
ދުރުގައިވިޔަސް.. (10 ވަނަ ބައި..)
ނަކީލް ފިޔަވަޅުތަށް ފަހަތަށް އަޅަމުންގޮސް ކުރިން އިށީންދެގެން އިން ގޮނޑިއަށް ވެއްޓިގަތެވެ. މާޔާއާއި އެކު ފެނުނު ޒުވާނާގެ ސަބަބުން ނަކީލްގެ ތަބީއަތު ގޯސްވިކަހަަލައެވެ. އެއީ އަނެއްކާ މާޔާގެ ކާކު ހެއްޔެވެ.؟ ނަކީލް ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ފޮރުވުމަށްޓަކައި ލޮލުގެ އެސްފިޔަތަށް ތަޅުވައިލިއެވެ. މައްޗަށް ބަލާލައި މީހާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައީ ނަކީލްގެ ހިތަށް ވިސްނައިދެމުންނެވެ.
ނަކީލް އިންތަނުން ތެދުވެގެން ޕާޓީ ހޯލްގެ މީހުންގެ ތެރެއަށް ވަދެގެން ދިޔައީ މާޔާ ހުންނާނެހެން ހީވާ ދިމާއެއް ބަލަމުންނެވެ. އެހާ އަވަހަށް ހިތްވަރު އެލުވާނީ ފިޑިންކަމުގައި ވިސްނައިދެމުންނެވެ. ނަކީލް ކަނާތް ފަރާތަށް ބަލައިލީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ.
” ފާރިލް… އައި ޑޯންޓް ވޯންޓު ޑާންސް… ޕްލީޒް.. އެގެއެއްނު އެއީ އަހަރެން އެހާ ކުރާހިތްނުވާ ކަމެއްކަން…” ފާރިލް ހުއްޓާނުލާ މާޔާ ކައިރީ އެކީގައި ނަށަން އަންނަން ބުނުމުން މާޔާ ހިތްހަމަނުޖެހޭގޮތް ދައްކާލަމުން ބުނެލިއެވެ.
މާޔާ ފަހުން ބުނީ ކީއްކަމެއް ނަކީލް އަށް ނޭގުނަސް ހިތުގައި އަތް އަޅައި ފިރުމާލެއވުނު ކަހަލައެވެ.
” އޯކޭ ފައިން… އައި ވޯންޓް ޓޯކް ޓު ޔޫ…” ފާރިލް ހިތްހަމަ ނެޖެހިފައި އެހެން ބުނުމަށް ފަހު މާޔާއާއި ދުރަށް ހިގައިގަތީ ހޯލުގެ އެންޓްރެންސް އާ ދިމާއަށެވެ.
ފާރިލް ދިޔަ ދިމާލަށް ބަަލަން ހުއްޓާ މީހަކު ގާތުގައި ހުރިހެން ހީވެގެން މާޔާ ބަލާލިއެވެ. އޭރު ނަކީލް ހުރީ މާޔާގެ މޫނަށް ސީދާ ބަލައިގެން ކަމުން ދެމީހުންގެ ނަޒަރު ދިމާވިކަހަލައެވެ. އެކަކު އަނެކެއްގެ ލޮލުގެ ތެރެއަށް ޢަރަޤްވެގެން ތިބެވުނީ ކިހާއިރެެއް ވަންދެން ކަމެއް ނޭނގުނެވެ.
މާޔާ އިސްޖަހާލީ ނަކީލްގެ ބާރުގަދަ ދެލޮލަށް އިތުރަށް ބަލަން ކުޅަދާނަ ނުވުމުންނެވެ. އެދެލޮލުން މާޔާއަށް ކޮންމެވެސް މެސެޖެއް ދޭން ބޭނުންވާ ކަހަލައެވެ. އެހާ ގިނައިރު އާޝޯހުވެވި ބަލައިގެން ހުރެވުނު ގޮތުން މާޔާ ލަދުގަންނަގޮތްވިއެވެ.
