
ލޯބިވާ މަންމާ މަގޭ.. 11
އިސްޖަހައިގެން ހުރެ އަހަރެން ގެއަށް ވަނީ މިއަދު ވީ ކަންތަކާ ދޭތެރެ ވިސްނަމުންނެވެ. އަހަރެންނަށް ދެވުނީ ސިޓިން ރޫމް ހުރަސްކޮއް ދެފިޔަވަޅެވެ. ކޯތާފަތް މައްޗަށް އަރައިގެން ދިޔަ ދިލަ ހޫނުން މޫނުގައި އަތްކާތާލެވުނީ ކުރިމަތީ ހުރި މީހައަށް ބަލަމުންނެވެ. “ބައްޕާ” އަހަރެން ހުރީ ދެންމެ ހިނގައި ދިޔަ ކަންތައް ގަބޫލުކުރަން ދަތިވެފައެވެ. ބައްޕައަކީ މިވޭތުވެދިޔަ ވިހި އަހަރު ތެރޭގައިވެސް އަތް އިސްކުރި މީހެއްނޫނެވެ.
“ޖިއާ ތެދައް ބުނޭ.. ދެންމެ ތިއައީ ކާކުގެ ކާރެއްގަ..” ރުޅިއައިސް ރަތްވެފައިވާ މީހެއްހެން ބައްޕަ އަހަރެން ކައިރީގައި ސުވާލުކުރަމުން ދިޔައެވެ. ބައްޕަގެ އެސުވާލުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ކާރު ދުއްވާހާ މީހެއް އަހަރެންނަށް އެނގޭހެއްޔެވެ. “ނޭނގެ.. ކިހިނެއްވީ” އަހަރެން ވަރަށް ބިރުން ހުރެ ވާހަކަ ދެއްކުނީ ބައްޕަގެ ރުޅިވެރި މޫނު ފެނުމުންނެވެ. “ޖިއާ ނޭނގެއޭ ބުނީމާ ކިހިނެއް ގަބޫލު ކުރާނީ.. ފުރަތަމަ އެއީ ޕްރައިވެޓް ކާރެއް.. ޓެކްސީއެއް ނޫން.. އެއީ ހަމަ ސަލްޓަންޕާކު ތެރެއިން ފެނުނު މީހާ… ދެން ނޭނގޭ ކަމައް ހަދާނެ ކަމެއް ނެތް” އަހަރެން ފަހަތް އެބުރި ބަލާލީ މަންމަގެ އަޑުއިވުމުންނެވެ. މަންމަ އެކިޔަނީ ކީކޭ ހެއްޔެވެ. އަހަރެންނަކަށް ވާއެއް ނުވާއެއް ނޭނގެއެވެ.
“ބައްޕާ ހަމަ ތެދައް މިބުނަނީ.. ޖިއާ އަކަށް ނޭނގެ އެއީ ކާކުކަމެއް.. އަވަހަށް ގެއަށް އަންނަން ބޭނުން ވެގެން ކާރަށް އެރީ… ޕްރައިވެޓް އެއްޗެއް ކަމެއް ނޭނގެ… ހުވާ ކޮއްފަ މިބުނީ.. ބައްޕާ” އަހަރެން ބައްޕަގެ ދެއަތުގައި ހިފައި އާދޭސް ކުރަމުން ދިޔައީ މަންމަ އެބުނީ ހަގީގަތެއް ނޫންކަން އަންގައިދެމުންނެވެ. އަހަރެން ގިސްލަމުން އާދޭސް ކުރަމުން އެންމެފަހުން ބިންމައްޗަށް ތިރިވެވުނީ ބައްޕަގެ އަތުގައި ހިފަމުންނެވެ. “މާފުކުރޭ ދަރިފުޅާ.. ބައްޕަ ރުޅިގަދަވީ… ޖިއާގެ ގޮތް ބައްޕައަށް އެނގޭ އެކަކަށް ނޭގުނުސް.. ބައްޕައަށް މާފުކުރާނަންތަ..” އަހަރެންގެ ދެކޮނޑުގައި ހިފައި ކޮޅަށް ނަގަމުން ބައްޕަ އަހަރެން ކިބައިން މާފަށް އެދުނެވެ. ބައްޕަގައިގައި ބައްދާލެވުނީ މާފުކޮއްފީ ބުނެއެވެ.
