ފެންނާތީ ޔާރާގެ މޫނު (5)
“އެންމެ ދުވަހަކަށް.. މަންމައަށް ދައްކާލަން ބޭނުން.. އަޅެ މަންމަގެ މާމަ ދަރި ބަލާލުމުގެ ހައްޤެއްވެސް ނޯންނާނެތަ؟؟” 10ވަރަކަށް މިނެޓްގެ ހިމޭން ކަމަށްފަހު އެން ފަހުން މިޝިޔާ އެއްބަސް ވެއްޖެއެވެ.
ހިބާ ރީތިކުރަމުން ދިޔަ މިޝިޔާ ދޭތެރެއަކުން ހިބާ ރަނގަޅަށް ބެލުމަށް ބުނެލައެވެ. އެއްވެސް މީހަކާއި ހަވާލު ނުކުރާ ކުއްޖާ މިއަދި މީހަކާއި ހަވާލު ކުރަން ވުމުން މިޝިޔާ ހިތް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ. ދަބަސް ރެޑީ ކޮއްލާފައި ނައުޝާ އަތަށް ދިއްކޮށްލިއިރު އޭނާގެ އަތް ތުރުތުރު އަޅައެވެ. އެތަން ފެނުނު ނައުޝާ ހަމްދަރުދީވީ މިޝިޔާގެ އިހުސާސްތައް ވިސްނޭތީއެވެ. ދެތިން ގަޑިއިރު ފަހުން ގެންނާނަމޭ ބުނަމުން ހިބާ ހައްދާލައިގެން އޭނާ ކާރަކަށް އަރައިފިއެވެ. ކާރުގައި އިންއިރު ދޭތެރެއަކުން ހިބާ މަންމަ މަތިން ހަނދާންވެއެވެ. ނަމަވެސް ނައުޝާ ކޮންމެވެސް އެއްޗެކޭ ބުނެ އަނެއްކާވެސް އޭނާ ހައްދާލަނީއެވެ.
ގެއާއި ހަމައަށް ދެވުނު އިރު ނައުޝަހުރީ ދާހިތްލާ ފޯވެފައެވެ. އެއްސުވާލަކަށްފަހު އަނެއް ސުވާލު ކުރާ ވަރުން ޖަވާބުދޭނެ ސުވާލެއްވެސް އޭނާއަކަށް ނޭނގެއެވެ. ހިބާ އުރާލައިގެން ގެއަށް ވަތްއިރު ނާވީ އޮތީ ސޯފާގައި ބަންޑުންނެވެ. އަރީޝާ އޭނާގެ މަންމައަށް އެހީތެރިވެދެން އުޅެއެވެ. އަފީފާއަށް ހިބާ ފެނުމުން ދެއަތް ފުހެލަމުން އައިސް އެކުއްޖާގެ ކޮލުގައި ހިފާލިއެވެ. ބީރައްޓެހި ގޮތެއް މޫނަށް ހަދާލައިގެން ފަހަރަކު މީހެއްގެ މޫނަށް ބަލަން އިން ހިބާ ހީވަނީ ދެންމެ ދެންމެ ރޮއެގަނެދާނެ ހެންނެވެ. އަރީޝާ ކުޑަކުދިންނަށް ފޯރި ހުންނަ ވަރުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހިބާއާއި ރައްޓެހި ވެއްޖެއެވެ.
“އަރީ… ހިބާ ގޮވައިގެން ބެލްކަންޏަށް ނުދައްޗޭ” ނައުޝާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“އަލީ.. އަލީ” ނައުޝާގެ އަޑު ދަށުން ހިބާ އެހެން ގޮވާލުމުން އެންމެންނަށްހެން ހީގަނެ ވިއްޖެއެވެ.
އަފީފާ ބަލަމުން ދިޔައީ ހިބާގެ މޫނަށެވެ. އެމުށި ކުލައިގެ އިސްތަށިގަނޑަށް ބަލާލަމުން ހީލައެވެ. މަންމަގެ މޫނަށް ބަލަންއިން ނައުޝާގެ މޫނުމަތީގައި ވަނީ އުފާވެރި ހިނިތުން ވުމެކެވެ. ސޯފާގައި ނިދިފައި އޮތް ނާވީއަށް ހޭލެވުނި ހިބާ ސަކަރާތް ޖަހާ އަޑަށެވެ.
