Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް .. 20 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
May 30, 2016 10 Mins Read
29 Comments

އަހަރެން މިއޮތީ ކޮޓަރީގައެއް ނޫނެކެވެ. އަދި ކީންހެއްޔެވެ. ގެއަކުވެސް ނޫނެކެވެ. އަހަރެން މިއޮތީ ބޭރުގައެވެ. ވެލިގަނޑެއް މަތީގައެވެ. ކޮޅަށް ތެދުވެ ހުރެ އަހަރެންނަށް ވަށައިގެން ބަލާލެވުނެވެ. އޭރު ރީތި މިއުޒިކެއް ހެން ރާޅު ގޮނޑުދޮށަށް ބީއްސަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. ހުރިހާ ފަރާތަކަށް އަހަރެން ބަލާލިމެވެ. އެއްފަރާތުން ފެންނަން އޮތީ މޫދެވެ. އަނެއް ފަރާތުން ފެންނަން ހުރީ ގަސްތަކެވެ. އަހަރެން ބިރު ގަންނަ ގޮތްވާން ފެށިއެވެ. މީހާ ހާސްވެ ދާހިއްލަން ފެށިއެވެ.

“އާސީން” ކުއްލިއަކަށް އިވުނީ މީހަކު އަހަރެންނަށް ގޮވާލި އަޑެވެ. ދަންނަ އަޑެކެވެ. ބަލާލިއިރު އެއަދިރި ތަނުގައި ހިޔައްޏެއްހެން މީހަކު ހުއްޓިލައިގެން ހުރިތަން ފެނުނެވެ. އެމީހާއަށް ބަލާލި ވަގުތު އެމީހާގެ ދެލޯ ދިލިގެން ދިޔައެވެ. އެ އޮރެންޖް އަލިފާން ކުލައިގެ ސަބަބުން އެއީ ކާކުކަން އަހަރެންނަށް އެނގުނެވެ. “ބަންޝީލް” ރުޅިވެރިކަމާއި އެކު އަހަރެންނަށް ބަންޝީލްގެ ނަން ކިޔާލެވުނެވެ. އެވަގުތު އެދެލޮލުގެ ކުލަ ކެނޑުނެވެ. އަދި މަޑުމަޑުން ބަންޝީލް ހުރި ތަން ދިއްލިގެން ދިޔައެވެ. މަޑު ރީދޫކުލައަކުން ދިއްލިފައި ހުރީ ހަމައެކަނި އޭނަ ކައިރިއެވެ. އޭނަގެ ސިފަ ފާޅުވާވަރަށް ދިއްލިފައި ހުރި އިރު ހީވަނީ ކުދި ކުދި ފަޔަރ ފްލައި ތަކެއް އޭނަ ވަށައިގެން އުޅެމުން ދިޔަހެންނެވެ. އޭނަ ހުރީ ފަސްވަރަކަށް ފޫޓް ދުރުގައި ހިނިތުންވެލައިގެންނެވެ. “ބަންޝީލް.. މިއީ ކޮންތަނެއް.. ކިހިނެއްތަ އަހަރެން މިތަނަށް އައީ..” ކިތައްމެ ރުޅި އައި ނަމަވެސް އަހަރެން ވާހަކަ ދެއްކީ ވަރަށް ރީއްޗަށެވެ. “އެނގޭތަ އާސީންއަށް.. ތި ސިފައަކީވެސް އަހަރެންނަށް އާސީންގެ ވަރަށް ކަމުދާ ސިފައެއް” ޖީބަށް އަތް ޖަހާލަމުން ބަންޝީލް ބުނެލިއެވެ. “ކޮން” އަހަރެން އެހެން އަހާލިއިރު އެމޫނުމަތީގައިވަނީ ނުލަފާ ހިނިތުންވުމެވެ. “ކިތައްމެ ރުޅި އައި ނަމަވެސް އެކަން ފޮރުވަން މަސައްކަތް ކުރުން” ބަންޝީލްއަށް އަހަރެންގެ ހިތުގައިވާ އެއްޗެއް ދެނެގަނެވުނެވެ. އެވަގުތު އަހަރެންނަށް ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. ފޮނިވެފައި ބޮޑާ ގޮތެއްވެސް ހުންނަ ޖިންނި ގަނޑެކެވެ. “ކޮބާތަ ބޭނުމަކީ ބަންޝީލް” އަހަރެން އަހާލީމެވެ. އެވަގުތު އަނެއްކާވެސް ބަންޝީލް ހީގަތެވެ. އޭނަ ހީވަނީ އަހަރެން ރުޅި ނައިގެން އުޅޭ ހެންނެވެ.

“ކަލޭ އަހަރެން މިތަނަށް ގެންނައީ ކީއްކުރަންތަ.. ކިހިނެއްތަ އަހަރެން މިތަނަށް ގެންނައީ” އަހަރެން އެހެން ބުނީ ފުދޭވަރަކަށް ބާރަށެވެ. އެވަގުތު ބަންޝީލް ސީދާ އަހަރެންގެ މޫނަށް ބަލާލިއެވެ. އަދި ފިޔަވަޅެއް ކައިރިއަށް ޖެހިލިއެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. އުނަގަނޑުގައި އަތްޖައްސާލެވުނީ ތަވީދު އޮތްތޯ ބަލެމުގެ ބޭނުމުގައެވެ. “އަހަރެން ބުނީމެއް ނުން.. އަހަރެން ބޭނުންވީމަ.. އެއްވެސް އެއްޗަކަށް އަހަރުމެންގެ މެދަކަށް ނުވަދެވޭނެއޭ.. ތި ތަވީދު ނުވާނެ އެއްވެސް އެއްޗަކަށް” ބަންޝީލް އެހެން ބުނެލި އިރު އޭނަ ދިޔައީ އަހަރެންނާއި ކައިރިވަމުންނެވެ. އަހަރެން ބިރުގަންނަ ގޮތްވިއެވެ. ސިކުނޑި ތެރޭގައި ހުމާމް މަރާލި އިރު ހުރި އެތި އަދި ގާޒީ މަރާލިއިރު ހުރި ބިރުވެރިއެތި ސިފަ ވެގެން ދިޔައެވެ. އަހަރެންގެ ތަވީދު އޮތަސް މިފަހަރު މީތި ކައިރިން ސަލާމަތް ނުވާނެއޭ ހަވަނަ ހިއްސު ބުނެދޭން ފެށިއެވެ. އަހަރެން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އެންމެ ފަހުން ދުއްވައިގަތީމެވެ. އެމަޑު ފަސްގަނޑު މަތީގައި ދުވުންވެސް ވީ އުދަގޫ ކަމަށެވެ. އަހަރެން ދުވަންފެށުމުން ބަންޝީލް ނުބައި ފާޑަކަށް ހީގަތް އަޑު އިވުނެވެ. އަދި ބިރުވެރި ފާޑަކަށް އޭނަގެ އަޑު ބަދަލުވިހެންވެސް އަހަރެންނަށް ހީވިއެވެ. އަހަރެން ދުވަމުން ދިޔައީ އަތިރިމަތީގައެވެ. ރަށު ތެރެއަށް އަރާކަށް ނުކެރުނެވެ. ވަގުތަކީ ރޭގަނޑުގެ އެންމެ އަދިރިވަގުތު ކަމުން ރަށުތެރެވެސް ފެންނަނީ ބިރުވެރިގޮތަކަށެވެ. ގަސްތަށް ގިނަކަމުން ހީވަނީ އަހަރެންނަށް ހުރެވުނީ މީހުން ނޫޅޭ ފަޅުރަށެއްގައި ހެންނެވެ. އެހެން ހިތައް އެރުމުން ކުރިއަށް ވުރެއް ބޮޑަށް ބިރުގަންނަން ފެށިއެވެ.

