ޒައިޝާ ޒިޔާންގެ ލޮލަށް ބަލާލިއެވެ. އެ ލޮލުގައިވީ މަސްތު ކަމުން ޒައިޝާ އަށް ބޭއިޙްތިޔާރުގައި ލޯ މަރާލެވުނެވެ. ޒިޔާން އަށް ދަޢްވަތު ދޭފަދަ ގޮތަކަށެވެ. ޒިޔާން މަޑުމަޑުން ޒައިޝާ ގެ ތުންފަތުގައި ބޮސްދިނެވެ. ޒައިޝާގެ މޫނަށް ބަލާލުމަށްފަހު އިތުރަށް އެ ތުންފަތުގެ މީރުކަން ލިބިގަތެވެ. އެ މަންޒަރު ބަލަން މެދު އުޑުގައި ހުރި ހަނދުވެސް ލަދުން ވިލާ ގަޑެއްގެ އެހީހޯދިއެވެ. ޒިޔާން ޒައިޝާ އާއި ދުރުވެލީ ނޭވާ ކުރުވުމުންނެވެ. އެއިރު ޒައިޝާވެސް މަޑުމަޑުން ފުން ނޭވާ ލަމުން […]
ރީތި ވެގެން ޒައިޝާ ބޭރަށް ނިކުމެލިއެވެ. ސިޓިންރޫމް ސޯފާގައި އައްސަދު ރޭގަނޑު 08ގެ ހަބަރު ބެލުމަށް އިށީދެ އިނެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އައްސަދު ބަލާލިއެވެ. ޒައިޝާ ރީތިވެގެން ހުރިތަން ފެނުމުން ހީލާފައި ސުވާލު ކޮށްލިއެވެ. “ދަރިފުޅު ތަނަކަށް ދަނީތަ؟” “އާދެ ބައްޕާ! ރައްޓެހި ކުއްޖަކާއި އެކު ބޭރަށް ދާން ކަމަށް” ޒައިޝާ ޖަވާބު ދިނެވެ. މަރީނާ އާއި އެކު ބަދިގެއިން ނިކުމެގެން އައި މާހީން އަށް ޒައިޝާ ފެނި ހުއްޓުން އަރާ ގޮތް ވިއެވެ. […]
މަޑުމަޑުން ތެދުވެ ހެދުން ރީތި ކޮށްލުމަށްފަހު އަތުގައި އޮތް ފޮޓޯ ބާލީސް ދަށަށް ލައްވާލިއެވެ. މަޑު ހިގުމެއްގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އުއްމީދު ކުރިގޮތަށް ކޮޓަރީގެ ދޮރުމަތީގައި ހުރީ އޭނާގެ ބައްޕައެވެ. “ދަރިފުޅާ! ބައްޕަގެ ވާހަކަ އަޑުއަހާލިނަމަ” އައްސަދު ބުނެލިއެވެ. “އެތެރެއަށް ދުރުވޭ ބައްޕާ” ޒައިޝާ ނެތް ހިތްވަރެއް ކޮށްލުމަށްފަހު ބުނެލިއެވެ. އައްސަދު އޭނާގެ ދަރިފުޅުގެ ކިޔަމަންތެރިކަމަށް ހިތާހިތުން ޝުކުރު ކޮއްލިއެވެ. އައްސަދު ފަހތުން މަރީނާވެސް ޒައިޝާގެ ކޮޓަރިއަށް ވަނެވެ. “ބައްޕަ ދަރިފުޅަށް މަންމައެއް ހޯދައި […]
މޫނު ނުފެނުނަސް އެރީތި ބައްޓަން ސޫރަ އަކީ ޒިޔާންގެ ހިތުގައި ބިންވަޅު ނެގިފައިވާ ސޫރައެއް ކަމުން ވަގުތުން އެއީ އޭނާގެ ހިތުގެ ރާނީކަން ދެނެގަތެވެ. މަޑުމަޑުން ޒިޔާންއަށް ޒައިޝާ އާއި ކައިރިއަށް ދެވެން ފެށީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އެވަގުތު ޖެހިލި ވައިރޯޅި އާއި އެކު ޒައިޝާގެ ހެނދުމުގައި ފަހަތައް ދޫކޮއްފައިވާ ދޯޕައްޓާގެ ބައި ވަޔާއި އެކު ހެލިލިއެވެ. ޒިޔާންއަށް ބޭއިޙްތިޔާރުގައި އަތް ދިއްކޮލެވުނެވެ. މަޑުމަޑުން ޒައިޝާއަށް ނޭގޭނެހެން ދޯޕައްޓާގައި ހިފައި ވަސްގަނެލިއެވެ. ސިކުނޑިއަށް ތާޒާކަން ގެނެސްދޭ […]
