Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފު.. 18 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
May 24, 2016 9 Mins Read
16 Comments

ދޮންބެ އެހިފައިގެން ބޭރަށް ނިކުތެވެ. ޖައިޝްވެސް އިރުކޮޅަކު އިނުމަށްފަހު ގެއަށް ދިޔައެވެ. އައިރް އަހަރެންގެ ކައިރީގައި އިށީދެލިއެވެ. އަހަރެން މަޑުމަޑުން އައިރްގެ ކޮނޑުގައި ބޯއަޅާލީމެވެ. “ޔޫ ނިއު.. ޑޯންޓް ޔޫ” އަހަރެން ބޯ އަޅާލައިގެން އޮވެ އަހާލީމެވެ. އައިރް ކުޑަކޮށް ބޯ އަބުރާލަމުން ކޮންކަމެއްހޭ އަހާލިއެވެ. “ރޭގައި.. އެހާ އަވަހަށް އެގަޑީގައި ދިޔައީ އެހެންވެ.. މުހައްމަދުފުޅުބެ..” އަހަރެން ބުނީމެވެ. އައިރް އާއެކޭ ބުނެލިއެވެ. “އައި ޓްރައިޑް.. އެކަމަކު.. އަހަރެންނަށް ދެވުނު އިރު މާ ލަސްވެއްޖެ.. އަހަރެން ވަރަށް މަސައްކަތް ކުރިން އޭނަ ސަލާމަތް ކުރެވޭތޯ.. އެކަމަކު ބަންޝީލް..” އައިރް ބުނެލިއެވެ. “އެހެންވީމަ ބަންޝީލްތާ އޭނަ މަރާލީ.. އެކަމަކު ކިހިނެއް.. މުހައްމަދުފުޅުބެ އޭނަގެ ރައްކަލަށް އެއްވެސް ކަމެއް ނުކުރޭތަ” އަހަރެން ތެދުވެލަމުން އަހާލީމެވެ. “ބައެއް ފަހަރު.. ކިތައްމެ މަސައްކަތެއް ކުރި ނަމަވެސް.. ސަލާމަތް ނުވެވޭ ފަހަރު އަންނާނެ.. ބަންޝީލް މާ ވަރުގަދަވީ ރޭގައި.. އޭނައަށް ހުރީ ފާޑެއްގެ ބާރެއް ލިބިފައި… މުހައްމަދުފުޅު ވަރަށް މަސައްކަތް ކުރި.. އެކަމަކު” އައިރް އެހެން ބުނެލިއެވެ. އަހަރެން އައިރް އާއި ދިމާލަށް ބަލާލީމެވެ. “ފާޑެއްގެ ބާރެއް ލިބިފައޭ.. ކިހިނެއް..” އަހަރެން އަހާލީމެވެ. އައިރް އެއްވެސް އެއްޗެއް ނުބުނެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ދެލޯ ބޮޑުވިއެވެ.

“އަހަރެންގެ ސަބަބުންތަ މުހައްމަދުފުޅު” އަހަރެންނަށް ބުނެވުނީ އެހާ ހިސާބަށެވެ. އައިރް އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. “އަހަރެން އެހެންނެއް ނުބުނަން” އަހަރެންގެ ކޮނޑުގައި ދެފަރާތުން ހިފަހައްޓާލަމުން އައިރް ބުނެލިއެވެ. “ދެން” އަހަރެން އަވަސްކަމާއި އެކު އަހާލީ އައިރް ކޮންމެވެސް އެއްޗެއް ފޮރުވާކަށް އެނގޭތީއެވެ. “ޕްލީޒް.. އައިރްއަށް އެނގޭ އެއްޗެއް ބުނެބަލަ.. ޕްލީޒް” އަހަރެން އާދޭހާއި އެކު ވާހަކަ ދެއްކީ އައިރް އެއްވެސް އެއްޗެއް ނުބުނުމުންނެވެ. “އަހަރެންނަށް އަޑުއިވިފައި އޮންނަ އެއްޗެއް.. ހަގީގަތެއް ނޭނގެ” ނުބުނަން އުޅެފައި އައިރް ވާހަކަ ދެއްކިއެވެ. “މިސާލަކަށް ފަންޑިތަ ވެރިއަކު އަޅުވާދޭ.. ތަވީދެއް ނަގާފައި.. ކޮންމެ ބޭނުމެއްގައި ވިޔަސް ޖިންނި ކައިރިއަށް ގޮސްފިނަމަ.. އެ ފަންޑިތަ ވެރިޔާ ހަދާފައި ހުންނަ އެތިފަހަރުގެ ބާރު ކެނޑޭކަމަށް.. އަހަރެން އަޑުއެހިން” އައިރް އޭނަގެ ޖުމްލަ ފުރިހަމަ ކުރިއެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. އެހެންކަމުން އަހަރެން ބަންޝީލް ކައިރިއަށް ދިއުމުން މުހައްމަދުފުޅު އަމިއްލައަށް ހަދާފައި ހުރި ފަންޑިތައިގެ ބާރު ދިޔައީބާއެވެ. އެކަމަކު އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ. “ލުކް އާސީން.. އަހަރުމެން ތަވީދު ކަހަލަ އެއްޗެހި މިއަޅަނީ ބާރުގަދަ ޝައިތާނީ ބާރުން ސަލާމަތް ވާންވެގެން.. އެހެންވީމަ އެކަހަލަ އެއްޗެއް އަޅައިގެން އުޅެފަ.. އެނަގައިގެން.. އެކަހަލަ ޝައިތާނީ ބާރުގެ އެހީގައި އެ އެއްޗެއް ގެންދަން ބޭނުންވާ ތަނަކަށް ދާނީ.. ތަވީދުގެ ބޭނުން ނެތީމަ ދޯ.. އެހާ ހިސާބުން އެތަވީދު ހެދި މީހާގެ ބާރެއް އެޝައިތާނީ އެއްޗަކަށް ނުކުރާނެ.. ޝައިތާނީ އެތީގެ ބާރު ގަދަވާނެ” އައިރް އަހަރެންނަށް ކިޔައިދިނެވެ. އެވަގުތު އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.

