ކުޑަކުޑަ އަވީން ގޮވައިގެން އާސިޔާ އުޅެން ފެށުމުން އާމިރުގެ ހިތުގައިވެސް އަވީނަށް ލޯބި ޖެހެން ފެށި ކަހަލައެވެ. އާސިޔާ އަންޖުމް ބަދަލު ކުރީ އޭނާގެ ވަރަށް ގާތް ރަހުމަތް ތެރިއެއްގެ ގެއަށެވެ. އެހާލުގައު އަންޖުމް އެގޭގައި ބާއްވަން އާސިޔާ ބޭނުން ނުވީއެވެ. އަންޖުމްއަށް ގޮވާލަން ވިލިގިއްޔަށް ދިޔައިރު އާސިޔާ ދިޔައީ އަވީންވެސް ގޮވައިގެންނެވެ. އެކުޑަ ކުއްޖާއަށް މަންމަ ރޮއެގަނެފައި އައިސް ބައްދާލައިފިއެވެ. ނަމަވެސް އަންޖުމްގައި އަވީންގެ ކޮލުގައި ބޮސްދޭހައި ހިތްވަރެއްވެސް ނެތެވެ. އެއަށްވުރެ އެފަކީރުވަނީ ވަރު ދެރަ […]
“ދަރިފުޅާ… ދެންހޭލަބަ… މިހާރު އެހަތެއް ޖެހީ… މިއަދުވެސް އެހެންނޫނީ ސައިނުބޮވެ އޮފީހަށް ދާާންޖެހޭނީ…” ޒަލަފްގެ ކޮޓަރި ދޮރުގާ ޓަކިޖަހަމުން އަޒްމާ ގޮވަމުން ދިޔައެވެ. އިރުކޮޅަކުން ޒަލަފް ކޮޓަރި ދޮރުހުޅުވާލުމަށްފަހު މަންމާ މިހޭލީއޭ ބުނެ ތުވާލިނަގާ ކޮނޑަށް ލަމުން ފާހަނައަށް ވަނެވެ. ޒަލަފްއަކީ މާހިރުއާއި އަޒްމާގެ އެންމެ ހަގުދަރިއެވެ. ޒަލަފްގެ ބޮޑަށް ހުންނަ ޒިޔާން އުޅެނީ އޮސްޓްރޭލިއާ ކުއްޖަކާ އިނދެގެން އޮސްޓްރޭލިއާގައެވެ. އެހެންވެ އަޒްމާއާއި މާހިރު ޒަލަފް ގެންގުޅެނީ ކުޑަކުއްޖެއްހެންނެވެ. އުމުރުން ތޭވިސް އަހަރުވިޔަސް ޒަލަފްގެ ގިނަ ކަންތައްތައް […]
އެރޭ ނަސީރު ގާތު ޖަންނަތުއާއި ކައިވެނި ކުރަން ބޭނުން ވާހަކަ އަބްޔާން ބުނުމުން ނަސީރުއަށް ލިބިގެން ދިޔަ އުފާވެރިކަން މޫނުމަތިން ފެނުނެވެ. ހީވީ ނަސީރު މާ ކުރިންވެސް އެދި އެދި ހުރި ކަމެއް ހާސިލްވީ ހެނެވެ. “ހަމަ ތެދެއް މިބުނީ ބައްޕަ ވަރަށް އުފާވެފަ މިހިރީ. އަބަދުވެސް ބައްޕަ ހިތުގަ އޮވޭ އަބީ ނޫނީ ޔާން ނަމަވެސް އެމަންޖެ މިގެއަށް ގެންނަ ނަމައޭ.” ނަސީރު ނިކަން ހެވިފައި އިނދެ ބުންޏެވެ. “މަންމަ ގާތު މިވާހަކަ ބައްޕަ ދައްކަވާނަން […]
ލައިޝަމްއާއި ދިމާލަށް ބަލައިލާ ނިދާފައި އޮތުމުން ނަޝާޔާ ނިކުމެގެން ދިޔައެވެ. އޭރުވެސް އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް ބޮނޑިވެއްޖެއެވެ. ސާއިމްއާއި އެންމެ ފުރަތަމަ ދިމާވި ދުވަހުއްސުރެ އޭނާގެ ހިތަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އެހިތް އާދޔާ ހިލާފަށް ތެޅެނީ ކީއްވެ ހެއްޔެވެ. އުމުރުން 24 އަހަރު ވީއިރު މިފަދަ އިހްސާސެއް އޭނާޔަކަށް ނުކުރެވެއެވެ. ހަމަ މިހެން ހިތަށް އެރުމާއިއެކު ނަޝާޔާއަށް ހަނދާންވީ އޭނާގެ ފޯނުގައި ޗާރޖު ނެތް ކަމެވެ. އަދި އަނެއްކާވެސް ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. […]
