Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ހަތަރުވަނަ ބައި)

Mysterious Angel Level 110 Stories100 Comments
March 21, 2016 4 Mins Read
9 Comments

“އައި ނޯ މައި ހޭންޑްސަމް އެން އައި ލަވް ޔޫ ޓޫ..” އެ މައުސޫމު އަޑުން ބުނެލިގޮތުން ހިނިވެސްއައެވެ. ނަމަވެސް އެކުއްޖާފުޅު ރުޅިއައިސްދާނެތީ ހިނިގަނޑު އެތެރެއަށް ހިންދާލީމެވެ.

“ކޮން ބޭބީއެކޭ ސްވިޓީއެކޭ ކިޔާކަށް.. ތައްޔާރުވެގެން ހިނގާބަލަ އެތަނަށްދާން..” މާދު ހުރީ ދޮރުމަތީގައެވެ. ޝާލީކައިރީ ފަހުން ގުޅާނަމޭ ބުނެލަމުން ފޯންބޭއްވީމެވެ. އެންމެން ތައްޔާރުވެގެން ދެވުނުއިރު އަށެއްޖެހީއެވެ. އެންމެން އަވަސްވެގަތީ އެމީހަކަށް ހަވާލުވެވިފައިވާ މަސައްކަތައިގެންނެވެ.

“ވެއަރޑް.. މީގެ ތިންމަހެއްހާ ދުވަސްކުރިން ހަމައެގޭ ކުއްޖަކު ދަންޖެހިގެން މަރުވެފަ އޮތީ..” ކުރީގެ ލިޔުންތަކަށް ބަލަމުން މާދު ބުނެލިއެވެ. އޭނަގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމެވެ.

“އަމިއްލައަށް މަރުވީތަ ނޫނީ މަރާލީތަ؟” ހޫދު ވަރަށް ޝައުޤުވެރިކަމާއެކީ ސުވާލުކޮށްލިއެވެ.

” އަމިއްލަ މަރުވީ.. އެހެން އެއްވެސް މީހެއްގެ ފިންގަރ ޕްރިންޓެއް ނޫނީ އިތުރު ކްލޫއެއްވެސް ފެނިފައެއްނެތް.. އެން އެއީ ޑިޕްރެޝަނަށް ފަރުވާހޯދަމުންދިޔަ ކުއްޖެއް…”  މާދު ކިޔާދިނެވެ.

މީހަކު މަރާލިކަމަށްވާނީ ވަޅިއަކުންނޫނީ އެހެން އެފަދަ ހަތިޔާރަކުން ދެވަނަފަހަރަށް ދިރިނޫޅޭވޭވަރު ކުރީމަ ހެއްޔެވެ؟ މީހަކަށް ދުނިޔޭގެ އުޅުމަށް ދަތިވާވަރުކޮށް އަމިއްލައަށް މަރުވުމަށް މަޖުބޫރުކުރުމަކީ މީހަކު މަރާލުމެއްނޫންހެއްޔެވެ؟

“ކިހިނެއް އެނގެނީ އޭނަ އަމިއްލައަށް މަރުވީކަމެއް؟ މީހަކު މަޖުބޫރުން ނޫނީ..” އެހިސާބަށް ބުނެފައި ގަސްތުގައި ހުއްޓާލީމެވެ. މިއުވާން އަތުގެ އިޝާރާތުން މަޑުންއިނުމަށް ބުންޏެވެ. އެބައަންނަމޭ ބުނެފައި އަހަރެންނިކުތީ ބޭރަށެވެ. ލޯމަރާލަމުން ފުންނޭވާއެއްލީ ރުޅިގަނޑު މައިތިރިކުރުމަށެވެ.

 

އޭރު އަހަރެންގެ އުމުރުންވާނީ ފަނަރައަހަރެވެ. މަސްތުގެ ހާލުގައިހުރެ ބައްޕަ ގެއަށްއައިއިރު އަހަރެން އިނީ ސިޓިންގރޫމުގައި ފިލާވަޅު ދަސްކުރާށެވެ.