“އާސީން.. ޔޫ ކާންޓް ބްލޭމް ޔުއަރ ސެލްފް” އައިރް ތެދުވަމުން ބުނެލިއެވެ. “އަހަރެންނާއި ހެދި.. ބަންޝީލްއަށް ބާރު ލިބުނީ.. އަހަރެން މުހައްމަދުފުޅު މަރާލީ.. އޯހް.. ކީއްތަ އަހަރެންނަށް މި ކުރެވުނީ” އަހަރެންނަށް ރަނގަޅަށްވެސް ރޮވުނެވެ. “ލުކް.. އަސްލު ބަންޝީލްއަކީ ވަރަށް ބަރުގަދަ އެއްޗެއް.. މުހައްމަދުފުޅު މަރުވީ އޭނަގެ ފަރުވާ ކުޑަކަމުން.. އޭނަ އެވަރަށް ނުވިސްނީ.. އެވަރަށް ވިސްނިނަމަ” “އަހަރެން ބަންޝީލް ކައިރިއަށް ދިއުމުން ބަންޝީލްއަށް ބާރުތަކެއް ލިބޭނެކަން އެނގޭނަމަ އަހަރެން ނުދިޔައީމުސް” އައިރްގެ ވާހަކަ މެދުކަނޑާލަމުން އަހަރެންނަށް އެހެން ބުނެވުނެވެ. އައިރް އަހަރެން ކައިރިއަށް ޖެހިލާ އަހަރެން އޭނަގެ މޭގައި ޖައްސާލިއެވެ. “އެކްޒެކްޓްލީ.. އާސީން އެނގޭނަމަ އާސީން އެކަހަލަ އެއްވެސް ކަމެއް ނުކުރާނެ.. ސޯ އެއީ އާސީންގެ ފަރާތުން ވީ ކަމެއް ނޫން.. ދެން ބަލަމާ ދޮންބެ އާސީންގެ ބައްޕައާއި ވާހަކަ ދެއްކީމަ ވާގޮތް.. އެއްބަސް ވެއްޖެނަމަ.. އަހަރެންނަށް އަހަރެންގެ އެކުވެރިޔާ ގެނެސްދެވޭނެތޯ ބަލާނަން.. އޭރުން އެގިދާނެ އެއްނުން ވާ ގޮތް” އައިރް ބުނެލިއެވެ. އަހަރެން އައިރްއާއި ދުރައްޖެހިލަމުން ދެލޯ ފުހެލީމެވެ. “އަހަރެން ބޭނުންވަނީ ނިދާލަން.. ވަރަށް ބޮލުގަ ރިއްސާ އެބަ” އަހަރެން ބުނެލީމެވެ. “އޯކޭ.. އަހަރެން މަޑުކޮށްލާނަން.. އާސީންއަށް ނިދެންދެން” އައިރް ބުނެލިއެވެ. އަހަރެން އައިރްއާއި ދިމާލަށް ބަލާލީމެވެ. އަހަރެންވެސް ބޭނުންވަނީ އައިރް އަހަރެންގެ ކައިރީގައި ބަހައްޓާށެވެ. އަބަދާއި އަބަދު އަހަރެންނާއި ވީހާވެސް ކައިރީގައި ބަހައްޓާށެވެ. އެކަމަކު.. “ނޫން.. އައިރް ދެންދޭ.. އަހަރެންނަށް ނިދޭނީ އޭރުން.. މީހަކު ބަލަން އިންނަންޏާމު ނުނިދޭނެ އަހަންނަކަށް” އަހަރެން ބުނެލީމެވެ. އައިރް ހިނިތުންވެލިއެވެ. “މައްސަލައެއް.. އަންނާނަން ފަހުން..” އެހެން ބުނެ އަހަރެންނާއި ކައިރިއަށް ޖެހިލަމުން އަހަރެންގެ ނިއްކުރިއަށް ދޮނެއް ދިނެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަހަރެން އެނދުގައި އިށީދެލީމެވެ. އަނެއްކާ މުހައްމަދުފުޅު މަރުވީ އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން ހެއްޔެވެ. އަހަރެން އެގޮތަށް ބަންޝީލް ކައިރިއަށް ދިއުމުން ބަންޝީލްއަށް އިތުރަށް ބާރުތަކެއް ލިބެންވީ ކީއްވެ ހެއްޔެވެ. އޭނަ ބާރުގަދަވާންވީ ހެއްޔެވެ. މުހައްމަދުފުޅު ހަށިރައްކަލަށް ކަމެއް ކޮށްފައިވާނަމަ ބަންޝީލްއަށް އޭނައާއި ކައިރިވެވޭނީ ކިހިނެއް ހެއްޔެވެ. ނޫނީ އޭނަ މާ ބޮޑަށް ފަރުވާ ކުޑައީ ހެއްޔެވެ. އަހަރެންނަށް ބޮލުގައި ހިފަހައްޓާލެވުނެވެ. މިހާރު ބަންޝީލް އެބާރު ފޯރުވަނީ ކޮއްކޮއަށެވެ. އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ. ކޮއްކޮގެ ހާލުދެރަވާތައް އަހަރެން ބަލަން ހުންނަންވީ ހެއްޔެވެ. ނޫނީ ހިތްވަރެއް ނެރިގެން އަނެއްކާވެސް ބަންޝީލްއާއި ވާހަކަ ދައްކަން ދާންވީ ހެއްޔެވެ. އެކަމަކު.. އަހަރެންނަށް އެގި ހުރެ އޭނަގެ ބާރު ގަދަ ވިޔަކަ ނުދޭނަމަވެ.

އެހެން އޮއްވާ އަހަރެންނަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ދޮންބެ ގޮވަން ފެށުމުންނެވެ. “ބައްޕައާއި މަންމަ ގޮސްފި.. ކޮއްކޮ ގޮވައިގެން ހޮސްޕިޓަލްއަށް” ދޮންބެ ބުނި އެއްޗަކުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “މާ ބޮޑަށް ސަކާރާތީތަ” އަހަރެންނަށް ވަގުތުން ތެދުވެވުނެވެ. “ހުން މަޑެއް ނުވޭ.. އެހެންވެ.. ދާން ތައްޔާރުވޭ.. ބައްޕަ ބުނީ ކޮއްކޮ ގޮވައިގެން އަންނާށޯ.. އެހެންވެ” ދޮންބެ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. އަހަރެން އަވަހަށް ތައްޔާރުވެލީމެވެ. އަދި ދޮންބެއާއި އެކު ހޮސްޕިޓަލްއަށް ދިޔައީމެވެ. ކޮއްކޮ އޮތީ އެމެންޖެންސީގައެވެ. ޑޮކްޓަރުން ކޮއްކޮގެ ހުންގަނޑު މަޑުކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން އެކި ކަހަލަ ބޭސް ދެމުން ދިޔައެވެ. މަންމަގެ މޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. އަހަރެން މަޑުމަޑުން ގޮސް މަންމަގެ ކޮނޑުގައި ހިފާލީމެވެ. “ބައްޕާ ދެން އެއްބަސްވެބަލަ.. ކޮބާތަ މައްސަލައަކީ” ދޮންބެއާއި ބައްޕަ އެތަނަށް އައިސް ހުއްޓުނެވެ. “އައިރް އޭނަގެ ތަވީދު ބޭނުމެއް ނުކުރޭ.. އީޝަން އެ އެޅުވުމުން ވާނެ ގެއްލުމަކީ ކޮބާ.. އައިރް އެބުނަނީ އޭނަގެ އެކުވެރިޔާއަށް އޭނަ އިތުބާރު ކުރަމޭ.. ބައްދަލު ކޮށްލުމުން ލިބޭނެ ގެއްލުމަކީ ކޮބާ” ދޮންބެ ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެން ބައްޕައާއި ދިމާލަށް ބަލާލިމެވެ. ބައްޕަ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ބޯޖަހާލީމެވެ. “މައްސަލައެއް ނެތް.. އައިރް ކައިރީގައި ބުނޭ އަހަރެން އެމީހާއާއި ވާހަކަ ދައްކާނަމޭ” ބައްޕަ އެއްބަސް ވިއެވެ. ދޮންބެ އުފަލުން ކޮއްކޮ ކައިރިއަށް ދިޔައެވެ.

