ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ދެވަނަ ބައި)
ތިންކުދިން އެކީގައި މެންދުރުގެ ކެއުން ނިންމާލުމަށްފަހު ސިޓިންރޫމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ކޮޓަރިޔަށް ވަނީ އަރާމުކޮށްލާށެވެ. ޔަލަކް އެނދުގައި އޮށޯވެލަމުން ފުން ނޭވާއެއް ދޫކޮށްލީ އެވަގުތުކޮޅު ނައިސްގެން ހުރި މީހަކު ފަދައިންނެވެ. އެހެނަސް ބަރުކަން ވެރިވި ދެލޮލުން ފެނުނީ ތަފާތު ތަސްވީރެކެވެ.
މީގެކުރިން ދުވަހަކުވެސް ޔަލަކްގެ ހިތައް ކޮށްފައިނުވާފަދަ އިހުސާސެކެވެ. ކޮފީ ޝޮޕްގައި އުޅެމުންއަންނަތާ ދެއަހަރު ވާން ކައިރިވެފައިވިއިރު ކިތަންމެ ފިރިހެނަކު ފެނެއެވެ. ކިތައްމެ މިޒާޖެއްގެ މީހުންނެއް ފެނިއްޖެއެވެ. އެކަމަކު އެއިން މީހަކަށްޓަކައި ސިކުންތަކަށްވެސް ޔަލަކް ގެ ސިކުނޑި މަސައްކަތް ކޮށްފައެއްނެތެވެ. އެހެނަސް މި އަޖައިބުކުރުވަނިވި ޒުވާނާ އޭނާގެ ސަމާލުކަން އަތުލީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ނިދެމުންދިޔައިރު އަދި އެއްފަހަރު އެ ޒުވާނާއާއި ބައްދަލުވޭތޯ ހިތާހިތުން ޔަލަކްއަށް ދުޢާކޮށްލެވުނީ އިޚްތިޔާރުންބޭރުގައެވެ.
ޔަލަކްއަށް ސިއްސައިގެން ގޮސް ހޭލެވުނީ މާބާރަށް ކޮޓަރީގެ ދޮރުފަތުގައި މީހަކު ތަޅާތީއެވެ. އެހާ އަރާމުކޮށްނިދާފައި އޮއްވާ އެގޮތައް ސިއްސައިގެންގޮސް ހޭލެވުމުން ރުޅިއައިސް ރަތްވެފަހުރެ ޔަލަކް އެނދުންތެދުވެ ދޮރާދިމާއަށް ހިނގައިގަތީ އެމީހަކު ރޮލާކާލާނަމޭ ހިތައްއަރުވައިގެންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ރުޅިއައިސްގެން ޔަލަކް ބާރަށް ހަޅޭއްލަވައިގަތީ ނުލަފާ ގޮތަކަށްހީގެންހުރި ކިޔާލް ފެނުމުންނެވެ. “އަހަރެން ބިރުވެސް ގަނެއްޖެ. ކޮންއިރަކު ސަންތިމަރިޔަނބު މިގޭގައި ދިރިއުޅެންފެށީ؟” ކިޔާލް ހަމަގަސްތުގައި ޔަލަކް އިތުރަށް ރުޅިއަރުވާލަންވެގެން އެހެންބުނީ ދޫވެސް ނެރެލާފައެވެ. ޔަލަކް ކިޔާލްފަހަތުން ދުއްވައިގަތީ އަތުގަޖެހުނިއްޔާ ހަދާނެގޮތް އަންގާލާނަމޭ ހިތައްއަރުވައިގެންހުރެ ދަތްކުނޑިވިކާލާފައެވެ.
