ދޮންބެ އެހިފައިގެން ބޭރަށް ނިކުތެވެ. ޖައިޝްވެސް އިރުކޮޅަކު އިނުމަށްފަހު ގެއަށް ދިޔައެވެ. އައިރް އަހަރެންގެ ކައިރީގައި އިށީދެލިއެވެ. އަހަރެން މަޑުމަޑުން އައިރްގެ ކޮނޑުގައި ބޯއަޅާލީމެވެ. “ޔޫ ނިއު.. ޑޯންޓް ޔޫ” އަހަރެން ބޯ އަޅާލައިގެން އޮވެ އަހާލީމެވެ. އައިރް ކުޑަކޮށް ބޯ އަބުރާލަމުން ކޮންކަމެއްހޭ އަހާލިއެވެ. “ރޭގައި.. އެހާ އަވަހަށް އެގަޑީގައި ދިޔައީ އެހެންވެ.. މުހައްމަދުފުޅުބެ..” އަހަރެން ބުނީމެވެ. އައިރް އާއެކޭ ބުނެލިއެވެ. “އައި ޓްރައިޑް.. އެކަމަކު.. އަހަރެންނަށް ދެވުނު އިރު މާ ލަސްވެއްޖެ.. އަހަރެން ވަރަށް […]
ހިތްސުވާލުކުރެއެވެ. އިޔާނާއަށް އީމަންދެކެ ލޯބިވެވުނީހެއްޔެވެ؟ ހިތް މިސުވާލުކުރާ ކޮންމެ އިރަކު އިޔާނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދެއެވެ. މިހެން ވެގެން ނުވާނެއެވެ. އޭނާއަކީ ޒާންގެ އަންހެނުންނެވެ. މިއިނީ ޒާންގެ ދަރިއަކަށް ބަލިވެއެވެ. އަނެއްކޮޅުން އީމަންއަކީ ޒާންގެ ގާތް އެކުވެރިޔާއެވެ. އަހަރެންނަށް ކުރެވޭ އެންމެ ކަމަކުން އެތަށް ބައެއްގެ ދިރިއުޅުން ވީރާނާވެގެން ހިނގައިދާނެއެވެ. މިއީ ގޯސްހިޔާލުތަކެކެވެ. އެއްދުވަހެއްގެ ހަވީރެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި އިޔާނާ ބޭރަށް ނިކުތީ ފޫހިވާވަރުންނެވެ. ރީމްއާއި އީމަންވެސް ގޭގައެއް ނޫޅެއެވެ. ދެމީހުން ދިޔައީ ކޮންތަނަކަށްކަމެއް […]
“އީޝަލް” މާޔޫސްވެފައި އިންދައި އަހަންނަށް ފަހަތް ބަލާލެވުނީ ފަހަތުން އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުންނެވެ. ހައިރާންވެ ހުރެ ކޮޅަށްތެދުވެ ނާއިލްގެބޭބެ އާމިރުއަށް ބަލާލުމަށްފަހު އަހަރެންގެ ލޯ ވަށައިގެން ހިނގައިލީ ނާއިލް ފެންނަން ނެތުމުންނެވެ. މިވެސް ނާއިލްގެ ޕްލޭނެއް ކަންނޭނގެއެވެ. އެހެންހިތައި ހުއްޓާ އަހަރެން ސިހިގެންދިޔައީ އަނެއްކާވެސް އާމިރު އަހަންނަށް ގޮވާލުމުންނެވެ. ނާއިލް އަހަންނަށް ނާއިލްގެ ބޭބެއާއެކު އެތައް ފޮޓޯއެއް ފޮނުވާފައިހުރުމުން އަހަންނަށް ބޭބެ ފާހަގަ ކުރަން އުނދަގުލަކަށްނުވީއެވެ. ހިނިތުންވެލަމުން އަހަންނަށް ފުރަތަމަވެސް ގޮސް އަހާލެވުނީ ނާއިލް […]
އަދި އުނޫޝް އެއްލުމާއިއެކު އޭނާގެ ސީދާ އަތަށް ވެއްޓުނު ބުރުގާ އަޅާލައި ރީތި ކޮށްލަމުން ފަތައިލާ މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. އުނޫޝްވެސް އޭރު ފަތާފައި ތަންކޮޅެއް ދުރަށް ގޮއްސިއެވެ. ނާޝް ދެން ބަލައިލީ ފަހުމާމެންނާއި ދިމާލަށްށެވެ. އޭރު ފަހުމާޔާއި ލާމިއު ސަކަރާތް ޖަހަމުން ދިޔައެވެ. ލައިޝަމް ކައިރީގައި ނެތުމުން އީނާޝް ދެކޮޅު ބަލައިލިއެވެ. އޭރު ވަރަށް ދުރުގާ ގެނބެމުން ދިޔަ ލައިޝަމް ފެނުމާއިއެކު ” ލައި” އޭ ކިޔައި ގޮވާ ލެވުނެވެ. ފަހުމާޔާއި ލާމިއުވެސް ސިހިފައި […]
“ކޮކީ… ދޮންތި އަންނާނަމޭ ވަރަށް އަވަހަށް އިނގޭ… މަންމަ ގެ ބަސްއަހައިގެން އުޅެއްޗޭ…” ޝިކާ ޝިނާން އުރައިލަމުން ބުނެލިއެވެ. އޭރު ޝިކާ ގެ ދެލޮލުން ވެސް ކަރުނަ ފައިބަމުން ދިއައެވެ. މިއީ އޭނާގެ މައިންބަފައިންނާ ދުރަށް ދިރިއުޅެންދާ ފުރަތަމަ ފަހަރެވެ. “ދަރިފުޅާ ލޯންޗު އެއޮއް އައީ… އަވަހަށް އަރަން ދާން ހިނގާ…” ސަމީރު ޝިކާގެ ފޮށި ހިފައިގެން ލޯންޗާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ޝިކާ ޝިނާން ތިރީގައި ބެހެއްޓުމަށްފަހު އޭނާގެ ދެލޯ ފުހެލިއެވެ. އަދި ދެކޮޅު ހޯދާ […]
