Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ސަތާރަވަނަ ބައި)

Mysterious Angel Level 110 Stories100 Comments
May 22, 2016 5 Mins Read
3 Comments

ދުނިޔެއަކީ ކޮންކަހަލަ ތަނެއްހެއްޔެވެ؟ އެކި ފަހަރު ދައްކަމުންމިދަނީ އެކި ކުލައެވެ. އެއްފަހަރު އުފާވެރިކަމެވެ. ނަމަވެސް ދެން ލިބިފައިވާ އުފާވެރިކަންމަތިން ހަނދާންނެތިދާނެހާ ވޭނާއި ހިތްދަތިކަމެވެ. މިއީ ހަމަ އަހަރުމެން އިންސާނުން އިމްތިޙާނު ކުރެއްވުމަށް މެދުވެރި ކުރެއްވި ގޮތެވެ. މިންވަރަށް އީމާންވާންޖެހޭނެއެވެ.

ޝާލީ ކޮންމެ ދުވަހަކުވެސް ކޮލެޖު ނިންމާލުމަށްފަހު ޝާޔަލް ކައިރިއަށް ދެއެވެ. ފަހަރެއްގައިވެސް އެކަނިވުމުން މިއުވާންގެ ހަނދާންތައް އާވެދާނެތީ ކަންނޭނގެއެވެ. އަހަރުމެން އެކަކުވެސް ގޭތެރޭގައިވެސް ޝާލީ ދެރަވާފަދަ އެއްވެސް އެއްޗެއް ނުބުނެވޭތޯ ބަލަމެވެ. ވަރަށް ލަސްވަންދެން މަސައްކަތުގައި އުޅުނު ދުވަހެކެވެ. ގެއަށް އައިސް ފުރަތަމަވެސް އަހަރެން ބަލާލީ ޝާލީ ކޮބައިތޯއެވެ؟ މަޑު މަޑުން ކޮޓަރިތެރެއަށް ވަތްއިރު ޝާލީ އެނދުކައިރީ އިށީނދެގެންއިނެވެ. ފުރަގަސްދީގެން އިނަސް އޭނަގެ މަޑު ގިސްލުމުގެ އަޑުއިވުނެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން އޭނަ ކައިރިއަށް ހުއްޓުމުން މަޑުމަޑުން ކަރުނަތައް ފޮހެލުމަށްފަހު އޭނަ ހިނިތުންވުމަކާއެކީ އެނބުރުނެވެ.

“ތިއްތި ކޮންއިރަކު އައީ؟” އޭނަ އަވަސް އަވަހަށް ތެދުވީ އަތުގައި އޮތް އެއްޗެއް ފޮރުވަމުންނެވެ. އޭނަގެ ދެކޮޑުގައި ހިފަހައްޓާލަމުން އެނދުގައި ބޭއްދީމެވެ.

“ކޮންއެއްޗެއް ތިފޮރުވަނީ؟ އަހަރެންގެ ކޮއްކޮ ހަމަ އެހާވެސް ބޮޑުވީތަ؟” ހިތުގައި ޝަކުވާވެސް ވިއެވެ. ވޭނުން ފޯވަމުންދާއިރުވެސް އެހެންމީހަކާ އެހިތާމަތައް ހިއްސާނުކުރަނީ ކީއްވެހެއްޔެވެ؟ ހަމަގައިމުވެސް ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަން ކަށަވަރެވެ.