“ހީވަނީ އާ ދިރުމެއް އައިހެން މިގެއަށް… ހަމަ ކުޑަކުޑަ ނާވީއެއް…” އަފީފާ ލޮލުގައި ހުރި ކަރުނަތައް ފުހެލަމުން ބުނެލިއެވެ. ނައުޝާއަށް ހިބާގެ ހަޤީޤަތް އެނގުމުން އެވާހަކަ އެންމެ ފުރަތަމަވެސް އޭނާ ހިއްސާކުރީ އަފީފާއާއެވެ.
“ދޯ.. ދޮންބެއަށް ހަމަ ނޭނގެނީތަ؟ އަހަރެން ވަރަށް ރުޅި އާދޭ” ނައުޝާ އިށީނދެގެން އިން ނާވީއަށް ބަލާލަމުން ބުނެލިއެވެ.
“މިހާރު ކާކު ދަރިއެއް ގޮވައިގެން ތިއައީ.. ދެން ނިދޭ ވަރެއް ނޫނޭ” ނާވީ ރުޅިއައިސް ގެން ހަޅޭއްލަވައި ގަތުމުން ހިބާ ދިޔައީ ސިއްސައިގެންނެވެ. އަރީޝާގެ ފައިގައި ހިފާލިތަން ފެނުމުން ނާވީ އަޑު މަޑުވެގެން ދިޔައެވެ. ކޮންމެވެސް ތަނަކުން އޭނާ ދެކުނު ކުއްޖެއްހެން ހީވި ނަމަވެސް އޭނާ ދުލަށް އަންނ ގޮތެއް ނުވިއެވެ.
“އެއީ މާމަގެ ދޫނިދޯ…” އަފީފާ ހިބާ އުރާލަމުން މޫނުގައި ބޮސްދިނެވެ.
“މަންމާ ދެން ކާކުގެ ދަރިއެއްތީ؟ މީހުންގެ ދަރިން ލައްވަ މާމަ ތި ކިޔުވަނީ” ނާވީ އަނެއްކާވެސް މޫޑު ސަކަރާތްވާ ގޮތްވިއެވެ.
“މީ ދުރު މީހެއްގެ ދަރިއެއް ނޫން.. މީ މިޝީގެ އޭ… އެކުއްޖާވެސް އެއީ މަންމަ ދަރިއެއްހެން ދެކުނު ކުއްޖެއް” ހަޤީޤަތް ފޮރުވަމުން އަފީފާ ބުނެލިއެވެ. އަފީފާގެ އެޖުމްލައިން ނާވީގެ އަނގަ ބަންދު ވެއްޖެއެވެ. އިސްޖަހާލަމުން ފޯނަށް ބަލާލީ އިތުރަށް އެއްޗެކޭ ބުނަން ބޭނުން ނުވާތީއެވެ. ގޭތެރޭގައި ދުވެދުވެފައު އުޅޭ ހިބާއަށް ދޭތެރެއަކުން ނާވީ ބަލާލައެވެ. އެކުއްޖާ ފެނުމުން އޭނާގެ ހިތަށް ބުނަން ނޭނގޭ ކަހަލަގެ އިހުސާސްތަކެއް ކުރުވައެވެ.
ފެންވަރާލައިގެން ނުކުތް ނާވީ ކާން އިށީނީ ހިބާވެސް މޭޒުކައިރީގައި ހުއްޓައެވެ. އަފީފާ ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ހިބާވެސް ދޭތެރެއަކުން އަފީފާ ކުރާކަމެއް ބަލާލަން ދެއެވެ. ބައެއް ބަސްތަކާއި ޖުމްލަތައް ފުރިހަމަ ނުކުރެވުނަސް ވާހަކަ ދައްކާގޮތުން ދެން ތިބި މީހުން މޮޔަ ވާވަރު ވެއެވެ. ނާވީ އަތް ދޮވެގެން އައިއިރު ހިބާ ހުރީ އޭނާގެ ފޯނު ހިފައިގެނެވެ. ނާވީ ފެނުމުން ހިބާ އަވަހަށް ފޯނު ދިއްކޮއްލައިފިއެވެ.
