އަދި އުނޫޝް އެއްލުމާއިއެކު އޭނާގެ ސީދާ އަތަށް ވެއްޓުނު ބުރުގާ އަޅާލައި ރީތި ކޮށްލަމުން ފަތައިލާ މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. އުނޫޝްވެސް އޭރު ފަތާފައި ތަންކޮޅެއް ދުރަށް ގޮއްސިއެވެ. ނާޝް ދެން ބަލައިލީ ފަހުމާމެންނާއި ދިމާލަށްށެވެ. އޭރު ފަހުމާޔާއި ލާމިއު ސަކަރާތް ޖަހަމުން ދިޔައެވެ. ލައިޝަމް ކައިރީގައި ނެތުމުން އީނާޝް ދެކޮޅު ބަލައިލިއެވެ. އޭރު ވަރަށް ދުރުގާ ގެނބެމުން ދިޔަ ލައިޝަމް ފެނުމާއިއެކު ” ލައި” އޭ ކިޔައި ގޮވާ ލެވުނެވެ.
ފަހުމާޔާއި ލާމިއުވެސް ސިހިފައި އީނާޝްއާއި ދިމާލަށް ބަލައިލެވުނީ އެވަގުތުއެވެ. އޭރު ގެބެމުން ދިޔަ ލައިޝަމް ފެނިފައި ފަހުމާ ވެއްޓޭން ދަނީއެވެ. ލާމިއު ފަތައިގަތީ ލައިޝަމް ސަލާމަތް ކުރެވޭތޯއެވެ. ފަހަތުން އުނޫޝްވެސް ފަތައިގަތެވެ. އީނާޝް ގޮސް ވެއްޓެމުން ދިޔަ ފަހުމާގެ ސަލާމަތް ކުރެވޭތޯ ބެލީއެވެ. އޭރު ދުވެފައި ކަހަލަ ގޮތަކަށް ސާއިމް އާއި ނަޝާޔާވެސް މޫދަށް އެރެނީއެވެ. ސާއިމް އައިގޮތަށް ފަހުމާ އުފުއްލާލަމުން އެއްގަމަށް އަރަން ފެށިއެވެ. ސާއިމްގެ ފަހަތުން އީނާޝްއާއި ނަޝާޔާވެސް އެއްގަމަށް އަރަމުން ދިޔައެވެ.
އުނޫޝްއާއި ލާމިއު ދިޔައީ އެމީހަކަށް ފެތޭ އެންމެ އަވަހަކަށް ފަތަމުންނެވެ. ދެމީހުންވެސް އޭރު ވަރުބަލިވަމުން ދިޔައެވެ. ނަމަވެސް ބަލި ގަބޫލް ކުރާކަށް ލާމިއު ބޭނުމެއް ނޫނެވެ. އޭނާ އޭނާގެ ކުއްޖާޔަށްޓަކައި ކޮންމެ ކަމެއްވެސް ކުރާނެއެވެ. ލާމިއުއަށް ލައިޝަމްގެ އަތުގައި ހިފާލެވުނެވެ. އަދި ލައިޝަމް އޭނާގެ ކޮނޑުގައި ބާއްވަމުން ފެތޭތޯ މަސައްކަތް ކުރަން ފެށިއެވެ. އުނޫޝްވެސް ލާމިއުގެ ފަހަތުން ފަތައިފައި އެއްގަމަށް އަރަންފެށިއެވެ.
***
” ފަހޫ. ޕްލީޒް ވޭކް އަޕް. ފަހޫ. ” އެނދުގައި އޮށޯއްވެގެން އޮތް ފަހުމާގެ ބޮލުގައި އަތްކާތަމުން ނަޝާޔާ ގޮވަމުން ދިޔައެވެ. އޭރު އޭނާގެ ދެލޯ ކަރުނައިން ދެމިއްޖެއެވެ. ގިސްލެވެމުންވެސް ދިޔައީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. ދުރުގައި އީނާޝްއާއި ސާއިމްވެސް ހުރީ ކަންބޮޑުވެފައެވެ. އީނާޝްއާއިމެދު ނަޝާޔާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އޭނާގެ ހިތުގައި ނަޝާޔާއަށްޓަކައި ހަމްދަރްދީ އުފެދުނެވެ. ސާއިމްގެ މޫނު ދިރާސާ ކުރާކަށް އެކަކަށްވެސް ނޭނގޭނެއެވެ. ސާއިމް ހުރީ ހަމްދަރްދީވެފައި ކަމެއް އަދި ރުޅި އައިސްފައި ކަމެއްވެސް މީހަކަށް ނޭނގޭނެއެވެ.
