Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 18

Ushaali Level 810 Stories100 Comments100 Stories500 Comments
March 29, 2016 8 Mins Read
20 Comments

ކުއްލިއަކަށް އެނދަށް ބަލާލިއިރު އެނދުގައި ނިއާ އިންގޮތުން ޒޯހަން ދެރަވިއެވެ. ކޮންމެގޮތެއް ވިޔަސް އެއީ ވެސް ޒޯހަންގެ އަންބެކެވެ. ކުރެވެން އުޅުނީ ފާފައެއް ނޫނެވެ. ކުރެވެން އުޅޭ ކަމަކުން އެއްވެސް މީހަކަށް ވާނެ ގެއްލުމެއް ވެސް އޮތީއެއް ނޫނެވެ. އެހިސާބަށް ނިއާއަށް ދެވުނީ ޒޯހަން ވެސް އެއްބާރުލުން ދިނީމައެވެ. ދެއަތުން ބޮލުގައި އަތްއަޅާލަމުން ޒޯހަން އަލުން އެނދުގައި ނިއާ ކައިރީގައި އޮށޯވެލިއެވެ. އަނގައިން ނުބުނި ކަމަކު ޒޯހަން ވެސް ނިއާއަށް ދައުވަތެއް ދެނީކަން ގަބޫލުކުރެވުނެވެ. ހުދު ޒޯހަންއަށް ވެސް އެކަންތައް އެހިސާބުން ހުއްޓާލާފައި ދެވޭކަށް ނެތެވެ. ދެވަނަ ފަހަރަށް ނިއާއަށް ބަހަނާއެއް ނުދައްކާ ލޯމަރާލީ އެހެންހުރިހާ ކަމެއް މަތިން ހަނދާން ނައްތާލަމުންނެވެ.

ވަރުބަލިކަމާއެކު ނިދިފައި އޮތް ޒޯހަންއަށް ލޯބިން ނިއާ ބަލާލިއެވެ. އެއްވެސް ކަމަކަށް ޒޯހަން އިސްނުނެގިއެއް ކަމަކު ނިއާއާއި ޒޯހަންއާ ދެމެދު މިރޭ ހިނގާ މިދިޔަ ކަންތަކުން ޒޯހަންގެ ހިތުގައި ނިއާއަށް މަގާމެއް ދެވޭނެ ކަމަށް ޔަގީން ކުރިއެވެ. ނިއާއަށް ނޭނގުނީ ނިއާ އަކީ ކިހާ ފެންވަރެއްގެ ކާކުކަން އެނގުނު ހިނދު ޒޯހަންގެ ހިތުގައި ފޫހިކަމެއް އުފެދުނު ކަމެވެ. ނިއާ އަކީ އިއްފަތްތެރި އަންހެއް ކުއްޖެއް ނޫންކަން އެނގުނު ހިނދު ޒޯހަންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިކަމެވެ. މެއާއި ހަމައިގާ ރަޖާ އޮޅާލައިގެން ތެދުވެ ޑްރެސިންގްޓޭބަލް މަތީގައި އޮތް ފޯނު ނަގާ މަމް ޖަހާފައިވާ ނަންބަރަށް ‘ޑަން’ ޖަހާލުމަށްފަހު މެސެޖެއް ސެންޑް ކޮށްލިއެވެ. އަދި ބަނޑުގައި ފިރުމާލި އަތް ގެންގޮސް ތުންފަތުގައި ޖައްސާލިއެވެ. ޒޯހަންގެ ހަށިގަނޑުގައި ބައްދާލައިގެން މޭަދަށަށް ވަންއިރު ނިއާގެ ތުންފަތްމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

 