“ކޮން ނަމެއްތަ ކިޔަނީ..؟؟” ހިބާ އުރާލަމުން ނާވީ އަހާލިއެވެ. ހިބާވެސް ނާވީގެ ކޮނޑުގައި ބޯ އަޅާލަމުން ބައްދާލީ ދަންނަ މީހެއް ފަދައިންނެވެ. އެވަގުތު ބުނެދޭން ނޭނގޭ ކަހަލަގެ ހިތްހަމަ ޖެހުމެއް ނާވީއަށް ލިބުނެވެ. އަނެއްކާވެސް ހިބާ ކައިރީގައި ނާވީ ނަން އަހާލިއެވެ.
“އިބާ… ލުކް ފުލާވާރ” އިބާއޭ ބުނުމުން ނާވީއަށް ހީގަނެވުނީ ބުނިލެއް ލޯބިކަމުންނެވެ. އަދި ރަނގަޅަށް ދިވެހިން ވާހަކަ ދައްކަން ނޭނގޭކަންވެސް އެނގުނެވެ. ނައުޝާ ކޮޓަރިން ބޭރަށް ނުކުތްއިރު ހިބާ އުރާލައިގެން ހުރި ނާވީ ފެނުމުން ހިބާގެ ކޮލުގައި އައިސް ހިފާލިއެވެ. އަދި ނާވީގެ އަތުން ހިބާ ގެންދަން ވެގެން އުޅެން ފެށުމުން އޭނާފެށީ ރޯށެވެ. އެމަންޒަރު ފެނުނު އަފީފާ ހުރީ ފެންކަޅި ވެފައެވެ. ކިތަންމެ ދުވަހެއް ފަހުން ފެނުނު ކަމުގައި ވިއަސް އެކުޑަ ފުރާނައަށް ބައްޕަ އެނގިއްޖެއެވެ. މާތް ﷲގެ ކުޅަ ދުންވަންތަ ކަމާއެވެ. އެކި ހިޔާލުތަކުގައި ހުރި އަފީފާ ސިހުނީ ގޭގެ ބޮޑު ދޮރު ހުޅުވުމުންނެވެ.
ފިރާޝާ ގަޔަށް ބާރު ޓޮޕް ކޮޅަކާއި ކުރު ސޯޓެއްލައިގެން އައިސް އެގެއަށް ވަނީ ހިބާ ރޯން ހުއްޓައެވެ. އޭރު ނާވީ އޭނާ ހުއްޓާ ނުލެވިގެން އެޅެއެވެ. އެހާ ލޯބި ކުއްޖެއް ފެނުމުން ފިރާޝާއަކަށްވެސް ދުރުގައެއް ނުހުރެވުނެވެ. އަވަހަށް އައިސް އުޅުނި ހިބާ އުރާލެވޭތޯއެވެ. އެތަން ބަލަން ނައުޝާ ހުރީ ހިނި އައިސްފައެވެ. މިޝިޔާގެ ދަރިއެއްކަން އިނގިއްޖެނަމަ ހަދާނެ ގޮތެއްވެސް ނޭނގެއެވެ.
“އަޅޭ ކާކުގެ ބޭބީއެއް.. ހާދަ ލޯއްބޭ” ފިރާޝާ ނާވީއާއި ދިމާލާށް ބާލާލަމުން ބނެލިއެވެ. އަދި ހިބާއާއި ނާވީގެ މޫނަށް ދެތިން ފަހަރަކު ބަލާލިއެވެ. އެއަށްފަހު އޭނާ ހިމޭން ވެއްޖެއެވެ.
“ކާކުގެ ދަރިއެއްމީ؟” މިފަހަރު ފިރާޝާ އެހީ ވަރަށް ސީރިއަސް ވެފައެވެ.