“އެއީ ބޯއިފްރެންޑްތަ…” ނަކީލް ހަމަހިމޭންކަން ކަޑުވަމުން ސުވާލުކޮށްލީ ހަމަޖެހިލަމުންނެވެ.ހިތުގައި އުފެދުނު ސުވާލު އެހާ ފަސޭހައިން ބުނެވުނީތީ ހުދު ނަކީލްވެސް ހައިރާންވިއެވެ.ހަމަ އެއާއެކު ނަކީލްގެ ހިތް އަވަސް ވެގެންދިޔައީ ހިތްނޭދޭފަދަ ޖަވާބެއް އިވިދާނެތީއެވެ.
” ފާރިލް ތަ… ނޯ ހީ އިޒް ޖަސްޓް އަ ފްރެންޑް…” މާޔާ ދިނީ ކުރު ޖަވާބެކެވެ. ނަކީލް ކައިރީ ހުންނަ ކޮންމެ ފަހަރަކު މާޔާ ހާސްވާ ގޮތްވެއެވެ.ނޭވާ ކުރުވާ ހެން ހީވެެއެވެ. ހިތުގެ ހިގުން އަވަސްވެ މީހާ ފިނިވާ ގޮތް ވަނީ ކީއްވެ ކަމެއް މާޔާއަކަށް ނުވިސްނުނެވެ.
” ކީއްވެ ޑާންސް ނުކޮށް ތިހިރީ…” ނަކީލް އަނެއްކާވެސް މާޔާއާއި ކޮށްލީ ސުވާލެކެވެ.
“ކަމެއް ނުވޭ… މޫޑެއް ނެތީމަ…” މާޔާ ބުނެލިއެވެ.
” އިފް ޔޫ ޑޯންޓް މައިންޑް… ކެންއައި ހެވް ދިސް ޑާންސް ވިތް ޔޫ..” ހޯލުތެރޭގައި ޖަހާފައި ހުރި މިއުޒިކްގެ އަޑު ކެނޑި މަޑުމަައިތިރި ލަވައެއް ޖަހަން ފެށުމުން ޖޯޑު ޖޯޑަށް ރާގާއި އެއްވަރަށް ނަށަމުން ދިޔައެވެ.
މާޔާ ނަކީލްއަށް ބަލާލި އިރު ނަކީލް ހުރީ މާޔާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ކުރަންވީ ކީއްކަމެއް މާޔާއަކަށް ނުވިސްނުނެވެ. ނޫނެކޭ ބުނާހިތްނުވީ ކީއްވެކަމެއް ނޭނގުނެވެ. ނަކީލް ދިއްކޮށްފައިވާ އަތުގެ ތެރެއަށް މާޔާގެ އަތްލެވުނީ އަމިއްލަ އިހްތިޔާރުން ބޭރުގައި ކަހަލައެވެ. މާޔާގެ މިހަރަކާތުން ނަކީލްގެ ހިނިތުންވުން ފުުޅާވިއެވެ. މާޔާގެ އަތުގައި ހިފައިގެން ނަކީލްވެސް އެހެން މީހުންނާއި ބައިވެރިވީއެވެ
. ނަކީލްގެ އަތުން މާޔާގެ އުނަގަނޑުގައި ވަށައިލައި އަނެއް އަތުން މާޔާގެ އަތުގައި ހިފައި ރާގާއި އެއްވަރަށް ނަށަމުން ދިޔައިރު ގިނަ މީހުންގެ ލޯތަށް އަމާޒުވެފައިވަނީވެސް އެދެމީހުންނަށެވެ. ނަކީލް އަށް މާޔާގެ މޫނު އެހާ ކައިރިން ފެނުނު އެއީ ފުރަތަމަ ފަހަރެވެ. މާޔާގެ ރީތިކަމާއި ސާދާކަމާއި މެދު ހީތާހިތުން ތައުރީފް ކުރެވުނީ ނަކީލްގެ ހިއްސުތަކަށް ވިސްނައިދެމުންނެވެ.
” ސުވާލެއް ކުރަންތަ..” ނަކީލް ހުއްދައަށް އެދުނެވެ. މާޔާ ޖަވާބުގައި ހޫން އަޅުވާލިއެވެ.
