Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކޮންމެ ވިންދެއްގައި… (ފަހުބައި)

Mishal
May 23, 2016
4 Mins Read
82 Views
36 Comments

“އީޝަލް” މާޔޫސްވެފައި އިންދައި އަހަންނަށް ފަހަތް ބަލާލެވުނީ ފަހަތުން އަހަރެންގެ ނަމުން ގޮވާލި އަޑު އިވުމުންނެވެ.

ހައިރާންވެ ހުރެ ކޮޅަށްތެދުވެ ނާއިލްގެބޭބެ އާމިރުއަށް ބަލާލުމަށްފަހު އަހަރެންގެ ލޯ ވަށައިގެން ހިނގައިލީ ނާއިލް ފެންނަން ނެތުމުންނެވެ. މިވެސް ނާއިލްގެ ޕްލޭނެއް ކަންނޭނގެއެވެ. އެހެންހިތައި ހުއްޓާ އަހަރެން ސިހިގެންދިޔައީ އަނެއްކާވެސް އާމިރު އަހަންނަށް ގޮވާލުމުންނެވެ. ނާއިލް އަހަންނަށް ނާއިލްގެ ބޭބެއާއެކު އެތައް ފޮޓޯއެއް ފޮނުވާފައިހުރުމުން އަހަންނަށް ބޭބެ ފާހަގަ ކުރަން އުނދަގުލަކަށްނުވީއެވެ.

ހިނިތުންވެލަމުން އަހަންނަށް ފުރަތަމަވެސް ގޮސް އަހާލެވުނީ ނާއިލް ކޮބައިތޯއެވެ. ” އީޝަލްއަށް ކެރޭނެތަ ބޭބެއާއި އެކުގަ ދާން؟” އަހަރެންގެ ސުވާލަށް ޖަވާބެއްނުދީ ބޭބެވެސް ކޮށްލީ ސުވާލެކެވެ. އަހަރެންގެ ތުންފަތައް ހިނިތުންވުމެއްވެރިވީ މިއީ އަދި ސަޕްރައިޒް އޮތްތަން ނޫންކަން އިނގުމުންނެވެ. އުފަލުން ހިތްއަވަސްވެލައިފިއެވެ. އާއެކޭ ބުނެލަމުން ބޭބެއަށް ހިނިތުންވެލުމެއް ދިނުމަށްފަހު ބޭބެ ހިނަގައިގަތުމުން އަހަރެންވެސް ފަހަތުން ހިނގައިގަތީމެވެ. އެމޫނުމަތީގައިވި ކުލަތަކާ އަހަރެންގެ ވިސްނުމާދޭތެރެ ހުރަހަކަށްވީ އަހަންނަށް ލިބެމުންދިޔަ ބަޔާންކުރަންދަތި އުފަލެވެ.

ނާއިލްބޭބެގެ ސައިކަލުފަހަތައް އަރައި ދޮންތަބޭ ކޮބައިތޯ ބަލައިލީމެވެ. ތަންކޮޅެއްދުރުން ސައިކަލަށް އަރަންދިޔަ ދޮންތަބޭ އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

ނާއިލްގެ ބޭބެ އަހަރެން ގޮވައިގެން ގޮސް މަޑުކުރީ އޭޑީކޭ ހޮސްޕިޓަލް ކައިރިއަށެވެ. އަހަރެން ހައިރާންވިއެވެ. މިތަނަށް މިއައީ ކީއްކުރަން ހެއްޔެވެ؟ އަހަރެން މިގެނައީ ނާއިލްކައިރިއަކަށް ނޫން ހެއްޔެވެ؟ ތަފާތު ހިޔާލުގައި ހުއްޓާ ބޭބެ ގޮވާލުމުން ފަހަތުން އަނެއްކާވެސް ހިނގައިގަތީމެވެ. ނާއިލްގެ ބޭބެއާއި އެއްހަމައެއްގައި ހިނގަން ފަށަމުން އަހަރެން އިސްޖަހައިލީމެވެ. ފުރަތަމަ ފަހަރަށް ބޭބެއާއި ދޭތެރޭގައި ވިސްނާލެވުނެވެ. މިއީ ހަމަ އެ މަޖާ މިޒާޖުގެ ވެރިޔާ ހެއްޔެވެ؟ މިއީ ހަމަ އަހަންނާއި ފޯނުން އެހާ ޖެއްސުންކޮށް މަޖާކުރި ބޭބެހެއްޔެވެ؟ ހާދަ ތަފާތެވެ. ނޫނީ އަލަށްފެނުމުން ވީ ގޮތެއްހެއްޔެވެ؟

