ކުއްލިއަކަށް ގޭ ދޮރުގެ ބެލް އަޑު އިވުނެވެ. މަންމަ ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައީ ދެ ފުލުހުންނެވެ. އަހަރެންނާއި ދޮންބެއަށް ވަގުތުން ތެދުވެވުނެވެ. “އާސީން އަހްމަދު” އެތަނުން އެކަކު އަހަރެންގެ ނަން ކިޔާލިއެވެ. އަހަރެން މަންމައާއި ދޮންބެއަށް ބަލާލަމުން ކުރިއަށް ޖެހިލީމެވެ. “އާދެ.. އަޅުގަނޑަކީ އާސީން” އަހަރެން ބުނެލީމެވެ. “އަޅުގަނޑުމެންނާއި ފުލުސް އޮފީހަށް ދުރުވެ ދެއްވާ..” އެމީހާ މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ. “އެއީ ކީއްކުރަން.. ކޮބާ ބޭނުމަކީ” ދޮންބެ ކުރިއަށް ޖެހިލަމުން ހަރުކަށިކަމާއި […]
“އޯ.ކޭ.. ލެޓްމީ ޓޯކް ޓު ހިމް.. އިނގޭ.. ޓިލް ދެން ވެއިޓް” ނައުޝާ އެހެން ބުނުމުން މިޝިޔާ ވަރަށް އުފާވިއެވެ. އަދި އައިސް ނައުޝާގައި ބައްދާލަމުން ޝުކުރުވެރިވިއެވެ. ލެޕްޓޮޕް އުނގަށް ލައިގެން އިން ޒަޔާން ސިހުނީ ކުޑަ މޭޒުމަތީގައި ބާއްވާފައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނު ސްކިރީނުން ފިރާޝާގެ ނަން ފެނުމުން އޭނާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލެވުނީވެސް އެހެންވެއެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ފިރާޝާ […]
ދަރިފުޅާއޭ ގޮވާ ލަތާ ކުރިއަށް ދުއްވައިގަތީ ކޮޓަރީ ޓައިލްސްްތައްމަތީގައި ވެއްޓިފައި އޮތް ޝިޔާރާއާއި ދިމާލަށެވެ. ލަތާ ޝިޔާރާ ކައިރީގައި ިއިށީނުމަށްފަހު ބޯ ބާއްވާލީ ލަތާގެ އުނގުމަތީގައެވެ. އަދި ބިރުގަނެފައިވާ ހާލު ޝިޔާރާގެ އަތުގައި ހިފާ ވިންދު ވެސް ބަލާލިއެވެ. އެއަށްފަހު އަތްފޯރާ ހިސާބުގައި ހުރި ފެންޖަޖުން އަތަށް ފެން އަޅާ ޝިޔާރާގެ މޫނަށް ބުރުވާލިއެވެ. ދެވަނަ ފެންގޮށި މޫނުގައި ވަށައިގެން ލޯތްބާއެކު ހާކާލިއެވެ. ޝިޔާރާގެ ބުރަކަށި ދަށުގައި އޮތް ދިގި އިސްތަށިގަނޑު ލަތާއަށް ފެނުނީ އެވަގުތުއެވެ. މީގެ […]
ނީރާ މާލޭގެ ބިމުގައި ފައި ޖެހުމާއި އެކު ނުބައި ގޮތަކަށް ހިތްތެޅިލިއެވެ. ނީރާއަށް އެ ހުރިގޮތަށް ހުރެވުނީ އެހެންވެގެންނެވެ. އިތުރަށް ފިޔަވަޅެއް އަޅަންވެސް ނޭނގިފައެވެ. ރިޝާން ނީރާގެ ގައިގާ ކުޑަކޮށް ކޮށްޓާލިއެވެ. ނީރާ ކުއްލިއަކަށް ތެޅިގަނެވުނެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ ކުރިއަށް ހިނގައިގަތެވެ. “ނީއްކޮ އައިސްލަންވީނު އަހަރެންގެ ގެއަށް މިހާރު…. އިނގޭތަ.. މިއަދު އަހަރެންގެ ކޮއްކޮވެސް އައިއްސި… އެއްކޮށް ކިޔަވާ ނިމިގެން….” ރިޝާން ބުނެލިއެވެ. “ހެހެ އެހެންތަ…. އެހެންވެ އެހާ އަވަހަށް އަންނަން ތި […]
ޖައްވުގައި ވާ ފިނިކަން ކަނޑުވަމުން އުދަރެހަށް ރަންކުލަ ގެނުވަމުންދާ އިރު، އުދަރެހުން އަރަމުން އަންނަ އިރަށް ބަލަން ޒައިދާން ހުއްޓެވެ. މަލަމަތި ހިތްގައިމު ދުވަހެކެވެ. ގޮނޑުދޮށަށް އިރުކޮޅަކާ ބީއްސާލާ ރާޅުގެ އަޑުން މުޅި ހިސާބަށް ވަނީ ދިރުން ގެނުވާފަ އެވެ. ކާޅުތަކާއި ދޫނިތައް ގޮވާ އަޑާއި އެކު، ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިން މުޅި މާހައުލުގައި ވަނީ ރާގެއް އުފައްދައި ލައިފަ އެވެ. ޒައިދާން ޒަރީރް މުރަކަގޭ ބެލްކަނީގައި ހުރެ ސިނގިރޭޓް ބޮމުން ދިޔަ އެވެ. އެއީ […]
