ރީތި ވެގެން ޒައިޝާ ބޭރަށް ނިކުމެލިއެވެ. ސިޓިންރޫމް ސޯފާގައި އައްސަދު ރޭގަނޑު 08ގެ ހަބަރު ބެލުމަށް އިށީދެ އިނެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އައްސަދު ބަލާލިއެވެ. ޒައިޝާ ރީތިވެގެން ހުރިތަން ފެނުމުން ހީލާފައި ސުވާލު ކޮށްލިއެވެ. “ދަރިފުޅު ތަނަކަށް ދަނީތަ؟” “އާދެ ބައްޕާ! ރައްޓެހި ކުއްޖަކާއި އެކު ބޭރަށް ދާން ކަމަށް” ޒައިޝާ ޖަވާބު ދިނެވެ. މަރީނާ އާއި އެކު ބަދިގެއިން ނިކުމެގެން އައި މާހީން އަށް ޒައިޝާ ފެނި ހުއްޓުން އަރާ ގޮތް ވިއެވެ. […]
“މިންކޮ.. ތި ޖޮއިން ވީވެސް ވަރަށް ރަނގަޅު ދުވަހެއްގަ.. މިއަދު އޮންނާނެ މި އޮފީހަށް ލޮޖިސްޓިކް މެނޭޖަރ އެއް ހޯދުމަށް ބާއްވާ އިންޓަރވިއު.. ކުރިން އެމަޤާމުގަ ހުރި ނައީމު އަމިއްލަ ކަމެއްގައި ރާއްޖޭން ބޭރަށް ބަދަލު ވީމާ އެމަޤާމަށް މީހަކު ހޯދަން އިއުލާނު ކޮށްގެންއުޅޭނީ.. އެނގޭތަ… ވަރަށް ސަޅި ބިޓުން މިއަދު ފެންނާނެ ބަލަން ހުންނައްޗޭ..” އަފާފް އައިސް މިންޝާ ކެބިންނަށް ވަދެލަމުން ބުނެލިއެވެ. “އެހެންތަ… ނަސީބުވެސް ގަދައި ދޯ. އެނގިދާނެތާ… ” މިންޝާ ވެސް ފޯރީގައި […]
ތިންކުދިން އެކީގައި މެންދުރުގެ ކެއުން ނިންމާލުމަށްފަހު ސިޓިންރޫމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ކޮޓަރިޔަށް ވަނީ އަރާމުކޮށްލާށެވެ. ޔަލަކް އެނދުގައި އޮށޯވެލަމުން ފުން ނޭވާއެއް ދޫކޮށްލީ އެވަގުތުކޮޅު ނައިސްގެން ހުރި މީހަކު ފަދައިންނެވެ. އެހެނަސް ބަރުކަން ވެރިވި ދެލޮލުން ފެނުނީ ތަފާތު ތަސްވީރެކެވެ. މީގެކުރިން ދުވަހަކުވެސް ޔަލަކްގެ ހިތައް ކޮށްފައިނުވާފަދަ އިހުސާސެކެވެ. ކޮފީ ޝޮޕްގައި އުޅެމުންއަންނަތާ ދެއަހަރު ވާން ކައިރިވެފައިވިއިރު ކިތަންމެ ފިރިހެނަކު ފެނެއެވެ. ކިތައްމެ މިޒާޖެއްގެ މީހުންނެއް ފެނިއްޖެއެވެ. އެކަމަކު އެއިން މީހަކަށްޓަކައި ސިކުންތަކަށްވެސް […]