ހަފްތާއެއް ފަހުން ޒިބާން ފެނުމުން މަންޝާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރެވެމުން ދިޔައެވެ. ޒިބާން އަތް ހަނާ އަޅާލިއެވެ. މަންޝާއަށް އުފަލުން ތެޅިގަނެވުނެވެ. މަންޝާއަށް ކުރަމުން ދިޔައީ އާދަޔާޚިލާފް އިހްސާސްތަކެކެވެ. ކަންތައްވީ މަންޝާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. މަންޝާ ހީކުރީ ދެން ޒިބާން މަންޝާއާ ބައްދަލުކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. މަންޝާވެސް އަތް ހަނާ އަޅަން އަތް އުފުލާލިއެވެ. ލަދުރަކި ހިނިތުންވުމަކާއި އެކީގައެވެ. ނަމަވެސް ހަމައެވަގުތު މަންޝާއަށް ސިހުމެއް ލިބުނީ […]
ފެރީއަށް އަރާ ހަމަޖެހިލެވުމުން ޒަލަފް އެސިޓީއުރައަށް ބަލާލިއެވެ. އެވަގުތު ޒަލަފްއަށް އެސިޓީއުރައިގެ ބޭރުގާ ފަންސުރުން ޖަހާލާފައިވާ ނަން ފެނުނެވެ. “އަޔާނީ”.. އެނަން ކިޔާލުމަށްފަހު ޒަލަފްގެ ތުންފަތް މައްޗައް ފަނޑު ހިނިތުންވުމެއްވެރި ވިއެވެ. ފެރީ މާލެ ކައިރިކުރުމާއެކު އަވަސްއަވަހަށް ފެރީއިން ފައިބައިގެން ޒަލަފް ދިޔައީ ސައިކަލަށް އަރާށެވެ. ހުޅުމާލެއާ މާލެއާދެމެދު ދަތުރުކުރާމީހުންގެ ސައިކަލުތައް ފެރީޓާމިނަލް ކައިރީ ގިނަކަމުން ޒަލަފްގެ ސައިކަލު ޕާކުކޮށްފައިވަނީ ފެރީޓާމިނަލްއާ ތަންކޮޅެއް ދުރުގައެވެ. ސައިކަލަށްއަރާ ދުއްވާލުމުގެ ކުރިން ޒަލަފް ގަޑި ބަލާލިއެވެ. އޭރުއަދި އަށްގަޑިބައިވާން ފަނަރަމިނެޓު […]
ދުނިޔެއަކީ ކޮންކަހަލަ ތަނެއްހެއްޔެވެ؟ އެކި ފަހަރު ދައްކަމުންމިދަނީ އެކި ކުލައެވެ. އެއްފަހަރު އުފާވެރިކަމެވެ. ނަމަވެސް ދެން ލިބިފައިވާ އުފާވެރިކަންމަތިން ހަނދާންނެތިދާނެހާ ވޭނާއި ހިތްދަތިކަމެވެ. މިއީ ހަމަ އަހަރުމެން އިންސާނުން އިމްތިޙާނު ކުރެއްވުމަށް މެދުވެރި ކުރެއްވި ގޮތެވެ. މިންވަރަށް އީމާންވާންޖެހޭނެއެވެ. ޝާލީ ކޮންމެ ދުވަހަކުވެސް ކޮލެޖު ނިންމާލުމަށްފަހު ޝާޔަލް ކައިރިއަށް ދެއެވެ. ފަހަރެއްގައިވެސް އެކަނިވުމުން މިއުވާންގެ ހަނދާންތައް އާވެދާނެތީ ކަންނޭނގެއެވެ. އަހަރުމެން އެކަކުވެސް ގޭތެރޭގައިވެސް ޝާލީ ދެރަވާފަދަ އެއްވެސް އެއްޗެއް ނުބުނެވޭތޯ ބަލަމެވެ. ވަރަށް ލަސްވަންދެން މަސައްކަތުގައި އުޅުނު […]
މާހާގެ ފިރިމީހާ މާހާ ބަލައިއައުމުން އޭނާ ދިޔައީ އަދި އެއްދުވަހަކުން އަންނާނަމޭ ބުނެފައެވެ. އަދި މާޒިން ކައިރި އިތުރަށް ނުވިސްނާ ކޮންމެ ފަދަ އެހީއެއް ބޭނުންވިޔަސް މާހާ ކައިރި ބުނުމަށް އެދުނެވެ. އަދި ކޮންމެ ނިންމުމެއްވެސް ނިންމާއިރު ރިޝްފާއާއި މެދު ވިސްނުމަށްވެސް ނަސޭހަތްތެރިވިއެވެ. މާހާ ދިޔުމާއި އެކު މާޒިން ކެވެލިކޮޅު ގެންގޮސް އަލަމާރި ތެރެއަށް ލާ ފޮރުވިއެވެ. އޭނާ އަށް ސުމާގެ ލޯބިވެސް އެގޮތަށް ފޮރުވާލެވޭނެ ނަމައެވެ. ރިޝްފާ މާޒިންދެކެ ވާ ފަދަ ލޯބި މާޒިންއަށްވެސް […]