
ފެންނާތީ ޔާރާގެ މޫނު (2)
ގޮނޑި ދަމާލަމުން އޭނާ ގޮނޑީގައި އިށީނދެލިގޮތަށް އިސްއުފުލާ ބަލާވެސް ނުލިއެވެ. ނާވީ އެންމެ ފަހުން ކަރު ކެހިލަމުން ވީގޮތް އޮޅުން ފިލުވާލިއެވެ.
“ސޯ ހިބާ.. ކިހިނެއްވީ؟” ނާވީ ހީކުރީ ހިބާއަކީ މާޒްގެ ދަރިއެއް ކަމަށެވެ. ނަމަވެސް ކުއްޖާގެ ދޮންކަމާއި އިސްތަށިގަނޑުގައި ހުރި މަޑު ޗޮކްލެޓް ކުލައިން ހީވަނީ ބޭރު މީހެއްގެ ދަރިއެއް ހެންނެވެ. މިޝިޔާއައިވެސް ވައްތަރު ގޮތެއް ހުރެއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އެހެން މީހަކާ ވައްތަރުހެންވެސް ހީވެއެވެ.
“ހުން އައިސް ގެން.. ހާޓް ގަ ހޯލްއެއް އިނދޭ އެހެންވެ” މިޝިޔާއަށް ވާހަކަ ދައްކަން އުނދަގޫކަން ނާވީއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެހާ ކުރިންވީ ކަމަކާ މިހާރު ވިސްނަނަވީ ކީއްވެ ހެއްޔެވެ؟
“އެހެންތަ ބޮޑު ވާވަރަކަށް ރަނގަޅު ވާނެ… ދޯ ބޭބީ.. މިބޭސްދީ.. ދެން” އެއްޗެކޭ ބުނަން އުލެފައިވެސް ނާވީ ހުއްޓާލީއެވެ. މިޝިޔާ އަވަސް އަވަހާ ނިކުމެގެން ދާންވެގެން މަސައްކަތް ކުރިއެވެ.
“މޮންމީ..” ހިބާ އެހެން ބުނުމުން ނާވީ ހުއްޓުން އެރިއެވެ. މިހާ އަވަހަށް މީހަކާ އިނީ ހެއްޔެވެ. އަދި އުމުރުން އެހާ ކުޑައެވެ. ޔަޤީންވިއްޔާ އޭ ލެވެލް ނިމިންމި ގޮތަށް މީހަކާއި އިނީއެވެ. މިޝިޔާ އޭނާ ކައިރީގައި އާދޭސް ކޮށްލާފައި އުޅުނު ގޮތުން ހީވީ ހަޤީޤީ ލޯބި ވެވިގެން އުޅުނު ހެންނެވެ. އަންހެން ކުދިންގެ ހާލަތަކީ މިއީއެވެ. ނާވީ ހިތުން މިޝިޔާއާއި ދިމާއަށް ވަރަށް އެއްޗެހި ކިއެވެ.
“ސަރ އެ ބޭބީ ހާދަ ލޯތްބޭ.. ސަރ ގައިގަ ހުންނަ ކަހަލަ ދޮނެއް ދޯ” އެހީތެރި ވެދެން ކައިރީގައި ކުއްޖާ ތުއިވެލާފައި އެހެން ބުނެލުމުން ނާވީ ވިސްނާލިއެވެ. ނަމަވެސް އަނެއް ބަލިމީހާ އެތެރެއަށް ވަނުމުން އިތުރު ކަމަކާ ވިސްނާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ.
