Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ 3

iris Level 110 Stories
May 31, 2016 4 Mins Read
21 Comments

“މިންކޮ.. ތި ޖޮއިން ވީވެސް ވަރަށް ރަނގަޅު ދުވަހެއްގަ.. މިއަދު އޮންނާނެ މި  އޮފީހަށް ލޮޖިސްޓިކް މެނޭޖަރ އެއް ހޯދުމަށް ބާއްވާ އިންޓަރވިއު.. ކުރިން އެމަޤާމުގަ ހުރި ނައީމު އަމިއްލަ ކަމެއްގައި ރާއްޖޭން ބޭރަށް ބަދަލު ވީމާ އެމަޤާމަށް މީހަކު ހޯދަން އިއުލާނު ކޮށްގެންއުޅޭނީ.. އެނގޭތަ… ވަރަށް ސަޅި ބިޓުން މިއަދު ފެންނާނެ ބަލަން ހުންނައްޗޭ..” އަފާފް އައިސް މިންޝާ  ކެބިންނަށް ވަދެލަމުން ބުނެލިއެވެ. “އެހެންތަ… ނަސީބުވެސް ގަދައި ދޯ. އެނގިދާނެތާ… ”  މިންޝާ ވެސް ފޯރީގައި ޖަވާބު ދިނެވެ.

**************************************************************

” ދަރިފުޅާ.. ދޭބަލަ ތުއްތުބެއާ އެކު ސްޓޯރ ރޫމް އަށް… ނިންމާލަން ޖެހޭ ވަރަށް ބޮޑު ޑެލިވަރީއެއް އިނީމަ އެކަމުގަ ކުޑަކޮށް އެހީ ވެދޭން. ބައްޕަ މިއަދު ވަރަށް ވަރަށް ބިޒީ.. އިންޓަރވިއު އެއް އިނީމަ މަންޞޫރު އަންކަލް އާ އެކި އެކަމުގަ މިއުޅެނީ.. ފިރާޒް އާއި ތުއްތުބެ އެއްޗެހިތައް ނަގާނެ.. ދަރިފުޅު ހަމައެކަނި ލިސްޓާއި އެ އެއްޗެހި ދިމާވޭތޯ ބަލަންވީ”  އާދަމް މަނިކު މިންޝާ ކައިރީ ބުނެލިއެވެ. “އޯކޭ ޑޭޑް.. މިދަނި މިހާރު!”  މިންޝާ ތެދުވެލަމުން ބުނެލިއެވެ. މާޔޫސްވެފައި އަފާފު އަށް ހަނާ އަޅާލުމަށް ފަހު މިންޝާ ހިނގައިގަތީ ޒަލަފްގެ ފަހަތުންނެވެ.  އިސްތަށި ގަނޑު ރަނގަޅުކޮށްލުމަށް ފަހު އޮފީހާއި މާދުރު ނޫން ހިސާބެއްގައި ހުރި ގުދަނާއި ދިމާލަށް މިންޝާ ހިންގައިގަތީ ބައްޕަ ދިން ލިސްޓަށް ގެއްލިފައި ހުރެއެވެ. ދިޔަ ބާރު މިނުގައި މިންޝާ ގޮސް ޖެހުނީ ބޭރުން ވަދެގެން އައި މީހެއްގެ ގައިގައެވެ. އަރައިގެން ހުރި އުސް ފައިވާނާއި އާދެވުނުލެއް ބާރުކަމުން މިންޝާއަށް ކޮންޓްރޯލް ނުކުރެވި ވެއްޓެން ދިޔައެވެ. ބާރު ގަދަ ދެއަތެއްގެ ހިމާޔަތް ނުލިބުނު ނަމަ މިންޝާ އަށް މިއަދު އަނިޔާއެއް ވީސްކަން ގައިމެވެ. “މިންކޮ… އަވަސްކޮށްބަލަ.. ލަސްވަނީ އޭ.. ދެގަޑި ބައިގެ ކުރިން މި އޯޑަރ ފޮނުވާލަން ޖެހެއޭ…” މިންޝަ ލަސްވެގެން ޒަލަފް ގޮވާލިއެވެ. “އުޕްސް… ސޮރި އެންޑް ތޭންކްސް…” ވެއްޓިފައިވާ ލިސްޓް ނަގަމުން އިސް އުފުލާ ބަލާ ނުލާ މިންޝާ ބޭރަށް ދާން ދުއްވައިގަތެވެ.