“މިޝީގެ.. ނައު މިއަދު ގެނެސްގެން އެއުޅެނީ” އެއަޑު އިވުމުން ފިރާޝާގެ ގައިން ލޭ ކެކިގަތެވެ. ހިބާ ރޮއްވާލާފައި ނާވީގެ އަތުން އަތުލާފައި ގެންގޮސް ނައުޝާގެ އަތަށް ދީފިއެވެ. ރޮއެގަނެގެން ކައް ވެފައި އޮތް ހިބާގެ މޫނު ފެނުމުން ނާވީ ރުޅި އަންނަ ގޮތްވިއެވެ. މުނި މޫނު އޮތީ ރަތްވެފައެވެ. ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟
“މޮޔަވަނީތަ؟ ހާދަ ގޮތެއްވެސް ނުހުރެއޭ ދޯ ފިރާގެ” ނާވީގެ އަޑު ބާރުވުމުން ނައުޝާ ހިބާ ގޮވައިގެން ވަނީ ކޮޓަރިއަށެވެ. އޭރު އަފީފާ އައިސް ނާވީ ކައިރީގައި ރުޅި މަޑު ކުރާށޭ ކިޔައެވެ. ނަމަވެސް ހިބާ ރޯތަން ފެނުމުން ނާވީ ހިތައް ތަދުވަނީ މާބޮޑަކަށެވެ.
“ކިހިނެއްވީ.. ނާވީ އާ ޖެހޭތަ މީހުންގެ ދަރިން އުރަން… އެއީ ނާވީގެ ދަރިއެއްތަ ތިހާ ރުޅި އަންނަން” ރުޅިއައިލެއް ގަދަކަމުން ފިރާޝާއަށް ރޮވޭގޮތްވިއެވެ. އެތަން ބަލަން ހުރި އަފީފާ ފުރަތަމަ ފަހަރަށް ފިރާޝާއަށް ހަމްދަރުދީ ވާގޮތްވިއެވެ.
“ފިރާ… އެއީ ކުޑަ ކުޑަ ކުއްޖެކޭ..” ނާވީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“ނާވީއަށް އަޅެ ނުފެންނަނީތަ؟؟ އެކުއްޖާ ހީވަނީ ހަމަ ނާވީހެން.. މިއެންމެން އެހާ ވަރުން އެއުޅެނީވެސް އެހެންވެ.. އަހަރެންމީ ކުޑަކުއްޖެއްނޫނޭ އެވަރު ނުވިސްނެން.. ނާވީއަށް އެއްޗެއް ނުވިސްނުނަސް ” ފިރާޝާގެ އެޖުމްލައިން ނާވީގެ ބަސް ހުއްޓިއްޖެއެވެ. ނާވީ ވާހަކައެއް ދެއްކުމުގެ ކުރިން ފިރާޝާ އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ދިޔަ ގޮތުން ހީވަނީ ދެން ދުވަހަކުވެސް އައިސް ނުވަންނާނެ ހެންނެވެ.
ހިބާ ފެންވަރުވާލައިގެން ނިކުތް ނައުޝާ ފެނުމުން ނާވީގެ ރުޅި ދެގުނައަށް ދިޔައެވެ. ނަމަވެސް ހިބާއަށް ބަލާލަމުން ނާވީގެ ރުޅި މަޑުވާގޮތްވިއެވެ. ތެދެކެވެ. އެކުއްޖާ ހީވާނީ ހަމަ އޭނާ ހެންނެވެ. ނަމަވެސް އެއީ ހަޤީޤަތެއް ނޫނެވެ. އެވަރުގެ ކަމެއް ވީނަމަ މިޝިޔާ ނުބުނަންވީ ކީއްވެ ހެއްޔެވެ؟ ނައުޝާއާއި ވާހަކަ ދައްކާލަން ބޭނުން ވިނަމަވެސް ނައުޝާ އޭނާއަށް ޖަވާބެއް ނުދޭނެކަން އޭނާއަށް އެނެގެއެވެ. މިޝިޔާއާއި ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލަގެ އިހުސާސެއް ނާވިއަށް ކުރެވުނެވެ.
ގޭން ބޭރާށް އެޅި ފިޔަވަޅާއެކު ނާވީ ގުޅާލި ޒަޔާންއަށެވެ. މިފަހަރު ކަން ދިމާކުރި ގޮތުން އޭނާ ފޯނު ނަގައިފިއެވެ. ނާވީ ވަގުތުން ބައްދަލު ކޮއްލަން ބޭނުންވާ ވާހަކަ ބުނެލިއެވެ. ސައިކަލު ޕާކުކޮއްލުމަށްފަހު ނާވީ ޑައިނަމޯރއަށް ވަދެ ޒަޔާން އިން މޭޒެއް ހޯދާލިއެވެ. ތަންކޮޅެއް ފަހަތުގައި ހުރި ޒަޔާން ފެނުމުން ހަނާއަޅާލަމުން އެދިމާލަށް ނާވީ ހިނގައިގަތެވެ. މޭޒު ކައިރިއަށް ދެވުމުން އޭނާ ޓީޝޫއެއް ނަގަމުން ދާތައް ފުހެލިއެވެ. ފިރާޝާ އެހެން ބުނި ފަހުން އަދިވެސް އޭނާ ދާހިއްލުން ނުފިލައެވެ. ނުތަނަވަސް ވީމަ ކަންނޭނގެއެވެ.
