“ޖައިޝް.. ޖައިޝް ތިއުޅެނީ މަރުވާނެ ފަސޭހަ ގޮތެއް ހޯދަންތަ.. އެހެންވީއްޔާ އަހަރެން ބުނާ ގޮތެއް ހަދާ.. އަހަރެން ވާގަޑެއް ދިނީމަ ދަންޖެހޭ.. އެވެސް މިއަށް ވުރެއް ފަސޭހަ ވާނެ ގޮތެއް” ފައިލް މޭޒުމައްޗަށް އެއްލަމުން އަހްޝަމް ބުނެލިއެވެ. “އެނގޭދޯ މިއީ މަރުގެ އެތިފަހަރެއްކަން” އަހްޝަމް އަހަރުމެން ދެމީހުންނާއި ދިމާލަށް ބަލާލިއެވެ. “ކީކޭތަ ތިބުނީ” އަހަރެން އަހާލީމެވެ. “ކަލޭމެން ތިއީ ކުޑަ ދެ ކުދިންތަ.. މިއީ ކިހާ ބޮޑު ކަމެއްކަން ނޭނގެނީތަ ކަލޭމެންނަށް.. ޖައިޝް.. އޭނައަށް ނޭނގިދާނެ ކަން […]
އައިޖީއެމްއެޗް ކައިރީ ސައިކަލު ޕާކްކޮށްލި ތަނާ ޒަލަފްއަށް ފެނުނީ ހެނދުނުވެސް ޒަލަފްއަށް ފެނުނު އާދަޔާ ހިލާފު އަންހެން ކުއްޖާއެވެ. އެކުއްޖާ ފެނުމާއެކު ޒަލަފްއަށް އެކުއްޖާ ހުރި ދިމާލަށް ދެވުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ. އެކުއްޖާ ކައިރީ ހުއްޓިލައިގެން އެކުއްޖާއަށް ބަލަން ޒަލަފްއަށް ހުރެވުނީ އެތަނަށް އައީ ކީއްކުރަން ކަންވެސް ހަނދާންނެތިފައެވެ. ކުއްލިއަކަށް ޒަލަފްއަށް ހަމަހޭވެރިކަންވީ ޖީބުގައޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އެވަގުތު ފޯނުނަގާ ކަންފަތުގަ ޖައްސާލިތަނާ ޒަލަފްއަށް ހީވީ އެކަކުގެ އަޑު ދެފަހަރަށް އިވުނު ހެންނެވެ. ކުރިމަތީގައި […]
ނޯޓް: މިބައިގައި އުޅޭ މޫނު ނުފެންނަ ދެމީހަކަށް ” ޑެވިލް” އަދި ” އެލޯން” މިދެނަން ބޭނުން ކުރެވިފައިވާނެއެވެ. 6 މަސް ފަސް ކުޑަދޮރުގެ ބިއްލޫރިގަނޑުން ފުރޭނެމުން އައި އަލިން ހެނދުނުގެ ހިތްގައިމުކަން އިހްސާސްކުރެވެން ފެށިއެވެ. ނަމަވެސް މިހިތްގައިމު ވަގުތުގައިވެސް ނިދާ މީހުން ނިދަނީއެވެ. ބަދިގޭ ތެރޭ މަސައްކަތް ކުރާ މީހުން މަސައްކަތް ކުރަނީއެވެ. ކުނި ކަހާ މީހުން ކުނި ކަހަނީއެވެ. ބަނޑުވަތަށް އޮށޯއްވެގެން އޮތް އީނާޝްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށްށެވެ. އާފުރިލައި ކަންނެތް ގޮތަކަށް […]
“ޗީ ޗީ.. އައްޗީ ފަކުރުކަން… ތި ޗޮނި ބޭލުން ހުއްޓޭނީ މީހާ ބޮޑުވީމަތަ؟..” ޝީރީން އުރައިގެން އިން ތިން އަހަރުގެ އަންހެން ކުއްޖާ ޖޯލިފަތީގި ބައިދަމުން ބުންޏެވެ. “ޗީ ދެން ވަރަށް ވަރަށް ފަކުރު… މަންމާ.. މަންމާ ނިކުމެބަލަ….” ޝީރީންގެ އަޑު ގަދަވުމުން ތިން އަހަރުގެ ތުއްތު ކުއްޖާ ތުން ފިއްތައިލަމުން ރޯން ފެށިއެވެ. ތުއްތު ކުޑަކުޑަ ކުއްޖާ ރޮމުން ދިޔައީ އެތަކެއް އުދަގުލުންނެވެ. “ޝީރީން….. ކޮންތާކަށް ތިދަނީ މިމަންޖެ އެވަރަށް ރޯއިރުވެސް..” ކާގެއިން ނިކުތް ޝިޔާމާ […]
ޖެހިގެން އައި ހުކުރުދުވަހު އިޒްޔާން ހުކުރުން ފައިބައިގެން ގެއަށްގޮސް މައިޝާއަށް ގުޅާލިއެވެ. “ހަލޯ. އަހަރެން ދާންވީތަ ތިގެއަށް؟” މައިޝާ ފޯން ނެގުމުން އިޒްޔާން އަހާލިއެވެ. “ސާބަސް. ތީދެން އަހާކަހަލަ ސުވާލެއްވެސް ނޫނެއްނު. އަވަހަށް އާދޭ. އިޒްޔާން އައީމަ އެންމެން އެއްކޮށް ކާން ފަށަންވެގެން މިތިބީ. އައިސް ތިންވަނަ ފްލޯރ ގެ އެންމެފުރަތަމައަށް ހުންނަ ދޮރުގަ ޓަކިޖަހާލާ.” މައިޝާ ބުނެލިއެވެ. “އޯކޭ.” މިހެންބުނެފައި ފޯން ބޭއްވުމަށްފަހު އިޒްޔާން ގެއިން ނުކުމެގެން ދިޔައީ އޭނާގެ ކާރާއި ދިމާލަށެވެ. ކާރަށް އަރާފައި […]
