވަސް އަވަހަށް އެ ފޯނު ނަގައި އެންބިއުލާސްއަށް ގުޅުމުގެ ބަދަލުގައި ތުރު ތުރު އަޅާ އަތަކުން އައިރީންއަށް ޑައިލް ކޮއްލެވުނީ ފޯނުގާ އެންމެ ފަހުން ގުޅާފަ އިން ނަންބަރަށްށެވެ.
_ _ __ _ _ _ _ _ _ _ _ _ _
އެނދުގާ އިށީނދެލައިގެން އިން ރަޔާން ސިހިފައި ފޯނާއި ދިމާއަށް ބަލައިލީ މީހަކު ގުޅަންފެށުމުންނެވެ. ޑިސްޕްލޭ އަށް އަރާފަ އިން އީނާލް ގެ ނަން ފެނުމުން ރަޔާން އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖައްސާލުމާއިއެކު އެ ކޮޅުން އިވިގެން ދިޔައީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. ހިތަށް ނުބައި ގޮތެއްވެގެން ދިޔައިރު އީނާލް އަށް ކޮންމެވެސް ބޮޑު ކަމެއް ދިމާވެއްޖެ އޭ ރަޔާންގެ ހިތް ބުނެލިއެވެ. ދެން އެ ކޮޅުން ބުނެލި އެއްޗަކުން ފުންމައިގެން ރަޔާން އަށް ކޮޅަށް ތެދުވެވުނެވެ. އެވަގުތު ފޯނު އަތުން ދޫ ނުވީވެސް ކިރިޔާއެވެ.” ކޮން ތާކު ތިހުރީ ” ހަލޯ .. ހަލޯ .. މީ މީ ފަޅުގެތަށް ހުންނަ ގޯޅި .. އެނގޭދޯ ” ” އޯކޭ ހަމަ މިހާރު މިދަނީ ” ރަޔާން ފޯނު ކަނޑާލުމަށް ފަހު ދުވެފައި ކަހަލަ ގޮތަކަށް ނިކުމެގެން ދިޔައިރު އެ ހިތް ވަނީ އިންތިހާއަށް އަވަސްވެފައެވެ.
_ _ _ _ _ _ _ _ _ _
ރަޔާން ފޯނު ކަނޑާލުމުން އައިރީން އިރުކޮޅަކު އެހެން އިނުމަށް ފަހު ބޭރަށް ނިކުމެލިއިރު އެ މަގުން ދުވެފައި އަންނަ ފިރިހެން ކުއްޖާފެނުމުން އައިރީން ވެސް ދުވެފައި ގޮސް އެ ފިރިހެން ކުއްޖާގެ ކުރިމައްޗަށް ހުއްޓިލިއެވެ. އައިރީން ފެނުމުން ރަޔާން ހީކުރީ އެއީ އީނާލް ކަމަށްށެވެ. ރަޔާން ވަރަށް ބާރަށް އައިރީންގެ ގައިގާ ބައްދާލިއެވެ.އެވަގުތު އައިރީން ކުއްލިއަކަށް ރަޔާންގެ މޭގާ އަތް އަޅާ ކުޑަކޮއް ކޮއްޕާލިއެވެ. ” އެކްސް ކިއުޒް މީ .. ތީ .. ތީތަ އަހަރެންނަށް ގުޅުނު ކުއްޖަކީ … އޭނަ ..އޭނަ.. ޕްލީޒް ސޭވް ހަރ ” ރޮވިފައި ހުރި އައިރީން އަށް ރަނގަޅަކަށް ވާހަކަވެސް ނުދެއްކެއެވެ. ކިޔޭ ނުކިޔޭ އެއް ނޭނގެއެވެ. އެންމެ މިނެޓެއްވެސް ލަސްނުކޮށް އައިރީން ރަޔާން ގެ އަތުގައި ހިފައިގެން ދުވެފައި ގޮސް އެ ފަޅުގެތެރެއަށް ވަދެ ވެއްޓިފައި އޮތް އީނާލް ދައްކާލިއެވެ. އެވަގުތު ރަޔާން ގެ ދެލޯވެސް ދިޔައީ ބޮޑުވެގެންނެވެ. އޭރުވެސް ރަޔާންއަކަށް ވެއްޓިފައި އެ އޮތް އަންހެން ކުއްޖަކީ އީނާލް ކަމެއް ނޭނގެއެވެ. އޭނާ ކައިރީގާ ކޮޅަށް އެ ހުރި އަންހެން ކުއްޖަކީ އެހެން ކުއްޖެއް ކަމެއް ނޭނގެއެވެ. ލެއިން ތަތްތެޅިފައި އޮތް އީނާލް އަތްމަށްޗަށް ނަގާ އުފުލާލުމަށްފަހު ހޮސްޕިޓަލާއި ދިމާއަށް ރަޔާން ދުއްވައިގަތެވެ. ރަޔާން ގެ ފަހަތުން ކަހަލަ ގޮތަކަށް ދުވެފައި އައިރީން ވެސް އައެވެ. އޭރު އައިރީން ގެ އަތުގަޔާއި ހެދުމުގައި ވެސް ލޭ އުނގުޅިފައި ހުއްޓެވެ.
ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔުމުން އައިރީން އަށާއި ރަޔާން އަށް އަތްދަނޑިމަތީގައި އޮތް އަންހެން ކުއްޖާގެ މޫނު ފެނުމުން ކުއްލި ޝޮކެއް ލިބިގެން ދިޔައެވެ. ކިތަންމެ ބައިވަރު ސުވާލެއް ދެމީހުންގެ ސިކުނޑީގައިވެސް އެނބުރެމުން ދިޔައެއްކަމަކު ހާލަތުގެ ގޮތުން ދެމީހުންވެސް ތިބީ އެއްޗެއް ވިސްނާވަރަށް ވުރެ ހާސްވެފައެވެ. އީނާލް އެމެޖެންސީ ރޫމް ތެރެއަށް ވެއްދުމުން އައިރީން މަޑު މަޑުން ގޮނޑިބަރިން ގޮނޑިއެއްގައި އިށީންއިރު ރަޔާން ހުރީ ޖެހި ބުދެއްހެން ކޮޅަށްށެވެ. އިރުކޮޅެއްނުވެ ޑޮކްޓަރު ނިކުތުމުން ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ގޮސް ޑޮކްޓަރު ކައިރީގައި ހުއްޓިލަމުން ހުރިހާ ކަމެއް ރަނގަޅުތޯ އަހާލެވުނެވެ. ” ހަރ ކޮންޑިޝަން އިޒް ވެރީ ކްރިޓިކަލް .. ވީހާވެސް އަވަހަކަށް އޭ ޕޮޒިޓިވް ލޭ ބޭނުންވޭ .. އެންޑް ވީ އަރ ޓްރައިން އަވަރ ބެސްޓް ޓު ސޭވް ހަރ ” ޑޮކްޓަރު އެހެން ބުނެލުމަށްފަހު ދާންވެގެން އުޅުމުން އައިރީން ޑޮކްޓަރަށް ގޮވާ ހުއްޓުވިއެވެ. ” ޔެސް ” ” އައި ހޭވް އޭ ޕޮޒިޓިވް .. ސޯ .. ” ” ޔާ ..މި ކޮޅަށް ދުރުވޭ ” ޑޮކްޓަރު އިޝާރާތް ކުރި ދިމާއަށް އައިރީން ހިނގައިގަތްތަން ބަލަން ހުރެފައި ރަޔާން އިށީނދެ ދެ އަތުން މޫނު ފޮރުވާލިއެވެ. އެހެން އިންދާ އިރުކޮޅެއްފަހުން ރަޔާން ސިހުނީ މަޑު އަތަކުން ރަޔާން ގެ ކޮނޑުގައި އަތް އަޅާލުމުންނެވެ.