ފަތިސްނަމާދުގެ ބަންގީގެ އަޑަށް ޒޯހަން ލޯ ހުޅުވާލުމާއެކު ފެނުނީ ނިއާގެ މޫނެވެ. އެހިނދު ފާއިތުވި ވަގުތު ތަކުގައި ވެގެންދިޔަ ހުރިހާ ކަމެއް ޒޯހަންގެ ލޯކުރިމަތީގައި ސިފަވެގެންދިޔައެވެ. ދެރަވީވަރުން ދެލޮލުން ކަރުނަ ފާއްދާލިއެވެ. އަމިއްލަ ނަފްސަށް ބާރު ނުފޯރުވުނީތީ ރުޅި އާދެވުނެވެ. އެއީ ނުވާ ކަމެއްގެ ގޮތުގައި ހަދަން ޒޯހަން ބޭނުމެވެ. ނަމަވެސް އެހެންވެދާނެ ހެއްޔެވެ؟ ގެއްލިއްޖެ ވަގުތެއް އަނބުރާ ގެނެވޭނެ ހެއްޔެވެ؟ ޒޯހަންއަށް ޔަގީންވާ އެއްކަމެއް އެބައޮތެވެ. މިރޭ މިކުރިކަމަކުން ނިއާ ބަނޑުބޮޑެއް ނުވާނެއެވެ. އެވަރު އެނގޭ ވަރަށް ޒޯހަންގެ ހޭހުއްޓެވެ. ދެރައީ ހިތްނޭދޭ ކަމެއް ކުރެވުމުންނެވެ. ފާހާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ ކޮޓަރިއަށް ފަތިސްނަމާދަށް އެރީ އިރުއަރާ ފާނެތީއެވެ. ނަމާދުކޮށް ނިމިގެން ދެތިން ފަހަރަކު ނިއާ އަށް ވެސް ގޮވާލީ ނަމާދުކުރުވާށެވެ. ނިއާ އަޅާނުލުމުން ޒޯހަން ނިކުމެ ލިފްޓަށް އެރީ ލޯބިވާ ޝިޔާރާ ކައިރިއަށް ދިއުމަށެވެ. ތަޅަށް ތަޅުދަނޑި ޖަހާލުމަށްފަހު ހުޅުވާލުމުން އެންމެ ފުރަތަމަ ވެސް ޒޯހަންއަށް ފެނުނީ ސޯފާގައި އަރާމުކޮށް ނިދާލާފައި އޮތް ޝިޔާރާއެވެ. ލަސްހިނގުމެއްގައި ހިނގާލާފައި ގޮސް ޝިޔާރާގެ މޫނާއި ދިމާލުން ތިރީގައި އިށީނެވެ. އަދި އެލޯބި މޫނަށް ބަލަން ފެށިއެވެ. މޫނު ދަށުން އެލިފައި އޮތް ޝިޔާރާގެ އިސްތަށިގަނޑު ވެސް ޒޯހަންގެ ފައިތިލަ މަތީގައި ބޮސްދެމުން ދިޔައެވެ. ޝިޔާރާގެ ކޯތާފަތުގައި ޒޯހަން ބޮސްދިން ވަގުތު ދެލޯ ހުޅުވާލިއެވެ. ޒޯހަންގެ މޫނު ކައިރިން ފެނުމުން ޝިޔާރާ ހީލިއެވެ. އަދި ތެދުވަން އުޅުނު ޝިޔާރާގެ އަތުގައި ހިފާ ޒޯހަން އެހީވެދިނެވެ. ޒޯހަން ސޯފާގައި އިށީނުމަށްފަހު ޝިޔާރާ ބޭންދީ އުނގުގައެވެ. “މިސްޑް ޔޫ ޕްރިންސަސް” ޝިޔާރާގެ ހަށިގަނޑުގައި ބައްދާލަމުން ޒޯހަން ބުނެލިއެވެ. ތަކުރާރުކޮށް ޒޯހަން ދިޔައީ ޝިޔާރާ ކައިރީގައި މާފަށް އެދެމުންނެވެ. ރޭގައިވީ ކީއްކަން ފާޅުކޮށް ނުބުންޏަސް ޝިޔާރާއަށް ވިސްނުނެވެ. އަދި ހީލަމުން ހުރިހާ ކަމެއް ރަނގަޅުވާނޭ ކަމުގައި ބުނެ ޝިޔާރާ ހުރީ އުފަލުން ކަމުގައި ބުންޏެވެ. ޝިޔާރާގެ ހަށިގަނޑުގައި ޒޯހަން ބައްދާލީ އެހިތުގައިވި ހުރިހާ ހިތްހަމަނުޖެހުންތައް ބޭރު ކޮށްލުމަށެވެ. ވީ ވެސް އެހެންނެވެ. ޝިޔާރާގެ ފޭރާމުން ދުވި ހިތްގައިމު ވަހުން ޒޯހަންގެ ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދިޔައެވެ.

 