“ނަދީމާ ނަދީމާ.. އަވަހަށް ކާން ހަދާބަލަ..” ބައްޕައަށް ރަނގަޅަކަށް ނުވެސް އިނގެއެވެ. ބަދިގެއަށް ވަންނަން އައި މީހާ ޖެހުނީ ސިޓިންގރޫމުގެ އެއްފަރާތުގައި ހުރި މޭޒުގައެވެ. ހިތްހަމަނުޖެހުނަސް އެއްޗެއް ނުބުނެ ކެތްކޮށްލައިގެން އަހަރެން އިނީއެވެ.

” ނަދީމާ ނަދީމާ.. އަވަސްކޮށްބަލަ ކޮންތާކަށް ވަދެތަ ތި** ތިއޮތީ؟” ހުތުރުބަހުން މަންމައާއި މުޚާތަބުކުރުމުން އަހަރެން ގާތަށް ވަރަށް ރުޅިއައެވެ. ބައްޕައެއްކަމަކުވެސް މަންމައާއި ދިމާލަށް އެގޮތަށް ވާހަކަދެއްކުމުގެ ޙައްޤެއްނޯންނާނެއެވެ.

“މަންމަވީ ސްކޫލުދޮށަށް ގޮސް..” ރުޅިއައިސްހުރިވަރުން އެހެން ބުނެވުނީީ ރުޅިވެރިރާގަށެވެ.

“ދޭ ކާން ހަދަން..” ސޯފާއަށް ވެއްޓިގަންނަމުން ބައްޕަ އަހަންނަށް ބުންޏެވެ. ނަމަވެސް އިވޭކަމަށްވެސް ހަދާނުލާ އަހަރެން ފޮތްކިޔަންފެށީމެވެ. ބައްޕަހީކުރީ އަހަރެންމީ ބައްޕަގެ ނޯކަރެއްކަމަށް ހެއްޔެވެ؟

“އަޑެއް ނީވޭތަ މިހިރަ ނަދީމާގެ ****” ވަރަށް ބާރަށް ބައްޕަ ހަޅޭއްލަވައިގަތެވެ. ދެންވެސް އަހަރެން އިންތަނުން ގުޑާވެސްނުލަމެވެ. ބައްޕަ ތެދުވިކަން އެނގުނީ ވަރަށް ބާރަށް ކޮންމެވެސް އެއްޗަކުން އަހަރެންގެ ވާތުކޮޑުމަތީގައި ޖެހީމައެވެ. ޖެހިލެއް ބާރުކަމުން އިށީނދެގެން އިން ގޮނޑިއާއިއެއްކޮށް ވެއްޓުނެވެ. ހިތްވަރުކޮށްފައި ތެދުވަން އުޅެނިކޮށް އުނަގަނޑުގާ ވަރަށް ބާރަށްޖެހިއެވެ.  މިފަހަރު ތެދުވަން އުޅުންނަމަވެސް ނުތެދުވެވުނެވެ. އެއްވެސް އިހްތިޔާރަކާއިނުލާ އަހަރެންނަށް ރޮއިގަނެވުނެވެ. ކުޑައިރުއްސުރެ އެހެންކުދިން ބައްޕައާއިއެއްކޮށް މަޖާކޮށް ސަކަރާތްޖަހާ ހިނގާލަންދާ މަންޒަރު އަހަރެންނަށް ފެނެއެވެ. އެއަތަކުން ހިޔާމަތްލިބެންވީ އަތުން އަހަރެންނަށާއި ހަގަށް ތިބި ދެކޮއްކޮއަށް ލިބުނީ އަދި ލިބެމުންއައީ އަނިޔާއާއި ވޭނެއެވެ. ހިތްދަތިކަމާއި ކެކުޅުމެވެ.