ދުވަމުން ގޮސް ކުއްލިއަކަށް ހުއްޓުނީ ކުރިމަތިން ބަންޝީލް ފެނުމުންނެވެ. “ދެން ހުއްޓާލާ.. އެހެން ނޫނީ ތި ލޯބި ކުއްޖާގެ ހިތް ހުއްޓިދާނެ” ބަންޝީލް ބުނެލިއެވެ. އަހަރެންނަށް ހުއްޓެވުނު މައިނޭވާ ލެވެމުން ދިޔައެވެ. އެވަރަށް ދުވުން އިރުވެސް އެންމެ ތަންކޮޅެއްވެސް ކުރިއަށް ނުދާކަން އެނގުނީ ހުއްޓުމުންނެވެ. ހުރެވުނީ ހަމަކުރިންވެސް ހުރިތަނުގައެވެ. އެކަމަކު އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ. އަހަރެން އެވަރަށް މި ދުވުނީ ދެން ކޮންތާކަށް ހެއްޔެވެ. އެންމެ ތަންކޮޅެއްވެސް ކުރިއަށް އަހަރެންނަށް ނުދެވުނީ ކީއްވެ ހެއްޔެވެ. “ކަލެ.. ކީއް.. ދުރައް..ދޭ.. އަަ..ހަރެން..ނާ” އަވަސްކަމާއި އެކު ނޭވާލަމުން އަހަރެން އެހެން ބުނެލިއިރު އަހަރެންނަށްވެސް ހީވަނީ އަހަރެންގެ ހިތް މޭގަނޑު ފަޅާލާފައި ބޭރަށް ނިކުންނަން އުޅޭހެންނެވެ. ތެޅެމުން ދިޔައީ އެހާވެސް ބާރަށެވެ. “ނޭނގޭތަ.. އަހަރެންނަށް ވާ ކަމެއް.. އަހަރެން އާސީން ދެކެ ލޯބިވެއޭ” ބަންޝީލް ބުނެލިއެވެ. “ލޯތްބޭ.. ކަލެއަށް ލޯތްބަކީ ކޮންއެއްޗެއްކަން އެނގޭތަ.. ލޯތްބޭ ކިޔާފައި އަނގަހުޅުވަން ލަދެއް ނުގަނޭތަ” އެއަޑު އިވުމާއި އެކު ކުއްލިއަކަށް އަނެއްކާވެސް އަހަރެން ރުޅި ގަދަވިއެވެ. “ތިހެން ނުބުނޭ އާސީން.. އަހަރެން އާސީންދެކެ ވާ ލޯތްބަކީ ބަޔާން ކޮށްދެވޭނެ އެއްޗެއް ނޫން.. އާސީންއަކަށް ނުވިސްނޭތަ” ބަންޝީލް އެހެން ބުނެލީ އަސަރާއި އެކުގައެވެ. “ބަލަ ލޯތްބަކީ ކޮބާތަ.. ކަލޭ ލޯބިވަމޭ ބުނާ އިރު އެއީ ކިހިނެއް ވާ އެއްޗެއްކަން އެނގޭތަ” އަހަރެން ހަޅޭލަވައިގަތީމެވެ. “ލޯބިވާ މީހުނެއް އެއްވެސް ވަރަކަށް އެލޯބިވާ މީހަކަށް ގެއްލުމެއް ނުދޭނެ.. އަދި އެމީހާ ކެއަރ ކުރާ މީހަކަށްވެސް ގެއްލުމެއް ނުދޭނެ..” އަހަރެން ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކީމެވެ.

“އެކަމަކު ކަލޭ.. އަހަރެންގެ އާއިލާއާއި ދިމާކޮށް.. މުހައްމަދުފުޅު މަރާލާ.. އެވަރުން ނުވެގެން އަހަރެން މިރަށަށް ވަގަން ތި ގެންނައީ… ތިއީ ލޯބިވާ މީހުނަކީ” އަހަރެން ފޫހިކަމާއި އެކު ބުނީމެވެ. “އޯކޭ އޯކޭ.. އަހަރެން ގަބޫލު ކުރަން.. އާސީންގެ ހުއްދަ ނެތި އަހަރެން އާސީން މިތަނަށް ގެންނަކަން.. އެކަމަކު ކިހިނެއްތަ އާސީންއަށް އެނގެނީ.. ދެން ތިބުނި ދެކަމަކީ އަހަރެން ކުރި ކަންތަކެއް ކަމެއް.. އަހަރެން ދުވަހަކުވެސް.. އާސީންއަކަށް ގެއްލުމެއް ނުދޭނަން” ބަންޝީލް ވާހަކަ ދެއްކި އިރު އޭނަގެ މޫނުމަތިން ފެންނަން ހުރީ ވޭނުގެ އަސަރެވެ. ޖިންނިންގެވެސް ހިތުގައި ވޭން އަޅާ ހެއްޔެވެ. “އަހަރެންނަށް ގެއްލުމެއް ނުދިނީމަ ނިމުނީތަ.. ދެން ހެޔޮ ދޯ އަހަރެން އެންމެ ލޯބިވާ މީހުންނަށް ގެއްލުން ދެމުން ދިޔަޔަސް” އަހަރެން އަނެއްކާވެސް ހަޅޭލަވައިގަތީމެވެ. ބަންޝީލްގެ ދޮގުތަކުގައި ޖެހޭކަށް އަހަރެން ބޭނުމެއްނުވެއެވެ. “އާސީން.. އަހަރެން ގަބޫލު ކުރަން އަހަރެންނަކީ އެންމެ ރަނގަޅު ޖިންނި ނޫންކަން.. އަހަރެންނަށް ނެޝަނަލް އެވޯޑް ލިބޭ ވަރުގެ ކަމެއްވެސް ނުކުރެވޭކަން.. އެކަމަކު ތިހެން އަހަރެންނާއި ދޭތެރޭގައި ނުވިސްނާ.. އަހަރެން ކީއްކުރަން އާސީންގެ އާއިލާއާއި ދިމާ ކުރަންވީ.. އަހަރެން އާސީން ދެކެ ލޯބިވޭ.. އަހަރެންނަށް ރަނގަޅަށް އެނގޭ އޭގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ އާސީން ދެރަވާނެ ވަރު..” ބަންޝީލް ކުރިއަށް ޖެހިލިއެވެ. “އަހަރެން ނުބުނަން އަހަރެން އެއްވެސް އިރެއްގައި މުހައްމަދުފުޅު ދެކެ ރުޅި ނައަންނަ ވާހަކައެއް.. އެކަމަކު އަހަރެން އެއްއިރެއްގަވެސް އޭނަ މަރާލާކަށް ބޭނުމެއް ނުވޭ..” ބަންޝީލް ބުނެލިއެވެ.

އަހަރެންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެއްވެސް ރަހުމެއް ނެތި މުހައްމަދުފުޅު މަރާލީ ކީއްވެ ހެއްޔެވެ. އަހަރެންގެ ކޮއްކޮގެ އޮތީ ކޮން ކުށެއް ހެއްޔެވެ. އެމީހުންނަށް އެހެން އެދިމާވީ އަހަރެންނާއި ހެދިއެވެ. ބަންޝީލްއާއި ހެދިއެވެ. އަހަރެން ދުވަހަކުވެސް ބަންޝީލްއަކަށް މާފެއް ނުކުރާނަމެވެ. “އިތުރު ދޮގުތަކެއް ހަދަނީ ކީއްކުރަން ބަންޝީލް.. އަހަރެން އަބަދުވެސް ގަބޫލު ކުރީ ބަންޝީލް އަކީ ޖިންނިއަކަށްވި ކަމުގައި ވިޔަސް ކޮންމެވެސް ވަރެއްގެ އިންސާނިއްޔަތު ކަމެއްވެސް އިންސާނުންނައްޓަކައި އޮންނާނެ ކަމަށް.. އެކަމަކު އެހެނެއް ނޫން..” އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. “އާސީން ދަންނަ ހަމައެކަނި ޖިންނިއަކީ އަހަރެންތަ.. އަހަރެން އެކަނިތަ އާސީން ދައްނަނީ.. ކީއްވެތަ އެންމެ ފަހަރަކުވެސް ހިތައް ނާރަނީ އޭނަ އެކަހަލަ ކަމެއް ކޮށްފާނެއޭ” އަހަރެންނަށް އެއްޗެއް ވިސްނައިދޭ ކަހަލަ ރާގެއްގައި ބަންޝީލް ބުނެލިއެވެ. އެވަގުތު އަނެއްކާވެސް އަހަަރެންގެ ރުޅިގަނޑު ބޭރަށް ނިކުތެވެ. “ކޮންމެހެން އައިރްގެ ބޮލުގައި ދޮގު ތުހުމަތު ތަކެއް އަޅުވާނެ ކަމެއް ނެތް.. އައިރް އަކީ ބަންޝީލް ތިހީކުރާ ކަހަލަ މީހެއް ނޫން.. އޭނައަކީ ޖިންނިއެއް ނޫން.. އިންސާނެއް.. އޭނަގެ ހިތުގައި އިންސާނުންނައްޓަކައި ލޯބިވޭ.. އޭނައަށް ލޯބިވާންވެސް އެނގޭ.. އޭނައޭ ކިޔައިގެން އެއްވެސް އެއްޗެއް” “އަހަރެން އެއްވެސް އިރެއްގައި އައިރްގެ ނަމެއް ނުކިޔަން.. އެކަމަކު އެންމެ ފުރަތަމަ އެނަން ތިކީވެސް އާސީން” ބަންޝީލް އަހަރެންގެ ޖުމްލަ ފުރިހަމަ ކުރިއެވެ. “އާއެކޭ.. އެއީ އަހަރެންނަށް އެނގޭ ދެވަނަ މީހަކީ އޭނައަށް ވީމަ.. އޭނައަކީ ޖިންނިއެއްގެ ދަރިއަކަށްވިޔަސް.. އޭނައަކީ އިންސާނެއް..” އަހަރެން އަޑަށް ބާރުލަމުން ބުނީމެވެ.

“ހޫމް.. އިންސާނެއް.. އެކަމަކު އާސީން.. ވިސްނާލަބަލަ.. އޭނަ ބުނިދޯ.. އާސީން ކައިރީގައި މުހައްމަދުފުޅު މަރުވިރޭގަ އޭނައަށް ދެވުނީ މާ ލަހުންނޭ.. އަހަރެން ނުހުއްޓުވުނީއޭ.. ނޫންތަ.. ކިހިނެއްތަ އާސީންއަށް އެނގޭނީ އޭނަ އެހަދަނީ ދޮގެއް ނޫންކަމެއް.. ކިހިނެއްތަ އާސީންއަށް އެނގެނީ އޭނަ ނޫންކަމެއް މުހައްމަދުފުޅު މަރާލީ” “ހުއްޓާލާ.. އެންމެ ޖުމްލައެއްވެސް އިތުރަށް ބަންޝީލް ބުނެގެން ނުވާނެ” އަހަރެން ރުޅިވެރިކަމާއި އެކު ހަޅޭލަވައިގަތީ ކަންފަތް މަތީގައި އަތް އަޅައިގެން ހުރެއެވެ. އަދި ބަންޝީލްއާއި ދިމާލަށް ބަލާލީމެވެ. “އޭނައެއް ނޫނޭ ދޮގު ހަދަމުން ދަނީކީ.. ކުރިންރޭގައި.. ބަންޝީލް އަހަރެން ގޮވައިގެން.. ހުމާމް އާއި ގާޒީ މަރާލާތަން ދެއްކުމުގެ ކުރިން ބުނީމެއްނުން.. އެންމެ ފަހަރަކުވެސް ވާހަކަ ދައްކައިގެން ނުވާނެއޭ.. އެތަނުގައި ތާށިވާނެއޭ.. އެކަމަކު އަހަރެން މިތަނުން ދާން ހިގާށޭ ބުނީމަ އެހެން ނުވީ ކީއްވެ.. އެތަނުގައި ތާށި ނުވީ ކީއްވެ.. އަދިވެސް ބުނާނެ އައިރް އޭ ދޮގު ހަދަނީ.. ކަލެއަށް އެނގޭތަ ކަލެއަށް ހެދޭ ދޮގު” އަހަރެން ބަންޝީލްއާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން އިނގިލި ދިއްކޮށްލިއިރު އަހަރެން ހުރީ ރުޅި އައިސްގެން ފަޅައިގެންދާން ކައިރިވެފައެވެ. “އައިރް ދޯ ބުނީ.. އޭނަގެ އެއްފަޅިއަކީ ޖިންނިއޭކޭ.. އައިރް ބުނީމަ އެހާ ހަމަނުޖެހޭ ވާހަކައެއް އާސީން ގަބޫލު ކުރީ.. އޭނަ ބުނީ އަހަންނޭ މުހައްމަދުފުޅު މަރާލީ.. އެހެން ބުނީމަ އެއްވެސް ވަރަކަށް ވިސްނާނުލާ އާސީން އޭނަގެ ބަސް ގަބޫލު ކުރީ.. ދެން އީޝަން ބަލިވީ.. އެވެސް ތިއަޅުވަނީ އަހަރެންގެ ބޮލުގައި.. އާސީން ވިސްނާލީމަ ރަނގަޅަށް އެނގޭނެ އަހަރެންނަށް އާސީން މިގޮތަށް ކައިރިވެވުނަސް ތިގެއާއި ކައިރި ނުވެވޭނެކަން.. މިދުވަސްކޮޅު ތިގޭގައި ގިނައިރު އުޅެނީ ކާކު.. އަހަރެންތަ އައިރްތަ.. އެއްވެސް ވަރަކަށް ނުވިސްނާ.. މީހަކު ބުނާތީ އާސީން ތި ހުރިހާ ކަމެއް އަޅުވަނީ އަހަރެންގެ ބޮލުގައި.. އަހަރެން ގަބޫލު ކުރަން އެދުވަހު އަހަރެން ހެދީ ދޮގެއް ކަން.. އެކަމަކު އާސީން.. ތިއީ ވިސްނޭ ކުއްޖެއް.. އަހަރެން މި ބުނަނީ އެންމެ ފަހަރަކު ވިސްނާލާށޭ” ބަންޝީލްގެ އަޑު ކުރެހިގެން ދިޔައެވެ. އޭނަގެ ލޮލުން ކަރުނައިގެ ނިޝާންތައް ފެނުނުހެން އަހަރެންނަށް ހީވިއެވެ.