” މާޔާ ހަމަ އަސްލުވެސް ތިހާ ރީތިތަ…ނޫނީ އެއީ އަހަންނަށް ހީވާ ގޮތެއްތަ..” ނަކީލް މާޔާގެ މޫނަށް ޖެއްލިފައިހުރެ ކަހަލ ގޮތަކަށް ބުނެލުމުން މާޔާގެ ދޮން ކޯތާފަތަށް ޖަންބު ކުލަ އެރިއެވެ. މާޔާއަށް ވީގޮތް ފެނުމުން ނަކީލްއަށް ހެވުނެވެ. މާޔާ އިސް އުފުލާ ބަލާލި އިރު ނަކީލް ހުރީ ލާނެތް ފާޑަކަށް ހީލައިގެންނެވެ.
އެރޭ ޕާޓީ ނިމިގެން ދިޔައިރުވެސް ނަކީލްއަށް ހިތުގެ ހާލަތު ބަޔާންކޮށްނުދެވުނެވެ. އެހެނެއްކަމަކު މާޔާއާއި އެކީ ހޭދަކޮށްލެވުނު ކުޑަ ވަގުތުކޮޅެއްގެ ސަބަބުން ނަކީލް ހިތް ވަނީ އުފަލުން ފޮޅިފައެވެ. އިރު އިރުކޮޅާ މާޔާއާއި އެކު ކުރެވުނު ޑާންސް ލޯމަތިން ސިފަވަމުން ދިޔަކަހަލައެވެ.
ޕާޓީ ނިންމާފައި ގެއަށް އައީއް ސުރެ ހައިފާގެ ކަމަކީ މާޔާއާއި ދިމާކުރުމެވެ. މިރޭ ނަކީލްއާއި އެއްކޮށް ޑާންސް ކުރި މަންޒަރު ފެނިފައި މާޔާ އަށް ޖެއްސުން ކުރާ ހިތްވެފައެވެ. މާޔާވެސް އެކަން މާބޮޑުކަމަކަށް ނަހަދައި ފެންވަރައިގެން ނިދަން އޮށޯތީ މާދަމާ ކްލާސްތަށް ފެށޭތީއެވެ.
……………………………………………………………………………….
މާޔާއާއި ހައިފާ ކްލާހުގައި ހަމަޖެހިލައިގެން ވާހަކަ ދައްކަން ތިބީ ޕްރޮފެސަރ ކްލާހަށް ނާންނާތީއެވެ. އާ ޕްރޮފެސަރ އެއް ކޮލެޖް އާއި ޖޮއިން ކުރި ވާހަކަ އިވުމުން މާޔާއާއި ހައިފާ އިްނތިޒާރު ކުރަމުން ދިޔައީ އެއީ ކާކުތޯ ބަލަން ކެތްމަދުވެފައިވާ ހާލުގައެވެ.
” އޭ…މާޔާ.. އޭ…. ކޮންތާކަށް ތިބަލަނީ މިހާރު … ބަލާބަ…” މާޔާ ކުޑަދޮރުން ބޭރު ބަލަން ގެއްލިފައި އިންދާ ސިއްސައިގެން ދިޔައީ ހައިފާގެ އަޑަށެވެ. ހައިފާ އުޅޭ ގޮތުން ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ.
” އޭން… ކީއްކޭ ތިކިޔަނީ … ކޯއްޗެއްތަ.. ހަމަ ޖެހިބަ..” ހައިފާ އުޅޭގޮތުން މާޔާ ކުޑަކޮށް ބިރުގަންނަގޮތްވިއެވެ.