“ރުޅި އައިސްފަތަ؟” އަބްޔާން ޖަންނަތުއާއި ނުހަނު ގާތަށް އައިސް ހުއްޓެމުން އެހި އެވެ. ޖަންނަތު ބޯ ހޫރާލަމުން އިސްޖެހި އެވެ. އަބްޔާން ޖަންނަތުގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލި އެވެ. ޖަންނަތުގެ ލޮލުގައިވީ ޖާޒުބީ ވިދުވަރަށް އަބްޔާންއަށް ބަލަން ހުރެވުނީ އެވެ. އަދި ހަމަ އެ ޖަޒުބާތުގައި ހުރެ ޖަންނަތުގެ މޫނާ މޫނު ކައިރިކޮށްލެވުނެވެ. ޖަންނަތުއަށް އަބްޔާންގެ މަސްތީ ދެލޯފެނި މުޅިގައިން ވާގިދޫވި ކަހަލަ އެވެ. ލޯމަރާލެވުނީ ބޭ އިހުތިޔާރުގަ އެވެ. ޖަންނަތުގެ ނިތުގައި އަބްޔާން ބޮސްދިނެވެ. […]
” ކަލޭ ހަނދާން ކުރާތި. މިއަދަށްފަހު މަގޭ ދަރިފުޅު ހޯދަންވެސް ނާންނާތި. ދެކިލަންވެސް ނާންނާތި. އަލުން މާފަށް އެދިގެންވެސް ނާންނާތި. މިއަދު ކަލޭ ތިކަންތައް ކުރި ގޮތުގެ ޖަޒާ އަބަދަށްވެސް ކަލޭއަށް ލިބޭނެ. ތީ ހަމަ ތާކު ހުރި ދައްޖާލެއް.” މިހެން ބުނަމުން ނަޝީދު ފަހުމާ ނަގައި ގެޔަށްދާން ހިނގައިގަތެވެ. ފަހަތުން ނަޝާޔާއާއި އީނާޝްވެސް އާދެއެވެ. އޭރުވެސް ފަހުމާގެ ގިސްލުމުގެ އަޑު މުޅި ފަޒާގައި ގުގުމަން ފަށައިފިއެވެ. އީނާޝްއާއި ނަޝާޔާއަށްވެސް ރޮވެމުން ދިޔައެވެ. ނަމަވެސް އެހެން މީހަކަށް […]
ދުވަސްތަށް ފާއިތުވެ ސުކޫލުން ދިމާކުރުމުގައި ޒައިން ކާމިޔާބު ވިއެވެ. މާގިނަ ދުވަސްތަކެއްނުވެ ދެކުދިނަގެ ދެމެދުގައި އެކުވެރިކަމުގެ ގުޅުމެއް އުފެދުނެވެ. ކުލާހުން ކޮންމެދުވަހަކު ބައްދަލުވެ އިންޓަވަލު އެކުގައި ކުރެ އެވެ. ނަސީބުދިމާކުރިގޮތުން ކޮންމެ ދުވަހަކު މީޝާގެ ދޮންތަ މައިރާވެސް އެމީހުނާ ބައިވެރިވެ އެވެ. ދެކުދިންގެ ގުޅުމަށް އިތުރު ކުލައެއްޖެހޭކަށް މާކަގިނަ ދުވަހެއް ނުނަގަ އެވެ. ޒައަިން މިޝާގެ ގެއަށް އައިސް ގޮސް ހަދައެވެ. މީޝާގެ މަންމަ އަދި ބައްޕައައް ވެސް ޒައިން ކަމުދެއެވެ. ދެއާއިލާގެ ދެމެދު ރައްޓެހިކަމުގެ ގުޅުނަ އާލާވެގެން […]
“ވިލް ޔޫ މެރީ މީ؟” ހުރިހާ ކުދިންތައް ދިއުމުން ރަތްކުލައިގެ ފިނިފެންމަލެއް ޝާޔަލްއަށް ދިއްކޮށްލަމުން އަހާލީމެވެ. އޭނަ އަނގަމަތީގައި އަތްއަޅައިގެންހުރީ ގަބޫލުނުކުރެވިފައިކަންނޭނގެއެވެ. މިނެޓެއްވެގެންދިޔައިރުވެސް އެއްވެސް ޖަވާބެއްނުދީ އެގޮތަށް އޭނަހުރީއެވެ. ތެދުވަން ހީކޮށްލިތަނާ އަތުގައި އޮތް ރަތްފިނިފެންމަލުގައި އޭނަ މަޑުމަޑުން ހިފާލިއެވެ. އެއާއެކު ޝާލީ އައިސް ޝާޔަލްގެ ގައިގާ ބައްދާލިއެވެ. އުއްބައްތީގެ އަލީގައިވެސް ޝާޔަލްގެ މޫނުމައްޗަށްވެރިވެފައިވާ ލަދުވެތިކަން ހާމަވެއެވެ. “ޝާޔަލް ޤަބޫލިއްޔާ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން..” އިސްޖަހާލައިގެންހުރި ޝާޔަލްއަށް ބަލާލަމުން އަހަރެން ބުނީމެވެ. “މާދަމާ ބައްޕަމެން […]