އެއީ ހަނދާނުން ނުފިލާނެ ހިތްގައިމު ލޯބި ދުވަސްތަކެކެވެ. ކޮންމެ ދިމާލަކުން ވެސް އެހަނދާންތައް އާލާވެއެވެ. އަހަންނަކީ އުމުރުން 19 އަހަރުގެ ދުވަސްތައް ގުނަމުންދާ އަންހެން ކުއްޖެކެވެ. އޯލެވެލް ނިންމާފައި އިތުރަށް ކިޔަވަން ބޭނުން ނުވާތީ ވަޒީފާއަކަށް ދާން ފެށީއެވެ. އެހެން މީހަކަށް ބަރޯސާނުވެ އުޅެވޭނެ ގޮތަކީ އެއީ ކަމުގައިވާތީއެވެ. އަހަރެން ދިރިއުޅެނީ މާލޭގައެވެ. އަހަރެންގެ ބައްޕައަކީ މާލޭ މީހެކެވެ. ނަމަވެސް މަންމައަކީ އައްޑޫ މީހެކެވެ. އަހަރެންގެ އުމުރުން 5 އަހަރުގައި މަންމަވަނީ ނިޔާވެފައެވެ. މަންމަ ނިޔާވި ފަހުން […]