Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 1

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
March 20, 2016 8 Mins Read
31 Comments

“އަނޫޝާ…!”

އަނޫޝާ ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ލޯ ފޮހެލިއެވެ.

“ދާން ވެއްޖެ… ދޫކޮށްލާ…” އަނޫޝާ ބުންޏެވެ.

ޒިހާން އެއްޗެއް ނުބުނެ އަނޫޝާގެ އަތުގައި ހިފަހައްޓައިގެން އިން ގޮތަށް ދިނެވެ.

“ޒިހާން، ޕްލީޒް…” އަނޫޝާ ދޮރާ ދިމާއަށް ބަލާލިއެވެ.

“ދުވަހަކުވެސް މިހެން ދެތިން މިނެޓަށް ވުރެ ގިނައިރު ވަންދެން އަހަންނަށް އަނޫއާ ވާހަކަ ދައްކާލަން ޗާންސެއް ލިބޭނެތަ؟” ޒިހާން އަހާލިއެވެ.

“އަހަރެން ކީއް ކުރާނީ؟ ޒިހާންއަށް އެނގޭނެ—”

“އަނޫޝާ!” ދޮރުގެ އަނެއް ފަރާތުން އަޑު އައެވެ. އަނޫޝާ ސިހިފައި ޒިހާންއާ ދިމާއަށް ބަލާލީ ބިރުން އިނދެއެވެ.

ޒިހާން އަނޫޝާ އަތުން ދޫކޮށްލިއެވެ. އަނޫޝާ އަވަސް އަވަހަށް މޫނު ފޮހެލަމުން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.

“ދެބަސް ބުނާ އިރަށް ކޮޓަރިއަށް ވަދެ ކީއްތަ ތިކުރަނީ؟ މިވަރަށް ގޮވާ އިރު އަޑުވެސް ހަމަ ނީވޭތީތަ އަނގައިން ނުބުނެ ތިއޮންނަނީ؟ ކީއްތަ ތިކުރަނީ؟” އަނޫޝާ ނިކުތް އިރަށް ޝަރީފާ ހަޅޭ ލަވަން ފެށިއެވެ. ކޮޓަރި ތެރޭ އިން ޒިހާންއަށްވެސް އަޑު އިވުނެވެ.

“އަހަރެން—” އަނޫޝާ އެއްޗެއް ބުނަން އުޅުނެވެ.

“މިރެއަށް ކުރަން ހުރި މަސައްކަތެއް އަނޫޝާއަކަށް ނޭނގޭތަ؟ ކޮޓަރި ތެރެއަށް ވަދެ އޮތީމަ ކާކު އެހުރިހާ ކަމެއް ކުރާނީ؟” އަނޫޝާ ބުނާ އެއްޗެއް އަޑު އަހާކަށްވެސް ޝަރީފާ ބޭނުމެއް ނޫނެވެ.

އަނޫޝާ އިތުރަށް ވާހަކަ ނުދައްކާ ޝަރީފާއާ އެކީ ތިރިއަށް ފޭބިއެވެ. އިރުކޮޅެއް ފަހުން ޒިހާންވެސް ކޮޓަރިން ނިކުމެ ތިރިއަށް ފޭބިއެވެ. އަނޫޝާއާ މެދު ވިސްނަމުން ސިޑިން ފައިބަމުން ދިޔައިރު މައްޗަށް އަރައިގެންއައި ޝިޔާޒް ޒިހާންއަކަށް ނުފެނެއެވެ.

“ޒިހާން…” ޝިޔާޒްގެ ކައިރިން ލާފައި ފައިބަން އުޅުނު ޒިހާންގެ އަތުގައި ހިފާ ހުއްޓުވަމުން ޝިޔާޒް ގޮވާލިއެވެ.

“ޝިޔާޒް…” ކުރިމަތިން ޝިޔާޒް ފެނުމުން ޒިހާންއަށް ބުނެވުނެވެ.

“ކޮން ހިޔާލެއްގަ ހުރެގެންތަ ކުރިމަތިން އަހަރެން އައިތަންވެސް ނުފެނުނީ؟” ޝިޔާޒް އަހާލިއެވެ.

“ހިޔާލޭ… ޝިޔާޒްއަށްވެސް އެނގޭނެ އަހަރެން ކުރާނެ ހިޔާލު” ޒިހާން ބުންޏެވެ.

“ދެންމެތަ ތިއައީ؟” ޝިޔާޒް މައްޗަށް އަރަމުން އަހާލިއެވެ.

“އަދި ނުވޭ ގިނަ އިރެއް…” ޒިހާން ޖަވާބު ދިނެވެ.

“އަނޫ ކޮބާ؟” ޝިޔާޒް އަނޫޝާއާ ނެހޭ ގޮތުން އެހިއެވެ.

ޒިހާން އެއްޗެއް ނުބުނެ ކޮނޑު އަރުވާލިއެވެ.

“ހަމަ ޗާންސެއް ނުލިބޭ ދޯ!” ޝިޔާޒް ކުރީ ސުވާލެއް ނޫނެވެ.

“ދެންމެވެސް އަހަރެން އައި އިރު އަނޫ އޮތީ ރޯން… އަހަންނަށް ކިހިނެއްތޯ ވީ އަހާނުލެވިގެން އުޅެނިކޮށް ޝިޔާޒް މަންމަ އައިސް ހަޅޭ ލަވަލަވާފަ އަނޫ ގޮވައިގެން ގޮއްސި” ޒިހާން ކިޔާދިނެވެ.

“މަންމަދޯ! އަހަރެން ހިތަށް އަރާ މަންމަ ކީށްވެބާއޭ އެހެން ހަދަނީ… ހާދަ ވަރަކަށް މަސައްކަތް ކޮށްފީމޭ މަންމައަށް ވިސްނައި ދެވޭތޯ… އެކަމަކު… ބައްޕަ ނިޔާވި ފަހުންނޭ އަދި މާކަންތައް ބޮޑު ވެގެން މިއުޅެނީ” ޝިޔާޒް ފުން ނޭވައެއް ދޫކޮށްލިއެވެ.