އޭގެ ދެދުވަސް ފަހެވެ. މިންޝާ އުޅުނީ އިންވޮއިސް ތަކެއް ނިންމުމުގައި ވަރަށް އަވަދިނެތިއެވެ. “ދަރިފުޅާ މިންޝާ ! މިހިރީ މިއޮފީހަށް އަލަށް  ގުޅުނު ލޮޖިސްޓިކް މެނެޖާރ ކައިލް…  ކުރި ދުވަހުގެ      އިންޓަރވިއު އިން ފާސްވި ކުއްޖާ.. ދަރިފުޅު ދެން މަސައްކަތް ކުރަން ޖެހޭނީ ކައިލް ގެ ދަށުން… ” ބައްޕަގެ އަޑަށް މިންޝާ އިސް އުފުލާ ބަލައިލިއެވެ. އެވަގުތު މިންޝާ ލާން އުޅުނު ނޭވާ ވެސް ހީވީ އެތެރޭގައި ތާށިވިހެންނެވެ. ކުރިމަތުން ފެންނަން ހުރި މަންޒަރަށް ގެއްލިފައި މިންޝާ އަށް ކަޅި ޖަހާ ނުލާ ބަލަން އިދެވުނެވެ. މިންޝާގެ ކުރިމަތީގައި ފެންނަން އެހުރީ މީގެ ކުރިން މިންޝާ ނުދެކޭހާ ރީތި ޒުވާނެކެވެ. އިސްކޮޅުގައި 5 ފޫޓް 8 އިންޗި ވަރު ހުރި އެ  މެދުމިނުގެ ދޮން ޒުވާނާގެ ލޮލޮގެ ކަޅީގައި ގައި ހުރީ މަޑު އަޅިކުލައެކެވެ. އެއްމިޔަނަކުން ހީލާގެން މިންޝާއަށް ސަލާމަށް އަތް ދިއްކޮށްގެން ހުރި އިރު ކަނާތު ކޮލަށް އެޅިފައިވާ އަޑިކޮޅު މިންޝާއަށް ފާހަގަ ވިއެވެ. “ކިހިނެތްވީ؟ ނާވީ ދޮން ނުވެފަ ހީލާއިރު ކޮލަށް އަޑި ކޮޅެއް ނޭޅޭތީ ދޯ؟؟” ކުއްލިއަކަށް އާރާގެ އެދުވަހު ބުނި ބަސްކޮޅު މިންޝާ ހަނދާނަށް އައެވެ. “ދަރިފުޅާ މިންޝާ…” މިންޝާ ސިއްސައިގެން ދިޔައީ ބައްޕަގެ އަޑަށެވެ. ގަތް ލަދުން ވަގުތުން މިންޝާގެ މޫނަށް ރަތްކުލަ ވެރިވިއެވެ. އަވަހަށް ކައިލް ދިއްކޮށްފައިވާ އަތުގައި ހިފާ ސަލާމްކޮށްލިއެވެ. އެވަގުތު މިންޝާ އަށް ކުރެވުނީ މީގެ ކުރިން ދުވަހަކު ވެސް ނުކުރެވޭ ފަދަ އިހުސާސެކެވެ.