” ވަރަށް ޓްރައިކުރަން ނުވިސްނޭތޯ.. އެކަމަކުވެސް.. ކޮންމެ ތާކުންވެސް ކޮންމެ އެއްޗަކުންވެސް މިންމިގެ ހަނދާންވަނީ.. އަހަރެން ބޭނުމެއްނުވޭ އަހަންނާހެދި އެހެންމީހުން ދެރަވެފަ ތިބޭކަށް.. ތިއެންމެން އުފަލުގަ ތިބޭތީ އަހަރެންނަށް މިހެން އުޅެވެނީވެސް.. ޔޫ ގައިޒްސް މޯޓިވޭޓިން މީ… މިދުވަސްވެސް ނެތިހިގައިދާނެ ދޯ…” ހާދަ ހިތްވަރުގަދައެވެ.އެހާ ހިތްވަރު އޭނައަށް ލިބުނީ ކިހިނެއްބާއެވެ؟ އޭނަ ގެނެސް ގަޔާ ކައިރި ކޮށްލުމުން މަޑުމަޑުން ރޯންފެށިއެވެ. އަހަރެންވެސް އޭނަ ހުއްޓުވުމަށް މަސައްކަތް ނުކޮށް ރޯނެވަރަކަށް ރޯން ބަހައްޓައިގެން އިނީއެވެ.

“ޔޫ ނޯ ތިއްތި ޔޫ އާރ ދަ ބެސްޓް..” ރުއިން ހުއްޓާލަމުން އޭނަ ބުނީ އެހެންނެވެ.

“ހޫމް ދެން މިހާރު އަހަރުމެން ދުރުގަ ތިބީމަ އެއްވެސް ބަޔަކަށް ނުހެދީ..” ކުއްލިއަކަށް ޝިއުޒްގެ އަޑުއިވުމުން ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. ފަހަތްބަލާލިއިރު ނޫރު ދޮންބެގެ ފޯން ހިފައިގެން ހުއްޓެވެ. ވީޑިއޯ ކޯލުކޮށްފައި ހުރުމުން ޝިއުޒް ފެންނަން ހުއްޓެވެ.

“އޯހް.. ކޫބެ ކަމް ބެކް ސޫން.. އައި މިސް ޔޫ ސޯ މަޗް..” ފޯނަށް ބޮސްދެމުން އޭނަ ކުސްތަޅައިގަތެވެ. ޝިއުޒް ކައިރީ ފަހުން ގުޅާލާނަމޭ ބުނެފައި އަހަރެންވަނީ ފެންވަރާށެވެ. ރީތިވެލައިގެން އަހަރެން އުޅުނީ ރައްޓެއްސަކާއެކު ކޮފީއަކަށް ދާށެވެ. ނަމަވެސް ޝާލީ އެދުނީ އޭނަ ގޮވައިގެން ޝާޔަލްގާތަށް ދިއުމަށެވެ. އޭނަ އަތުގައި ހުރި ކޮންމެވެސް ވާހަކަފޮތްތަކެއް ދޭންވެގެންނޭ ބުންޏެވެ. ޝާލީ ގޮވައިގެން ދިޔައިރު ޝާޔަން ކޮންމެވެސް އެއްޗެއް ކެއްކުމުގައި އުޅެއެވެ.

“ހޭ ހީރޯ..” އަހަރެން ފެނުމާއެކީ އޭނަ ގޮވާލިއެވެ.

“އަދިވެސް ޕްލާސްޓަރ ނަގާކަށް ނުވޭތަ؟” ޝާލީމެން ގާތު އިށީންނަމުން އަހާލީމެވެ.

“މާދަން ޑޮކްކައިރިއަށް ދިޔައީމަ އިނގޭނީ..” ޝާޔަލް އޭނަ ފަޔަށް ބަލާލަމުން ބުނެލިއެވެ.

“ޝިމާލް” ޝާޔަން ގޮވާލުމުން ސިހޭ ކަހަލަ ގޮތެއްވިއެވެ. އަހަރެން ތެދުވެގެން ޝާޔަން ކައިރިއަށް ދިޔައިރު އޭނަ އުޅެނީ ތަށިތައްޓަށް އެއްޗެހި އަޅާށެވެ.

“ކަމަކުތަ؟” އަހަރުމެން ދެމީހުންގެ ދެމެދު އެކުވެރިކަމެއް ނެތެވެ.