އޭގެ ފަހުން އެއްގަޑިއިރު ތެރޭގައި ކޮއްކޮގެ ހުންގަނޑު މަޑުވިއެވެ. ޑޮކްޓަރުން ހީކުރީ އެއީ އެމީހުން ކޮއްކޮއަށް ދިން ބޭސްތަކުގެ ސަބަބުން ވީ ކަމެއް ކަމަށެވެ. އެކަމަކު އެއީ ދޮންބެ ކޮއްކޮގެ ގައިގައި ތަވީދު އެޅުމުން ވީ ކަމެއްކަން އަހަރުމެންނަށް އެނގެއެވެ. އަހަރުމެން އަވަހަށް ގެއަށް އައީމެވެ. ކޮއްކޮއަށް ހަމަޖެހިލިައިގެން ނިދާލެވުނީ ގެއަށް އައުމުންނެވެ. ބައްޕަވެސް އައިރްގެ އެކުވެރިޔާއާއި ބައްދަލު ކުރަން އެއްބަސް ވުމުން ދޮންބެ އައިރްއަށް ހެނދުނު ހެނދުނާ ގުޅިއެވެ. އަހަރެންވެސް ކޮއްކޮ ކައިރީގައި މަޑުކޮށްލުމަށްފަހު ކޮޓަރިއަށް އައީ ކުރިން ދުވަހުވެސް އޮފީހަށް ނުދެވޭތީ އޮފީހަށް ދިއުމަށް ތައްޔާރު ވާންވެގެންނެވެ. އޮފީހަށް ދިއުމަށް ތައްޔާރުވެގެން ބޭރަށް ނިކުން އިރު މަންމަ ކައްކާ ބައިގައި އުޅުނެވެ. “މިއަދު ދަރިފުޅު ދާނެ ކަމެއް ނެތް އޮފީހަކަށް” އަހަރެން ފެނުމާއި އެކު މަންމަ ބުނެލިއެވެ. އެގަޑީގައި ބައްޕައާއި ދޮންބެ ސިޓިންރޫމްގައި މަޑުކޮށްލައިގެން ތިއްބެވެ. އަހަރެން މަންމައާއި ދިމާލަށް ބަލާލީމެވެ. “ދަރިފުޅަށް ރަނގަޅަށް އެނގޭނެ.. މަންމަ މިހެން މިބުނަނީ ކީއްވެގެން ކަން.. ދެން..” އަހަރެން ބަލާލުމުން މަންމަ އެހެން ބުނެލިއެވެ. އަދި ސިޓިންރޫމަށް އައެވެ. “ބުނެބަލަ އެމަންޖެ ކައިރީގައި ގެއިން ނުދާށޭ.. ފެނިއްޖެއެއް ނުން.. އީޝަންއަށް ވީ ގޮތް.. އަހަރެން ބޭނުމެއް ނުވޭ އާސީންއަށް އެކަހަލަ ގޮތެއް ވާކަށް.. އަދި އަމުދުން މިހާރު..” ބައްޕައާއި ދިމާލަށް ބަލާލަމުން މަންމަ ބުނެލިއެވެ.

ބައްޕަ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންނަށް މަންމަގެ ބިރުގަންނާނެ ވަރު އިހްސާސް ކުރެވެއެވެ. ބަންޝީލްއަކީ ކިހާ ބާރުގަދަ އެއްޗެއްކަން އަހަރެންނަށް ވަނީ އެގިފައެވެ. ތެދައް ބުނާނަމަ އަހަރެންވެސް ހުރީ ބިރުން ހަލާކުވާން ކައިރިވެފައެވެ. އެކަމަކު އެހެނޭ ކިޔާފައި އަހަރެންގެ މަސައްކަތް އަހަރެންނަށް ނުކޮށެއް ނުހުރެވޭނެއެވެ. “އަހަރެންނަށް އެނގޭ އަހަރެން ބުންޏަސް އާސީން ބުނާ ގޮތެއް ނުހަދާނެކަން… އަބަދުވެސް ބޮޑު މީހަކަށްވެގެން އާސީން އުޅޭނީ” މަންމަ ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ. އެއީ މަންމަގެ އަބަދުވެސް އާދައެވެ. ކަމެއް ކުރަން ބުނެފައި އެކަމެއް އަހަރެން ނުކުރާނެހެން ހީވީމަ. ރުޅި ހަތިޔާރެއްގެ ގޮތުގައި މަންމަ އަބަދުވެސް ބޭނުން ކުރާނެއެވެ. “ކޮއްކޮ މަންމަ އެބުނަނީ ތެދައް.. ދެން މަޑުކުރަންވީނުން މިއަދު” ދޮންބެ ބުނެލިއެވެ. އަހަރެން ދެލޯ ބޮޑުކޮށްލީމެވެ. އަހަރެން ބޭނުންވީ ދޮންބެ އަހަރެންނާއި އެއްކޮޅަށް ވާހަކަ ދައްކާށެވެ. “ކިހިނެއް މަޑު ކުރާނީ.. އިއްޔެވެސް ސަލާމުގައި.. މިއަދުވެސް ސަލާމުގައި ހުރެއްޖެނަމަ ޖައިޝް ކީކޭ ހިތައް އަރާނީ” އަހަރެން ބުނީމެވެ. “އަހަރެން ހިތަކަށް ނާރާނެ އެއްވެސް އެއްޗެކޭ” އަހަރެން ސިހިފައި ބަލާލީ ޖައިޝްގެ އަޑު އިވުމުންނެވެ.

