
ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 4..
“މޮޔަ…. ކިހިނެއް މިގެއަށް ވަނީ” ދެލޯ އަޅަމުން އެ ޒުވާނާ އަތާޝާ އާއި ދިމާލަށް އަންނަން ފެށީ ރުޅިއައިސް ހުރެއެވެ.
“ވަގަށް ދޯ ވަދެގެން ތިއުޅެނީ….” އަތޫޝާއާއި ކުޑަކޮށް ކައިރިވެލަމުން އެޒުވާނާ ބުންޏެވެ.
“ޝައިމަން… ކީއްތިކުރަނީ… އެކުއްޖާ އެއިނީ މިހާރުވެސް ބިރުން…” ޝައިމަންގެ ކޮނޑުގައި ހިފާ ދުރުކޮއްލަމުން ޒައިނަބު ބުންޏެވެ. “މަންމާ… މީ މޮޔައެކޭ…. އެހެން ނޫނަސް އަހަރެންގެ ކޮޓަރިއަށް އަހަރެން ނޫން ކާކު ވަންނާނީ…” ޒައިނަބުއާއި ދިމާލަށް ބަލާލަމުން ޝައިމަން ނުރުހުން ފާޅުކުރިއެވެ. އޭރު އަތޫޝާ ޝަމްހާ ކައިރީގައި އިނީ ވާނުވާގައެވެ.
“އަދި ކިރިޔާތަ ޝައިމަންއަށް މި ކޮޓަރި ފެނުނީ… ޝައިމަން މި ކޮޓަރި ބޭނުންނަމަ ނުދިޔާސްއެއްނު… އެހެން ނޫނަސް ތިއައީ ކީއްކުރަން…” ޒައިނަބު ދައްކަމުން ދިޔަ ވާހަކައިން ޝައިމަން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “މަންމާ ސޮރީއޭ…. އަސްލު އެނގެއެއްނު މުހިންމު ކަމެއްގަކަން ދިޔައީ… އެކަމް އެކަންތަށްވެސް ކެންސަލް ކޮއްލާފަ މިއައީ މަންމަ މަތިން މިސްވާވަރުން… މަންމާ” ޒައިނަބު ގައިގަ ބައްދައި ގަންނަމުން ޝައިމަން ކިޔަންފެށިއެވެ.
“މަންމާ.. ނުކުރައްޗޭ ގަބޫލު.. ތި ނުވާނެ ތެދަކަށް…. މަންމަގެ ބޮލަށް އެރެން އެއުޅެނީ” ޝައިމަންއާއި ދިމާލަށް ލޯ އަޅާލަމުން ޝަމްހާ ބުންޏެވެ. “އޭ ޗުއިންގަމް.. މަޑުންހުރޭ… އެހެން ނޫނަސް މީ އަހަރެންގެ ކޮޓަރި… ނިދަން ވެއްޖެ……… މީ ކާކުތަ ފަހަތު ޖަހައިގެން ތިއުޅެނީ.. އެނގޭތަ މީ މޮޔައެކޭ… މަގުމަތިން މަގޭ ގައިގަ ޖަހާފަ އައިސް އެއުޅެނީ.. އަނެއްކާ އަހަރެން ގެއަށް ވަނީމަވެސް ފިހިގަނޑުން ޖެހީ… ޕިސް ޕިސް… އަސްލުވެސް.. މަށަށް ހީނުވޭ މީނަ ހަމަހެން” ޝައިމަން ދިޔައީ އަތޫޝާއާއި ދިމާލަށް ބަލަމުންނެވެ.