އައިރީން ރަޔާން އިން ގޮނޑިއާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން ހިންދިރުވާލުމަށް ފަހު ވާހަކަދައްކަން ފެށިއެވެ. ” އެއީ ކާކު ” އައިރީން ކޮއްލި މިސުވާލުން ރަޔާން ހައިރާން ވެފައި ކައިރީގާ އިން އައިރީންއާއި ދިމާއަށް ބަލާލިއެވެ. ” އަހަންނަށްވެސް މިހާރު އޮޅިއްޖެ … އަހަރެންގެ އީން އަކީ ތި ދެމީހުން ތެރެއިން ކާކު ކަމެއް އަހަންނަކަށް ނޭނގެ ” ރަޔާން ވާހަކަދެއްކި އިރު މަޑު ރިހުމެއް އެ އަޑުގައި ވިއެވެ. ” އަހަރެން ގުޅީ އެ އަންހެން ކުއްޖާގެ ފޯނުން ” އައިރީން އިރުކޮޅެއް ވާނދެން އަނގައިން ނުބުނެ އިނދެފައި ބުނެލި ޖުމްލައިން ކުއްލިއަކަށް ދެލޯ ބޮޑު ކޮއްލަމުން ރަޔާން ތެދުވިއެވެ. ” އެހެން ވީރު ތީ ކާކު؟ ތިއީ އަހަރެންގެ އީން އެއް ނޫންތަ ؟ .. އެއީ ތަ އީން އަކީ .. ” ރަޔާން ފިރިހެނަކަށް ވުމުން ކިތަންމެ ހިތްވަރު ކުރަން އުޅުނަސް އެވަގުތު އެ ކަމެއް ކާމިޔާބެއް ނުވިއެވެ. ހޯސްލާފައި އެ ދެލޮލުން ކަރުނަތަށް ފައިބައިގަތް އިރު އެ މަންޒަރު ބަލަން އިން އައިރީންވެސް އިނީ ރޮވިފައެވެ. އެ އަންހެން ކުއްޖާ އޭނާ އާއި ހާދަ ވައްތަރޭ ހާދަ އެއްގޮތޭ އައިރީން ގެ ހިތަށް އަރަމުން ދިޔައެވެ. އީނާލް ގެ މެރިފައިވާ ދެލޮލާއި ލެއިން ތަތްތެޅިފާވާ އެ ހަށިގަނޑު އައިރީން އަށް ލޯ ކުރިމަތިން ސިފަ ވުމާއިއެކު ކުއްލިއަކަށް ރުއިން ހުއްޓާލުމަށް ފަހު ކޮޅަށް ތެދުވިއެވެ. އަދި ބާރު ބާރަށް ހޮސްޕިޓަލުން ނިކުންނަން ދިޔަ އައިރީން ގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ރަޔާން ވާހަކަ ދެއްކި އަޑަށްށެވެ. ” ކޮންތާކަށް ތިދަނީ ؟ ” ” އަހަރެން ވަރަށް އަވަހަށް އެބަ އަންނަން” އައިރީން އަވަސް އަވަހަށް ނިކުމެގެން ދިޔައިރު ރަޔާން ހުރީ އެމެޖެންސީ ރޫމުގެ ދޮރާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.
_ _ _ _ _ _ _ _ _ _ _
ގޭތެރެއަށް ވަދެގެން އައި އައިރީން ހުރި ގޮތް ފެނުމުން ސިޓިން ރޫމްގަ ތިބި އެންމެނަށް ކޮޅަށް ތެދުވެވުނެވެ. ” ސުބުހާނަﷲ ދަރިފުޅާ” ނަޖުމާ އަވަސް އަވަހަށް ގޮސް އައިރީން ގެ ކުރިމައްޗަށް ހުއްޓުމުން ވެސް އައިރީން އަޅާވެސް ނުލާ ގޮސް ކޮޓަރިއަށް ވަނުމުން އެންމެންގެ މޫނުމަތިން ވެސް ހައިރާން ކަން ފެނިގެން ދިޔައެވެ. އިރުކޮޅެއްފަހުން އައިރީން ކޮޓަރިން ނިކުމެ ނަޖުމާ ކުރިމައްޗަށް ހުއްޓިލަމުން އައިރީން ދައްކާލި އެއްޗަކުން ނަޖުމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މަޑު މަޑުން އައިރީން އަށް ގޮވާލެވުނު އިރު ހާސްކަން އެ މޫނުމަތިން ފެންނަމުން ދިޔައެވެ. ” މަންމާ ޕްލީޒް .. އަހަންނަށް މިއަދު ހުރިހާ ހަގީގަތެއް ކިޔައިދީ .. މިއަދު ހަގީގަތް އެނގުން އަހަންނަށް ވަރަށް މުހިންމު ” އެތަށް އިރެއްވެގެން ދިޔަ އިރުވެސް ނަޖުމާ ހުރީ އައިރީން އައި ދިމާއަށް ބަލަހައްޓައިގެންނެވެ.އައިރީން އަށް ހަގީގަތް ކިޔައިދޭން ވީ ބާއޭ ހިތަށް އަރާފައެވެ.ނަމަވެސް އައިރީން އަށް ހަގީގަތް ކިޔައިދޭނީ ކޮން ދުލަކުން ބާއޭ ނަޖުމާގެ ހިތަށް އަރަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް ނަޖުމާ މިރޭ ޖެހޭނީ ހުރިހާ ހަގީގަތެއް ކިޔައިދޭށެވެ .އައިރީން އަށް އެ އޮތީ އެ ފޮޓޯ ގަނޑު ފެނިފައެވެ. ދެން ފޮރުވުމުގެ މާނައެއް ނެތެވެ. އެހެންކަމުން ވަރަށް ހިތްވަރު ކޮއްފައި ވާހަކަ ދައްކަން ފެށިއިރު ނަޖުމާގެ ދެ ލޮލުގާ ކަރުނަތަށް ވިދަމުން ދިޔައެވެ.