“ޒިހާން އެވާހަކަ ދެއްކިންތަ އަނޫއާ؟” މިނަޓެއްހާ އިރު ފަހުން ޝިޔާޒް އެހިއެވެ.

“ކިހިނެއް ބުނާނީ؟ މިވީ ދެމަހެއްހާ ދުވަސް ތެރޭގަ ނޭނގެ އަހަރުމެންނަށް ބައިގަޑިއެއްހާ އިރުވެސް ވާހަކަ ދައްކާލެވުނު ކަމެއް… ދެން ކިހިނެއް އެކަހަލަ ވާހަކައެއް ދައްކާނީ؟” އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޒިހާން ބުނެލިއެވެ.

“ދެން އަނޫ ކައިރީގަ ނުބުނެ ވިޔަސް ހުރިހާ ކަމެއް ހަމަ ޖައްސަންވީނު؟” ޝިޔާޒް ހިޔާލެއް ދިނެވެ.

“އެހެން ކިހިނެއް ހަދާނީ؟ ރައްޓެހި ވިޔަސް އަހަންނަކަށް ނޭނގެ އަނޫ ގަބޫލު ވާނެ ކަމެއްވެސް… ހަމަ ގައިމުވެސް އަހަރެން ވަރަށް ލޯބިވޭ، މިއަދުވެސް އިންނަން ބޭނުން… އެކަމަކު އަނޫގެ ހިޔާލުވެސް ހޯދައިގެނެއްނު އެވަރުގެ ކަމަކާއިގެން އުޅެވޭނީ؟” ޒިހާން އޭނައަށް ފެންނަ ގޮތް ޝިޔާޒްއާ ހިއްސާ ކުރިއެވެ.

“ޝިޔާޒް ބުނެބަލަ… އަނޫގެ ކުށެއްތަ އޭނަގެ މަންމައާ ބައްޕަ މަރުވުން އެއީ؟ އެކަމުން އެންމެ ބޮޑު ހިތާމައެއްވެސް ލިބުނީ ހަމަ އަނޫއަށް… ޝިޔާޒް މަންމައަށް އަނޫ ބަލަން ޖެހުމަކީ އަނޫ ކުރާނެ ކަމެއްތަ؟ އެހެރީ އޭނަ އުޅޭ ގޮތް… އެކަމަކު އަބަދުވެސް އިވޭނީ އޭނައާ ދިމާއަށް ހަޅޭލަވާ އެއްޗެހި ކިޔާ އަޑު… އެއްފަހަރުވެސް ހިތަކަށް ހަމަ ނާރާތަ އެއީވެސް އިންސާނެކޭ؟ އޭނަގެ ހިތަށްވެސް އަސަރު ކުރާނެޔޭ؟ އަހަންނަށް ވާނެ ނަމަ ދެން އެންމެ އިރުކޮޅަކުވެސް އަނޫ މިގެޔަކު ނުބަހައްޓާނަން… މިއަދުވެސް އިނދެގެން އަހަންނާ އެކީ ގެންދަން ތައްޔާރަށް މިހިރީ، އެކަމަކު އެކަންވެސް ނުވެގެން މިއުޅެނީ”

ޒިހާންއަށް އަނޫޝާ އެހެން އުޅޭތަން ދެކެން އުނދަގޫ ވާވަރު ޒިހާންގެ ވާހަކައިންވެސް ޝިޔާޒްއަށް ވިސްނުނެވެ. ކޮންމެ ގޮތަކުން ވިޔަސް އަނޫޝާއަށާ ޒިހާންއަށް އެހީ ވާން އެވަގުތު ޝިޔާޒް އަމިއްލަ ނަފްސަށް ވައުދު ވިއެވެ.

އަނޫޝާއަކީ ޝިޔާޒްއާ ދެބޭންގެ ދެދަރި ކުއްޖެކެވެ. ޝިޔާޒްގެ ބައްޕަ ލަތީފްއަކީ އަނޫޝާގެ ބައްޕަ ނައީމްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އަނޫޝާގެ އުމުރުން 11 އަހަރުގައި ނައީމްއާ އަނޫޝާގެ މަންމަ އާމިލާ ވަނި ނިޔާ ވެފައެވެ. އޭގެ ފަހުން މިވީ 7 އަހަރު އަނޫޝާ ހުންނަނީ ބޮޑުބޭބެ ކައިރީގައެވެ. އަނޫޝާ ފުރަތަމަ އެގެޔަށް އައި ދުވަހުން ފެށިގެންވެސް ޝަރީފާ އަނޫޝާ ދެކެ ވަރަށް ރުޅި އާދެއެވެ. ލަތީފަކީ މާގިނައިން ވާހަކަ ދައްކާ ނޫޅޭ ބަސްމަދު މީހެއް ކަމުން ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރާ ގޮތާ ނުރުހުނު ނަމަވެސް ގިނަ ފަހަރަށް އެއްޗެއް ނުބުނެ ދޫކޮށްލަނީއެވެ. ލަތީފުގެ ދުނިޔޭގަވެސް ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރަމުން އައި ގޮތަށް ބަދަލެއް ނައިސް އެކަންތައް އޭރަށް ވުރެ ގޯސް ވީ 4 އަހަރު ފަހުން ލަތީފުވެސް ނިޔާ ވުމުންނެވެ.

ޝިޔާޒް ކިތަންމެ ވަރަކަށްވެސް ޝަރީފާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރާ ގޮތަކަށް ބަދަލެއް ގެނައުމުގައި ކާމިޔާބެއް ނުވިއެވެ.