މެންދުރަށް ކެއްކުމަށް ތިރިއަށް ފޭބި ޔަޝްމީ މިސްރާބު ޖެހީ ބަދިގެއަށެވެ. މިއަދު ނިއާ އާއި އެކީގައި ބަދިގޭގައި މީރު އެއްޗެއް ކައްކާލާނަމޭ ހިތާ ޔަޝްމީ ހުރީ ވަރަށް އުފަލުންނެވެ. އެންމެ ފުރަތަމަ ވެސް ޔަޝްމީގެ ލޮލުގައި އަޅައިގަތީ ފިޔާ ކޮށަން އިން ރާކީއެވެ. އެއަށްފަހު ކޫކަރ ޖެއްސުމަށްފަހު އަތް ފޮހެލި ލަތާއެވެ. ދެބަހެއް ނުކިޔާ ޔަޝްމީ ވެސް ކަރާފަނި ގިރަން ތައްޔާރުކުރިއެވެ. “މަންމާ. ކޮބާ ނިއާ” ޔަޝްމީ ކަރާ ކޮށަން ހުރެ ލަތާ ކައިރީގައި އަހާލިއެވެ. “މަންމަ މިއަދު ލޮލުން ވެސް ނުދެކެން. ހެނދުނު ސައިބޯން ވެސް ގޮވިން. ހަބަރެއް ނުވީމަ މަންމަ ކަންބޮޑުވެފަ މިހުރީ. ޒޯންއަށް ވެސް ގުޅާލިން ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވާލަ ދިނުމަށް” ގޮނޑި ދަމާލާފައި ލަތާ އިށީނެވެ. “މަންމައަށް ޔަގީންތަ ރޭގަ ޒޯން ނިދީ ނިއާ ކައިރީގަ ކަން” ފިޔާގެ ދިލައިން ލޮލުން އައިއްސަ ހުރި ފެންތައް ފޮހެލަމުން ރާކީ އަހާލިއެވެ. “ހެނދުނު އޮފީހަށް ދިޔަ މަގުމަތީގައި މަންމަ ޒޯން ކައިރީގަ އަހާލިން. ބުނި ރޭގައި ނިއާ ޝަކުވާ ކުރަންޖެހޭ ވަރުގެ އެއްވެސް ކަމެއް އެދެމެދުގައި ނުވެޔޭ. ބައްޕަ އުއްމީދު ކުރި ވަރަށް ވުރެ ވެސް ބޮޑަށް އަޅުގަނޑަށް ރަނގަޅު ފިރިއަކަށް ވެވިއްޖޭ. އެހެންވީމަ މަންމަ އަށް އެނގޭ ރޭގައި ޒޯން ނިދީ ނިއާ ކައިރީގަ ކަން. އަދި ޒޯން އެބުނި ބަހުގެ މާނައަކީ ކޮބާ ކަން ވެސް ވަރަށް ރަނގަޅަށް އެނގޭ. މަންމަގެ ޒޯން އަކީ ކޮންކަހަލަ ކުއްޖެއްކަން އެންމެ ރަނގަޅަށް އެނގޭނީ މަންމައަށް…..އަހަނ އައީތަ ދަރިފުޅު” ވަދެގެން އައި ޒޯހަން ފެނުމުން ލަތާ ގޮނޑިން ތެދުވެލިއެވެ. ޒޯހަން ހީލުމަށްފަހު ކޮޓަރި ދޮރުހުޅުވާލިއެވެ. އެނދުގައި ބާލީސްތައް ހުރީ އެގޮތްމިގޮތަށެވެ. ކުއިލްޓް ވެސް އޮތީ ބޮނޑިވެފައެވެ. ނިއާ ރޭ ލައިގެން ހުރި ނައިޓީ ވެސް އޮތީ ކާޕެޓް މަތީގައެވެ. އެނދު ފެނުމުން ޒޯހަންއަށް ރޭގެ މަންޒަރުތައް ހިތައް ސިފަ ވުމުން ބޮލަށް އުދަގުވާގޮތް ވިއެވެ. ކޮޓަރިން ނިކުންނަން އުޅެނިކޮށް ފާހާނާ ދޮރު ހުޅުވާލާފައި ނިއާ ނިކުތްތަން ފެނުނެވެ. ޒޯހަން އަނެއް ފަރާތަށް އެނބުރުނީ ހެއްދެވި ގޮތަށް ހުރި ނިއާ ފެނުމުންނެވެ. ދެން އިވުނީ ނިއާ ހީލިއަޑެވެ. “ޒޯން… ހާދަ ސްމާޓޭ… ތިގަމީސް ވަރަށް ގުޅޭ.. އަދި ތިކުލައަކީ މަގޭ ފޭވަރިޓް ކުލަ” ފުރަގަހަށް އެނބުރިގެން ހުރި ޒޯހަން އާއި ވާހަކަ ދައްކަމުން ނިއާ ކުރު ސޯޓް ބުރިއަކާއި ޓީޝާޓެއް ލިއެވެ. ޒޯހަންގެ ފަހަތުން ނިއާ ބައްދާލުމުން ސިހުނެވެ. “އަމް… މިއައީ ވާހަކައެއް ދައްކާލަން. އިށީންނަންވީނުން” ނިއާ އެނދުގައި އިށީނުމުން ޒޯހަން ވެސް ތަންކޮޅެއް ދުރުގައި އިށީނެވެ. “މަންމަ ގުޅައިގެން އޮފީހުގަ ހުރެފަ މިއައީ. ނިއާ ކީއްވެ މިހާ އިރު ވަންދެން ކޮޓަރީގަ ތިއުޅެނީ. ބޭރަށް ނިކުމެ އެންމެންނަށް އެހީވާންވާނެއްނު. މަށަށް ޔަގީން މިގޭ ހުރިހާ މީހުން ވެސް ނިއާ ދެކެ ވަރަށް ލޯބިވާނެކަން” އެހެން ޒޯހަން ބުނީ ފާޑަކަށެވެ. “އަސްލު އެހާ ހެނދުނާ ހޭލާކަށް ނެތޭ އާދަވެފައެއް. ގޭގަ އުޅޭއިރު ވެސް މަންމަ ނުގޮވާނެ އެހާ އަވަހަށް. ދެން ބަދިގޭ މަސައްކަތް ކުރާކަށް ނޭނގޭ ނިއާ އަކަށް. މަންމަ ދޮވެފައިދޭ ތަށިތައް ފޮހެލަން އެނގެނީ. ނިއާ ކިހިނެއް ކައްކާނީ ކައްކަން ނޭނގޭއިރު” ނިއާ ވާހަކަދެއްކިއިރު ޒޯހަން އިނީ އަޖައިބު ވެފައެވެ. ބައްޕަ ޒޯހަންގެ ހަޔާތަށް މިގެނައީ މިވަރުގެ މީހެއް ހެއްޔެވެ؟ “މަންމަ ގޮވި އަޑުވެސް އިވުނޭ. އެކަމު ކަންނެއްވެފަ އޮވެވުނީ. އެހެންނޭވާނީ ޒޯން ރޭގައި ކުރި ކަމަކުން ނިއާއަށް ނިދުނީ އެހާ ލަހުން. އަރާމުގަ ޒޯން ނިދީ. އަސްލު ވެސް ރޭގައި ވެޑިންގް ގިފްޓް ލިބިއްޖެ” ޒޯހަންއާ ކައިރިވެލާ އަތުގައި ބައްދާލަމުން ނިއާ ބުންޏެވެ. “ދެން ވެސް ދޭބާ. ގޭމީހުން އެތިބީ ނިއާ ކޮޓަރިން ނުނިކުމެގެން އިންތިޒާރުގަ. ލޯބިވާ ފަހަރި ނިކުންނާނެ އިރެއްގެ އިންތިޒާރުގައި” ޒޯހަން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ނިއާ ކޮޓަރިން ނިކުންނަން އުޅުމުން ޒޯހަން ގޮވާ ގެނެސް ކައިރީގައި ބޭންދިއެވެ. “ނިއާ.. މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ބުނަން. ނިއާ ތީ މަގޭ އަންބަކަށް ވީތީ އޮޅުމެއްގެ ތެރޭގައި ބަހައްޓާކަށް ބޭނުމެއްނޫން. އެންމެ ފުރަތަމަ ކަމަކީ ނިއާތީ މަ ބޭނުންވެގެން މިހަޔާތަށް ގެނައި މީހެއް ނޫން. ތީ ބައްޕަގެ ޗޮއިސް. ދެވަނަ ކަމަކީ ރޭގައި ވެސް ބުނިން މަގޭ އިތުރު އަންބެއް އެބައިނޭ. އެހެންވީމަ މިތާ ކޮންމެ ރެއަކު ނިއާ ކައިރީގައި ނުނިދޭނެ. އަހަރެން އޭނަ ކައިރީގައި ވެސް އުޅެން ބޭނުން. އެއީ މަގޭ ޗޮއިސް. ފަހަރެއްގައި ވެސް ނިއާ މިގެއިން ނެރެ އެއްލާލާކަށް އަހަރެން މަސައްކަތެއް ނުކުރާނަން. ނިއާ ޝަކުވާ ކުރާކަށް ވެސް ނުޖެހޭނެ. ރޭގައި އަހަރެން ފިރިއެއްގެ ވާޖިބު އަދާ ކުރިން. އަހަރެން ނިއާ އާއި ކައިވެނި ކުރިކަން އޭނައަށް އެނގޭނެ. ފަހަރެއްގައި ވެސް އޭނަ މިކަމަކާއި ދެކޮޅެއް ނަހަދާ. އެއީ މިގެއަށް ވަންނަން ހުއްދަ އޮތް މީހެއް ނޫން. މިގޭގަ ނެތް އޭނަ ދެކެ ލޯބިވާ މީހަކު” ޒޯހަން ވާހަކަދައްކާ ނިމެންދެން ނިއާ މަޑުމައިތިރިކަމާއެކު އަޑުއަހަން އިނެވެ. “އޯކޭ. ބުނެލަދިނީތީ ޝުކުރިއްޔާ. ޒޯން ތިގޮތަށް ތެދު ހާމަކުރީތީ އަހަރެންވެސް ވަރަށް ބޮޑު ހަގީގަތެއް ބުނެފާނަން. ޒޯން ދެކެ ނިއާ އަށް ވެސް ލޯބިވެވިއްޖެ. ރޭގެ ފަހުން މާބޮޑަށް ލޯބިވެވިއްޖެ. އެހެން އަންހެނަކާއި ޒޯން ޝެއާރ ކުރާކަށް ބޭނުމެއްނޫން. އެކަމަކު އެހެން ނުވާނެތާ. ޒޯން ނިއާދެކެ ލޯބިވާނެ ދުވަހަކަށް އިންތިޒާރު ކުރާނަން” ޒޯހަންގެ ކޮލުގައި ބޮސްދިނުމަށްފަހު ނިއާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ދެވަނަ ފަހަރަށް ޒޯހަން ނިއާއަށް ގޮވާ ހުއްޓުވީ ބޭރަށް ނިކުތުމުގެ ކުރިން ތިރިން ލައިގެން ހުރި ކުރު ސޯޓްބުރި ބަދަލުކުރުމަށެވެ. “ދިގު އެއްޗެހި ލައިގެން އުޅެން ވަރަށް އުނދަގު. އެހެންނޫނަސް މިގޭގައި ދުރުބައެއް ނޫޅެއެއްނު. އޯކޭވާނެ” ޒޯހަން ދޭނެ ޖަވާބަކަށް ބެލުމެއް ނެތި ނިއާ ކޮޓަރިން ނިކުމެގެން ގޮސް ކާބަޔަށް ވަނެވެ.

