Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފެންނާތީ ޔާރާގެ މޫނު (6)

Sinnu
March 30, 2016
5 Mins Read
45 Views
25 Comments

“ނާވީ.. މޮޔަވަނީތަ؟” މިޝިޔާ ގެއަށް ވެއްދުމަށްފަހު އަތުން ދޫކޮއްލުމުން އޭނާ ހަޅޭއްލަވައި ގަތެވެ. އަތަށް ވީތަދުން އެތަނުގައި ދެތިން ފަހަރު ފިރުމާވެސް ލެވިއްޖެއެވެ.

“އާނ.. މިހާރު ހަމަ ރަނގަޅަށްވެސް މޮޔަ ވެއްޖަ” ނާވީ ފާރުގައި އަތުން ޖަހަމުން ބުނެލިއެވެ. އެމަންޒަރު ފެނި މިޝިޔާ ބިރުގަތް ނަމަވެސް އަދިވެސް މިވަނީ ކީއްކަމެއް ނޭނގެއެވެ.

“ނާވީ ކިހިނެއް ވެގެން ތިއުޅެނީ؟” މިޝިޔާ ދުރަށް ޖެހިލަމުން ބުނެލިއެވެ. ނަމަވެސް ނާވީ އެހާ ފަސޭލައިން މިފަހަރު މިޝިޔާ ދިޔަކަ ނުދިނެވެ. އުނަގަނޑުގައި އަތް އަޅުވާލަމުން އޭނާއާއި ކައިރިކޮއްލިއެވެ. އަދި މިޝިޔާގެ ކޮލުގައި ތުންފަތް ޖައްސާލުމުން މިޝިޔާ ދުރަށް ޖެހިލާން އުޅުނެވެ.

“ދޫކުރޭ… މިހާރު ދޫކުރޭ.. ހަދަހާ ހަޔާތް ކުދަ ވެގެނޭ ތިއުޅެނީ ނާވީ” މިޝިޔާ ނާވީގެ މޭގައި އަތްއަޅާ ދުރަށްލާން މަސައްކަތް ކުރަމުން ދިޔައެވެ.

“މިއެއް ނޫންތަ ބޭނުން ވެގެން ތިއުޅެނީ.. ހަމަ ފެންނަ ކޮންމެ މީހެއް ކައިރީގައި ހިބާއަކީ އަހަރެންގެ ދަރިއެކޭ ތި ކިޔަނީ.. މިޝިޔާގެ ނުހުންނާނެ އަހަރެންގެ ދަރިއެއް…” ނާވީއެ އެ ބަސްތަކުން މިފަހަރު މިޝިޔާގެ ހިތުގައި ޖެހިއްޖެއެވެ. ލޮލަށް ފުރައި ކަރުނަ އަޅައިގެން ނާވީއާއި ދިމާލަށް ބަލަން އިނީއެވެ.

“މަށެއް ދެރައެއް ނުވާނެ މީޝިޔާ ރުޔަކަސް.. ހިބާގެ ބައްޕައަކީ ކާކުކަންވެސް މިޝީއަށްވެސް ނޭނގޭދޯ” އެޖުމްލަ މިޝިޔާގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއްހާ ބާރަށެވެ. އަތް ދަމާލާފައި ނާވީގެ ކަންކަށި މަތީގައި ޖެހިއިރު އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. މިޝިޔާ ގިސްލެވެމުން ދިޔަތަން ފެނިފައި ނާވީއަށް ކަމެއް ގޯސްވެއްޖެކަން އިނގިއްޖެއެވެ. އަވަހާއި އޭނާގައި ގައިން ދޫކޮއްލަމުން މޫނުގައި ފިރުމާލީ ދިލަ ނަގަން ފެށުމުންނެވެ.

“ހިބާ ތިކަހަލަ މީހެއްގެ ދަރިއަކަށް ނުވިއްޔާ ރަނގަޅީވެސް… ހިބާއަކީ ނާވީގެ ދަރިއެއްނޫން..” މިޝިޔާގެ އެހެން ބުނުމަށްފަހު ލިފްޓާއި ދިމާލަށް ހިނގައި ގަނެއްޖެއެވެ. ގިސްލެވެމުން ދިޔަ މިޝިޔާ ހީވަނީ އެތަނަށް ވެއްޓި ދާނެއެވެ.