“އައްދޯއި” ޝައިމަން ސިހުނީ ޒައިނަބު ޝައިމަންގެ ކަންފަތުގައި ހިފުމުންނެވެ. “ކޮން އައްދޯއިއެއް… މަންމައަށްވެސް ހީނުވޭ މަންމައަށް ލިބިފަ މީނީ ހަމަ ކުއްޖެއްހެން…. ޝައިމަން އޮވޭ ބޭރުގަ… ޝާޝާ ނިދާނީ މިކޮޓަރީގައި…. މިހިސާބުން މިވާހަކަ ނިމުނީ… އިތުރަށް ބަހުސް ކުރިޔަސް ފައިދާއެއް ނެތް… ޝާޝާ ދެން އޮށޯވެ ނިދަން… ޝަމްހާވެސް ދޭ….” ޝައިމަންގެ ކަންފަތުގައި ހިފަމުން ޒައިނަބު މިސްރާބު ޖެހީ ސިޓިން ރޫމްއާއި ދިމާލަށެވެ. ޝަމްހާވެސް ކޮޓަރިއާ ދިމާލަށް ދުއްވައިގަތީ ޝައިމަންއާ ދިމާލަށް ދޫނެރެލަމުންނެވެ.
“މަންމާ” ޝައިމަން ކަންފަތުގައި އަތް އުގުޅަމުން ސޯފާއިގައި އިށީނީ މޫނުހަދާލަމުންނެވެ. “ދަރިފުޅާ…. އެމަންޖެ އެއީ ވަރަށް ނިކަމެތި ކުއްޖެއް… މީހަކާ އިންނަން ތައްޔާރުވެގެން އޭނަގެ އިންތިޒާރުގައި ކައިވެނީގެ ހެދުމުގައި އިންދާ ލިބުނީ ހީކުރި ޖަވާބެއްނޫން… އޭނަ އެހެން މީހަކު ދެކެ ލޯބިވަނީޔޯ… ދަރިފުޅާ.. ދުވަސްކޮޅަކަށް އެމަންޖެ ބާއްވާ…” ޒައިނަބު ޝައިމަންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ޝައިމަން ވިސްނާލިއެވެ. އަތޫޝާ އާއި މަގުމަތިން ދިމާވެގެން ކީ އެއްޗެއްސަކީ އެ ޒުވާނާއާ މުހާތަބު ކޮށް ކީ އެއްޗެއްސެވެ. ޝައިމަން ޒައިނަބު ގައިގަ ބައްދާލަމުން އޯކޭ އޭ ބުނީ ކުޑަކުއްޖެއް ހެނެވެ. “ޝައިމަން އުމުރުން ފަންސަވީހަށް އަޅާއިރުވެސް ބޮޑުނުވޭދޯ… ދެން ނިދަން އުޅޭ.. އަންނާނަން ރަޖާ ހިފައިގެން” ޒައިނަބު ދިޔުމުން ޝައިމަން ސޯފާގައި ހަށިގަނޑު ދަމާލިއެވެ. ޝައިމަން ދެލޯ މަރާލުމާއެކު ސިފަވީ އަތޫޝާގެ ކަރުނައިން ފުރިފައިވި ދެލޮލެވެ. ހަމަ އެހިނދުކޮޅުގައި އެތަސްވީރު ބަދަލުވީ ސިހިފައި ޝައިމަންއާ ދިމާލަށް އަތޫޝާ ބަލަމުން ދިޔަ ގޮތެވެ. ބޮޑު އެދެލޯ ފުރިހަމަ ކޮއްދީފައިވަނީ ދިގު އެސްފިޔަ ތަކުންނެވެ. “ދަރިފުޅާ ކިހިނެއްވީ” ރަޖާ ހިފައިގެން އައިސް ވަތް ޒައިނަބު އަހާލީ ޝައިމަން ކުއްލިއަކަށް ތެދުވުމުންނެވެ. “ކަމެއް ނުވޭ… ބިރުވެރި ހުވަފެނެއް ފެނުނީ” ޝައިމަން އަވަސް އަވަހަށް މޫނު ދެކޮޅަށް އަނބުރާލަމުން މީހާ ހަމައަކަށް އެޅެނެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން އަތޫޝާ ދިޔައީ ޝައިމަން ދެއްކި ވާހަކަތަކާ މެދުގައެވެ. ޝައިމަންއާއި ބައްދަލުވީ ކޮންއިރަކު ހެއްޔެވެ. ޝައިމަން ގައިގަ ޖެހޭނީވެސް ފުރަތަމަ ބައްދަލު ވެގެނެއްނޫންތާއެވެ. އަތޫޝާ ހިނދުކޮޅަކަށް ނަމަވެސް މަމްދޫހު މަތިން ހަނދާން ނެތުނެވެ.