**************************************************************

“ސުބުހާނަށްﷲ!! އަފާފް…. އެހެރަ ރީތި ކަމެއް.. ދުވަހަކު ވެސް އެވަރުގެ ކަމެއް ނުދެކެން… ” އޮފިހުގެ ކެންޓިނުގައި އަފާފް އާއި މިންޝާ ތިބީ ބްރޭކް ގަޑި ކަމުން ފިނި އެއްޗެއް ބޯލަން އައިހެވެ. “ދެން ރަނގަޅެއްނު… މިންޝާއަށް ވޯރކް ކުރަންވެސް ތިޖެހުނީ ކައިލްގެ ދަށުން ވިއްޔާ.. ދެން ހަތަރު ދަމު އިނދޭ އެމޫނަށް ބަލަހައްޓައިގެން…”. އަފާފް ދިމާކޮށްލިއެވެ. “އޯކޭ އޯކޭ… ދެން ދިމާ ކުރޭ..” މިންޝާ ވެސް އަފާފުއަށް ރައްދުދެމުން އިސްޖަހާލިއެވެ. “މިންޝާ … މިންޝާ… ބަލާބަލަ… އެހެރަ އަންނަނީ މިންޝާގެ ހިތުގެ ރަޖާ…. ރާނީ ނުދަންތަ އިސްތިޤުބާލުގަ ހުންނާކަށް… ބަލާބަލަ ފަހަތް…. މިދިމާލަށެ އަންނަނީ ވެސް…”  އަފާފު ބުނި އެއްޗަކުން މިންޝާ އިނީ ހުއްޓުން އަރާފައެވެ.

“ހައި… މިންޝާ ދޯ… މިތާ އިށި އިށިއިނދެލިޔަސް ހެޔޮތަ؟” އިވިގެން ދިޔަ އަޑު ޤަބޫލު ނުކުރެވިފައި މިންޝާ އިސް އުފުލާ ބަލައިލިއެވެ. އޭރު ކައިލް ހަމަ އެ ޖާދުވީ ހިނިތުންވުމުގައި ބަލަހައްޓައިގެން ހުއްޓެވެ. މިންޝާގެ ހިތް ހާސް ފަހަރު ފިދާވާހާވިއެވެ. “ޔާ އޯކޭ..” މިންޝާ ޖަވާބުދިނެވެ… “ހާދަ ލަދުން ތި އިންނަނީ… މިންޝާ ގެ މަތިން މަސައްކަތް ކުރިޔަސް މާ ލަދުން ނީންނައްޗޭ… ވަރަށް ފްރެންޑްލީ ވާންވާނެ… އަހަންނަކީ މާ ބޮސީ  ވެގެން އުޅޭ މީހެއް ނޫން…. ދަށުން މަސައްކަތް ކުރިއަސް މަސައްކަތުގެ މާހައުލުގައި ހުރިހާ މުވައްޒަފުންވެސް ވާނީ ހަމަ އެއްވަރެއް… އިން މައި ވިއު އެނގޭ…!! މީ މިންޝާގެ ބެސްޓީތަ؟… ކޮންނަމެއް ކިޔަނީ … މިހާރު ނަން ހަނދާނެއް ނެތް…” މިންޝާ އަށް ވާހަކަ ދައްކަން އިނދެ އަފާފް އާ ދިމާލަށް ބަލަލަމުން ކައިލް ބުނެލިއެވެ. “އަފާފް… މިންކޮގެ އެންމެ ކްލޯސް ފްރެންޑް..” އަފާފް ޖަވާބު ދިނެވެ. “އޯކޭ… ސޯ މިހާހިސާބުން މި ފްރެންޑް ވެވުނީއެއްނު..  ބައި ދަ ވޭ… މިންޝާ ތީ މިތާ ބޮސް ޓޫ ގެ ދަރިފުޅު ދޯ… އެހެންވީމަ ކައިލް އަށް ވުރެ އަސްލު މަތީ ވާނީ މީންޝާ އެއްނު.. ” ކައިލްގެ ޖުމްލަ އާއި އެކު އެހުރިހާ އިރު މަޑުން އިން މިންޝާ މަޑުމަޑުން ހީލިއެވެ. ނޫނެ… ބޮސްގެ ދަރިއެކޭ ކިޔާފަ މިންކޮ މިތާ މާ ބޮޑުވެގެން އެއް ނޫޅޭން،… ހަމަ އޯލް އަރ އެކުއަލް…” މިންޝާ ވެސް ހީލަމުން ޖަވާބުދިނެވެ.

ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ކެންޓީން ތެރޭ ވާހަކަ ދައްކާލަން ތިބުމަށް ފަހު ތިން މީހުންވެސް އެއްކޮށް ހިންގައިގަތީ އޮފީހަށް ވަނުމަށެވެ. “އެންމެ ފުރަތަމަ ދުވަހު އިންޓަރވިއު އަށް އައި އިރު މާ ބާރަކަށް ދުވެފަ އެދިޔައީ ކޮންތާކަށް ތަ؟” މިންޝާ އާއި މުޙާތަބު ކޮށް ކައިލް ކޮށްލި ސުވާލަކުން މިންޝާ ހުރީ ވަނުވާ ނޭންގިފައެވެ. “މީގެ ދެދުވަސް ކުރިން މާ ބާރަކަށް ތަނަކަށް ދަނިކޮށް އަޅާއިގަނެގެން ވެއްޓުނެއްނު.. އެދުވަހު ބަލާވެސް ނުލާ ސޮރީ އަކާ ތެންކިޔު އެއް ދީފަ ތެޅެމުން ފޮޅެމުން ހިނގައްޖެ…” މިންޝާގެ ސުވާލުން ފުރިގެންވީ މޫނު ފެނުމުން ކައިލް އިތުރު ތަފްޞީލް ދިނެވެ. “އޯހް.. އެދުވަހު އެއީ ކައިލްތަ؟ ނޭންގޭނެއެއްނު…” މިންޝާ ޖަވާބު ދިނެވެ. “ހެހެ… އިނގުންނަމަ ކިހިނެތް ހެދިހީ؟” ކައިލް ވެސް ކޮށްލީ ސުވާލެކެވެ. “ތި އަތުތެރޭ މުޅި އުމުރު އޮވެވޭތޯ ބެލީހީ…” މިންޝާ ހިތާހިތުން ކިޔާލިއެވެ. “ކީކޭ؟ އެއްޗެކޭ ބުނިންތަ؟” ކައިލް ކޮށްލި ސުވާލުން މިންޝާ ސިއްސައިގެން ދިޔައެވެ. “ނޫން… ދެން އެދުވަހު ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއްނު… ކައިލް ނުހިފެހެއްޓި ނަމަ އެދުވަހު އޮންނަން ޖެހޭނީ ހޮސްޕިޓަލްގަ ކަންނޭންގެ.. އެދުވަހު އަސްލު ވަރަށް ލަސްވެގެން ދިޔައީ… ތޭންކްސް އެގެއިން ކައިލް.. ” މިންޝަ އަނެއްކާވެސް ޝުކުރު އަދާކޮށްލިއެވެ. “ހެހެ… އެހެންވިއްޔާ ނަސީބެއްނު ހިފެހެއްޓުނުކަން… އެއްބުރުން ލައިފް ސޭވަރ އަކަށް ދޯ މިވީ.. އޯކޭ މިންޝާ އެންޑް އަފާފް ދެން ދަނީ އެނގޭ.. ބޮސް ބުނެލި ބައްދަލު ކޮށްލަން އަންނައްޗޭ ވެސް.. ސީ ޔޫ ލޭޓަރ..” ކައިލް ވެސް މިހެން ބުނެލުމަށް ފަހު އަތުގައި އޮތް ގަޑިޔަށް ބަލާލަމުން އޭނާގެ ކެބިންނަށް ދާން ހިންގައިގަތެވެ. މިންޝާ އަށް ހުރެވުނީ ކައިލް ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. “އަޅެ ކިހިނެތްތަ މިވަނީ ކައިލް ފެންނަ ކޮންމެ ފަހަރަކު.. އަބަދު މިހެން  ވާންވެއްޖެއްޔާ އަހަރެއް މޮޔަ ވެދާނެ… ” ކައިރިގައި ހުރި އަފާފު ކައިރީ ސިއްރުސިއްރުން މިންޝާ ބުނެލިއެވެ. “ތިވާ ގޮތް ދޯ.. މަޑުކުރޭ ކިޔާ ދޭނަން…” އަފާފް މިހެން ބުނޭ ލަވައެއްގެ ތަންކޮޅެއް ކިޔާލިއެވެ