“މިޝީ.. މިޝިޔާ” ނާވީގެ އަޑު ގުރަންޑް ފޮލޯރ އެތެރޭގައި ގުގުމައިގަތެވެ.

ގެއަށްވަތް މިޝިޔާގެ މޫނު ފެނުމުން  ޔާސްމީން އައިސް އޭނާގެ ދަރިފުޅު ގައިގައި ހިފަހައްޓާލިއެވެ. ހިބާއަށް މިވަނީ ކީއްކަމެއް ނޭނގުނެވެ؟ އޭނާވެސް ފެށީ ރޯށެވެ. 15 ވަރަކަށް މިނެޓްފަހުން ރުއިން ހުއްޓާލުމަށްފަހު ހިބާ ގޮވައިގެން އޭނާ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާގެ ރީތި ދެލޯ ވަނީ އެއްކޮށްހެން ދުޅަވެފައެވެ. ހިބާ ނިދަން އޮވެގެންވެސް ދޭތެރެއަކުން މިޝިޔާ ރޮއޭތޯ ބަލާލައެވެ. މިޝިޔާއަށް އަދިވެސް ސިފަވަމުން ދިޔައީ ނާވީގެ އަމަލު ހުރި ގޮތެވެ. ނާވީއެހާ ހިސާބަށް ގޮސްފާނެ ކަމަކަށް އެންމެ ފަހަރަކުވެސް އޭނާ ހިތަކަށް ނާރައެވެ. އެނދުގައި އޮތްއިރު މިޝިޔާގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައީ މީގެ ދެއަހަރު ކުރީގެ ހަނދާންތަކެވެ. އެންމެ ފުރަތަމަ ނާވީ އޭނާގައި ބީހުނު ދުވަހެވެ. އޭއީ އާޓިފިޝަލް ބީޗްގައެވެ. ހަނދާން ކުރަން ބޭނުން ނުވި ކަމުގައި ވިއަސް އެހަނދާންތައް އޭނާ އުނދަގޫ ކުރަން ފަށައިފިއެވެ. އަދި މަޑުމަޑުން އެހަނދާންތަކުގެ ތެރެއަށް ގެބިގެން ހިނގައްޖެއެވެ.

މިޝިޔާގެ ބޮލަށް ނާވީ ލައިގެން ހުރި ޓީޝާޓު މަހާލުމުން ކައިރީގައި ތިބި އެންމެންހެން އެދިމާއަށް ބަލާލިއެވެ. ނާވީގެ ދޮން ރީތި ހަށިގަނޑު ހާމަވެގެން ދިއުމުން ކައިރީގައި ހުރި މިޝިޔާއަށް ބަލާލެވުނީ ތިރިއަށެވެ. އޭނާ މިޝިޔާގެ ދެއަތުގައި ހިފައި ނަގަމުން މޫދައް ދާން ހިނގާށޭ ބުނެލިއެވެ. ދުރުން އެދެމީހުން އަންނަތަން ފެނުމުން ނައުޝާހުރީ ދެލޯ ބޮޑުވެފައެވެ. އޭނާގެ ދޮންބެ މިހާ އަވަހަށް މިޝިޔާގެ ހިތް އަތުލީ ހެއްޔެވެ. އެދެމީހުންއައިސް އެތާނގައި އިށީނުމުން ދުރުގައި ތިބި މާޒްއާއި ޒަޔާންވެސް އެތަނަށް އައެވެ. ލޮނުން ތެމިފައިވާ މާޒްގެ އައިސް އިށީނީ ނައުޝާގެ ބުޑުގައެވެ. ނާވީ ކަރު ކެހެލި ނަމަވެސް މާޒް އެވަރަކުން ނޫޅުނެވެ. އެހެން މީހުންނާއި ހިލާފަށް ޒަޔާން އައިސް އިށީނީ މިޝިޔާގެ ކުރިމައްޗަށް ވާގޮތަށެވެ. އަދި މިޝިޔާ ކައިރީގައި ލައިގެން ހުރީ ކާކުގެ އެއްޗެއްތޯ އަހާލިއެވެ. ލޮލުގެ އިޝާރާތުން މިޝިޔާ އޭނާގެ ވާތް ފަރާތަށް ހުރި ނާވީ ދައްކާލިއެވެ.