“ޒުބޭދާ މީހުން ކައިރީގައި ފާޑު ފާޑުގެ އެއްޗެހި ކިޔުމުގެ ކުރިން ހަގީގަތް ބަލާލާނަމަ… އަހަރެން ހީނުކުރަން ޒުބޭދާތީ ތިހާ ހިލަހިތެއްގެ ވެރިއެއްކަމަށް” ފަރީޝައްތަ މަންމަ ކުރިމައްޗަށް ހުއްޓި ބުނެލި ކޮންމެ ލަފްޒަކުން އަހަރެންނަށް ނަގައިގަނެވުނެވެ. ބައްޕަ އެހާ ރުޅިއަންނަން މެދުވެރިވި ސަބަބަކީ މަންމައެވެ. މަންމަ އަހަރެންނާ ދިމާލަށް ބަލަން ހުރިގޮތުން ހީވަނީ ދެންމެ ދެންމެ އެބެލުމުން ފިއްސާލަފާނެހެނެވެ.
އެބުރެމުން ދިޔަ ފަންކާއާ ދިމާލަށް ބަލަން އަހަންނަށް އޮވެވުނީ ކިހާއިރެއް ވަންދެންކަންވެސް ނޭނގުނެވެ. ގޭތެރޭގެ މާހައު މިހާރު ކުރިއަށްވުރެއްވެސް ގޯސްކަން އަހަރެންނަށް އެނގެއެވެ. މިހުރިހާ ކަމެއް މިވަނީ އަހަރެންގެ ސަބަބުން ހެއްޔެވެ. މިފަންކަލުގައި ވާގަޑެއް އެލުވައިގެން އަމިއްލައަށް މަރުވާންވީހެއްޔެވެ. އެހެންނަމަވެސް ދެފަރާތައް ބޯހޫރުވާލުމައްފަހު އަނގަމަތީގައި ދެތިންފަހަރު ޖެހުނީ ހިތައް އެހެން އެރުމުންނެވެ. އަވަހަށް ފާހަނައަށް ވަދެ ވުޞޫ ކޮއްލައިގެން އަހަރެން ނަމާދު ކުރީމެވެ. ކުފުރުވުމުން މާފައްއެދި ދެންނެވީމެވެ. މި ދިރިއުޅުމަށް ކުޑަނަމަވެސް އަލިކަމެއް ލިބޭތޯ ދުޢާ ކޮއްލަ ކޮއްލަ އިދެވުނީ ދެލޮލުން ފެންއަންނަ ހާލުގައެވެ. އަޅައިގެން އިން ދޮޅި ބޭލިގަނޑީގައި ފޯން ރިންގުވާން ފެށުމުން ގުޅަނީ ކާކުތޯ ބަލާލުމަށް އަހަރެން ފޯނުނެގީމެވެ. ފޯނު ރިންގުވާތާ މިހާރު ކިހާ އިރެއް ހެއްޔެވެ. ސްކުރީނުން ފެންނަން އޮތް ނަމުން އަހަރެން ހާސްވާގޮތް ވިއެވެ. ދެފަހަރު ކަރުކެހިލީ އަޑު ރަނގަޅަށް ނިކުމޭތޯއެވެ. ” ހަލޯ.. ޒައިކު ސާރ” އަހަރެންނަށް އަޅައިގަންނަމުން ބުނެވުމެވެ. “ސާރ އޭ.. އޯކޭ.. ޖިއާ ތިހެން ކީމަ ވަރަށް ދުރުހެން ފީލްވޭ… އެކަމަކުވެސް އޯކޭ.. ޖިއާ ކިހިނެއް” އަހަރެން ދެރަވެ ސޮރީއޭ ބުނެލީ ޒައިކު ދެރަވުމުންނެވެ. “ސޮރީ،… އަޅެ މިއަދު އެއްނު ޒައިކުއަށް އެންމެ ފަހުން ޖިއާ ފެނުނީ.. އެވަރުންވެސް ހާލު ނޭނގޭތަ” އަހަރެންވެސް ޒައިކުއާ ވާހަކަ ދެއްކީ ހަމަޖެހިލައިގެންނެވެ. “ޖިއާ އަސްލު މިގުޅީ ވާހަކައެއް ބުނަންވެގެން.. ދިމާވާނެތަ… ޖިއާއަށް އުދަގުލަކަށް ނުވަންޔާ” ޒައިކު އާ ބައްދަލު ކުރަންދާ ވާހަކަ ދެއްކުމުން އަހަރެން ބިރުގަންނަން ފެށީ މިއަދު