ފަރި ހިނގުމެއްގައި ކޮފީޝޮޕަށް ވަދެގެން އައި އިރު ޔަލަކް ފެންނަނީ ނުހަނު ތާޒާކޮށެވެ. އެދޮންމޫނާއި ނުހަނު ގުޅޭ ފިޔާތޮށިކުލައިގެ ޓޮޕްކޮޅަކާއެކު ކަޅު ސްކިނީއެއްގައި ހުރުމުން ހެދުމުގެ ކުލައިން މޫނަށް އަލިއެޅިފައި ހުރި ފަދައެވެ. ރޭގަނޑެއްފަދަކަޅު އިސްތަށިގަނޑު ފިޔާތޮށިކުލައިގެ ދަތިން ހަރުކޮށްލައިފައިވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. އަބަދުމެ ފިޔާތޮށި ފިނިފެންމަލެއްފަދައިން ފެންނަ ރީތިބައްޓަމުގެ ތުންފަތުގައި ގަދަކުލައެއް ޖައްސާލާފައިވުމުން ކޮންމެ މީހަކުވެސް ދެވަނަ ފަހަރަށް އެ މޫނަށް ބަލައިލަން މަޖުބޫރުވާފަދަ ރީތިކަމެއް ވެރިވެފައިވެއެވެ. ފަވާލެވިފައިވުމުން ކަޅުކަންގަދަ އެދެލޮލުގެ ވިދުން އިތުރަށްގަދަވެފައިވެއެވެ. އެތެރެއަށްވަދެގެން ދިޔައިރު ގިނަމީހުންގެ ކަޅިތައް ޔަލަކްއަށް ހުއްޓުނުކަން އިހްސާސްވުމުން ލަދުން އިސްޖަހާލައިގެންހުރެ އައީ މަޑު ފިޔަވަޅުތަކެއްގައެވެ.
ލައިގެންހުރި ޓޮޕްގެ މަތިން ޔުނީފޯމް ގަޔަށްހެޔޮވަރު ކޮށްލުމަށްފަހު ޔަލަކް އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެހެނަސް މިއަދު އެހެން ދުވަސްތަކާއި ތަފާތު ކުރުވީ ހަށިގަނޑަށްވެސް އެނގުމެއްނެތި ހިތާހިތުން ސިއްރުން ކުރެވެމުންދިޔަ އިންތިޒާރެވެ. އުންމީދެއްނެތްއިރުގައިވެސް އިރުއިރުކޮޅާ ޔަލަކްއަށް ދޮރާއި ދިމާއަށް ބަލާލެވެނީ އިޚްތިޔާރުންބޭރުގައެވެ. ޔަލަކް މޮޔަވީހެއްޔެވެ؟ އެންމެ ދުވަހަކު އެތަނަށް ވަދެލާފައި ދިޔަ ޒުވާނަކު އަނެއްކާ ދެވަނަފަހަރަށް އާދޭތޯ އެވަރަށް އެބެލެނީ އޭނަގެ ކޮން ހާއްސަކަމެއް ހުރެގެންހެއްޔެވެ؟ ތިވަރަކުން ތިއުޅެނީ އެހާ ބޮޑާ މީހަކު ނުފެނިގެން ހެއްޔެވެ؟ ކުޑަމިނުން ޞަދަގާތެއްގެ ގޮތުގައި ދެވޭ ހިނިތުންވުންވެސް އެއްކިބާކުރި ކިބުރުވެރި މީހާ ނުފެނިގެން ހެއްޔެވެ؟ ޔަލަކްއަށް އަމިއްލަ ނަފްސަށް އަޑުލައިގަނެވުނެވެ.
މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ދޮރާދިމާއަށް ޔަލަކްގެ ސަމާލުކަން ގެންދިޔައީ ރިޔާގޮވާލާފައި ލޮލުން އެދިމާއަށް އިޝާރާތްކޮށްލުމުންނެވެ. ޔަލަކްއަށްވީ ގޮތަކީ ބަލަހައްޓައިގެން ހުރެވުނީއެވެ. އެޒުވާނާގެ ފަރާތުން އިއްޔެ ނުފެނުނު އެތައް ކަމެއް ފާހަގަ ވެއްޖެއެވެ. އެފިރިހެންވަންތަ ހިނގުމާއި އިސްކޮޅުފެނި ޔަލަކް ބަސް ހުސްވެއްޖެއެވެ. ދޮންމޫނުގައި އެންމެ ރީތިވަރަކަށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން ފިރިހެން ވަންތަކަން އިތުރުވެފައިވާތަންފެނި ޔަލަކްގެ ހިތް ހިނދުކޮޅަކަށްމަޑުޖެހިލިއެވެ. ބައިމަތިފުޅާ ހަށިގަނޑު އެއީ ޖިމްއިން އެންމެ ދުވަހެއްވެސް ވައްޓާނުލާކަމުގެ ފުރިހަމަ ހެއްކެތްކަން ލައިގެންހުރި އަޅިކުލައިގެ ގަމީހުގައިވެސް ހާމަވެފައިވެއެވެ.
ޔަލަކްގެ ކޮނޑުގައި ރިޔާގެ އަތްބާއްވާލުމުން ސިހިފައި ޒެކަން އިށީން މޭޒާއިދިމާއަށް ޔަލަކްއަށް ހިނގައިގަނެވުނީވެސް ތަންކޮޅެއް ބާރަށެވެ. މިފަހަރުވެސްގޮސް މޭޒުކައިރިޔަށް ހުއްޓެވުމާއެކު ބުނެލީ ކޮފީއެއްގެ ވާހަކައެވެ. އެހެނަސް ޔަލަކްގެ ނޭވާ ހިނދުކޮޅަކަށް ކަރުބުޑުގައި ތާށިވީ އެ ފިރިހެންވަންތަ އަޑުންނެވެ. ޔަލަކް ހައިރާންވީ އިއްޔެވެސް އެޒުވާނާގެ ދުލުން ހަމައެބަސްބެނެލިއިރު އިއްޔެ ނުވިގޮތެއް މިއަދު ވީތީއެވެ. އިއްޔެ ފާހަގަ ނުވި އެތައް ކަމެއް މިއަދު ފާހަގަވެގެން ގޮއްސިއެވެ. މާބޮޑަށް އެޒުވާނާއައި ދޭތެރޭގައި ވިސްނުނީމަކަމަށްވުން އެކަށީގެންވެއެވެ. ހިންދިރުވާލުމަށްފަހު ހަމަޔަކަށް އެޅިލަން މަސައްކަތްކުރަމުން ޔަލަކް ބަދިގެބަޔާދިމާއިން ހިނގައިގަތެވެ.
މިއަދުވެސް އަމިއްލަޔަށް އެ ކޮފީ ހަދަން ބޭނުންވެގެން ޔަލަކް އެހެންމީހަކާ ހަވާލުނުކޮށް ކޮފީ ހަދާ ނިންމާލާފައި އިއްޔެވެސް އެ ކޮފީގައި އެޅި އާޓް މިއަދުވެސް އަޅައިލީ އެ އާޓް ޒެކަންގެ ހިތާހަމަޔަށް ފޯރިކަން އެއްވެސް ވަރަކަށް ނުދެނަހުރެއެވެ. ކޮފީ ހިފައިގެންގޮސް ޔަލަކް ޒެކަން ގެ މޭޒުމަތީގައި ކޮފީ ބެހެއްޓުމުން ޒެކަން މިއަދު ބަލާލަންވެސް އުޅޭހެން ހީނުވުމުން ކުޑަރިހުމެއް ޔަލަކްގެ ހިތުގައި އުފެދުނީ ޔަލަކްގެ ހިތާ ސިކުނޑި ހައިރާން ކޮށްލާފައެވެ.