ޑިއުޓީ ނިންމާލުމަށްފަހު ނާވީއަށް ގެއަށް ދެވުނުއިރު ފުދޭ ވަރަކަށް ލަސްވެއްޖެއެވެ. އެނދުގައި އެތައް އިރެއް ވަންދެން އޮތް އިރުވެސް އޭނާއަށް ވިސްނެމުން ދިޔައީ މިޝިޔާއާއި މެދުގައެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ؟ ބޭރުގައި ހުރިއިރު ދޭތެރެއަކުން ހަނދާންވި ނަމަވެސް މިގޮތެއް ނުވެއެވެ. އެންމެ ފުރަތަމަ މިޝިޔާ ފެނުނު ދުވަސް އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. ނާވީއަށް ހީގަނެވުނީ އެހަނދާންވުމުންނެވެ.
އެ ހިޔާލުތައް އައިސް ސިކުނޑިއަށް ވަންނަން ފެށުމުން ބޯހޫރާލުމަށްފަހު އެނދުން ތެދުވުގެން ބެލްކަންޏާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް މިފަހަރު ހުރިހާ ހަނދާނެއްވީ އެއްފަހަރާއެވެ. ނާވީގެ މޫނުމަތީގައި އަނެއްކާވެސް ދުވެލީ މިޝިޔާގެ ހަނދާނުގެ ހިނިތުން ވުމެކެވެ. އެއީ މީގެ ދެއަހަރާއި 8މަސްދުވަސް ކުރިންނެވެ. ނާވީ މާލެއައިސް ހުރީ ޗުއްޓީއަށެވެ. ކިޔެވުމުގެ ބޮޑުބައެއް ނިންމުމަށްފަހު މިފަހަރު އޭނާއައިސް ހުރީވެސް ތަންކޮޅެއް ގިނަ ދުވަހަށެވެ.
މާލެއަށް އާދެވުމުން ނާވީ އެންމެ ފުރަތަމަވެސް ބޭނުންވީ ހިތް ފުރެންދެން ނިދާލާށެވެ. ނައުޝާ ކޮބާތޯވެސް އޭނާ ބަލައެއް ނުލިއެވެ. ނާވީއާއި ނައުޝާ އެންމެ ކުޑަ އިރުން ފެށިގެންވެސް އުޅެމުންއަޢި ދެ ރަހުމަތްތެރިންގެ ގޮތަށެވެ. ދިނަ ފަހަރު ދޮންބެ ކިޔުމުގެ ބަދަލުގައި ނާވީވެސް ކިޔޭ ފަހަރު އާދެއެވެ. ސުކޫލުގައި ވާނެކަން ނާވީ އަރީޝާއާއި ވާހަކަ ދައްކާލުމަށްފަހު ވަނީ ކޮޓަރިއަށެވެ. ނާވީއަށް ކޮޓަރިއަށް ވަތްތާ ދެގަޑި އިރު ފަހުން ނައުޝާއާއި އޭނާގެ ރައްޓެހި ކުއްޖެއް އައިސް ގެއަށް ވަދެއްޖެއެވެ.
“މަންމާ ކޮބާ އެ ދޮންބެ؟” 10 އަހަރުގެ އަރީޝާ ބޮލުގައި ހިފާ ކޮއްޕާލަމުން ނައުޝާ ބުނެލިއެވެ.
“ނައު ކޮން އިރަކުން ބޮޑުވާނީ.. ކިހާ ވަރަކަށް ބުނާނީ ކޮއްކޮއަށް އެހެން ނަހަދާށޭ..” އަފީހާ ރުޅިއައިސްފައި ބުނެލިއެވެ.
“އަނހަ މިޝީ.. މިއަދުވެސް އެކުއްޖާ ގޮވައިގެން އެއައީ..ދެން އޭނާދާނީ އެކަނިކަން ޔަޤީން” އަފީފާ ނައުޝާގެ ކަންފަތުގައި ހިފާލަމުން ބުނެލިއެވެ. ސީ.އެޗް.އެސް. އީގެ ޔުނިފޯމްގައި މިޝިޔާ ފެންނަލެއް ވަރަށް ލޯތްބެވެ. ދޮންވެފައި ލޮލޮގެ ކަޅި އަލި މުށިކުލައިގައި ހުންނާތީ އޭނާގެ ރީތިކަން ދެގުނަ އިތުރުހެން ހީވެއެވެ. ފަންފަން އިސްތަށިގަނޑު ފަހަތަށް އައްސާލާގައި އޮތްއިރު މައިސޫމުކަން ދެގުނަވާހާ ވެއެވެ.