“މަންމާ… ކޯޗެއް ކާންހުރީ… އަޅޭ މީކާކު ހެދި އެއްޗެއް. ދޮންބެދައްތަ ނިއާއަށް ތައްޓެއް ގެނެސްދީބާ” ނިއާ ހުރި ގޮތުން ލަތާ ހުރީ ލަދުން ކިޔާނެ ބަހެއް ނޭނގިފައެވެ. “ނިއާތަ އެންމެ ފުރަތަމަ ކަނީ. މަޑުކުރޭ ފިރިހެނުން ކަންދެން” ރާކީ ބުންޏެވެ. “އޯކޭ” ނިއާ ތެދުވެގެން ގޮސް ހުއްޓުނީ ލަތާ ކައިރީގައެވެ. “ނިއާ… ތިވަރުގެ އެތިކޮޅު ލާކަށް ނުވާނެއްނު. އަންހެންކުދިން ވާނީ ވީހާވެސް ބޮޑަށް ފޮރުވިގެން އުޅެން. މިގޭގައި ދެން އުޅޭނީ ދަރިފުޅުގެ ލަދުވެރިން. ކައިވެންޏަށް ފަހު އަންހެންކުއްޖާގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހޭނެ. ޒޯހަން ވެސް ވަރަށް ހިތްހަމަނުޖެހޭނެ ނިއާ ތިވަރުގެ އެތިކޮޅު ލާކަށް. ޒޯހަން ކޮޓަރިން ނުނިކުންނަން އެހުންނަނީ ލަދުން ކަންނޭނގެ. ދޭ ބަދަލު ކުރަން” ލަތާ މަޑުމައިތިރި ކަމާއެކު ރީތިކޮށް ވާހަދެއްކުމުން ނިއާ އަށް ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ރަކިވެފައި ހުރެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

 