މޭޒުމަތީގައި ބެހެއްޓި ކޮފީތައްޓަށް ބަލާލެވުމާއެކު ޒެކަންގެ ހިތައް ގޮތެއްވެލީ މިއަދުވެސް އެއީ އެ ކޮފީއޭ ސިކުނޑީގެ ކަނަކުން ގޮވާލުމުންނެވެ. ޒެކަންއަށް އެ ކޮފީ ހާއްސަވީ ކީއްވެކަމާމެދު ޚުދު ޒެކަންވެސް އަޖައިބުވެފައިވެއެވެ. އެހެނަސް އެ ކޮފީގައި އެވާ އާޓަށް ހިތްދެވިނިމިއްޖެއެވެ. އެ ކޮފީގައި ޒެކަން އަށް ލީވެސް ތަފާތު ހާއްސަ ރަހައެވެ. ޒެކަން އިސްއުފުލާލުމަށްފަހު އެ ސިހުރުވެރި އަޅި ދެލޮލުން ބަލާލިގޮތް ޔަލަކްއަށްފެނުނު ނަމަ ޔަލަކްގެ ހޭވެރިކަންވެސް ފިލައިދާނެކަން ޔަގީނެވެ. އެހެނަސް ޔަލަކް އޭރު ފަސްއެނބުރި ދާންހިނގައިގަނެފިއެވެ. އިސްޖަހާލުމަށްފަހު ފުން ވިސްނުމަކަށް ގެނބިގެންދިޔަ ޒެކަން ގެ ތުންފަތައް ހިނިތުންވުމެއްވެރިވީ ސިކުނޑީގައި ހިނގާލި ހިޔާލަކުންނެވެ. އުންމީދީ ހިތަކާއިގެން ކައުންޓަރު ދޮށަށްހުއްޓި އެތާނގައި އިން ކުއްޖާގެއަތުން ކޮފީ ޝޮޕް ހިންގަމުންދާ ފަރާތުގެ ނަންބަރު އަތުލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ޒެކަން ގޮސް ކޮފީޝޮޕުން ނިކުމެއްޖެއެވެ.
އަނެއްދުވަހު ޑިއުޓީއަށްދާން ޔަލަކް ތައްޔާރުވަމުންދިޔައިރު ފުން ވިސްނުމަކަށްގެއްލިފައިވިއެވެ. އިއްޔެ ކޮފީ ޒެކަންގެ މޭޒުމަތީގައި ބެހެއްޓިގޮތައް ގޮސް ބަދިގޭގައި ޔަލަކް މަޑުކުރީ ހިތައްވި އުނދަގުލެއްގެ ސަބަބުންނެވެ. ޒެކަން ބަލާނުލީތީ ހިތައް ލޮޅުމެއްއައިކަން ޔަގީނެވެ. އެހެނަސް ފަހުން އަނެއްކާ ދެކިލަންބޭނުންވިވަރުން ނިކުމެ ބަލާލިއިރު ޒެކަން ނިކުންނަނީއެވެ.
ތަފާތު ޚިޔާލުތަކުން ފުރެމުންދިޔަ ޔަލަކްގެ ސިކުނޑި ސަމާލުކަމަށްގެނައީ ޑްރެސިންޓޭބަލްމަތީގައި އޮތްފޯނުގެ ރިންގްޓޯންއެވެ. މިހާ ހެނދުނާ ގުޅާނީ ކާކުކަމާމެދު ސުވާލުއުފެދިފައިހުރެ ފޯނުގެ ސްކްރީނަށް ބަލާލެވުމާއެކު ޔަލަކް ސިހިއްޖެއެވެ. ގުޅަނީ އާލިމްއެވެ. ޔަލަކް ވަޒީފާއަދާކުރަމުންއެދާ ކޮފީޝޮޕްގެ ވެރިމީހާއެވެ. އެއްފަހަރާ އެތައް ސުވާލުތަކެއް ހިތައް ބޮނޑިވެގަތުމާއެކުވެސް ޔަލަކް ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ސަލާމް އިއްވާލިއެވެ.