( ނުނިމޭ )
29 Comments!
Comments are closed.
hi evryone .. here is the nxt part .. n mibai ehaa rythi nuvedhaane .. hama nujehey bai bai vess huredhaane .. bt hope u all will like this part too .. n yah dhn mi stry upload kuraany konme weekend eh ga .. cux dhn i wont have much time to write the stry .. v bxy vaane .. hope u guys will understnd .. enjoy reading 🙂
Laitukuriiiiiiiiiiiiiiiii no words to say……..wowwwwwww this prt is awesome….I jst luvd it….kithni khubsoorath hey…hehehe….alhey dhn poor eenal dhw….vrh dhera vejje..uhun rovijje..hehehe….alhey doctrs plx save her…….ryn ah truth engeny dhw…..hyvey nxt prt vrh nice vaane hen….laitukuriiii…emme kiyaa hiyyva hisaabun thi nimmaaly…kithni sundar hey…hehehe…..whn iz nxt prt???????luv u n miss u………..
Yayyyyyyyyyy me first dhw……….asluvx mi part vrh nice..n maa kiyaa hithun huryma evves hama nujehey thankolheh vx nufenun….kyp it up….
hehehe saabas inathuuuu .. n thanks alotttt … hehe congtrasss .. owh thanks once again 🙂
Wowwwwwww vrh reethi??????? laitukuriiiiii u r the best……….waiting for the next part????? wow wow wow story is awsome…???????
Me second yayyyyyy…???????
hehehe thanks malyathuuuu .. thanks alot 🙂
yah .. yayyy congratss hehehe
Allheyyy lai emme reethi hisaabun thi nimmaly…pllxxxxx UP LOAD NEXT PART…IM WAITING ND WAITING…MI PART VVVVVV REEETHI…..KEEP IT UP..
thanks niz .. thanks alot 🙂
avas avas!!!!! will keep waiting
thanks alot yooha 🙂
laii….. stryy vrhh vrhh reethi… laiibuni kahala evvx hama njeheyy thnehh nufenunu…. bt plxxx….. UPLOAD DE NXT PRT ASAP!!! i rlly rlly wnt to knw wat will hpn nxt…. 😮
n one mre thing…. where do u gt the pic…. the pic is vry nyc…. jxt luvin it….??????????? n luvin the stry 2… all da bxt laii….????
hehe thanks alot immy .. pic dhw .. i made it ..thanks once again 🙂
Varah rythi mibaives keep it up lai
thnks alott nookko 🙂
vvv nice mi part vexx. . . . waiting 4 next part. . .
thanks alot chompi 🙂
This is a weekend. Why don’t you update the next part
srry maldhu up nukurevunyma i ws bxy ehenve .. bt nw up kohfin 🙂
Hey vvvvv nyc mi stwry….nxt prt vrh avahah up khdhehcheyyy…plxxx
thanks shahaa … nw up kohfin .. n srry lahun up kurevunyma 🙂
Cant wait to read the story….it amaxing
thanks alot liu 🙂
Wow…..I luv this stryyyy….stry ge name v v vv v nice….n stryyy too..lai nxt prt up kohdhyba plxxxxxx…cant wait
aslutha? thanks alot shau .. nw up kohfin 🙂
Meege aneh episode nukunnany kon dhuvahakun?? Mihaaru kiyun Therin foohivaa varuvey..
really very sry mahoosh .. bt nw upload kohfin 🙂