********
އާދުވަހަކަށް އިރު އެރުމާއެކު މަސައްކަތާއިގެން އާދީގެ ނޯކަރުން އެކި ކޮޅު ކޮޅަށް ގޮސް ހުއްޓެވެ. މަޑު ހިނގުމެއްގައި ހިނގާފައިދިޔަ އާޝިޔާ ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮއްލިއެވެ. ކާމިޔާބީގެ ނޭވާ ހަށިގަނޑުން ބޭރުކޮއްލުމުން ހަށިގަނޑަށް ލިބިގެން ދިޔަ އަރާމު އެތަށް ގުނަ އިތުރުވިއެވެ. މުޅި ގޯތީގައި އަޅާފައިވާ ފެހި ކާޕެޓު މަތީގައި ހިނގާލާފައިގޮސް ހުއްޓި މަޑުކޮއްލީ ފިނިފެންމާ ގަސް ކައިރީގައެވެ. ގަހުގައި އަޅާފައި އިން ރަތް ފިނިމެންމާ ގަހުން ވަކިކޮއްލީ މަލުގެ ފިޔަތަށް ބޮނޑިކޮއްލުމުންނެވެ. “އަތޫޝާ… ހަހަހަ… ހީވޭ ކަމެއްހެން…. މިގެއަށް ތިކަހަލަ މީހަކު އަޔަ ނުދޭނަން ފުރާނަ ހުރިހާ ހިނދަކު… ހެހެހެ ފަގީރު ޔަތީމު ގަނޑު،،، މަގޭ މުދަލާވެގެން އެބަ އުޅެއޭ…” ފިނިފެންމަލުގެ ފިޔަތަށް ވަކިކޮއްލަމުން ބިންމައްޗަށް ވަރާލީ އެއީ އަތޫޝާގެ މޫނު ސިފަކުރަމުންނެވެ.
……
“މަންމަ ހެނދުނު ހެނދުނާ ހިނގާލާފަ ދޯ ތިއައީ… މަންމަ އަށް ގެއްލުމެއް ނުވާކަން ނަސީބެއް” މަމްދޫހު އައިސް އިށީނީ ސަނާއާއި ޖެހިގެން އިން ގޮނޑީގައެވެ. ހެނދުނުގެ ސަޔަށް ތައްޔާރު ކޮއްފައިވާ ބާވަތްތަށް ވަރަށްވެސް ފުރިހަމައެވެ. “ދަރިފުޅާ… މަންމަ އަށް ވުރެއް ދަރިފުޅާ މެދު ވިސްނެނީ.. އެ ނުލަފާ އަންހެން ކުއްޖާގެ ފަރާތުން ދަރިފުޅު ސަލާމަތް ވިކަން ނަސީބެއް” އާޝިޔާ ލޮލުން ކަރުނަ ގަދަކަމުން ގެންނަމުން ބުންޏެވެ. ” މަންމާ… ޝާޝާ” ސަނާ އަށް ނުހުރެވިގެން އެންމެފަހުން އަނގަ ހުޅުވާލެވުނީ އަތޫޝާ މަތިން ހަނދާން ވުމުންނެވެ. އެހެން ނަމަވެސް އެފުރުސަތު ނުދިނީ އާދިލްއެވެ. “ސުފުރާމަތީގައި މާގިނަ ވާހަކަ ދައްކާކަށް ނުވާނެ…. މަމްދޫހުވެސް ސައިބޮއިގެން އޮފީހަށް ދާން ރެޑީވޭ” އާދިލް ބޭނުން އެއްޗެއް ބުނުމައްފަހު ކެއުމާއިގެން ކުރިއަށް ދިޔައެވެ.