“ޔަލަކް ތަންކޮޅެއް އަވަހަށް މިކޮޅަށް އައިސްދީފާނަންތަ؟” އާލިމް އެ ސުވާލުކޮށްލީ ކިތަންމެ ހަމަޖެހިފައިހުރެ ކަމުގައި ވިޔަސް ޔަލަކް ހައިރާންވެހުރެ ލައްބައޭ ބުނުމަށްފަހު ފޯނުބޭއްވިއިރު ހިތްތެޅެމުންދިޔައީ ނުހަނު ބާރަށެވެ. ފޯނުގެ ސްކްރީންއަށް ބަލާލިއިރު އަދި ޔަލަކްގެ ގަޑިފެށެން 30 މިނެޓް އެބައޮތެވެ. ހިތުގައިވާ ސުވާލުތައް އެއްފަރާތްކޮށްލުމަށްފަހު ތައްޔާރުވެލައިގެން ގެއިން ނިކުތްއިރު ނަސީބުރަނގަޅުކަމުން ކިޔާލްވެސް ޑިއުޓީއަށްދާން ނިކުމެ ސައިކަލަށްއަރަނީއެވެ. ކިޔާލްކައިރީގައި ކޮފީޝޮޕަށްލައިދޭން އެދުމުން ސަމާސައެއް ކޮށްލުމަށްފަހު ޔަލަކް ގެންގޮސްދިނެވެ.
އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު ޔަލަކްއަށް ސިހުމެއްލިބުނީ އާލިމް ކައުންޓަރު ކައިރީގައި ހުރުމުންނެވެ. ޔަލަކް ފެނުމާއެކު އަތުން އިޝާރާތްކޮށްލީ ކައުންޓަރާދުރުގައި ހުރި މޭޒަކަށެވެ. ޔަލަކް އަދަބުވެރިކަމާއެކު މަޑުމަޑުން ހިނގާލާފައި ގޮސް އިށީނދެލުމާއެކު އާލިމްވެސް އައިސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެ ހަމަޖެހިލައިފިއެވެ.
“ޔަލަކް މިހާކުރިން މިގެނައީ ވާހަކައެއް ދައްކަންވެގެން. ޔަލަކްގެ މަސައްކަތް މިކަމުގެ ސަބަބުން ތަންކޮޅެއް އުނދަގޫވެދާނެ. ގޮތް ނިންމާނީ ޔަލަކް” އާލިމްގެ ވާހަކައަޑުއަހަންއިނދެފައި ޔަލަކް އިސްއުފުލާ ބަލައިލީ އެއްވެސް އެއްޗެއް ފަހުމް ނުވެގެން ބަލައިލާފަދަ ގޮތަކަށެވެ. “ޒެކަން ދަންނާނެ ކަންނޭނގެ. މާލޭގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ޔޫސުފްގެ ދަރިއެއް. އިއްޔެއާއި އޭގެކުރީދުވަހު އޭނަ މިތަނަށްއައީ. އެކަމަކު އިއްޔެ އަހަންނަށް ގުޅާފައި ބުނެފި އެ ދެދުވަހު މިތަނުން އޭނަޔަށްލިބުނު ކޮފީ ކޮންމެ ދުވަހަކު ހެނދުނު އޭނާގެ ގެއިން އޭނަ ބޭނުންވާވާހަކަ. އަހަރެން ރިޔާޝާކައިރިން އޮޅުންފިލުވިއިރު އެ ދެދުވަހު ޒެކަންއަށް ކޮފީ ގެންދިޔައީ ޔަލަކް. ކޮފީ ހެދީވެސް.. އެހެންނު. ޒެކަން ބުނެފައޮތީ ޔަލަކްއަށް ކޮންމެ މަހަކު މިތަނުން ލިބޭ މުސާރައިގެ އިތުރަށް 7000 ލިބޭނެކަމަށް. އަހަރެން މިކަން ހަމަޖައްސަދެވިއްޖެއްޔާ އަހަންނަށްވެސް ފައިދާ އެބައޮތް. އެކަމަކުވެސް