ހަފްތާއެއް ފަހެވެ. ޝިޔާރާ ރީތިވެލައިގެން ދޮރު ތަޅުލުމަށްފަހު ލިފްޓަށް އެރި ތަނާ ޝިފްނީވެސް  އައިސް ލިފްޓަށް ވަނެވެ. ޝިޔާރާ ޝިފްނީއަށް ބަލާލުމަށްފަހު ހީލިއެވެ. ޝިފްނީގެ މޫނުކޮޅު ފެނުމުން ޝިޔާރާގެ ހިތުގައި ނޭނގޭ ލޯތްބެއް އުފެދިގެން ދިޔައެވެ. ޝިޔާރާ އެންމެ އަޅައިގަތީ ޝިޔާރާގެ ވެސް އިންނަ ކަހަލަގެ ކަޅުތިލައެއް ޝިފްނީގެ ވެސް ތުންފަތް ކައިރީގައި އިނީމައެވެ. “ކޯއްޗެއް ތިބަލަނީ މަންމަނު ގަނޑު. ހީވަނީދޯ ޒޯން އާއި މެރީކުރެވުނީމަ ތީ މިދުނިޔޭގައި ހުރި އެންމެ ރީތި އަންހެނާއޭ. ޔަގީން ޒޯންގެ ފައިސާއާއި މުދާ ފޭރިގަންނަން އެހާވަރަކުން ތިއުޅެނީ. ކިތަންމެ މޫނުގަ ފުށް ޖަހާފައި ރީތިކޮށް ބުރުގާ އަޅާފަ ހުއްޓަސް ތީ ބޭކާރު މީހެއް. އެންމެން ޔޫސްކޮށްފައި ހުރި ހަށިގަނޑެއް ތިއީ” ޝިފްނީ އެއްވެސް ރަހުމެއް ނެތި ބޭރުކޮށްލި ތީރުތައް ޝިޔާރާގެ މޭފޫއަޅުވާލުމަށްފަހު އެންމެ އެތެރެއަށް އަސަރުކޮށްލިއެެވެ. ލޮލުން ކަރުނަތައް ފައިބަންފެށީ އިންޒާރަކާ ވެސް ނުލައެވެ. ތެދެކެވެ. މީ ބޭކާރު މީހެކެވެ. މީ އެއްވެސް އަގެއް ނެތް ހަށިގަނޑެކެވެ. އެކަން މީހަކު ޝިިޔާރާއަށް ހަނދާންކޮށްދޭކަށް ނުޖެހެއެވެ. ޒޯހަންއަށް މިހަށިގަނޑުގެ މީރުކަން ލިބުމުގެ މާކުރިން ވަނީ ބަޔަކު މީހުންގެ ޝިކާރައަކަށް ވެ ނިމިފައެވެ. އެމީހުން ވަނީ އެއްވެސް ރަހުމެއްނެތި ޝިޔާރާގެ ނާޒުކު ހަށިގަނޑު ނޮޅާ ކައިފައެވެ. އެހެންވިޔަސް ޝިޔާރާގެ ކުށަކީ ކޮބާ ހެއްޔެވެ؟ ދުވަހަކު ވެސް މިގޭ އުޅޭ މީހުންގެ ލޯބި ޝިޔާރާއަށް ނުލިބޭނީ ހެއްޔެވެ؟ ޝިޔާރާ ލޯބިވީ ޒޯހަންގެ މުދަލާއި ފައިސާދެކެއެއް ނޫނެވެ. އެތަކެތިން ލޯ ލާރިއެއް ވެސް ޝިޔާރާ ބޭނުމެއް ނުވޭއެވެ. ޒޯހަންގެ ހިނިތުންވުން ފެނުނަސް ޝިޔާރާއަށް ފުދޭއެވެ. އަތުގައި އޮތް ޓިޝޫއިން ދެލޯ ފޮހެލުމަށްފަހު ލަސްލަހުން ހިނގާލާފައި ގޮސް ގޭޓް ކުރިމަތީގައި ހުރި ޒޯހަން ދިއްކޮށްލާފައިވާ އަތުގައި ޝިޔާރާ ހިފާލިއެވެ. އަދި ޒޯހަން ޝިޔާރާގެ އަތްތިލައިގާ ތުންފަތް ޖައްސާލި މަންޒަރު ބަލަން ހުރި ޝިފްނީގެ ހިތުގައި ހަސަދަވެރިކަމުގެ ހުޅުގަނޑު ރޯވެގެން ދިޔައެވެ.

 