މަންމައަށްވެސް ލިބެމުންއައީ އަނިޔާއެވެ. ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ލޯތްބަކީ މަންމައަށް ނެތްއެއްޗެކެވެ. ރޭގަނޑާއި ދުވާލު ބުރަކޮށް އެއްވެސް އަރާމެއްނެތި މަންމަ އަހަރުމެންނަށްޓަކާ ބުރަކޮށް މަސައްކަތްކުރިއެވެ. މަންމަގެ ލޯތްބާއި ބައްޕަގެ ލޯބިވެސް އަހަރުމެންނަށް ލިބެމުންއައީ ހަމައެކަނި މަންމަގެ ފަރާތުންނެވެ. ޝަކުވާއެއް ނުކުރިޔަސް އަހަރެމެންނަށްވެސް ބައްޕަ ބޭނުންވެއެވެ.

“އަދިވެސް އޮތީތަ ދާންއުޅޭ ކާންހަދަން..” އަހަރެންގެ ފައިގައި ބާރަށް ޖަހަމުން ބައްޕަ ބުންޏެވެ. އެވަގުތު މަންމައައިސް ގެއަށް ވަންނަނީއެވެ.

“ސުބުޙާނަﷲ..” މަންމައައިސް އަހަރެން ނެގޭތޯ އުޅުނެވެ. މަންމަގެ އެހީއާއިއެކީ ކިރިޔާ ކޮޅަށްތެދުވެވޭވަރުވީއިރަށް ބައްޕައައިސް މަންމަގެ އަތުގައި ހިފާދަމައިގަތީނުން އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެން ޓައިލްސްތައް މައްޗަށްވެއްޓުނެވެ. ތަދުވީވަރުން އަހަރެންނަށް ރޮއިގަނެވުނެވެ.

“ނަދީމާ ދޭ ކާންހަދަން..” މަންމަ ހީވަނީ ބައްޕަ ކޮމާންޑްދީފައިވާ ރޮބަޓެއްހެންނެވެ. ވަގުތުން ދުއްވައިގަތީ ބަދިގެއަށެވެ. އޭރުވެސް އަހަރެން އޮތީ ހަށިގަނޑުގައި އަޅަމުންދާ ވޭނުން ކޮޅަށް ނުތެދުވިފައެވެ. މަންމަ ބައްޕައަށް ބަތްމޮޑެގެން އައިސް ތަށިދިއްކޮށްލިއެވެ. ތަށި އަތުލުމަށްފަހު ބައްޕަކާންފެށިއެވެ. ފިރުކިފައިނަމަވެސް ކޮޓަރިއަށް ދެވޭތޯ އަހަރެންބެލީމެވެ. މަންމައައިސް އަހަރެންގެ އަތުގައި ހިފާ ނަގަން އުޅުނެވެ. ނަމަވެސް ހިތުގައި ޖެހިފައިހުރިވަރުން މަންމަގެއަށް ފޮޅުވާލުމަށްފަހު އެކަނިދެވޭތޯ މަސައްކަތްކުރީމެވެ. ކުޑަ ތަންކޮޅަކަށްވުމުކީ އަހަރެންގެ ނަސީބެވެ.

” ދަރިފުޅާ ޝިމާލް..” ކޮޓަރިއަށް ވަދެވުނުތަނާ މަންމަގޮވާލިއެވެ. ދެރަވެފައިހުރިވަރުން އެއްވެސް ޖަވާބެއްނުދީ އެނދުމަތީގައި ބޯއަޅާލައިގެން އަހަރެންއޮތީމެވެ.

“މަންމައަށް މާފުކުރޭ ދަރިފުޅާ…” މަންމައައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. އަޅާވެސްނުލާ އަހަރެންއިނީމެވެ.

