އިޒާން ހުރީ ރާއްޖެ އަންނަށް ފްލައިޓަށް އަރައެވެ. ކާން އިނދެފައި އިނދިލި ކައިރިން ލޭ ފެނުމުން އަވަހަށް އެތަން ފުހެލައިފިއެވެ. އަދި ފާޑަކަށް ބޯ އަރި ކޮއްލަމުން ނޭފަތް ދަމާލައިފިއެވެ. ހީވަނީ ކަމަކާ ރުޅި އައިސްފައި ހުރި ހެންނެވެ. “އަވީން.. އަމް ކަމިން ބޭބީ..” އިޒާންގެ މޫނު މައްޗަށް ވެރި ވެގެން ދިޔައީ ޝައިތޯނީ ހިނިތުން ވުމެކެވެ. ތިރީގައި އިށީނދެގެންއިން އަވީން ބަލަމުން ދިޔައީ އޭނާގެ ފޯނަށެވެ. ޔުއާންގެ ނަންބަރުގައި އޭނާ ޖަހާނީ ކޮން ނަމެއް ހެއްޔެވެ؟ […]
ޖަންނަތު ކައިރިއަށް ސާރާ އައިސް ޖަންނަތު ކޮނޑުގައި އަތްޖައްސާލި އެވެ. ޖަންނަތު ސާރާއަށް ބަލައިލާފައި ޖަންނަތުއަށް ރޯން ފެށުނެވެ. އަދި ސާރާ ގައިގައި ބައްދާލެވުނެވެ. އަހްޔާންއާއި ޒައިދާންއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި އެއްޗެއް ނުބުނެ އެތާ ތިއްބެވެ. ލޮރީ އައުމުން ހުރިހާ ފިރިހެން ވެރިން އެއްޗިހި ލޯރިއަށް އެރުވި އެވެ. އެއްޗިހި އެރުވުމަށްފަހު ހުރިހާ އަންހެނުން ލޯރިއަށް އެރި އެވެ. ލޮރީގެ ކުރިއަށް އެރީ ހިދާޔާ އެވެ. އެހެން އެންމެން އެރީ ފަހަތަށެވެ. ޖަންނަތުވެސް ލޯރިއަށް […]
ޝިކާ ހިފައިގެން ހުރި ފޮތް ބަންޑެލި އުސްކަމުން އޭނާއަށް ކުރިމަތި ފެންނަނީވެސް ކިރިޔާއެވެ. އޭނާ އެފޮތްތައް ބެލެންސް ކުރަމުން މަޑުމަޑުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެއާއެކު ވަރަށް ބާރަށް ގޭތެރެއިން ނިކުންނަން އައި މީހެއްގެ ގައިގައި އަޅައިގަނެފައި ޝިކާއަށް ފޮތްތައް ބެލެންސް ނުވެގެން ތިރިއަށް ވެއްޓުނެވެ. ފޮތްތައް ވެސް މުޅި ސިޓިންގރޫމް ތެރެއަށް ވިއްސަވިއްސައިގެން ދިއައެވެ. ޝިކާ މަތި ބަލައިލި ވަގުތު ފެނުނީ ގަދަ ރަތް ކުލައިގެ ގަމީހެކެވެ. ދެން ރުޅިވެރި ދެލޮލެވެ……………… “ތަންކޮޅެއް ބަލާލައިގެން އުޅެބަލަ […]
މިއުޒިކާއި އެއްވަރަށް ކިއާގެ ދެފާވެސް ހަލުވަމުންދެއެވެ.އޭނާގެ ހިތުގައި އުފެދެމުންދިޔަ ޝުޢޫރުތައް ޑައިރީގައި ލިޔަމުން އޭނާގެ ފެވަރިޓް ބޭންޑް ކަމަށްވާ “ވަން ޑައިރެކްޝަންގެ ހާފް އަ ހާރޓް ވިތައުޓް ޔޫ”ލަވަ ވެފައިވަނީ ކިއާ އަށް އެންމެ ކަމުދާ ލަވައަކަށެވެ.އެންމެފަހަށް ގޮސް ޑައިރީލައްޕާ ލުމަށްފަހު ލަވާގެ ރާގާއިއެއްވަރަށް ކިއާ ލަވަކިޔަން ފެއްޓިއެވެ. “ސޯ ޔުއަރ ފެރެންޑްސް ބީން ޓެލިން މީ ޔޫ ބިން ސްލީޕިން ވިތް މައި ސްވެޓަރ އެންޑް ދެޓް ޔޫ ކާންޓް ސްޓޮޕް މިސިން މީ” “ތިއްތާ.. ތިއްތާ..”ކިއާގެ […]
މޭގަނޑު އަތަށް ނައީ ކިރިޔާއެވެ.ހުޅުވާފައި ހުރި ކުޑަދޮރުގައި ދެއަތް ވިއްދައިގެން އެއޮތީ އަންހެނެކެވެ.ބޮލުގެ އިސްތަށިގަނޑުވަނީ ހާވާލާފައެވެ.މޫނުގެ ތަންތަންގަނޑުވަނީ ފަޅައިގެންގޮސްފައެވެ. އެ ޒަހަމްތަކުން ކަޅުރަތް ކުލައިގެ ލޭފައިބައެވެ.ދެލޯ ހުރީ ގަދަ ފެހިކުލައަކުން ދިއްލިފައެވެ.އަނގަވަނީ ތަންމިނަށް ހުޅުވާފައެވިެ.ހެދުމެއް ލާފައި ހުރިހެނެއް ހިޔެއްނުވެއެވެ.މުޅި ހަށިގަނޑު ނިވާވެފައިވަނީ ޗަކައިންނެވެ.. ލިބުނު ސިހުމުގައި އަޑުގައި ހުރިބާރެއް ލާފައި ހަޅޭއް ލަވައި ގަނެވުނެވެ.ވިދާލި ވިދުވަރާއި އެކު އެ ސޫރަ ލޯމަތިން ގެއްލުނީ ކުއްލިއަކަށެވެ.އޭރު މަންމަ އާއި ކަޮއްކޮވެސް އައިސް […]