މިޝީޔާ ކައިރީގައި މަޑުކޮށްލުމަށްބުނެ ނައުޝާވަނީ އެތެރެއަށެވެ. ނާވީވެސް ދެލޯ އުނގުޅަމުން ބޭރަށްއައީ އެވަގުތުގައެވެ. ޔުނިފޯމްގައި ހުރި މިޝިޔާ ފެނުމުން ނާވީ ހީކުރީ ނައުޝާކަމަށެވެ. ވަރަށް ސިއްރުން ފަހަތުންގޮސް އޭނާ މިޝިޔާއަށް ނޭވާ ނުލެވޭނެހާ ބާރަށް ބައްދާލިއެވެ.
“ނައު.. އައި މިސްޑް ޔޫ.. ދޮންބެ އަތުގަ އެބަ އޮތް ގިފްޓެއް” ނާވީ މިޝިޔާގެ ކަންފަތް ކައިރީގައި އެހެން ބުނެލުމުން މިޝިޔާގެ ކަރުމަތިން ހީބިހި ނަގައިގަތެވެ. ހާދަ ފިރިހެންވަންތަ އަޑެކެވެ.
“ވަޓް އާޔު ޑުއިން” ފަހަތުން ނައުޝާގެ އަޑު އިވުމުން ނާވީ އަވަހަށް ބަލާލިއެވެ. އޭރު މިޝިޔާ އިނީ ގަނޑުވެފައެވެ. ގުޑިލަންވެސް ނޭނގިފައެވެ.
“މީ ކާކު؟ ” ބިރުގެންފައި ނާވީ އަހާލިއެވެ. އެއާއެކު މިޝިޔާ ދަބަސް ނަގައިގެން ދޮރާއި ދިމާއަށް ހިނގައިގަތެވެ. ނައުޝާ އަވަހަށް ގޮސް ނާވީއާއި ވީ ފަރާތަށް މިޝިޔާ އަނބުރާލިއެވެ.
“މީ މިޝީ… މައި ހިއުމަން ޑައިރީ.. ” ނައުޝާ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށް ބުނުމުން ނާވީ މިޝިޔާއަށް ބަލާލިއެވެ.
“މާ ޝާ ﷲ..” ބޭއިޙްތިޔާރުގައި އޭނާއަށް ބުނެލެވުނެވެ. މިކަލަހަ ރީތި ކުދިން އުޅޭބާވައެވެ. އިސް ޖަހާލައިގެން މިޝިޔާއިނީ ރަކިވެފައި ކަން އެދެމީހުންނަށްވެސް އެނގެއެވެ.
އޭގެ ފަހުން މަދު މަދުން ނަމަވެސް މިޝިޔާ އެގެއަށް އައިސް ހަދައެވެ. މިޝިޔާއަށް ނާވީ ކަމުދޭ ކަން އޭނާއަށް އިނގެއެވެ. ނާވީ ކޮބައިތޯ ބަލާލަންވެސް އޭނާ ދޭތެރެއަކުން އެގެއަށް އާދެއެވެ. އޭލެވެލްގެ ފަހު ޓެސްޓުތައް ކަމުން ކޮންމެ ތިން ދުވަހަކުހެން ގުރޫޕް ސްޓަޑީ ހަދަން ކުދިންތައް އާދެއެވެ. ނާވީގެ ރީތިކަމުން އަންހެން ކުދިންތައް ހުންނަނީ ވަރަށް ތުއިވެލާފައެވެ. ނަމަވެސް އެކަހަލަ ކަމެއްވެސް ކުރަން ނޭނގެނީ މިޝިޔާއަށެވެ. އެކަހަލަ ހިޔާލެއް އައިވެސް މީ ފުރަތަމަ ފަހަރެވެ. އޭނާއަކަށް އެކުދިން އެޅޭގޮތަށް ތުން ހަދަ ހަދާފައި އުޅެން ނޭނގުމުން ބައެއް ފަހަރު އަމިއްލަ މީހާދެކެ ރުޅިވެސް ބާދެއެވެ.