އަހަރެން ވަގުތުން ބަންޝީލްއަށް ފުރަގަސް ދިނީމެވެ. އޭނަ އެދައްކަނީ އަނެއްކާ ތެދު ވާހަކަބާއެވެ. އައިރް އެފަދަ ކަމެއް ކޮށްފާނެ ބާއެވެ. އަހަރެން ބޮލުގައި މަޑުމަޑުން ހިފަހައްޓާލީމެވެ. ދެލޮލަށް އަނެއްކާވެސް ކަރުނަ ޖަމާވަން ފެށިއެވެ. “އޭނަ މިހާރު ގެނެސްގެން އެއުޅޭ މީހާއަކީ އެއްވެސް ގޮތަކަށް ރަނގަޅު މީހެއް ނޫން.. އެމީހަކީ އައިރްއާއި އެއްބަސްވެގެން މަސައްކަތް ކުރާ މީހެއް.. އާސީންއަށް އެއްވެސް އެއްޗެއް ހެދުމުގެ ހުއްދަ އެމީހާއަށް އާސީން ދީގެން ނުވާނެ..އެއީ ވަރަށް ނުރައްކާތެރި މީހެއް..” ބަންޝީލްގެ އަޑު އިވުނީ ފަހަތުންނެވެ. އަހަރެން މޫނުމަތީގައި އަތް އެޅީމެވެ. ކިތައްމެ ނުރޯން ހުރި ނަމަވެސް އަހަރެންނަށް އަމިއްނަ ނަފްސު ކޮންޓްރޯލް އެއް ނުކުރެވުނެވެ. ރަނގަޅަށް ރޯންފެށުނެވެ. އަހަރެންނަށް އައިރް އެހާ ބޮޑު ދޮގެއް ހަދާފާނެ ހެއްޔެވެ. އަހަރެންގެ ހިތް މިކަހަލަ ގޮތަކަށް ހަލާކު ކޮށްލަން އައިރްއަށް ކެރިދާނެ ހެއްޔެވެ. އޭނަގެ ބައްޕައޭ ކިޔައިގެން އޭނަ ހެދީ ދޮގު ހެއްޔެވެ. “އަހަރެން ބޭނުމީ ގެއަށް ދާން.. ޕްލީޒް” އިރުކޮޅަކު އެހެން ހުރުމަށްފަހު އަހަރެންގެ އަތުގެ ނުފުށުން ދެލޯ ފުހެ ނޭފަތް ފުހެލީމެވެ. “މައްސަލައެއް ނެތް.. އެކަމަކު އަހަރެން ހީކުރަން.. އަހަރެން މިދެއްކި ވާހަކައަށް އާސީން ވިސްނާނެ ކަމަށް.. އަހަރެން އާސީންއަށް ދެރައެއް ދޭކަށް ބޭނުމެއް ނުވޭ.. އަދި ނުވެސް ދޭނަން.. އެހާ ވެސް އަހަރެން އާސީން ދެކެ ލޯބިވޭ” ބަންޝީލް ވާހަކަ ދެއްކިއިރުވެސް އަހަރެން ހުރީ އޭނައަށް ފުރަގަސް ދީގެންނެވެ. އަހަރެން ކައިރީގައި ބަންޝީލް ދެލޯ މަރާލުމަށް ބުނުމުން އަހަރެން ދެލޯ މަރާލީމެވެ.

ވީނުވީއެއް އަހަރެންނަކަށް ނޭނގެއެވެ. ދެލޯ ހުޅުވާލިއިރު އަހަރެން ހުރީ އަހަރެންގެ ގެ ކައިރީގައެވެ. އެތަނުގައި އިތުރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަވަސްކަމާއި އެކު އަހަރެން ދުވަމުން ކަހަލަ ގޮތަކަށް އެތެރެއަށް ވަނީމެވެ. ސިޑިން ދުވެފައި އަރާ ގޭ ދޮރު މަޑުމަޑުން ހުޅުވާލީ މިއީ ދަންވަރުގަޑި ކަމުންނެވެ. ދޮރު ހުރީ ތަޅު ނުލައެވެ. އެއީ އަހަރެންގެ ނަސީބުކަމަށް ވިސްނައި އަވަސްކަމާއި އެކު ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތީމެވެ. ހިތްފުރެންދެން ރޯލީމެވެ. ހިތުގައި ހުރި ހުރިހާ އެއްޗެއް ކަރުނައިގެ ސިފައިގައި ބާލީހުގައި ބޮސްދެމުން ދިޔައެވެ. ފަތިސް ބަންގި ގޮވީ ވެސް އަހަރެން އެހެން އޮއްވައެވެ. ނަމަވެސް ދެން ވީގޮތެއް އަހަރެންނަށް ނޭނގުނެވެ.

އަހަރެންނަށް ހޭލެވުނީ ހެނދުނު ނުވައެއްވެސް ޖަހާ ބޮޑުވި ފަހުންނެވެ. ތެދުވާހިތެއް ނުވިއެވެ. ސިކުނޑީގައި އެބުރިގަތީ ރޭގައި ބަންޝީލް ދެއްކި ވާހަކައެވެ. އަހަރެން ބޭނުންވީ އެއީ ބިރުވެރި ހުވަފެނަކަށް ވާށެވެ. ނަމަވެސް އެއީ އަސްލަށް ހިގިކަމެއްކަމެއް އަހަރެންނަށް އެނގެއެވެ. ތެދުވެ މޫނު ދޮވެލައިގެން އަނެއްކާވެސް އައިސް އެނދުގައި އޮށޯތީމެވެ. މިއަދު ބޭރަށް ގޮސް މަންމަމެންނާއި ބައްދަލު ކުރާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އަހަރެން ބޯ ހިއްލާލަމުން ދޮރާއި ދިމާލަށް ބަލާލީމެވެ. ނަމަވެސް އަނެއްކާވެސް އޮށޯތީމެވެ. އިރުކޮޅަކު ޓަކި ޖެހުމަށްފަހު އެމީހަކު ހުއްޓަލިއެވެ. އެއީ ދޮންބެކަން އަހަރެންނަށް ޔަގީނެވެ. މިއަދު ހެނދުނު ދޮންވެއަށް އަހަރެން ނުދެންނާތީ އަހަރެން ކޮބާތޯ ބަލަން އައީއެވެ. އެވަގުތު ކައިރީގައި އޮތް ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ ދޮންބެއެވެ. އެފޯނު ނަގަންވީ ބާއެވެ. އެކަމަކު ނަގާފައި ކިޔާނީ ކީކޭ ހެއްޔެވެ. ދޮގެއް ހަދާކަށް އަހަރެންނަކަށް ނުކެރޭނެއެވެ. ފޯނު ކެނޑުނުތަނާ ދޮރުގެ ތަޅުގައި ދޮންބެ ހިފާލިއެވެ. އަހަރެން ހުންނާނީ ދޮރު ތަޅުނުލައެވެ. އެހެންކަމުން ދޮންބެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ވަގުތުން އަހަރެން ދެލޯ މަރާ ނިދާކަމަށް ހެދީމެވެ.

