Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ… (23)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 29, 2016 5 Mins Read
12 Comments

 

“ބަޓް އަމް އޯލްވޭސް ވިތް ޔޫ އިނގޭ ބުރޯ…. ޑޯންޓް ފޯރގެޓް މީ… އެން ހީކުރަން އަވަހަށް ދިމާވާނެ ކަމަށް… ކޮން އިރަކުން ފުރަނީ..” ރާހިލް ވެސް ހަމަ އެ މަޑުމައިތިރިކަމާއި އެކު އަހާލިއެވެ. “ތެންކްސް.. އެން އަފްކޯސް އައި ވޯންޓް… 3 ގަ ނައްޓާލާނެ…. އެކަމް މިހާރުވެސް ނިކުންނަންވީ… އަހަރެން މިހުންނަނީ މި ފަސްގަނޑުން ނުދެވިފަ..” ޝާއިން ބުނެލިއެވެ. މިިފަހަރު އެ އަޑުގައި ކުޑަ ނަަމަވެސް ހަރުކަށިކަމެއްވިއެވެ.

………………

“ޝައިން…..” ނީރާ އަށް ރޮއެގަނެވުނީ އަމިއްލަ އަތުން އޭނާގެ ހަޤީޤީ ލޯބި ދޫވާކަން އިނގުމުންނެވެ. “ކީއްވެތަ މިހާ ލަހުން މި ރިއަލައިޒް ވީ.. ޝައިން.. މި ފީލިންގްސް އަކީ ހަމައެކަނި ރައްޓެހިން ބާއްވާ ފީލިންގްސް އެއް ނޫން…. އަހަރެންނަށް ކުރެވުނީ ދޮގު ހީއެއް.. ޝައިން އެކަމް…. މިހާރު އަހަރެންދެކެ ނަފްރަތު ކުރާނެ….ޝައިންއަށް ޓަކައި ނެގުނު މި ސްޓެޕް އަހަރެމެން ދެމީހުންގެ ލައިފްވެސް ހަލާކުކޮށްލީ… ހިތް ކުރަމުން ދިޔަ އާދޭސް އަޑުއެހުނުނަމަ…. ޝައިން އަހަރެން …….. އައި ލަވް ޔޫ….” ނީރާ އަށް އެއަށްވުރެ ބޮޑަށް ރޮވުނެވެ. މިއަދު އޭނާއަށް މިކަން އިނގުނީ ކީއްވެހެއްޔެވެ؟ ކުރިން އިނގުނު ނަމައެވެ. އޭރުން މިހާރު ކިހާ އުފާވެރި އުޅުމެއް އުޅެވޭނެ ނޫންހެއްޔެވެ؟ ނީރާ އަމިއްލަ ނަަފްސް ކުށްވެރިކުރަމުން ދިޔައެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ޝާއިންއަށް ގުޅާނެ ހިތްވަރެއް ނުލިބުނެވެ.

……….