އަނޫޝާއަކީ އަބަދުވެސް ވަރަށް މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރާ ގޮތާމެދު ދުވަހަކުވެސް އަނޫޝާ އެއްޗެއް ނުބުނެއެވެ. ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްފަވެސް ޝަރީފާ އެއްޗެހި ކިޔުމުންވެސް އަޑު އަހަން ހުންނަނީއެވެ. ލަތީފު ހުރި އިރުވެސް އަދި އޭގެ ފަހުންވެސް އަނޫޝާގެ އެންމެ ބޮޑު ހިމާޔަތްތެރިއަކީ ޝިޔާޒްއެވެ. ގިނަ ފަހަރަށް ޝަރީފާގެ ވިހަ ބަސްތަކުން އަނޫޝާ ދިފާއު ކުރަނީ ޝިޔާޒްއެވެ. ޝިޔާޒްގެ އިތުރުން ޝިޔާޒްގެ ކޮއްކޮ ޝައުފާވެސް ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރާ ގޮތުން ހިތްހަމަ ނުޖެހި ޝަރީފާއަށް ވިސްނައިދެވޭތޯ ބަލައެވެ.

ފަހަކަށް އައިސް ކުރިއަށް ވުރެން ބޮޑަށް ޝަރީފާ އަނޫޝާ ދެކެ ރުޅި އަންނަކަން އަނޫޝާއަށް ވަނީ ފާހަގަ ކުރެވިފައެވެ. އަނޫޝާގެ އިތުރުން ގޭ އެހެން މީހުންނަށްވެސް އެކަން ފާހަގަ ކުރެވެއެވެ. ކުރިއަށް ވުރެން ބޮޑަށް ޝަރީފާ އަނޫޝާ ދެކެ ރުޅި އަންނަން ވީ ސަބަބެއް އަނޫޝާއަކަށް ނުވިސްނެއެވެ. ނަމަވެސް އެހުރިހާ ކަމަކަށް އަނޫޝާ ކެތްތެރި ވަނީ ޒިހާން މަތިން ހަނދާން ކުރަމުންނެވެ. ޒިހާންގެ ލޯތްބަށް އިތުބާރު ކުރެވޭތިއެވެ.

ޝަރީފާގެ މިޒާޖު އެހާ ބަދަލު ވި ސަބަބު އަނޫޝާއަށް ނޭނގުނު ނަމަވެސް އެކަން ޝިޔާޒްއަށް އެނގެއެވެ. އެހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ޝިޔާޒްގެ ކޮއްކޮ އަދި ޝަރީފާގެ އެންމެ ހަގު ދަރިފުޅު ޝަމްހާއެވެ.

ޒިހާންއަކީ ޝިޔާޒްގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަބަދުހެން ޝިޔާޒްމެން ގެޔަށްވެސް އައިސް އުޅޭނެއެވެ. އަނޫޝާއަށް ފުރަތަމަ ޒިހާން ފެނުނު ދުވަހުން ފެށިގެންވެސް އަނޫޝާ ވަނީ ޒިހާންއަށް ހިތް ހަދިޔާ ކޮށްފައެވެ. ނަމަވެސް އަނޫޝާ އެކަން އެއްވެސް މީހަކަށް ނާންގައެވެ.

ޒިހާންއަށް އަނޫޝާއާ މެދު ވިސްނެން ފެށީ ޝިޔާޒްގެ ސަބަބުންނެވެ. ޝިޔާޒްމެން ގެޔަށް އަނޫޝާ އައި ދުވަހުން ފެށިގެންވެސް އަނޫޝާ ކުރާ ހިތާމަ ޝިޔާޒްއަށް ސިއްރެއް ނުވެއެވެ. އެއްވެސް މީހެއް ކައިރީގައި އެވާހަކަ ނުދެއްކި ނަމަވެސް އަނޫޝާ ހުންނަނީ އުފަލުން ނޫންކަން ޝިޔާޒްއަށް އެނގެއެވެ. އެކަމާ ބެހޭ ގޮތުން ޝިޔާޒް އެންމެ ގިނައިން ވާހަކަ ދައްކަނީ ޒިހާންއާއެވެ. އެވާހަކަތައް އަޑު އަހާފައި ޒިހާން އަނޫޝާއާ މެދު ހަމްދަރްދީ ވިއެވެ. މަދުމަދުން އަނޫޝާއާ ވާހަކަ ދައްކަން ޒިހާން މަސައްކަތް ކުރީ އަނޫޝާ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ކޮންމެވެސް ކަމެއް ކޮށްދިނުމަށް ޓަކައެވެ. ކުޑަކުޑަ އުފަލެއް ނަމަވެސް އަނޫޝާއަށް ހޯދައި ދެވޭތޯއެވެ.

ޒިހާންއާ ވާހަކަ ދައްކާލެވުމުން އަނޫޝާގެ މޫނު މަތިން ފާޅުވާ ހިތްހަމަ ޖެހުމާ އުފާ ފެނުމުން ޒިހާންގެ ހިތަށްވެސް ލިބެނީ އުފަލެކެވެ. ޒިހާންއާ ވާހަކަ ދައްކާ އިރު އަނޫޝާގެ މޫނު މަތިން ފެންނަ ހިނިތުންވުން ޒިހާންގެ ހިތުގައި ފޮޓޮއެއްހެން ކުރެހިގެން ދިޔައެވެ. ގިނަ ގިނައިން އަނޫޝާއާ ވާހަކަ ދައްކާ ހިތްވާން ފެށުމުން އެކުރެވޭ އިހުސާސްތަކާ މެދު ވިސްނަން ޒިހާންއަށް މަޖުބޫރު ވިއެވެ. މިވެވެނީ ލޯބިކަން ޒިހާންއަށް ވިސްނުނީ ދުވަސްކޮޅެއް ފަހުންނެވެ.