ސިޓިންރޫމްގައި ތިބި އެންމެން އެއަޑު އައި ދިމާލަށް ބަލާލިއެވެ. އޭރު ޖައިޝް ހުރީ ގޭ ދޮރުމަތީގައެވެ. ސަލާމް ގޮވާލަމުން ޖައިޝް އެތެރެއަށް ވަނެވެ. އެހާ ހެނދުނާ އެގޮތަށް ޖައިޝް ފެނުމުން އަހަރެން ހައިރާންވިއެވެ. “ސޮރީ.. އަހަރެން ދޮރުމަތީގައި ހުއްޓާ ހުރިހާ ވާހަކައެއް އަޑު އިވުނީ” ޖައިޝް މާފަށް އެދުނެވެ. މަންމައާއި ބައްޕަ ހިނިތުންވެލިއެވެ. ދޮންބެ އަހަރެންނާއި ދިމާލަށް ބުމަ އަރުވާލިއެވެ. “އަސްލު އަހަރެންވެސް މިއައީ އާސީން ކައިރީގައި އެހެން ބުނަން.. ގޭގައި މަޑުކޮށްލަން ވީނުންހޭ.. މިކަންތައް ކޮންމެވެސް ގޮތަކަށް ނިމެންދެން” ޖައިޝް ބުނެލިއެވެ. އަހަރެން ހިތްހަމަނުޖެހުނެވެ. ޖައިޝް އެއުޅެނީ މިހާރު ކީއްވެ ހެއްޔެވެ. އޭނަ އަހަރެންނަށް މާރަނގަޅު ވެގެން އެއުޅެނީ ކީއްވެ ހެއްޔެވެ. އަނެއްކާ އޭނަ ކޮންކަމެއް ބޭނުންވަނީ ހެއްޔެވެ.

ޖައިޝް އެހެން ބުނުމުން އެތަނުގައި އަހަރެން ދައްކާނެ އެހެން ވާހަކައެއް އަހަރެންނަކަށް ނުވިސްނުނެވެ. އެހެންކަމުން އަވަސް ހިގުމަކާއި އެކު އަހަރެން މިސްރާބުޖެހީ ކޮޓަރިއާއި ދިމާލަށެވެ. އަހަރެން އައި ގޮތުން މަންމަމެންނަށް އަހަރެން ހުރީ ހިތްހަމަނުޖެހިފައިކަން އެނގޭނެވެ. އަހަރެން ކޮޓަރި ތެރޭގައި ހުއްޓާ ޖައިޝް އައިސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުރީ ނުލައްޕާކަމުން އަހަރެން ދޮރާއި ދިމާލަށް ބަލާލުމަށްފަހު އަނެއްފަރާތަށް އެބުރުނީމެވެ. “އާސީން.. މަންމަގެ ބިރު އެއީ ގަބޫލު ކުރެވޭ އެއްޗެއް ދޯ މިކަހަލަ ދަނޑިވަޅުގައި” ޖައިޝް އެތެރެއަށް ވަންނަމުން ބުނެލިއެވެ. “އާ އަހަރެންނަށް މަންމަގެ ރުޅި ގަބޫލު ކުރެވެއޭ.. އެކަމަކު އަހަރެންނަށް ނުވިސްނިގެން މިއުޅެނީ ޖައިޝްއަށް ތި އައި ބަދަލެއް.. މީގެ ކުރިން ޖައިޝް ނުލާހިކު ހިތްހަމަނުޖެހޭނެ އޮފީހަށް މީހަކު ނުނިކުމެއްޖެނަމަ.. ދެން މިއަދަކު.. ކިހިނެއްވީތަ..” އަހަރެން އެހެން ބުނީ ޖައިޝްއަށް ފުރަގަސްދީގެން ހުރެއެވެ. ޖައިޝް އެގޮތަށް ގެއަށް އައިސް އެކަހަލަ ގޮތަކަށް ވާހަކަ ދައްކުން އެއީ އަހަރެން ހިތްހަމަޖެހޭ ކަމެއް ނޫނެކެވެ. “އާ.. ކުރިން އަހަރެންނަކީ ތި ބުނި ކަހަލަ މީހެއް… އޮފީހަށް އެންމެ މީހަކު ނުނިކުތަސް އެމީހަކަށް ވަރަށް ވަރު ބާލާ މީހެއް.. އަދި އޭގެ ތެރެއިންވެސް އަހަރެންނަށް ހާއްސަ މީހަކު ހުރޭ.. އެއީ ތިއީ.. އޭރުވެސް އަހަރެންނަށް އާސީން އެންމެ ދުވަހަކުވެސް އޮފީހުން ނުފެނިއްޖެނަމަ އަހަރެންގެ ހިތައް ހަމަޖެހުމެއް ނުލިބޭ.. އެހެންވެ ސަލާމުގައި ހުއްޓަސް އަހަރެން އާސީން ނެރެނީ.. އެވެނި މިވެނި އެއްޗެކޭ ކިޔާފަ.” ޖައިޝް އަހަރެންގެ ފުރަގަހުން ވަރަށް ކައިރިއަށް އައިސް ހުއްޓުނުކަން އަހަރެންނަށް އެނގުނެވެ.