“މިޝީ… ޑޯންޓް މޫވް..” ޒަޔާން އެހެން ބުނުމުން އެންމެންހެން އެދިމމާލަށް ބަލާލިއެވެ. އެންމެ ބޮޑަށް ހާސްވީ ނާވީއެވެ.

“ވަޓް.. ކިހިނެއްވީ؟” ބިރުން ހުރި މިޝިޔާ އަވަހަށް ބުނެލިއެވެ. އޭނާހެ އުނގުގައި އިން ބޮޑު ކަކުނި ފެނުނީ ދެނެވެ. ބިރުން ހެދުނު ގޮތެއްވެސް ނޭނގުނެވެ. ދެލޯ ހުޅުވާލީ ބާރުގަދަ އަތަކުން އޭނާ ހިފަހައްޓައިލައިގެން ހުއްޓައެވެ.

“ޒަޔާން ސޮރީ.. އަހަރެން ވަރަށް ބިރު ގަންނަ އެއްޗެއް އެއީ” މީޝިޔާ ޒަޔާންގެ އުނގު ތެރެއިން ދުރަށް ދަމުން ބުނެލިއެވެ. އެތަން ބަލަން އުނދަގޫވީ ނާވީ އަށެވެ. އޭނާ އެމަންޒަރު ފެނުނު ފަހުން އެއްކޮށް މޫޑު ހިނގައްޖެއެވެ. މިޝިޔާ އެހެން މީހަކާއި ކައިރިވުމުން އޭނާ އެހާ ދެރަވާންވި އެއްވެސް ސަބަބެއް ނުތެވެ.

އެންމެންވެސް ހަވީރުވުމުގެ ކުރިން ގެއަށް ހިނގައްޖެއެވެ. މިޝިޔާ ހުރީ ގޭގެ ޓެރެހުގައެވެ. އޭނާއަށް ވިސްނެމުން ދިޔައީ މިއަދު ނާވީގެ އަމަލު ހުރި ގޮތެވެ. އަދި އޭނާ ޒަޔާން ކައިރިއަށް ދިއުމުން ނާވީ ހިތަހަމަ ނުޖެހުނުކަންވެސް އޭނާއަށް އެނގުނެވެ. ހިޔާލުތަކުގައި ހުއްޓައި ހޭވެރިކަމެއްވީ އެތަނަށް މާޒް އައުމުންނެވެ. މާޒް އޭނާގެ ކޮއްކޮއަށް ބަލާލީ ވަރަށްވެސް ފުންކޮށެވެ. ހީވާގޮތުން އޭނާ ހުރީ ވާހަކައެއް ބުނަން ބޭނުން ވެފައެވެ. ނަމަވެސް މިޝިޔާގެ އުފާވެރި މޫނު ފެނުމުން މާޒް ބުނާކަށް ބޭނުމެއް ނުވިއެވެ. އެތެރެއަށް ހިފަހައްޓާލައިގެން ހުރީއެވެ.

ހިތުގައި ހަމަ ޖެހުމެއް ނުވަނީ ނާވީގެ އެކަންޏެވެ. އޭނާ ޒަޔާންއާއި މިޝިޔާއާއި ކައިރީގައި އުޅުމުން ހިތްހަމަ ނުޖެހެނީ ކީއްވެ ކަމެއް ނޭނގެއެވެ. ރޭގަނޑު ފެންވަރާލައިގެން ނާވީއާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އާދު ދިޔައީ ކޮފީއެއް ބޯލާށެވެ. ޖުވޭސްއަށް ވަތް ނާވީގެ މޫޑު ގޯސްވީ ކުރިމަތިން ޒަޔާން ފެނުމުންނެވެ. ނަމަވެސް އޭނާ ޒަޔާންއަށް ހަނާ އަޅާލަމުން އެމީހުންނާއި އެއްމޭޒަކަށް އައުމަށް ދައުވަތު ދިނެވެ. ޒަޔާންވެސް ހީލަމުން ދިޔައީ ބީޗުގައި ބައްދަލުވި ފަހުން ދެތިން ދުވަހަކު ވާހަކަ ދައްކާފައި ވާތީއެވެ.