“އަހަރެން އެބައޮތް އެއްޗެއް ދައްކަންވެފައި އެބައޮތް.. ހިނގާބަލަ..” ތަށިތައް ބަހައްޓަމުން އޭނަ ހިގައިގަތެވެ. އަހަރެން އޭނަ ފަހަތުންގޮސް ކޮޓަރިއަށްވަނީމެވެ. ހުދާއި މަޑު ފިޔާތޮށިކުލައިން ފުރިހަމައަށް ޒީނަތްތެރިކުރެވިފައިވާ ކޮޓަރިއެކެވެ. ފަރުނީޗާރތަކާއި ބެޑްޝީޓާއި ދޮރުފޮތިތައްވެސް ވަނީ އެދެކުލައިންނެވެ. ސާފުތާހިރުކަމާއި ތަރުތީބުކަން ހުރިހާ ދިމާލަކުން ފެންނަން ހުއްޓެވެ. ޝާޔަން ކަބަޑު ކައިރީގައި ހުރެ ނެގީ ކޮންއެއްޗެއްކަމެއް ނޭނގުނެވެ. އޭނަ އެހިފައިގެން އައިސް އަހަރެން އަތަށް ދިއްކޮށްލިއެވެ. ރަބަރުކޮތަޅަކަށްލާ ވަރަށް ރަނގަޅަށް ބަންދުކޮށްފައިވަނީ ކޮންއެއްޗެއް ކަމެއްވެސް ނޭނގެއެވެ.

“މީ އަހަރެންގެ ވެޑިން ޕާރޓީގަ ޔާލް ލީ ހެދުން.. އޭނަ މިހެދުން މިހާވަރަށް ފޮރުވާފަ ބޭއްވީ ހަމައެކަނި އަހަރެންގެ ވެޑިންގ ޕާރޓީގަ ލީ ހެދުމަށްވީމައެއްނޫން.. މިހެދުމުގަ މިހުރީމަ..” ކޮތަޅުން ހެދުން ނަގާ އޭގައިހުރި ކަޅުކުލައިގައި ހުރި އެއްޗެއް ދައްކާލަމުން ބުންޏެވެ.

“ޝިމާލް ހަނދާނެއް ނުހުންނާނެ ކަންނޭނގެ.. އެރޭ ޝިމާލް އަތުން ޔާލް ހެދުމަށް އެއްޗެއް އެޅުނުކަން.. ފުރަތަމަ އޭނައަށް ޝިމާލް ފެނުނީ އެރޭކަމަށްވީމަ ހަނދާނެއް ގޮތުގައި ހެދުން މިހާވަރަށް ފޮރުވާފަ މިއޮތީ.. މިފިނިފެންމާ ޝިމާލް އޭނައަށް ސޮރީ ބުނެފަ ދިން…” ހިކިފައިވާ ފިނިފެންމަލެއް ދައްކާލިއެވެ. ޝާޔަލް މޮޔަވީ ހެއްޔެވެ؟ އެހުރިހާ އެއްޗެއް ރައްކާކޮށްފައި އެބެހެއްޓީ އަހަރެންނަށް ދައްކަން ހެއްޔެވެ؟ އަހަރެންގެ ފަރާތުން ނޭނގިވީ ކަންތައްތައް އޭނަ މާނަ ނަގާފައި އެވަނީ ކިހާ ގޯސްކޮށްހެއްޔެވެ؟ އެ ފިނިފެންމަލަކީވެސް އޮޅިގެންވީކަމެކެވެ. އަހަރެން ހުރީ ލަދުން ހަލާކުވާވަރުވެފައެވެ. މި އަންހެންކުދިން މޮޔަކަމުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