” ހުރިހާ އެންމެން ވަރަށް އަވަހަށް. ލައިގެ ވަރަށް ހާލް ދެރަ. އެހެންމަ ދާ މީހަކު ވެއްޖިއްޔާ އަވަހަށް އާދެ. މަޑު ކުރެވޭކަށް ނެތް. ” ކޮޓަރީގައި ތިބި އެންމެން ސިއްސައިގެން ދިޔައީ އުނޫޝްގެ އަޑަށްށެވެ. ރޮވެފައި ހުރި ނަޝާޔާއަށް ބާރަކަށް ގޮސް އުނޫޝްގެ ގައިގާ ބައްދައިގަނެވުނީއެވެ. މަންޒަރު ބަލަން ހުރި ނާޝްގެ ލޮލުން ވެއްޓުނު ކަރުނަތިކި އެންމެ ރިޗަށްވެސް ފެންނާނީ ސާއިމްއަށްށެވެ. ސާއިމްއަށް ދަތްކުޑި ވިކާލެވުނީ ނަޝާޔާދެކެ އާދެވުނު ރުޅިއެއްގެ ސަބަބުންނެވެ. އުނޫޝްވެސް ހުރީ އެހައި ބޮޑަށް ހިތްހަމަޖެހިފައެއް ނޫނެވެ. ނަމަވެސް މިފަދަ ހާލެއްގައި ނަޝާޔާއަށް ކުރާނެ އަސަރު އޭނާޔަށްވެސް އިހްސާސްކޮށްލެވުނެވެ. އަދި ނަޝާޔާގެ ކޮނޑުގައި ހިފައި ދުރު ކޮށްލަމުން އަވަހަށް ދާން ހިނގާށޭ ބުންޏެވެ. ނަޝާޔާވެސް ކަރުނަތަށް ފޮހެލައި ބޯޖަހައިލިއެވެ.
***
އީނާޝްމެން އެންމެ ހިނދުކޮޅަކުވެސް މަޑު ނުކޮށް ރަށަށް ދިޔައީއެވެ. އޭރު އެންމެންގެ ލޯތަކުންވެސް ކަރުނަ ދިޔައީ އޮހޮރެމުންނެވެ. ކިރިޔާހެންވެސް ކެތްތެރިކަން ވަރުގަދައީ ސާއިމްއާއި އުނޫޝްގެއެވެ. އުނޫޝް ހުރީ ހޭނެތިފައި އޮތް ފަހުމާގެ ކައިރީގައި ގިސްލަމުން ދިޔަ ނަޝާޔާ މައިތިރި ކުރެވޭތޯއެވެ. އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ދިޔަޔަކަ ނަޝާޔާ ނުދެއެވެ.
ދޯނި ދުއްވަން ހުރީ ސާއިމްއެވެ. އޭރު އީނާޝް މަސައްކަތް ކުރަމުން ދިޔައީ ލައިޝަމް ރަނގަޅު ކުރެވޭތޯއެވެ. އަންގައިން ނޭވާދީ އެތައް ކަމެއް ކުރިއިރުވެސް ލައިޝަމް ނޭވާލާ ގޮތެއް ނުވެއެވެ. ލައިޝަމް ސަލާމަތް ކުރެވޭނެ ކަމުގެ މާބޮޑު އުންމީދެއް އީނާޝްގެ ނެތެވެ. ނަމަވެސް އޭނާޔަށް ވީވަރަކުން އޭނާ މަސައްކަތް ކުރާނެއެވެ. އޭރުވެސް އެއްވެސް ހިތްވަރު ކުރުމެއްނެތި ލާމިއު ދިޔައީ ގިސްލައި ރޮމުންނެވެ. ލާމިއު ކަހަލަ ފިރިހެނެއް އެގޮތަށް ގިސްލައި ރޯންފެށުމުން އީނާޝްގެ ހިތަށްވެސް ތަދުވާން ފެށިއެވެ. ބައެއް ފަހަރު ފިރިހެނުންގެވެސް ހިތްވަރު އެލޭކަން އޭނާޔަށް ގަބޫލް މިކުރެވުނީ އަދި އަލަށްށެވެ.