މިކަމުގަ ގޮތެއް ނިންމާނީ ޔަލަކް. އަހަރެން ނުބުނާނަން ވަކި ގޮތެއް ހަދާކަށް.” އާލިމް ހަމަޖެހިލައިގެން އިނދެ އެހުރިހާ ވާހަކައެއް ދައްކާ ނިންމާލާފައި ޔަލަކްއަށް ބަލާލިއިރު ޔަލަކް އިސްޖަހައިގެން އިނުމުން ޔަލަކްއަށް ހަމަ ގޮވާލުމާއެކު އަވަސްއަވަހަށް އިސްނަގާފައި ބަލައިލި އިރު އެމޫނުމަތިން އާލިމްއަށް ފެނުނީ ގޮތެއްނިންމަން އުނދަގޫވެފައިވާފަދަ އަސަރުތަކެކެވެ. ހަމްދަރުދީވެގެން މިއަދު ޑިއުޓީ ނިމުމުގެ ކުރިން ޖަވާބެއް ދޭންބުނެފައި އާލިމް އަވަހަށް ތެދުވެހިނގައިގަތީ ޔަލަކް ވިސްނަން ދޫކޮށްލާފައެވެ.
ޔަލަކް ޑިއުޓީގައި އުޅެމުންދިޔައިރު އެންމެ ވަގުތުކޮޅަކަށްވެސް ސިކުނޑި ހުހެއް ނުވިއެވެ. ޔަލަކް އިތުރަށް ލާރި ބޭނުމެއްނޫނެވެ. އެހެނަސް ކޮންމެ ދުވަހަކު އެސޫރަދެކިލަން މިހާރުވެސް ކެތްމަދުވެއްޖެއެވެ. ޒެކަން ގެ ނަން ކިޔުނު އަދަދެއްވެސް މިހާރު ނޭނގެއެވެ. އެހާ ރީތި ޖާދުވީ ނަމެކެވެ. ފުންކޮށް ވިސްނާލުމަށްފަހު ޔަލަކް ފޯނު ނަގައި އާލިމްއަށް ގުޅާލަމުން ކަންފަތުގައި ޖަހާލިއެވެ.
ލޯ ހުޅުވާލެވުމާއެކު މިއަދު އިރު އެރީވެސް ތަފާތު ގޮތަކަށްހެން ޔަލަކްއަށް ހީވެއްޖެއެވެ. ހިތުތެރޭގައި ހިނގައިލީ ޒެކަންގެ ޚިޔާލެވެ. ޒެކަންއަށް ހާއްސަވެގެން ޚިދުމަތްދެވޭ އެންމެ ފުރަތަމަ ދުވަހެވެ. އެހިޔާލުން އެކަނިވެސް އެ ތުނި ތުންފަތައް ހިނިތުންވުން ވެރިވެއްޖެއެވެ. މޯޅިޔަކަށްދެމިލަމުން ޔަލަކް އެނދުންތެދުވެލީ އުންމީދީ ހިތަކާއިގެންނެވެ.
އަޖައިބުވެހުރެ ތަފާތު މާގަސްތަކުން ފުރާލެވިފައިވާ ގޯތީގެ މެދުން ގެޔާހަމަޔަށް ދިޔުމަށް ހަދާފައިވާ މަގުން މަޑުހިނގުމެއްގައިގޮސް ޔަލަކް އެތެރެއަށްވަނީ ސެކިއުރިޓީގެ އެހީގައެވެ. ގެޔަކަށްވުރެ ރަނގަޅުވާނީ ގަނޑުވަރެކޭ ބުނިއްޔާއެވެ. ބަލާލާ ކޮންމެ ދިމާއަކުން ފެނުނީ ހައިބަތުވަންތަކަމާއި މުއްސަނދިކަމެވެ. ޔަލަކް އެހެންހުއްޓާ ގޭތެރެއިން އިތުރު މީހަކު ގޮވާލާފައި އެދުނީ އޭނައާއި އެކުގައި އައުމަށެވެ. ޖެހިލުންވެހުރެ އެމީހާގެ ފަހަތުން ގޮސް ވަދެވުނީ ބަދިގެޔަށެވެ. އެމީހާ ޔަލަކްއަށް ކުޑަކޮން ކިޔާލަދިނުމަށްފަހު ބަދިގެއިން ނިކުތީ ކޮފީ ތައްޔާރުކޮށްފައި ބަދިގޭ މޭޒުމަތީގައި ބެހެއްޓުމަށް ބުނަމުންނެވެ.