ވީކަންތައް މަތިން ހަނދާންވުމުންނެވެ. އަހަރެން ކަހަލަ މީހެއްގެ ސަބަބުން ޒައިކު ކަހަލަ ރަނގަޅު މީހެއްގެ ބޮލުގައި ދޮގު ތުހުމަތު އެޅޭކަށް އަހަރެން ނޭދެމެވެ. “ވަރަށް އުދަގޫވާނެ ދިމާވަން.. މިދުވަސްކޮޅު ވަރަށް ބިޒީ.. ޓެސްޓުވެސް ފެށެން އުޅެނީ.. އަނެއްކޮޅުން ކުލާސްތަކަށް ދާންވެސް ޖެހޭ ގަނޑިހަމަ ކުރަން.. އެހެންވެ” އަހަރެން ވަރަށް ވިސްނުމަށްފަހު ނުދާން އުޒުރުވެރިވީމެވެ. “ޖިއާ… ކުލާސް ނިންމާފަވެސް ޕްލީސް.. އޯކޭ ކެންޓީނުންވިޔަސް” ޒައިކު ދައްކަން އެއުޅެނީ ކޮންވާހަކައެއް ހެއްޔެވެ. އަނެއްކާ އަހަންނަށް މިހީވަނީ ރަނގަޅަށް ހެއްޔެވެ. ދެފަރާތައް ބޯތަލުވާލެވުނީ އެހެން ނުވާނޭ ހިތައްއަރައެވެ. އަހަރެން ފޯނުބޭއްވީ ޒައިކުއާ ބައްދަލު ކުރާނެ ކަމަށް ބުނަމުންނެވެ. ޒައިކު ދައްކަން އުޅެނީ ކޮންވާހަކައެއްތޯ ބަލާލާހިތްވެ ހުރެއެވެ.
ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުގައި އަހަރެން ފެންޑާއަށް ނިކުތީ ތާޒާވެލުމަށެވެ. އުދޯލީގައި ޖައްސާލީ އުޑުމައްޗައް ބަލަމުންނެވެ. މިރޭގެ ހަނދު ވަރަށްވެސް ފުރިހަމައެވެ. މިކަހަލަ ސާފު ރީތި ހަނދެއް ފެންނާނީ މަދުންނެވެ. އަހަރެންނަށް ކުއްލިއަކަށް ތެޅިގަނެވުނީ ބޮޑުދޮރު ތަޅުގައި މީހަކު ހިފާ ހުޅުވަން އުޅޭހެން ހީވުމުންނެވެ. އަހަރެން އޮތް ތަނުން ތެދުވެ މިސްރާބު ޖެހީ ގޭތެރެއަށް ވަނުމަށެވެ. އެހެންނަމަވެސް އުދޯލި ހަރުކޮއްފައިވާ ދަގަނޑު ހޮޅީގައި ހިފޭއްޓީ މުޅިތަން އަނދިރިވާހެން ހީވުމުންނެވެ.”މަންމާ” އަހަރެންނަށް ގޮވާލެވުނީ މަންމައަށެވެ. “ޖިއާ…” މިންނު އައިސް އަހަރެންގައިގައި ހިފޭއްޓުމުން އަހަރެން ކުޑަކޮއް ބޯހިއްލާލީމެވެ. އަހަރެން މިންނުއަށް ބަލާލަ ހީލީ މިހާ ހަމަޖެހުމުންނެވެ. “ދެންމެ ކިހިނެއް އެވީ” އަހަރެން ހިތައްވެސް އެރިއެވެ. “ސާބަސް މިންނުއަށް.. ހިހިހިހި ދޮރުގަ މީހަކު ހިފާހެން ހީވުމުން ޕެނިކް އެޓޭކެއް ކަންނޭގެ..” އަހަރެންނަށް އެހެން ބުނެ ނުނިމެނީސް ބަލާލެވުނީ ދޮރުން ވަދެގެން އައި ފުލުހުންނަށެވެ. “އައިޝަތު ޖިއާ…” ވަދެގެން އައި ފުލުސް އަހަރެންގެ ނަން ކިޔާލުމުން އަހަރެން ކުރިއަށް ޖެހިލީ އެއީ އަހަރެންގެ ނަމޭ ބުނެއެވެ. “މިއައީ ޝުހޭލު ޝަހުދު ގެ މައްޗަށް ކޮއްފައިވާ ދައުވާއާ ގުޅިގެން