މައިންބަފައިން ކުރިމަތީގައި ކިތައްމެ އުފާވެރި މޫނެއްގައި ހުއްޓަސް މަމްދޫހުގެ ހިތްދަނީ މަރުވަމުންނެވެ. އަތޫޝާއަށް ކުރެވުނު އިތުބާރާ ވީ ލޯބި ސައުވީސް ގަނޑިއިރު ނުވަނީސް ފަނާވެ އެދިޔައީއެވެ. ކާން ކިތައްމެ ވަރަށް މަސައްކަތް ކުރިއަސް މަމްދޫހުގެ އަރުތެރެއިން އެއްޗެއް ދަނީއެއް ނޫނެވެ. ކާލާ ކޮންމެ އެތިކޮޅަކާ އެކީ ޖޫސްކޮޅެއް ބޯލަން ޖެހެނީ އެކާއެތިކޮޅު ތާށިވުމުންނެވެ. އެހެން ނަމަވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ.
********
ސޯފާއިން ބޭރުގައި އެއްފައި އޮތް އިރު ޝައިމަންގެ އަނެއްފައި ވަނީ ފާރުގައި ތައްކޮއްލާފައެވެ. ގައިމަތީގައި އޮތް ފޮތިގަނޑުން ވަނީ ގައިގެ އެއްފަޅި ފޮރުވާލެވިފައެވެ. އަނގަ ތަންމިނަށް ހުޅުވައިގެން އޮތް ޝައިމަން އޯކަށް ދެމުނީ ޝަމްހާ ޝައިމަންގެ އަނގައަށް ލޮނު އެޅުމުންނެވެ.
“މަންމާ….. ބަލާބަލަ މިހިރަ ޗުއިންގަމެއް” ރަނގަޅަށް އަނގަ ދޮވެގެން އައިސް ޝައިމަން ޒައިނަބަށް ގޮވަން ފެށިއެވެ. ޝައިމަންގެ ރުޅިގަނޑު ހައްތަހާ ގަދަވީ ދުރުގައި ބަލަން އިނދެ ހެމުން ދިޔަ އަތޫޝާ ފެނިއެވެ. “ސާބަސް ދެލޯކޮޅާ… ހެނދުނާ ފެއްޓީދޯ.. މިގޭ ތެރޭން ދެން އިތުރު އަޑެއް ނީވޭނެ” ކޮޓަރިން ނިކުމެގެން ޒައިނަބު އައީ ކުދި ކިޔަމުންނެވެ. “މަންމާ… މި ޗުއިންގަމް ގަނޑު ފެއްޓީ.. ” ޝައިމަން ޝަމްހާއާއި ދިމާލަށް ދިޔައީ ރުޅިއައިސްގެންނެވެ. “ސާބަސް…. ކުޑަކުދިންނެއް ނޫނެއްނުތީ… މިގޭގަ ބާރީ ނެތިއްޔާ މިވަރު ވާނީ… ޝައިމަން ފެންވަރައިގެން އާދޭ ސައިބޯން… ޝަމްހާވެސް… މިހާރު ތީނީ ބޮޑުވެފައޭ… އާދޭ ދޮންބެ ނިކުންނަން ވާއިރަށް ސައި ތައްޔާރުކުރަން” ދަރިންގެ ކަންތަކާ ޒައިނަބު ކިތައްމެ އެއްޗެހި ކިޔަސް އެއީ ޒައިނަބުއާއި ބާރީގެ ދިރުއުޅުމުގެ މަގުސަދެވެ.