“ނައުގެ ދޮންބެ ހާދަ ރީއްޗޭ.. ހީވަނީ ހަމަ ރާއްޖޭން ބޭރު މީހެއްހެން” މިޝިޔާއަށް ދޯދެމުން ދެންތިބި ލުދިންތައް ބުނެލިއެވެ.
“މަ ހަޑިތަ؟ ބުނެބަލަ” ނައުޝާ ތެދުވެލަމުން ބުނެލިއެވެ. ތެދެކެވެ. ނައުޝާގައިވެސް ހުންނަނީ ހަމަ ނާވީގައިގަ ހުންނަ ކަހަލަ ދޮނެކެވެ. އަދި ނާވީއާއި އެހާ ވައްތަރެވެ.
“ތި ދެމީހުން އެހާ ރީތި ވީމައެއްނު ބެސްޓް ފްރެންޑްސް ވެގެން އިތުޅެނީ” އެތަނުން އެއް ކުއްޖެއް ނައުޝާއާއި މިޝިޔާއާއި ދެމީހުންނާއި ދިމާއަށް ބުނެލިއެވެ.
މޭޒުކައިރީގައި ތިބި އެންމެން ހައިރާންވީ ސޯޓު ކޮޅުގައި އަންނަ ނާވީ ފެނުމުންނެވެ. އެންމެން އެއްރާގަކަށް ހީގަތުމުން މިޝިޔާ އިސް ޖަހާލީއެވެ. ނާވީއަށް ވަރަށް ރަނގަޅަށް އެތަން ފެނުނެވެ. އެހެން ކުދިންނާއި މިޝިޔާ ތަފާތުކަމުން ނާވީ ހިނިތުން ވެލިއެވެ.
“މިޝީ.. ކިހިނެއް؟” ނާވީ އެންމެންގެ ތެރެއިން އޭނާއާޢި މުހާތަބު ކޮށްލުމުން މިޝިޔާއަށް ހީވީ އާސްމާނަށް އެރުނު ހެންނެވެ. އަވަހަށް ހީލަމުން ބޯޖަހާލީ ރަނގަޅޭ ބުނާކަހަލަ ގޮތަކަށެވެ. އެންމެން ނިންމާފައި ދިއުމުން ނައުޝާ އައިސް މިޝިޔާ ކައިރީގައި އޭނާގެ ކޮޓަރިއަށް އައުމަށް ބުނެލިއެވެ.
“މިޝީ.. ދޮންބެއަށް މިހާރު 24 އަހަރު.. އަހަރުންނަށް އަދި 19 މިވީ” ނައުޝާ ކަމެއް ހަނދާން ކޮއްދޭ ކަހަލަ ގޮތަކަށް ބުނެލިއެވެ. މިޝިޔާ އޭނާގެ ދޮންބެއާއި ގަޔާ ވާކަން އެނގުނު ފަހުން އަބަދުވެސް ނައުޝާ އެހެން ބުނެ ހަނދާން ކޮއްލަދެއެވެ.
“ސޯ… ނައު އަހަރެންގެ ދޮންބެވެސް 23 އަހަރު.. ދެން ނައު އަހަރެންގެ ދޮންބެއާ ރައްޓެހި ވެގެން ތިއުޅެނީ” ނައުޝާގެ ކޮޓަރިއަށް ވަންނަންއައި ނާވީއަށް އެއަޑު އިވުމުން ހުއްޓުން އެރިއެވެ. އޭނާގެ ކޮއްކޮ އެހާއަވަހަށް މީހަކާ ރައްޓެހިވީ ހެއްޔެވެ؟ ނާވީ ކުއްވެރުކިރީ މިޝިޔާގެ ބޭބެއެވެ. އޭނާގެ މައުށުމު ކޮއްކޮ ހައްލާލައިގެން ގެންގުޅެނީއެވެ.