“ކޮބާ ކިހިނެއް؟ ހާދަ ނުފެނެއޭ” ނާވީ އޭނާގެ އަމިއްލަ ބޭނުމުގައި ވާހަކަ އެހަންފެށިއެވެ.

“ހޫމް މިއުޅެނީ އެސައިންމެންޓް ކަންތަކާ އެހެންވެ.. ކޮބާ ނައު؟” ޒަޔާންވެސް ހީލަމުން ބުނެލިއެވެ.

“ނައު ގޭގަ.. އަހަރެން ހީކުރީ ނައުމެންނާއި އެއް އަހަރެއް ކަމަށް.. މިޝީއާ ލައިކްވޭތަ އެއްވެސް ވަރަކަށް” ނާވީ ސީދާ އޭނާ އަހަން ބޭނުންވި ވާހަކަ އަހާލިއެވެ.

“ނޫނޭ އެއްއަހަރު ބޮޑު ބަޓް ސީ.އެޗް.އެސް.އީ އުޅުންއިރު އެންމެން އެއްކޮށް އުޅުނީ.. ޔެސް އައި ލައިކް މިޝީ.. އެކަމް މިހާރި އެހެން ކުއްޖަކާ ރައްޓެހި ވެގެން މިއުޅެނީ.. މިޝީ މާ އިނޮސެންޓް.. މާކުޑަ ގޮތެއް ހުންނަނީ ހެހެހެ” ޒަޔާން މިޝިޔާގެ ގެ ހަނދާން ވުމުން ހީލަމުން ބުނެލިއެވެ. ނާވީއަށް އެމަންޒަރު ބަލަން ކެތެއްނުވިއެވެ.

“އަހަރެންވެސް ލައިކްވޭ..” ނާވީ އެހެން ބުނުމުން ޒަޔާންގެ މޫނުމަތީގައިވި އުފާވެރިކަން ގެއްލިގެން ހިނގައްޖެއެވެ. ޒަޔާންއަށް މި ވާނުވާއެއް ނޭނގުނެވެ. ނާވީ ކައިރީގައި ދެން އޭނާ ހަދަންވީ ކޮން ގޮތެއްތޯ އަހާލީ ދެހިތެއްގައި ހުރެއެވެ.

“އަހަންނަށް އިނގޭ ޒަޔާން އަދިވެސް މިޝީއާއި ލައިކް ވާކަން.. ލެޓްސް ބެޓް.. ކާކުއަށްތޯ ކުރިން މިޝީ ލިބެނީ.. އޯ ގިވްމީ ޔުއަރ ގާރލް” ނާވީގެ އެޖުމްލައިން އާދުވެސް ހިތްހަމަ ނުޖެހުނެވެ. އަންހެން ކުއްޖަކާއި މެދު އެހެން ކަންތައް ކުރާކަށް ނުވާނޭ އާދު ބުނެލީ ނުރުހުންވެފައި ހުރެއެވެ.

“ކޮބާ ނާވީގެ މައްސަލައަކީ؟” ޒަޔާން ރުޅި އަންނަގޮތްވިއެވެ. އަދި އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ.

“ކިހިނެއްވީ؟؟ ބިރުގަތީތަ؟ އައި ވޮންޓް ބްރޭކް ޔުއަރ ލިލް މިޝީ…” ނާވީގެ އެޖުމްލައިން ހިނގަ ހިނގާހުރި ޒަޔާން ހުއްޓިއްޖެއެވެ. ޒަޔާންއަށް މިޝިޔާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ފެނިއްޖެނަމަ ނާވީ މަރާލާނެއެވެ.

“އޯ.ކޭ.. އިޓްސް އަބެޓް” ޒަޔާން އެހެން ބުނެލީ ނާވީއަށް ނުދޫކުރާނަމޭ ބުނާ ކަހަލަ ގޮތަކަށެވެ. އަދި އެތަނުން ނިކުމެގެން ހިނަގއިގަނެފިއެވެ.