ތަފާތުއެއްޗެހި ސިކުނޑީގައި ހިނގަމުން ދަނިކޮށް އަހަންނަށް ކުއްލިސިހުމެއް ލިބިގެން ދިޔައީ ނާއިލްގެ ބޭބެ އަހަރެންގެ އަތުގައި ހިފާލުމުންނެވެ. ހައިރާންވެހުރެ އެމޫނަށް ބަލާލެވުމާއެކު އަހަންނާއި ހަތަރުކަޅި ހަމަކޮށްލަމުން ދެން ކޮށްލިކަމަކީ ހިފަހައްޓައިގެންހުރި އަހަރެންގެ އަތައް ފިތައިލީއެވެ. ހިތްވަރުދިނުމުގެ ގޮތުން ބުނެލި ބަހެއް ފަދައިންނެވެ. ކުރިޔަށްވުރެ ބޮޑަށް ހައިރާންވެ ހުރެ އެމޫނު ދިރާސާކޮށްލުމަށްޓަކައި އެމޫނަށް ސަމާލިކަން ދިނީމެވެ.

އަހަރެން ހަމަ ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ. ބޭބެގެ ލޮލުން އަހަންނަށް ލިބުނީ ބިރުވެރި މެސެޖެކެވެ. އަހަރެން ބަލަބަލައި ހުއްޓާ އެ ހިތްވަރުގަދަ ދެލޮލުގައި ވިދައިގަތް ކަރުނަތަކުން އަހަރެންގެ ހޭވެރިކަން އުދުއްސައިނުގަތީ ކިރިޔާއެވެ. ހިނދުކޮޅަކަށް އަހަރެންގެ ނޭވާވެސް މަޑުޖެހިލިއެވެ. އަހަންނަށް ހުރެވުނީ ޝޮކެއްގައެވެ. ވާންމިއުޅެނީ ކިހިނެއްކަމެއް މިވަނީ ކިހިނެއްކަމެއް ނޭނގޭތީއެވެ.

އެގޮތައް ހުއްޓާ ބޭބެއަހަރެންގެ އަތައް ދަމާލުމުން ބޭބެގެ ފަހަތުން ކުރިމަތީގައި ހުރި ރޫމަށް އަހަރެން ވަނީމެވެ. އަހަރެންގެ ބޯމަތީގައި އޮތްއުޑު ފަޅައިގެންގޮސް ކުދިކުދިވެގެން އަހަރެންގެ ބޮލަށް ފޭބިނަމަވެސް އެވަރުގެ ސިހުމެއް އަހަންނަށް ނުލިބުނީހެވެ. ބިންގަނޑުވެސް ފައިދަށުންހެލިގެންދިޔަ ކަހަލަ އިހުސާސެއްކުރެވުނެވެ. އަހަރެން އެންމެ އިތުބާރު ކުރި އަހަރެންގެ ދެލޯ ވެސް އަހަންނަށް ކެހިދިނީހެއްޔެވެ؟