“އައި ލަވް ހިމް… އެންޑް ސަމްތިން ސްޕެޝަލް ހެޕަންޑް” ނައުޝާ އެހެން ބުނުމުން ނާވީއަށް މާނަ ނެގުނީ އެންމެ ނުބައި ގޮތަށެވެ.
“އެހެންވެ ދޯ އެދުވަހު އެންމެން ނެތް ގަޑީގަ” މިޝީޔާއަށް އެހެން ނުބުނެވިގެން އުޅެނިކޮށް ނާވީ އެތެރެއަށް ވަދެއްޖެއެވެ. ދަނީއޭބުނެ މިޝިޔާ އަތުން ހަނާ އަޅާލަމުން ކުރިއަށް ދަމުން ކުޑަކުޑއަރީޝާއާއި ވެސް ސަމާސާ ކޮއްލިއެވެ.
ނާވީ އެކަމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނާހައެވެ. މިޝިޔާގެ އާއިލާއާއި ބެހޭގޮތުން މައުލޫމާތު ހޯދުންވީ އޭނާގެ އެންމެ ބޮޑު އަމާޒަށެވެ. އެންމެ ފަހުން މ. މޫންއަށް ނާވީ އައީ އެއާއިލާއައި ބެހޭގޮތުން އެނގެން ޖެހޭ ހުރިހާ އެއްޗެއް ހޯދުމަށްފަހުގައެވެ. 8ވަނަ ބުރިއަށް އަރައި ބެލް ޖަހާލިއެވެ. ކަން ދިމާކުރި ގޮތުން ދޮރު ހުޅުވީވެސް މާޒްއެވެ.
“ނައުގެ ދޮންބެ… ތީ މާޒް ދޯ” ރުޅިވެރި ގޮތަކަށް ނާވީ ބުނެލިއެވެ.
މާޒްއާއި ނާވީ ވާހަކަ ދައްކަން ތިބީ ގޭގެ ޓެރެހުގައެވެ. ނާވީގެ ރުޅިވެރިކަން ފެނި މާޒް ހައިރާންވިއެވެ. އެހާ ރުޅިއަންނަން ޖެހޭހެއްޔެވެ؟
“އަހަރުމެން ދެމީހުން އުޅެނީ ވަރަށް ލޯބިން.. ނައުވެސް ބޭނުންވީމަ ރައްޓެހިވީ” މާޒް އެހެން ބުނުމުން ނާވި ފުންމައިގެން އައިސް މާޒްގެ ގަމީހުގައި ހިފާލިއެވެ.
“އޭނާއަށް އަދި އެންމެ 19 އަހަރޭ.. އަހަރެން ކަލޭ ކޮއްކޮއާ ރައްޓެހި ވަންތަ؟” ނާވީ އެހެން ބުނަމުން ގަމީހުން އަތް ދޫކޮށްލިއެވެ. ނާވީ ނިކުމެގެން ދިޔާތަން ބަލަން މާޒްހުރީ އަނގަ ހުޅިފައެވެ. މީހަކުދެން އެވަރު ވޭ ހއްޔެވެ؟ އޭނާ ނައުޝާއާއ ރައްޓެހި ވެގެން އުޅެނީ ގަދަކަމުންނެއް ނޫނެވެ.
