“އަހަންނަށް ހީވާ ގޮތް ބުނަންތަ؟ ނަޒޫ ޒައިންއަށް ޓަކާ އާސިމްއަށް މާފު ކޮށްފީމޭ ބުންޏަސް، އަދި ހިތުގެ އަޑިން މާފު ނުކުރެވެނީ. އެހެން ނޫން ނަމަ އޭރުގެ ކަންތައް ނަޒޫގެ ހިތުގަ މިހާރަކު ނޯންނާނެ” ރީހާން ބުންޏެވެ. ނަޒްލާ އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. “ޔޫ ލަވް ހިމް ސޯ މަޗް… ޓޫ މަޗް… ދެޓްސް ވައި އިޓް އިޒް ސޯ ޑިފިކަލްޓް ފޯ ޔޫ ޓު ފޮގިވް ހިމް…” ނަޒްލާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ […]
ކޮލުގައި ކާތާލި މަޑު ފިޔާތޮށި ކުލައިން އަތޫޝާގެ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. “އަޅޭ… ޝާޝާ.. ޔޫ ލުކް ސޯ ޕްރިޓީ… ހަމަ ހީވަނީ އަރަބި ކުއްޖެއްހެން” ކައިވެނީގެ ހެދުމުގައި ޒީނަތް ތެރިވަމުން ދިޔަ އަތޫޝާ ފެނި ސަނާއަށް ބުނެވުނެވެ. “ބިރުގަނޭތަ” ސަނާ އަތޫޝާގެ ފަހަތުގައި ހުއްޓެއްމުން ލޯގަނޑުން އަތޫޝާގެ ސޫރަ ބަލާލިއެވެ. “ހިހިހ.. ބިރުގަނޭ…. އެކަމް.. ” އަތޫޝާ ބުނަން ބޭނުންވި ކިތައްމެ އެއްޗެއްސެއް ހިތުގައި ވިއެވެ. ” އައި ނޯ.. ޝާޝާގެ މަންމަމެން […]
މިހާތަނަށް އެމަންޖެ ބޭނުންވެގެން ބުނީ ކޮންމެ އެއްޗެއް އޮންނާނީ ހޯދަދީފަ. އެކަމަކު މިފަހަރު އިބްރާހީމް ތިބުނާހެން މިފަހަރު ހަމަ ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް” ސާރާ ކަންބޮޑުވެފައިވާ ވަރު ހުސްއެކަނި އެއަޑުން ވެސް އެނގޭއެވެ.” ތިހެން ތިވީ ސާރާގެ ސަބަބުން. މިބުނީ ސާރާގެ ތަރުބިއްޔަތުގައި އުނި ކަމެއް ހުރި ވާހަކައެއް ނޫން. އެކަމަކު ބަލި ގަބޫލުކުރަން ދަސްކޮށްދޭންޖެހޭނެ. ބޭނުންހާ އެއްޗަކީ ލިބޭނެ އެއްޗެއް ނޫން. ޝިފްނީއަކީ އެހާ ވެސް ކުޑަކުއްޖެއް ނޫން. މާދަމާ އުޑުގައި ހުރި ތަރިތައް […]
ރީމްގެ މޫނު މަތީގައިވާ ނުތަނަވަސްކަން އިޔާނާއަށް ފާހަގަ ކުރެވުނު ހިނދު ކޮންމެވެސް ގޯހެއް އުޅޭކަން އިހުސާސްކުރެވިގެން ދިޔައެވެ. އުންމީދީ ހިތްވަރެއް ލިބިގެން ދިޔައީ ކީއްވެގެން ކަމެއް ނޭނގުނެވެ. މާގިނައިރުތަކެއް ނުވެ ޔާނާގެ ނަމްބަރު ޖެހުމުން އެތެރެއަށް ދިޔައެވެ. އިޔާނާގެ ހިތުގައި އުފެދެމުން ދިޔައީ އުންމީދުން ފުރިގެންވާ ޝުޢޫރު ތަކެކެވެ. އީމަންއާ ރީމްގެ ހަޤީޤަތް ހޯދާނަމެވެ. އަހަރެންގެ ހިތް ބުނަމުން މިދާ ވާހަކަ ތަކަކީ ދޮގެއް ނޫންކަން ހަމަ ޔަޤީނެވެ. ސްކޭންކުރާ ކޮޓަރިއަށްވަދެ ސްކޭން ކުރުމަށް ތައްޔާރުވެލިއެވެ. މާގިނައިރުތަކެއްނުވެ […]
ޒިމަން އަކީ ރާއްޖޭގެ މުއްސަނދި ދެމަފިރިންގެ ހުރި އެންމެ ފިރިހެން ދަރިފުޅެވެ.މިއަދަކީ ޒިމަން ބޭރަށްކިޔަވަން ގޮސްފައި އަނބުރާ މާލެ އަންނަ ދުވަސް ކަމުން އާއިލާގެ އެންމެ ތިބީއޭނާގެ އިންތިޒާރުގައެވެ.ޒަނީން އިނީ އޭނާގެ ދޮންބެ އެތަށް ދުވަސްފަހުން ފެންނާތީ ދޮންބެ ނުފެނިގެން ކެތްމަދުވެފައެވެ.ކުޑަހިނދު ކޮޅެއްގެ ތެރޭގައި ޒަނީން އަށް ހުރެވުނު ނުހުރެވުނު ތަނެއްވެސް ނޭނގުނެވެ.ހީވީ ދެޢީދު އެއްފަހަރާ ލާގަތްހެންނެވެ.ކުރިމަތިން މިފެންނަނީ ހުވަފެނެއްނޫންކަމަ ޔަގީންކުރުމަށް އަމިއްލަ އަތުގައި ވިކާލެވުނެވެ. އާދެ މިއީހަމަ ހަގީގަތެކެވެ.ކުރިމަތީގައި އެހެރީ މަގޭ ދޮންބެ މަގޭ ހެންޑްސަމް ދޮންބެ.ޒަނީން […]