ނޫނެކެވެ. ނޫނެކެވެ. އެއީ އަހަރެންގެ ނާއިލްއެއް ނޫނެވެ. އެއީ ކޮންމެވެސް އެހެން މީހެކެވެ. އެންމެން އެއުޅެނީ އަހަރެން ބިރުގަންނަވާށެވެ. އެހެނެއް ނުވާނެއެވެ. އެކަމަކު އަހަރެންގެ ކޯތާފަތްމަތިން ރޮނގުދެމިގެން ފޭބިކަރުނަތައް އެއީ އަހަރެންގެ ހިތުގެ އަޑާއި އަހަރެންގެ ދެލޯ ދެބަސްވިކަމުގެ ފުރިހަމަ ހެއްކަކަށްވާނެއެވެ. އަހަންނަށް އަހަރެންގެ ނާއިލް އޮޅޭނީ ކިހިނެއްހެއްޔެވެ؟ އެހެނަސް…

“އީ…ޝަ….ލް” އަހަރެންގެ ގައިގަ ހުރިއްޔާ ހުރި ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައީ ކުރުނޭވާތައް ލަމުން ދިޔައިރުވެސް އެ ވަރުބަލިވެފައިވާ ދެލޯ ހުޅުވުމަށް މަސައްކަތްކުރަމުންދިޔަ ނާއިލް އުނދަގޫ ގޮތަކަށް އަހަރެންގެ ނަން ކިޔާލުމުންނެވެ. އަހަރެން ކުއްލިޔަކަށް ހަމަހޭވެރިކަން އައިފަދައެވެ. އަހަންނަށް ނާއިލްކައިރިޔަށް ދެވުނީ ދުވެފަކަމެއް ނޫނީ އުދުހިފަކަމެއްވެސް ނޭނގުނެވެ. ނާއިލްގެ އަތުގަ ހިފާލެވުމާއެކު ބާރަށް ރޮއެގަނެވުނީ ވަށައިގެންވި އެއްވެސް މީހަކަށް ބަލާލުމެއް ފިކުރުކޮށްލުމެއް ނެތިއެވެ. އޭރު އަހަރެންގެ ނާއިލް އެދަނީ ފަހުވަގުތުކޮޅު ގުނަމުންކަން ޚުދު އަހަރެންގެ ހިތްވެސް ބުނަން ފަށައިފިއެވެ. އަހަރެން ރޮއެރޮއެހުރިހާލު އަދިވެސް މިކަން ގަބޫލުނުކުރެވިފަހުރީމެވެ. އަހަންނަށް އަދިވެސް ވަމުންމިދަނީ ކިހިނެއްކަން ނޭނގެއެވެ.

” އަހަރެން…..އީޝަލްދެކެ……ވަރަށް……..ލޯބިވޭ” ނާއިލް އުނދަގޫ ގޮތަކަށް ބުނި އެބަސް ކިތަންމެ ސާފުކޮށްވެސް އަހަންނަށް އިވުނެވެ. އަހަރެންގެ ހިތްފަޅައިގެން ދިޔަހެން ހީވިއެވެ. ހަމަ ހަގީގަތުގަވެސް ނާއިލް އަހަރެންދެކެ އެހާ ލޯބިނުވާނަމަ މަރުގެ ވަގުތުގަވެސް އަހަރެންދެކެ ލޯބިވާ ވާހަކަ ބުނާނެ ހެއްޔެވެ؟ އެހާ ހިސާބުން އަހަންނަށް ކެތްނުވެގެން ބިންމައްޗަށް ތިރިވެވުނެވެ. އަހަރެން މިމަންޒަރުބަލަން ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ނާއިލް ދޭންބުނި ސަޕްރައިޒަކީ މިއީ ހެއްޔެވެ؟ އަހަރުމެންގެ ފުރަތަމަ ބައްދަލުވުން ހަނދާނުން ނުފިލާނެއޭ އެބުނީ މިހާ ހިތްދަތިދުވަހަކަށް މިދުވަސް ހަދައިދޭން ހެއްޔެވެ؟ ނޫނެކެވެ. މިހެނެއް ނުވާނެއެވެ. އަހަރެންގެ ނާއިލް އަހަރެން ދޫކޮށްފައެއް ނުދާނެއެވެ. އަހަރެން ނާއިލްއާއި އެކީގައި އުޅެން ބިނާކުރި ލޯބިގެ ގަނޑުވަރު މިހާއަވަހަށް ވިއްސިވިހާލިވެގެންނުދާނެއެވެ.