އާޝިޔާ ރާހިލްއަށާއި ޝާއިންއަށް ކާންގޮވީ އެދެމީހުން ކޮޓަރިން ނުކުމެގެން އަންނަ ތަން ފެނިފައެވެ. ޝާއިން ކާން ބޭނުން ނުވިއެއްކަމަކު ކެެއީ މަންމަގެ އަތުން ތައްޔާރުކުރާ ކާ އެއްޗެއް ކެވޭނެ ފަހުފަހަރޭ ހިތަށްއަރާފައެވެ. ދެން މަންމަ ހަދައިދޭ އެއްޗެއް ކެވޭނެ ޒަމާނެއްވެސް ނޭނގޭތީއެވެ. ޝާއިންގެ ހިތް ރޮއެ ރޮއެފައިވެސް ދެއްކީ އެންމެ ވާހަކައެކެވެ. ނީރާއާއި ބައްދަލުކުރުމެވެ. އެ ހިތް އަދިވެސް ނީރާ ގެ ކުށެއް ގަބޫލުނުކުރާފަދައެވެ. ނަމަވެސް މިއަދަކު ޝާއިންގެ ހިތާއި އެއްކޮޅަކަށް ނުދެވޭނެއެވެ. އެހެން ހަދައިގެން ކިތަށް ލަނޑުލިބުނުހެއްޔެވެ؟ ޝާއިން އެފަދަ ހިޔާލުގައި އިނދެ ކައި ނިންމާލި އިރު ރާހިލް އިނީ ޝާއިންއާއި ދޭތެރޭ ވިސްނާށެވެ. ނީރާއާއި މެދު އެތަކެއް ޝަކުވާތަކެއް ކުރަމުންނެވެ. ނީރާ ކުށްވެރިކޮށް އެ ހިތުގައި ނީރާއަށް ދެވިފައި އޮތް އިހްތިރާމް އާއި އެކުވެރިކަން ނަފްރަތުގެ އަލިފާނުގައި އަނދާ ހުލިވިއެވެ. އެއްވެސް ވާހަކައެއް ނުދައްކާ ޝާއިން ވެސް އަދި ރާޙިލްވެސް ކައި ނިންމާލިއެވެ. އެއަށްފަހު ޝާއިން އެތެރެއަށް ވަނީ ރާހިލް ކައިރި އައުމަށްވެސް ނުބުނެއެވެ. އެހެންކަމުން ރާޙިލް އާޝިޔާމެންގެ ކައިރީ މަޑުކޮށްލިއެވެ. “ދައްތާ….. ޝާއިން ގެ އެ ޑިޒިޝަން ބަދަލެއް ނުކުރެވޭނެތަ؟؟” ރާޙިލް އަހާލީ ދެރަވެފައި ހުރެއެވެ. “ބަދަލުކުރެވޭނެ މީހާއަށް އަދިވެސް ނުވިސްނެނީހެން ހީވަނީ..” އާޝިޔާ އެހެން ބުނެލީ މާނަފުން ގޮތަަކަށެވެ. އެ ބުނި އެއްޗެއް ގެ މާނަ އިނގުނީ ހަމައެކަނި އަކްރަމްއަށެވެ. ރާޙިލްއަށް ހަމައެކަނި އިނގުނު އެއްޗަކީ އެ ބުނީ ނީރާގެ ވާހަކައެވެ. އެހެންވެ އިތުރު ވާހަަކައެއް ނުދައްކާ ރާހިލް އިނީއެވެ.

އިރުކޮޅެއް ނުވެ ޝާއިން ފޮށިތަށް ހިފައިގެން ނިކުންނަ ތަން ފެނުނެވެ. އެންމެންނަށްވެސް ތެދުވެވުނީ ކުއްލިއަކަށެވެ. އާޝިޔާއަށް އަދި އަކުރަމްއަށް އެކަކު އަނެކަކާއި ދިމާ ބަލައިލެވުނެވެ. ބަދިގެއިން ނިކުމެގެން އައި ފާތުމަތު އަށްވެސް ޝާއިން ފެނި އެތާ ހުރި ގޮތަށް ހުރެވުނީއެވެ. “ހާދަ އަވަހަކަށް ޝާއިން ނިކުންނަނީ ތި؟؟” ހައިރާންކަމާއި އެކު އާޝިޔާ އަހާލިއެވެ. ޝާއިން ހުރީ ވީހާވެސް  އަވަހަށް ހުޅުމާލެ ނުދެވިފައެވެ. “ލައްބަ.. އަޅުގަނޑު ޖެހޭ ރައްޓެއްސަކަށް އެއްޗެއް ފޮނުވަން އޭނަ ބުނީ ޑިއުޓީ ފްރީ ސޮޕް އިން ގަންނާށޭ އެހެންވެ އަވަހަށް ދާން މިދަނީ.. އަވަހަކަށް ދިޔުން މައްސަލައެއް ނޫނެއްނު އެއީ..” ޝާއިން އަސްލު ސަބަބު ފޮރުވާލަމުން ކުޑަ ހިނިތުންވުމަކާއި އެކު ބުނެލީ ރާޙިލްއާއި ދިމާ ބަލާލަމުންނެވެ. ރާޙިލް ހުރީ ބޯ ފަޅައިގެން ދާ ވަރުވެފައެވެ. ނަމަވެސް ލުއި ހިނިތުންވުމެއް ދިނެވެ. އާޝިޔާމެންނަށް ނޭނގޭ ކަމަށް ހީކުރެވުނަސް އާޝިޔާއަށްވެސް ޝާއިން އެހެންހެދި ސަބަބު އިނގެއެވެ. ޝާއިން އަށް ދެން ފެނުނީ ބަދިގެ ދޮރުމަތީ ދެރަވެފައި ހުރި ފާތުމަތުއެވެ.