އައިޝަތު ޖިއާ ގެ ހެކިބަސް ނަގަން..” ފުލުހުން އައީ ކޮންބޭނުމެއްގައި ކަން އެގުމުން ދެންމެ ވީ ކަމެއްހެން ޝުހޭލްގެ އަނިޔާތައްމަތިން ހަނދާން އާވިއެވެ. މިންނުއަށް އެކަން އެގިގެން ކަންނޭގެއެވެ. އަހަރެން ގޮވައިގެން ސިޓިންރޫމް ސޯފާގައި ބޭދުމައްފަހު ފެންތައްޓެއް ދިނެވެ. އެރޭގައި ވީ ހުރިހާ ކަމެއް ފެށިގެން ނިމެންދެން އަހަރެން ފުލުހުންނަށް ކިޔާދިނީމެވެ. ފުލުހުން އަހަރެންގެ ބަޔާން ނެގުމައްފަހު ދިޔައީ ޝުހޭލްއަށް ހައްގު އަދަބު ލިބޭނެ ކަމަށް ބުނެ ޔަގީންކަން ދެމުންނެވެ.
ކޮންމެ ދުވަހެއްގެ ތާވަލަ އެއްގޮތަށް އިރުއެރުމާއެކު އަހަރެން މަސައްކަތް ކުރަން ފެށީމެވެ. ކަންކަމުގައި ބިޒީވެ އުޅެން ފެށުމުން ލިބިފައިވާ ޒަހަމްތައް މަތިން ހިނދުކޮޅަކަށް ނަމަވެސް ހަނދާންނެތެއެވެ. “ޖިއާ މިއަދު ކިޔަވަން ދިޔުމުގެ ކުރިން ދޮންނަން ހުރި އެއްޗެހިތައް މެޝިނަށް އަޅައްޗޭ.. މިގޭގަ އެއްޗެހި ނުދޮންނަތާ މަހެއްވާން އުޅޭނެ.. އަބަދުވެސް މާބަލިކަމަށް ހެދިގެން މަސައްކަތް ނުކުރަން އުޅޭ އަންހެނެއް މީ.. އެއްޗެހި ނުދޮވެ ހުރިއްޔާ މާދަމާ ކުލާހަކަށް ނުދެވޭނެ.. ދެން ދޭ” މަންމާއެވެ. މިހާރު އެޔޮތް ހަތެއް ޖަހަނީއެވެ. “މަންމާ” އަހަރެން މަންމަ އަށް ގޮވާލީ މަސައްކަތް ފަސްކޮއްލެވޭތޯއެވެ. އެހެންނަމަވެސް މަންމަ ބަލާލި ގޮތުން އެއްޗެހި ނުދޮވެ ނުދެވޭނެކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގުނެވެ.
އެއްޗެހި ދޮވެ ނިމުނު އިރު ނުވައެއް ޖަހާނެއެވެ. މެޝިނުން ފެންގަނޑު ދޫކޮއްލުމައްފަހު ހިއްކާބައިން އެއްޗެހި ނެގުމައްފަހު އަހަރެން މިސްރާބު ޖެހީ އެއްޗެހި ހިއްކާން އެޅުމަށެވެ. “ޖިއާ.. ދެން ތީތިކޮޅު ދީ.. ފަރީޝައްތަ ހިއްކަން އަޅާފާނަން.. ދެންދޭ ފެންވަރައިގެން ތައްޔާރުވާން.. މިހާރު އެއްގަނޑި ކަޓާނެ ދޯ” ފަރީޝައްތަ އަހަރެން އަތުގައި ވާ ހެދުންތައް އަތުލަމުން އެހެން ބުނީ ވަރަށް ދެރަވެ ހުރެއެވެ. އަހަރެން އަބަދުވެސް ފަރީޝައްތައަށް ޝުކުރުވެރިވަމެވެ. އަހަރެންނަށް ޖެހޭ ކޮންމެ ކަމެއްގައިވެސް ފަރީޝައްތަ އަހަރެންނަށް އެހީވެއެވެ. ހިނިތުންވުމެއް ހަދިޔާކުރުމައްފަހު އަހަރެން މިސްރާބު ޖެހީ ފެންވެރުމަށެވެ. މާވެސް ލަސްވެއްޖެއެވެ. ދެން އޮންނާނީ ޒައިކުގެ ކުލާހެކެވެ.