އަހަރެން ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. “އޭރުވެސް އަދި މިހާރުވެސް އާސީން ތިއީ އަހަރެންނަށް ވަރަށް މުހިއްމު މީހެއް.. ގަބޫލު ކުރަން އޭރު އަހަރެންނަށް އާސީންއާއި މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން.. އެކަމަކު އަހަރެން ބޭނުން އެހުރިހާ ކަމެއް ބަދަލު ކުރަން.. މިއަދު އާސީންގެ މަންމަގެ މޫނުމަތިން އަހަރެންނަށް ފެނުނީ ދަރިއަކަށްޓަކައި އެމަންމަގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން.. އެދަރިފުޅަށް ކަމެއްވެދާނެތީ ގަނެފައިވާ ބިރު.. އެ މަންޒަރަކީ ދުވަހަކުވެސް އަހަރެންނަށް އަހަރެންގެ މަންމަމެންގެ މޫނުމަތިން ފެނުނު މަންޒަރެއް ނޫން..” ޖައިޝް ބުނެލިއެވެ. އޭރު އެމޫނުމަތީގައިވަނީ ފަޑު ހިނިތުންވުމެވެ. “އަހަރެންގެ މަންމަމެންނަކީ އެންމެ ބޮޑެތި މުއްސަދިންގެ ތެރެއިން ނަން އިނގާލެވޭ ވަރުގެ މީހުން.. އެކަމަކު.. އެމީހުންގެ ލޯތްބަށް އަބަދުވެސް އަހަރެން ހުންނަން ޖެހެނި ފެން ބޮވައިގަނެފައި.. މަންމަމެންގެ ލޯތްބަކީ ދަރިއަކަށް އެންމެ މުހިއްމު އެކަތި.. އަހަރެންގެ މަންމައާއި ބައްޕަ މެންނަށް އެންމެ މުހިއްމު ކަމަކަށް ވެފައިއޮތީ ލާރި ހޯދުން.. އަހަރެން އެންމެ ކުޑައިރުއްސުރެއް އަހަރެން ބެލުމަށް ހަވާލުކޮށްފައި ހުރީ ބޭރުގެ މީހަކާ.. މަންމަމެން ހެނދުނު އާއްމުކޮށް ދާނެ އަހަރެންނަށް ހޭނުލެވެނީސް.. އަނެއްކޮޅުން ގެއަށް އަންނާނީ އަހަރެންނަށް ނިދޭފަހުން.. އެގޭތަ އެއީ ކިހާ ބޯރިން ލައިފް އެއްކަން” ޖައިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އޯހް… ސޮރީ.. އަހަރެންގެ ވާހަކައިން އާސީން ބޯރިން ކޮށްލެވިއްޖެ ދޯ..” ޖައިޝް ބުނެލިއެވެ. “ނޫން.. ނޫން.. އަހަރެންނަކަށް ނޭނގޭ ޖައިޝްގެ ތިކަހަލަ ކަމެއް” “އަހަރެން އެއްވެސް މީހަކަށް ނުކިޔައިދެން.. މި ނޫނީ.. މިވަރަކަށްވެސް” ޖައިޝް އެއްލޯ މަރާލަމުން ވާހަކަ ދެއްކިއެވެ.

އެވަގުތު މީހަކު ކަރު ކެހިލި އަޑު އިވުނެވެ. ދެމީހުން ސިހިފައި އެދިމާލަށް ބަލާލިއިރު ދޮންބެއާއި އައިރް ތިބީ ދޮރުމަތީގައެވެ. އަހަރެން ހާސްވީ އަހަރެންނާއި ޖައިޝް އެކުގައި އައިރްއަށް ފެނުނީމައެވެ. ދޮންބެގެ މޫނުމަތިން ފެންނަން ހުރީ ނުލަފާ ހިނިތުންވުމެވެ. އައިރްގެ މޫނުމަތިން ފެންނަން ހުރީ ކޮން އިހްސާސްއެއްކަމެއް އަހަރެންނަށް ބުނެދޭކަށް ނޭނގުނެވެ. “ރޭގައި.. އަހަރެން ނާސިރު ބުނި ތަނުން އެއްކަލަ ފައިލް ނެގީ.. ހިތައް އެރީ އޮފީހަށް ދިއުމުގެ ކުރިން ތި އެންމެންނަށް ދައްކާލާނަމޭ” އައިރް އެތެރެއަށް ވަންނަމުން ބުނެލިއެވެ. “އެފައިލް ބަލައިފިންތަ.. ނާސިރު ބުނީ ތެދެއްތަ” ދޮންބެ އަހާލިއެވެ. “ބަލާލަ ބަލަ” ފައިލް ދިއްކޮށްލަމުން އައިރް ބުނެލިއެވެ. އަހަރެންނާއި ޖައިޝް އަދި ދޮންބެ ފައިލް ކައިރިއަށް ޖެހިލީމެވެ. ފައިލްގެ ބޭރުގައި ކޮންފިޑެންޝިއަލް ބޮޑުކޮށް ރަތް ކުލައިގެ ތައްގަނޑަކުން ޖަހާފައި އިނެވެ. ތިން މީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ފައިލް ހުޅުވާލީމެވެ.

ފައިލްގެ ކޮންމެ ގަނޑެއް ފެނުމުން އަހަރެންނަށް ހައިރާންކަން ލިބެމުން ދިޔައެވެ. އޭގެ ކޮންމެ އަކުރެއް ކިޔުމުން ހިތުގައި ފުނިޖެހި އުތުރިގަތީ ސުވާލު ތަކެވެ. އަހަރެންނަށް އައިރްގެ މޫނަށް ބަލާލެވުނެވެ. “މިހާ ބޮޑު އޮޅުވާލުމެއް.. ކީއްވެ އައިރް.. ކިހިނެއް” އަހަރެން ގަނޑުތައް ދައްކާލަމުން އައިރްއާއި ސުވާލު ކުރިއެވެ. “އަހަރެންވެސް ގަބޫލު ކުރަން.. ފުލުހުން ކަންތައް ފޮރުވާކަމަށް.. އެކަމަކު މިހާ ބޮޑު ހަގީގަތެއް..” ޖައިޝްގެ މޫނުމަތިންވެސް ފެންނަން ހުރީ ހައިރާންކަމެވެ. “އަހަރެންވެސް ތި ލިޔެ ކިޔުންތައް ބަލާފައި ހައިރާންވި” އައިރް ބުނެލިއެވެ. “މީގެން ނުލާހިކު ރަނގަޅަށް އެބަ އެނގޭ ނަޝްފާ މަރާލީ ކާކުކަން.. ހުރިހާ ހެއްކެއް އެބަހުރި.. ނަޝްފާއަށް ޖިންސީ ގޮތުން އަނިޔާ ވެފައިވާކަން މި ޑޮކްޓަރުގެ ލިޔެކިޔުންތަކުން ސާފުކޮށް އެބަ އެނގޭ.. އަނެއްކާ ނަޝްފާގެ ނިޔަފަތި ދަށުން ފެނުނު ލޭގެ ސާންޕަލްއިން ޑީ.އެން.އޭ ޓެސްޓް ކޮށްފަ މިއޮތީ.. ސީ ދަ ރިޒަލްޓް.. މިހުރިހާ އެއްޗަކަށް ބަލާފައި އެބަ އެގޭ ހުމާމްމެން ގަސްދުގައި ކޮށްފަ ހުރިކަމެއްކަން މިއީ” އަހަރެންނަށް ބުނެވުނެވެ. “އަސްލުވެސް.. ތީގެން ހުރިހާ އެއްޗެއް އެނގޭ” އައިރް ބުނެލިއެވެ. “ދެން ކިހިނެއް ހަނދާނީ އަހަރުމެން..” ދޮންބެ އަހާލިއެވެ.

