“ނަޒޫ އުޅެނީ ރީހާންއާ އިންނަން… އޭނަ އާއެކޭ ބުނެފި” ނަދީމް އިތުރަށް މަޑު ކުރަން ނަހަދާ ސީދަލަށް ބުންޏެވެ. އާސިމްއަށް އެއްޗެއް ނުބުނެވުނެވެ. އިސްޖަހައިގެން ހުރި ގޮތަށް ހުރީއެވެ. އެއަޑު އަހާފައި މެއަށް ވީތަދުން ކޮޅަށް ހުރެވެނީ ކިހިނެއް ބާއޭ އާސިމް ހިތަށް އެރިއެވެ. ދެންމެ ދެންމެ ހިތް ފަޅައިގެން ހިނގާއިދާނެޔޭ އާސިމްއަށް ހީވިއެވެ. އަޑުގެ ކޮޅަށް ހަޅޭ ލަވާފައި އެކަން ދޮގު ކުރަން ބޭނުން ވިއެވެ. ނަޒްލާ ކައިރިއަށް ގޮސް އެހެން ނަހަދާށޭ ބުނެ އާދޭސް […]
ފޯނުގައި ހުރި ފޮޓޯތަކަށް ބަލަންހުރި އީލާފްއަށް މިޑު ޖެހިލީ ޔަޒަން އައިސީޔޫ ގައި އޮތް ފޮޓޯއެއް ފެނުމުންނެވެ. އަދިވެސް އެހަނދާން އީލާފް އެބަހުއްޓެވެ. ** ** ** ** ** ** ** ** ** ކޮލެޖު ނިންމާފައި އައި ޔުއާން ހުރީ ވަރަށް ބަނޑުހައި ވެފައެވެ. ކާރު ޕާކުކުރުމަށް އެހާ އަވަސްވެ ގަތީވެސް އެހެން ވެއެވެ. މަޑުމަޑުން ކާރު ފަހަތަށް ގެންދަނިކޮށް ބާރު އަޑަކާއި އެކު ކާރަށް ގުޑުން އެރުމުން އޭނާ ފަހަތަށް ބާލާލިއެވެ. ނަމަވެސް […]
އަސްމާ ޝާއިރުއަށް ބަލާލީ އެސުވާލަށް ޖަވާބު ދޭން އަސްމާ ބޭނުން ނުވާތީއެވެ. ޝާއިރު އަސްމާއާ ދިމާއަށް ބުމަ އަރުވާލިއެވެ. “އެއީ ނަޒޫމެން އޮފީސް މީހެއް، ރީހާން” އަސްމާ ޖަވާބުގައި އެހެން ބުނެފައި އެބަ އަންނަމޭ ބުނަމުން ދަބަސް ހާވަމުން އެތެރެއަށް ވަނީ އާސިމް އިތުރު ސުވާލެއް ކޮށްފާނެތީއެވެ. އަދި އެސުވާލަށް ޖަވާބު ދޭން އަސްމާ ޖެހިލުން ވާތީއެވެ. “އޮފީސް މީހެއް… ނަދީމްވެސް ބުނީ އެހެން… އެދެމީހުން… އެދެމީހުންގެ މެދުގަ ކޮންމެސް ގުޅުމެއް އެބަ އޮތް ދޯ؟” ސުވާލެއް […]
(ފަހު ބައި) ކާމިޔާބު ދަތުރަކަށްފަހު މާނީމެން މާލެއައީ ތައުފީގަށް އުފާވެރި ޚަބަރުތަކަކާއިގެންނެވެ. ފުރަތަމަ ކަމަކީ އައްސަދަށް ހިނގުމެވެ. ދެވަނަ ކަމަކީ ޒާހިރާއާއި ހުސޭނުގެ ހިތްހެޔޮކަން މާނީއަށް ލިބުމެވެ. ނަމަވެސް އެމީހުން އައި ވަގުތަކީ ތައުފީގު ގޭގައި ނެތް ވަގުތެކެވެ. އެހެންނަމަވެސް ސަޕްރައިޒެއް ލިބުނެވެ. ލިބުނު މީހަކީ އައްސަދާއެކު ކާރުން ފޭބި މާނީއެވެ. އެގޭ ދޮރުމަތީގައި ހުރި އިޔަން ފެނިފައި ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އިޙުސާސެއް މާނީއަށް ކުރެވުނެވެ. މާނީއަށް ހުއްޓެވުނެވެ. މާނީ ހުއްޓުމުން ކިހިނެތްވީތޯ […]
“ކީއްވެފަ ކޮޅަށް ތިހިރީ މިތާ އިށީނދެބަލަ..” ދެވަނަ ފަހަރަށް އެހެންބުނުމުން އަހަރެން ސޯފާގައި އިށީނީމެވެ. ” ދޮންބޭ މަ ވަރަށް ހަޑިކޮށް މިހިރީ” ހާސްވެފައިހުރިވަރުން ވާހަކަވެސް ދެއްކުނީ އާގަންނަކަހަލަ ގޮތަކަށެވެ. ” އިނގެއޭ.. އެކަމަކު މިވާހަކަ އިހަށް އަޑުއަހާބަލަ..” ދޮންބެއަށް ބުނެވުނީ އެހާވަރަށެވެ. ފޯނެއް އައުމުން އަތުގެ އިޝާރާތުން މަޑުކުރުމަށް ބުންޏެވެ. ފޯނުކޯލު ނިމެންދެން އަހަރެން ހުރީ ނޭވާ ހިފަހައްޓާލައިގެންނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ” ވަރަށް އަވަހަށް މީހަކަށް ލޭދޭން ޖެހިގެން ކްރަސްމެޗް ހަދާލަން ހޮސްޕިޓަލަށް މިދަނީ.. […]