ދޮންބެ ހިގާފައި އައިސް އަހަރެންގެ އެނދު ކައިރިއަށް ހުއްޓުނެވެ. “ކޮއްކޯ” ދޮންބެ ގޮވާލިއެވެ. އަހަރެން ދެލޯ މަރައިގެން ގުޑިވެސް ނުލާ އޮތީމެވެ. “ކޮއްކޯ” ދޮންބެ އަހަރެންގެ އަތުގައި އަތްޖައްސާލިއެވެ. “މަންމާ.. ބައްޕާ” އެވަގުތު ދޮންބެ މަންމައާއި ބައްޕައަށް ވަރަށް ބާރަށް ގޮވާލިއެވެ. އަހަރެން މަޑުމަޑުން ދެލޯ ހުޅުވާލީ ވީ ކިހިނެއްތޯ ބެލުމުގެ ބޭނުމުގައެވެ. “ކޮއްކޯ.. ކިހިނެއްވީ.. ހާދަ ހުންގަދައޭ..” ދޮންބެ ލޯތްބާއި އެކު އަހަރެންގެ ބޮލުގައި ފިރުމާލި ވަގުތު ދޮންބެގެ އަތުގެ ފިނިކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. ދެލޯ އެއަށްވުރެއް ބޮޑަކަށް އަހަރެންނަކަށް ނުހުޅުވުނެވެ. ނިއްކުރިއަށް ބާރުކޮށްފައި ހުރުމުން އަހަރެން އަނެއްކާވެސް ދެލޯ މަރާލީމެވެ. މަންމައާއި ބައްޕަވެސް އެތަނަށް އައެވެ. މަންމަ އަހަރެންގެ ކަރުގައާއި ނިއްކުރީގައި އަތްޖައްސާލިއެވެ. ނަމަވެސް ދެން އޭގެ ފަހުން ވީގޮތެއް އަނެއްކާވެސް އަހަރެންނަކަށް ނޭނގުނެވެ. ހޭލެވުނީ ބޮލުގައި ފިނި އެއްޗެއް ޖެހެން ފެށުމުންނެވެ. ދެލޯ ހުޅުވާލިއިރު ކައިރީގައި ފެންފޮތިގަނޑެއް ހިފައިގެން އިން މަންމަ ފެނުނެވެ. “މިހާރު ކިހިނެއް” އަހަރެން ދެލޯ ހުޅުވާލިތަން ފެނުމުން މަންމަ ލޯތްބާއި އެކު އަހާލިއެވެ، އަހަރެން ހިނިތުންވުމެއް ރައްދުކޮށްލީމެވެ. އަހަރެންނަށް ވި ކިހިނެއްތޯއެއް މަންމަ ކައިރީގައި އަހަރެން ނާހަމެވެ. އެއްވެސް މީހަކު އަހަރެންނަށް ބުނެދޭކަށްވެސް މަސައްކަތެއް ނުކުރެއެވެ.

މަޑުމަޑުން އަހަރެންގެ ހުންގަނޑު މަޑުވަމުން އައެވެ. މަންމަ އަހަރެންނަށް ސޫޕް ހަދައިގެން ގެނެސް ދިނުމުން އަހަރެންނަށް ބޮވުނީ މަދު އެތިކޮޅެކެވެ. ހަތަރުދަމު ކަހަލައިން އަހަރެން އިނީ ކޮޓަރީގައެވެ. އެއްވެސް ވަރަކަށް އައިރްގެ ހަބަރެއް ނުވެއެވެ. އަދި ރީހާންގެ ހަބަރެއްވެސް ނުވެއެވެ. އަހަރެން އިސްވެ އައިރްއަށް ގުޅާކަށް ބޭނުމެއް ނުވިއެވެ. އަހަރެން އޭނަދެކެ ލޯބިވާކަށް އޭނައަށް އެނގޭނެއެވެ. އޭނަ އިސްވެ ގުޅަން ވާނީ ކީންހެއްޔެވެ. އަހަރެން ބަލިވެ އުޅޭއިރު ހަބަރު ބަލާލަން، ހާލު ބަލާލަން ގުޅަން ވާނީ ކީންހެއްޔެވެ. އެވަރުވެސް އޭނައަކަށް ނުވިއެވެ. ހަވީރުވާން ކައިރިވެފައި ހުއްޓާ ޖައިޝް އައެވެ. “އާސީންގެ ދޮންބެ ހެނދުނު ގުޅާފައި ބުނި އާސީން ވަރަށް ބައްޔޯ” އަހަރުމެން ދެމީހުން އެކަނި ވުމުން ޖައިޝް ވާހަކަ ދެއްކިއެވެ. އޭނަ އިނީ އެނދުކައިރީގައި ހުރި ގޮޑީގައި އިށީދެލައިގެންނެވެ. އަހަރެން ކިޔަން ގެންގުޅު ފޮތް އެއްފަރާތުގައި ބޭއްވީމެވެ. “އެކަމަކު އަދި ކިރިޔާ ތި އާދެވުނީ” އަހަރެން ބުނެލީމެވެ. “އަހަރެންނަކަށް ނޭނގޭ.. އާސީން އަހަރެންނަށް ތިވަރަށް އިންތިޒާރު ކުރާނެ ކަމެއް.. އެނގޭނަމަ އުދުހިފައި ނަމަވެސް އަވަހަށް އައީމުސް” ޖައިޝް އެއްކޮޅުން ހީލަމުން ބުނެލިއެވެ. ޖައިޝް އެހެން ބުނުމުން އަހަރެންގެ ސިކުނޑީގައި އުތުރިގަތީ އައިރްގެ ހިޔާލުތަކެވެ. ވަގުތުން މޫޑް އޮފްވިއެވެ. “ސޮރީ.. އައި ވޯޒް ޖޯކިން” އަހަރެންގެ މޫނަށް އެރި ކުލަވަރުން ޖައިޝް އެހެން ބުނެލިއެވެ.

“ނޫން.. ނޫން.. އެއީ މައްސަލައެއް ނޫން” ގަދަކަމުން ހިނިތުންވުމެއް ރައްދުކުރަމުން އަހަރެން ބުނެލީމެވެ. “އޮފީހުގައި ވަރަށް މަސައްކަތް ގިނަ.. އެހެންވެ އޮފީހުގައި އުޅެން ޖެހުނީ.. އަނެއްކާ އަހްޝަމްވެސް ގުޅި އޭރު މެންދުރުވަނިކޮށް.. ކޭސްގެ ކަންތައްތަކުގައި.. އޭނައަށް އަހަރެންނަށް އެނގޭ ވަރަކުން ކިޔައިދިނިން.. އޭނަ ބުނި މާދަން ކޯޓަށް ދާނެކަމަށް މައްސަލަ ހިފައިގެން.. ވާނެ ގޮތް އަންގާނެ ކަމަށް ބުނި” ޖައިޝް ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެޓްލީސްޓް ކޮންމެވެސް އެއްކަމެއް ރަނގަޅަށް އެބަ ދެއެވެ. އެހެންކަމުން އެއީވެސް ކުރިއެރުމެވެ. އެދުވަހުގެ ދެން އޮތްބައި ތަކުގައި ޖައިޝް ވަރަށް ގިނަ އިރުވަންދެން މަޑުކުރިއެވެ. ގެއިން އެންމެންނާއި އެކު ކައިގެން ކޮއްކޮއާއި އެކު ސަކަރާތް ޖެހުމުގައި ބައިވެރިވިއެވެ. އަހަރެންވެސް ރޭގަނޑު ވުމުން މަޑުމަޑުން ކޮޓަރިން ނިކުމެ އެންމެންނާއި ވާހަކަ ދައްކާ ހަދަން މަސައްކަތް ކުރީމެއެވެ. އެހުރިހާ ކަމެއް ކުރިއިރު އަހަރެންނަށް ބެލުން ދިޔައީ ޖައިޝްގެ ހަރަކާތްތަކެވެ. އޭނަ އަހަރެންނާއި ވާހަކަ ދައްކާއިރު އެއަޑުގައި ހުންނަ އަޅާލުމާއި ކުލުނުގެ ސަބަބުން އަހަރެންގެ ހިތައް ކުޑަނަމަވެސް ހަމަޖެހުމެއް ގެނެސްދެއެވެ. އޭނަ ކޮއްކޮއާއި އެކު ސަކަރާތް ޖަހާ ދޮންބެއާއި ވާހަކަ ދައްކާގޮތުންނާއި އެ ބައްވާ ގާތްކަމުން އެއީ އޭނަބާއޭ ބައެއް ފަހަރު އަހަރެންގެ ހިތައް އަރައެވެ.