އަނޫޝާ ޒިހާންއާ މެދު ދެކޭ ގޮތް ޒިހާންއަށް އެނގުނީ ޝިޔާޒްގެ ކޮއްކޮ ޝައުފާގެ ފަރާތުންނެވެ. އެކަން އެނގުމާ އެކު ޒިހާން އަނޫޝާއަށް ލޯބި ހުށަހެޅިއެވެ. އަނޫޝާވެސް އެލޯބި ވަގުތުން ގަބޫލު ކުރީ ޒިހާން އަނޫޝާ ދެކެ ލޯބިވާކަން ޔަގީން ވާތީއެވެ. ދެމީހުންގެ ގުޅުން ފެށުނީ އެހިސާބުންނެވެ. ޒިހާންގެ ފަރާތުން އަނޫޝާއަށް ލިބޭ އަޅާލުމާ ލޯބި ފެނުމުން ޝިޔާޒްއާ ޝައުފާވެސް އުފާ ވިއެވެ.

ނަމަވެސް އެކަމާ ޝަމްހާ ހިތް ހަމައެއް ނުޖެހުނެވެ. އެތައް ދުވަހެއް ވަންދެން ޒިހާންއަށް ފާރަލަމުން ދަނިކޮށް ޒިހާންއާ އަނޫޝާ ރައްޓެހިވި ކަން އެނގުމުން ކުރިންވެސް އަނޫޝާ ދެކެ ރުޅި އަންނަ ޝަމްހާ ވަކިން ބޮޑަށް އަނޫޝާ ދެކެ ރުޅިއައެވެ.

އެރުޅީގަ ޝަމްހާ އެހުރިހާ ކަމެއް ޝަރީފާއަށް ކިޔާދިނެވެ. ޝަރީފާވެސް އަނޫޝާ ދެކެ އަންނަމުން ދިޔަ ރުޅި އެތައް ގުނައެއް އިތުރުވީ އަމިއްލަ ދަރުފުޅަށް ނުލިބުނު އެއްޗެއް އަނޫޝާއަށް ލިބުމުންނެވެ. އެކަން ހުއްޓުވަން ވެގެން ޝަރީފާ އެވާހަކަ ދެއްކީ ޝިޔާޒްއާއެވެ.

ގެޔަށް އަންމަ މީހުންނާ އެކު އަނޫޝާ ބާއްވަން ނުޖެހޭ ގުޅުން ބާއްވާތީ އެކަން ހުއްޓުވާށޭ ބުނެ ޝިޔާޒް ގާތު ޝަރީފާ ވާހަކަ ދެއްކީ އެކަން ޝިޔާޒްއަށް ނޭނގޭ ކަމަށް ހީކޮށެވެ. އަދި އެކަމަށް ޝިޔާޒް ހުރަސް އަޅާ އަނޫޝާ ހުއްޓުވާނެ ކަމުގެ އުންމީދުގައެވެ.

ނަމަވެސް ޝިޔާޒް އެކަމުގައި ޝަރީފާއާ އެއްކޮޅަކަށް ވާހަކައެއް ނުދެއްކިއެވެ.

“އެއީ އަނޫގެ އަމިއްލަ ކަމެއް، އަހަރުމެން ކީށްކުރަން އެކަމާ ބެހެންވީ؟ އެހެން ނޫނަސް އެއީ މިހާރު ކުޑަ ކުއްޖެއްވެސް ނޫނެއްނު؟ ޒިހާންއާ ގުޅެން ބޭނުމިއްޔާ އަހަރުމެން އަނޫ ހުއްޓުވަން ވީ ކީށްކުރަން؟ އޭނަގެ އަމިއްލަ ދިރި އުޅުމުގަ އެކަހަލަ ކަންތައް ނިންމާނީ އޭނަ އަމިއްލައަކަށްނު؟” ޝިޔާޒް ޝަރީފާއަށް ދިން ޖަވާބަކީއެއީއެވެ.

“އަނޫޝާއަށް ނުފެނުނުތަ ޒިހާން ނޫން މީހަކު؟” ޝަރީފާއަށް އަހާލެވުނެވެ. ޝަރީފާގެ އެ ސުވާލުން ޝިޔާޒް ހައިރާން ވިއެވެ. ޒިހާންއަކީ ގޯސް މީހެއް ހެން މަންމައަށް ހީވަނީ ބާއެވެ؟

“ޒިހާން ކިހިނެއްވީ؟ އެއީ ގޯސް މީހެއް ހެން މަންމައަށް ހީވަނީތަ؟” ޝިޔާޒް އަހާލިއެވެ.

“މަށަށްވެސް އެނގޭ އެއީ ރަނގަޅު މީހެއް ކަން… އެކަމަކު ޝަމްހާ ޒިހާން ދެކެ ލޯބި ވާކަން އެނގި ހުރެ އަނޫޝާ ވޭތަ އޭނައާ ރައްޓެހި ވާން؟”

“ޝަމްހާއޭ…؟” އެއީ ޝިޔާޒްއަށް އާ ހަބަރެއް ކަމުން އަހާލެވުނީ ހައިރާންވެ ހުރެއެވެ.

“އާނ… އެކުއްޖާ ކިހާ ދެރަ ވާނެ…؟ އެވަރު އެ އަނޫޝާއަށް ނޭނގުނުތަ؟” ޝަރީފާ ރުޅިވެރި ކަމާ އެކީ ބުނެލިއެވެ.

“އަނޫއަށް އެނގޭތަ؟” އަނޫޝާއަށް އެކަން އެނގޭ ނަމަ ޒިހާންއާ ރއްޓެހި ނުވާނެ ކަން ޔަގީން ވި ނަމަވެސް ޝިޔާޒްއަށް އަހާލެވުނެވެ.

“ކީށްވެތަ ނޭނގެންވީ؟ އޭނައަށް އެނގޭނެ… މަގޭ ޝަމްހާއަށް އުފަލެއް ލިބުނަ ނުދޭން ވެގެން އޭނަ ގަސްތުގަ ކުރި ކަމެއް އެއީ” ޝަރީފާ އަނޫޝާއާ މެދު ހިތުގަވާ ރުޅިވެރިކަން ބޭރު ކުރަމުން ދިޔައެވެ.