“ޝާޝާ… ރޭގަ ވަރަށް ރުއިންދޯ… މަންމާ… ޝާޝާ އެކަނި ބާއްވަން ފެނޭތަ.. ޝާޝާ އެކަނި ވެއްޖެއްޔާ އަބަދު ރޯނީ” މޭޒުމައްޗަށް ސައިބޯ ޖޯޑު ނަގަމުން ޝަމްހާ ބުންޏެވެ. “އެއީ ދޮގު ދައްތާ… އަޅުގަނޑު ނުރޮން” އަތޫޝާ ޝަމްހާ އާއި ދިމާލަށް ލޯއަޅާލިއެވެ. އަތޫޝާ ކޮންމެ އެއްޗެއް ކިޔަސް ޒައިނަބުއަށް އެނގެއެވެ. ރޭގަ އެންމެ ލޮލު ފިޔައެއްވެސް އަތޫޝާ ޖަހާނުލާކަން އެދެލޯ ހެކި ދެއެވެ. އެހެން ނަމަވެސް ޒައިނަބު އެވާހަކަ ދައްކަން ބޭނުން ނުވީ އަތޫޝާ ވަގުތު ބޭނުންވާނެކަން އެނގޭތީއެވެ.
“ދައްތާ… ހާދަ ވަސްރަނގަޅު ކޮއްލައިގެން” ގޭ މައިދޮރާށިން ވަދެގެން އައި ވިޝާމް ފެނި ޝަމްހާގެ މޫނުގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ. އެތަން ހަމަ ރަނގަޅަށްވެސް އަތޫޝާއަށް ފެނުނެވެ. “ވިޝާލް ވެސް ނުދަންތަ ރޭގައެއް… ރޭ ބާރަގަޑި ބައިވާން އުޅެނިކޮށް ޝައިމަން އައިސް ބުނީ ދައްތަ މަތިން ހަނދާންވާތީއޯ އައީ…”ޒައިނަބު އެހެން ބުނުމުން ވިޝާލް ފެށީ ހޭންށެވެ. “ދައްތާ.. ކޮންތާކުން.. ރޭ އޭނައާ ހެދި ލޯންޗުވެސް ކެޓީ…ދައްތައަށް އިނގޭތަ ޖެޓީކައިރިއަށްށޭ ލޯންޗް ގާތް ކުރީ.. އެވެސް ނުވައެއް ޖެހި އިރު.. އެކަމް މި ޝައިމަން ބުނެފި ޑީޕީއާރ އެސް އޭ… އެތާނގަ ބާރަ ޖަހަންދެން އަޅުގަނޑުމެން ތިބިން… ހިތަށް އެރި ނަސީބެކޭ ބައްޕަމެން ކުރިން ދިޔަކަން.. އެހެން ނޫންނަމަ ރުޅިއައިސް… ކޮބާ މިއޮށް އައީނު.. ދައްތަ ކައިރީގައި މޮޅުވާހަކައެއް ދައްކައިގެންދޯ ތިއުޅެނީ” ވިޝާލް ހެމުން ހެމުން ޝައިމަންއާ ދިމާލަށް ބުންޏެވެ. “މަންމާ…. މި ވިޝާލް ނަހަދާނެ ތެދެއް… ތިގޭގަ ސައި ނަހަދާތީތަ މިގެއަށް ތިއައީ…” ޝައިމަން އައިގޮތަށް އައިސް ވިޝާލް ގައިގަ ޖަހާލިއެވެ. “އޭ…. މީނީ ރޭގަ ފެނުނު މަންޖެ” ވިޝާލްއަށް އަތޫޝާފެނި ބުނެވުނެވެ. ޝައިމަން މަޑުމަޑުން ފަހުންނޭ ބުނެލީ އަތޫޝާގެ ވާހަކަ ކިޔާދިނުމަށެވެ.
………….