އެދުވަސް ނިމިގެން ދިޔައީ އައިރްގެ ހަބަރެއް ނުއެވެ. ޖައިޝް ދިޔައީ ބާރަވެސް ޖެހިފަހުންނެވެ. އަހަރެން އެނދުގައި އޮށޯވެލި ނަމަވެސް ނިދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ދެލޯ މަރާލާތަނުން އަނެއްކާ މިރޭވެސް ބަންޝީލް އަހަރެން ކޮންމެވެސް ތާކަށް ގެންގޮސްފާނެއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އަހަރެން ބެލީ ނުނިދާ ހޭލާ ހުރެވޭނެ ގޮތެއް ވޭތޯއެވެ. ވާހަކަ ފޮތެއް ނަގައިގެން ކިޔަން އޮތުމުން މާ ބޮޑަށް ނިދި އަންނަ ގޮތްވިއެވެ. އެހެންކަމުން އެ ފޮތް ބޭއްވުމަށްފަހު އަވަހަށް ނިކުމެ ކޮފީއެއް ހަދައިގެން ވަދެ ނަޝްފާގެ ކޭސްގެ ކަންތައްތަކުގައި ބޯ ގޮއްވަން ފެށިމެވެ. އެރޭވެސް ފަތިސް ނަމާދު ބަންގި ގޮވަންދެން އަހަރެންނަށް ހިތްވަރު ކުރެވުނެވެ. ނަމަވެސް ނަމާދުގެ ފަހުން ދެން ވީ ކިހިނެއްކަމެއް ނޭނގުނެވެ.

ހޭލެވުނު އިރު ފާޑަކަށް ހުރީ ބޮލުގައި ރިއްސައިގަފައެވެ. އަވަހަށް ތެދުވެ ބޭސް ކައިގެން ބޭރަށް ނިކުތީމެވެ. މަންމައާއި އެކު ގޭ މަސައްކަތް ތަކުގައި ބައިވެރިވެލީމެވެ. ނަމަވެސް އޮފީހަށް ނުދިޔައީ މީހާ މުޅިން ހަމައަކަށް ނޭޅޭތީއެވެ. އެދުވަހުގައި އަހަރެންނަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އެހެންކަމުން އައިރްއަށް ގުޅީމެވެ. ނަމަވެސް އޭނަ ފޯނެއް ނުނަގައެވެ. އަހަރެންގެ ހިތައް ވަރަށް ތަދުވިއެވެ، އޭނަ އެހެން ހަނދަން ބޭނުންކަމަށް ވާނަމަ އަހަރެންނާއި ކައިރިވާން މަސައްކަތް ކުރީ ކީއްވެ ހެއްޔެވެ. ލޯބިވެއޭ ކިޔައިގެން އަހަރެން ކައިރީގައި ދޮގު ވާހަކަތަކެއް ދެއްކީ ކީއްކުރަން ހެއްޔެވެ. ފޯނު ނުނެގިތާގައި އަހަރެންނަށް މެސެޖްއެއްވެސް އޭނައަކަށް ނުކޮށްލެވުނެވެ. އަހަރެން މެސެޖް ކުރުމުންވެސް އޭނައަށް ހަބަރެއް ވާކަށް ނޭނގުނެވެ. ދެރަވުމާއި އެއްވަރަށް އަހަރެން ރުޅިވެސް އަންނަން ފެށިއެވެ. ބަންޝީލް ދެއްކި ވާހަކަ ތަކުގައި ކޮންމެވެސް ތެދު ވާހަކަތަކެއް ވާކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިޔަސް އެއީ އަހަރެންނަށް ފަސޭހަ ކަމަކަށް ނުވިއެވެ.

މެންދުރުގެ ވަގުތުގައި ޖައިޝް ގެއަށް އައެވެ. އޭރު އެމޫނުމަތިން ފެންނަން ހުރީ ކަމެއް ކާމިޔާބު ވުމުން ފެންނަން ހުންނަ ކަހަލައިގެ ހިނިތުންވުމެވެ.  އަހްޝަމް ގާޒީއަކާއި ވާހަކަ ދައްކައިފި” އަހަރެންނާއި ދޮންބެ ކޮޓަރިއަށް ވައްދަމުން ޖައިޝް ބުނެލިއެވެ. “އެހެންތަ.. ކީކޯ ބުނީ” ދޮންބެ އަވަސްކަމާއި އެކު އަހާލިއެވެ. ޖައިޝް އެވަގުތު ހިނިތުންވެލިއެވެ. “ރީއޯޕެން ވީތަ.. ނަޝްފާގެ ކޭސް” އަހަރެންނަށް އުފަލުން އަހާލެވުނެވެ. “ޔެސް..” ޖައިޝް ހިނިތުންވެލަމުން ބުނެލިއެވެ. “އަސްލުތަ.. އިޓްސް ގުޑް ނިއުސް” އަހަރެންވެސް ވަރަށް އުފާވިއެވެ. އަހްޝަމް އަހަރުމެންނާއި ބައްދަލު ކުރަން ބޭނުންވާ ވާހަކަ ޖައިޝް ބުނެލިއެވެ. އަހަރެންނާއި ދޮންބެ އަހްޝަމްއާއި ބައްދަލު ކުރުމަށް ޖައިޝްގެ ފަހަތުން ދިޔައީމެވެ.

“މަރުހަބާ އަހްޝަމް” އޭނަ އިނީ އޭނަގެ ގޭގައެވެ. ގެއަށް ވަދެ އަހްޝަމް ފެނުމާއި އެކު އަހަރެންނަށް ބުނެވުނެވެ. “މަރުޙަބާ އާސީންއަށްވެސް..” އަހްޝަމް ބުނެލިއެވެ. ޖައިޝް އަހްޝަމްއަށް ދޮންބެ ތައާރަފް ކޮށްދިނެވެ. “އަހަރުމެންގެ މަސައްކަތް އަދި މިފެނުނީ އިނގޭ.. މި މައްސަލައިގެ ތިބިއްޔާ ތިބި ސަސްޕެކްޓް އެއް ވަނީ މަރުވެފައި.. އެހެންވީމަ އަހަރުމެން ޖެހޭނީ އާ ސަސްޕެކްޓްއެއް ހޯދަން.” އެންމެން އިށީނުމުން އަހްޝަމް ވާހަކަ ފެށިއެވެ. “މިކޭސްގައި މިނިސްޓަރ ވަރަށް ބޮޑު ރޯލެއް ކުޅެފައިވޭ.. އޭނަ ޖެހޭނެ އޭނަ ކުރިންކަންތަކަށް އެއްބަސް ވާން.. މިހުރިހާ ދުވަހަކު މި ކޭސް ވަޅުލެވިފައި މިއޮތީ އޭނަގެ ސަބަބުން” އަހްޝަމް ބުނެލިއެވެ. “އަހަރުމެންނަށް އޭނަގެ އަނގައިން އަމިއްލައަށް އެހުރިހާ ކަމަކަށް އެއްބަސް ވެއްޖެނަމަ.. އެއީ އުދަގޫ ކަމެއް ނޫން” ގޮޑީގައި ލެގިލަމުން އަހްޝަމް ބުނެލިއެވެ. “އާ..ތިއީ ވަރަށް ފަސޭހަކަމެއް.. މިނިސްޓާރ އެއް ކައިރީގައި އަހަރުމެން ދާ ގޮތަށް އަހާނީ.. ނަޝްފާގެ ކޭސް ހިންދާލަން ކިހާ ލާރިއެއް ހަރަދުވިތޯ.. އޭނަ އުފަލުން ބުނާނެ” ޖައިޝް ޖެއްސުމަށް ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. “އަހަރެން ކޮން އިރަކު ބުނީ މިއީ ފަސޭހަ ކަމެކޭ” އަހްޝަމްގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުން އެއީ ކޮންމެވެސް ނުބައި ކަމެއް ކުރަން އެސިކުނޑީގައި ރައްވާ ނިއްމާލި ކަމަލައެވެ. “އައި ހޭވް އަ ޕްލޭން.. އެކަމަކު މިކަމުގައި އާސީން އައި ޖައިޝްއަށް ބޮޑަށް އެހީ ވެވޭނީ” އަހްޝަމް ބުނެލިއެވެ. އަދި އޭނަގެ ޕްލޭން އެންމެންނަށް ކިޔައިދިނެވެ. އަހަރެން ހައިރާންވިއެވެ. އަހްޝަމްވާ މޮޅެވެ. އޭނަ ޕްލޭން ކޮށްފައިވާ ގޮތަށް ހުރިހާ ކަމެއް ގޮސްފިނަމަ މިކަމަކީ އެއްމެ ރެއަކުން ނިއްމާލެވޭނެ ކަމެކެވެ.”އާ ޔޫ ޝުއަރ” ޖައިޝް އަހާލިއެވެ. އަހަރެން އެ ޕްލޭންއާއި އެއްބަސް ވުމުގެ ގޮތުން ބޯޖަހާލީމެވެ. ދޮންބެވެސް ބޯޖަހާލިއެވެ. މި ޕްލޭންގައިއަހަރެންނަށް ލިބުނު ޓާސްކްއަކީ އެންމެ ފަސޭހަ ކަމެވެ. އެއީ ހެލްތް މިނިސްޓަރ އެކަމަށް އެއްބަސް ކުރުވުމެވެ. ޖައިޝްއަށް ޖެހުނީ ބެއިޓްއެއްގެ ގޮތުގައި އަހަރެންގެ ނަން މިނިސްޓަރގެ ކަންފތާއި ހަމައަށް ފޯރުކޮށްދޭށެވެ. އަހަރެން ބޭނުންވީ ވީ އެންމެ އަވަހަކަށް އޭނައާއި ބެހޭގޮތުން މައުލޫމާތު ހޯދުމެވެ. އޭނަގެ ޕާސަނަލް އަދި ޕްރޮފެޝަނީ ގޮތުންނެވެ. އޭނައާއިލާއާއި ބެހޭގޮތުންނާއި އޭނަގެ އެންމް ކައިރީގައި ތިބޭ އެކުވެރިންނާއި ބެހޭގޮތުންނެވެ.