ކޮންމެ ދުވަހަކުވެސް ކަންތައްތައް ދާނީ މިގޮތައް ކަމަށްވަންޔާ އެންމެ ދުވަހަކުވެސް ޒެކަން ގެ މޫނު ފެނިނުލާނެކަން އެނގި ޔަލަކްގެ ހިތައް ތަދުވެއްޖެއެވެ. އެހެނަސް ހިޔާލުތަކުގައިހުރެ ކޮފީ ހަދާނިންމާލުމަށްފަހު ބަދިގެއިން ނިކުމެ ކޮނޑުގައި އަޅުވައިފައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ގެއިން ނިކުންނަން ހިގައިގަތެވެ. އެހެނަސް ދޮރާހަމަޔަށް ދިޔުމަށްފަހު ޔަލަކް ހުއްޓުނީ ކަމެއްފާހަގަވެގެން ކަހަލަގޮތަކަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
62 Comments!
Comments are closed.



Alhamdhu lillah,, bunevifa oi dhuvahah vure kurin up kurevijje,, hope hurihaa kudhinnah mibai vx kamudhaane kamah,, 🙂
Vvvv reethi…mass Allah..keep it up..varah salhi..vahah next part vs up koh dheyney kamah umeedhu kurah..thanks
Thnkyu so much Maree,, In Sha Allah next part awahah up kohdheweythoa v try kuraanan,, 🙂
oh thankxx mishal kurin upkohla dhineethee.!!!! … story dhaagoi hana varah habeys.. keep going.. ☺
aff v wait kuraaney hithah araafa thankolheh awahah up kohdheweythoa bely,, finally i did,, n thnkyu alot swyt aff,, 🙂
ehehe.. Awnn thanks mishalooo.. ur so swyt☺☺
Hehehe,, u r most welcome aff,, 🙂
hama*y8a
Vvvv reethi mi partves. umeedhu kuran next particles vvv reethi cameraman.
Thnkx ria,, 🙂
V reethi vaanehenhyvey mi story. Mi part vs v reethi. Kon irakun next part. Waiting ingey
Thnkyu laimaan,, In Sha Allah next part saturday ga genesdhewey thoa v try kuraanan inge,, 🙂
Dhn kihineh baa ey vaanee hithah aranee hehe…yalak ah zekan libeynebaa…v reethi vaane hen heevey..avahah up koh dhinee thee thnx..nxt part ah waitting..
Hehe,, ingidhaane thaa dhw waagotheh,, thnkx Phy,, 🙂
Mishal, mibaives varah reethi ☺ dhn oi bai kon dhuvahakun genesdheyny? i am looking frward to readingg it 😀
Hei Faxoo thnkx alot inge,, In Sha Allah next part saturday haa hisaabu up kodheweythoa balaanan inge,, 🙂
VARA REETHI
Thnkx rosy,,
Mee wattpad in kiyaafa in english story eh gaves hama vaa goiy.. story ge name hadhaan nethijje.. ekam mi hama e story.. heevany eithe girl he never noticed hen kiyany e story ah..
Nune,, it won’t be such same Wattpad,, 🙂
that coffee part really do match with that story but there are differences.. may be this story is inspired from dat one..
varah reethi waitin for the next part inpatiently….:)
Thnkyu Fafoo,, 🙂
Story dhaagoii v salhi waiting. ..