އިސްއުފުލާލުމަށްފަހު އަހަންނަށް ތެދުވެވުނީ ނާއިލް މާ ބާރަށް ކެއްސަން ފެށުމުންނެވެ. އޭރު ނާއިލްގެ ބޭބެއާއި ނަރުހުން އަދި ޑޮކްޓަރ ވެސް ނާއިލްގެ ކައިރީގައި ހުއްޓެވެ. ހިތައް އިތުރަށް އަސަރުކުރީ ނާއިލްއަށް އެވަރުވަމުން ދާއިރުވެސް ޑޮކްޓަރުން އިތުރު ފަރުވާ ދޭން ނޫޅޭތީއެވެ. އަހަރެންގެ ނާއިލް ވެފައެވަނީ ފަރުވާދިނަސް ރަނގަޅު ނުވާނެ ބައްޔެއްހެއްޔެވެ؟ އަހަންނަށް ކުރަމުންދިޔަ އިހުސާސް އަހަންނަށްބުނެދޭންވެސް ނޭނގެއެވެ.

އަހަރެންނަށް ތެދުވެ ނާއިލްގެ އަތުފގައި ބާރަށް ހިފެހެއްޓުމަށްފަހު ރޮއެގަނެވުނެވެ. ” ނާއިލް. އަހަރެންވެސް ނާއިލްދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. އެކަމަކު ނާއިލް. ނާއިލް ތިހެން ތިހެދީ ކީއްވެ؟ މީތަ ނާއިލް އަހަންނަށް ދޭންބުނި ހަދިޔާއަކީ؟ ނާއިލް ހެޔޮނުވާނެ. ތެދުވޭ. އަހަރެން ނާއިލްއާ ނުލާ ކިހިނެއް އުޅޭނީ؟ ނާއިލް ތި އެއްނު އަހަރެންގެ ހުރި ހަމައެކަނި މީހަކީ. އާދޭސްކުރަން ނާއިލް. އަހަރެން ދޫކޮށްނުލާ. ތިގޮތައް އަހަންނާ ދުރަށްނުދޭ. ނާއިލް”

އެހެނަސް………… ކޯދުލާފައި އަނގައިން ފޭބިލޭތަކާއެކު ނާއިލް އެންމެ ފަހުގެ ނޭވާ މިދުނިޔެ އަށް ދޫކޮށްލީ އަހަރެންގެ ކުރިމަތީގައެވެ. އހަރެންގެ މުޅި ދުނިޔެ ކުނޑިކުނޑިވެގެން ފޭބިކަހަލައެވެ. ގަބޫލުނުކުރެވޭ ހާލު ހިލައިގެ ބުދެއްފަދައިން ހުއްޓުން އަރާފައި އަހަންނަށް ހުރެވުނީ އެވެ. މިފަހަރު ރޯންވެސް ނޭނގިފައެވެ. އަހަރެންގެ ފުރާނަވެސް ހަށިގަނޑާ ވަކިވެގެންދިޔަކަމުގެ އިހުސާސްކުރެވިގެންދިޔަ ވޭނީ ވަގުތުކޮޅެކެވެ. ތަގުދީރު އަހަންނާ މިކުރީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ؟

އަހަރެން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ފަހަތުން އަހަރެންގެ ދޮންތަބޭ އައިސް އަހަންނަށް ގޮވާލުމަށްފަހު މަގަތައް އަނބުރައިލުމުންނެވެ. އެހެނަސް އަނދިރިކަން ވެރިވަމުން އައި އަހަރެންގެ ދެލޮލުން އަނެއްކާވެސް ނާއިލް އޮތް އެނދާ ދިމާއަށް އެނބުރިލައި ވަރަށް ފުންނަޒަރަކުން އަހަރެންގެ ނާއިލްއަށް ބަލާލެވުނެވެ. ނަމަވެސް ދެންވީ އެއްވެސް ގޮތެއް އަހަންނަކަށް ނޭނގުނެވެ.