އަވަސް އަވަސް ކޮއްލައިގެން އަހަރެން ކާރުގައި ޔުނިވާރސިޓީއަށް ދެވުނު އިރު ނުވަގަޑި ސާޅިސް ވެއްޖެއެވެ. ބިރުން ހުރެ ކުލާހައް ވަންއިރު ޓީޗަރެއް ނާދެއެވެ. “ޖިއާ.. ކިހިނެއްވީ.. އަހަރެން ގުޅީމަ ފޯނުވެސް ނުނަގާ.. ނަސީބެއް ބިސްނެސް ޓީޗާރ ނާދޭ…” ނިޝް އަހަރެން އަތުގައި ހިފައި ގޮނޑީގައި އިށިންނަމުން ބުނެލި ޖުމްލައިން އަހަރެންނަށް ހިނިތުންވެވުނެވެ. “ކުޑަ ކަމެއް ދިމާވެގެން… މިހާރު އޯކޭ..” އަހަރެން އަވަސް އަވަހަށް ޖަވާބު ދިނީ ނިޝްގެ ސުވާލުތަކަށް ނިމުމެއް ނާންނާނެތީއެވެ.
ކުލާސްތައް ނިމި ބްރޭކް ގަނޑި ޖެހުނު އިރު އަހަރެން ހުރީ ބަނޑުހައިވެގެން ދެލޯ ނިތްކުރިއަށް އަރާވަރުވެފައެވެ. އިރުގެ ގަދަ ހޫނު ހޯލަށް އެޅިފައިވާއިރު ގައިގަވާ ފެންކޮޅުވެސް ހިންދާލަން އުޅޭކަހަލައެވެ. “ނިޝް ހިނގާބަލަ.. ބަނޑުހައި” އަހަރެން ނިޝް އަތަށް ދަމަމުން ދިޔައީ ހެނދުނުންސުރެއް އެއްޗެއް ނުކައި އިނުމުން އަވަހަށް ކާންށެވެ. އެހެން ނޫނަސް މިހާރު ކުރިއަށް ވުރެއް އަވަހަށް އަހަރެން ބަނޑުހައި ވާހެން ހީވެއެވެ. އަބަދު ހުންނަނީ ކާހިތްވެފައެވެ. ކެންޓީނަށް ވަނުމާއެކު ފެނުނު ޗީސް ކޭކުން ކުޅުދިޔާވިއެވެ. ޗީސް ކޭކް ދެފޮތިނެގުމައްފަހު މައިލޯ އެއް އަހަރެން ނެގީ އެގަޑީގައި އަހަރެން ހުރީ ކޭކު ކާހިތްވާކަހަލަ މޫޑެއްގައި ކަމުންނެވެ. “ކޭމާޓު… ހުސް ފޮނިއެއްޗެހި ތިކަނީ.. ދެންފެނާނީ ފަލަވާތަން” ނިޝް އެހެން ބުނުމުން އަހަރެންނަށް ހީގަނެވުނީ އޯކޭ އޭ ބުނަމުންނެވެ.
“ޖިއާ އަބަދު ތިގޮތަށް ހީލާ އުޅެބަލަ.. ކިހާ ރީތި..” ފަހަތުން އިވުނީ ޒައިކުގެ އަޑެވެ. އަހަރެން ކުއްލިއަކަށް ހަނދާންވީ ޒައިކުއާ ކެންޓީނުން ބައްދަލު ކުރާނެކަމަށް ބުނި ވައުދެވެ. ނިޝްއަށް ބަލާލެވުނީ ހަދާނެގޮތަކާ މެދު ވިސްނާލަމުންނެވެ. “އަސްލުވެސްދޯ ސާރ.. މި ޖިއާ މިހާރު ނުވެސް ހީލާނެ.. އަބަދު ހެއްވާނެ މީހަކު ހޯދަން ވީ ދޯ” ނިޝް އެހެން ބުނުމުން އަހަރެން ނިޝްއިން އެކަނި ފުދޭނެ ކަމަށް ބުނެލީ ހީލަމުންނެވެ. ދެން އައީ ހިމޭން ވަގުތުކޮޅެކެވެ. ނިޝްއާ ދިމާލަށް ބަލަމުން ޒައިކު އާ ދިމާލަށް ބަލަމުން އަހަރެން ހުރީ ހަދަންވީގޮތް ނޭގިފައެވެ. ނިޝްއަށް ވިސްނުނީ ކަންނޭގެއެވެ. މިއަންނަނީ ކަމަށް ބުނެ ދިޔައީ އަހަރެންނާ ޒައިކުއަށް ވަގުތު ދޭންވެގެންނެވެ.