“ނާވީ.. މޮޔަވަނީތަ؟؟ ބަލަ ނާވީ އެކުއްޖާ ދެކެ ލޯބިވެގެން ތިއުޅެނީ ދެން އެހެން ނޫން ކޮންކަމެއް.. ގެޓް ޔުއަރ ހެޑް ޓުގެދަރ” އާދު އަދިވެސް ހުރީ ހިތަހަމަ ނުޖެހިފައެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް ނާވީ މަސައްކަތް ކުރަމުން ދިޔައީ މިޝިޔާއާއިގެ އިތުބާރު ހޯދޭތޯއެވެ. ނަމަވެސް އެހާ ގިނައިން ވާހަކަ ދައްކާ ނޫޅޭ ކުއްޖަކަށް ވާތީ ނާވީއަށް އަދިވެސް މިޝިޔާގެ ހިތުގައި އޮތީ ކޯއްޗެއްކަމެއް އިނގޭ ގޮތެއްނުވެއެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް މިއަދު މިޝިޔާ ހުރީ ވަރަށް ފޮތް ކިޔާށެޗެ. އެހެން ކުދިންތައް ދިއުމުންވެސް އޭނާ ހުއްޓާލާކަށް ނޫޅުނެވެ. ނައުޝާ ފާހާނައަށް ވަނުމުން ދޮރަށް ފުރަގަސް ދިގެން އޮށޯވެއޮތް މިޝިޔާއަކަށް އޭނާގެ ފުރަގަހުގައި މީހަކު ހުރިކަމެއް ނޭނގުނެވެ. ފުރޮޅި ފުރޮޅި އޮތް މިޝިޔާ ބަލަން މުނި ދުވަހުވެސް ނާވީ އެހެން ހުރެފާނެއެވެ. އޭނާ މިޝިޔާއާޡއި ދޭތެރޭ ދެކޭ ގޮތެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ޔަޤީން ކުރަން ބޭނުންވަނީވެސް އެހެންވެއެވެ.

ފުރަގަހުން މިޝިޔާއަށް ނޭނގޭނެހެން ގޮސް ނާވީވެސް އެނދަށް ވެއްޓިއްޖެއެވެ. ސިއްސައިގެން ދިޔަ މިޝިޔާ ވަހަށް ތެދުވެއްޖެއެވެ. ހީވަނީ ބިރެއް ފެނުނު ހެންނެވެ. ދެލޯ ބޮޑުކޮއްލައިގެން ހުރި ގޮތުން ހީވަނީ ކުޑަ ކުއްޖެއް ހެންނެވެ. އިންތިހާ ދަރަޖައިގެ މައުސޫމުކަމެވެ. އެބޮޑު ދެލޮލުން ނާވީއަށް ބަލަން ހުރި ގޮތުން ހީވަނީ ނާވީ މޮޔަ ކޮއްލާފާނެ ހެންނެވެ. ނާވީ ކުއްލިއަކަށް މިޝިޔާގެ އަތުގައި ހިފާ އޭނާގެ ގަޔާއި ކައިރި ކޮއްލިއެވެ. މިކުއްޖާ ބޮޑުވާނީ ކޮސް އިރަކުން ހެއްޔެވެ؟

“ޔޫއަރ ސޯ ޕްރިޓީ..” ނާވީ މިޝިޔާ ނިއްކުރީގައި ބޮސްދެމުން ބުނެލިއެވެ. އޭނާއަށް އެއަމަލު ހިންގުނީ ކީއްވެ ކަމެއް ނޭނގުނެވެ. ދެ ރަހުމަތްތެރިންގެ މެދުގައި އކަހަލަގެ އަމަލެއް ހިނގައިގެން ނުވާނޭކަންވެސް މިޝިޔާއަށް އެނގެއެވެ. އަވަހށް ދުރަށްދާން މަސައްކަތް ކުރި ނަމަވެސް ނާވީ ހުރީ އެއަށްވުރެ ބާރަށް ހިފަހައްޓާލައިގެންނެވެ.