ލޯހުޅުވާލުމަށްފަހު ވަށައިގެން ހޯދައިލީމެވެ. އެއްވެސް މީހަކު ކޮޓަރިން ފެންނާކަށް ނެތެވެ. އަހަރެން މިއޮތީ ގޭގައެވެ. ކުއްލިއަކަށް އަހަރެންގެ ހިތައް ވެރިވެގަތީ މިރޭ ހިނގާދިޔަ ކަންތަކެވެ. އެއީ ހުވަފެނަކަށްވުމަށްއެދި ދުޢާކުރެވުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އަހަރެންގެ ދެލޯފުރި ބަންޑުންވެގެން ކޯތާފަތްމައްޗަށް ފައިބައިގަތީ ތާޒާ ކަރުނައެވެ. އަހަންނަށް ބާރަށް ރޮއެގަނެވުނެވެ. ކުޑަކޮށް ހުޅުވާފައި ހުރި ދޮރުން ފުރޭނިގެންދިޔައަހަރެންގެ އަޑާއެކު ދޮންތަ ދުވެފައިކަހަލަ ގޮތަކަށް ކޮޓަރިޔަށް އައިސް ވަނެވެ. ދޮންތަ އަހަންނާއި ކައިރިވެލުމާއެކު ދޮންތަގެ ގައިގަބާރަށް  ބައްދައިގެން ހުރެ އަހަންނަށް ރޮވުނީ ކިހާއިރަކުކަމެއްވެސް ނޭނގުނެވެ. ދޮންތަ އަހަންނަށް ހިތްވަރުދިނުމުގެ ގޮތުން ކީ އެއްވެސް އެއްޗެއް އަހަންނަށް އަޑެއްނީވުނެވެ. އަހަރެން ގެޔަށްގެނައީ ދޮންތަބޭ އެދިގެން މިވަގުތުގެ ހާލަތުގެ ގޮތުންކަމަށް ދޮންތަބުނިއަޑު އެހީމެވެ.

އެހެން އަހަރެން ރޯން އިންނަތާ އެތައް އިރެއްފަހުން ދޮންތަބޭ އައިސް  އޯގާތެރިކަމާއެކު އަހަންނަށް ގޮވާލިއަޑަށް އިސް އުފުލާ ބަލާލީމެވެ. އެމޫނުމަތީގައިވެސް ވަނީ ކަންބޮޑުވުމުގެ އަސަރެވެ. ” އީޝަލް ކޮއްކޮ ނާއިލްގެ މޫނުދެކޭކަށް ނުދާނަންތަ؟” އަނެއްކާވެސް ދޮންތަބޭގެ އެސުވާލުން އަހަރެންގެ މުޅި ދުނިޔެ ގުޑުވާލައިފިއެވެ. އަހަރެން ނާއިލްގެ މޫނުދެކެންދާނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެން އަހަރެންގެ ނާއިލް ދެކެން ހިތައްވެސް އެރުވި ގޮތެއްނޫނެވެ. އަހަންނަށް އެގޮތައް އެމޫނަށް ބަލަން ކެތްވާނީ ކިހިނެއްހެއްޔެވެ؟ އެއީ އަހަރެންގެ މުޅި ދިރިއުޅުމެވެ. އަހަރެންގެ ފުރާނައެވެ. އަހަންނާއި އަލްވަދާޢުކީ އަހަރެންގެ ކުރިމަތީގައެވެ.

