Skip to content
އެސްފިޔަ

ހުވަފެން

އަހަރެންވެސް އެހެންމީހުންނެކޭ އެއްފަދައިން ހިޔާލުގެ ދޮރުން ފޮނި ހުވަފެންތަކެތް ދެކުނީމެވެ. އުންމީދުތަކަކާއެކު ހިޔާލީ ދުނިޔެއެއް ކުރަހަމުން ދިޔައީމެވެ. އެހެންނަމަވެސް އެންމެ ސިކުންތެއްގެތެރޭ ހުރިހާ އުންމީދަކާ ހުވަފެންތަކެތް ވިއްސިވިހާލިވެއްޖެއެވެ. އެންމެ ޖުމުލައަކުން އަހަރެންގެ ހިޔާލީ ގަނޑުވަރު ކުދިކުދި ކޮއްލައިފިއެވެ. އަދި މިހިތުގައި އެތަކެތް ޒަހަމެއް ލައްވައިފިއެވެ. ނުވެސް އެނގިހުއްޓައެވެ.

އަހަރެން ހީކުރީ އަހަރެންގެ މައިންބަފައިން އެންމެ ކުޑަދުވަހުން ފެށިގެން އަހަރެން ކުރަހަމުންދިޔަ ހިޔާލީ ތަސްވީރުގައި ކުލަޖައްސަދޭނެކަމަށްށެވެ. ދަރިންގެ ހުވަފެންތައް ހަގީގަތަކައް ހެދޭތޯ މައިންބަފައިން މަސައްކަތް ކުރާވާހަކަ އަބަދުވެސް އަޑުއަހަމެވެ. އަދި އެފަދަ މަންޒަރުތައް ވަރަށްގާތުން އަހަރެންއައީ ދެކެމުންނެވެ. އެހެންކަމުން އަހަރެންގެ އުންމީދުތަކުގެ އަލިކަމަކީ މަންމަ އާއި ބައްޕަކަމުގައިހެދުނެވެ.

އަހަރެން ކިޔަވަމުން ދިޔައީ މުސްތަގުބަލައް ވަރަށް ފޮނި އުންމީދުތަކެތް ކުރަމުންނެވެ. ކުރިމަގު ބިނާކުރާނެގޮތްތައް ހިތުގެތެރޭ އެތައްގޮތަކައް ރާވަމުންދިޔައީމެވެ.

ސުކޫލުން އަހަރެން އެންމެފަހު އިންތިހާން ނިންމާފައި ނިކުމެގެން އައީވެސް ވަރުގަދަ އަޒުމަކާއެކުއެވެ. ދެން އެސްކޫލައް އަހަރެން ވަންނާނީ ދަރިވަރެއްގެ ގޮތުގައެއްނޫނެވެ. ކިޔަވައިދޭ މުދައްރިސެއްގެ ގޮތުގައެވެ. އޭރުން އަހެރެންނަށްވެސް އެތައްބައެއްގެ ގަދަރު ލިބޭނެއެވެ. އަދި އެތައްބައެއްގެ އިހްތިރާމް ލިބިފައިވާ މުދައްރިސެއްގެ ގޮތުގައި އަހަރެންގެ ނަންފެވޭނެއެވެ.

އެއީ އަހަރެންގެ އުންމީދެވެ. ހުވަފެނެވެ. އަހަރެންގެ ހިޔާލީ ދުނިޔޭގައި ކުރަހަމުންދިޔަ ތަސްވީރަކީ އެއީއެވެ. އެހެންނަމަވެސް….

އަހަރެން ގެއައްއައިސް ވަނުމުން ފެނުނީ މުޅިންއެހެން މަންޒަރެކެވެ. ހީކުރިގޮތާ ވަރަށް ތަފާތެވެ. ވަށައިގެންވަނީ ހަތަރުފާރެވެ. ކަނު އަނދިރިކަމެވެ. އަހަރެން ސުވާލުކުރީމެވެ.. މި ހަތަރުފާރުތެރޭ އިނދެ އަހަރެންގެ ހުވަފެންތަކައްވާނީ ކިހިނެއްހެއްޔެވެ..؟ އަހަރެން ބޭނުންވާފަދައިން އަހަރެންގެ މުސްތަގުބަލު ބިނާކުރާނީ ކިހިނެއްހެއްޔެވެ..؟ އަހަރެން އަދިވެސް ކިޔަވަން ބޭނުމެވެ. ކުރިޔައްދާން ބޭނުމެވެ.