“ހީވެދާނެ މީވަރަށް ކުރީޒަމާނު ނޫނީ ފިލްމީ ކަމެއްހެން.. އެކަމަކު ޝީ ލަވްސް ޔޫ..” ޝާޔަންގެ އަނގައިން އިވުނުބަސްތަކުން އަހަރެން ލަދުން ވިރިގެންދިޔައެވެ. ޝާޔަންވެސް އަހަރެންދެކެ ހިތްހަމަނުޖެހިފައި އެހުންނަނީ އެހެންކަމަށްވެދާނެއެވެ. އެއްޗެއް ނުބުނެ އަހަރެން ބޭރަށް ނިކުތީ ވިސްނަންހުރެފައެވެ. ޝާލީ ގާތު ދާންވީމަ ގުޅާލާށޭ ބުނެފައި އަހަރެން ފޭބީ ތިރިއަށެވެ. މުޅި ހަޔާތުގައިވެސް އަންހެންކުއްޖަކާ ހުރެ މިހާ ލަދުގަތްކަމެއް ނޭނގެއެވެ. ސިކުނޑީގައި އެކި ޙިޔާލުތައް އެނބުރެމުންދިޔައެވެ. ރުޅިވެރިކަމެއް ނޫނީ ހިތްހަމަނުޖެހުމެއްކަމެއް ނޭނގުނެވެ. އަހަރެން ދެން ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟ ވިސްނިވަރަކަށް ސިކުނޑީގައި ފުނިޖެހެމުންދިޔަ ސުވާލުތައް ގިނަވިއެވެ. ނަސީބަކުން ޝިއުޒް ގުޅީ އެވަގުތެވެ. ފުރަތަމަވެސް ވެގެން އުޅޭ ގޮތް ވަރަށް ތަފްސީލުކޮށް އޭނައަށް ކިޔާދިނީމެވެ.

“ސީރިޔަސްލީ.. އެހުރިހާ އެއްޗެއް އޭނަ ފޮރުވާފަ ހުރީ..” ޝިއުޒްއަށް އެކަންވީ މަޖާކަމަކަށެވެ. އޭނަ ބާރު ބާރަށް ހޭއަޑުއިވުނެވެ.

“ދެން ހުނުން ހުއްޓާލާފަ ބުނެބަލަ މަ ކީއްކުރަންވީ؟” ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނީ ހާސްވެ ކަންތައް ބޮޑުވިވަރުންނެވެ.

“އަހަރެން ބުނާ ގޮތެއް ހަދަން ތިއްތިއަށް ކެރޭނެތަ؟” އަހަރެން އަވަސް އަވަހަށް އާނއެކޭ ބުނީ ހާސްކަމުގެތެރޭގައެވެ. ނަމަވެސް އޭނަ ބުނި އެއްޗަކުން ހާސްކަންވީ އިތުރެވެ.

“އިޒް މޮޔަވީތަ؟ މަ ކިހިނެއް؟” ކަންތައް ކުރަންވީ ގޮތް ތަފްސީލުކޮށް އޭނަ ކިޔާދިނެވެ. އެންމެ ރަނގަޅޭ ބުނެފައި އަހަރެން ފޯން ބޭއްވީ ޒައިކް އެތެރެއަށް ވަންނަން އައިތަން ފެނުނީމައެވެ.

“ހޭ ޝިމާލް ކީއްވެ ބޭރުގަ ތިހިރީ؟ އަނެއްކާ އެތެރެއަށް ވަނުން މަނާކުރީތަ؟” އޭނަ ސަމާސާކުރިއެވެ.

“ނޫނޭ.. ފޯނެއް ކޮށްލަން ވެގެން.. ހާދަ ދުވަސްތަކެއް ކޮށްފަ ޒައިކް މިފެނުނީ..މާ ބިޒީ ދޯ..” އޭނަ އާއިއެކީ އެތެރެއަށް ވަންނަމުން އަހާލީމެވެ.

“ޔާ.. މިތާ ކައިރި ރަށަކަށް ޖައްސާލަން ޖެހުނީ.. ޕްރަމޯޝަން ލިބުނީމަ ރެސްޕޮންސިބިލިޓީސްވެސް އިތުރުވާނެ ދޯ..” ޒައިކް ފެނުމުން ކުރިއާއި ވަރަށް ބޮޑަށް ތަފާތުހެން ހީވެއެވެ. ތުނބުޅިއާއި މަތިމަސް ނުބާލާ ހުރުމުން އުމުރުން ދުވަސްވެފައިވާކަމަށް ދައްކައެވެ.