އަހަރެން އެތިން މީހުންނާއި ދިމާލަށް ބަލާލީމެވެ. އަހަރެން ބޭނުންވަނީ އެހުރިހާ ކިޔެކިޔުންތަކެއް ހިފައިގެން ގޮސް ކޮންމެވެސް ކޯޓެއްގެ ގާޒީއަކަށް ދައްކާށެވެ. އޭރުންވެސް ކޮންމެވެސް ކަމެއް ކުރެވޭނެ ނޫން ހެއްޔެވެ. “ނޫން.. އޭރުން އެއްވެސް ކަމެއް ނުކުރެވޭނެ.. އަނެއްކޮޅުން.. ހުމާމްގެ އިތުރުން.. މިކޭސްއާއި ގުޅުން ހުރި އެންމެންވަނީ މަރުވެފައި.. އެހެންވީމަ… ދެން އިތުރަށް މި ކޭސްއާއި އުޅެނީ ކީއްކުރަން” އައިރް ބުނެލިއެވެ. “ކީއްކުރަންހޭ.. ބަލަ އެމީހުން މަރުވީމަ.. އިންސާފު ލިބުނީތަ،.. ނަޝްފާގެ ނަމަށް އަރާފައިވާ ހަޑިކަން ފިލާ ދިޔައީތަ.. އަހަރެން ނާސިރުއަށް ވައުދުވީ.. އެކަންތައް ކޮށްދެން.. ކޮންމެ ގޮތެއް ހަދާފަވިޔަސް އަހަރެން އެކަންތައް ކުރާނަން” އަހަރެން ހުރީ ހިތްހަމަނުޖެހިފައެވެ. އަހަރެންގެ ސަލާމަތަށްޓަކައި ތިބޭ ބައެއް.. މިކަހަލަ ބޮޑު ކަމެއް ކޮށްފާނެ ބާއެެވެ. މިއީ ކޮރަޕްޝަންއެކެވެ. ހަގީގަތް އެގިތިބެ ހަގީގަތް މައްޗަށް ވެލިއެޅީއެވެ. އެކަމަކު އަހަރެން އެހެން ވިޔަނަ ނުދޭނަމެވެ. “އަހަރުމެން ކިހިނެއް ދެން ހަނދަންވީ” އަނެއްކާވެސް ދޮންބެ ސުވާލު ކުރިއެވެ.

ދޮންބެ އެކުރަނީ ރަނގަޅު ސުވާލެކެވެ. އެއްކޮޅުން މި މައްސަލައަކީ ހެކި ނުލިބުމުގެ ސަބަބުން ނިއްމާލާފައިވާ މައްސަލައެކެވެ. އަހަރުމެން މި މައްސަލަ ފަށާކަމަށްވާނަމަ ޖެހޭނީ އަލުން މައްސަލަ އޯޕެން ކުރާށެވެ. ލޯޔަރެއްގެ އެހީގައި އެކަން ކުރެވިއްޖެނަމަ މި މައްސަލަ ހިންދާލުމުގެ އަޑީގައި ތިބި ބަޔަކު އަހަރެން ހޯދާނަމެވެ. “އަހަރުމެން ލޯޔަރެއް ހަޔަރ ކުރެވޭތޯ ބަލަމާ.. މި މައްސަލަ ރަނގަޅަށް ކިޔައިދިނީމަ.. މިމައްސަލައިގައި ދެން ކަންތައް ކުރަންވީ ކަމެއް ބުނެދީފާނެ ނޫންތަ” އަހަރެން ބުނެލީމެވެ. “އާސީން އެންމެ މުހިއްމު ކަންތައް ތި ހަނދާން ނައްތާލަނީ.. މި މައްސަލަ އެންމެ ފުރަތަމަ ދުވަހުވެސް ވެލިގަނޑުގެ ދަށުގައި ވަޅުލެވުނީ ކީއްވެކަން.. އެއީ މިކަމުގައި ހެކި ލިބިފައި ތިބި އެންމެންނަކީ ބޮޑެތި މީހުންގެ ދަރިންނަށް ވީމަ.. ހުމާމްއަކީ މިނިސްޓަރއެއްގެ ދަރިއެއް.. ދެން މިތިބި ކުދިންގެ ތެރެއިން މިއީ މެންބަރެއްގެ ދަރިއެއް.. އެހެންވީމަ.. އެހެންވީމަ މިކަންތައް ނުވާކަމަކަށް ހެދިފައި މިއޮތީ” އައިރް އަހަރެންނަށް ވިސްނާދެވެތޯ މަސައްކަތް ކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ. “އަހަރެން ދަންނަ ލޯޔަރެއް ހުންނާނެ.. އޭނައާއި ވާހަކަ ދައްކާލެވިދާނެ” ޖައިޝް ކުއްލިއަކަށް ބުނެލިއެވެ. އަހަރެން ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. “ކުރިން ކީއްވެ ތިވާހަކަ ނުބުނީ.. އަވަހަށް ހިނގާ ދާން” އަހަރެން އަވަސްކަމާއިި އެކު ބުނެލީމެވެ. ޖައިޝް ފޯނު ނަގާ ލޯޔަރަށް ގުޅާލިއެވެ.