“ފާތޫ…..! ކޮންކަމަކާ ދެރަވެފަ؟؟” ޝާއިން ބުނެލިއެވެ. ފާތުމަތު ލުއި ހިނިތުންވުމެއް ދިނެވެ. “މިދަނީ އެއްކޮށްނެއްނޫނޭ… އަދި އަންނާނަން އިން ޝާ ﷲ.. އަދި ބުނަން ގުޅައިގެންވެސް ވާހަަކަ ދައްކާނަމޭ……” ޝާއިން ފާތުމަތު ކައިރިއަށް ގޮސް ކުޑަކޮށް ބައްދާލަމުން އެހެން ބުނެލިއެވެ. ފާތުމަތު އަށް ރޮވުނެވެ. ނަމަވެސް ހީލެވުނީ ޝާއިން ދެއްކި ވާހަަކައަކުންނެވެ. “އޯކޭނު؟” ޝާއިން ފާތުމަތުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލިއެވެ. ފާތުމަތު އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ. “ދެޓްސް ލައިކް މައި ކަނބުލޮ..ހެހެހެ… ފާތު ވާނެ ރަނގަޅަށް ބަސްއަހައިގެން އުޅެން އިނގޭ… އެން ގުޅީމަ ވާހަކަ ދައްކާތި. ކައިގެން އުޅޭތި އިނގޭ… ވަރަށްށްށް ހަނދާންވާނެ…” ޝާއިން ފަހު ފަހަރަށް ފާުތުމަތު ގައިގާ ބައްދާލިއެވެ. އެންމެ ކުޑައިރުންސުރެ އެންމެ ކައިރީ ދެވަނަ މަންމަ އެއްގޮތަށް ހުރީ ފާތުމަތުއެވެ. މިއީ ފާތުމަތު އާއި ދުރަށް ދާ ފުރަތަމަ ފަހަރެވެ. އެހެންކަމުން ޝާއިންވެސް ހުރީ ދެރަވެފައެވެ. ފާތުމަތު ކައިރިން ދުރަށް ޖެހިލަމުން ޝާއިން އައީ އާޝިޔާ ކައިރިއަށެވެ. “މަންމަމެން ދާނަން.. ދޯ އަކޫ؟؟” ޝާއިން އެއްޗެއް ބުނުމުގެ ކުރިން އާޝިޔާ އެހެން ބުނެލީ ޝާއިން އެކަނި ގޮސްދާނަމޭ ބުނެދާނެތީއެވެ. ޝާއިން ކުޑަކޮށް ހިނިތުންވެލިއެވެ. “އަޅެ ލޯބި ލޯބި މަންމަގަނޑާ… އަޅުގަނޑަށް އެކަނިވެސް ދެވޭނޭ…” ޝާއިން އާޝިޔާގައިގާ ބައްދާލަމުން އެހެން ބުނެލިއެވެ. އޭނާ ފޮރުވަމުން ދިޔައީ ނުތަވަސްކަމެވެ.. ޝާއިން އެ ގޮތަށް މަޖާކޮށް ވާހަަކަ ދައްކާ ޕްލާސްޓިކް ހިނިތުންވުމެއް ފާޅުކުރަމުން ދިޔައެއް ކަމަކު އޭނާގެ ހިތުތެރޭ ހިނގާ ކަންތަށް އެކަކަށްވެސް ނުފޮރުވުނެވެ. “އުނހު.. މަންމަމެން ދާނަން. އަކޫ ބުނެބަލަ ޝާއިން ކައިރި..” އާޝިޔާ ޝާއިން ދުރަށްލަމުން އެހެން ބުނެލީ އަކުރަމްގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

“ތެދެއް.. ޝާއިން ފުރުވަން ދިޔުމުން މައްސަލައެއްނެތްތާ ދޯ…. އެހެންނޫނަސް ޝާއިން ވަނީމަ ބައްޕަމެން އަންނާނަމޭ…” އަކުރަމް އެހެން ބުނެލުމުން ޝާއިންއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން އާއެކޭ ބުނެލީ ރާހިލްއާއި ދިމާ ބަލައިލަމުންނެވެ.

…..