“ހޭ ގާރލްސް ވަޓްސް އަޕް..” ޒައިކް ވާހަކަދެއްކީ ޝާޔަލްމެންނާއެވެ. ޝާޔަލްއާއި ޝާޔަން ތިބީ ސޯފާގައި ކޮންމެވެސް އެއްޗެއް ކާށެވެ. ޝާލީ ފެންނާކަށް ނެތެވެ.

“ކޮބާ ޝާލް؟” އަހަރެން އަހާލީމެވެ.

” ޓޮއިލެޓަށް ދިޔައީ..” ޝާޔަލް އަވަސް އަވަހަށް ޖަވާބުދިނެވެ. ޒައިކް ވެސް އައިގޮތަށް ކޮޓަރިއަށްވަދެއްޖެއެވެ. ޝާލީ އައީ އިރުކޮޅެއްވީފަހުންނެވެ. ދަނީ އޭ ބުނެލަމުން އަހަރުމެން ނިކުތީމެވެ. އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔައީ ޝިއުޒް ދެއްކިވާހަކައެވެ. އޭނަ ބުނި ގޮތަށް އަހަރެންނަށް ކަންތައްކުރެވިދާނެ ހެއްޔެވެ؟ އެކަމަކު މިއީ އަހަރެންނަށް އެކަނި ކުރެވޭނެ ކަމެއްނޫނެވެ.

“ތިއްތި ޝައްނުއާ މެރީ ކުރަންވީނު.. ޝީ ލަވްސް ޔޫ ސޯ މަޗް…” މަޑުމަޑުން ހުރި ޝާލީ ކުއްލިއަކަށް އިއްވާލިއެވެ. އެންމެން އެއްވާހަކައެއް މިދައްކަނީ ކީއްވެ ހެއްޔެވެ؟

“ތިއުޅެނީ ބެސްޓް ފްރެންޑް ގެއަށް ގެންނާނެ ގޮތެއް ނޭނގިގެން ދޯ…” އަހަރެން އެވާހަކަ ސީރިޔަސްކޮށެއް ނުނަގަމެވެ. ދެމީހުން ގެއަށް އައީ މަޖާ ވާހަކައިގައި ތިބެއެވެ. ވީހާވެސް އަވަހަށް ޝިއުޒްމެން އަންނާނެނަމައެވެ. އޭރުން ޝާލީގެ އެކަނިވެރިކަންވެސް ފިލާނެއެވެ. އަހަރުމެން ގާތު ހިއްސާކުރަން ބޭނުންނުވާ ވާހަކަތައް ކިއާރާއާއި ހިއްސާކުރެވޭނެއެވެ. އޭނަގެ ހިތަށް ލުއިވެގެންދާނެކަން ޔަގީނެވެ.

ޖެހިގެން އައި ދުވަހެވެ. ހެނދުނު ހޭލިއިރު ބޮލުގައި ރިއްސާ ހުންވައްތަރުވެފައި ހުރުމުން އަހަރެން ޑިއުޓީއަށް ނުގޮސް މަޑުކުރީމެވެ. ބޮލަށް އެނބުރުން އަރާވަރުން ކޮޅަށްވެސް ތެދުވެވޭވަރެއްނުވިއެވެ. ހެނދުނުގެ ނާސްތާވެސް ކުރެވުނީ ކުޑަކޮށެވެ. ބޭސްކައިގެން އޮށޯވެލިތަނާ އަނެއްކާވެސް ނިދުނީއެވެ. ހޭލެވުނުއިރު ޝާލީއާއި ނޫރު ފެނުމުން ސިއްސައިގެންދިޔައެވެ.

“ކިހިނެއްވީ؟” ހީކަރުވާވަރުން ރަޖާ ގަޔާލާ ބޮޑިކޮށްލަމުން ބުނީމެވެ.