“‘ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ

ވިންދު މޭގާ ޖަހާ.. ބަދަލުކޮށްލީ ކަލާ”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iris

Level 110 Stories

Other Articles

Previous

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ދެވަނަ ބައި)

Next

ފެނު ޕަރީ (14)

Next
May 31, 2016

ފެނު ޕަރީ (14)

Previews
May 31, 2016

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ދެވަނަ ބައި)

21 Comments!

  1. iris says:
    May 31, 2016 at 9:56 am

    huriha kudhin.. here is the third episode… hope u guys like it… huriha kudhin ge feedbacks ah ves welcome.. 🙂

  2. Pinkish says:
    May 31, 2016 at 10:09 am

    Salhi vaahaka… loved it…

  3. Pinkish says:
    May 31, 2016 at 10:09 am

    Me first… yipppppyyyyy…..

    1. iris says:
      May 31, 2016 at 12:26 pm

      thank u pinkish

  4. Same says:
    May 31, 2016 at 10:40 am

    V nice..

    1. iris says:
      May 31, 2016 at 12:26 pm

      thanks same 🙂

  5. Appy says:
    May 31, 2016 at 11:04 am

    Nyc ?

    1. iris says:
      May 31, 2016 at 12:27 pm

      thanks appy 🙂

  6. Shaa xee says:
    May 31, 2016 at 11:07 am

    V nice. Waiting for next part.? heevey v reethi vaane hen. ???

    1. iris says:
      May 31, 2016 at 12:28 pm

      thanks shaa xee… lets see dw vaane gotheh… in sha allah v avahah up kohdheynan

  7. Ki? says:
    May 31, 2016 at 11:33 am

    VoA avha up kolathechey ingey

    1. iris says:
      May 31, 2016 at 12:29 pm

      in sha allah …. iris balaanan knmme weekday aku ves up kohdheveythw…

  8. shain says:
    May 31, 2016 at 11:51 am

    Nice

    1. iris says:
      May 31, 2016 at 12:29 pm

      thanks shain 🙂

  9. red says:
    May 31, 2016 at 2:37 pm

    V nice story. First story hen hyvsnuvey. ?

    1. iris says:
      June 1, 2016 at 8:23 am

      hehe.. red .. thanks… kuru story liyan… ekm me dhigu kn liyaa frst story hama….

  10. sib says:
    May 31, 2016 at 7:42 pm

    haaadha kurey,dhigu kohgenes dheyn v nu ,varah reethi

    1. iris says:
      June 1, 2016 at 8:23 am

      kurutha sib… balaanan dhen part dhigukohleveythw

  11. SoMeOnE says:
    May 31, 2016 at 10:09 pm

    KITHAH PART INNANY ?
    STORY IS AWSM

    1. iris says:
      June 1, 2016 at 8:22 am

      thanks… adhi neynge kithah part kameh.. adhi story liye nunime….

  12. Havvu says:
    June 1, 2016 at 11:25 am

    Wow Nice story

Comments are closed.

Next Episodeލޯބިވެވުން އެއީ ކުށަކަށް ވާނަމަ..←


All Right Reserved!