ޝާއިންގެ ދާދި ކައިރިން ރާހިލް ހިނގަމުން ދިޔައިރު އޭނާ އެއްވެސް ވާހަަކައެއް ނުދައްކައެވެ. އެދެމީހުންގެ ފަހަތުން އާޝިޔާމެން އާދެއެވެ. އާޝިޔާ އިރު އިރުކޮޅާ ފޯނަށް ބަލާލައެވެ. ފަހަތަށް ބަލާލެވެއެވެ. ނީރާ އަންނާނެކަން އޭނާއަށް އިނގޭތީއެވެ. އޭނާގެ ހިތް ބުނާތީއެވެ. ރާހިލް ޝާއިންއާއި ކުޑަކޮށް ދުރަށްޖެހިލީ ފޯނެއް އައުމުންނެވެ. “މަމް… އަޅުގަނޑު ވަރަށް މިސްވާނެ…” ޝާއިން އޭނާގެ ގެ ފިޔަވަޅުތަށް ލަސްކުރުމަށްފަހު އަކުރަމްއާއި އާޝިޔާގެ މެދަށް ވަދެ ދެމީހުންގެ ކޮނޑަށް އަތްލަމުން އޭނާއާއި ގާތްކޮށްލިއެވެ. އަދި އެހެން ބުނެލިއެވެ. “އެހެންވިއްޔާ ނުދާނީ…..” އާޝިޔާ އެހެން ބުނެލީ ހިތްހަމަނުޖެހިފައެވެ. “ނުދެވޭނެނަމަ….” ޝާއިން ހިޔާލެއްގައި ހުރެ އެހެން ބުނެލިއެވެ. “އެޑީ….. ޝަރާ” ރާހިލް އެމީހުންނާއި ކައިރިވެލަމުން ޝާއިންއަށް ފޯނު ދިއްކޮށްލަމުން އެހެންބުނެލިއެވެ. ޝާއިން ފޯނުގައި ހިފާ ކަންފަތުގައި ޖަހާލިއެވެ.

“ހެލޯ.. ޝާންޓިކޯ…”

“ހަހް.. އެޑީ.. ދެން ނުދޭބަ ޕްލީސް.. ނީ ވެސް ހާދަ ދެރަވާނޭ… ނީ ކިހާ އެކަނި ވާނެ.. ނީ މިއަދު އާއިރުވެސް ހުރީ ވަރަށް ސޭޑްވެފަ…އެއީ އެޑީ ދާކަނަ އިނގުނީމަ ކަންނޭނގެ… އެޑީ ދެން ވަރަށް ވައި މީހެއްތީ…. އަންގައިވެސްނުލަ… ” ޝަރާ ފުރަތަމަވެސް ކުރީ ޝަކުވާއެވެ. ނީރާގެ ވާހަކަ ދެއްކި ގޮތުން ޝަރާއަށް އެކައްޗެއްވެސް ނޭނގޭކަން ޝާއިންއަށް އިނގުނެވެ. ނުތަނަވަސްކަން ފިލުވާލަމުން ޝާއިން ހިނިތުންވެލިއެވެ.

“އެކަނިއެއް ނުވާނެ އެއްނު.. ޝާންޓިކޯ އާއި ރާހިލް އެބަހުރީމެއްނު.. އައި ނޯ ޔޫ ބޯތު ވިލް ޓޭކް ކެއަރ އޮފް ހާ. ދެން އެޑީ ދާންޖެހުނީއޭ ކުއްލިއަކަށް….”

“ޕިސް އެޑީ… ކީއްކުރަންތަ ތި ދަނީ…..؟”

“ނުގޮސް ނުވާނެތީ… އައި މީން އެތަނުގެވެސް ބިޒްނަސް ރަނގަޅަށް ހިންގާލަން ހެހެ..”

“ދެން ހަމަ ތިހެން ކުއްލިއަކަށް ދާންޖެހޭތަ؟؟؟ ހާދަ ފޫހިވެޔޭ ދެން.. ދިމާވެސް ނުވީނު..”

“ސޮރީ އޭ ދެން…… މިހާރު މި ވާހަކަދެއްކުނީއެއްނު ދޯ…. ހެހެ.. ހޭ!!! އެތެރެއަށްވަދެފަ ގުޅާލާނަން އިނގޭ…. އަދި ވަގުތު އެބައޮތޭ… ސޯ އިހަކަށް ބައި.. ނުނިދަންޗޭ އަނެއްކާ……”

“ހުމްމް ވިލް ވެއިޓް.. ބައި..”

