Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެންނާތީ ޔާރާގެ މޫނު

Sinnu Level 1
March 19, 2016 4 Mins Read
8 Comments

މާވެޔޮ މަގުގެ ދެފަރާތެގައި ހުއްޓިލައިގެން ވަރަށް ގިނަ މިހުން ތިއްބެވެ. ވާރޭގެ ފުދޭ ވަރަކަށް ވެހެމުން ދާތީވެ ކޮންމެ މީހަކުވެސް ހުރީ ހިޔާވެވެން ހުރި ތަނެއްގެ ދަށުގައެވެ. މަގުގެ އެއްފަރާތެއްގައި ދެއަހަރަށްދާ ކުޑަ ކުއްޖަކު ގޮވައިގެން އަންހެން ކުއްޖަކު ހުއްޓެވެ. ކުޑަކުއްޖާއަށް އޮތީ ނިދިފައެވެ. ނަމަވެސް ވާރޭ ތިކިތައް އައިސް މޫނުގައި ޖެހިލުމުން ތުން ފިއްތާލައެވެ. އެތާނގައި ހުންނަތާ އިރުކޮޅެއް ފަހުން ކާރެއްއައިސް އެމީހުންގެ ކައިރިއަށް މަޑުކޮށްލައިފިއެވެ.

“މިޝިޔާ” ކާރުން ބޯދިއްކޮށްލަމުން ފިރިހެނެއް ގޮވާލިއެވެ. ކުޑަކުއްޖާ ކޮނޑަށް ލައިގެން ހުރި އަންހެން ކުއްޖާ ދުވްލާފައި އައިސް ކާރަށް އަރާލީ ވާރޭ ބޯކޮށްލަ ފާނެތީއެވެ.

“ބައްޕް ހާދަ ލަސްވީ؟” ރޮއެގަތް ހިބާ އުނގުގައި ބަހައްޓާލަމުން އޭނާ ބުނެލިއެވެ.

“ދަރިފުޅު ހުރިތަނެއް މި ހޯދަނީ… ހިބާ ދަރިފުޅަށް ހޭލެވުނީ” އިލްހާމް އޭނާގެ ކާފަ ދަރިއަށް ގޮވާލަމުން ކާރު ދުއްވާލިއެވެ.

ދިހަ ބުރީގެ ބޮޑުގެއާއި ހަމައަށް ކާރު މާޑުކޮށްލުމުން ތިން ބަފައިން އެއްކޮށްހެން ކާރުން ފައިބައިގެން ދޮރު ހުޅުވާލިއެވެ. ލިފްޓާއި ހަމައަށް ދެވުމުން އިލްހާމް ހިބާ އުރާލަމުން ފޯނުބަލާލިއެވެ. މިހާ ލަސްވަންދެން އެ ކުޑަ ފުރާނަ ގޮވައިގެން މިޝިޔާ އުޅުނީ ކޮންތާކު ހެއްޔެވެ؟

“ދަރިފުޅު ކޮންތާކު އުޅުނި މި ހުރިހާ އިރު؟” ހިބާގެ ބޮލުގައި ފިރުމާލަމުން އިލްހާމް އަހާލިއެވެ.

“ޕާޓީ ނުނިމިގެން.. ނިމުނުތަނުންހެން ވިއްސާރަ ވެއްޖެ” މިޝިޔާ އިސްޖަހާލަމުން ބުނެލިއެވެ. އަށްވަނަ ބުރިއަށް ލިފްޓު ދޮރު ހުޅުވުމާއިއެކު ހިބާ ލޮލުގައި ހުރި ނިދި ފިލައިފިއެވެ. އިލްހާމްގެ އަތުން ފައިބަން ވަރަށް މަސައްކަތް ކޮށްލާފައި ހުއްޓެވެ. ނަމަވެސް ތިރިއަށް ނުބޭލުމުން ތުން ދަމާލާފައި ފެށީ ރޯށެވެ.