މާޒް ވަގުތުން ނައުޝާއަށް ގުޅައި އެވާހަކަ ބުނެލީ ނާވީ ނައުޝާއާއި ދިމާއަށް އެއްޗެކޭ ބުނެފާނެތީއެވެ. އަނގަ ހުޅުވައިގެން ހުރެވުނީއެވެ. އެއަށްވުރެ ބޮޑަން ފިކުރު ކުރެވުނީ މިޝިޔާ މަތިން ހަނދާން ވުމުންނެވެ.އޭނާގެ ދޮންބެ ބަދަލު ހިފުމުގެ ރޫހުގައި ކޮންމެ ފަދަކަމެއްވެސް ކޮށްފާނެއެވެ.
މިޝިޔާ އުޅުނީ އާޓިފިޝަލް ބީޗްގައެވެ. ކުލާސް އިތުރު ދެކުދިންނާއި އަދި މާޒްވެސް އުޅުނެވެ. ނަމަވެސް މާޒް އުޅުނީ އެހެން ފިރިހެން ކުދިން ތަކަކާއި އެކުގައެވެ. ދޭތެރެއަކުން މިޝިޔާމެން އުޅޭގޮތްވެސް ބަލާލައެވެ. ނައުޝާ އާދޭސް ކުރާވަރުން ނާވީއަށް ޖެހުނީ އެންމެ ފަހުން އޭނާ ގޮވައިގެން މިޝިޔާ ހުރިތަނަށް ދާށެވެ. އެ ހިސާބަށް ދެވުމުން އަޑުގެ ކޮޅަށް ނައުޝާ ހަޅޭއްލަވައިގަތެވެ.
“މިޝީ.. މިޝީ” ދުރުގައި ހުރި މިޝިޔާ އެމީހުނާއި ދިމާއަށް އެނބުރި ލުމުން ނާވީއަށް ދެލޯ ބޮޑުކޮށް ލެވުނެވެ. ކަޅުކަލިގެ ކުރު ސޯޓު ކޮޅުގައި ހުރިއިރު އޭނާގެ ދޮންފައިގެ އޮތީ ފެންނާށެވެ. ކުޑަކުއްޖެއްހެން މޫދުގައި އިށީނދެގައި ހުރިއިރު ކޮންމެ މީހެއްގެވެސް ނަޒަރު ހުރީ އެދިމާއަށްކަން ނާވީއަށް ފާހަގަ ވިއެވެ.
“ނައު.. އަޅުގަނޑު ހީކުރީ ނައު ނާންނާނެ ކަމަށް” މައުސޫމް ކަމުގެ އިންތިހާއޭ ނާވީގެ ހިތަށް އެރިއެވެ. އަދިވެސް ވާހަކަ ދައްކަނީ އަޅުގަނޑު ކިޔައިގެންނެވެ. ގަޔާއިއެކު ތަތްލާފައިވާ ޓީޝާޓު ދުރުކޮށްލަމުން މިޝިޔާ ބުނެލިއެވެ. ނާވީ އިސްޖަހާލީ އޭނާގެ އިހުސާސްތައް ކޮންޓްރޯލް ނުވެދާނެތީއެވެ. މި ކުއްޖާ އޭނާގެ ހިތާ މި ކުޅެނީ ކީއްވެބާއެވެ؟
“ހިނގާ..” ނައުޝާގެ އަތުގައި ހިފައިގެން މިޝިޔާ ގޮސް އިށީނދެލީ ވެލިގަނޑު މަތީގައެވެ. އިށީނދެވުނު ގޮތަކުން ޓީސާޓު މައްޗަށް އެރި ކަމެއްވެސް އެ މޮޔަ ކުއްޖާއަކަށް ނޭނގުނެވެ. ފަސްވަރަކަށް ފޫޓު ދުރުގައި ހުރި ތިން ވަރަކަށް ފިރިހެން ކުދިން މިޝިޔާގެ އުނަގަނޑަށް ބަލަން ފެށުމުން ނާވީއަކަށް ކެތެއް ނުވިއެވެ. އެދިޔަ ގޮތައްގޮސް މިޝިޔާގެ އަތުގައި ހިފައިގެން އެތަނާއި ތަންކޮޅެއް ދުރަށް ގެންގޮސް ފާރުބުރި މަތީގައި ބަހައްޓަމުން އޭނާ ލައިގެން ހުރި ޓީޝާޓު ބާލައިފިއެވެ.