ޝާއިން ފޯނު ރާހިލްއާއި ހަވާލުކުރަމުން ރާހިލްއަށް ހިނިތުންވުމެއް ދިނެވެ. އަކުރަމްއާއި އާޝިޔާއާއި އެކި ވާހަކަތަށް ދައްކަމުން ޝާއިން އޭނާގެ ހިތް ހަމަޖައްސަމުން ދިޔައެވެ. “މަމް.. ޑޭޑް…. ބައި…. ވަރަށް މިސްވާނެ… އަޅުގަނޑު ކައިރިއަށް އަންނަންޗޭ މަމް.. ޕްލީސް..” ޝާއިން އަކުރަމްއާއި އާޝިޔާގެ ގައިގާ ބައްދާލަމުން އެހެން ބުނެލިއެވެ. އާޝިޔާ ކަރުނައިން ފުރިފައިވާ ހާލު ޝާއިންގެ ގައިގާ އޮޅުލައިގަތެވެ. “ދަރިފުޅާ ބަލައިގެން އުޅޭތި… ވަރަށް ހަނދާންވާނެ..” އާޝިޔާ ޝާއިންގެ ނިތުގައި ބޮސްދެމުން ބުނެލިއެވެ.. ޝާއިން ރާހިލް ކައިރިއަށް ޖެހިލިއެވެ. “ޑޫޑް…. އައި ވިލް މިސް ޔޫ އަލޮޓް…. ގުޅާލާނަން އެތެރެއަށްވަދެފައިވެސް… ބަޓް ޕްލީސް.. އަހަރެން ބުނި ކަންތަށްކޮށްލަދޭތި..” ރާހިލް ގައިގާ ބައްދާލައިގެން ހުރެ ޝާއިން އެހެން ބުނެލިއެވެ. ޝާއިން އެތެރެއަށް ވަދެގެން ދިޔައީ އޭނާގެ ފޮށި ހިފައިގެންނެވެ. އާޝިޔާ ރޮވިފައި ހުރި ހާލު އަކުރަމްގައިގާ ބައްދާލިއެވެ.

……….

ނީރާ ޝާއިން ހުއްޓުވަން ބޭނުންވިއެވެ. އޭނާ ލޯބިވާކަން އަންގަން ބޭނުންވިއެވެ. އެހެންކަމުން ޝާއިންގެ ގެއަށް ދިޔައީ ޝާއިން އާއި ބައްދަލުކުރާށެވެ. އެހާއަވަހަށް ޝާއިން ނުދާނޭ ހިތަށް އެރުމުންނެވެ. ނީރާ ހުރިގޮތް ބަލާލުމެއްނެތި ގެއިން ނިކުމެގެން ދިޔައީ އޭނާ ގެންގުޅޭ ވޮލެޓް ހިފައިގެންނެވެ.