މިޝިޔާ މަންމަގެ ކޮޓަރީގައި ދޮރު ހުޅުވާލުމުން ހިބާ ދުވެލާފައި ގޮސް ނިދާފައި އޮތް ޔާސްމީންގެ ކައިރިއަށް އަރައިފިއެވެ. ނަމަވެސް ހިބާ އެނދުން ނަގައިގެން ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ފެންވަރުވާލުމަށްފަހު ކަރު ދާށުގައި ފުއްޖަހާލުމަށަފަހު އޭނާ ހިބާ އެނދުގައި ބާއްވާލިއެވެ. ދިހަވަރަކަށް މިނެޓްވެސް ނުވަނީސް އެ ކުއްޖާ ނިދައިފިއެވެ. ހިބާގެ ބޮލުގައި ފިރުމާލީ އޭނާއަށް ކުރީގެ ހަނދާންތައް އާވުމުންނެވެ. ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ލޯބީގައި މިހާބޮޑު ކެއްސެއް މީހަކަށް ލިބޭނެ ކަމެއްވެސް ނޭނގެއެވެ.  ހަމަ އެ މޫނެވެ. އެ ދޮންކަމެވެ. އެކަހަލަ އަޅި ކުލައިގެ ކަޅިއެކެވެ. މިޝިޔާގެ ލޮލަށް ކަރުނަ ޖަމާވީ އޭނާއަށް ލޯބިވެވުނު މީހާގެ މަތިން ހަނދާން ވުމުންނެވެ.

އެހެން އޮއްވައި އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. މާޒް ދަންވަރު ޑިއުޓީ ނިންމާފައި އައިސް މަންމަމެންގެ އެޕާޓްމެންޓަށްއައީ ބަނޑުހައި ވެފައި ހުރުމުންނެވެ. އޭނާއަށް ނުވަނަ ބުރީގައި އުޅުނެއްކަމަކު އޭނާއަށްވެސް އަށްވަނަ ބުރީގައި ކޮޓަރިއެއް ހުރެއެވެ. މިޝިޔާއަށް އެންމެ މައްޗަށް ބަދަލު ނެވިގެން އުޅެނީ އިލްހާމްއާއި ޔާސްމީހްނގެ ސަބަބުންނެވެ. ހިބާ ބަލާނޭ އިތުރު މީހެއް ނެތުމުގެ ސަބަބުންވެސް އޭނާވިސްނީ ހިބާ ތަންކޮޅެއް ބޮޑު ވުމުން އޭނާގެ ބަޔަށް ބަދަލު ވުމަށެވެ.

މޭޒު ދޮށުގައި އިން މާޒް ސިއްސައިގެން ދިޔައީ މިޝިޔާގެ ރުއިމުގެ އަޑު އިވުމުންނެވެ. ދުވެފައި ގޮސް މިޝިޔާގެ ކޮޓަރީގެ ދޮރު ހިފާލިއިރު ހުރީ ތަޅުވެސް ނުލައެވެ. މިޝިޔާ ނިދީ ތެރޭގައި ރޯތަން ފެނުމުން މާޒްގެ ދެލޯ ކަރުނުން ތެންމާލިއެވެ. ހިބާ ވިހެއި ފަހުން މިޝިޔާ ނިދީ ތެރޭގައި ރޮއެ ނަހަދައެވެ. މާޒްއަށް އަދިވެސް ސިފަ ވަމުން ދިޔައީ އެންމެ ފުރަތަމަ މިޝިޔާ އައިސް އޭނާގެ ކައިރީގައި ބަނޑުބޮޑެ ބުނި ދުވަސް މަތިންނެވެ. އެދުވަހުންވެސް މިޝިޔާ ރޮމުން ދިޔައީ ހަމަ އެހެންނެވެ، ކޮއްކޮގެ ޅަކަމުންނާއި މީހަކާ ނީދެ ހުރުމުން މާޒްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކުރެވުނުހާވެސް ކަމަކީ މިޝިޔާގެ ބޮލުގައި ފިރުމާލުމެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މާޒް މިޝިޔާއަށް ގޮވައި ހޭލައްވާލިއެވެ. އަދި ޝަހާދަތް ކިޔައިގެން ނިދުމަށް ބުނެލިއެވެ.

މިޝިޔާ އަރައިގެން އައި އިރާއެކު ހޭލައިފިއެވެ. މިއަދު އޮފީހުގައި ފަންކްޝަންއެއް އޮތުމުން އޭނާ ކޮންމެހެންވެސް އަވަހާއި ދާން ބޭނުމެވެ. އަވަސް އަރުވާލައިގެން ގެއިން ނުކުތް އިރުވެސް ހިބާއަށް އޮތި ނިދިފައެވެ. ޔާސްމީން ކައިރީގައި އެހެން ބުނެލުމުން ހީލަމުން ބޯ ޖަހާލިއެވެ. މިޝިޔާ ނިކުމެގެން ދިއުމުން ޔާސްމީން ދިޔައީ ހިބާ ހޭލައިފިތޯ ބާލާލާށެވެ. އޭރު އިލްހާމްވެސް  ތައްޔާރު ވެލައިގެން އާދެއެވެ.