ޝަރީފާ އެހެން ބުނުމާ އެކީ އެއީ ދޮގެއް ކަން ޝިޔާޒްއަށް ޔަގީން ވިއެވެ.

“އަނޫއަށް އެނގޭ ނަމަ އޭނަ އެހެން ނުހަދާނެ ކަން އަހަންނަށް ޔަގީން… އެހެން ނޫނަސް ޒިހާންވެސް ލޯބި ވަނީ އަނޫ ދެކެ، އެންމެ ރަނގަޅު ވާނީ މިކަމާ ދެން އިތުރު އެއްޗެއް ނުބުނުން” ޝިޔާޒް ބުންޏެވެ.

“އާނ! ޝިޔާޒްގެ ކޮއްކޮއަކީ އެއަނޫޝާ ވިއްޔަ… ޝަމްހާ އަކީ ޝިޔާޒްގެ އެއްވެސް މީހެއް ނޫން…” ޝަރީފާ ޝަކުވާ ކޮށްލިއެވެ.

“މަންމައަށްވެސް އެނގޭނެ ތީ ތެދެއް ނޫން ކަން… އަނޫއާ ޝަމްއާ ޝައު ދެކެ އަހަރެން ލޯބި ވަނީ ހަމަ އެއްވަރަކަށް…” ޝިޔާޒް ޝަރީފާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ޝަރީފާ ހުރީ އެއަޑު އަހާ ގޮތަކަށް ނޫނެވެ.

“އެހެން ނަމަ މިއަދު އަނޫޝާއާ އެއްކޮޅަކަށް ނޫން ޝިޔާޒް ހުންނާނީކީ… ޝަމްހާއަށް އޭނަގެ އުފާ ހޯދަދޭން މަސައްކަތް ކުރީސް” ޝަރީފާ ބުންޏެވެ.

“މަންމާ، ތީ އެންމެ ރަނގަޅު ގޮތް ނަމަ އަހަރެން ކަންތައް ކުރީހީ ތިހެން، އެކަމަކު މަންމައަށްވެސް އެނގޭނެ ތީކީ ރަނގަޅު ގޮތެއް ނޫން ކަން، މަންމަ ގަބޫލު ކުރުމާ ނުކުރުން އެއީ އެހެން ކަމެއް. އެންމެ ރަނގަޅު ވާނީ މަންމަ ޝަމްއަށް ވިސްނައި ދިނިއްޔާ” ޝިޔާޒް ބުންޏެވެ. އަދި އެތަނުން ދިޔައީ އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ކިތަންމެ ވަރަކަށް ވިސްނައިދިނަސް އަނޫޝާއަށް އުފަލެއް ލިބެން އޮތް ގޮތަކަށް ޝަރީފާ އެއްބަސް ނުވާނެ ކަންވެސް އެނގޭތީއެވެ.

ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް ޝަރީފާއާ ޝަމްހާ އަކީ ޝިޔާޒްގެ އާއިލާއެވެ. އެމީހުން ދެކެ ޝިޔާޒް ލޯބި ވެއެވެ. އަދި އެހެން މީހަކު އެމީހުން ދެކެ ނުރުހުން ވާކަށް ޝިޔާޒް ނޭދެއެވެ. އެ ދުވަހު ދެކެވުނު އެއްވެސް ވާހަކައެއް ޝިޔާޒް ޒިހާން ކައިރީގައި ނުބުނީ އެހެން ވެއެވެ.

“ދެން އަހަރެން ދަނީ، ކިތަންމެ އިރަކު ހުއްޓަސް ދެން އަނޫއަށް ވަގުތެއް ނުވާނެ… ބައެއް ފަހަރު ހީވޭ އަހަރެން އައިއްސިއްޔާ ޝިޔާޒް މަންމަ އަދި ވަކިން…” ޒިހާން ބުނަން އުޅެފަވެސް ނުބުނެ ދޫކޮށްލިއެވެ.

ޒިހާން ބުނަން އުޅުނީ ޒިހާން އައުމުން ޝަރީފާ އަވަހަށް އަނޫޝާއަށް ގޮވާ ޒިހާންއާ ވާހަކަ ދެއްކިޔަ ނުދޭން މަސައްކަތް ކުރާ ވާހަކަ ކަން ޝިޔާޒްއަށް ވިސްނުނެވެ.

“މިރޭ އަންނާނަން ދޯ؟” ޝިޔާޒް ވާހަކަ ބަދަލު ކޮށްލިއެވެ.

ޒިހާން ގާތަށް ހިނިއައެވެ.

“އާނ… ޔަގީނެއްނު؟ އަހަރެންވެސް ޖެހޭނެއެއްނު ޝިޔާޒްގެ އިންލޯސްއާ ބައްދަލު ކުރަން؟” ޒިހާން ޝިޔާޒްގެ ކޮނޑުގައި ޖަހާލަމުން ދިމާ ކޮށްލިއެވެ. “އެހެން ނޫނަސް އޭރުން އަނޫއާ ވާހަކަ ދައްކާލާނެ ޗާންސެއް ލިބިދާނެ ކަންނޭނގެ”

“އާނ، މިރޭ އާދޭ، އަހަރެން ތިޗާންސް ހޯދަދޭނަން” ޝިޔާޒް ޔަގީން ކަން ދިނެވެ.

 

ބަދިގޭގެ ކަންތައް ނިންމާލާފައި އަނޫޝާ ގޮސް ފެންވަރާލިއެވެ. މިޒްނާމެންގޭ މީހުން އަންނަން ވާއިރަށް އަދި ކާން ތައްޔާރު ކުރަންވެސް ޖެހޭތީއާ އެކީ އަނޫޝާ އަވަސް ކޮށްލައިގެން ނިކުމެ ނަމާދު ކޮށްލައިގެން ތެދުވިތަނާ ޝިޔާޒް އައިސް އެކޮޓަރިއަށް ވަނެވެ.