“ދެން ހިނގާބަލަ… ދައްތާ ބުނެބަލަ…. ދެން މުޅި ޗުއްޓީ ހޭދަ ކޮއްލަންވީ މިހެންތަ…. ހިނގާބަލަ ބޭރަށް…” މަމްދޫހުގެ އަތުގައި ހިފާ އާދޭސް ކުރަމުން ރާނިޔާ ދިޔައީ ކުޑަކުއްޖެއްހެނެވެ. އެމަންޒަރު ފެނި ސަނާ ގާތަށް އައީ ރުޅިއެވެ. “ތެދެއް ދަރިފުޅާ.. ދޭބަލަ ދުއްވާލަން… ތިހެން ގޭގަ އިނަސް ވޭތަ” އާޝިޔާ ބުނުމުން މަމްދޫހު ބޭރަށް ނިކުންނަން ހިނގައިގަތެވެ. އެހެން ނަވެސް އާޝިޔާ ފަސްދީ ދިޔުމާއެކީ ރާނިޔާގެ އަތް ނައްޓުވާލިއެވެ.
ފަސްބުރިއަށް ނަގާފައިވާ ބޮޑު ޕާރލްސްގޭ ޓެރަހުގައި އަތޫޝާ އިށީދެލައިގެން އިނީ އުޑުމައްޗަށް ބަލަންށެވެ. ދައުރުވަމުން ދިޔަ ވިލާގަނޑު ވަކިވެ އެހެން ވިލާގަނޑަކާ ގުޅެމުން ދިޔަ މަންޒަރު ފެނި އަތޫޝާ އިނީ ގެއްލިފައެވެ. ގުދުރަތީ ރީތި މަންޒަރަށް ގެއްލިއިން އަތޫޝާގެ ލޮލުން ކަރުނައިގެ ރޮނގެން ފާއްދާލީ ނުވެސް އެނގިއެވެ. “މަންމާ….ބައްޕާ… މަންމާ… ބައްޕާ… ބައްޕަގެ ހިމާޔަތް ނަމަވެސް ލިބުންނަމަ،….” އަތޫޝާ އެކަނިވާ ކޮންމެ ގަޑިއެއްގައި ހިތަށް ތަދުކުރަމުން ދަނީ މައިންބަފައިންގެ ހަނދާންތަކެވެ. މަމްދޫހުއާއި ވަކިވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ޔަތީމަކަށް ވުންކަމުގައި އަތޫޝާ ގަބޫލުކުރެއެވެ. މައިންބަފައިންގެ ލޯބިން މަހުރޫމްވެ އެންމެ ލޯބިވާ ފަރާތުގެ ލޯބިންވެސް މަހުރޫމްވީއެވެ.
އަތަށް ކޯކުފުޅިއަކާއި ކުޑަ ބޯޅައެއް ލައިގެން އައި ޝައިމަން ހުރި ފިޔަވަޅުމައްޗަށް ހުއްޓުނީ ދެތިން ފޫޓު ދުރިގައި އިން އަތޫޝާ ފެނިއެވެ. އެލޮލުން ކަރުނައަކަށް ފަހު ކަރުނައެއް ފައިބަމުން ދިޔައިރު، ޝައިމަންއަށް ފަހަތަށް ޖެހެވުނެވެ. އެލޮލުން ކަރުނަ ފައިބަމުން ދާއިރު މިހިތަށް ތަދުމިވަނީ ކީއްވެހެއްޔެވެ. ޓެރަހުގައި މަޑުކުރުމެއްނެތި ޝައިމަން އެތަނުން ދިޔައީ އަތޫޝާއަށް ފެނިދާނެތީއެވެ.
“ޝާޝާ ރޮނީތަ…. ދެން ނުރޮއިބަލަ… ޝާޝާ ހިނގާ ސަނާއަށް ގުޅަން.. ސަނާ އުޅޭނެ ވަރަށް ކަންބޮޑުވެގެން… އެނގޭތަ.. ސަނާއޭ އަހަންނަށް ގުޅީ.. ބުނި ޝާޝާ ހޯދާށޯ… ރޮވިފަ އިނީ…. ހިނގާ ސަނާއާއި ދިމާވާން” ޝަމްހާ އައިސް އަތޫޝާގެ ބުރަކަށީގައި ފިރުމާލިއެވެ. “ނޫން… ފަހުން… ” އަތޫޝާ ފަސްޖެހުނެވެ. ސަނާއާއި ބައްދަލު ކުރިކަން އެނގިއްޖެއްޔާ އާޝިޔާ ރުޅި އަންނާނެއެވެ. “އެންމެ ރަނގަޅު.. ހިނގާބަލަ މިތާ ކައިރި ފިހާރައަށް… ޕާސްތާ ކާހިތުން މިއުޅެނީ” ޝަމްހާ އެހެން ބުނުމުން އަތޫޝާ ހިނގަގަތީ ރީތިވުމަށެވެ.