ހައިފާ އެއްވެސް އެއްޗެއް ނުބުނެ އިޝާރާތް ކޮށްލީ ޓީޗަރ ކިޔަވައި ދިނުމަށް ހާއްސަ ކުރެވިފާ ފޯޑިއަމް އާއި ދިމާލަށެވެ. މާޔާވެސް ހައިފާ އިޝާރާތްކުރި ދިމާލަށް ބަލާލި އިރު ކުޑަވަރެއްގެ ޝޮކެއް ލިބުނު ކަަހަލައެވެ. މާޔާ ދެލޯ ރަގަޅަށް ފޮހެލުމަށް ފަހު ބަލާލީ ފެނުނު ގޮތް ސަކަރާތީ ކަމަށް ހިތާއެވެ. އެހެނަސް ކުރިމަތީގައި ހުއްޓިގެން ކްލާހާއި މުހާތަބު ކުރަން ހުރީ އެނޫން ދެވަނަ މީހެއް ނޫނެވެ.
” ސޯ … އައި އޭމް ޔުއަރ ސައިކޮލޮޖީ ޕްރޮފެސަރ.. ޔޫކެން ކޯލް މީ ނަކީލް…” ނަކީލް ކްލާހާއި މުހާތަބު ކުރަމުން އަމިއްލަ ކުރު ތައާރަފެއް ދިނެވެ. ނަކީލްއަށް މާޔާ ފެނުނީ އެއްލިކަޅިއަކުންނެވެ. އޭރު މާޔާ ނަކީލްއާާއި ދިމާލަށް އެސްފިޔަވެސް ޖަހާލަންނޭނގި ބަލައިގެން އިންގޮތުން ނަކީލް ގާތަށް ހިނިއަންނަގޮތްވިއެވެ.އެކަމަކު އަމަލުން އެކަން ނުދެއްކޭތޯ މަސައްކަތް ކުރަމުން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއިގެން ކުރިއަށް ދިޔައެވެ.
“ދެންވެސް ތި އަނގަ ލައްޕަބަ… މެއްސެއް ވަދެދާނެ.. ” މާޔާ އަނގަ ހުޅުވިފައި ބަލަން އިންގޮތުން ހައިފާ އަށްވީ މަޖަލަކަށެވެ.
” އަދިވެސް ވެއްޓޭތި ތަނަކުން މީހެއް ފެންނަ އިރަށް…ހަހަހަ.. ޕުއަރ ޔޫ.. މިސްޓަރ ހޭންޑްސަމް މިވީ އަހަރެމެންގެ ޓީޗަރަކަށް …” ހައިފާ ހެމުން ހެމުން ބުނެލިއިރު މާޔާ ތުންފިއްތައިގެން އިނީ އަމިއްލަ މޮޔަކަން ހިތަން އަރާފައެވެ.
” ހެވޭ ދެން …ކޮންމެ މީހަކަށް ވިޔަސް… ޔޫ ޝަޓްއަޕް…” ހައިފާގެ އަގަމަތީ އަތްއަޅަމުން މާޔާ ބުނެލިއެވެ.
ކިޔެވުމުގައި މަސްއޫލުވެގެން ދިޔުމުން ދުވަސްތަށް ދައުރުވާން ފެށީ ވަރަށްވެސް އަވަހަށެވެ. އެކިގޮތްގޮތުން ކިޔެވުމުގައިވެސް މާޔާއަށް ނަކީލްގެ އެހީތެރިކަން ލިބެމުން ދިޔައެވެ.
…………………………………………………………………………….
ރޭގަނޑުގެ ވަގުތެވެ. މާޔާ ކަޅު ކުލައިގެ ލެގިންސް އަކާއި ރަތާއި ހުދުން ޑިސައިންކޮށްފައިވާ ބްލައުޒް އެއް ލައިގެން އެއާއި ގުޅޭ ގޮތަށް ރަތްކުލައަިގެ ޝޯލްއެއް އަޅާފައިވާއިރު މާޔާގެ މޭކަޕެއްނުވާ މޫނު ފުރިހަމަ ކަމަށް ދައްކަައެވެ.