މޫސަބެއާއި ފައުޒާންއަށް ބަލައިލެވުނީ މައްޗަށެވެ. އެފެނުނު މަންޒަރުން ހައިރާންވެފައި ފައުޒާންއަށް ބަލަން ހުރެވުނީއެވެ. ކައިރީގައި ހުރި ޖޭމުގަހުގެ ގޮފިގަނޑަކަށް އަރާ ހުރި އަންހެންކުއްޖާ ބަލަމުންދަނީ މަތީގޮފިގަނޑެއްގައި އިން ޖޭމެއް ބިދެވޭތޯއެވެ. “އޭތްބަލަގަ މަންޖޭ! މަންޖެ ގަހުގަ އޮވެގެން ހޫރާލި ފައިވާން ކިބައައިސް އެޖެހުނީ މިހިރަ މެހެމާނުގެ ގައިގަޔޭ! ގޮއްޔެ ތަނެއްދޮރެއްވެސް ބަލައި ނުލަންދޯ!” މޫސަބޭއަށް އެމަންޒަރު ފެނުމުން މޫސަބެއަށް ނުހުރެވިގެން ހަޅޭއްލަވައިގަތެވެ. ފައުޒާންއަށް މީގެކުރިން ދުވަހަކުވެސް އެގޮތަށް އަންހެންކުދިން އުޅޭތަނެއް ފެނިފައެއް ނުވެއެވެ. މޫސަބޭގެ އަޑަށް އެކުއްޖާ […]
ފާރުގައި ހުރި ގަޑިއަށް އިރުކޮޅަކާ ފައުޒާން ބަލައިލައެވެ. ތެތް ތުވާލި އަނދެގެން ހުރުމުން ފެންވަރައިގެން ނުކުތީ ކަން އިނގެއެވެ. އެއީ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ހެޔޮވަރެއްގެ އިސްކޮޅެއްގެ ވެރި އެކެވެ. އަންހެންކުދިންގެ ހިތް ދަމައިގަންނަ ފަދަބާރެއް ލިބިފައިވާ މުށިކުލައިގެ ތޫނުދެލޮލުން ވިދުމެއް ފާޅުވާން ހުއްޓެވެ. ހަމުގެ ކުލަ އައްޔެވެ. ގައިގެ މަސްތައް ހަރުވެލާފައި ހުރީ އުޅޭވަޒީފާގެ ގޮތުންނޭވެސް ބުނެވިދާނެއެވެ. ބާވީސް އަހަރުވީ މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ލިބިގެންނެވެ. ލޯގަނޑުކައިރިއަށް އައިސް ތުނިކޮން ކޮށާފައިހުރި ބޮލުގައި އަތްކާތާލިއެވެ. […]
ހޮސްޕިޓަލްގެ އިންޗާާރޖް ޒިމަން މެނަށް ކަންތަށް ކުރަންވިގޮތް ކިޔާދެމުންދިޔައެވެ.އަދި ޒިމަން އަދި ޖީނާ އެތަނުގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނަށް ތައާރަފުވެލިއެވެ.އަދި އެއަށްފަހު އެކަކުއަނެކަކަށް ތައާރަފުވެލިއެވެ.”އަޅުގަނޑުގެނަމަކީ ޖީނާ، ޔޫ ކޭން އޯލްސޯ ކޯލް މީ ޖީން.. އައިމް ޓުވެންޓީޓޫ އިޔާރސް، އެންޑް އައިމް ފްރޮމް މާލެ.. އެންޑް މޭ އައި ނޯ ޔުއަރ ނޭމް؟..”ޖީނާ ތައާރަފްވެލުމަށްފަހު ޒިމަން އާއި ސުވާލުކޮށްލިއެވެ. “ވެލް..މައި ނޭމް އިޒް ޒިމަން،ޔޫކޭން ކޯލް މީ ޒިމް.. އައިމް އޯލްސޯ ޓުވެންޓީ ޓޫ.. އެންޑް އައިމް […]
“ވައަލައިކުމް ސަލާމް………… ޝަ..ޝާއިން………” ފާތުމަތު އަށް ޝާއިން ފެނުމާއި އެކު އެއީ އޭނާކަން އިނގުނެވެ. 4 އަހަރު ފަހުގައި ފެނުނު ކަމުގައި ވިޔަސް އޭނާއަކަށް ޝާއިން އެއް ނޯޅޭނެއެވެ. ފާތުމަތު ރޮމުން ރޮމުން ޝާއިންގެ ގައިގާ ބައްދާލިއެވެ. ޝާއިންވެސް އޭނާ ކައިރި ހުރި އަންހެންކުއްޖާގެ އަތުން އަތް ނައްޓުވާލުމަށްފަހު ފާތުމަތު ގައިގާ ކުޑަކޮށް ބައްދާލިއެވެ. “އަހަރެންގެ ކަނބުލޮ ހާދަ ޒުވާންވެއްޖޭ ދޯ….” ޝާއިން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. ފާތުމަތު ހޭންފެށިއެވެ. “ކޮބާ މަމް؟؟ ޑޭޑް؟؟” […]