އެވަގުތު އަހަރެންގެ މަންމަ ޖަވާބުދިނެވެ. “ތީ އަންހެން ކުއްޖެއް. އިތުރައް ކިޔެވުމުން ކުރާނެ ފައިދާއެއްނެއް. އަންހެންކުދިން އަވަހައް ދިރިއުޅުމެއް ފެށީމަ ރަނގަޅުވާނީ..” މަންމަ އެލަފްޒުތައް ބުނީ ކިތަންމެ ލޯބިންކަމުގަވިޔަސް އެދުވަހު އެލަފްޒުތައް އަހަރެންގެ ހިތައްހެރުނީ ތޫނު ހަންޖަރުތަކެއްފަދައިންނެވެ. މިފަދަ ޒަމާނެއްގަ މަންމަމެންގެ ވިސްނުން އެގޮތައް ހުރީތީ އަހަރެން ހައިރާންވިއެވެ. އެއައްވުރެންބޮޑައްވީ ދެރައެވެ. މަންމަމެންނައް ނުފެންނަނީހެއްޔެވެ…؟ އަންހެން ކުދިން ކިޔަވައިގެން އަމިއްލަ ފައިމައްޗައްތެދުވެ ދިރިއުޅުމުގައި ފިރިމީހާއާއެކު އުފާވެރި ހަރުދަނާ ދިރިއުޅުމެއް އުޅެނީ ކިތައްމީހުން ހެއްޔެވެ..؟ އަހަރެންވެސް ދުނިޔެއައް ލޯހުޅުވިފައިވާ މީހަކައްވާން ބޭނުމެވެ. އަހަރެންގެ ހުވަފެންތަކުގައި ކުލަޖެހޭތަންދެކެން ބޭނުމެވެ. ބޭބެއާއި ކޮއްކޮމެންފަދައިން އިތުރައް ކިޔަވާ މޮޅުމީހަކައް ވާން ބޭނުމެވެ.

އެކަމަކު.. އަހަރެންނަކައް އެފުރުސަތެއް ނުލިބުނެވެ.. ކީއްވެހެއްޔެވެ..؟ އަންހެންކުއްޖަކައްވީތީ ހެއްޔެވެ..؟ އަހަރެންގެ ހުވަފެންތަކައް ހުރަސްއެޅެން އެކަމުގާ އަހަރެންގެ ކުށެއް އެބައޮތްހެއްޔެވެ؟

މިއަދު އަހަރެންގެ އުމުރުން ތޭވީސް އަހަރައްވުރެން ގިނަދުވަސްވެއްޖެއެވެ. ދިރިއުޅުމުގައި އެއްވެސް މާނައެއްނެތް ގޮތުގައި ހަ އަހަރަށް ވުރެން ގިނަދުވަސް ހޭދަވެއްޖެއެވެ. އެކަމަކު އަހަރެން ކޮންމެދުވަހެއްވެސް ހޭދަކުރަނީ މާދަމާ އަހަރެންނަށް އެ ހުވަފެން ހަގީގަތަކައްހެދޭނެކަމުގެ ފޮނި އުްމީދުގައެވެ. އަހަރެން ކޮންމެދުވަހަކު ރޮއުނީމެވެ. ވަރަށް ގިނައެއްޗެހި އަހަރެންގެ ހިތައް އަރައެވެ. ބައެއްފަހަރު ނަފަރަތުކުރަމެވެ. އަނެއްބައިފަހަރު އަމިއްލަނަފްސައް ވިސްނާދެމެވެ.

ފާއިތުވެދިޔަ ދުވަސްތައް ހަނދާންވުމުން ވަރަށް ދެރަވެއެވެ. ބޭބެ އާއި ކޮއްކޮފެނުމުން އަހަރެންގެ ބަދުނަސީބުކަން ހިތައްއަރައެވެ. އެކަމަކު ތިމަންމަ އާއި ބައްޕަގެ މައްޗައް އެއްވެސް ހިތްބުރަކަމެއް ނެތެވެ.

މިހާރު އަހަރެންގެ ދުއާއަކީ މުސްތަގުބަލުގައި އަހަރެންގެ ދަރިއަކައް މިފަދަދުވަހެއް ނުދެއްކެވުމެވެ. އެއްވެސް ތަފާތުކުރުމެއްނެތި އެދަރިންގެ އުންމީދުތައް ފުރިހަމަކޮއްދިނުމަކީ އަހަރެންގެ އުންމީދެވެ. ފިރެހެން ދަރިންނެކޭ އެއްގޮތައް އަންހެންދަރިންނައްވެސް އެމީހުންގެ އުންމީދުތައް ފިރިހަމަކުރުމުގެ ފުރުސަތު އަހަރެންދޭނަމެވެ. އަންހެންދަރިން ނަކީވެސް ކިޔަވައިގެން ދިރިއުޅުމައް ފައިދާހުރި ކަންތައްތައްކުރެވިދާނެ ބައެއްކަން އަހަރެން އިރާދަކުރެއްވިއްޔާ މަންމައައް ސާބިތުކޮއްދޭނަމެވެ.