މާޔާ ކާރުގައި ނަކީލް އަންނަން ބުނެފައިވާ ތަަނަށް ދިޔުމަށް ނިންމީވެސް މަގުމަތިން ހިގާ މީހުންގެ ލޯތަށް އަމާޒުވާތީ ޖެހިލުންވުމުންނެވެ. ކޮލެޖާއި މަދުރުނޫން ޕާކްއަކަށް ކާރު މަޑުކޮށްލުުމުން ޑްރައިވަރަށް ފައިސާ ދިނުމަށް މާޔާ ހިނގައިގަތީ ނަކީލް އައުމަށް އެދިފައިވާ ދިމާއަށް ދެވޭތޯއެވެ.
އެކި ބާވަތުގެ މާމެލާމެލީގެ ވަހުން މުޅިތަން އެއްވަސް ކޮށްފަައިވާ އިރު ޖެހެމުންދިޔަ މަޑު ވައިރޯޅިތަކުން ތާޒާކުރުވައެވެ. ތަފާތު ބާވަތުގެ ގަސް އެކި ޑިސައިން ޑިސައިނަށް ހައްދާފައި ވާއިރު ތަނުގެ ނާމަންކަން ކަނޑުވައިފަިއވަނީ ހަރުކުރެވިފައިވާ ގާޑަން ލައިޓްސް ތަކުންނެވެ. މާޔާ ގެ ފިޔަވަޅުތަށް ހުއްޓާލެވުނީ ކުރިމަތިން ފެންނަން ހުރި އެއްޗެއް ޤަބޫލްނުކުރެވިގެންނެވެ.
ކުލައިގެ ބޮކިތަށް ބޭނުންކޮށްގެން އެތަން ޒީނަތްކޮށްފައިވާ އިރު ހީވަނީ ހުވަފެނީ ދުނިޔެއެއް ހެންނެވެ. އެފަދަ ކުދި ބިކިތަށް ބޭނުންކޮށްގެން އިނީ ހިނގުމަށް ކުޑަ ރާސްތާއެއް ހަދާފައެވެ. އެ ފުރިހަމަ ކުޑަކުޑަ ރާސްތާ ފުރިހަމަ ކޮށްފައިވަނީ ފުރެންދެން އަޅާފައިވާ ފިނިފެންމަލުގެ ފިޔަތަކުންނެވެ.
މާޔާ ވިސްނަން ހުރެފައި ކުރިއަށް އެ ރާސްތާއިން ހިނގައިގަތީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. ވަކި ހިސާބާކަށް ދެވުނު ތަނާ މާޔާއަށް ގްލިޓަރ އަކުރުތަށް ބޭނުން ލިޔެވިފައިވާ އިބާރާތް ފެނުނެވެ. އޭރު މާޔާއަށްވަނީ ވަށްބުރެއްގެ ތެރެއަށް ވަދެވިފައެވެ. މާޔާ އައި ރާސްތާއާއި އެއްވެސް ތަފާތެއް ނެތިއެވެ.
ގަބޫލުކުރަން ދަތިވެފައި މާޔަށް ހުރެވުނީ ހަދާންވީގޮތެއްވެސް ނޭނގިފައެވެ. މާޔާގެ ހިތް އުފަލުން ނަށައިގަތް ކަހަލައެވެ.
މާޔާއަށް ފުރަގަސްދީގެން ހުރި ނަކީލް މާޔާ އާއި ކުރިމަތި ލިއެވެ. ކަޅުކުލައިގެ ގަމީހަކާއި ކަޅު ޖީންސްއެއްގައި ނަކީލް ފެންނަ ގޮތް ވަރަށްވެސް ހިތްގައިމެވެ. ޖީންސް ޖީބަށް އަތްޖަހާލަމުން ނަކީލް ނެގީ ކުޑަ ހިތެއްގެ ސިފައިގައި އޮތް ފޮށްޓެެކެވެ.
” އައި ލަވް ޔޫ މާޔާ… ވިލް ޔޫ ބީ މައި ވައިޕްް..” ނަކީލް ކަކޫ މަށްޗަށް ތިރިވެ ލޯބި ހުށަހެޅިއެވެ. މާޔާ ހިރިލަންވެސް ނޭނގިފައި ހުރެވުނީ ދޭނެ ޖަވާބެއް ނުވިސްނިފައެވެ.
މާޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ނަކީލްގެ ހިތްބާރަށް ތެޅެންފެށިއެވެ.
” މާޔާ..ޕްލީޒް ޖަވާބެއް ދީބަ… އަހަރެން ވަރަށް ލޯބިވޭ މާޔާ ދެކެ… އަހަރެން ބޭނުންވަނީ މާޔާ އަހަރެންގެ މީހަކަށް ހަދަން… ޖަވާބްދީބަ ތިހެން ނުހުރެ..” ނަކީލް ކޮތްތެރިކަން ކޮޅުން ލައިގެން ދިއުމުން މާޔާގެ ކޮޑުގައި ހިފައިގެން ހުރެ ބުނެލިއެވެ. މާޔާ ނަކީލް އަށް ބަލާލުމަށް ފަހު ނަކީލްގެ އަތް ދުރުކުރުވިއެވެ.
” އައި އެމް ސޮރީ… އައި ކާންޓް … އައި ކާންޓް ލަވް ޔޫ..” މާޔާ ތުރުތުރު އަޅަމުން ދިޔައަޑަކުން ބުނެލިއެވެ.
” ދެން ވައި ޑިޑް ޔޫ ކަމް ހެއަރ… ވަޓް ވޯޒް ދެޓް ޑާންސް ފޯ…ވައި …ވައި ކާންޓް ޔޫ ލަވް މީ… މާޔާ … މާޔާ ވިސްނަން ބޭނުން ވަރަށް އަހަރެން ޓައިމް ދޭނަށް … ކޮންމެހެން ނުޖެހޭ މިރެއިން މިރެއަށް ޖަވާބެއް ދޭކަން..” ނަކީލްއަށް ފުރަތަމަ ތަންކޮޅެއް ބާރަށް ބުނެވުނު ކަމުގައި ވިޔަސް ފަހުން އަމިއްލަ ނަފްސް ހަމައަކަށް އެޅުވިއެވެ.
” ފަހުން ވެސް މީ އަހަރެންގެ ޖަވާބަކީ..” މާޔާ ހިގައިގަންނަން އުޅުނެވެ. ނަކީލ ވަަރަށް ހުށިޔާރު ކަމާއި އެކު މާޔާގެ އަތުގައި ހިފިއެވެ. މާޔާ އަށް މަޖްބޫރު ވީ އަނެއްކާވެސް ނަކީލް އާ ވީ ފަރާތަށް ކުރިމަތި ލާށެވެ.
” ވަޓްސް ރޯންގް އިން މީ މާޔާ… ” ނަކީލް ވޭނުން ފުރިގެންވާ އަޑަކުން ބުނެލިއެވެ. އެހިތުގައި ހިގަމުން ދިޔަ ހައިޖާން އަޑުން އެކަނި ވެސް ހާމަވާކަހަލައެވެ. ” އެެހެން މީހަކު ދެކެ ލޯބިވަނީތަ… ފާރިލް ދެކެތަ..” ނަކީލް ހަދާންވީ މާޔާ ފާރިލްއާއި އެއްކޮށް ޕާޓީއަށް ދުވަސް މަތިންނެވެ.
“ނޫން.. އެހެންވެ އެއް ނޫން… ނަކީލް ތީ ކޮރެއާ މީހެއް އަހަންނަކީ ދިވެއްސެއް… ކިހާ ތަފާތު ދެމީހުން… އަހަންނަކީ މުސްލިމެއް… އަހަންނަށް ނޭނގެ ތީ ކޮން ދީނެއްގެ މީހެއްކަމެއްވެސް… ތީ އަހަރެންގެ ޓީޗަރ … ތިފަދަ މަޤާމުގައި ހުރި މީހަކާއި އެކަހަލަ ގޮތަކަށް އަހަރެން ކިހިނެތް ގުޅޭނީ… ކޮންމެ ގޮތަކުން ބެލިކަމުގައި ވިޔަސް …” މާޔާ އުދަގުލުން ނަމަވެސް ވާހާކަދައްކަމުން ދިޔައެވެ.