ފަތިސްނަމާދަށް ގޮވުމުން ފާހާނާއަށްވަދެ ވުލޫ ކޮއްލުމަށްފަހު ނިކުމެ ނަމާދު ކޮއްލީމެވެ. އޭރު މަންމަވެސް ތެދުވެގެން ނަމާދުކުރަން އުޅެއެވެ. ރޭގައި ނުކައި ހުރުމުގެ ސަބަބުން އަހަރެންހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންކަމުން ބަދިގެއަށް ވަދެ ފުރަތަމަވެސް ބެލީ ކޮފީތައްޓެއް ބޯލެވޭތޯއެވެ. އެއަށްފަހު ހެނދުނުގެ ސައި ތައްޔާރު ކުރަންފެށީމެވެ. އިރުކޮޅަކުން މަންމަވެސް އަހަރެންނާއި ބައިވެރިވެއްޖެއެވެ. ހެނދުނުގެ މަސައްކަތްތައް ނިންމާލުމަށްފަހު މާމައަށް ސައިބޯން ގޮވަން ދިޔައީމެވެ. އޭރު މާމަ އިނީ މުސްހަފެއް ހިފައިގެން ގުރުއާން ކިޔަވާށެވެ. އަހަރެން ފެނުމުން މުސްހަފު ބޭއްވުމަށްފަހު […]
އެއް އަތުން ހެދުމުގެ ކަރުވަޅުގައި ހިފައިގެން އަނެއް އަތުން އިސްތަށިގަނޑު ގެނެސް އެ ލަކުނު ހުރި ފަރާތަށް ވައްޓާލަމުން އަޒީމްގެ މޫނަށް ޒޭބާ ބަލާލިއެވެ. އެ ސުވާލު ކުރުމުން ޒޭބާއަށް ވަރަށް ބޮޑު އަސަރެއް ކޮށްފިކަން އެނގިއްޖެއެވެ. ކުރަންނުޖެހޭ ވަރުގެ ސުވާލެއް ކުރެވުނީކަން އަޒީމަށް އެނގުމުން އެކަމާ އަޒީމް ހުރީ ބޯ ސަކަރާތްވެފައެވެ. ޒޭބާގެ ލޮލުން ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ. ޖަވާބެއް ނުދީ ޓެރަސްއިން ނުކުންނަން ޒޭބާ ހިނގައިގަތެވެ. “ސޮރީ.. ޒޭބާ… ޒޭބާ… ރިޑިއެރީއްޔާ؟…” (ސޮރީ.. […]
“އަދި އެބަ ރޮޔެއްނު!! ހުރެބަލަ ނިކަން!!” ރީނާ ހަޅޭއްލަވައިގަތެެވެ. އަދި ޝިކާ އާ ދިމާއަށް ހިނގައިގަތީ ބާރުބާރަށެވެ. ބިރުން ފިތް ކަނޑައިގެން ދާ ވަރުވެފައި ޝިކާ ހުރީ އޭނާ ހިނގާފައި އެދިމާއަށް އަންނަތަން ބަލާށެވެ. އެއައިގޮތަށް އައިސް ރީނާ އުޅުނީ ޝިކާގެ ގައިގައި ޖަހާށެވެ. ޖަހަން އަތް ހިތްލާލިތަނާ ރީނާގެ ހަރަކާތަށް ހުއްޓުން އެރީ ރަނާ އައިސް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. އޭރު ޝިކާ ހުރީ ދެލޯމަރައި ތަގުޅިކޮށްގެނެވެ. “ތިއްތާ! ތަންކޮޅެއް ބޮޑުވަރު ތީ…” ރަނާ ރީނާގެ […]