****
” ލައި. ލައި. މަންމަ ދޫނި. ދޫނި ނޫން. ނޫން. މަންމަ މިދަނިއްޔޭ ލައި ބަލާ.” ހުވަފެނު ތެރޭގައި އޮވެ ފަހުމާ ވާހަކަ ދައްކަން ފެށުމުން ނަޝާޔާއަށް ” ފަހޫ. ހޭލަބަލާ” ށޭ ކަޔައި ހަޅޭއްލަވައި ގަނެވުނެވެ. ފަހުމާއަށް ހަމަހޭވީ ދެނެވެ. އޭނާޔަށް ވިސްނައިލެވުނީ މިއޮވެވުނު ތަނެއް ނޭނގުމުންނެވެ. އޭރު ހޮސްޕިޓަލްގައި އޮވެވެމުން ދަތުރު ގޮސްފައި ހިނގާދިޔަ ކަންތައް ހަނދާނަށްއައެވެ.
” ކޮބާ ލައި؟ ކޮބާ ލައި؟ އަޅެ އަހަރެން މިއަހަނީ ކޮބާހޭ ލައިއި..” ގިސްލަމުން ދިޔަ ނަޝާޔާގެ ކޮނޑުގައި ހިފައި ބާރަކަށް ތަޅުވަމުން ފަހުމާ އަހަމުން ދިޔައެވެ. ނަޝާޔާގެ ކިބައިން ޖަވާބެއް ނުލިބުމުން ފަހުމާ އުޅުނީ ތެދުވެގެން ދާށެވެ. ނަމަވެސް އައިވީ ގުޅައިފައި އޮތުމުން އެކަންވީ އޭނާޔަށް އުނދަގޫ ކަމަކަށްށެވެ. ދެން ފަހުމާ މަސައްކަތް ކުރީ އައިވީ ނައްޓަލެވޭތޯއެވެ. ނަމަވެސް ނަޝާޔާ ތިމަންނަ ނައްޓައިދޭނަމޭ ބުނީ ފަހުމާ ގޮތްދޫނުކުރާނެކަން އެނގޭތީއެވެ.
ހަމަ ނައްޓައިދިނުމާއިއެކު ނަޝާޔާ ދުއްވައިގަތެވެ. އޭނާ ފުރަތަމަ އޮޕްރޭޝަން ކުރާ ރޫމަށް ދިޔައެވެ. ނަމަވެސް އެތަނުން ނުފެނުމުން އޭނާޔަށް ނުބައި އިހްސާސެއް ކުރެވުނެވެ. ވަގުތުން ދުއްވައިގަނެވުނީ ލާމިއުމެންގެޔަށް ދިއުމަށްށެވެ. އޭރު އަނގަ މަތީ އަތްއަޅައި ރޮމުން ނަޝާޔާވެސް ދުއްވައިގަތެވެ.
ލާމިއުމެންގެޔާއި ހަމައަށް އެރުމާއިއެކު ބޭރުގައި އެއްވެތިބި މީހުން ފެނުމާއިއެކު ފަހުމާގެ ހިތުގެ ތެޅުން އިތުރަށް ބާރުވާން ފެށިއެވެ. އަދި ހުރިހާ އެންމެންގެ ތެރެއިން ފުރޭނެމުން ކަހަލަ ގޮތަކަށް ގޮސް ގޭގެ ދޮރު މަތީގައި ހުއްޓެލި ފަހުމާގެ ހިތަށް އެއްފަހަރާ އެތައް ތީރުތަކެއް ހެރުނު ފަދައެވެ. ކަފުނަށް ލާފައި އެއޮތީ ދެވަނަ އެހެން ކުއްޖެއް ނޫނެވެ. އޭނާގެ ބަނޑުގައި 9 މަހާއި ނުވަ ދުވަހު ބާއްވާ 6 އަހަރު ވައްދެން އޭނާގެ ހިތުތެރޭގައި ފޮރުވައިގެން ގެންގުޅުނު ލައިޝަމްއެވެ. އެމައުސޫމް ލައިޝަމްގެ އެއްވެސް ކުށަކާއި ނުލާ މިދުނިޔެއިން ނެތިފަނާެގެން ދިޔައީއެވެ. ފަހުމަޔަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ލައިޝަމްގެ މޫނުގައި ފިރުމެން ފެށުނީ މިފަދައަށް ފިރުމާލެވޭނެ ފަހު ފަހަރޭ ހިތަށް އެރުމުންނެވެ. އޭނާ އުޅޭގޮތުން ހީވަނީ މޮޔަ ވެގެން އުޅޭ އިންސާނެއް ހެންނެވެ.