“ދޮންބޭ، ކަމަކުތަ؟” އަނޫޝާ އަހާލިއެވެ.

“ކަމަކު ނޫން، މެސެޖެއް ދޭން ވެގެން” ޝިޔާޒް އެހެން ބުނުމާ އެކީ އަނޫޝާގެ މޭ ބާރަށް ތެޅިގަތެވެ. ޝިޔާޒް ބުނަން އެއުޅެނީ ޒިހާންގެ ވާހަކައެއް ކަން ޔަގީނެވެ.

“ޒިހާން ބުނި މިރޭ ނައިން އެހާ ކަންހާ އިރު އަންނާނަމޭ، އަނޫ ކުޑަ ވަގުތު ކޮޅަކަށް ވިޔަސް ފްރީ ވެލައްޗޭ” ޝިޔާޒް ބުންޏެވެ.

“ދޮންބެއަށް އެނގޭނެ އަހަންނަށް ވަގުތެއް ނުވާނެކަން. މިރޭ އަދި ވަކިން… ފަހަރެއްގަ މިޒޫމެން ދިޔައީމަ…” އަނޫޝާ އިސް ޖަހާލަމުން ބުންޏެވެ.

“އެންމެ ރެއަކު ޝަމްއަށްވެސް ބަދިގޭ ކަންތައް ބަލާލެވިދާނެއެއްނު؟” އެހެން ބުނި އިރުވެސް ޝަމްހާ ބަދިގެއަށް ނުވަންނާނެކަން ޝިޔާޒްއަށް އެނގެއެވެ.

އަނޫޝާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. އެހެން ގޮތެއް އޮތްތޯ ޝިޔާޒް ވިސްނާލިއެވެ. ނަމަވެސް ގޮތެއް ނުވިސްނުނެވެ.

“އަނޫ، ދޮންބޭ” އެވަގުތު ކޮޓަރިއަށް ވަންނަމުން ޝައުފާ ގޮވާލިއެވެ.

ޝައުފާ ފެނުމާއެކު ޝިޔާޒްއަށް ގޮތެއް ވިސްނުނެވެ.

“ޝައު، ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ” ޝިޔާޒް ބުންޏެވެ.

“ކޮން ކަމެއް؟” އެތެރެއަށް ވަދެ އެނދުގައި އިށީންނަމުން ޝައުފާ އަހާލިއެވެ.

“ޝައުއަށްވެސް މަންމަގެ ގޮތް އެނގެއެއްނު؟ މިރޭ ޒިހާން ބޭނުންވޭ އަނޫއާ މީޓް ކޮށްލަން—”

“އަނޫއާ ޒިހާންއޭ؟ އަސްލުތަ؟ ކޮން އިރަކު؟” ޝިޔާޒްއަށް އެހިސާބަށް ބުނެވުނު އިރަށް ޝައުފާ އަހާލިއެވެ.

“އާނ، އިހަށް އަޑު އަހާބަލަ! މިރޭ މިޒޫމެން ފެމިލީ އަންނާތީ މަންމަ މާ ވަރުގަދަ ކެއުމެއް ތައްޔާރު ކޮށްގެން އެކަމުގަ އަނޫ ސްޓަކް ވެގެން މިއުޅެނީ… ޝައު ކޮށްދޭން ވީ ކަމަކީ އަނޫއަށް ހުރި މަސައްކަތާ ހަވާލު ވާންވީ މިރޭ” ޝިޔާޒް ބުންޏެވެ.

“ހާސް ނުވޭ، އަހަރެން މިހިރީނު؟ ދެން އަނޫ ރެޑީވޭ ޒިހާންއާ މީޓް ކުރަން” ޝައުފާ ބުނެލިއެވެ.

“ގުޑް ގަރލް! ތޭންކްސް” ޝައުފާގެ ބޮލުގަ ފިރުމާލަމުން ޝިޔާޒް ބުންޏެވެ. އަދި އަނޫޝާއަށް ބަލާލާފައި ނިކުތެވެ.

“އަނޫވެސް ހާދަ ސީކްރެޓިވް ވެއްޖޭ ދޯ މިހާރު؟ އަންގާވެސް ނުލާ ވިއްޔަ…” ޝައުފާ އަނޫޝާއާ ދިމާ ކޮށްލިއެވެ.

“ނޫނޭ، ސީކްރެޓިވް ވީކީ ނޫން، އަދި މާގިނަ ދުވަހެއްވެސް ނުވޭ، އެންމެ ދެމަސް، އެހެން ނޫނަސް ދޮންތަވެސް ނުވެސް އާދޭ ވިއްޔަ އެހާ ވަރަކަށް” އަނޫޝާ އިސްތަށިގަނޑު ނިއުޅާލަމުން ބުންޏެވެ.

“އަންނަ ކަމަށް ވަނީ ކިހާ ވަރަކަށް އައިމަތަ؟ ގައިމުވެސް މިދިޔަ ދެމަސް ތެރޭގަ ހައެއްކަ ފަހަރު އައިން މިގެޔަށް، އެކަމު އަނޫއަށް އަހަރެން ކައިރީގަ އެވާހަކަ ބުނާނެ ވަގުތެއް ނުވި” ޝައުފާ ޝަކުވާ ކޮށްލިއެވެ.

“އަހަންނަށް އެވާހަކަ ނުބުނެވުނީ ކީއްވެ ކަން ދޮންތަ ތި ބުނީ އަމިއްލައަށް” އަނޫޝާ ބުންޏެވެ.

“އަހަރެން ކީކޭ ބުނީ؟” ބުނެވުނީ ކީކޭތޯ ހަނދާން ކުރަމުން ޝައުފާ އަހާލިއެވެ.

“އަހަންނަށް ދޮންތަ ކައިރީގަ އެވާހަކަ ބުނާނެ ވަގުތެއް ނުވީއޭ…” އަނޫޝާ ހަނދާން ކޮށްދިނެވެ.