އަހަރެންގެ ހުވަފެންތައް ބޭކާރުވިހެން އަހަރެންގެ ދަރިންގެ ހުވަފެންތައް ބޭކާރުވިޔަކަ ނުދޭނަމެވެ. އެހުވަފެންތަކުގައި ކުލަޖައްސައިދޭނަމެވެ. އަހަރެން އެދަރިންގެ ހުވަފެންތަކައްޓަކާ ރެއާދުވާލު ގުރުބާންވާނަމެވެ. ހަމަ އެންމެ ސަބަބަކާހެދިއެވެ. އެއީ ހުވަފެންތައް ފުނޑުފުނޑުވީމަ ކުރެވޭ އިހުސާސްތައް އަދި ލިބޭމާޔޫސްކަން އަހަރެންނައް ރަނގަޅައް އިހުސާސް ކުރެވިފައިވާތީއެވެ……..

Comments (19)

  1. reader

    Nimunytha??OK DW then mi story ekam ehaa interesting eh nun.. BTW I’m first..

  2. faru..

    Not bad

  3. swan

    Reethi 🙂 true story ehtha?

  4. Shaa

    Mi mijthamau ga varah ginain va kameh.. Ma ves course libunyma kiyavan fonuvan ehdhumun dad buny ehen.. Ehkam ves mom kairy roegen ais mihury.. Hama ehshuvas mathin handhan v.. Nice story..

  5. Pandit

    Princess
    Granted that the girls in our male dominated society have less opportunity than their brothers. The story, though, is a disappointment with the ending as it is. Let the heroine override the obstacles, parental or spouse’s or whatever else, to make her dream come a reality. That will make the story inspirational and a worthwhile read. I hope you
    don’t take offense at my critical remarks and are helpful in whatever small way with your future stories. I wish you well.

  6. Pandit

    Princess
    In the last sentence of my remakrs:”…and are helpful in whatever
    small way” read: … and am helpful in whatever small way…”.
    Apologies for the grammatical slip.

  7. almaas

    Islaam dhynaku nydhey anhenun macha kieh vumeh anhenun naky veyga thiben jeheyney baeh. Mivaahakaigar eh kujaage mamma eh buny thedhe alhugadu ģaboolu kuraagothun

    1. aika
      almaas

      Anhenakah vias Firihenakah viyas aika ah engeygothugai islam dheenugai vanee mamma ge ungun feshigen kahvalhah dhaan dhen ves ilmu ungenumah angavaafa

    2. Saran
      almaas

      Ehy kyve girl kudhin nujehey ne nukiyava gaygaa on naakah ……

  8. shau

    Stry nice…bt maa kuda…islam dhynu ga ilmu ugenenn vaki umureh jinnseh noavey so anhenunnah vx thauleem ugenenn jeheyne

  9. anhen kujja

    Anhen kudhin beynumihyaa kiyevumuge furusath ohnan vaane.emyhun kiyavan beynu mihyaa efutusath dheyn bex vaane.

  10. pretty

    vaahaka reethi 🙂

  11. Confuse

    Pricess lilly thy lilliy girl thr? Jxt ask ingey if u dont mind

  12. princess lily

    ya girl eh….

  13. princess lily

    mee true story eh … thanks hurihaa kiyuntherinnahves.

  14. Prince navada

    I guess princess lily akah geteh nuvey confuse buni ehcheh. princess lily kurin mithanah ayntha ‘lilly girl’ ge namuga?.

    1. Confuse
      Prince navada

      Ryt. Hehehe

  15. princess lily

    ohh..! ehendhw thiehy…. meee lilly girl eh nun.. mee princess lily..

  16. Nafys

    Kiyevumakee masaalaeh noon… Vazeefaaga ulhey anhenun firimeehaa ah vaguthu dhee dharin tjarubiyyathu kuran libeynee kon vagutheh… Mamma mennakee teacherun… Eii ufan dharinge gadharu libigen vaa ekudhin ge teacherun.. Madhurasaa ehga kiyavadhineema ekanyeh noon teacherunnah veveynee…

Comments are closed.