އެދުވަހު ދެން އޮތްބައި އަހަރެން މަސައްކަތް ކުރީ ހެލްތް މިނިސްޓަރ އަކީ ކާކުތޯ ބެލުމުގައެވެ. އަހްޝަމް ޖައިޝް އަދި ދޮންބެގެ ފަރާތުންވެސް އަހަރެންނަށް ވަރަށް މައުލޫމާތު ލިބުނެވެ. އަހަރެން ބޮޑަށް ބެލީ އޭނަގެ އާއިލާގެ މެންބަރުންގެ މައުލޫމާތާއި އޭނައާއި މެދުގައި އޮންނަ ގުޅުމާއި ބެހޭގޮތުން މައުލޫމާތި ހޯދޭތޯއެވެ. އައިރް ކައިރީގައި މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ގުޅުމުންވެސް އޭނަ ފޯނެއް ނުނަގައެވެ. އަހަރެންނަށް ހޯދުނު ގޮތަކުން ހުރިހާ މައުލޫމާތެއް ހޯދީމެވެ. މި މީހުންނާއި ބައްދަލު ކުރަން ދާއިރު މިއީ ކިހާ ބޮޑު ބައެއްކަން އަހަރެންނަށް އެނގެއެވެ. އެމީހުންނާއި ގުޅުން އޮންނަނީ ކޮންބައެއްކަން އަހަރެންނަށް އެނގެން މުހިއްމެވެ. އެމީހުންނަކީ ޑާޓީ ގޭމް ކުޅޭ ބައެކެވެ. އަހަރެން ހުންނަން ޖެހޭނީ އެކަހަލަ ކަމަށްވެސް ތައްޔާރު ވެގެންނެވެ.

ރޭގަނޑުގެ ވަގުތުތެވެ. އަހަރެން މަޑު ހިގުމެއްގައި ގޮސް ހުއްޓުނީ ބޮޑު ގޭޓެއް ބަހައްޓާފައި ހުރި ދޮރު ކައިރިއަށެވެ. އެތަނުގައި ހުރި ގާޑް މީހާއަށް އަހަރެން ފެނުމުން ކުޑަކޮށް އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. “މުހައްމަދު ލަތީފްއާއި ބައްދަލު ކޮށްލަން.. އެބަ އުޅުއްވާތޯ” އަހަރެން ސުވާލު ކުރީމެވެ. “ކޮން ނަމެއްތޯ ކިޔަނީ” އެމީހާ ސުވާލު ކުރިއެވެ. “އާސީން” އަހަރެންގެ ނަން ބުނެލަމުން މީޑިއާ ކާޑް ދައްކާލީމެވެ. އެމީހާ ކާޑްއަށް ބަލާލަމުން ދޮރި ހުޅުވާލިއެވެ. އެއީ ބޮޑު ގެއެކެވެ. އަހަރެން މަޑުމަޑުން ކުރިއަށް ދިޔައީމެވެ. “10 ވަނަ ފްލޯއަށ ދުރުވޭ” އެމީހާ އަހަރެންނަށް ލިފްޓް ދައްކާލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލަމުން ލިފްޓަށް އެރީމެވެ. އަހަރެން ހުރީ ބިރުންހަލާކުވާން ކައިރިވެފައެވެ. “ހަނދާން ކުރާތި.. މިރޭ އަންނާށޭ އެބުނީ އެގޭގައި އިތުރު އެއްވެސް މީހަކު މިރޭ ނޫޅެނެތީ.. އޭނަގެ އަންހެނުންވެސް ވަނި ދަރިން ގޮވައިގެން ރާއްޖެއިން ބޭރުގައި މިދުވަސްކޮޅު.. ވަރަށ ފާޑެއްގެ މީހެއް މީ..” އަހަރެންގެ ސިކުނޑީގައި އެބުރިގަތީ ޖައިޝް ލަތީފްއާއި ވާހަކަ ދައްކާފައި އައިސް ބުނި ވާހަކައެވެ. “އަހަރެން އެއްބަހެއް ނޫން އާސީން އެކަނި ފޮނުވާކަށް” އަހްޝަމްގެ މޫނަށް ބަލާލަމުން ޖައިޝް ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ. “މިއީ އަހްޝަމްގެ ޑިސިޝަންއެއް ނޫނޭ.. އަހަރެންގެ.. އަހަރެންނަށް މިކަން ކުރެވޭނެ.. އައި ވިލް ބީ އޯކޭ” އަހަރެން އެހެން ބުނެލީމެވެ.