ނީރާއަށް ނީރާ ހުރި ގޮތްވެސް އިނގުނީ ޝާއިންގެ ގޭގެ ދޮރުމައްޗަށް އެރުނީމައެވެ. ބޯ ހުރީ ހާވާލާފައެވެ. ދެލޯ ދުޅަވެފައެވެ. ނީރާ ފުރަތަމަވެސް އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލިއެވެ. އެއަށްފަހު ބެލްޖެހީ އުއްމީދުންފުރިފައިވާ ގޮތަކަށެވެ. ދޮރު ހުޅުވީ ފާތުމަތުއެވެ. “ފާތޫ.. ކޮ..ބާ ޝައިން……؟”” ނީރާ އެހެން އަހާލީ ވަރަށް އަވަސްއަވަހަށެވެ. ފާތުމަތު އަށް ނީރާ ހުރިގޮތްފެނި ކަންބޮޑުވިއެވެ. ޝާއިން އެކޭ އެއްގޮތަށް ނީރާ ވެސް އޭނާ ދެކުނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. “ނީއްކޮ ކިހިނެއް ތިހިރީ؟؟؟” ނީރާގެ މޫނުމަތީ އަތްލަމުން ފާތުމަތު އަހާލީ ނީރާ ކުރި ސުވާލަށް ޖަވާބުނުދީއެވެ. މޫނުމަތި ހުރީ މުޅިންހެނއް ދުޅަވެފައެވެ. ލޯ ރަތްވެ އެސްފިޔަތަށް ފޯވެފައެވެ. “ފާތު ޕްލީސް.. ކޮބާތަ ޝާއިން….. ޝައިން….!!!! ޝައިން…” ނީރާ ފާތުމަތު ދުރަށް ޖައްސާލަމުން އެތެރެއަށް ވަދެގެން އައިސް ޝާއިންއަސް ގޮވަމުން ދިޔައެވެ. ފާތުމަތު ހުރީ ހައިރާންވެފައެވެ.  ނީރާއަށް ޝާއިން ދާކަން ނޭނގޭތީއެވެ. ނީރާ ހުރިގޮތްފެނިފައެވެ. “ނީއްކޮ….. ޝާއިން ގޮއްސި އެއަރޕޯޓަށް………….!” ހައިރާންކަމާއި އެކު ފާތުމަތު އެހެން ބުނެލިއެވެ. ނީރާއަށް ފާތުމަތު އާއި ދިމާ ބަލައިލެވުނީ ކުއްލިއަކަށެވެ. “ވަޓް؟؟؟؟؟؟ އެހާ އަވަހަށް؟؟؟؟؟؟ ޝާ…ޝައިން ފުރަނީ ދަންވަރެ….ރެއްނު..” ނީރާގެ ކަރުނަތަށް ލޮލުން ފައިބަންފެށިއެވެ. ނަމަވެސް ކޮންމެ ކަރުނަތިއްކެއް ލޮލުން ފޭބުމުގެ ކުރިން ނީރާ ފޮހެމުން ދިޔައެވެ.. “ޝާއިން އަވަހަށް ދާން ބޭނުމޭ ކިޔާފަ ދިޔައީ….” ފާތުމަތު އެ ހުރިގޮތަށް ހުރެ ބުނެލީ ނީރާގެ ހަރަކާތްތަށް ފެނި ހައިރާންވީވަރުންނެވެ. “ގޯޑް.. ޑޭމް ނީރާ… ހުރިހާ ކަމެއްވެސް ހަމަ އަމިއްލައަށް ކޮށްފަ.. ޑޭމް. ޑޭމް.. ޑޭމް އިޓް..” ނީރާ އަމިއްލަ ނަފްސް ކުށްވެރިކުރަމުން އެގެއިން ދުވެފައި ނިކުތީ ފާތުމަތު އަށް ބަލައިވެސް ނުލައެވެ.

ފާތުމަތު ނީރާ ދަންދެންވެސް ހުރެވުނީ ބަލަންށެވެ. “ނީއް….ކޮ.” ފާތުމަތު އަށް ގޮވާލެވުނުއިރު މާ ލަސްވެއްޖެއެވެ. ފާތުމަތު ފޯނު ނަގައި އާޝިޔާއަށް ގުޅާލިއެވެ.

ނީރާ އެ ހުރިގޮތަށް ހުރެ ފެރީ ދޮށަށް ދިޔައީ ޓެކްސީއެއްގައެވެ. ފެރީއަށް އެރިއިރުވެސް އެންމެންގެ ނަޒަރު ހުރީ ނީރާއަށެވެ. ނަމަވެސް ނީރާ އިތުރު އެއްޗަކާއި މެދު ވިސްނާކަށް ސިކުނޑި ތަނެއްނުދިނެވެ. އެ  ސިކުނޑީގައި އެނބުރެމުން ދިޔައީ ޝާއިންއެވެ. ހަމައެކަނި ޝާއިންއެވެ. ހުޅުމާލެއަށް ފެރީ ޖެއްސިއިރު ފުރަތަމަ ވެސް ފޭބީ ނީރާއެވެ. ދުވެފައި އެއަރޕޯޓާއި ދިމާލަށް ދެވުނެވެ. ނަމަވެސް އޭނާގެ ހުއްޓެން މަޖުބޫރުވީ ފަހަތުން މީހަކު އޭނާގެ އަތުގައި ހިފާލުމުންނެވެ. ހިތާ ހިތުން އެއީ ޝާއިންކަމަށް ދުޢާކުރަމުން ނީރާ ފަސްއެނބުރި ބަލާލިއެވެ. ނަމަވެސް އޭނާގެ މޫނަށް ވެރިވި ކުޑަ ހިނިތުންވުންވެސް ފިލައިގެން ދިޔައެވެ.