ޖައިޝްއާއި އެކު ލޯޔަރާއި ބައްދަލު ކުރަން އަހަރެންވެސް ދިޔައީމެވެ. މަންމަ އަހަރެން ނުފޮނުވަން ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު ދޮންބެ ދެތިން އެއްޗެއް ބުނުމުން މަންމަ އަހަރެން ފޮނުވަން އެއްބަސް ވިއެވެ. އަހަރެން ހީކުރީ ޖައިޝް އަހަރެން ގޮވައިގެން ދާނީ އޮފީހަކަށް ކަމަށެވެ. ނަމަވެސް އޭނަ އަހަރެން ގޮވައިގެން ދިޔައި ގެއަކަށެވެ. ސަލާމް ގޮވުމުން އެގެއިން ޖަވާބުދިނީ އެގޭ މަސައްކަތު މީހާއެވެ. “އަހްޝަމް ކޮބާ” އެމީހާ ފެނުމުން ޖައިޝް އަހާލިއެވެ. “އެބަ އިންނެވި.. ކޮޓަރީގައި.. ދުރުވޭ” އެތެރެއަށް ހިގައިގަންނަމުން އެމީހާ ވާހަކަ ދެއްކިއެވެ. ޖައިޝް އެމީހާގެ ފަހަތުން ހިގައިގަތެވެ. އަހަރެންވެސް ޖައިޝްގެ ފަހަތުން ދިޔައީމެވެ. “ބޭބެ ހޯދަން” އެމީހާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން އެހެން ބުނެލުމަށްފަހު އެތަނުން ދުރައް ދިޔައެވެ. “ކަލެއަށް އާދެވިއްޖެދޯ.. އަހަރެން ހީކުރީ އަހަރެން މަރުވުމުން މޫނުބަލަންވެސް ކަލޭ ނައަންނާނެކަމަށް” ޖައިޝް އެތެރެއަށް ވަނުމުން މީހަކު އެހެން ބުނެލިއެވެ. އަހަރެން ބަލާލީމެވެ. އޭރު އެކޮޓަރީގެ އެއްފަރާތަކަށް ވާ ގޮތަށް ބަހައްޓާފައި ހުރި މޭޒެއް ކައިރީގައި ހުރި ގަނޑުތަކެއް ހާވަން މީހަކު ހުއްޓެވެ. “ކަލޭގެ މޫނު ބަލަން ކީކުރަން.. އަހަރެން ހުރީ ކަލޭގެ ހިޔަނި އެޅޭ ހިސާބަށްވެސް ނައަންނަން ކަމަށް” ޖައިޝް ރައްދު ދިނެވެ. އެވަގުތު އެމީހާ އަހަރުމެންނާއި ދިމާލަށް ބަލާލަމުން ހީލިއެވެ. “ޖައިޝް ބުނަން. ކަލޭ ނުވާނެ ރަނގަޅެއް” ސަލާމަތް އަތް ދިއްކޮށްލަމުން އެމީހާ ބުނެލިއެވެ. “ތިއީ ރަނގަޅު ވާނެ މީހެއްތަ.. އަހްޝަމް” އަހްޝަމްގެ ސަލާމް ބަލައިގަންނަމުން ޖައިޝް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“އަނެއްކާ މިފަހަރު ކަލޭ ކީއްކުރަންތަ ތިއުޅެނީ.. ކާކުގެ ޅަ ދަރިއެއް ފަހަތަށް ލައިގެން.. އަނެއްކާ ބަފައި މީހާ ހުއްދަ ނުދިނުމުން ސިއްރުން ކައިވެނި ކުރަން ވިސްނަނީތަ..” އެކޮނޑުން ޖައިޝްގެ ގައިގައި ޖެހިލަމުން އަހަރެންނާއި ދިމާލަށް ބަލާލަމުން އަހްޝަމް ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ސާބަހޭ.. އަހަރެން މިއައި” “ބުނަން.. ތިއީ ބޮޑުކަމެއް… ސިއްރުން ކައިވެނި ކުރަން މިއީ ކޮން ޒަމާނެއް.. އެހެން ނޫނަސް ބަފައިކަލޭގެ ނުރުހުން ވަންޏާމު ތިކަން ކުރާކަށް އަހަރެންނަކަށް ނުފެނޭ.. އެހެން ނޫނީ ޖައިޝްގެ ލޯޔަރުގެ އިތުރަށްވެސް އަހަރެންނަށް ތީގެ އުދަގޫ އަންނާނެ” އަހްޝަމް ބުނެލިއެވެ. ޖައިޝް އަހްޝަމްގެ ކޮނޑުގައި ވަރުގަދަ އެތިފަހަރެއް އަޅާލިއެވެ. “އާސީން.. މިއީ އަހަރެންގެ ކުޑައިރުގެ އެކުވެރިޔާ.. އަހްޝަމް.. މިހާރު އަހަރެންގެ ލޯޔަރު ވެސް މެ.. އަހްޝަމް.. މިއީ އާސީން.. އަހަރެންނާއި އެކު އޮފީހުގައި މަސައްކަތް ކުރާ.. އަދި މިހާރު އަހަރެން ވާހަކަ ދައްކަން މިއައި ކޭސްގައިވެސް އެންމެ ބޮޑަށް އުޅެނީ މީނަ” އަހަރެން ތައާރަފް ކޮށްދެމުން ޖައިޝް ބުނެލިއެވެ. “ވައު.. ރިޔަލީ.. ހަމައެކަނި އޮފީހުގައި މަސައްކަތް ކުރާތަ.. އެހެންވިއްޔާ ވަރަށް ސަޅި.. ” އަހަރެންނަށް ސަލާމަތް އަތް ދިއްކޮށްލަމުން އަހްޝަމް ބުނެލިއެވެ. އަހަރެން ހިނިތުންވުމަކާއި އެކު ސަލާމް ބަލައިގަތިމެވެ.

“ހޫމް ބުނެބަލަ.. ކިހިނެއްވީ.. ކޮންކަހަލަ ކޭސްއަކާއި ބެހޭގޮތުން ވާހަކަ ދައްކަން ތިއައީ” އަހްޝަމްގެ މޫނުމައްޗަށް ސީރިއަސްކަމެއް ގެންނަމުން ވާހަކަ ދެއްކިއެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި ދެ ގޮޑި ގެނެސް އެތަނުގައި ބަހައްޓަމުން އިށީނުމަށް ބުންޏެވެ. “މިއީ ވަރަށް ބޮޑު ކޭސްއެއް.. އަހްޝަމް ހަނދާންވޭތަ.. މީގެ ހަވަރަކަށް އަހަރު ކުރިން މަރުވެފައި އޮއްވާ ފެނުނު ނަޝްފާ” ޖައިޝް ބުނެލިއެވެ. އެވަގުތު އަހްޝަމް އެއްޗެއް ހަނދާންކުރާ ކަހަލަ ގޮތަކަށް ބޮލުގައި އިނގިލި ޖައްސާލަމުން ހޫމް އަޅުވާލިއެވެ. “ހޫމް.. އެހާ ބޮޑަކަށް ހަނދާނެއް ނުވޭ” އަހްޝަމް ބުނެލިއެވެ. “އެއީ.. ހެލްތް މިނިސްޓަރގެ ދަރިފުޅު ހުމާމް ބެދުނު މައްސަލަ.. އޭގެ އިތުރަށް އަދި މެންބަރެއްގެ ދަރިއެއްވެސް” “އާ.. އާ.. ހަނދާންވެއްޖެ.. އެމައްސަލައިގައި އެމީހުންގެ މައްޗަށް އެކަން ސާބިތު ނުވާކަމަށްކަށް ނުން ނިންމީ..” އަހްޝަމްވެސް އޭނަގެ ގޮޑީގައި އިށިދެލިއެވެ. “އާ.. އަނެއްކާ އޭގެ ފަސްއަހަރު ފަހުން.. އެކޭސްގައި ޝައްކުވި އެންމެން މަރުވީ.. އަދި އެކަން ތަހުގީގު ކުރި ދެ ފުލުހުންވެސް.. އެކަން ސާބިތު ނުވާކަށް ނިންމި ގާޒީވެސް” ޖައިޝް ކިޔައިދިނެވެ. “ސޯ.. މިހާރު ތި ކޭސްގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ” އަހްޝަމް އަހާލިއެވެ.