“މަންމައަށްވެސް މުހިއްމީ އޭނަ.. އެމީހާގަނޑު މަންމައަށް ކޮންކަމެއްތަ ކޮންދިނީ؟ އަބަދުވެސް އަނިޔާ.. ފިރިއެއްގެއެއްވެސް ވާޖިބާއި ބައްޕައެއްގެ ވާޖިބު އޭނައަށް އަދާކުރެވުނުތަ؟ އެކަމަކުވެސް ހެޔޮ މަންމައަށް މަށަށްވުރެ މުހިއްމުވީ އެމީހާގަނޑު..” ބުނެވުނީ އެހާވަރަށެވެ. މަންމަގެ އަތުގެ ހޫނުއެތިފަހަރެއް އަހަރެންގެ ކޯތާފަތްމައްޗަށްއެރިއެވެ. ވީތަދުން ކޯތާފަތްމަތީ އަތްއަޅާލެވުނެވެ.

“ބަލަ އެއީ ޝިމާލްގެ ބައްޕައޭ..” އަހަރެން މަންމައާއި ދިމާލަށް ޤަބޫލުނުކުރެވިފައި ބަލާލީމެވެ.

” އަހަރެންގެ ނުހުންނާނެ ބައްޕައެއް..” ވަރަށް ހަރުދަނާކަމާއެކީ ބުނީމެވެ. މަންމަ ރުޅިއައިސް ނިކުމެގެން ދިޔައީއެވެ.

އެކަނިވެރިކަން އިހުސާސްވިވަރަކަށް އަހަރެންނަށް ރޮވެމުންދިޔައެވެ. މިއަދު އަޅާލާނެ އެކަކުވެސްނެތެވެ. ވީދިފައި އޮތް ގަމީހަށް އަހަރެން ބަލާލީމެވެ. ދެތިން ތަނަކުން ލޭހިލިފައި ހުއްޓެވެ. ފައިގެވެސް ދެތިން ތަނެއްވަނީ ހަލާކުވެފައެވެ. އެކަކުވެސް އަހަރެންދެކެ ލޯތްބެއްވެސް ނުވެއެވެ. މަންމައަކަށްވެސް އަހަރެންނަށް ކޮށްފައިހުރި އަނިޔާއެއްނުފެނުނެވެ. މިއަދުނޫނީ މަންމައާއިދިމާލަށް ބާރަށް އެއްޗެކޭ ނުބުނަމެވެ. އެކަމަކުވެސް މަންމައަށް ގޯސްވީ އަހަރެންނެވެ. މިހާލުގައި އަހަރެން ދުނިޔޭގައި ހުންނަންވީ ކީއްވެހެއްޔެވެ؟ ކާކަށްޓަކައި ހެއްޔެވެ؟

ހުޅުވާފައިވާ ކުޑަދޮރާއި ދިމާލަށް މަޑުމަޑުން ދާންފެށީ އެއީ އެވަގުތަށް އައިހަމައެކަނި ހިޔާލަށްވީމައެވެ.

“ތިއްތީ..” ކުޑަދޮރުކައިރިއަށް ދެވުނުތަނާހެން އަހަރެންގެ އެންމެ ހަގު ކޮއްކޮ ޝާލީގެ އަޑުއިވުނެވެ. އަހަރެންނަށް ހަމަވިސްނުނީ އެވަގުތެވެ. ޝާލީ ރޮމުން އަހަރެންގައިގާ ބައްދާލިއެވެ. އަދި އޭނަ ދޫކޮށްނުދިޔުމަށް ތަކުރާރުކޮށް ބުނަމުންދިޔައެވެ.

“މަންމާ ތިއްތި އުޅެނީ ފުންމާލަން..” ޝާލީއަށްވުރެ ކުރިން ކޮޓަރިއަށް ވަންނަންއައި ޝިއުޒް ދުއްވައިގަތީ މަންމަހޯދުމަށެވެ. އިރުކޮޅަކުން ޝިއުޒްވެސް ބާރަށް ދުވެފައި އަތުވެއްޖެއެވެ. ޝާލީއާއި ޝިއުޒްވެގެން އަހަރެންގެ ގައިގައިހުރި ޒަޚަމުތަކުގައި ބޭސްއަޅާދިނެވެ. މުޅިދުވަހު ޝާލީ އިނީ އަހަރެން ކައިރީގައެވެ. އެންމެ ހިނދުކޮޅަކަށްވެސް އަހަރެންކައިރިން ދުރަކަށްނުދެއެވެ. ހީވަނީ އަހަރެން ކަމެއްކޮށްފާނެތީ ފާރައަށްހުންނަހެންނެވެ. ޝިއުޒްވެސް އަބަދުހުންނަނީ އަހަރެން ފެންނަފަށުގައެވެ.