“ތިއްތީ ހާދަ ހުން ގަދައޭ.. ހިނގާ ހޮސްޕިޓަލަށްދާން..” އަހަރެންގެ ނިތްކުރީގައި އަތްޖައްސާލަމުން އޭނަ ބުނެލިއެވެ. އެއާއެކީ ނޫރު ދުވެފައި ނިކުތީ ދޮންބެއަށް ގޮވާށެވެ. ނޫރު އައީ ދޮންބެގެ އަތުގައި ހިފައިގެންނެވެ.

“ހާދަ ހޫނޭ.. ހޮސްޕިޓަލަށް ނުގޮސް އޮންނާކަށް ނުވާނެ ތެދުވޭ..މިހާރު ޑެންގީވެސް ވަރަށް ގިނަ..” ދޮންބެ އަހަރެންނަށް ތެދުވަން އެހީވެދިނެވެ. ވަރަށް ހިތްވަރުކޮށްލައިގެން ތެދުވެ މޫނު ދޮވެލައިގެން ނިކުތްތަނުން ބޮލަށް އެނބުރުން އަރައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. ދޮންބެ ނުހަނު ފަސޭހައިން އަހަރެން ހިފެހެއްޓިއެވެ. އެއްޗެހި ބަދަލުކޮށްލައިގެން އަހަރެން ދޮންބެގެ އެހީއާއެކީ ނިކުތީމެވެ. ސައިކަލުގައި ދެވޭނެހެން ހީނުވާތީ ދޮންބެ އޮތީ ޓެކްސީއެއްވެސް ގެނެސްފައެވެ.

ކަންދިމާކުރި ގޮތުން ވަރަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުނެވެ. ޑޮކްޓަރ ބެލުމަށްފަހު ޓެސްޓުތަކެއް ހެދުމަށް ބުންޏެވެ. ލޭގެ ޓެސްޓުތަކެއް ހެދުމަށް ލޭނަގައިގެން ނިކުންނަށް ހިނގައިގަތްތަނާ ތަންކޮޅެއް ދުރުން ފަސްދީފައިދިޔަ ޝާޔަން ލޮލުގައި އަޅައިގަތެވެ. ޝާޔަލް ޑޮކްޓަރަށް ދައްކަން އައީކަމަށްވެދާނެއެވެ.

ޑޮކްޓަރ ހުރިހާ ރިޕޯރޓްތަކެއް ބެލުމަށްފަހު އެއްވެސް މައްސަލައެއްނެތް ކަމަށް ބުނިކަމުގައިވިޔަސް ހަފްތާއެއްވަންދެން ގަދައަށް ހުންއައިސް ވާނުވާ ނޭނގޭވަރުވިއެވެ. ތަންކޮޅެއް ހުންމަޑުވިޔަސް ހަށިގަނޑުގައި ތެދުވާނެހާ ހިތްވަރެއްނުހުރެއެވެ. މަންމައާއި ދޮންބެ ވަރަށް ކަންބޮޑުވެގެން އުޅެއެވެ. އަބަދުވެސް ކޮންމެވެސް އެކަކު ކައިރީގައި އިނދެއެވެ. އެކުގައި މަސައްކަތްކުރަމުންދިޔަ އެކުވެރިންވެސް ޙާލު ބަލާލަން އާދެއެވެ. އަދްހަމުވެސް ކޮންމެދުވަހަކު އައިސް ގިނައިރު އިނދެއެވެ. ކިރިޔާވެސް ތެދުވެވޭވަރުވީ ހުކުރުދުވަހުއެވެ.

“ތިއްތީ ލުކް..” އެނދުގައި އިށީނދެލައިގެން އިންދާ ޝާލީ އެތެރެއަށްވަނެއެވެ. އޭނަގެ ފަހަތުން ޝާޔަލް ވަނެއެވެ.