………
“ރާނިޔާ ނުބައްދާބަލަ… މީ މަގުމައްޗޭ ލަދެއްވެސް ނުގަނޭތަ…. ހީވަނީ ދެމީހުން ފިތިގެން ދާހެން.. ޕްލީޒް ރާނިޔާ… އަހަރެން އެކަނި ވެލަން ބޭނުން….” ވަކި ހިސާބަކަށް ހިނގުމައްފަހު މަމްދޫހު ރާނިޔާ އަތުން ދޫކޮއްލިއެވެ. އަދި ރާނިޔާ ފަސްދީ ދިޔައީ ބާރު ހިނގުމެއްގައެވެ. މަމްދޫހު ދިޔަ ދިމާލަށް ރާނިޔާ ބަލަން އިނީ ތުންފިތާލަމުންނެވެ.
ވަކި މިސްރާބެއްނެތި ހިނގަމުން ދިޔަ މަމްދޫހު ހުއްޓުނީ ކުރިމަތިން ހުރަސް ކަނޑާލި އަންހެން ކުއްޖާ ފެނުމުންނެވެ.
“ޝާޝާ” މަމްދޫހު އަތޫޝާ އަތުގައި ހިފީ ތެޅެމުން ދިޔަ ހިތަކާ އެކީގައެވެ. އަތޫޝާގެ މޫނުމައްޗަށް ބަލާލުމުން މަމްދޫހުގެ ހިތުގައި ރިއްސާލިއެވެ. މީހާގެ ސިފަވަނީ ގެއްލިފައެވެ. “ޝާޝާ” ހިނދުކޮޅަކަށް ނަމަވެސް ތިބެވުނީ މަގުމަތީގައިކަން މަމްދޫހު ހަނދާން ނެތުނެވެ. އަތޫޝާ ލޮލުން ކަރުނަ ފައިބައިގަތީ ހުއްޓުމެއްނެތިއެވެ. މަމްދޫހަށް ހޭވިރިކަންވީ އަތޫޝާގެ އަތް މަމްދޫހުގެ ހަށިގަނޑުގައި ޖެހުމުންނެވެ. ” އަތޫޝާ”….. އަތޫޝާއަށް އެއްފިޔަވަޅު ފަހަތަށް ޖެހިލެވުނީ މަމްދޫހުގެ މޫނުމަތިން ފެނަމުންދިޔަ ކުލަވަރު ފެނިއެވެ.
ނުނިމޭ…..
11 Comments!
Comments are closed.
Hope yu all will lyk thix part too. ??
Wow….. varah nice… but Ethan kolhuga ebain name nubaikoh jahaafa… waiting for next part. So when is the next part.. ?????
Wow whn next part???❤️❤️?
Wowww vrh rythi…waiting for nt prt…gd luck lurv
Wow varrah rythhi mi part bed..aneh part avahah genes dhehchhey kamana
Vvv reeethy whn nextt part
Vvv reeethy whn nextt part
Varah salhi.. When nxt prt??
Alheyy shasha,, haadha sad ey dhw,, Anekka magu mathyga e fakeeraa dhimaalah hithah aihaa ehcheh nugovaifiyya vedhaane.. kn irakuntha nxt part up vaany??? Vaagoiy balaa hithun keiy madhuvefa ey…….
by the way, story ha v v rythi….
Kobaa next part haadha lha hey up kuraa lhe.
vvv naice conirakun next part