“އާނ، ދޯ!” ޝައުފާ ބުނެލިއެވެ. “އަސްލުވެސް، އަހަރެން އަޔަސް އަނޫ އަބަދު އުޅޭނީ މަސައްކަތުގަ… ދެން އެންމެ ރަނގަޅު، ސޮރީ!” ޝައުފާ ބުންޏެވެ.

“ދޮންތަ މާފަށް އެދޭ ވަރުގެ ކަމެއް އަދި ނުވެޔޭ” ޝައުފާ ކައިރީގައި އިށީނދެފައި އަނޫޝާ ޝައުފާގެ އަތުގައި ހިފާލިއެވެ.

“އަސްލުވެސް އެވަރު އަހަންނަށްވެސް ވިސްނެން ވާނެދޯ؟ އަހަރެން ހިތަށް އަރާ މަންމަ ކީއްވެ ބާއޭ އަނޫ ދެކެ އެހާ ރުޅި އަންނަނީ…” ޝައުފާ ދެރަ ވެފައި ބުންޏެވެ.

“އެކަމު ދޮންބެއާ ދޮންތަ އަހަރެން ދެކެ ލޯބި ވަމެއްނު؟ އެވަރުން އަހަންނަށް ފުދޭ” އަނޫޝާ ބުންޏެވެ.

“އެވަރަކުން ނުފުދޭނެ… އެހެން ވީމަތާ ޒިހާން އެއުޅެނީ. ބުނެބަލަ، ޒިހާން ވަރަށް ލޯބިވޭތަ އަނޫ ދެކެ؟” ޝައުފާ އަހާލިއެވެ.

“އާނ، ހީވަނީ އެހެން… ދޮންތަ ބުނެބަލަ، ލޯބި ވަންޏާ ކިހިނެއް އެނގޭނީ؟” އަނޫޝާ ޝައުފާއަށް ބަލާލިއެވެ.

“ލޯބި ވަންޏާ… ޒިހާން ދެރަ ވޭތަ އަނޫ އުޅޭ ގޮތުން؟… އޭނަ ދައްކާ ވާހަކައިން އެކަން އިހުސާސް ވޭތަ؟”

އަނޫޝާ ޝައުފާގެ ކޮންމެ ސުވާލެއްގެ ޖަވާބުގައި ބޯޖަހާލައެވެ.

“އަނޫ ޒިހާންއާ ވާހަކަ ދައްކަން އިންނަ އިރު—” ޝައުފާ އެހެން ސުވާލެއް ކުރަން އުޅުނެވެ. ނަމަވެސް އެއަށް ވުރެން ކުރިން އަނޫޝާ ވާހަކަ ދައްކަން ފެށިއެވެ.

“އަހަރުމެން ނުތިބެމޭ ވާހަކަ ދައްކާކަށް، ޒިހާން އަޔަސް އަހަންނަށް ވަގުތެއް ނުވޭ” އިސް ޖަހާލާފައި އަނޫޝާ ބުންޏެވެ.

“އެކަމާ ޒިހާން އަނޫ ދެކެ ރުޅި އާދޭތަ؟” ޝައުފާ އެހިއެވެ. ޖަވާބުގައި އަނޫޝާ ދެފަރާތަށް ބޯހަލުވާލިއެވެ.

“ދޮންތައަށްވެސް ހީވަނީ ޒިހާން އަނޫދެކެ ވަރަށް ލޯބި ވޭހެން… އަނޫ، ޒިހާންއާ މެރީ ކުރައްޗޭ!” އަނޫޝާގެ އަތުގަ ހިފާލަމުން ޝައުފާ ބުންޏެވެ.

“ކީއްވެ ތިހެން ތިބުނީ؟” އަނޫޝާ އަހާލިއެވެ.

“މުޅި އުމުރުގަ އަނޫއަށް މިހެން އުޅެވޭނެތަ؟ އަނޫ ނުބުންޏަސް އަހަރުމެންނަށް އެނގޭ މަންމަ އަނޫއަށް ރަނގަޅެއް ނޫން ކަން، އަހަރެން ބޭނުން ވަނީ އަނޫ ދެކެ  ވަރަށް ލޯބިވާ މީހަކާ އިނދެގެން އަނޫ ވަރަށް އުފަލުގަ އުޅޭ ތަން ދެކެން… ޒިހާންއާ އިނދެގެން ދިޔައިމަ އަނޫއަށް މިކަންތައްތަކުން ސަލާމަތް ވެވޭނީ” ޝައުފާ ބުންޏެވެ.

އަނޫޝާ އެއްޗެއް ނުބުނެ އިނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އެލޯބި ހަނދާންތައް

Next

މަންޝާ (ފުރަތަމަ ބައި)

Next
March 21, 2016

މަންޝާ (ފުރަތަމަ ބައި)

Previews
March 20, 2016

އެލޯބި ހަނދާންތައް

31 Comments!

  1. Mar Sha Marsha says:
    March 20, 2016 at 6:51 pm

    ހުރިހާ ކުދިން.. މާޝާ އާ ވާހަކަ އަޕްކޮށްލީ އިނގޭ… ކިޔާލާފަ ކަމުދިޔަޔަސް އަދި ކަމު ނުދިޔަޔަސް ކޮމެންޓް ކޮށްލައްޗޭ… ހީކުރަން ލައިކް ވާނެ ކަމަށް…

  2. princess says:
    March 20, 2016 at 7:06 pm

    Wowww vrh nyc…mi vaahaka mi site ga in dhw….btw vrh vrh riithi…waiting for next part