ދިހަބުރީގެ ބޮޑު ގޭގެ އެންމެ މަތީ ތިން އެޕާޓްމެންޓް ހުންނަނީ ގޭގެ ވެރިންނަށެވެ. އެހާ ބޮޑު ގެއެއް ހުންނަ އިރުވެސް އިލްހާމް ވަޒީފާއަށް ދެއެވެ. އެހެން މާލޭގެ މީހެއްނަމަ ގޭގައި ހުންނާނީއެވެ. ކާމޭޒު ދޮށުގައި ގޮނޑި ދަމާލި ތަނުންހެން ހިބާ ކޮޓަރިން ނިކުމެގެން އަންނަތަން ޔާސްމިންއަށް ފެނިއްޖެއެވެ. އެއާއެކު  އަވަސް އަވަހަށް ހިބާ އުރާލަމުން އޭނާ ނަގާ ގޮނޑިއެއްގައި ބަހައްތާލިއެވެ.

“މޮންމީ…” ތުން ފިއްތާލަމުން އެކުއްޖާ މައުސޫމްކޮށް ބުނެލިއެވެ. އޭރު އެކުޑަ ކުއްޖާގެ މޫނު އެއްކޮށް ރަތް ވެއްޖެއެވެ. ހީވަނީ ޔޫރަޕު ކުއްޖެއް ހެންނެވެ. ރޮއެލާ ކޮންމެ ފަހަރަކު މުނި މޫނު ރަތް ވާނެއެވެ.

“އަޅޭ ދޮންބެގެ ޓިންކަރ ބެލް ރޮނީތަ” މާޒް އައިސް ހިބާގެ ކޮލުގައި ހިފާލަމުން ނިއްކުރިއަށް ދޮނެއް ދިނެވެ. މާޒްއަކީ އިލްހާމްގެ އެންމެ ދޮށީ ދަރިއެވެ. މާޒްއާއި މިޝިޔާއަކީ އިލްހާމްގެ ދެލޯފަދައިން ބަލާބޮޑުކުރި ދެދަރިންނެވެއެވެ. އެދެކުދިންނަށް ގޮތެއް ވެއްޖެނަމަ އޭނާ މަރުވެސް ވެދާނެއެވެ.

މިޝިޔާއަށް އޮފީހަށް ވަންއިރު އެންމެންވެސް ތިބީ މީޓިން ރޫމްގައެވެ. ބޮޑު މީހާއާއި އަދި އެހެންމީހުންވެސް ވާހަކަ ދައްކަމުން ގެންދަނީ އިތުރު ބަޔަކާއި ގުޅިގެން ވިޔަފާރި ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އިތުރު މިހުންގެ ހިޔާލު ތަފާތުކަމުން އެންމެންވެސް ނިންމީ އިތުރު ބަޔަކާއި ނުގުޅުމަށެވެ.  އެއަށްފަހުގައި އެންމެންވެސް އަވަސްވެގަތީ ކުރިއަށްއޮއި އިވެންޓާއި ވެގެންނެވެ. މިޝިޔާވެސް ހުޅިއެއް ޖަހާލަމުން އެހެންމީހުންނަށް އެހީތެރި ވެދެން މަސައްކަތް ކުރިއެވެ. އެތަން ބަލަން ދުރުގައި ހުރި ނާފިޒްވެސް މިޝިޔާއަށް އަތްގާތް ކޮއްލަ ދޭން ފެށިއެވެ.

“މިޝީއަށް ކިތައް އަހަރު ތަ؟” އޮފީހަށް ވަތް ފަހުންވެސް ނާފިޒް އަބަދުހެން މިޝިޔާއަށް ބަލައެވެ. އެކަން ފާހަދަ ވިނަމަވެސް އޭނާއަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ.

”  22… ސަރ މީތީގަ ހިފާލަބަ” ފަތި ގަނޑެއް ދިއްކޮށްލަމުން މިޝީޔާ ހިނިތުން ވެލިއެވެ. އެހާ ރީތި ހިނިތުން ވުމެއް ދުވަހަކުވެސް އޭނާ ދެކެފައެއް ނުވެއެވެ. ނާފިޒްއަށް ހަމަ ރަނގަޅަށް މިޝިޔާގެ ކުއްޖެއް ހުންނަ ކަންވެސް އެނގެއެވެ. ދެތިން ފަހަރެއްގެ މަތިން ކުޑަކުޑަ ހިބާއާއިވެސް އޭނާވަނީ ބައްދަލު ވެފައެވެ. އެފަދަ ލޯބި ކުއްޖެއް ދެކެ ލޯބި ނުވާނީ ކާކު ހެއްޔެވެ؟ ނަމަވެސް ހިބާގެ ބައްޕައާއި ވަކިވެފައިވާކަން އިގުންވީ ނާފިޒްއަށް ލިބުނު ކުރި އެރުމަކަށެވެ. ނާފިޒްއަށް ހީވެފައިވާ ގޮތުން ނަމަ މިޝިޔާ މީހާރު އުޅެނީ ވަރިގެންނެވެ.