ޒަޔާން ވީ ކީހިނެއްހޭ އަހާލުމުންވެސް ނާވީއަކަށް ޖަވާބެއް ނުދެވުނެވެ. އެއަށްވުރެ ބޮޑަށް ހިތގައި އުފެދިފައިވާ ހައިޖާނުގަނޑު ބޮޑެވެ.
“މިޝީ.. ހިބާއެއީ ކާކުގެ ދަރިއެއް؟” މިޝިޔާއިން ފެށި ނަމަވެސް ނާވީ ސީދާ އޭނާ ކުރަން ބޭނުންވި ސުވާލު ކޮއްލިއެވެ.
“ނޭނގެ.. އަހަރެން ކައިރީގަ ދުވަހަކުވެސް ނުބުނޭ.. އެކަމް ބަލާލާ ކޮންމެ މީހަކަށްވެސް އިނގޭނެ އެއީ ނާވީކަން.. ނާވީ ދަންނަ މީހެއް ވިއްޔަ” ޒަޔާންގެ ޖުމްލައިން ނާވީގެ ހިތުގެ ތެޅުންވީ ހައްތަހާ ގަދައެވެ. އޭނާއާއި ޖެހެން މިއުޅެނީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟
“އެވަރު ކަމެއް ވިމަނަ މިޝިޔާ އަހަރެން ނުބުނީ ކީއްވެ؟ އަހަރެންގެ ދަރިއެއްނަމަ އަހަރެން ކައިރިއަށް އަންނާނެ އެއްނު” ޝައްކުވެފައި ހުރެވެސް ނާވީ ބުނެލިއެވެ. އޭނާއަށްވެސް ހިބާ އޭނާއާއި ވައްތަރެވެ. ނަމަވެސް ޤަބޫލުކުރަން ބޭނުން ނުވަނީ މިޝިޔާ އޭނައާއި އެކަން ހިއްސާ ކޮއްފައި ނެތުމުންނެވެ.
” މިޝީ ނުބުނީ ކީއްވެ ކަމެއް އަހަންނަކަށްވެސް ނޭނގެ.. އަހަރެންނާ ދިމާލަށް ބުނީ ނާވީއާއި ޒަޔާނާ ކުޅޭ ބުދެއްހޭ އޭނައެއީ ބަދަލު ކުރަން” ޒަޔާނަށްވެސް ފެންނަގޮތް ހިއްސާ ކޮއްލިއެވެ. ނަމަވެސް އެހެން ކަމަކާއި ވިސްނޭ ވަރަށްވުރެ މިއަދު ނާވީވަނީ ނުތަނަވަސްވެފައެވެ.
“އަހަރެން ނުކުރާނަން ޤަބޫލެއް މިޝީޔާގެ ނުހުންނާނެ އަހަރެންގެ ދަރިއެއް.. އެއުޅެނީ ބަދަލު ހިފަންވެގެން.. އަހަރެން އޭނާއާއި ވަކިވެފަ ފިރާޝާއާއި ގުޅުނީމަ.. މިޝިޔާ ހީކުރަނީތަ” ނާވީ އަނެއްކާވެސް ރުޅިއަންނަ ގޮތްވިއެވެ. ޒަޔާންއާއި ދިމާލަށް ބަލާލަމުން މިޝިޔާގެ ނަންބަރު ދިނުމަށް ބުނެލިއެވެ. ދެހިޔާލެއްގައި ހުރުމަށްފަހުވެސް ޒަޔާން މިޝިޔާގެ ނަންބަރު ދީފިއެވެ. ނާވީ ގުޅަންވީ ބާއޭ ހިތަށް އަރާފައިވެސް މަޑުކޮއްލީ މިއީ ރަނގަލޫ ގޮތަކަށް ނުވެދާނެތީއެވެ. އެތައް ވާހަކައަކަށްފަހު އެންމެ ފަހުން ނާވީ ހަމަ ޖެހޭ ގޮތްވީ ޒަޔާން މީޝިޔާއާއި ބައްދަލު ކޮއްފައި އަހާނެ ވާހަކަ ބުނުމުންނެވެ.
