އައިޖީއެމްއެޗް ކައިރީ ސައިކަލު ޕާކްކޮށްލި ތަނާ ޒަލަފްއަށް ފެނުނީ ހެނދުނުވެސް ޒަލަފްއަށް ފެނުނު އާދަޔާ ހިލާފު އަންހެން ކުއްޖާއެވެ. އެކުއްޖާ ފެނުމާއެކު ޒަލަފްއަށް އެކުއްޖާ ހުރި ދިމާލަށް ދެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. އެކުއްޖާ ކައިރީ ހުއްޓިލައިގެން އެކުއްޖާއަށް ބަލަން ޒަލަފްއަށް ހުރެވުނީ އެތަނަށް އައީ ކީއްކުރަން ކަންވެސް ހަނދާންނެތިފައެވެ. ކުއްލިއަކަށް ޒަލަފްއަށް ހަމަހޭވެރިކަންވީ ޖީބުގައޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އެވަގުތު ފޯނުނަގާ ކަންފަތުގަ ޖައްސާލިތަނާ ޒަލަފްއަށް ހީވީ އެކަކުގެ އަޑު ދެފަހަރަށް އިވުނު ހެންނެވެ. ކުރިމަތީގައި […]
ފެރީއަށް އަރާ ހަމަޖެހިލެވުމުން ޒަލަފް އެސިޓީއުރައަށް ބަލާލިއެވެ. އެވަގުތު ޒަލަފްއަށް އެސިޓީއުރައިގެ ބޭރުގާ ފަންސުރުން ޖަހާލާފައިވާ ނަން ފެނުނެވެ. “އަޔާނީ”.. އެނަން ކިޔާލުމަށްފަހު ޒަލަފްގެ ތުންފަތް މައްޗައް ފަނޑު ހިނިތުންވުމެއްވެރި ވިއެވެ. ފެރީ މާލެ ކައިރިކުރުމާއެކު އަވަސްއަވަހަށް ފެރީއިން ފައިބައިގެން ޒަލަފް ދިޔައީ ސައިކަލަށް އަރާށެވެ. ހުޅުމާލެއާ މާލެއާދެމެދު ދަތުރުކުރާމީހުންގެ ސައިކަލުތައް ފެރީޓާމިނަލް ކައިރީ ގިނަކަމުން ޒަލަފްގެ ސައިކަލު ޕާކުކޮށްފައިވަނީ ފެރީޓާމިނަލްއާ ތަންކޮޅެއް ދުރުގައެވެ. ސައިކަލަށްއަރާ ދުއްވާލުމުގެ ކުރިން ޒަލަފް ގަޑި ބަލާލިއެވެ. އޭރުއަދި އަށްގަޑިބައިވާން ފަނަރަމިނެޓު […]
“ދަރިފުޅާ… ދެންހޭލަބަ… މިހާރު އެހަތެއް ޖެހީ… މިއަދުވެސް އެހެންނޫނީ ސައިނުބޮވެ އޮފީހަށް ދާާންޖެހޭނީ…” ޒަލަފްގެ ކޮޓަރި ދޮރުގާ ޓަކިޖަހަމުން އަޒްމާ ގޮވަމުން ދިޔައެވެ. އިރުކޮޅަކުން ޒަލަފް ކޮޓަރި ދޮރުހުޅުވާލުމަށްފަހު މަންމާ މިހޭލީއޭ ބުނެ ތުވާލިނަގާ ކޮނޑަށް ލަމުން ފާހަނައަށް ވަނެވެ. ޒަލަފްއަކީ މާހިރުއާއި އަޒްމާގެ އެންމެ ހަގުދަރިއެވެ. ޒަލަފްގެ ބޮޑަށް ހުންނަ ޒިޔާން އުޅެނީ އޮސްޓްރޭލިއާ ކުއްޖަކާ އިނދެގެން އޮސްޓްރޭލިއާގައެވެ. އެހެންވެ އަޒްމާއާއި މާހިރު ޒަލަފް ގެންގުޅެނީ ކުޑަކުއްޖެއްހެންނެވެ. އުމުރުން ތޭވިސް އަހަރުވިޔަސް ޒަލަފްގެ ގިނަ ކަންތައްތައް […]