އަހަރެން ދެލޯ ހުޅުވާލީ ލިފްޓް ދިހަވަނަ ފްލޯއަށް ހުއްޓުނު އަޑަށެވެ. ފުންނޭވާއެއް ބޭރުކޮށްލަމުން އަހަރެން ލިފްޓުން ފޭބީމެވެ. އޭރު މުހައްމަދު ލަތީފް އަހަރެންގެ އިންތިޒާރުގައި ދޮރުހުޅުވާލައިގެން ހުއްޓެވެ. “އާސީން.. ދުރުވޭ.. ވަރަށް އުފާވެއްޖެ ގަޑިއަށް ދުރުވީތީ” ސަލާމަށް އަތް ދިއްކޮށްލަމުން ލަތީފް ބުނެލިއެވެ. “ޝުކުރިއްޔާ އަޅުގަނޑަށް މިފުރުސަތު ދެއްވީތީ މިނިސްޓަރ” އަހަރެން އޭނައާއި ސަލާމް ކޮށްލަމުން ބުނެލީމެވެ. އެވަގުތު އޭނަ އަހަރެންގެ އަތަށް މަޑުމަޑުން ފިއްތާލިއެވެ. އަދި އިނގިލިން އަތާއި ކުޅެލިއެވެ. އަހަރެން އެއްފަހަރު އޭނަގެ މޫނަށް ބަލާލީމެވެ. އޭނަގެ ނިޔަތް އެހާ ހިސާބުންވެސް އަހަރެންނަށް ނަގައިގަނެވުނެވެ. ކިތައްމެ ރުޅިއެއް އައިނަމަވެސް އެއްވެސް އެއްޗެއް އަހަރެން ނުބުނަމެވެ. އޭނަ އަހަރެންގެ އަތް ދޫކޮށްލުމަށްފަހު އެތެރެއަށް ވަނެވެ. ބޮޑު ސިޓިން ރޫމްއެކެވެ. “އިށީދޭ” ސޯފާ އަތުން ދައްކާލަމުން ލަތީފް ބުނެލިއެވެ. އަހަރެން ހިނިތުންވުމެއް ރައްދުކޮށްލަމުން އެތަނުގައި އިށީދެލީމެވެ. ލަތީފްވެސް އަހަރެންގެ ކުރިމައްޗަށް ވާގޮތަށް ސޯފާގައި އިށީދެލިއެވެ. “އެހެންވީމަ އަޅުގަނޑު ސުވާލު ކޮށްލާނަން އިނގޭ” އަހަރެން ދަބަސް ތެރެއިން ކުޑަ ނޯޓް ފޮތަކާއި ގަލަމެއް ނަގާ ތައްޔާރުވެލީމެވެ. އަދި ދަބަސް ރީއްޗަށް ސޯފާގައި ބެހެއްޓިމެވެ. “ކީއްކުރަން އެހާ އަވަހަށް ފަށަނީ.. ފުރަތަމަ ހިނގާބަލަ” ފާޑަކަށް ބަލާން އިދެފައި ލަތިފް އެހެން ބުނެލަމުން ތެދުވިއެވެ. “މައާފް ކުރައްވާ.. އަޅުގަނޑު މިއައި ވަރަށް މުހިއްމު ކަމަކާއި ބެހޭގޮތުން އިންޓަވިއު އެއް ލިބޭތޯ” އޭނާ ތެދުމުން އަހަރެންގެ ހިތް ތެޅިގަތެވެ. ކޮންމެވެސް ނުބައި ކަމެއް ޥާން އުޅެނީ އޭ އަހަރެންގެ ހަބަނަ ހިއްސު ބުނަމުން ދިޔައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(15 ވަނަ ބައި)

Next

Notice…..

Next
May 30, 2016

Notice…..

Previews
May 30, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(15 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

29 Comments!

  1. Fantasy says:
    May 30, 2016 at 2:30 pm

    mi baives hurihaa kudin nah kamudhaane kamah heekuran 🙂 midhuvas kolhu v bixy koh ulheythee las vany igey.. ramazan fesheythee v bixy koh ulhethee nuliye veny igey.. heekuran kudin nah understand vaane kamah 🙂 hurihaa kudinge hiyaal thakah maruhaba 🙂

  2. ny says:
    May 30, 2016 at 2:56 pm

    V v v reethi haaadalahey up vaa go v v v reethivaahaka ???????????????

    1. Fantasy says:
      June 1, 2016 at 9:20 am

      thnks ny dear 🙂 avahah up kureveytho v massakith kuran igey dear 🙂

  3. ruhii says:
    May 30, 2016 at 3:02 pm

    Vvvv salhi. Dhen oii bayah adhi maa bodah inthizaar kureven fashafi.

    1. Fantasy says:
      June 1, 2016 at 9:21 am

      thnks ruhii 🙂 try mi kurany avahah up kureveytho 🙂

  4. ❤❤Nillu❤❤ says:
    May 30, 2016 at 3:12 pm

    Varah habbu mi part es.. ?? cnt wait so long.. ?? plx upload the next part soon.. ?? fantansy u are jst amazing ☺☺luv yuh alot.. ?❤❤???

    1. Fantasy says:
      June 1, 2016 at 9:21 am

      thnks nillu dear 🙂 v bodu koh 🙂

  5. ken? says:
    May 30, 2016 at 3:35 pm

    awwwnnn…fantasy…haadhahaa ey molhee…mi thriller ah vaane dhw film ei hadhan…???

    1. Fantasy says:
      June 1, 2016 at 9:22 am

      heheh… ken vaane direct koh dheyn igey 🙂 thnks bodu koh ken dear 🙂

  6. Eyna says:
    May 30, 2016 at 3:41 pm

    mi site ah miadhu mihiree kihineth vefa. Esfiya pls mikan rangalhukohdhee

    1. Fantasy says:
      June 1, 2016 at 9:22 am

      eyna koba ragalhu vejje tha nw dear

  7. Isheee says:
    May 30, 2016 at 3:49 pm

    Wow vvvv reethi mivaahaka

    1. Fantasy says:
      June 1, 2016 at 9:23 am

      thnks ishee dear 🙂

  8. Dhusu says:
    May 30, 2016 at 4:03 pm

    V v v v salhi

    1. Fantasy says:
      June 1, 2016 at 9:23 am

      thnks dhusu 🙂

  9. 125 says:
    May 30, 2016 at 4:52 pm

    mee moya vaahakeh..

    1. Fantasy says:
      June 1, 2016 at 9:24 am

      125 ah kamudhaa kahala vaahaka eh genes dheyvetho try kuraanan igey 🙂 thnks vaahaka kiyaa leema 🙂

  10. # says:
    May 30, 2016 at 6:34 pm

    Sofy vaahaka v v v v v v varah salhi. Vaahaka kiyaa hivany. Sofy ah kurevey enmen avahakah up koh dheyne kama hykuran. Ramazan mubaarik in advance

    1. Fantasy says:
      June 1, 2016 at 9:24 am

      thnks bodu koh # 🙂

  11. Amm says:
    May 30, 2016 at 9:49 pm

    Nice story…… Keep it up???

    1. Fantasy says:
      June 1, 2016 at 9:24 am

      Amm thnks igey 🙂

  12. Faxoo says:
    May 30, 2016 at 10:11 pm

    Fantasyy mibaives varah varah reethi. 😀 woww cant wait fr teh nxt part!!! >.,w<

    1. Fantasy says:
      June 1, 2016 at 9:34 am

      thnks faxoo dear bodu koh 🙂 next part avahah up kureveytho v try kuraanan igey dear 🙂

  13. zara says:
    May 31, 2016 at 3:58 pm

    Up up up up up fast plz

    1. Fantasy says:
      June 1, 2016 at 9:35 am

      hehehe… zara dear v try kurany avahah up kureveytho igey 🙂

  14. Shaa says:
    June 1, 2016 at 7:04 pm

    Plx avahah up kohdhyba… can’t wait.. keep it up. Nice story

  15. Foohi says:
    June 5, 2016 at 1:26 am

    Fantas mioh salhi hisaabah gngossa haonuvaana thihn hadhaakah thihaa gina dhuvas kurny viyyaamu paatu nnmaaliru foohi gothakah nnmun kihinavvaany haadha inthizaarakay kurevany ramazaa mubaarik fantaseeah mistory vvvv salhi up kolla dhavynee adhi kihaa thaakubaa vvby nnriply???

  16. aalaa says:
    June 6, 2016 at 3:45 pm

    fantasy v inthizaaru kurevihje, dhn nuvaane. avahah up kohladhyba plx..

  17. Ba says:
    June 6, 2016 at 7:27 pm

    Fantasy v cute : )

Comments are closed.

Next Episodeއިންސާފް… 21 ވަނަ ބައި..←


All Right Reserved!