” ސްޓޮޕް ދެޓް. ޑޯންޓް އިވެން ޓަޗް ހިމް. ” އެންމެންނަށް އެއްފަހަރާއި ބަލައިލެވުނީ ފަހަތުން އިވުނު ލާމިއުގެ އަޑަށްށެވެ. ފަހުމާ އަށްވެސް ލާމިއުއާއި ދިމާލަށް ބަލައިލެވުނީ ސުވާލު އުފެދިފައި ހުރެއެވެ.
” އަހަރެންގެ ދަރިފުޅުގެ ގާތިލަކު އަހަރެންގެ ދަރިފުޅާއި ވައިއެޅޭންވެސް އަހަރެން ބޭނުމެއް ނޫން. އަޑު އިވިއްޖެތަ؟” ލާމިއު ކިޔާ އެއްޗެއް ފަހުމާއަކަށްވެސް އަދި ދެން ތިބި މީހުންނަކަށްވެސް ނޭނގެއެވެ. އަނެއްކާ ލާމިއު މޮޔަ ވީ ހެއްޔެވެ؟
” ލާމީ. ވަޓްސް ރޯންގ. ކިހިނެއްވެފަތަ ތިހުރީ؟ ކީކޭ ތަ ތިކިޔެނީ؟ އަހަރެންންން..” ލާމިއު އާއި ގާތްވެލަމުން ފަހުމާ އަހަން ފެށިއެވެ.
” އަހަރެންނަށް އެކްސްޕްލޭން ކޮށްދޭންޖެހޭ އެކަށްޗެއްވެސް ނޯންނާނެ. އަމިއްލަ ދަރިފުޅު މަރާލަން ކެރުނު މަންމަޔަކަށް ނުކެރޭނެ ކަމެއް އޮވޭތަ؟ ކަލޭ ކައިރީ ކަލޭ މަންމަޔޭ ބުނީ ލައި ގޮވައިގެން ނުދާށޭ. ދެރަގޮތެއް ވެދާނެއޭ. އެކަމް ތީ ގަބޫލް ކުރަންވެސް ކެރޭ އެއްޗެއް ނޫނޭ. އަހަންނަށް އަދި ކިރިޔާ މިއެނގުނީ ކަލޭ ލައި ގެންދަން ބޭނުންވީ ކީއްވެކަން. ކަލޭ ބޭނުންވީ ލައި މަރާލަން. އަހަންނަށް ތަންކޮޅެއް ކުރިން އެނގުނުނަމަ ދޯ. ތިއެއްޗަކާ ހަދައިގެން މަގޭ ދަރިފުޅު….” ފަހުމާގެ އިސްތަށިގަނޑުގައި ހިފަމުން ލާމިއުއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. އޭރު އައްދިއްޔޯއޭ ކިޔައި ފަހުމާ ހަޅޭއްލަވަމުން ދިޔައެވެ.
” ލާމިއު. މޮޔަވީތަ؟ ހަމަމިހާރު މަގޭ ދަރިފުޅުގެ ގައިން ދޫކުރޭ.” ރުޅި އައިސް ރަތްވެފައި ހުރެ ނަޝީދު ހަޅޭއްލަވައިގަތެވެ. ލާމިއު ފަހުމާގެ އިސްތަށިގަނޑުން ދޫކޮށްލާ ހުރާލިއެވެ. އެވަގުތު ފަހުމާ ގޮސް ވެއްޓުނީ މޫނު ބަލަން އައިސް ހުރި ކިޔާންގެ އަތަށްށެވެ.
ފަހުމާ ކިޔާންގެ އަތްމަތިން ތެދުވެލައި އަނެއްކާވެސް ލައިޝަމްއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ލާމިއު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
” ބަލަ ކަލޭ ކައިރީ މަބުނީ މަގޭ ކުއްޖާގެ ގައިގަ އަތްނުލާށޭ. އަޑު ނީވެނީތަ؟ އަނެއްކާވެސް ޖަހަންވީތަ؟” ލާމިއު ބުނަމުން ދިޔައެވެ.
” ލާމިއު އަކަށްށެއް މަށާ މަގޭ ދަރިޔަކާ ދުރެއް ނުކުރެވޭނެ. އަދި އަހަރެންގެ ގައިގަ ޖެހުމގެ ހައްގެއްވެސް ނޯންނާނެ. އަހަރެންގެ ކުއްޖާ އިރުކޮޅަކުން ވަޅުލެވިގެންދާ އިރު އެހައްގު އަހަންނަށްވެސް އޮންނާނެ ކަންނޭނގެ.” ލާމިއުގެ ކުރިމަތީގައި އެއްޗަކަށް އެއްޗެއް ބުނަމުން ފަހުމާ ދިޔައެވެ.