  3. Sam says:
    March 20, 2016 at 7:11 pm

    Feshun v salhi..☺next part maadamaa up kohdehchey plzzzzzzzzz

  4. Nis says:
    March 20, 2016 at 7:21 pm

    Wow.nice

  5. Zaanaa says:
    March 20, 2016 at 7:33 pm

    V reethi next part thankolheh avahah up kohdahchay

  6. Thukko says:
    March 20, 2016 at 7:46 pm

    Nice story avahah next part up koh dhehchey

  7. laimaan says:
    March 20, 2016 at 7:48 pm

    Hama v reethi vaahakaige feshun. Waitin next part ah

  8. manhaa says:
    March 20, 2016 at 7:54 pm

    Vvvv riithi mashaa ge mivaahaka vx keep it nice kn irakun part two up kohla dheynii waitting for next part

  9. Lily says:
    March 20, 2016 at 8:00 pm

    Hafthaa aku kithah dhuvahu genesdhenee mi story….btw v salhi feshun

  10. Azlif says:
    March 20, 2016 at 8:12 pm

    Ey Salhi Ingey! Varah Reethi.. Kuriyah Oeh Episode Thah Ves Reethi Vaanekan Yageen Kuran.. All The Best Marsha.. Much Love

  11. Shane Ibbe says:
    March 20, 2016 at 8:21 pm

    Alheyy! Varah reethi vaahakaige feshun.. Dhen huri baithah ves reethi kuraathi ingey.. Varah molhu.. Hama superb! Good luck ingey! 🙂 😀

  12. Appy says:
    March 20, 2016 at 8:25 pm

    V rythi ….starting vv kiyaahithun mi iny next part avahahh up kohlahchey plx plxxx

  13. Mar Sha Marsha says:
    March 20, 2016 at 8:26 pm

    Thnx hurihaa kudhin.. happy that u liked the beginning.. vaahaka daily up vaane xcept fri n sat… InshaAllah.. ok dho..

  14. Sama says:
    March 20, 2016 at 8:34 pm

    Feshun hama habeys..next prt avahah up kodhehchey…

  15. afu says:
    March 20, 2016 at 8:37 pm

    hello marsha … story ge feshun hama habeys .. thi waruge writter eh neh .. ur the best .. ☺

  16. black rose says:
    March 20, 2016 at 8:50 pm

    Vrh rythi story eh mee… Kurin kin mivaahaka… Nimunu vahaka ves ebain magey athuga.. Ekm adhi kiriya mi enguny marsha ge vahaka ehkan.. Keep it up. Luv u.. Daily koh up kohdheythy thnks

  17. aff says:
    March 20, 2016 at 8:56 pm

    black rose kn sitehgathr mi storh nimifa inyyy

    1. black rose says:
      March 21, 2016 at 10:02 am

      Sitehga eh nun.. Frndeh dhin vahaka thakuge thereyga in mi vahaka.. I mean pen akah alhafa..

  18. aleena says:
    March 20, 2016 at 11:42 pm

    Alheyy Marsha.. Anu akee magey best friend eyy!! ? ekami anu ulhey haalu, ? anu kairi mi story kiyaashey bunan v dhw..

  19. ken? says:
    March 21, 2016 at 10:46 am

    marsha haadha tangalhey…ehn writers gothah noon veema aslu v like vey marsha ge vaahaka thakaa…mibnuy brk ei nais nimendhwn up kohdheytheeve…thankz for dat…really appreciate ur hard work??

    1. SARA says:
      March 21, 2016 at 4:06 pm

      ?????

  20. ken? says:
    March 21, 2016 at 10:48 am

    rangalhey*

  21. Girl says:
    March 21, 2016 at 4:29 pm

    Masha allah v v v v v reethi

  22. Yu mee says:
    March 21, 2016 at 7:58 pm

    Vvvvv nice feshumeh n I knw dhn kuriyah dhaa goi vx rangalhu vaane kan Gud luck Marsha ??

  23. MARIYAM SHAKEELA says:
    March 23, 2016 at 3:51 pm

    MARSHA OLHUVAALAIGEN ULHUNAS THY BODUVARU THY MARIYAM SHAKEELA EHNOONTHA, ADHI THIYA AVAHAH UP KURAA STORYS THAKAKEE MEEGE ETHAH DHUVAHEH, AHARUTHAKEH KURIN MURASIL GA HURI STORIES EYNU, ALAH VAAHAKAEH LIYEFA NEI UP KOHFA EH, KEHI VERIERGEN MAKARU VERIVEGEN ULHUNAS BODUVARU THY.

    1. roassy says:
      March 24, 2016 at 7:26 pm

      emeehaku beynun nickname eh gengulhumuge rights eba othehnu.ehen v ma koba problem akee. marsha makaruveriyakah vaanee ehen meehunge vaahaka copy kurinama eh nu

    2. manjey says:
      April 4, 2016 at 1:27 pm

      Emeehaku beynun nameh ga emeehakah vaahaka liyeveyne.. aiee ehn meehakaa behey kameh noon ingeytho.. mithaa vaahaka kiyaa gina kudhinah egey mee kureege vaahaka kan.. ehn nama vs hama kiyaa hitthun kiyani..

    3. Mar Sha Marsha says:
      June 4, 2019 at 9:24 am

      Yes, my real name is Mariyam Shakeela, alhugandu ge namun Mar and Sha nagaigen Marsha ge namuga stories liyany, maa kurin liyefa huttas mee hama alhugandu ge amilla vaahaka thah, so alhugandu ge namuga mi comment kuri faraathuge shakuwaa aky koba kameh nuvisnunu.

  24. Rish says:
    July 22, 2016 at 4:59 pm

    its cool bt mistakes eba huri writing ga…

  25. No one says:
    February 24, 2019 at 8:23 am

    Marsha ge aslu name alee yashfa tha? Mihen mi bunee ithubaaru nagaa nulaashey e ee yashfa ge story eh v ma..

    1. Mar Sha Marsha says:
      June 4, 2019 at 9:16 am

      Ithubaaru gelluvaa nulaa (Ithubaaru nagaa nulaa ge namuga foiy publish fa innaany) is my own story, vedhaane e namuga yashfa ge story eh iny kamah ves.

Comments are closed.


All Right Reserved!