ހަމަހިމޭން ވަގުތުކޮޅަކަށް ފަހު އެކަން ފޫބައްދާލީ ޒައިކުގެ ފިރިހެން ވަންތަ އަޑުންނެވެ. “މި ޖިއާ.. ރުޅި ނާންނައްޗޭ” އެންމެ ފުރަތަމަވެސް ޒައިކު އެހެން ބުނުމުން އަހަރެން އެ ބުނަން އުޅޭ އެއްޗަކަށް ޝައުގުވެރިވެވުނެވެ. ބޯޖަހާލީ ރުޅިނާންނާނެކަމަށް ބުނަމުންނެވެ. “އަސްލު ވީގޮތަކީ އަހަރެން ގެއަށް ދާން ނިކުތް ގަޑީގައި އަކޫ އާއި ޖިއާ ފެނުނު މަގުމަތިން.. އެކަމަކު އަކޫ ޖިއާގެ އަތުގައި ހިފަހައްޓައިގެން ހުރީމަ އެތަނަށް ނުދިޔައީ.. ދެން ކާރުގަ ގެއާ ދިމާލަށް މިސްރާބު ޖެހި ގަނޑީގައި ޖިއާ ކާރަށް އަތްނެގިތަން ފެނުނީ.. އެހެންވެ އަވަހަށް މަޑުކުރީ.. އެކަމަކު ޖިއާ ކާރަށް އެރިގޮތަށް ގިސްލާ ރޯން ފެށީމަ ވަރަށް ދެރަވި.. ޖިއާ ހަމައަކަށް އެޅެންދެން މާލެ ވަށާ ބުރެއްވެސް ޖެހިން.. އެކަމު ގޭ ކައިރިއަށް ގޮސް މަޑުކޮއްލުމުން ރުފިޔާ ދިނީމަ އެނގުނީ ކާރުގަ ހުރީ އަހަރެންކަން ޖިއާއަށް ނޭނގެއޭ..ޖިއާ.. ކާރުމަޑުކުރި ގަނޑީގައި ފިރިހެނެއް ހުރި ދޮރުމަތީ.. ފާޑަކަށް ބަލަންހުރީ.. ޖިއާ ބުނެބަލަ..ގޭ މީހަކު އެއްޗެކޭ ބުނިތަ.. އަކޫ ކަމެއް ކުރީތަ” ޒައިކު ދައްކަމުން ދިޔަ ކޮންމެ ވާހަކައަކީ އަހަރެން ބިރުގަންނަވާލި ވާހަކައެވެ. އެހެންވީމަ އަހަރެންނަށް ވިސްނުނީ ރަނގަޅަށެވެ. މަންމަ އެއުޅެނީ ޒައިކު ފެނިގެންނެވެ. ބައްޕައަށްވެސް އެހެންވާން މިޖެހުނީ ޒައިކުގެ ކާރު ފެނުމުންނެވެ. އަގައިން ނުބުންޔެއް ކަމަކު ލޮލުން ފައިބަމުންދާ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ކަރުނަތަށް ހިންދުމަށް ލޯ މަރާ ބާރުކޮއްލަމުންނެވެ. އަހަރެން ސިހުނީ މޭޒުމަތީގައިއޮތް އަހަރެންގެ އަތުގައި ޒައިކު ހިފުމުންނެވެ. “ޖިއާ ކަމެއްވީތަ.. ބުނީމަ ދޯ އެހީއެއް ވެވޭނީ.. ބުނެބަލަ… ޖިއާ” އަހަރެން ހުރީ ޒައިކުގެ ބޭނުން ދެނެގަންނަށް އުދަގޫވެފައެވެ. އަތްފޮޅުވާލެވުނީ ބިރުންނެވެ. ގޮނޑިން ތެދުވީ އަވަހަށް ދިޔުމަށެވެ. އެހެން ނަމަވެސް އަހަރެންނަށް ހުއްޓެން މަޖުބޫރުވީ ކުރިމަތީހުރި އަކުމަލު ފެނިއެވެ. އެދެލޮލުން ފެންނަނީ އާދޭހާ ޝަކުވާއެވެ. އަހަރެންނަށް ފަސްދީ އަކުމަލު ހިނގައި ގަތުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައިވީ ކީއްވެ ކަމެއް ނޭނގެއެވެ. އަކުމަލުގެ ފަހަތުން އަހަރެން ދިޔައީ އަމިއްލަ ބާރަކު ނޫނެވެ. ފުރަތަމަ ފަހަރަށް އަކުމަލު ގެއްލެނީކަމުގެ ސިގްނަލް ލިބުމުންނެވެ.