ހިބާ ނެތުމުގެ ފަޅުކަން އެންމެންނަށްވެސް އިހުސާސް ކުރެވުނެވެ. އެންމެންވެސް ތިބީ ފޫހި ވެފައެވެ. މިޝިޔާވެސް އެނދުމަތީގައި އޮތީ އޭނާގެ ދަރިފުޅު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އޮއްވައި ގޭގެ ބެލް ޖަހާލި އަޑު އިވުމުން ފުންމައިގެން ތެދުވެއްޖެއެވެ. އަދި އިސްތަށިގަނޑު ރީތި ކޮއްލުމަށްފަހު ލައިގެން ހުރި ޓީޝާޓުވެސް ތިރިއަށް ދަމާލިއެވެ. ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ދޮރު ހުޅުވާލަމުން ހިބާ އުރާލީ ވަރަށްވެސް ލޯބިންނެވެ. ނައުޝާ އެމަންޒަރު ބަލަން ހުރީވަރަށްވެސް އުފަލުންނެވެ. ނައުޝާ އަވަހަށް ދާންޖެހޭ ވާހަކަ ބުންމުން ހިބާ ހަވާލު ކޮއްލާފައި ދިޔައީއެވެ.
ރޭގަނޑު ވެގެން އައިއިރު ހިބާ ދައްކަމުން ދިޔައީ އޭނާ ކުރި ކަންތަކުގެ ވާހަކައެވެ. މާމަ ކޭކު ކާންދިން ވާހަކައިން ފެށިގެން ހުރިހާ ވާހަކައެއްހެން ކިޔައި ދެމުން ގެންދިޔައެވެ. މިޝިޔާވެސް ހުރީ ދަރިފުޅު އެހެން އުޅޭތީ ވަރށް އުފާވެފައެވެ. ހިބާ މައިލޯ ޕަކެޓްއެއް ބޯން ރުޅި ވުމުން މިޝިޔާ އޭނާގެ މަންމައާއި ހިބާ ހަވާލު ކޮއްލިއެވެ. އަދި ލައިގެން ހުރި ސޯޓު ބާލައިފިއެވެ. އަވަހަށް އެއްޗެހި ބަދަލު ކޮއްލައިގެން ފޭބީ ނަމާދު ވަގުތު ޖެހޭތީއެވެ.
ފިހާރައިން މައިލޯ ޕަކެޓް ގަނެގެން ނިކުތް ތަނުން މީހަކު އޭނަގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަން ގެނެސް ގެއަށް ވައްދައިފިއެވެ.
“ނާވީ.. މޮޔަވަނީތަ؟” މިޝިޔާ ގެއަށް ވެއްދުމަށްފަހު އަތުން ދޫކޮއްލުމުން އޭނާ ހަޅޭއްލަވައި ގަތެވެ. އަތަށް ވީތަދުން އެތަނުގައި ދެތިން ފަހަރު ފިރުމާވެސް ލެވިއްޖެއެވެ.
ނުނިމޭ
1612 Comments
Comments are closed.
mifaharu dhigu dho :).. sorry all last episode kurukoh genevunima..
Wooooow.. ??? this is sooo nice.. wen next part.. ? Eagerly waiting for the nxt part..
in shaa allah tomorrow afternoon 🙂
V v v reethi.avaha up koh dheefiyaa rangalhu.v kiyaa hiyn vaa vaahaka e mee☺
V v reethi. than kolhey dhigukon avaha up kodheythi
V reythi☺
V salhi thankolheh avahah up kohdhehcey
haadha reethi a
Reethi bt haadha kurey
vaahaka v reethi.
Ohh! v v v reethi. . . Haadha ran’galhey sinnu maadhan up kohdheynameu bnyma v ufaa vejje. . Hma mihaa dhigukoh igey. Ur thr best
Okay lalla.. thank you ?