“ހޭ ހީރޯ..” ގޮވާލަމުން އެނދު ކައިރީގައިހުރި ގޮނޑީގައި އިށީނެވެ.

“މިހާރު އޯކޭތަ؟” އަހަރެން އަހާލީމެވެ. އޭނަ ހިނިތުންވެލަމުން ބޯޖަހާލިއެވެ. ނަމަވެސް އެދެލޯ ވަނީ ކަރުނުން ފުރިފައެވެ.

“ހާދަ ވަރެއްވެފައޭ ތިހިރީ..” އޭނަގެ އަޑުވެސް ވަނީ ކުރެހިފައެވެ. ވާނުވާނޭނގިފައި އޭނައާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

“ނުވިސްނުނު؟” މިއަންހެންކުއްޖާގެ މިޒާޖު ހުންނަގޮތެއް ނޭނގެއެވެ. ބައެއްފަހަރު އެންމެ ހިތްވަރުގަދަ އަންހެންކުއްޖާހެންވެސް ހީވެއެވެ. އޭނަ ދެލޯ ފޮހެލަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.

“ގެޓް ވެލް ސޫން ހީރޯ.. އައި ލަވް..” ފާޚާނާއިން ނިކުތް ޝާލީ ފެނުމުން އޭނަ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލިއެވެ. އޭނަ ބުނަން އުޅުނީ ކީކޭ ހެއްޔެވެ؟

“ޝައްނު ހިނގާބަލަ..” ޝާލީ އޭނަގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ. އިރުކޮޅަކުން ޝާލީ އައީ އެކަންޏެވެ.

“ތިއްތިއަށް އެނގޭތަ މާދަމާ މީ ޝައްނުގެ ބާރތުޑޭއެއްނު.. މިރޭ އެންމެން އޭނައަށް ސަޕްރައިޒެއްދޭން މިއުޅެނީ.. ތިއްތިވެސް ވާނެ ދެވޭތޯ ބަލަން..” ހަމައެކަނި ޝާލީގެ އަޑުންވެސް އޭނަ އެކަމަކަށްހުރި ޝައުޤުވެރިކަން އެނގެއެވެ.  އަހަރެން އާނއެކޭ ބުނެލީމެވެ.

ނުވައެއްޖެހިތަނާ އަހަރެން ފެންވަރާލައިގެން ބޭރަށް ނިކުތްއިރު ޝާލީއާއި އޭނަގެ އެކުވެރިން ޓެރަސް ޒީނަތްތެރިކުރުމުގައި އުޅެއެވެ. މާގިނައިރު ކޮޅަށް ހުންނާނެހާ ހިތްވަރު ނެތުމުން ސޯފާގައި ޖައްސާލީމެވެ. އެވަގުތު މަންމަ ބަދިގެއިން އައީ ޖޫސްތައްޓެއް ހިފައިގެންނެވެ.

“މަންމާ މިތާ އިށީނދެބަލަ..” އަހަރެން ބަލިވީއްސުރެ މަންމަ ތަނަކު ހަމަޖެހިލިހެނެއް ހިޔެއްނުވެއެވެ. ދަރިންދެކެ މައިންވަނީ ހާދަ މަތިވެރި ލޯތްބެކެވެ.

“ކިހިނެއްވީ؟ އަނެއްކާ ހުންގަދަވަނީތަ؟” ޖޫސްތަށި މޭޒުމަތީގައި ބަހައްޓަމުން އަހަރެންގެ ނިތްކުރިއާއި ކަރުގައި އަތްޖައްސާލިއެވެ.

“މިހާރު އިރާދަކުރެއްވީތީ ރަނގަޅޭ މަންމާ..” މަންމަ ގާތު ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް އޮތުމުން އެވާހަކައިގެން ކުރިއަށްދިޔައީމެއެވެ. މަންމަގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.