އެގޭ މައި ދޮރާ ދިމާލަށް ޒިބާން ހިނގައިގަތީ މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކުން ރެކެން ދުރުދުރުގައި ފިޔަވަޅު އަޅަމުންނެވެ. ކޮޓަރިތެރެއަށް ވަދެ ރީތިވާ މޭޒުގެ ލޯގަނޑުން އަމިއްލަަ ނަފްސަށް މަންޝާ ބަލާލިއެވެ. އައްސާ ހުޅިޖާހާފައިވާ އިސްތަށިގަނޑު ނިއުޅުވާލަމުން އަތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން ރީތި ކޮށްލިއެވެ. އެޕާރޓްމަންޓް ދޮރު ކައިރިއަށް މަންޝާ ދިޔައީ ތުވާއްޔެއް ހިފައިގެންނެވެ. އެހިސާބަށް ދެވުނު އިރު މަންޝާގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަަވަސްވެފައެވެ. ޒިބާން އެތެރެއަށް ވަންނާނެ ބާއޭ އޭނާގެ ހިތަށް […]
ވިނަގަނޑު މަތިން ތެދުވެވުމާއެކު އަވީން ދުއްވައިގައީ ގެއާއި ދިމާލަށެވެ. އޭރުވެސް ޔުއާން ދެއަތް ދަމާލައިގެން އެއޮތް ގޮތަށް އޮތެވެ. އެދުވަހުގައި ދެމީހުންވެސް އުޅުނީ ވަރަށް ދުރުންނެވެ. ހާއްސަކޮށް އަވީނެވެ. ޔުއާން ފެންނަން ތަނަށް އުޅެނީ ބިރުންނެވެ. ރޭގަނޑުގައި އެންމެން ކާން ތިބިއިރު ދޭތެރެއަކުން އަވީން ޔުއާނަށް ބަލާލައެވެ. މިއަދު ޔުއާން ގައިން ދުވި މީރުވަސް މިހާރުވެސް އެބަ ދުވައެވެ. އެންމެނަށް ވުރެ ކުރިން އަވީން ކައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. އެނދުން ބާލީސް ނަގައިގެން ތިރީގައި ތަންމަތި އަޅާލައިގެން […]
ކޮފީޝޮޕަށް އަންނަ ކަސްޓަމަރުން މާ ގިނަދުވަހެއްކަމުން މެންދުރުވާން ކައިރިވިއިރު ޔަލަކް ހުރީ ވަރުބަލިވާގޮތްވެފައެވެ. އެހެން ސްޓާފުން އުޅުނަސް ގިނަ މޭޒުތަކަށް ހިނގަނީ އޭނައެވެ. ދެންމެ ވަދެގެން އައި ގްރޫޕަށް ކޮފީ ގެންގޮސްދިނުމަށްފަހު ޔަލަކް އައިސް ކައުންޓަރުދޮށުގައި އިށީނދެލީ ދެފަޔަށް ލުޔެއްދިނުމުގެ ނިޔަތުގައެވެ. އެހެން އިންނަތާ އިރުކޮޅެއްނުވެ ކައިރީގައި އިން އީރާ ޔަލަކްގެ ގައިގާ ސިއްރުން ކޮއްޓާލީ ދޮރުން ވަދެގެން އަންނަ ޒުވާނާ ދެއްކުމަށެވެ. ޔަލަކް އިސް އުފުލާ ޝައުގުވެރިކަމެއް ނެތްގޮތަކަށް ބަލާލުމަށްފަހު ތެދުވެ ހިނގައިގަތީ އެހެންމީހުންނާ ވަކިން ދުރުގައި […]
އިރުއޮއްސި އަނދިރިވަނީއެވެ.ވަގުތުގެ ގޮތުންވެސް ތޯއްޗެކެވެ.އަތިރިމަށްޗަށްވަނީ އާދަޔާއި ހިލާފު ފަޅުކަމެއް ގެނުވާފައެވެ.އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ނަގަމުން އައި ވިލާގަނޑާއި އެކު ވިދަމުންދިޔަ ވިދުމުންވެސް ރެއަކީ ވިއްސާރަ ރެއަކަށްް ވާނެކަން ދޭހަ ކޮއްދެއެވެ. “ކޮއްކޯ ތި ތަންކޮޅެއް ބާރަށް އާދެބަލަ! ވިއްސާރައިގައި ނުޖެހި ގެއަށް ނުދެވިއްޖެއްޔީ މާދެރައެއްނު.” ފައިން ބޯޅައިގަ ތަޅަމުން އައި ކޮއްކޮއަށް ގޮވާލަމުން އަހަރެން އެހެންބުނީ، ފުރޮޅުލީ ގޮނޑީގައި އިން މާމަ އަށް ބަލާލަމުންނެވެ. މާމަ އިނީ ކަމަކާ ވަރަށް ފިކުރު ބޮޑުވެފަހެން ހީވެގެން ކުރިއަށްވުރެވެސް […]