“އަކޫ” އަހަރެން އަކުމްލު އާ އަރާ ހަމަކުރީ ކުޑަކޮއް ދުވަމުންނެވެ. މެންދުރުގެ ވަގުތު ކަމުން ކުދިން ފެންނަނީ ވަރަށް މަދުންނެވެ. “ޖިއާ ވައި އާރ ޔޫ ޑުއިން ދިސް ޓުމީ… އަހަރެންގެ ބޭބެ ދެކެ ލޯބިވާ ވާހަކަ އެންމެ ފަހަރަކު ބުނިނަމަ.. މިއަދު އަހަރެންނަށް މިއެނގުނީ އަހަރެންނާ ދުރުވުމުގެ ސަބަބީ އެއީކަން..” އަކުމަލު އަހަރެންނާ ދިމާލަށް އެހެން ބުނުމުން އަހަރެންނަށް އަކުމަލުގެ އަތުގަ ހިފުނީ ކިހިނެއްކަން ވެސް ނޭނގުނެވެ. އެއީ ދޮގެކޭ ކުންހީއެކޭ ބުނެވުނީ ދެފަރާތަށް ބޯތަޅުވާލަމުންނެވެ. “ޖިއާ ޕްލީސް.. އަހަރެން ޖިއާ ދެކެ ލޯބިވާވަރު ޖިއާއަށް މިހާރު އޮންނަން ޖެހޭނީ އެނގިފަ… އައި ލަވްޔޫ ޑޭމްއިޓް… ” އަހަރެންގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން އަކުމަލު އެހެން ބުނީ އަޑަށް ބާރުލަމުންނެވެ. “އަހަރެންވެސް ވަރަ… ” މުޅިދުނިޔެ ވަށާ އެނބުރޭހެން އަހަރެންނަށް ހީވެއެވެ. ބޮޑު ކަޅު ވިލާގަނޑެއް އަހަރެން ވަށާ ހައްޔަރު ކޮއްލަން އުޅޭހެން ހީވާން ފަށައިފިއެވެ. “ޖިއާ ޖިއާ” އަހަރެންނަށް އަކުމަލު ގޮވާ އަޑުއިވުނެވެ. އެހެންނަމަވެސް އެއަޑު ކެޑެން ނެގީ މަދު ސިކުންތު ކޮޅެކެވެ.