“މަންމަގެ ހެޔޮ ދުޢާވަނީ އަބަދުވެސް ދަރިފުޅާއެކީ..” މޫނުގައި ފިރުމާލަމުން ބުނެލީ އުފާވެރިކަމާއެކީގައެވެ. ރޭގަނޑު ކެއުމަށްފަހު މަންމަމެން ކޮޓަރިއަށްވަނެއެވެ. އަހަރެން މަޑުކުރީ ޝާލީމެންގެ ހަރަކާތްތައް ބެލުމަށެވެ. އެއުމުރުގެ ކުދިންކޮޅު އެކީގައި އުޅުމުން އެކަނިދޫކޮށްލަން ހިތެއް ނުރުހުނެވެ. އެގާރަޖެހިފަހުން ދޮންބެ އައިސް ބަންދުކޮށްފައި އޮތް ކޮތަޅެއް ދިއްކޮށްލިއެވެ. މަޑުމަޑުން ލާނެތް އެއްޗެއް ބުނެލުމަށްފަހު ދޮންބެވެސް ވަނީ ކޮޓަރިއަށެވެ.

ކަންތައްކުރަންވީ ގޮތް ހިތުގައި ރާވާލީމެވެ. ކޮޓަރިއަށްވަދެ ކުޑަކޮށް ތާޒާވެލައިގެން ޓެރަސްއަށް ނިކުތްއިރު ޝާލީމެން ކޭކުފެޅުމުގައި އުޅެއެވެ. ވަކި ތަރުތީބަކުން އަތުރާލެވިފައިވާ އުއްބައްތިތަކުން ހިތްގައިމު އަލިކަމެއް މުޅިތަނަށް ފެތުރިފައިވިއެވެ. މާޙައުލުގައިވާ ފިނިކަމުންވެސް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

“ހެޕީ ބާރތުޑޭ ޝާޔަލް..” ހުދުކުލައިގެ އޯކިޑްމަލެއް ދިއްކޮށްލަމުން އަހަރެން ބުނެލީމެވެ. އޭނަ މަލުގައި ހިފީ ނުހަނު އުފަލުންނެވެ. އެއާއެކު އޭނަ އެކުވެރިން ދިމާކުރަންފެށިއެވެ. ބޯކަހާލަމުން އެއްފަރާތެއްގައި މަޑުކޮށްލައިގެންހުރީ އެމީހުންނަށް ފުރުސަތުދީގެންނެވެ. ބައެއް ކުދިން ލަސްވެގެން ގެއަށްދާންފެށިއެވެ.

“ވިލް ޔޫ މެރީ މީ؟” ހުރިހާ ކުދިންތައް ދިއުމުން ރަތްކުލައިގެ ފިނިފެންމަލެއް ޝާޔަލްއަށް ދިއްކޮށްލަމުން އަހާލީމެވެ. އޭނަ އަނގަމަތީގައި އަތްއަޅައިގެންހުރީ ގަބޫލުނުކުރެވިފައިކަންނޭނގެއެވެ. މިނެޓެއްވެގެންދިޔައިރުވެސް އެއްވެސް ޖަވާބެއްނުދީ އެގޮތަށް އޭނަހުރީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

އިންތިޒާރުގައި ހުރިން 6

Next

ބޭނުންވަނީ ކަލާ (ދެވަނަ ބައި)

Next
May 23, 2016

ބޭނުންވަނީ ކަލާ (ދެވަނަ ބައި)

Previews
May 22, 2016

އިންތިޒާރުގައި ހުރިން 6

3 Comments!

  1. Mysterious Angel says:
    May 22, 2016 at 11:55 pm

    Sorry for the delay.. hope you guys like it

  2. rafa says:
    May 23, 2016 at 1:20 am

    Ohhh..v nice..next part avaha up kohlahchey…#waiting ??

  3. aff says:
    May 23, 2016 at 10:05 am

    heyy girl.. hama habeys.. next prt awahah upkohladhehche inge..keep going . . ☺☺☺

Comments are closed.

Next Episodeއަހަރެންގެ ވާހަކަ (އަށާރަވަނަ ބައި)←


All Right Reserved!