ހިތްކުދިކުދިވަމުން ދިޔައިރު ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަ ނުދޭން ޖަހަތު ހުރީ ހިފަހައްޓައިގެންނެވެ. މިއަދު އޭނާ ރޯންވީ ކީއްވެހެއްޔެވެ؟ ކާކާ ވަކިވުމުން ހެއްޔެވެ؟ މިސްރާބެއް ނެތި ދަތުރުކުރަމުންދާ އޭނާގެ ދިރިއުޅުން މިއަދު ލައްކުރަނީ ހުމާމާ ދިމާއަށެވެ. ކިތަންމެ ދާން ބޭނުން ނުވިނަމަވެސް ޖެހޭނީ ދާށެވެ. ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ. ފުރުމާއި ދެމެދު ދެން ހޭދަވެގެން ދިޔަ ވަގުތު ތަކުގައި ޖާހަތުގެ ފަރާތުން އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ހުމާމަކަށް ނުފެނުނެވެ. ޖާހަތު ދިޔައީ ހުމާމު […]
ނަޒްލާ ރޯތަން ބަލާކަށް އާސިމްއަކަށް ނުހުރެވުނެވެ. އެހުރިހާ ދުވަސް ވަންދެން ނަޒްލާއާ ދުރުގައި ހުރުމަށް އަމިއްލަ ނަފްސަށް މަޖުބޫރު ކުރަމުން އެކަން ކާމިޔާބު ކުރަމުން ދިޔަ ނަމަވެސް އެވަގުތު އާސިމްއަކަށް ނަޒްލާއާ ދުރަކު ނުހުރެވުނެވެ. “ނަޒޫ…” އާސިމްއަށް ގޮވާލެވުނެވެ. ދެތިން ފިޔަވަޅު އަލާލަމުން ނަޒްލާ ކައިރިއަށް ހުއްޓި ނަޒްލާގެ މޫނުގައި ދެއަތުން ހިފާލިއެވެ. ނަޒްލާ އާސިމްއާ ދިމާއަށް ބަލާލިއެވެ. “ޝްޝްޝް…” އާސިމް މަޑުމަޑުން ބުންޏެވެ. ނަޒްލާއަށްވެސް އެވަގުތު އާސިމްއާ ދުރަކަށް ނުދެވުނެވެ. އިސް ޖަހާލައިގެން ރޮވިފައި ހުރީއެވެ. […]
މިހަބަރު ޒޯހަންއަށް ލިބިއްޖިއްޔާ ވާނެ ގޮތެއް ވެސް ނޭނގެއެވެ. އެފަކީރުގެ ހިތް ކުދިކުދި ވާނެއެވެ. ޒޯހަން އަށް ގުޅާ މިހަބަރު ދޭންވީ ހެއްޔެވެ؟ ނޫނީ އަދި މަޑުކުރާނީ ހެއްޔެވެ؟ “ބޮޑުބޭ ޒޯން އަށް އެނގޭތަ؟” ޝަޒަންއަށް އަނގަ ނުލާ ނީނދެވުނެވެ. ބޮޑެތި މީހުން ދައްކަމުން ދިޔަ ވާހަކައަށް އަނގަ ލެވުނީކަން އެނގުނީ ސާރާ ޝަޒަންގެ އަތުގައި ހިފާލުުމުންނެވެ. “ސޮރީ މަންމާ” ޝަޒަން ހަމައެހާ އަވަހަށް މާފަށް އެދުނެވެ. އެމީހުން ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި ހުސްނީީ މީ […]
ފާހާނާގެ ދޮރު ހުޅުވުނުއަޑަށް ދެމީހުންނަށްވެސް ސިހުން ލިބިގެން ދިޔައެވެ. ރީމްގެ މޫނު އަނދިރިވެގެން ދިޔައެވެ. އިޔާނާއާއި އީމަން ގާތުގައި ވާތަން ފެނި ހިތަށް އުނދަގޫވެގެން ދިޔައެވެ. އީމަންއާ އިޔާނާއަށްވެސް ކުރެވިގެން ދިޔައީ ހަމަ މިކަހަލަ އިހުސާސެކެވެ. އަމިއްލަ ނަފްސަށް ކުރެވުނު މަލާމާތެއްގެ ބޮޑުކަމުން އިޔާނާ ބޭނުންވީ އެތަނުން ދިޔުމަށެވެ. ބޭރުގައި މިހުރީ ކަމުގައި ބުނެ އަވަސްއަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައެވެ. ހުމާމްއާއި ޖާހަތު ފުރުމުގެ ތައްޔާރީތައް ކުރަމުން ދިޔައެވެ. “އަވަސްކުރޭ. ޗެކިން ފެށެން ބައިގަޑީރަށްވީ.” އެނދުމަތީގައި ހުރި […]