މަޑުމަޑުން ދެލޯ އަހަރެން ހުޅުވާލީ ނިދިފައިވާ މީހަކު ހޭލާ އުސޫލުންނެވެ. ކުޑަކޮއްތެދުވެލީ އޮވެވުނީ ކޮންތާކުތޯ ޔަގީން ކުރުމަށެވެ. އެހެން ނަމަވެސް ބޮލަށް ވާންކުރާންފެށުމުން އަނެއްކާ އޮށޯތީ ލޯމަރާލަމުންނެވެ. “ޖިއާ” އަހަރެންނަށް ކުއްލިއަކަށް ލޯހުޅުވާލެވުނީ އަކުމަލުގެ އަޑު އިވުމުންނެވެ. “އަކޫ” މޫނުމައްޗަށް އުފާވެރި ކަމެއް ގެނެވުނީ ކުރިމަތީ ހުރި އަކުމަލު ފެނިއެވެ. އެހެން ނަމަވެސް.. “ޖިއާ.. އަހަރެން ހީނުކުރަން ޖިއާ އަކީ ތިކަހަލަ މީހެއް ކަމަށް.. ޖިއާދެކެ އަހަރެންވީ ސާފުތާހިރު ލޯތްބެއް.. އެކަމުތީ.. ޗީ.. މުޑުދާރު އަންހެނެއް.. ތިކަހަލަ މީހަކު ދެކެ ލޯބިވެވުނީތީ އަމިއްލަ ނަފްސު ދެކެވެސް ރުޅިއާދެވޭ.. ޖިއާ ޔޫއާރ ނޮޓް ވާތް އިޓް” އަހަރެންނަށް ބަލަން އޮވެވުނީ އަކުމަލު ދިޔަ ދިމާލަށެވެ. އެބުނީ ކީކޭ ހެއްޔެވެ. އަނެއްކާ… ނޫނެކެ.. މާތް ރަސްކަލާކޯއެވެ. އަނެއްކާ އަނެއް އިމްތިހާނު މިއަޅާއާ ކުރިމަތި ކުރަނީ ހެއްޔެވެ. މޫނުމަތީގައި އަތްއަޅާ ގިސްލާ ރޮވުނީ އަމިއްލަ ހާލާމެދުއެވެ.
ނުނިމޭ…
26 Comments!
Comments are closed.
Guyxx here is the nxt part. Hope u all will like it. Lov u guyxxx. ????
Jiya is preg dhw..salhi
Me first dhw…alah..hehehe??
Hehehw congra maahish. N ur first cmmnt dhw. Thnk u ?
Wow.. nice nice… v nice.. Anekka aneh kanthah.. Jia ah alhe ufaleh nethytha..:(… Haadha dheraey…
anyways, story v rythi… whn nxt part??? V avahah up kurachchey…. Waiting….
Yaa dhw. Varah dhera. Aslaa ehgoi kuran vgn. Thnk u ao much shine. I will try ingey lov ?
Dhn haadha kureyy…..
Xenn. ?? kurutha. This is like seven pages. Heheh i will try ingey dhigu kureveythoo thnk u ?
dhnn haadha dheraeyy….???…. jiaa preg vee tha shuhail ah?????
omggg…… dhnn kihinewq baa vanee 😮 😮 😮
ekn akoo ah ingunii dhww…. haadha dhera eyy…. ekm kamana bunedhee faannthr…. mi stry nimeyiru onnaanee hpy endin eh tha noonee sad endin eh tha?? cn u tell me if its nt a prob or if u dnt mind…. stry vrhh reethi ekm lil shrt…. i knw y… cx axlu ntrstin vaa hisaabah ninman dhww…. am i right??
stry is prfect n i cnt wait fr nxt prt…..??????
Immii lov i was just goin to mentn u cox u always say short short. Lov this is longer than other partss. So wht do u want happii or sad. Thnk u so much sweety. For always waitin ??
V salhi … watin 😉
Thnk u lai ?
Oh haadha dhera ey jiyaa ah ehen v ma…alhey jiyaa ah ehaa haalu nujassabala…v reethi mi part vx..whn nxt prt..
Aslu vx niz. Thnkx alot niz. ?
Jiya preg v dw haadha dhera ey vv nice next part vvvvvvv avas inge
Thnk u saf ? Will try ingeyy. Aslu office bxy dhuvas kolheh plus m nt well ehnve. Will try ingeyy. Thnk u ?
V.reethi. make it little bit longer
Faroooo alheyy kurutha ? Heheh okeyy will try ingeyy. Thnk u ?
V v v v reethi
Thnk u saadhu ?
Thankolheh avas avahah up kohbala. N jiaaa aaaa zaik gulhuvaaaa aku kada kammmana. Anyways v v reethi. N ithink fareesha aky aslu jiaaa ge mom hen.
L as i said bfr midhuvas kolhu knme dhuvahaku up kuran udhagoo vaane. ?Aku kada dhw heheh thnk u so much ?Alhe balama jia aky kaakuge dhariehthoo ?
V v v reeethi nimunuiru v vderavi …karunathiki foana nuvetuny hamakiriyaa haadareethi vaahakaekey mashaa allh. ……….nxt,part v v avasko up kodechey………
Thnk u so much ny. I will try my best ingey. Thnk u ?
mi part ves varah varah reethi MaShaAllah 🙂 kon irakun dhen oi part genesdheyny?
Thnk u so much faxoo. Insha allah today. Thnk u ?