” ކަލޭ އަކަށް ހައްގާއި ނުހައްގެއް ނޭނގޭނެ. މީ މަގޭ ގެ. މިގެއިން ކޮންމެ މީހެއް ނެރުމުގެ ހައްގު ހަމަގައިމުވެސް އަހަންނަށް އޮންނާނެ. ނެރެނުލަނީސް ނިކުމެގެން ދޭ.”
” އަހަރެންމީ މިގޭގެ ވެރިމީހާގެ އަންހެނުން…” ފަހުމާގެ ވާހަކަ ފުރިހަމަ ނުވީ އޭނާގެ އަތުގައި ހިފާ ލާމިއު ގެއިން ބޭރު ކޮށްލުމުންނެވެ.
” ބުނަން މިއަދަށްފަހު ތީ މަގޭ އަންބެއްވެސް ނޫން. އަދި މިގެޔަށް ވަދެގެންވެސް ނުވާނެ.” ލާމިއު ބުނި ޖުމްލަވެގެން ދިޔައީ ހުރިހާ އެންމެންވެސް އެންމެ އަޑު އަހަން ބޭނުންނުވާ ޖުމްލަޔަކަށްށެވެ. ފަހުމާގެ ހިތްވެސް އޭރު ފުނޑުފުނޑު ވެއްޖެއެވެ. ގޭތެރޭގައި ހުރި ނަޝީދުއާއި ފަހީމާއާއި ނަޝާޔާއާއި އީނާޝް ވަގުތުން ބޭރަށް ނިކުތެވެ.
” ކަލޭ ހަނދާން ކުރާތި. މިއަދަށްފަހު މަގޭ ދަރިފުޅު ހޯދަންވެސް ނާންނާތި. ދެކިލަންވެސް ނާންނާތި. އަލުން މާފަށް އެދިގެންވެސް ނާންނާތި. މިއަދު ކަލޭ ތިކަންތައް ކުރި ގޮތުގެ ޖަޒާ އަބަދަށްވެސް ކަލޭއަށް ލިބޭނެ. ތީ ހަމަ ތާކު ހުރި ދައްޖާލެއް.” މިހެން ބުނަމުން ނަޝީދު ފަހުމާ ނަގައި ފަހީމާއާއިއެކު ގެޔަށްދާން ހިނގައިގަތެވެ. ފަހަތުން ނަޝާޔާއާއި އީނާޝްވެސް އާދެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.




Here is 11th prt.. Ushaayah bunevunu kanneynge 1 week fahunney up vaany.. Bt thi kudin kiyaa hithun hure dhaane thy up kury hama..
Hope u wil lyk this prt..
Varah varah reethi Dhen konirakuntha up vaanee
Thnkxx.. Neigey bunaakah… Cox always exams exams exams…
OMG ushaa.. mi vee kihineh .. so sad??? Rovihje hama.. alhey lai baby maruveetha ?..laamiu vex haadha goahey dhw..poor fahuma.. keep going.. ☺☺
Thnkxx alot aff..
Asarugadha stoey eh.. keep it up!!
i meant STORY*
THnk yuh harry…
varah varah reeeeeeeeeethi…..
Thnkxx meesha…
ushee haadha salhi koh vaahaka anburaali
Thnk yu vrh vrh vrh vrh bodah… mesw…..
Alhey laamiu haadhagohey dhw poor fahuma a ehen hadhaaka nuvaanenu.?..stroy v v v nice next part avaha up kurachey.❤
Ya.. I ll try my best 2 up fast… Nxt prtvx kiyaalahchey.. Thnxxxx…
V reethi…heeves nukuraakahala gotheh dhw mivee….dheraves vehjje…anyways nxt part avas kohllahchey….
Yes. Insha allah nxt prt v avas kollanan.. Thnk yuh..
V reethi.. avahah up kohdhehchey
Thnxx shifu. Insha allah I ll try my best
V reethi ❤
Thnxxx.. Ainthu….
Mi story kiyaalaa kah ehaafaseyhaa noon.
Thnxx… Ya i know it ll happen since its my 1st stwrii…. Bt I will try my bst ingey…..
Reethi ekam maa bodahves kuru..konme partehga thanfukeh..
Thnk yu… Nxt prt ehn prt thakah dhigu koh liyaanan… Kiyaalaafa cmmnt kohlahchey….
nice
avahah up kohdhehcheh.. nd dhn e dhemyhunneh nugulheynetha
Kiyaalyma ennu engeynee dw.. Thnkx