ހިތްވަރުގެ މައްޗަށް ހިތްވަރުކުރަމުން އަހަރެން އެމޫނު ދެކެން ދިޔައީމެވެ. އެންމެ ފަހު ފަހަރަށް އެމޫނަށް ބަލާލަން ބޭނުންވާތީއެވެ. ގަދަކަމުން ކަރުނަތައް ދިރުވާލައިގެންވެސް އަހަންނަށް ހުރެވުނީ ނާއިލްގެ މޫނު ފެނުމާ ހަމައަށެވެ. އެންމެންގެ ތެރޭގައި އަހަންނަށް ރޮވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. މޮޔައެއްފަދައިން ރުއީމެވެ. ނާއިލްއާ ވާހަކަ ދެއްކީމެވެ. ރޮއެ އާދޭސްކުރީމެވެ. ދޫކޮށްނުލުމަށް އެދުނީމެވެ. އެހެނަސް އަހަރެންގެ ނާއިލް އަލުން އަންނާނެ ހެއްޔެވެ؟

ނާއިލްގެ އާއިލާގެ ހުރިހާ މެމްބަރުންނާއި އަހަރެން ދިމާވިއެވެ. އެހެނަސް އެމީހުންނާއި ބައްދަލުކުރަން ނިންމިގޮތާ މުޅިން ޚިލާފަށް ރޮމުން ގިސްލަމުންނެވެ. ނާއިލް އަހަންނަށް ބޭނުންވެގެން އުޅުނުގޮތުގެ ވާހަކަ ނާއިލްގެ ބޭބެ ދެއްކުމުން އަހަރެންގެ ރުއިން ވީ އިތުރެވެ. އެހެނަސް ކަށިން ހިތްވަރުނެރެގެން ނާއިލް ބޭބެ ކުރެން ނާއިލްއަށްވީ ކީއްތޯ ސުވާލުކުރީމެވެ. އެހެނަސް އެދެލޮލުން ފައިބައިގަތް ކަރުނަތަކުން އަހަންނަށް އިތުރަށް އެންމެ ލަފްޒެއް ބުނާނެ ހިތްވަރުވެސް ނުލިބުނެވެ. ” ބްލަޑް ކެންސަރ” ރިހުންއެކުލެވިގެންވި އަޑަކުން އެހެންބުނެލުމާއެކު އަހަންނަށް އަހަރެންގެ ދެކަންފަތުގައި އަތްއެޅުނީ އެވެ. ” އީޝަލްއާ ރައްޓެހިވި މާ ފަހުން އިނގުނީ. ފަހުން ފަހުން އުޅުނީ ވަރަށް ބަލިވެ. އީޝަލްއަށް ސިއްރުކުރީ އީޝަލް މޮޔަވެދާނެއޭ ކިޔާފަ.” މިހާރު މިވީ މޮޔައެއްނޫންހެއްޔެވެ؟ އެރޭ އަހަރެން އެނބުރި ގެޔަށް ދިޔައީ މުޅިން ތަފާތު ހަޔާތަކާއިގެންނެވެ. އާއެކެވެ. ނާއިލް ބުނި ފަދައިން ނާއިލްއާއި ބައްދަލުވުމަށްފަހު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވީއެވެ.

ކުދިކުދިވެފައިވާ ހިތަކާއިގެން އަހަރެން ރަށަށް އައީ އަހަރެންގެ ހުރިހާ އުފާތަކެއް ކަފުންވެވި ވަޅުލެވުނީމައެވެ. އުންމީދުން ފުގެންވި އުފާވެރި ހިތަކާއިގެން ދިޔަ އަހަރެން މި އަންނަން ޖެހުނީ އުންމީދުތައް ފެނަށްވުމުންނެވެ. ތަގުދީރުގައި އަހަންނާއި ނާއިލް އަށްޓަކައި ލިޔެވިފައިވީ ގޮތެވެ. ނާއިލް ބުނިފަދައިން އެދުވަސް އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އަހަރެންގެ ކޮންމެ ވިންދެއްގައި އެނަން ވާނެއެވެ. ކޮންމެ ނޭވާއެއްގައި އެހަނދާންތައްވާނެއެވެ. ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