ހާދިސާ ހިގައިގެން އުޅޭ ތަނަށް ދެވުނުއިރު މީހުންތައް އޮތީ ތޮއްޖެހިފައެވެ. ހަދަންފަށާފައިވާ ފަސްބުރީގެ އިމާރާތުގެ އެއްފަރާތުގައި ބަންޑުން އޮތް އަންހެންކުއްޖެއްއޮތެވެ. އެކުއްޖާ އޮތް ގޮތުން މޫނެއް ނުފެނެއެވެ. ލިބިފައިވާ ޒަޚަމުތަކުން މުޅިހަށިގަނޑުވަނީ ލެއިން ތަތްތެޅިފައެވެ. ފުރާނަހުރިކަމެއް ނޫނީ ނެތްކަމެއްވެސް ނޭނގެއެވެ. އަންހެންކުއްޖަކަށްވުމުން އީވާއަށް އިޝާރާތްކޮށްލުމުން އޭނަ އަންހެންކުއްޖާ އަނެއް ފަރާތަށް އަނބުރާލިއެވެ. ލެއިންތަތްތެޅިފައިވާ މޫނުފެނުމުން އަހަރެންނަށް ހީވީ މީހަކު ހިތުގައި ފިއްތާލާ ބާރުކޮށްލިހެންނެވެ. ކަރުނުން ފުސްވަމުންދިޔަ ދެލޮލުން އޭނަގެ މޫނު ފެންނަމުންދިޔައެވެ. އެއީ އެހެންމީހެއްނޫނެވެ. ޝާޔަންއެވެ. އެދިމާލަށް […]
ނަންތައް.. ލިއާން-ލޫހާން ކިއާން-ކައިލާން “ހެހެެހެހެ..ކުޑަދޮންބެ ޔޫ އާރ ޓޫ ގުޑް..ހެހެ..”ލިއާ ހޭންފެށިއެވެ.”އައިނޯ..”ލިއާން ވަރަށް ފާޑަކަށްބުނެލިއެވެ.ނަމަވެސް މިއަދު ލިއާން ދެެރަވިއެވެ.އެހެން ދުވަސް ތަކުގައި ކިއާ އަށް ކިތަންމެ ވަރަކަށްވެސް އުނދަގޫ ކުރިއަސް ލިއާން ހިތަކަށް ނައަރައެވެ.އަދި ބޭނުންވަނީ އިތުރަށް ކިއާގެ ހިތުގައި ޖެއްސުމަށެެވެ.ނަމަވެސް މިއަދު މިވަނީ ކީއްހެއްޔެވެ..؟ ލިއާން އަށް ބޭއިޚުތިޔާރުގައި ކިއާގެ ކޮޓަރިއިއާއިދިމާލަށް ދެވެންފެށުނެވެ.”ކޮބާ ކީ؟..”ލިއާން އަހައިލިއެވެ.”ކީއްކުރަން؟؟..އިތުރަށް ކީގެ ހިތުގައި ޖައްސަން؟..”ކިއާން މިފަހަރު ރަނގަޅަށްވެސް ލިއާން އާއި ލިއާ އާ ދެމީހުނާއިމެދު ހިތަހަމަނުޖެހުނެވެ.”ނޫން..މާފަށް އެދެނެ..”ލިއާން އިސްޖަހައިލަމުން ބުނެލިއެވެ. […]
އަހަރެން މިއޮތީ ކޮޓަރީގައެއް ނޫނެކެވެ. އަދި ކީންހެއްޔެވެ. ގެއަކުވެސް ނޫނެކެވެ. އަހަރެން މިއޮތީ ބޭރުގައެވެ. ވެލިގަނޑެއް މަތީގައެވެ. ކޮޅަށް ތެދުވެ ހުރެ އަހަރެންނަށް ވަށައިގެން ބަލާލެވުނެވެ. އޭރު ރީތި މިއުޒިކެއް ހެން ރާޅު ގޮނޑުދޮށަށް ބީއްސަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. ހުރިހާ ފަރާތަކަށް އަހަރެން ބަލާލިމެވެ. އެއްފަރާތުން ފެންނަން އޮތީ މޫދެވެ. އަނެއް ފަރާތުން ފެންނަން ހުރީ ގަސްތަކެވެ. އަހަރެން ބިރު ގަންނަ ގޮތްވާން ފެށިއެވެ. މީހާ ހާސްވެ ދާހިއްލަން ފެށިއެވެ. “އާސީން” ކުއްލިއަކަށް އިވުނީ […]