ނީރާގެ އަތުގައި ހިފަހައްޓާއިގެން ހުރީ ރާހިލްއެވެ. “ރާ..ރާހިލް…. ކޮބާ ޝަ..ޝައިން…؟؟؟” ނީރާ އަހާލީ ރޮވިފައި ހުރެއެވެ. އުއްމީދާއި އެކުގައެވެ. ނީރާގެ އަތަށް ބާރުވަމުން ދިޔައެވެ. ރާހިލް ނީރާއަށް ތަދުކުރަމުން ދިޔައެވެ. “ރާހިލް… އާހްހް.. ދޫކޮށްބަލަ…. ތަދުވެޔޭ…….!” ނީރާ ރާހިލްގެ އަތުން އޭނާގެ އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ބުނެލިއެވެ.

-ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މިހިތުގެ ލޯތްބެ ތީ 7

Next

ފެންނާތީ ޔާރާގެ މޫނު (5)

Next
March 29, 2016

ފެންނާތީ ޔާރާގެ މޫނު (5)

Previews
March 28, 2016

މިހިތުގެ ލޯތްބެ ތީ 7

12 Comments!

  1. Ryn says:
    March 29, 2016 at 9:21 am

    hey guys… hre is the nxt prt hykuran rythi vaane kamh.. n i knw its shrt… so sry fr tht… n i hve a grt news.. frm tday onwrds i will uplwd daily cx i hve finishd wrytin the stry…. ?? thnkxx fr readin .. enjoy. ?

  2. Ninni says:
    March 29, 2016 at 9:35 am

    Yeyy… ninni dhw first..
    Thtx really grt.. vaahaka v reethi..
    Poor nee… blaa blaa.. reethivehjehnu…

  3. thoo says:
    March 29, 2016 at 9:36 am

    Thnx,

  4. Anonymous says:
    March 29, 2016 at 10:00 am

    alhey… nee ah realise vy maa fahun dhw…. dnt do that to nee… she hv already suffered a lot…. story was awsome…. um v curious to knw wats gonna happn next…

  5. princess says:
    March 29, 2016 at 10:13 am

    Hey ryn…vaahaka vrh rythi ingey…alhey poor neeeeeeee…nee ah ehn nuhadhaba ryn…..shain aa nee aa gulheyne dhw nxt prt ga………..waiting for nxt prt…good luck

  6. naaanu says:
    March 29, 2016 at 10:21 am

    varaaaaah saaaalhi…avahah next part..kihineh baa dho dhen vaany

  7. Ryn says:
    March 29, 2016 at 11:01 am

    thnkyw ? n nxt prt tmrw in sha allah n thre r 31 prts sadly so if u wnt c dhm tgthr u hve to wait lst prt ah… hehehehe sry fr tht. thnkyw fr the cmmnts ??

  8. nukko says:
    March 29, 2016 at 12:42 pm

    whoaa!! 😮 kihinw thi hedhy Thuthsy?? nee vs dwww… maaafahunney thi get vany….dhn vs dhey vaguthu faaithu nuvaneees… gud luk bunelachey nee ah ingey ryyn… 😛 yay daily koh up kuraaneyooo thnkyeww u de bst miss u lots n tvgc 😀

    1. SARA says:
      March 29, 2016 at 3:28 pm

      ????

  9. ur fan says:
    March 29, 2016 at 6:31 pm

    sry hama fab…. den raahil nee mooda vataalaaneetha anneka???? cox he now hate nee komes varakah…. waiting fo the nxt prt…. luv thiss

  10. ina says:
    March 29, 2016 at 9:33 pm

    Wowww rynnn mi prt vx hama vrh salhi….n vrh happy vejje nee ah realise v ma shine dheke lwbivaakn…n m sure nee dhaane shine kairiah..heehehe..bt raahil kyve nee athuga hifehetty???..so wen is nxt prt???.n yah..tht pic vx vrh nyc nyc…miss u n luv alott..tgc

  11. Emy says:
    March 30, 2016 at 10:43 am

    Reethi reethi varah reethi hama…… Waiting for the next part……. ??✋

Comments are closed.

Next Episodeހާދަ ލޯބިންނޭ 24←


All Right Reserved!