“އީޝަލް ގެޔަށް ނުދާ ދުވަހަކީތަ؟” ލޯ ހުޅުވާލުމަށްފަހު މޭޒުމަތިން ބޯހިއްލާ ބަލާލެވުނީ މާހީގެ އަޑަށެވެ. ފެނަކަޅިވެފައިވި އަހަރެންގެ ދެލޮލުން ގަޑިޔަށް ބަލާލެވުނެވެ. ތެދެކެވެ. 2 ޖެހީއެވެ. އަހަރެން ތެދުވެ ހިނގައިގަތީ ގެޔަށްދާށެވެ. މިހާރު އަހަރެންގެ ދިރިއުޅުމަކީ މިއީއެވެ. ހުސްކަމެއްގެ ތެރޭގައި ދުވަސްތައްގުނަމުން ދިޔަސް އަހަރެންގެ ހިތުގެ ކޮންމެ ވިންދެއްގައި ވަނީ ނާއިލް އެވެ. އަހަރެންގެ ލޯބިވާ ނާއިލްއެވެ. އަހަރެންގެ ދިރިއުޅުމަށް އެހެންމީހަކު ގެންނާކަށް ބޭނުމެއްނޫނެވެ.  ނާއިލްގެ ހަނދާންތައް ކުރިޔަށްއޮތްތާނގައި އަހަރެން ދިރިއުޅުމަށް ފުދޭނެއެވެ.

-ނިމުނީ-

15
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mishal

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ..( 11 ވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 51

Next
May 23, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 51

Previews
May 23, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..( 11 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

36 Comments

  1. Mishal says:
    May 23, 2016 at 9:37 pm

    Alhuganduge mi vaahaka hurihaa kudhinnah kamudhiyakamah hykuran.. Thankyu all who supported me and read my story.. 🙂

    1. Aisha says:
      May 23, 2016 at 9:59 pm

      Mishal v loabi name eh

    2. Mishal says:
      May 23, 2016 at 10:10 pm

      Thnkx Aisha,, 🙂

  2. mal says:
    May 23, 2016 at 9:43 pm

    v nice

    1. Mishal says:
      May 23, 2016 at 10:10 pm

      Thnkx mal,, 🙂

  3. Aishu says:
    May 23, 2016 at 9:47 pm

    Wow… vry rythi….

    1. Mishal says:
      May 23, 2016 at 10:11 pm

      Thnkx Aishu,, 🙂

  4. princess says:
    May 23, 2016 at 10:06 pm

    Alhehaadha molhu vaahaka ekey…comment nukuriyas kiyan ingey mi vaahaka….nyc..waiting fr nxt stwry

    1. Mishal says:
      May 23, 2016 at 10:12 pm

      Thnkx alot princess,, 🙂

    2. Mishal says:
      May 23, 2016 at 10:13 pm

      In Sha Allah v awahah ehen waahaka eh genesdheynan inge princess,, 🙂

  5. aathi says:
    May 23, 2016 at 11:15 pm

    Woa..its so beautiful…hope to see yr more stories..

    1. Mishal says:
      May 24, 2016 at 6:18 am

      Thnkx aathi,, 🙂

  6. liu lew says:
    May 23, 2016 at 11:52 pm

    Alhe koky kihve thr naail maraaly.. V v dhera v aslu.. Kuda kuda koh thuhtha ah roven vs rovunu..Ekm v v v salhi mi vaahaka…

    1. Mishal says:
      May 24, 2016 at 6:19 am

      Thnkx thuhtha,, 🙂

  7. Phy says:
    May 24, 2016 at 12:57 am

    V ves thafaathu vaahakeh…hama ehaareethi…mikahala reethi vaahakaeh adhives kiyaalan libeyne kamah unmmeedhukuran…all the best

    1. Mishal says:
      May 24, 2016 at 6:21 am

      Thnkx alot Phy,, In Sha Allah adhi vx alhugandu ge waahaka thah fennaane,, 🙂

  8. Faxoo says:
    May 24, 2016 at 9:20 am

    Mishal, mivaahaka varah reethi ingey 🙂 hyvany loluge kurimathin sifavaahen hehe 😀 luv thiz story.. waiting fr a new story frm you 😀

    1. Xin says:
      May 24, 2016 at 9:33 am

      I love this story so touching aslahves rovihje?