އެދެބެން އަހަރެންދެކެ ކިހާލޯބިވޭ ހެއްޔެވެ؟ އަހަރެން ނެތްދުވަހެއް އަތުވެއްޖެނަމަ އެދެބެން ކިހާ އެކަނިވާނެހެއްޔެވެ؟ މިއަދު އަހަރެންނަށް ޖެހިފައިވާ ހާލު މާދަން އެދެބެންނަށް ޖެހޭނެއެވެ. އަހަރެން އެހެންވިޔަކަ ނުދޭނަމެވެ. އެހާދިސާއަށްފަހު އަހަރެމެން ތިންބެއިންގެ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވިއެވެ. ހަމައެއާއިއެކު އަހަރެންނާއި މަންމައާއި ދެމެދު އޮތް ގުޅުން ހީނަރުވިއެވެ. ކިތަންމެ ވަރަކަށް ހަނދާން ކުރަން ބޭނުންވިޔަސް އެދުވަހު މަންމަ ކަންތައްކުރިގޮތް ދެންމެވީކަމެއްހެން ސިކުނޑީގައި ހަރުލާފައިވެއެވެ. ކުރިން ކިޔެވުމަށްދޭ ސަމާލުކަން ނުދެވި ފަރުވާކުޑަކުރެވެންފެށިއެވެ.

ރިސޯޓުގައިހުރެފައި ދޮންބެ މާލެއައި ފަހަރެއްގައި އަހަރެންގެ ގަބުކަމާއި ހިމޭންކަން ފެނިފައި އަހަރެން ގޮވައިގެން ނަފްސާނީ ބައްޔަށް ފަރުވާދޭ ޑޮކްޓަރަކަށް ދައްކަންދިޔައެވެ. އެހާ ޅައުމުރައި ޑިޕްރެޝަން އަށް ދިއުމުން  ޑޮކްޓަރވެސް ހައިރާންވިއެވެ. ދޮންބެ ވަރަށް ތަފްސީލުކޮށް އަހަރެމެންގެ ހާލަތު ޑޮކްޓަރަށްކިޔާދިނެވެ. ހީވި ގޮތުން ޑޮކްޓަރވެސް އަހަރެންގެ ޙާލަތަށް ހަމްދަރުދީވިއެވެ. ވީހާވެސް އަވަހަށް ބައްޕަ ޕޮލިހުންނާ ހަވާލުކުރުމަށް ލަފާދެއްވީ ޑޮކްޓަރެވެ. ނޫންނަމަ ޝިއުޒް އާއި ޝާލީއަށް ވެސް އަހަރެންނަށް ޖެހިފައިވާ ހާލު ޖެހިދާނެކަމަށް ބުންޏެވެ.

ދޮންބެ ގެއަށް އައިސް ފުރަތަމަވެސް ގުޅީ ޕޮލިހަށެވެ.  ބައްޕަގެ އަތުން މަސްތުވާތަކެތި ފެނުމުން ހައްޔަރުކުރިއެވެ. ބައްޕަ ގެންދަންފެށުމުން މަންމަ ރޯންފެށިއެވެ. ވީފޫހިން އަހަރެން ކޮޓަރިއަށްވަދެ އޮށޯތީމެވެ. ވޭތުވިދިޔަ ދުވަސްތަކުގައި މަންމައަށް ކުރި އަނިޔާގެ މަތިން ހަނދާންނެތުނީބާއެވެ؟ ނޫނީ އަހަރުމެންނަށް ކުރަމުންއަައި އަނިޔާގެ މަތިންވެސް ހަނދާންނެތުނީހެއްޔެވެ؟ ދޮންބެނެތްނަމަ ފެންނާނީ އަހަރުމެން ތިންބެއިންގެ ތެރެއިން ކޮންމެވެސް ކުއްޖެއްގެ ފުރާނަނެތް މަސްގަނޑު ކަންނޭނގެއެވެ. އެވަރުންވެސް މަންމަ ކަރުނައަޅާ ރޮމުންއެދަނީ އެފަދަ މީހަކަށެވެ.