“ހާދަ ކުޑައިރު މެރީ ކުރީ.. އަނެއްކާ ހިބާ އެހާ ކުޑައިރު ވަރިވެގެން ތިއުޅެނީ” ހަމްދަރުދީ ވާކަން ދައްކާލަން ވެގެން އޭނާ ބުނެލިއެވެ.

“އަޅުގަނޑު މީހަކާ ނީނދެ ހިބާ ލިބުނީ.. ކާކުތޯ ބުނީ މީހަކާ އިނޭ؟” ނާފިޒްގެ ކުންހީ ދުރުކޮށްލަ ދިނުމުގެ ގޮތުން މިޝިޔާ ބުނެލިއެވެ. ތެދު އެނގުމާއެކު ނާފިޒްގެ އަނގަ ސަކަރާތްވާ ގޮތްވިއެވެ. މިޝިޔާގެ ރީތިކަންދެކެ ފޫހިވާ ގޮތްވިއެވެ. ނަމަވެސް އެއްވެސް މީހަކަށް ތެދެއް ނޭނގެއެވެ. ކޮންމެ މީހަކުވެސް ކުއްވެރި ކުރަނީ އަންހެން ކުއްޖާއެވެ. އެފަދަ ބޮޑު ފާފައެއް އަނހެން ކުއްޖަކަށް އެކަނި ކުރެވޭނެ ހެއްޔެވެ؟

ނާފިޒް ކައިރީގައި މިޝިޔާ އެހެން ބުނިވެސް އޭނާގެ ފަރާތުންވާ އުނދަގޫ ކުޑަވާނެކަން އެނގޭތީއެވެ. ނާފިޒް އަނގަ ސަކަރާތް ވީވަރުން އަވަހަށް އެތަނުން ފިލައިފިއެވެ. ޖެހިގެން އަންނަ ދުވަހު އެންމެން ކައިރީގައި އެވާހަކަ ދައްކާނެކަން އެނާއަށް އެނގެއެވެ. ނަމަވެސް މިހާރު އޭނާ ދެރައެއް ނުވެއެވެ. އޭނާއަށް ލިބެނަވާ އަދަބު އެހެރީ ލިބިގަނެގެންނެވެ.

އޮފިސް ނިންމާފައި ގެއަށް ދިޔައިރު ހިބާ ހުރީ ދޮރު ބުޑުގައެވެ. މޫނު ހަދާލައިގެން ހުރިއިރު ހީވަނީ ބޮޑު މީހެއް ހެންނެވެ. މަންމަ ފެނުމުން ވަކިން ބޮޑަށް މޫނު ހަދާލިއެވެ. މިޝިޔާވެސް ހިބާއަށް މޫނު ހަދާލަމުން އެތެރަށް ހިނގައި ގަތެވެ. ހިބާ ޓައިލްމަތީގައި އޮތް އޭނާގެ ޓެޑީ ބެއަރ ހިފައިގެން ގޮސް ސޯފާއަށް އަރާ އޮށޯވެލިއެވެ. ހިބާ ވިހެއީއްސުރެ މިޝިޔާ އުޅެމުން ގެންދިޔައީ ޔޫ.ކޭގައެވެ. އޭނާއަށް ލިބެނަވާ ހައްޤު އަދަބު ލިބުމަށްފަހު އޭނާ އެކޮޅަށް ބަދަލުވީ ތަންކޮޅެއް އަވަހަށް ޝެޓްފިކެޓްއެއް ހީދުމުގެ ބޭނުމުގައެވެ. އަދި މާލެއާއި ދުރަށް ދިއުމުގެވެސް ބޭނުމުގައެވެ. މާލެ ބަދަލުވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ޑިޕޮލްމާ ނަގައިގެންނެވެ.

އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު ހިބާ މަޑުން އިންނާތީ ޔާސްމީން ގޮސް ހިބާއަށް ގޮވާލަމުން އޭނާގެ ބޮލުގައި ފިރުމާލިއެވެ. އެއާއކު ހިބާގެ ބޯ ހޫނުކަން އޭނާއަށް އިހުސާސް ކުރެވުނެވެ.