“އަޅުގަނޑު.. އަތް” ތިރިއަށް ބަލަހައްޓައިގެންހުރި މިޝިޔާ އޭރު ތުރުތުރު އަޅައެވެ. ނަމަވެސް ނާވީ އޭނާގެ އަތުން ދޫކޮއްލާކަށް ނުވިސްނައެވެ. ބޮޑަށް ގަޔާއި ކައިރި ކޮއްލީއެވެ. އަދި ތުންފަތުގައި އިގިނލި ޖައްސާލީ ވަރަށްވެސް ލޯބިންނެވެ.

“މިޝީ ޔުއަރ ނޮޓް އެ ކިޑް.. އެކަން އިނގޭތަ؟ އަޅުގަނޑު ނުކިޔަސް އޯ.ކޭ ވާނެ” ނާވީގެ އެ ޖުމްލައިން އޭނާ ލަދު ގަންނަ ގޮތްވިއެވެ. ދެކޯ ރަތްވެގެން ދިޔަތަން ފެނުމުން ނާވީގެ މިޝިޔާގެ އަތުން ދޫކޮއްލިއެވެ. އަވަހަށް މިޝިޔާ އެތަނުން ދާން އުޅެގަތުމުން ނާވީ ފުރަގަހުން އޭނާގައި ގައި ބައްދާލިއެވެ. އަދިވެސް ކަރުމަތީގައި އިނގިލި ޖައްސާލިއެވެ. ނަމަވެސް ނާވީގެ އަމަލުތައް މާމައްޗަށް ނުދަނީސް ނައުޝާ ފެންވަރާލައިގެން ފާހާނާއިން ނިކުމެއްޖެއެވެ.

“ދޮންބޭ.. މިޝީ” ދެލޯ ބޮޑު ކޮއްލައިގެން ވާނުވާ ނޭނގިހުރި ނައުޝާ ފެނުމުން ނާވީ އަވަސް އަވަހާއި މިޝިޔާގެ ގައިން ދޫކޮއްލައިފިއެވެ. އަދި އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

“ސްޓޮޕް އިޓް މިޝީ… ދޮންބެގެ ގޮތެއް މިޝީ އަކަށް ނޭނގޭނެ” ނައުޝާ މިފަހަރު ހިތަހަމަ ނުޖެހޭ ގޮތްވިއެވެ.

“ވޮޓް” މިޝިޔާ ދެލޯ ބޮޑުކޮއްލަމުން ބުނެލިއެވެ.

“މިޝީ.. ދޮންބެއެއީ ހަމަ ޕްލޭ ބޯއީއެއް.. އެއްވެސް މީހަކާ ސީރިއަސްއެއް ނުވާނެ.. މިޝީ ތިއުޅެނީ ހަމަ އަމިއްލައަށް ދެރަވާން” ނައުޝާ ނަސޭހަތް ދޭފަދަ ގޮތަކަށް ބުނެލިއެވެ.

“ނައު.. އަޅުގަނޑަށް ހީވަނީ ނައުގެ ދޮންބެ އަޅުގަނޑުދެކެ ލޯބިވާހެން” މިޝިޔާ އެހެން ބުނިލެއް ރީތިކަމުން ނައުޝާއަށް އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. މީހުންގެ ހިތުގައި ޖެއްސުމަކީ އޭނާގެ އާދައެއް ނޫނެވެ. އެއި އޭނާގެ ދޮންބެގެ އާދައެކެވެ.

“އޯ.ކޭ.. ލެޓްމީ ޓޯކް ޓު ހިމް.. އިނގޭ.. ޓިލް ދެން ވެއިޓް” ނައުޝާ އެހެން ބުނުމުން މިޝިޔާ ވަރަށް އުފާވިއެވެ. އަދި އައިސް ނައުޝާގައި ބައްދާލަމުން  ޝުކުރުވެރިވިއެވެ.