ގޭގައި އެކަނިވުމުގެ ސަބަބުން އިޝާ ނަމާދުކޮށް އަވަދިވެގެން ސިޓިންގްރޫމަށް ނިކުތް ޝިޔާރާ ކައްކާފޮތް ހިފައިގެން ޖައްސާލީ ކާމޭޒު ކައިރީގައެވެ. ފޫހި ފިލުވާލުމަށްޓަކައި ޝިޔާރާ ބޭނުންވަނީ މޮޅު ކާއެއްޗެއް ހަދާލާށެވެ. މިއަދު މެންދުރު ޒޯހަން ކެއީ ތިރީބައިން ކަމަށް ވުމުން ރޭގަނޑު ކާން އަންނާނެ ކަމުގައި ޝިޔާރާ ޔަގީން ކުރިއެވެ. އެހެންކަމުން ޝިޔާރާ ތައްޔާރުވެލީ ވައިޓް ސޯސް ޕާސްތާ ހެދުމަށެވެ. އެފޮތް ބަލައިގެން ކައްކާ ހަދާތީ ޝިޔާރާ އަށް މިހާރު ވަރަށް ގިނަ ބާވަތްތައް ތައްޔާރުކުރަން އެނގެއެވެ. ގޭގައި ބައެއް އެއްޗެހި މަދުކަމުން ގަންނަން ފިހާރައަށް ދާން ޝިޔާރާ ބޭނުންވިއެވެ. އެހެންކަމުން ލައިގެން ހުރި ޓީޝާޓް މަތިން ނޫކުލައިގެ ދިގު ހެދުން ލުމަށްފަހު އިސްތަށިގަނޑު އޮޅާލިއެވެ. އަދި ގޭތެރޭ އަޅަން ލަތާ ދީފައި ހުރި ބުރުގާ ތަކުން ކަޅު ކުލައިގެ ކުޑަ ބުރުގާކޮޅު އަޅާލިއެވެ. އަދި ވޮލެޓް ހިފައިގެން ފިހާރައަށް ދިއުމަށް ގޭ ދޮރު ތަޅުލިއެވެ. ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން ޝިޔާރާ ސިޑިން ފައިބަން ފެށިއެވެ. އެވަގުތު ފަހަތުން ފިޔަވަޅު ތަކެއްގެ އަޑު އިވުމުން ޝިޔާރާ އެނބުރި ބަލާލިއެވެ. ފަހަތުގައި ހުރި ސާރާ ހުރީ ޝިޔާރާގެ މޫނުން ނަޒަރު ވަކިކޮށްނުލެވިފައެވެ. ސާރާއަށް ހީވީ ކުރިމަތިން ޝިފްނީ ފެނުނުހެންނެވެ. އިހްތިޔާރަކާއި ނުލާ ޝިޔާރާގެ މޫނުގައި ސާރާއަށް ފިރުމާލެވުނެވެ. ހައިރާންވެފައި ހުރި ޝިޔާރާ ހީލުމަށްފަހު ސާރާގެ އަތުގައި ހިފާލިއެވެ. ސާރާއަށް ހޭވެރިކަމެއްވީ ދެނެވެ. “ޝިޔާރާ ދޯ ކިޔަނީ. ކަނބުލޮ ތިގޮތަށް ހެދުންލީމަ މާ ރީތި. ހާލު ރަނގަޅުތަ؟ އެއެްދުވަހަކުން ވާނެ ޒޯންއާ ދެކުދިން ބޮއްތަމެން ބަޔަށް ސަޔަކަށް އަންނަން. ހާލާ ކައިރީގަ ބޮއްތަ ބުނާނަން ދުވަހެއް ހަމަޖައްސާފަ” މީހެއްގެ ހިތްހެޔޮ ކަމަށް ބެނުންވެފައި ހުރި ޝިިޔާރާ އަވަސް އަވަހަށް ބޯޖަހާލިއެވެ. “ފިހާތައަށްތަ ތިދަނީ. އަވަހަށްދޭ. ބަލައިގެން ދައްޗެ” ޝިޔާރާގެ ބުރަކަށީގައި ފިރުމާލަމުން ސާރާ މައްޗަށް އަރައިގެން ދިޔައެވެ. ގޯޅީގެ ކަންމަތީގައި ހުރި ބޮޑު ފިހާރައިން ޝިޔާރާ ފެނުމާއެކު ކާރުގައި އިން ޒޯހަން އަވަސް އަވަހަށް ފިހާރައަށް ވަނުމަށް ގޭޓުން އެތެރެއަށް ކާރު ޕާކު ކޮށްލުމަށްފަހު ބޭރަށް ނިކުތެވެ. ޝިޔާރާގެ ފަހަތުން އުޅުނު ފިރިހެން ބައިގަނޑު ޒޯހަންގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ޒޯހަން ފިހާރައަށް ވަންތަން ބޭރުން އައި ނިއާ އަށް ފެނުމުން ހީލާފައި ފިޔަވަޅު ތަކަށް ބާރު ލުމަށްފަހު ޒޯހަން ފަހަތުން ފިހާރައަށް ވަނެވެ. ޝިޔާރާގެ ރުޅިވެރި ދެލޯ ފިރިހެން ބައިގަނޑަށް އަމާޒުވުމާއެކު އެމީހުން ފަސްޖެހުނެވެ. އަދި އަވަސް އަވަހަށް ފިހާރައިން ނިކުތެވެ. ލާރި ދައްކާފައި ނިކުންނަން އުޅުނު ޝިޔާރާއަށް ޒޯހަން ފެނުމާއެކު އުފަލުން ހީލެވުނެވެ. ޒޯހަން ވެސް ހީލުމަށްފަހު ޝިޔާރާ ކައިރިއަށް ދާން ހިނގައިގަތެވެ. ކުއްލިއަކަށް ޝިޔާރާ ހުއްޓުނީ ފަހަތުން އައި ނިއާ ޒޯހަންގެ އަތުގައި ބައްދާލުމުންނެވެ. “ޒޯން މިތަނުން ފެނުނީމަ ސަޕްރައިޒްވެފަ މިހުންނަނީ. ހިނގާބާ ނިއާ އާއިއެކު މައްޗަށް އަރަން. އެތަނުގައި ވަރަށް ރީތި ފައިވާން އެބުހުރި. ހިނގާބާ” ޒޯހަންގެ އަތުގައި އެލިގަނެގެން ހުރި ނިއާގެ އަޑުންވެސް ތުއި ވާވަރު ހާމަވެއެވެ. އެމަންޒަރު ބަލަން ކެއްނުވީމަ ޝިޔާރާ ހުރީ އަނެއްފަރާތަށް އެނބުރިގެންނެވެ. ޒޯހަން ޝިޔާރާއަށް ބަލަން ހުރުމުން ދެވަނަ ފަހަރަށް ނިއާ ޒޯހަންއަށް ގޮވާލުމަށްފަހު މައްޗަށް އަރަން ހުންނަ ސިޑިއާއި ދިމާލަށް ދަމަން ފެށިއެވެ. ޝިޔާރާ ކުރިމަތިން ދިޔަ ޒޯހަން ކައިރިން ޝިޔާރާއަށް ބަލާލިއެވެ. ލުއިލުއި ހިނިތުންވުމެއް ޝިޔާރާ ދިން އިރު އެދެލޮލުން މާޔޫސްކަން ޒޯހަންއަށް ސިއްރެއް ނުވިއެވެ. ޝިޔާރާ ފިހާރައިން ނިކުމެގެން ދިޔަ ފަހުން ވެސް ޒޯހަން ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ނިއާ ދެކެ އިންތިހާއަށް ރުޅި ވެސް އައެވެ.

 

އެއްމަސް ދުވަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އާދުވަހަކަށް އިރު ފެނުން ތޮޅިލިއިރު މިއަދަކީ ޝިޔާރާގެ ހަޔާތަށް އައި އުފާވެރި ދުވަހެކެވެ. ބަކުރު އަތުގައި ހުރި ޝިޔާރާގެ ވީޑިއޯތަކާއި ފޮޓޯތައް ފުލުހުންގެ އެތައް މަސައްކަތުން އަތުލައި ޝިޔާރާގެ ހިތުގައި އޮތް އެބިރު ވެސް ފިލައިގެން ދިޔައީއެވެ. އެހެންނަމަވެސް އެހިތުގައި ނުފިލާ ޝަކުވާއެއް ވެއެވެ. ފާޅު ނުކުރިޔަސް ޝިޔާރާގެ ހިތް އޮންނަނީ އަބަދުވެސް ރޯލަރޯލައެވެ. ޒޯހަން އާއި އެކުގައި ނިދާ ނުލެވޭތާ އެއްމަސް ދުވަސް ފާއިތުވީއެވެ. ކީއްވެ ހެއްޔެވެ؟ ޒޯހަން ފޫހިވީ ހެއްޔެވެ؟ ނޫނީ ޝިޔާރާއަކީ ނުކުޅެދޭ ކުއްޖަކަށް ވީމަ ހެއްޔެވެ؟ ކައިވެނި ކުރި ފަހުން ޒޯހަން ޝިޔާރާ ކައިރީގައި ރޭކުރީ އެންމެ ތިން ރެއެވެ. ޝިޔާރާއަށް އެވަރުވެސް ގުނަން ޖެހުނީ ހިތުގައި ޖެހިފާވާލެއް ބޮޑުކަމުންނެވެ. ލޮލަށް ނުފެންނަތާ ތިން ދުވަސްވާއިރު ވައިބާއިން ވެސް ވާހަކަދެއްކެނީ ޒޯހަން އޮފީހުގައި އިންނަ ވަގުތު ތަކުގައި އެކަންޏެވެ. މިހާތަނަށް އެއްވެސް މީހެއް ކައިރީ ޝިޔާރާ ޝަކުވާއެއް ކޮށްފައެއް ނުވޭއެވެ. ފިރިމީހާގެ ޝަކުވާ އެއީ ޝިޔާރާ ދުވަހަކު ވެސް ނުކުރާނެ އެއްޗެކެވެ. އެއަށް ވުރެ މާބޮޑަށް ލޯބިވޭއެވެ.