“މިޝީ.. މަންމައަށް ހީވަނީ ހިބާ ހުން އަތުވެފަ ހެން މި އިނީ” ޔާސްމީން ހިބާ ނަގައި އުނގުގައި ބަހައްޓާލަމުން ބުނެލިއެވެ. އެއަޑަށް މިޝިޔާ ހެދުން ތިރިކޮށްލަމުން އަވަހާއި ކޮޓަރިން ނިކުމެލިއެވެ.

“އަވަހަށް ދާންވީ ދޯ.. ” މިޝިޔާ ހާސްވެލާފައި ބުނެލިއެވެ. ހިބާގެ ހިތުގައި ލޯވަޅެއް ހުރުމުގެ ސަބަބުން ހުން އަޔަސް ގެންގުޅެން ޖެހެނީ ވަރަށް ބަލައިގެންނެވެ. ހިބާ ނަގައި އުރާލަމުން މިޝިޔާ ދިޔައީ ކޮޓަރިއާއި ދިމާލަށެވެ.

ޔާސްމީން ގޭގައި ބަހައްޓަފައި މިޝިޔާ ދިޔައީ އައި.ޖީ.އެމް.އެޗް އަށެވެ. އެމަންޖެންސީބައިގައި ނަންބަރު ޖެހެންދެން ހުރީ ހިބާ އެހާ ހުންގަދަ ނުވީމައެވެ. ނަންބަރު ޖެހުމާއެކު އަވަހަށް ގޮސް ޑޮކްޓަރ ކޮޓަރިއަށްވަދެ މެމޯކޮޅު ދިއްކޮށްލިއެވެ. ޑޮކްޓަރއަށް ކުރިމަތީގައި ހުރި މިޝިޔާ ފެނުމުން ފާޑެއްގެ ގޮތެއްވިއެވެ. ނަމަވެސް މިޝިޔާ ބަލާނުލާތީ ހުރެވުނީ އެއީ މިޝިޔާތޯ ޔަޤީން ކޮށްލާށެވެ. އިސްފުލުލާ ބަލާލެވުމާއެކު ހީވީ މިޝިޔާގެ ފައިގައި މީހަކު ހިފެހެއްޓި ހެންނެވެ. މޫނު ހުދުވެގެންގޮސް ކަފަކޮޅެއްހެން ވެއްޖެއެވެ.  ހިތުގެ ވިންދު އަވަސްވެ މީހާ ދާހިތްލާ ފޯވެއްޖެއެވެ.

“ނާވީ” އެންމެ ފަހުން ދުލުން ބުނަން ބޭނުންނުވި ނަންވެސް ނިކުމެއްޖެއެވެ.  މިވީ ތިންވަރަކަށް އަހަރު ތެރޭގައި އެންމެ ފޫހިވި މީހާ ފެނުމުން ވީ ފޫހިވެސް ހަނދާން ނެތިއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sinnu

Level 1

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 21 (ފަހުބައި)

Next

ފުންއަސަރު 14

Next
March 19, 2016

ފުންއަސަރު 14

Previews
March 17, 2016

ނިމިދާނެ ޖާނާ ހިތާ 21 (ފަހުބައި)

8 Comments!

  1. r says:
    March 19, 2016 at 1:39 pm

    ME FIRST…..

  2. princess says:
    March 19, 2016 at 1:48 pm

    Nyc…..avahah nxt prt up khdhehchey

  3. Lalla says:
    March 19, 2016 at 1:58 pm

    Varah reethi vaahaka. Ekmm. . . Baeh bas bahuga filige massala dhethinn thanakunn faahagavii. Ekamaku ves vvv reethi. 2 Vana bai avahah libeyne kmah ummeedhukuran. . .

  4. Shaai says:
    March 19, 2016 at 3:11 pm

    Sinnu haadha reychey story. Vaahaka akah inthixaaru kohkkoh huhtta Thi vaahaka update Kohlee. Tnks a lot sinnu

  5. Faxoo says:
    March 19, 2016 at 4:20 pm

    varah reethi vaahaka eh 🙂

  6. Nawal says:
    March 19, 2016 at 5:27 pm

    VVVV reethi, waiting for the next part. Plx update ASAP lurv 🙂

  7. Hooo says:
    March 20, 2016 at 1:43 am

    Varah salhi.avahah update koh deychey. ?

  8. Sinnu says:
    March 20, 2016 at 9:26 am

    thank you all.. tell me if there is any mistakes and do correct me.. also update me how you all would like to continue this story..
    A huge thank you

Comments are closed.

Next Episodeފެންނާތީ ޔާރާގެ މޫނު (2)←


All Right Reserved!