” ޝިމާލް..” ދޮންބެ ކޮޓަރިއަށް ވަނުމުން އަހަރެން ތެދުވެ އިށީނީމެވެ.

“މަންމަ އަދިވެސް އެމީހާގަނޑު ގެންދިޔައީމަ އެރޮނީ..” މަޑުމަޑުން އަހަރެން ބުނީމެވެ.

” ކިތަންމެ ފޫހިވިޔަސް ރުޅިއަޔަސް އެއީ ޝިމާލްމެންގެ ބައްޕަނޫންކަމަކަށް ނުވާނެ. އެކަމެއް ބަދަލެއްވެސް ނުކުރެވޭނެ..” ކޮޑުގައި ހިފަހައްޓާލަމުން ދޮންބެ ބުންޏެވެ.

“ކީއްވެތަ މިހުރިހާ ދުވަހު ޕޮލިހުންނާ ހަވާލުނުކޮށް ބެހެއްޓީ.. ” ޝަކުވާގެ ރާގުގައި އެހެންބުންޏަސް އަހަރެންގެ ހިތް ރޮމުންދިޔައެވެ.

“މަންމަ ޤަބޫލުނުވީ.. ދޮންބެގެ ބައްޕަނެތީމަ ދެރަވެގެން އުޅުނުވަރު ފެނިފަ ޝިމާލްއާއި ކޮއްކޮމެންނަށް އެހެންވާން ނޭދުނީ..” އިސްއުފުލާލަމުން ދޮންބެ ކިޔާދިނެވެ.

” ނަމެއްގަ ބައްޕަހުރީމަ ވަކި ކޮންކަމެއްތަ ވަނީ.. އަހަރެން ހަނދާނެއްނެތް ބައްޕަ ލޯބިން އެއްޗެއްބުނި ހަނދާނެއް.. ދަރިފުޅާއޭ ކިޔާ ގޮވާލި ދުވަހެއް.. އަހަރުމެންނަށް ކުރި ޚަރަދެއް.. ނަމެއްގަ ބައްޕަ ކިޔަންޏާ އޭނައަށްވުރެ ރަނގަޅުވާނެ ދޮންބެއަށް ބައްޕަކިޔަސް..” ސީދާ ދޮންބެގެ މޫނަށް ބަލާލަމުން ބުނީމެވެ. ދޮންބެ ހީލިއެވެ.

” ބަސްއަހައިގެން ކިޔަވައްޗޭ.. ދޮންބެ ބޭނުމެއްނޫން ޝިމާލްގެ ކިޔެވުން މެދުކަނޑާލާކަށް.. އިޒްއާއި ޝާލްގެ ޒިންމާ އަބަދުވެސް ޝިމާލްގެ ކޮޑުގަ އެޅިފަވާކަން ހަނދާންކޮށް ގޯސްމަގަކުން ނުދައްޗޭ..” ބޮލުގައި ފިރުމާލަމުން ބައްޕައެއް ފަދައިން ނަސޭހަތްދިނެވެ. އެރޭ އަހަރެން އަމިއްލަ ނަފުސަށް ވައުދުވީ ޝިއުޒްއާއި ޝާލީ އަށްޓަކާ ކޮންމެ ހާލެއްގައިވެސް ދިރިހުރުމަށެވެ. ކިތަންމެ ބޮޑު ކަމެއް ދިމާވިކަމުގައިވިޔަސް އެދެބެންނަށްޓަކައި ކެތްތެރިވެ އެމީހުންނަށް ބާއްޖަވެރި މުސްތަޤުބަލެއް ހޯދައިދިނުމަށެވެ. އެއީ އަހަރެންގެ ދިރިހުރުމުގެ މަޤްސަދުކަމަށް ހެދީމެވެ.