    2. Mishal says:
      May 24, 2016 at 3:56 pm

      Thnkyu so much Faxoo,, In Sha Allah new story eh v awahah genesdheynan inge,, 🙂

    3. Mishal says:
      May 24, 2016 at 3:59 pm

      Alhe Xin alhugandu dhera wehje Xin rowwaalewunyma,, swrii inge swyt,, btw thnkyu,, 🙂

  9. shahoo says:
    May 24, 2016 at 9:31 am

    Koky mi story v reethi….

    1. Mishal says:
      May 24, 2016 at 3:59 pm

      Thnkyu my swyt swyt dhonthy,, 🙂

  10. Rizwaan says:
    May 24, 2016 at 10:29 am

    Salhi… Mishal v gadha ingey… Vaahaka kiyaa nimmaali iru ahannah hyvy hama ahannaky Naail hen… Luv this story.. Waiting for a new story. But longer than this one…. 🙂

    1. Mishal says:
      May 24, 2016 at 4:03 pm

      Hehe,, aslu vx tha Rizwaan? Rizwaan thihen bunyma alhugandu vx waahaka eh bunefaanan,, alhugandu aslu naail ge badhaluga mi story ga beynun kuran ulhuny thi name,, Rizwaan,, bt fahun hiyaalu badhalu v,, hehe,, btw thankyu so so much,, In Sha Allah dhen genesdheyny dhigu waahaka eh inge,, once again thankyu Rixwaan,, 🙂

  11. mimmi says:
    May 24, 2016 at 12:20 pm

    Mi vaahaka varah reethi ingey… ?…

    1. Mishal says:
      May 24, 2016 at 4:05 pm

      Thnkyu mimmi dhooni,, 🙂 ❤

  12. rafa says:
    May 24, 2016 at 12:21 pm

    Wow…v nice story

    1. Mishal says:
      May 24, 2016 at 4:06 pm

      Thnkx rafa,, 🙂

  13. aff says:
    May 24, 2016 at 3:00 pm

    mishal haadha avahakah story thi ninmaalee.. mee kuru story eh dhw.. story hama habeys ingey.. By the Way Mishal varah obi name eh..☺☺☺

  14. Mishal says:
    May 24, 2016 at 4:07 pm

    Mi kuru waahaka ekey aff,, thnkyu alot,, hehe,, 🙂

  15. Edrom says:
    May 25, 2016 at 5:33 pm

    fahari ah takaa vaahaka kiyan feshy. Vrh reethi vaahaka genessa in goih. Keep it up mishal.

    1. Mishal says:
      May 25, 2016 at 6:06 pm

      Hehe,, ehentha Edrom,, bt fahari waahaka kiyan e waawaru Edrom nuwahchey,, she is addicted,, hehehe,,? btw,, thnkyu so much,, 🙂 🙂

  16. Zaalif says:
    June 1, 2016 at 8:13 pm

    1 2 3 4 5 vrh vrh reeeethi n hithah vrh asarukuri, vvvvvvv good story,,
    love u

    1. Mishal says:
      June 1, 2016 at 10:25 pm

      Thnkyu so much Zaalif,, 🙂

  17. hibaa says:
    June 14, 2016 at 12:45 am

    wow v nice..

  18. afa says:
    June 23, 2016 at 10:49 am

    Varah hithah asarukuruvu vaahaka eh mee…varah reethi

Comments are closed.

All Right Reserved!