“އަން.. މިލާ.. ތީ ކުޑަ ކުއްޖެއްތަ؟ މިޝީ ތިހެން އުޅޭކަށް ނުވާނެ” މިޝިޔާ ދަތްދޮޅީގައި ހިފާލަމުން އޭނާ ބުނެލިއެވެ. ތުން ފިއްތާލައިގެން ހުރި މިޝިޔާ ފެނުމުން ނާވީ އަރާފައިވާ ރުޅިވެސް ހަނދާން ނެތުނު ކަހަލައެވެ.
“ބިރު ގަތީތަ؟ މިޝީ ގެ ގައި ފެންނަން އޮތީމަ ގެނައީ” އެހެން ބުނަމުން އޭނާއަތުގައި އޮތް ޓީޝާޓު މިޝިޔާގެ ބޮލަށް މަހާލިއެވެ. އެވަގުތު ނާވީގެ އަތް މިޝިޔާގެ ކަނދުރާގައި ބީހިލުމުން އަވަހަށް މިޝިޔާއާއި ދުރަށް ޖެހިލިއެވެ. އެއްވެސް ގޮތަކަށް މިވެގެން އުޅޭގޮތެއް ނާވީއަކަށް ނޭނގެއެވެ. ކުޑަ ކުޑަ ކުއްޖެއް ފެނުނީމަ މިވަރު ވާންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާގެ ނަޒަރުގައި މިޝިޔާއަކީ ކުޑަކުއްޖެކެވެ. ނަމަވެސް މިވަނީ ކީއްހެއްޔެވެ؟
ހިޔާލުތަކަށް ގެއްލިފައި އިން ނާވީ ސިހިގެން ދިޔައީ ފަހަތުން ނަޝާއައިސް ގޮވާލުމުންނެވެ. ނައުޝާ ބޭރަށް ކިޔަވަން ދިޔަތާ މިހާރުމީ ދެވަނަ އަހަރެވެ. ނަމަވެސް ކުރިން އެންމެ ގާތްކޮށް އުޅުނު ދެބެންގެ މެދުގައި އޮންނަ ގާތް ރަހުމަތް ތެރިކަމެއް ނީވއެވެ. ނާވީއަށް ކުރެވުނު ކަމެއްވެސް ނުބުނެ ނައުޝާ ބުނީ އޭނާ ދޮންބެދެކެ ފޫހިވާ ކަމުގައެވެ.
“ދޮންބެ ފޯނު އެބަ ރިންގް ވޭ… ވަރަށް އިރު ވެއްޖެ” އަރީޝާ އެހެން ބުނަމުން ތިރިއަށް ދާން ހިނގައިގަތެވެ.
10 Comments!
Comments are closed.
V nice keep it up! Daily koh up kohdhehche plz
sorry enme fahu paragrapghga aslu innaanee naushaa not Aressha
vaanugaaga mi iny… v mistake gina… upload kurumuge kurin rangalhah chk kollachey… gud luk..
thank you.. tell me where mistakes are so i can go through that..
Wowwww! vvv furihma. . . Avahah up kuryma v happy. ?. 3 Prt ves hama miha avahah up kurachey. . . I luv sinnu
mistakes mithaa liyan viyyaa v dhigu vaane…baivaru mistakes…
Mi vaahaka v nyc vaane hn heevey…..bt v hama nujehey gothakah hunnany….dhn ebaii rangalhu kollahchyy nge….gud luk….???
Scoolgai vaanekan naavy arysha aa vaahaka dhahkaalumahfahu vany kotariasheve. ….mi kykey
Mi vaahaka varah reethie vaaney hen hie vanie. Den eygothah kudie kudie mistakes hunnaney.
Kobaa next part.ava hah up koh dheebala