ފޯނުން ގުޅަައިގެން ވާހަކަ ދެއްކިއިރު ޒިބާން ދެއްކި ވާހަކަ ހަނދާންވުމުން މަންޝާއަށް ކަމެއް ރޭކާލިއެވެ. ނަމަވެސް ދެމީހަކު ބުނާ ވާހަކައެއް އެހާ ބޮޑަށް ދިމާވާންވީ ކީއްވެ ހެއްޔެވެ. އަޒީމާ ކައިވެނިކޮށްގެން އުޅޭތާ ހަތްއަހަރު ވީފަހުން ފުރަތަމަ ފެނިލުމުންވެސް ކަމުދިޔަ ވާހަކަ ބުނަންވީ މިއަދު ހެއްޔެވެ. ނޫނީ އަޒީމަށް ކަމެއް އެނގުނީ ހެއްޔެވެ. ޒިބާން ގުޅާ ކަމާ ޒިބާނާ މަންޝާ ވާހަކަ ދެއްކިކަން އަޒީމަށް އެނގުނީ ހެއްޔެވެ. އެކަަން އަންގާލަން ފަހަރުގައި އެހެން ބުނީ ކަންނޭނގެއެވެ. އެހެންވެއްޖިއްޔާ އަޒީމް […]
“އޮފްކޯޒް ޔޫ އާރ! ދޭ ރެސްޓެއް ކޮއްލަން.. ރަފް ނުގޮވާނަން ސިސް ނުބުނަނީސް އެއް”ރަފާ ސޯފާ ގައި އިށީންނަމުން އެހެން ބުނެލި އެވެ. ޒަހާ ކޮޓަރި އަށް ގޮސް އެނދު ގައި އޮށޯވެލި އެވެ. ނިދޭ ތޯ އެވެ. ނަމަވެސް އިހްތިޔާރަކާ ނުލާ މީގެ 7 އަހަރު ކުރީގެ ސަފްހާތައް ހުޅުވާލިއެވެ. “ކީކޭ ބުނަން ވީ؟” ޒަހާ އޭނާ ކައިރި ކުއްޖެއް ރައްޓެހިވާން އެހުމުން ދޭނެ ޖަވާބަކައި ދޭތެރޭ ވިސްނާލަމުން ކައިރި ސޯފާ ގަ އިން އޭނާ […]
މާލެއަށް ދަމުން އާސިޔާ ކައިވެނީގެ ވާހަކަ ފެށި ވަރަށް ދުރުންނެވެ. އަވީން ކާރު ތެރޭގައި ވުމުން ހުރީ ވަރަށް މަޑުންނެވެ. އޭނާއަކީ ނުދންނަ މީހުންގެ ކުރިމަތީގައި ވަރަށް ބިރުގަންނަ ކުއްޖެކެވެ. ތިރިއަށް ބަލަހައްޓައިގެން އިންއިރު އެދެލޮލުގައިވަނީ ކަރުނައެވެ. ބުޅި އިސްތަށިގަނޑުން މޫނު ނިވާ ކޮއްލައިގެން ހުރީވެސް އެހެންވެއެވެ. ތުންފަތުގައި ދަތް އަޅައި ބާރު ކޮއްލީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް މައިތިރި ކުރުމަށެވެ. ދެއަތް ދެއަތާ މޮޑެލަ މޮޑެލާ އިނީ ގެއާއި ހަމައަށް ދެވެން ދެނެވެ. މަޑުކޮއްލި ކާރުން […]
އަހަރެންގެ މި ކަޅުއަނދިރި ހަޔާތް ބަދަލުކޮށްލީ ނާއިލްއެވެ. އެހެންބައިވެރިންނާ މުޅިން ތަފާތުކޮށް އޭނަ އަހަންނާ ދިމާވީވެސް އެފްބީ އިންނެވެ. އެހެންނަމަވެސް އެހެން އެއްވެސް މީހެއްގެ ފަރާތުން ނުލިބޭ އޯގާތެރިކަން އަހަންނަށް ނާއިލްގެފަރާތުން ލިބެން ފެށިއެވެ. އެހެންމީހަކު އަހަރެންދެކެ ލޯބިވާކަމުގެ އިހުސާސް އަހަންނަށް ނާއިލް ފުރަތަމަފަހަރަށް އިހުސާސް ކޮށްދީފިއެވެ. ރަހުމާ ކުލުނާއި ލޯބިންފުރިގެންވި ހިތްހެޔޮ މާތް ހިތެކެވެ. އަހަރެންގެ ހިތުގައި ނާއިލްގެ މަގާމު އިތުރަށް ހާއްސަވީ ނާއިލް ދީނީ ކަންކަމަށް ދޭ ސަމާލުކަން ފެނިފައެވެ. ނާއިލްއަށްޓަކައި ހިތުގައި އޮތް […]
ސުމާ ބުރުގާ އަޅާލަމުން ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރީ ރީހަންއެވެ. ރީހަން އެތެރެއަށް ވަދެގެން އައީ ސުމާ ވަނުމަށް ދައުވަތު ދިނުމުންނެވެ. “ރީހަން…ކޮބާ އަލްކޮ؟؟؟” ދޮރު ލައްޕާލަމުން ސުމާ އަހާލިއެވެ. “އޭނާ އަދިވެސް ރެޑީވަނީ…. މިއައީ ޒިން ބަލައި އޭރަށް ވާއިރަށް.. އަލްކޮވެސް އެއީ ގެންްދެވޭވަރު ކުއްޖެއްނޫން…. މިސްކިތުގައި އޭނާގެ ސަކަރާތް މާ ގަދައީ…” ރީހަން ސޯފާގައި އިށީނދެލަމުން ބުނެލިއެވެ. “ހެހެހެ ދެން އެއީ ކުޑަކުދިންނެއްނު.. އެހެންވެސް ވާނޭ..” ސުމާ ޒިން ފަހުފަހަރަށް ރީތިކޮށްލަމުން ބުނެލިއެވެ. “ނޫނޭ… […]