“އަލުން އެކޭސް ހުޅުވަންވީ.. އޯޕެން ކުރަންވީ..” ޖައިޝް ބުނެލިއެވެ. އަހްޝަމް ބަލާލީ ތިކިޔަނީ ކީކޭހޭ އަހާލާ ފަދަ ގޮތަކަށެވެ. “އެކޭސްގައި އެމީހުންގެ މައްޗަށް ސާބިތު ނުވާކަމަށް ނިއްމީ އެތެރެ އެތެރެއިން އައި އެއްޗަކުން.. އަސްލު ހެކިން އެނގޭ އެމީހުންކަން އެކަން ކުރީ..” ފައިލް ނަގާ އަހްޝަމްގެ މޭޒުމަތީގައި ބާއްވަމުން ޖައިޝް ބުނެލިއެވެ. އަހްޝަމް ވާނުވާ ނޭނގޭ ހާލުގައި އިދެ ފައިލް ހުޅުވާލިއެވެ. ފައިލް ބަލަމުން ގޮސް އަހްޝަމް އޭނަގެ ގޮޑިން ތެދުވިއެވެ. އޭރު އެމޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. “ޖައިޝް ކޮންތާކުން ހޯދި އެއްޗެއް މިއީ” ހައިރާންކަމުން ފުރިފައި ހުރެ އަހްޝަމް އަހާލިއެވެ. “ތިއީ މުހިއްމު ސުވާލެއް ނޫން.. ތީގެން އަހަރުމެންނަށް މި ކޭސް އަލުން ރީއޯޕެން ކުރެވޭނެތަ… އަހްޝަމް އަހަރުމެންނަށް އެހީވާނަން” ޖައިޝް އަހަރެންގެ މޫނަށް ބަލާލަމުން އަހްޝަމްއާއި ސުވާލު ކުރިއެވެ. “ޖައިޝް.. ޖައިޝް ތިއުޅެނީ މަރުވާނެ ފަސޭހަ ގޮތެއް ހޯދަންތަ.. އެހެންވީއްޔާ އަހަރެން ބުނާ ގޮތެއް ހަދާ.. އަހަރެން ވާގަޑެއް ދިނީމަ ދައްޖެހޭ.. އެވެސް މިއަށް ވުރެއް ފަސޭހަ ވާނެ ގޮތެއް” ފައިލް މޭޒުމައްޗަށް އެއްލަމުން އަހްޝަމް ބުނެލިއެވެ. “އެނގޭދޯ މިއީ މަރުގެ އެތިފަހަރެއްކަން” އަހްޝަމް އަހަރުމެން ދެމީހުންނާއި ދިމާލަށް ބަލާލިއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 51

Next

އަހަރެންގެ ވާހަކަ (އަށާރަވަނަ ބައި)

Next
May 24, 2016

އަހަރެންގެ ވާހަކަ (އަށާރަވަނަ ބައި)

Previews
May 23, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 51

16 Comments!

  1. ken? says:
    May 24, 2016 at 12:31 am

    awwwnn…..wait ingey story kiyaalaafa adhi comment kohlaanan…??

    1. Fantasy says:
      May 24, 2016 at 12:34 am

      ohww.. ken ge dhoo furathama comment eh koh lee thi.. v happy vejje 🙂

  2. Fantasy says:
    May 24, 2016 at 12:33 am

    mi baives hurihaa kudin nah kamudhaane kamah heekuran.. hurihaa kudinge hiyaal thakah maruhaba 🙂

  3. ken? says:
    May 24, 2016 at 12:48 am

    aslu eineenu ahsham kobaahey airu ehiyey koyaafa in line wi…ethaanga aslu jaish dhw innaanee…i guess dats a mistake…?
    story is awesome…✌ i feel smthn fishy is gng with airu also i mean it seems like he is hiding smtng or de truth he told abt himself is jus a story…?
    mi ahsham keevebaa ebunee maruge ethi faharekey…? eyna ah maakurin ves knmes eichei engifa oihen heevanee…????
    mi story kiyamun dhaairuga dn vaane gothakaa medhu abadhuves visney…fantasy v molhu thrill eichehi liyan..n de way u keep all de suspense iz jux wooooww….?❤?✌?

    1. Fantasy says:
      May 24, 2016 at 8:02 am

      thnks ken bodu koh igey 🙂 ya eiy mistake eh.. thnks ethan faahaga kohla dhinyma 🙂
      thihaa lobi comment eh kohleema v v v v v v bodah thnks 🙂

  4. ny says:
    May 24, 2016 at 7:22 am

    Haadakurey mifaharu part reethi v mipartves ♡♡♡♡♡♡♡♡♡♧¤♤♧♢¤♤♡■□

    1. Fantasy says:
      May 24, 2016 at 8:02 am

      thnks ny 🙂 dhen genna bai dhigu koh leveytho balaanan igey 🙂

  5. same says:
    May 24, 2016 at 9:05 am

    Story varah reethi. Next part avahah up kollachchey

  6. Faxoo says:
    May 24, 2016 at 9:14 am

    Fantasyyyy! wow mibai ves varah varah reethi. <3 hahah banned wedding dhw 😛 😛 i like the mixed emotions in this story 😀 keep it up Fantasyy waiting fr the nxt prt

  7. princess says:
    May 24, 2016 at 9:50 am

    Hey fantasy…hw yu…vv rythi mi prt vx..ekm mi vaahakaige ehn prt thah haa dhigeh nun dhw….kn orakun nxt prt…waiting….?…gd luck….

  8. Isheee says:
    May 24, 2016 at 3:07 pm

    Wow vvv reethi. Next part avahah up kohlla dheythi please

  9. Nern.. says:
    May 24, 2016 at 4:38 pm

    reethi ….ekam thankolheh avahah up kohdhehchey..

  10. shue says:
    May 24, 2016 at 5:57 pm

    Wow v v v reeethi mi baiii ves…m waiting for the next part….

  11. Nillu says:
    May 24, 2016 at 7:39 pm

    Masha Allah.. Haadha furihama vaahakaekey.. Fantasy yu are an amazing writer??.. I love the unique thinking of yours.. ?? Its beeeeuuuutiful.. ?❤❤❤????

  12. Raappe says:
    May 24, 2016 at 9:50 pm

    Hafthaa aku episode eh v ma vvv kada

  13. Enaash says:
    May 27, 2016 at 8:07 pm

    Fantasy story v salhi bt enaash ge eboi suvaaleh… airu ah aashyn ge mind read kurevey iru keehvetha naasiruge nukureveny

Comments are closed.

Next Episodeއިންސާފް.. 19 ވަނަ ބައި..←


All Right Reserved!