އެހެންރޭރޭ އެއްފަދައިން މިރޭ ވެސް ޝިޔާރާ ފެންވަރާލައިގެން ނިކުމެ ސިޓިންގްރޫމް ސޯފާގައި ނިދަން ޖައްސާލިއެވެ. އޭގެ ކުރިން ވައިބަރ ޗެކް ކޮށްލީ ޒޯހަންގެ މެސެޖެއް އިންތޯއެވެ. ޝިޔާރާގެ މޫނުމަތި އުޖާލާވީ ޒޯހަން ވަރަށް ލޯބިން ކޮށްފައި އޮތް މެސެޖެއް ފެނުމުންނެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން ފޯނުގައި ތުންފަތް ޖައްސާލެވުނެވެ. ނިދިން ދެލޯމެރުނު ވަގުތު މީހަކު ޝިޔާރާގެ ތުންފަތުގައި ބީހުނު ކަމުގެ އިހުސާސް ކުރެވުމުން ދެލޯ ހުޅުވާލިއެވެ. ކައިރިން ޒޯހަން މޫނު ފެނުމުން ކަރުގައި ބައްދާލީ ކުޑަކުއްޖެއް ފަދައިންނެވެ.

އެންމެ ފުރަތަމަވެސް ޒޯހަން ޝިޔާރާގެ ކައިރިން މާފަށް އެދުނެވެ. ނިއާގެ އުނދަގު ބޮޑުކަމުން ނާދެވެނީ ކަމަށް ބުންޏެވެ. ޝިޔާރާ ދެފަރާތަށް ބޯހަލުވާލަމުން އެހެން ނުބުނާށޭ ބުންޏެވެ. ޝިޔާރާ ލައިގެން އޮތް ތުނި ޓީޝާޓުން ކަރާއެކު މޭމަތިން ބޮޑު ބައެއް ހާމަވާން ހުރުމުން ޒޯހަން ޝިޔާރާއަށް ބަލާލީ އެއްތުންފަތުން ހީލަމުންނެވެ. ޒޯހަންގެ އެބަލާލުމުން ޝިޔާރާ ލަދުގަތެވެ. ލައިގެން ހުރި ޓީޝާޓް ތިރިއަށް ދޫކޮށްލުމަށްފަހު ޝިޔާރާ އަތްދަނޑިމައްޗަށް ނެގިއެވެ. އަދި ކޮޓަރިއަށް ވަންނަން ދަމުން ވެސް ނިއްކުރީގައި ބޮސްދިނެވެ. އެވަގުތަކަށް ދެހަށިގަނޑު އެންމެ ބޭނުންވެފައިވި ވަގުތު އެފުރުސަތު ލިބި އޭގެ ފޮނި ރަހަ އަރު ތެރޭގައި ނުލަނީސް މުޅި ކޮޓަރިތެރެ ގުގުމައިގެން ދިޔައީ ޒޯހަން ފޯނުގެ ރިންގްގެ އަޑަށެވެ. ޝިޔާރާގެ މަސްތުގައި ޖެހިިފައި އޮތް ޒޯހަންގެ ބޮލަށް އުނދަގޫވާން ފެށީ ކޯލް މިސްވެ ދެވަނަ ފަހަރަށް ރިންގްވާން ފެށުމުންނެވެ. އެނދުގެ ހުހަށް ހުރި ހިސާބުގައި އަތް ހާކާލުމަށްފަހު ފޯނު ނަގާ ބަލާލީ އެއީ ނިއާގެ ކޯލެއް ކަމަށް ހީކޮށް ރުޅިވެރިކަމާއެކު އެވެ. ބައްޕަގެ ނަން އަރާ އިނުމުން ޒޯހަން ހައިރާންވީ ނޫރީ މިވަގުތު ގުޅަން ޖެހޭ ސަބަބެއް ނޭނގުމުންނެވެ. ވިސްނާލުމަށްފަހު ޒޯހަން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ޒޯހަން ތިހުރި ތަނަކުން މިވަގުތު ގެއަށް އަންނަންވީ.. ނިއާ ފަކީރު ހޮޑުލާލާ އަވަދި ވަނީ މިއޮށް. ހޮސްޕިޓަލަށް ދާން އާދޭ. ބައްޕަ ކާރު ނެރެނީ މި” ޒޯހަން ބުނާނެ އެއްޗެއް ނުބަލާ ފޯނު ބޭއްވުމުން ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ފޯނު ހޫރާލީ ފާރާއި ދިމާލަށެވެ. ކޮޓަރިތެރޭގައި ގުގުމާލި ބާރު އަޑުފަށްގަނޑާއެކު ޝިޔާރާއަށް ދެކަންފަތުގައި އަތް އަލާލެވުނެވެ. އޮތްތަނުން ކުޑަކޮށް ތެދުވެލާ ހާމައަށް ހުރި ހަށިގަނޑު ކުއިލްޓުން ނިވާ ކޮށްލިއެވެ. ޒޯހަންގެ މޫނުގައި އެއްއަތުން ފިރުމާލިއެވެ. އެއާއެކު ޒޯހަން ޝިޔާރާގެ ގައިގާ ބައްދާލިއެވެ. ޝިޔާރާއަށް ދެން އިވުނީ ޒޯހަން ނޭފަތް އެތެރެއަށް ދަމާލި އަޑެވެ. ސިއްރުންނެވެ. ޝިޔާރާ އަވަސް އަވަހަށް ޒޯހަންގެ މޫނަށް ބަލާލިއެވެ. އަދި ދެލޯ ފޮހެލަދިނެވެ. ވާހަކަދެއްކުމަށް މިނޫނީ އަދި މިހާ ހިތްއެދުނު ވަގުތެއް ނާދޭއެވެ. “ބައްޕަ ގުޅީ. ނިއާ ހޮޑުލަނީއޯ… ހޮސްޕިޓަލަށް ދާން އަންނާށޯ. ކޮންމެ ގޮތެއް ވިޔަސް ހެޔޮ ބޭނުމެއްނޫން ދާކަށް” ޒޯހަންގެ މޫނުގެ އެއްފަރާތުގައި ހިފާލައިގެން ހުރި ޝިޔާރާގެ އަތްތިލައިގާ ހިފާލަމުން ޒޯހަން ބުންޏެވެ. އެވަގުތު ޝިޔާރާ ބާރުއެޅީ އަވަހަށް ދިއުމަށެވެ. ޝިޔާރާ އެތައް ފަހަރަކު ބާރުއެޅުމުން ޒޯހަން އެނދުން ތެދުވެ ތިރީގައި އޮތް ސޯޓްބުރި ލާ ގޮށް އަޅުވާލިއެވެ. އަދި ޝިޔާރާއަށް ބަލާލުމެއް ނެތި ސިޓިންގްރޫމް ސޯފާ މަތީގައި އޮތް ޓީޝާޓް ލަމުން ގެއިން ނިކުތެވެ. ޝިޔާރާވެސް އަވަސް އަވަހަށް މަތިން ޓީޝާޓްކޮޅު ގަޔަށް މަހާލައިގެން ނިކުމެ ސިޓިންގްރޫމް ސޯފާގައި އިށީނެވެ. ކިތަންމެ ނުރޯން ހިއްވަރު ކޮށްގެން ހުރި ނަމަވެސް ޝިޔާރާއަށް ރޮވުނީ ހިތުގައި ރިހުންތައް ގަދަވެ ގަތުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ފެންނާތީ ޔާރާގެ މޫނު (5)