“މާޔާ…” ނަކީލް މާޔާއަށް ގޮވާލިއިރު ހީވަނީ ހުރިހާ ހަކަތައެއް ހުސްވެފައިވާ މީހަކުފަދައިންނެވެ. ހިތުގައި މީހަކު ކޮޅުފައިން ޖެހިކަހަލައެވެ.
” އަހަންނަށް ރަގަޅީ ހަމައެކަނި ދަރިވަރެއްގެ ގޮތުގައި އަހަންނާއި މެދު ދެކުނިއްޔާ… ނަކީލް ސާރ..”
ޖުމްލައަށް ބާރުލފައި މާޔާ ބުނެލިއެވެ. މާޔާގެ އަތަށް ބަލާލީ ކުއްލިއަކަށް ނަކީލް މާޔާގެ އަތުން ދޫކޮށްލުމުންނެވެ. މާޔާ ދުވެފައި ދިޔައީ އަވަހަށް އެތަނުން ދުރަށް ދިޔުމަށެވެ. މާޔާ ދިޔަތަން ބަލަން ނަކީލް އަށް ހުރެވުނީ އިރުކޮޅަކަށެވެ.
ނަކީލްގެ ފައިން ވާގި ދޫވިކަހަލައެވެ.ފިރިހެނެއް ކަމަކު ހިފައްޓައިގެން ހުރި ކަރުނަތަށް ފައިބައިގަތީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ހާޔާތުގައިވެސް ދިމާވި ފުރަތަމަ ނާކާމިޔބީއަށް ވުމުން ކަމަށްވެސް ވެދާނެއެވެ. ނަކީލް އަމިއްލަ ނަފްސާއި ޝަކުވާކޮށްލެވުނީ ނިސްބަތްވި ނަސްލެއްގެ ސަބަބުން ފުރަތަަމަ ލޯބި ހާސިލްނުވެވުނީތީއެވެ. އެކަމުގައި ނަކީލްގެ އޮތީ ފަހެ ކޮން ކުށެއް ހެއްޔެވެ. އަމިއްލަ ވަޒީފާއާއި ދޭތެރޭވެސް ހިތްހަމަ ނުޖެހުނެވެ. އެއީވެސް ލޯތްބަށް އެޅުނު ހުރަކަށް ވީތީއެވެ. ނަކީލް ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ.
އަވަސް އަވަހަށް ހިނގާފައި މާޔާ ދިޔައިރު އިރު އިރުކޮޅާ ލޯ ފުހެލައެވެ. މާޔާއަށް މިކުރެވުނީ ކީއްެހެއްޔެވެ. ނަކީލްގެ ލޯތްބަށް ބޭނުންވެފައި ހުއްޓާވެސް އެއަށް އިންކާރުކުރެވުނީ ކީއްވެހެއްޔެވެ. މާޔާ އަމިއްލަ ނަފްސަށް މަލާމަތް ކުރާ ކަހަލައެވެ. ލޯބި ވާންވެސް އެނގުނީ ތިމާއާއި އެކަށީގެން ނުވާ މީހަކާއިއެވެ. ނަސްލުގެ ގޮތުންވެސް ނަސަބުގެ ގޮތުން ވިޔަސް މާޔާއާއި ނަކީލް އެއްހަމައެއް ނުކުރެވޭނެކަން މާޔާވަނީ އަމިއްލަ ހިތަށް ވިސްނައިދީފައި ކަހަލައެވެ.
5 Comments!
Comments are closed.
Wow..,. V v nice…….
Whn nxt part…
Oh vvvv reethi mi prt vx…bt thankolheh lahy up kuraaleh…dhn avahah nxt prt up kurahcheyyyyy….keep it up…
wow. korea dhw. hehe. salhi mi story
kobaitha writer…..haada duvvahekey story ge inthizaarga … once a week genesdhybala plxxxxxxxxxxxxxxxxxxxxxxxxxxxxxx
kobaitha writer…..haada duvvahekey story ge inthizaarga … once a week genesdhybala plxxxxxxxxxxxxxxxxxxxxxxxxxxxxxx