ރީތި އަސަރުން ފުރިގެންވާފަދަ މަސްތީ ހިނިތުންވުމެއް ޒިޔާންއަށް ހަދިޔާ ކޮށްލުމަށްފަހު ޒައިޝާ ހިގައިގަތީ ޒިޔާންގެ ހިތުގައި ފައިއަޅަމުންނެވެ. ޒިޔާންއަށް އަމިއްލައަށް ހަށިގަނޑުގެ ވަރު ދޫވެގެން ވެއްޓިދާނެހެން ހީވުމުން އެހީއަކަށް ހޯދާލީ ކައިރީގައި ހުރި ތަބެވެ. ޒައިޝާ ގޮސް ލޯމަތިން ގެއްލެންދެން އެސްފިޔަޖަހަންވެސް ހަދާން ނެތިފައި ޒިޔާން އަށް ހުރެވުނެވެ. ޒިޔާންއަށް ގެއަށް އާދެވުނު އިރު ގަޑިން 11.30 ވަނީ އެވެ. އަވަސް ކޮށްލައިގެން ފާޚަނާއަށް ވަނީ ހުކުރު ނަމާދަށް ދިޔުމަށް ތައްޔާރު ވުމަށެވެ. ފެން މާގަނޑު ދަށަށް […]
ގިނަ ދުވަސްތަކެއް ވަންދެން ހިތާމަ ކުރުމުގެ ސަބަބުން ޒައިޝާގެ މޫނު ވަނީ މިލާފައެވެ. ނަމަވެސް އެ ރީތިކަމަށް ކުޑަވެސް ބަދަލެއް އައިސްފައެއްނުވެއެވެ. ރީދޫ ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ފަޔަށްހިފާފައިވާ ޖީންސްގައި އޭނާ ފެންނަކޮންމެ މީހަކުމެ ތަޢްރީފް ކޮއްލާނެކަން ކަށަވަރެވެ. އެ ދިގު އިސްތަށިގަނޑުވަނީ ރީދޫކުލައިގެ ވޫލްކޮޅަކުން މައްޗައް ނަގާ އައްސާފައެވެ. ނިއްކުރި މަތިން އައިސް ކަންފަތް ކައިރީ އަޅުވާފައިވާ އިސްތަށިކޮޅު އިރުއިރުކޮޅާ އޭނާގެ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. އެއްވެސް މޭކަޕަކާއި ނުލައިވެސް އެ ތުނި ތުންފަތް […]
ކަރުނައިގެ ތެރެއިން ޒައިޝާ ޒިޔާން އާއި ދިމާލަށް ބަލާލިއެވެ. ޒިޔާންގެ ސޫރަ ޒައިޝާއަށް ފެންނަމުން ދިޔައީ ވަރަށް ފުސް ކޮށެވެ. ލޮލުން ހިފަހެއްޓުމެއް ނެތި ވަކިވެގެން ދާ މުތީތަކެއް ފަދަ ކަރުނަތައް އެ ދޮން ކޯތާފަތުން ފައިބަމުން ދިޔައެވެ.އެއްވެސް ހަރަކާތެއް ނެތި ޒައިޝާ މަޑުމަޑުން ތެދުވެ މަންމަ ބާއްވާފައި އޮތް އެެދާއި ދިމާއަށް ދާފެށިއެވެ. ހަމަ ވިސްނުން ލިބުމުން ލޮލުން އެންމެ ފަހަރަކުވެސް ކަރުނަ ހުސްވުމަކަށް ނާދެއެވެ. އޭނާގެ ފުރާނަ ފަދަ ލޯބިވާ މަންމަ އޭނާއާއި […]
26 ޑިސެމްބަރ 2013 ގައި ފެނު ޕަރީގެ 08 ވަނަ ޕާރޓް ލިޔުމަށް ފަހު ވަރަށް ގިނަ ދުވަހު މެދު ކެޑުމަށްފަހު އަލުން ލިޔުމަށް ހިޔާޅު ކުރަމުންދާ ވާހަކަ ދެންނެވީން. އަދި މި ފަހަރު ވާޙަކަ އެއްކޮށް ނިންމާލާފައި ނޫނީ ނުހުއްޓާނެ ވާހަކަވެސް ކިޔުންތެރިންގެ މަޢްލޫމާތަކަށްޓަކައި ދެންނެވީމެވެ. އަދި މިހާ ގިނަ ދުވަސްވީ ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މާފައް އެދެމެވެ. އަދި ކުރިންވެސް ވާހަކަ ބަލައިގެން ފަދައިން މިހާރުވެސް ބަލައިގަންނާނެ ކަމަށް އުއްމީދުކުރަމެވެ.