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 4..

Next
March 29, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 4..

Previews
March 29, 2016

ފެންނާތީ ޔާރާގެ މޫނު (5)

20 Comments!

  1. Ushaali says:
    March 29, 2016 at 3:01 pm

    ☺☺☺

  2. Ninni says:
    March 29, 2016 at 3:18 pm

    Dhn v foohi anheneh thi niaa yakee.. btw story v salhi..
    Avahah up kohdhechey aneh part..

  3. SAKURA says:
    March 29, 2016 at 3:23 pm

    KUNI VAAHAKA EH… HAASARU NOoN ehcheh neh:-P

    1. azza says:
      March 29, 2016 at 9:18 pm

      Kaley haasaru nudhamaa vaahaka eh liyan v nu..

  4. samma says:
    March 29, 2016 at 3:30 pm

    v reethi…. niyaa gandu… huh kn irakin nxt part up vany… vvvvv reethi.. u the best ushaali… 🙂

  5. samma says:
    March 29, 2016 at 3:31 pm

    u r the best…***

  6. Anonymous says:
    March 29, 2016 at 3:53 pm

    reethi

  7. Axeenalily says:
    March 29, 2016 at 4:40 pm

    Reethi avahah vaahaka up kohla dheythi

  8. rossy says:
    March 29, 2016 at 4:52 pm

    Dhn avahah e niyaa gandu preg kan bust kohlaa.. eyrah dhn nice vaany..

  9. bitch says:
    March 29, 2016 at 5:32 pm

    Wow.. my favourite

  10. Ram says:
    March 29, 2016 at 5:36 pm

    Salhi mi parties.avaha up koladhee

  11. Aisha says:
    March 29, 2016 at 5:47 pm

    Mipart varah salhi
    Aneh part ves avahah up kohladhee

  12. ur fan says:
    March 29, 2016 at 6:17 pm

    vvvv reethi… my fav ix this… waiting fo the nxt prt

  13. zeee says:
    March 29, 2016 at 8:09 pm

    Wowwwww…☺☺

  14. Aimsithu says:
    March 29, 2016 at 8:11 pm

    Komme gotheh viyas niyaa ge kanthah falhaa araaa ne ennu adhi.. e dhuvahakah mi inthixaaaru kurany

  15. Alioht says:
    March 29, 2016 at 8:41 pm

    Enjoyed the part…. so when I the next part…. eagerly waiting for next part

  16. faz says:
    March 29, 2016 at 10:08 pm

    Zoahan shiya ah vure niaa ah iskan dheythi hadi..at the beginnin n be4 marriage it was like hez crazy abt her n nothin is more important than her..bt nw it seems hez after niaa..

    1. Shiya says:
      March 30, 2016 at 8:04 pm

      Asluves faz thibunee thedheh..mihaar zohan ulhey goathun foohi.niaa aa kairi ves nuvaana shiyaa dheke ehaa loabi vanyaa. Adhi first night ves …..Adhi mihaar shiyaa ge haal ves balaa nulevey..

  17. Zaanaa says:
    March 31, 2016 at 8:39 am

    Avahah up kohdeeba story mefaharu vaane bast kohlan bandubodukan

  18. shaya says:
    March 31, 2016 at 9:02 am

    Please avah next part update kohdheebala

Comments are closed.

Next Episodeފުންއަސަރު 19←


All Right Reserved!