ނުނިމޭ

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Sinnu

Other Articles

Previous

ހާދަ ލޯބިންނޭ 24

Next

އިންސާފް

Next
March 30, 2016

އިންސާފް

Previews
March 30, 2016

ހާދަ ލޯބިންނޭ 24

25 Comments

  1. Nnn says:
    March 30, 2016 at 11:56 am

    Haadha kurey.ekam ves reethi

    1. Sinnu says:
      March 30, 2016 at 12:01 pm

      kuru tha?? i thought iyye ge episode varu vaane kamah hama..

  2. Izu says:
    March 30, 2016 at 12:02 pm

    V salhi vaahaka but haadha kurey…
    Dhen faharakun thankolheh dhigukoh genes dheythi v nice storry eh…

  3. 123 says:
    March 30, 2016 at 12:17 pm

    I dont like naavi. Would be a nice if mishy doesnot end up with him. Instead he see her happy with someone else 🙂

  4. princess says:
    March 30, 2016 at 12:25 pm

    Naavy ge amaluthah maa mahchah kudhaniihen nausha fen varaalaigen faahanain nikumehjje eve. ….mi vygotheh neynge..maa vahahah jumula ninmaalanii..gd luck

  5. Shaai says:
    March 30, 2016 at 12:32 pm

    V reythi story. Ekamaku thankolheh kuri.

  6. Sinnu says:
    March 30, 2016 at 12:39 pm

    yess i agree some mistakes ebahuri kamah.. next time nuhunnaane in shaa allah.. sorry and dhen part thah vrh dhigu kuraanan

  7. nihaa says:
    March 30, 2016 at 1:14 pm

    Kon irakun next part up vaany??

  8. aimi says:
    March 30, 2016 at 1:27 pm

    story v salhi.. ekam ma kuri… but avahah upkurathi kuruvias ok dhenn:-):-)

  9. Sinnu says:
    March 30, 2016 at 1:29 pm

    maadhama ga ehen nuny fridauga… 🙂

  10. kajol says:
    March 30, 2016 at 1:31 pm

    Hama 15min fahun dhw kuda kudhin ruin huttaalani….. e’ah vuren eyge kuda irukolheh fahun liyuniyyaa reethi vaane kanneyge story salhi

    1. Sinnu says:
      March 30, 2016 at 1:33 pm

      😀 thanks

  11. Aimsithu says:
    March 30, 2016 at 1:41 pm

    Nice story..

  12. european says:
    March 30, 2016 at 1:47 pm

    nice….. too short…

  13. Faathun says:
    March 30, 2016 at 2:31 pm

    Mishya and naavee v gulhey.. emeehun gulhuwahchey.. story v nice.. maa kuree ekamu..

  14. Lalla says:
    March 30, 2016 at 2:34 pm

    Nice… ehr kureh nunn, 3vana prt ah vurenn raglhu dhiguminn. Nxt prt miah vurenn dhigu kohlachey. .

  15. aani says:
    March 30, 2016 at 2:50 pm

    V reethi but v maa kuri

  16. reee says:
    March 31, 2016 at 11:56 am

    v reethi mivaahaka uplod kuranee kn dhuvahaku

  17. Mary says:
    March 31, 2016 at 9:39 pm

    Mi vaahaka daily up nukurey thr..? Vaahaka v v reethi.. waiting for nxt prt…

  18. Shaaa says:
    April 1, 2016 at 7:11 pm

    Vaahaka up kohbaa avahah…
    Thihaa lahun up kuraathy v foohi…

  19. Shaaa says:
    April 1, 2016 at 7:13 pm

    Haadha lahey up kuraaleh thihaa lahun kuraathy v foohi

  20. A says:
    April 1, 2016 at 7:52 pm

    waiting

  21. Sannnuuuu says:
    April 1, 2016 at 9:08 pm

    Kobaatha thursday n friday ves nioh nimuneyyy… my v first comment coz of story las veyma 😉
    Hope u wil understand <3
    Keep up

  22. Mari says:
    April 6, 2016 at 6:40 am

    Hadha laheyyyyy..avahah up koh dheebaa plxxxx

  23. Hunar says:
    April 6, 2016 at 10:47 am

    Hadha laheyyy…avahaha up koh dheeebala…vvvvvvv kiyaaaa hivey…plxxxxx avas koh baaa..

Comments are closed.

All Right Reserved!