“މިއަދުގެ ފަހުން މަގޭ ކުރިމައްޗަށް ނާރައްޗޭ!” ރީޝާއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން އާސިމް ބުނެލިއެވެ. އަދި އާޒިމްގެ އަތް ފޮޅުވާލާފައި ސިޑިން އަރާ ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ޖެހިއެވެ. ކާން ހަދާފައި ޔުމްނާ ކޮޓަރިއަށް ވަނީ ނަދީމްއަށް ކާން ގޮވާށެވެ. އޭރު ނަދީމް ޓީވީ ހުޅުވައިގެން އެނދުގައި އޮތެވެ. “ހިނގާ ކާން” އެނދުގައި އިށީނދެފައި ޔުމްނާ ބުންޏެވެ. “ނުކާނަން” ޔުމްނާއާ ދިމާއަށް ބަލާވެސް ނުލާ ނަދީމް ބުނެލިއެވެ. “އަހަރެން ދެކެ ރުޅި އައިއްސަތަ؟” ޔުމްނާ […]
ހަދާނެ ގޮތެއް ނޭނގިފައި އިން އަރީޖްއަށް ފުރަތަމަ ރޮވުނީއެވެ. ދެން ދެތިން މީހަކުއަށް ގޮވައިގެން ޔަޒަން ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަން ފެށިއެވެ. ހޮސްޕިޓަލްއަށް ގެންދިޔައިރު މުނިމީހާ އެއްކޮށް ތުރުތުރު އަޅައެވެ. ޑޮކްޓަރ ބުނީ ޔަޒަން ފިޓް ޖެހެނީ ކަމުގައެވެ. ޔަޒަންގެ އަނގަ ހުޅުވާލުމަށްފަހު ފޮތި ގަނޑެއް ހެޔޮވަރުކޮށްލީ ދޫ ހަލާކުވެދާނެ ކަމުގެ ބިރު ހީވެފައި އޮތީމައެވެ. އޭރުވެސް އެފަކީރު ތުރުތުރު އަޅައެވެ. އަރީޖް ދުވަމުން އެންމެ ފުރަތަމަ ދިޔައީ މާޒިން ފެނޭތޯއެވެ. އެއަށްފަހު އޭނާ ބެލީ […]
އަދި މިވަގުތު ދިއުމަށް އެއްވެސް ހުރަހެއް ވެސް ނެތީ ޒޯހަންއަށް ކަމަށް ވާތީއެވެ. ލެއްވި ރަހްމަތަށްޓަކައި ޒޯހަންއަށް ހިތާހިތުން މާތްﷲ އަށް ޝުކުރު ކުރެވުނެވެ. ޒޯހަންއާއި ނުލާ ޝިޔާރާ ފުރައިގެން ދިޔަނަމަ ފުރާނަ އާއި ހަށިގަނޑު ދެތަންވާނެ ކަމުގައި އެއްވެސް ޝައްކެއްނެތެވެ. ދެދުވަސް ފަހެވެ. ޒޯހަން އެނބުރި އާއުމާއެކު ކައިވެނީގެ ވާހަކަ ދައްކަން ނޫރީ ހުރީ ތައްޔާރު ވެގެންނެވެ. ޒޯހަން ބޭނުންވާގޮތް އަމިއްލައަށް ހާމަކުރޭތޯ ވަރަށް ދުވަސް ދެވިއްޖެ ކަމަށާއި އަންހެންކުއްޖާގެ ފަރާތުން ހުރިހާކަމެއް މިހާރު […]
އެކި ހިޔާލުތަކަށް ގެއްލިފައި އިން ރީމާ ސިހުނީ ރީމާގެ ފިރިމީހާ ޝާމް އައިސް ރީމާ ގެ ގާތުގައި އިށީނދެލުމުންނެވެ. ފެންކަޅި ވެފައިއިން ރީމާ ފެނުމުން ޝާމް ސުވާލު ކުރިއެވެ. ރީމާ ފެންކަޅި ވެފައި އިން ސަބަބު ޝާމް އަށް ނޭނގޭތީކީ ނޫނެވެ. ރީމާގެ އަމިއްލަ އަނގައިން އެ ސަބަބު ބުނޭތޯ އެވެ. ރީމާ ކަމެއް ނުވެޔޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ. ހިމޭން ވަގުތުކޮޅަކަށް ފަހު އެއްޗެކޭ ބުނުމަށްޓަކައި ރީމާގެ ތުންފަތް ހަރަކާތް ކުރިއެވެ. ޝާމް […]