Thnkx alot Appy,, 🙂
V v v reethi mi bai vx. Waiting for next part.?
Thnkx Shaa xee,, 🙂
Story v nyc. V dfrnt story eh hn hyvany.. gdlk mishaal
Rasiya thnkx alot,, :-):-)
V kamudhey vaahaka dhaa goiy…☺
Thnkyu Pinkish,, 🙂
V reethi…
Thnkyu dhonthy,, 🙂
Jade and Eros tha? Varah reethi. Cant wait for the next part. ❤
Hehe,, u will see the big difference,, jux wait,, thnkyu so much Ellie,, 🙂 ❤
varah salhi adhi mivaruge reethi story eh nukiyan
Hehe,, aslu vx tha ruhy? Btw,, thnkx alot inge,, 🙂
I don’t think mi story aky the girl he never noticed ge copy eh heneh.. Starting ga kudakoh match vey BT who knows mishal’s mind.. She might have a different idea in her head.. ☺
V true mimmi,, my plan is different,, n thankyou so much,, so so much,, 🙂 ❤
Mi vahaka vara heeva hamaekani aharenga vahaka evatharuhenvas
E story ga coffee haassa eh noon,, isn’t it Hai? It’s totally different,, u will see,, 🙂
copy story eh hen heevany
Mee yashma liyefa oiy hama ekani aharenge mI vaahaka copy koffa hen heevany
Kudhi kudhi badhal genessa miothy yash ge hama ekani aharenge mi vaahaka ah
U all are wrong,, mi ehvx story ehge copy eh noon,, alhugandu ge hiyaalu mulhin thafaathu,, i knw mihisaabah adhi ehen story akaa wahtharu waakan,, bt how u know dhn waany kihineh kameh? It’s different,,
Mi story update vaa dhuvas thah buneladhyba!
Thursday thakuga,, 🙂
Mishal,, mi part vx vv nice,, keep it up!! Next part vx vv nice vaane kamah hope kuran,, gud luck!! ??
Thknyu so much ifaaa,, ??
Kithah part innany mi stry ga ?
Btw stry hama habeys ??
Kithah part mi story ga baindhan v SoMeOnE? 🙂 thnkyu so much,, 🙂
Ey varah reethi dhe nan mi story ga mi kiyany
. Yalak ge meanin aky kobaa tha.. adhi zekan ge meaninves beyrun. .
I’m so swrii Aimsithu,, alhugandah neynge e dhe name ge meaning eh,, 🙁 eii hama alhugandu ge hiyaalah genai name thakeh,, btw,, thnkx alot,, 🙂
Mishal thi grl eh tha
Labba lai,, i’m a girl,, 🙂
vvnice keep it up mishal
Vv reethi
==Tinkerbell==
Varah reethi mi vaahaka vs….waiting 4 the nxt prt…..
Mi kahala english story eh keen….ey ga vs vany hama mi kahala gothakah….ey ga ulhey anhen kuhjaa vs coffee hadhaany….n coffee boan annaane firihn kuhjeh…ey kuhjaa ah vs ey anhen kuhjaa hadhaa coffee haahsa vaany….anhen kuhjaa ah jeheny fahun ey firihn kuhjaa ge ulhey ge ah dhaan…coffee hadhai dheyn eyna ah…
Waiting 4 the nxt prt
Thnkyu 🙂
Vaahakaige poster aa vaahaka Vrh gulhey. Keep it up myshal. Vaahaka Vrh reethi ekam coffee elhy kon kahala art eh tha?
Hmm,, gulheyney Edrom,, fahari hedhi ehchehnu dhw,, n coffee ga elhi art adhi ingeyne inge,, btw,, thnkyu so much,, 🙂
wattpad ga inna THE GIRL HE NEVER NOTICED ge copy eh mii….