ސައިކޭޓަރިސްޓެއްގެ އެހީއާއެކު ޑިޕްރަޝަންއަށް ފަރުވާ ހޯދަމުންދިޔައީމެވެ. ނަމަވެސް ކިޔެވުމަށް ބުރޫއަރާފާނެހެން ހީވާތީ އެކަން މަޑުޖައްސާލީމެވެ. ބުރަކޮށް ކިޔެވުމަށް މަސައްކަތްކުރަމުން ގެންދިޔައިރު ކޮއްކޮމެންނަށްވެސް ކިޔެވުމުގައި އެހީތެރިވީމެވެ. ހުރިހާ ކަމަކަށް ވަގުތު ހޭދަކުރަމުން ދިޔުމުން ބޭކާރު ހިޔާލުތަކާ ދުރުވެވުނެވެ. އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ލިބުނުނަމަވެސް އަހަރެން ބޭނުންވީ ޕޮލިހަށް ވަންނާށެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ނުހެދޭނެކަން ޔަޤީންވާތީއެވެ. ޕައިލެޓްކަށް ވުމަކީ އަހަރެންގެ ހުވަފެނެކެވެ. ނަމަވެސް އާއިލާގެ މާލީ ހާލަތު އަހަރެންނަށް ރަނގަޅަށް ވިސްނެއެވެ. އަހަރެންގެ ހަގަށް އަދި ދެކުދިން އެބަތިއްބެވެ. އަހަރެންގެ ހުވަފެން ފުޑުފުޑުވިޔަސް އެކުދިންގެ ހުވަފެންތަކުގައި ކުލަޖައްސައިދިނުމަށް ބޭނުންވެއެވެ.

މީހަކު ކޮޑުގައި އަތްޖައްސާލުމުން އަހަރެން ސިއްސައިގެންދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

މަންޝާ (ފުރަތަމަ ބައި)

Next

މިއޭ ލޯތްބަކީ… (2)

Next
March 21, 2016

މިއޭ ލޯތްބަކީ… (2)

Previews
March 21, 2016

މަންޝާ (ފުރަތަމަ ބައި)

9 Comments!

  1. Mysterious Angel says:
    March 21, 2016 at 11:28 am

    އަންޖަލްގެ އެގްޒާމް ކުރިއަށް ދާތީ ވާހަކަ ގެނެސްދިނުން ލަސްވަނީ.. ފަސްވަނަބައި އަވަހަށް ގެނެސްދޭނަން އިންޝާﷲ

  2. princess says:
    March 21, 2016 at 11:49 am

    Nyc..ekm kuru dhw

    1. Mysterious Angel says:
      March 21, 2016 at 11:51 am

      ފަސްވަނަބައި ދިގުކޮށް ގެނެސްދޭނަން އިންޝާﷲ

  3. Thukko says:
    March 21, 2016 at 11:52 am

    Me first. Unmeedhu kuran dhen oiy part avahah up kohdheyne kamah…..n story is nice

    1. Mysterious Angel says:
      March 21, 2016 at 12:00 pm

      Thankss. As soon as possible 🙂

  4. saaaaa says:
    March 21, 2016 at 12:05 pm

    Thihaa avahah vaahaka up kuraakah nuvaane vaahaka nimidhaane

  5. Nicky says:
    March 21, 2016 at 1:00 pm

    Nyc…bt maa kuru…nxt prt avahah up kurahchyy

  6. Sha says:
    March 22, 2016 at 8:34 am

    Mii real story eh thr??

  7. yum says:
    March 23, 2016 at 9:06 am

    I’m waiting for nxt prt

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (ފަސްވަނަބައި)←


All Right Reserved!